“އަހަރެން ޝިޔާން ގާތަށް ގޮސްފަ ސުވާލު ކުރަންވީތަ؟ ނޫނީ އައިނާ އަހަރެންނަށް ޝިޔާންއާ އައިނާއާ ދެމެދު އޮތް ގުޅުން ކިޔައިދޭނީތަ؟” ރުކައިންގެ ސުވާލުން އައިނާއަށް އޭނަގެ މޭގަނޑު އަނގަޔަށް އައި ފަދަ އިހްސާސެއް ކުރެވުނެވެ. ރުކައިންއާއި ދިމާލަށް ދެލޯ ބޮޑުކޮށްލާފައި އައިނާއަށް ބަލައިލެވުން އިރު އައިނާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. ***ޕާޓް 8*** އައިނާގެ ގައިގައި ހިފައްޓައިލަން ހަރަކާތްކުރި އަތް މުށްކަވައިލުމަށްފަހު ފަޓުލޫނުގެ ޖީބަށްލިއެވެ. އައިނާގެ މޫނަށް އަރައި ފައިބަމުން ދިޔަ އަސަރުތަކުން ރުކައިންގެ ހިތަށް […]
ޑޮކްޓަރު ފުންނޭވާއެއް ދޫކޮށްލައި ޓެސްޓްކިޓްގެ ބްރޭންޑާއި ނަން އަހައިލިއެވެ. ދުންޔާ ޖަވާބު ދިނުމުން ޑޮކްޓަރ އިސްޖަހައިލިއެވެ. “ތި ބުނި ބްރޭންޑުން މިފަހަރު ރާއްޖެއަށް ލިބިފައި ހުރި ބެޗްގަ ވަރަށް މައްސަލަ ގިނަ.. އައިމް ސޮރީ..” ދުންޔާގެ ދެލޮލަށް ޖަމާވެފައިވި ކަރުނަތަށް ފައިބައިގަތެވެ. ހިތުގައި ކޫރު އެޅިފައިވި ނަމަވެސް އަނބިމީހާ ރޯން ފެށުމުން ޔާދިންއަކަށް މަޑަކުންނެއް ނުހުރެވުނެވެ. ދުންޔާ އޭނަގެ މެޔާއިލާ ބޮނޑިކޮށްލިއިރު ޔާދިންގެ ދެލޮލުގައި އުފެދިފައިވި ކަރުނަތައް ލޯމަރައި ބާރުކޮށްލަމުން ހިންދައިލިއެވެ. ދެމަފިރިންނަށް ވަގުތު ދިނުމުގެ ގޮތުން […]
ކާއެއްޗެހި އައުމުން ދެމީހުން ކެއުމަށް އިންސާފު ކުރަން ފެށިއެވެ. ކާއެއްޗެހީގެ ވަހުން ބަނޑު ފުރޭހާވެއެވެ. ދެމީހުން ކައިކައި ތިއްބައި ރުކައިން ކުއްލިއަކަށް ތަށި ދުރުކޮށްލާފައި އަނގަމަތީ އަތް އެޅިއެވެ. އޭނައަށް އޯކާ ދެމެން ފެށުމުން ދުވެފައިގޮސް އަވަސް އަވަހަށް ފާހަނައަށް ވަނެވެ. ކައިލް ކޮޅަށް ތެދުވީ ރުކައިން އެފަދައިން ދިޔުމުންނެވެ. ރުކައިންގެ ތަށި ފެނުމުން ކައިލްގެ މޫނު ހުދުވެގެން ދިޔައެވެ. ***ޕާޓް 6*** ރުކައިންއަށް ގެނެސްފައި ހުރި ސޮސެޖް ބަތްގަނޑުގެ ތެރޭގައި ކުކުޅު ފައެއްގެ ކަށިތަކެއް ފަދަ […]
“ޔޫ ނޯ ވަޓް ދެޓް މީންސް؟ ނޯ ވަން ވޯންޓްސް އަސް..” ޒީނާ ވެސް ފުޅާ ހިނިތުންވުމަކާއިއެކު ޖެއްސުންކުރާ ގޮތަކަށް ބުނެލިއެވެ. މާކިން ވަގުތުން ކޮށިއެރިއެވެ. އޭނައަށް ހިނިގަނޑު ހިފައްޓައިލަން އުނދަގޫވިއެވެ. އައިދަންގެ މޫނު ފެނި މާކިންއަށް އަނެއްކާ ވެސް ބާރަށް ހޭން ފެށުނީއެވެ. ޒީނާގެ ޖުމުލައިން އައިދަން އިނީ އަނގަ ޗޭކޮށްލައިގެންނެވެ. ***ޕާޓް 5*** ސްޓޭޝަންގައި ކައިލް ހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހީވަނީ މީހަކަށް އިންތިޒާރު ކުރަނީ ހެންނެވެ. ކައިލްއާއި އަރާ ހަމަވުމުން […]
އަޅުގަނޑުގެ ކޮލެޖް ފަހު އިމްތިހާން ނެގޭ މަހު އޮންނާތީވެ، ކިޔެވުމަށް އިސްކަން ދިނުމަށްޓަކައި. ވާހަކަ ލިޔުމުން ކުޑަ ބްރޭކެއް ނެގުމަށް އަޅުގަނޑުވަނީ ނިންމާފައެވެ. އެ ގޮތުން މި ވާހަކައިގެ ދެން އޮތް ބައި ކިޔާލަން ލިބޭނީ ޑިސެމްބަރ 12ގައި ކަމުގައި ދަންނަވަމެވެ. ވާހަކަ ލަސްވާ ކަމަށްޓަކައި އެންމެހައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.
އައިނާ މައިރީންއާއި ދިމާލަށް ކަޅި އަޅައިލިއެވެ. މައިރީންމެން ސައިކަލު ދުއްވައިލުމުން، އައިނާ ފޯނު ހުޅުވައިލާ އަވަސް ރައިޑަށް ވަނެވެ. “އަހަރެންގެ ބޮސް ކައިލްއަކީ.. އަހަރެން މިއީ އަހަރެންގެ މަތީ މީހުންގެ ބުނާ އަޑު އަހާ މީހެއް.. ސައިކަލު ފަހަތަށް އަރާ..” މޫނު މަތިން އެއްވެސް އިހްސާސެއް ދެއްކުމަކާ ނުލައި އާދައިގެ ގޮތަކަށް ރުކައިން ބުންޏެވެ. ***ޕާޓް 4*** ރުކައިންގެ އަޅައިލުން ކުޑަކަން ފެނި އައިނާގެ ހިތަށް ތަދުވިއެވެ. ކޮންމެ ނަމެއް ކިޔުނު ނަމަވެސް އޭނަގެ ހިތް އެއީ ރާކިން […]
މޯޅިއަކަށް ދެމިލުމަށްފަހު މާކިން ދެލޯ ހުޅުވައިލިއެވެ. ރޭގައި މައިރީން އާއި ކައިލްއާ ދެމެދު ހިގައި ދިޔަ ހާދިސާ ހަނދާނަށް އައުމުން އޭނަގެ ގާތަށް އައީ ލާނެއް ހިންޏެކެވެ. ފޯނު ހުޅުވައިލުމަށްފަހު އެ ވީޑިއޯ ބަލައިލިއެވެ. ސިކުނޑިއަށް އައި ހިޔާލާއިއެކު މާކިންގެ ތުންފަތުގައި ކުޅެލީ ނުސިޔާނު ހިނިތުންވުމެކެވެ. ވައިބާގެ އާއިލާ ގްރޫޕަށް އެ ވީޑިޔޯލީ، ކައިލް އޭނަ ރޮލާ ކާނެކަން އެނގިހުރެއެވެ. ***ޕާޓް 3*** ކުޑަދޮރު ފޮތިގަނޑު ކަހައިލުމުން އެޅުނު އިރުގެ ރަން ދޯދިތަކުގެ އަސަރު އަރާމުކޮށް ނިދާލާފައި އޮތް ރުކައިންގެ […]
ކައިލްގެ ނޭފަތު ކުރީގައި ހިފައިލަމުން މައިރީން ކިޔައިލިއެވެ. ކުއްލިއަކަށް ދެމަފިރިން ސިހިގެން ދިޔައި ފްލޭޝްލައިޓްއެއް ފަދަ އެއްޗެއް ދިއްލިފަ ނިވުމުންނެވެ. މައިރީން އަވަސް އަވަހަށް ދުރަށް ޖެހިލާފައި އަލި އައި ދިމާ ބަލައިލިއެވެ. އެއާއެކު އޭނަގެ މުޅި މޫނު ހުދުވެގެން ދިޔައެވެ. ކައިލް ވެސް ކުރިމަތީގައި ހުރި މީހާއަށް ބަލައިލީ ބިރެއް ފެނިގެން ބަލާފަދައަކުންނެވެ. ***ޕާޓް 2*** އޭރު ދެމަފިރިންނާއި ދިމާލަށް ފޯނު ދިއްކޮށްގެން ހުރި މާކިން ހުރީ ބަޑަށް އިވޭވަރަށް ހީހީ ވަރުބަލިވެފައެވެ. މާކިންއާއެކު ހުރި ޒީނާ […]
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ތަރިތައް އުޑުގައި ފިޔަޖަހަމުން ދިޔައީ ކުދިކުދި ޖަވާހިރުތަކެއް ފަދައިންނެވެ. އެ އަނދިރިކަމުގައި ރޭގަނޑުގެ ރާނީ ފަދައިން ގޮނޑުދޮށުގެ ދޮންވެލިގަނޑުގެ ތެރެއަށް ފައިކޮށްޕާލައިގެން އެ އަންހެންކުއްޖާ އިނީ ކަކުލުގައި ބޯއަޅައިލައިގެންނެވެ. އެކުއްޖާގެ އަޅިކުލައިގެ ވަރަ ދިޔައީ ދަންވަރުގެ އެ އަނދިރީގައި ވިދަމުންނެވެ. އުޑުގައިވާ ތަރިތައް ވަރައިގައި ތަތްކޮށްފައިވާހެން ހީވެއެވެ. އާދަޔާ ހިލާފު ރީތި ކަމެއް އެކުއްޖާއަށް ލިބިފައިވެއެވެ. ހަނދެއް ފަދަ ވަށްވަށް މޫނުކޮޅަކާއި ހިތިފަތު ބުމައެކެވެ. ބޮޑު ދެލޮލާއި ކުޑަކުޑަ ނޭފަތެކެވެ. ރަތް ފިނިފެންމަލެއް ފަދަ […]