Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ކުށަކީ ކޮބާ – 09

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
March 19, 2024 3 Mins Read
4 Comments

ފުރުސަތަކަށް ބަލަބަލާހުރި މީހާ ހުށިޔާރު ކަމާއިއެކު މައިރީންގެ އަނގައާއި ނޭފަތްނިވާވާ ފަދައިން ފޮތިގަނޑު ޖައްސާ ބާރުކޮށްލިއެވެ. މައިރީންއަށް އޭގެ ވަސްޖެހުމާއެކު ބޮލަށް އެނބުރުންއެރިއެވެ. މަޑުމަޑުން އޭނާގެ ލޯމެރިގެން ދިޔަ ހިނދު އެމީހަ އޭނަ ކޮންމެވެސް ދުއްވާ އެއްޗަކަށް އެރުވިކަން އެނގުނެވެ…

****

މައިރީންއަށް ދެލޯ ހުޅުވާލެވުނީ ކޮންމެވެސް މީހަކު އޭނާގެ ނަމުން ގޮވާހެން ހީވެގެންނެވެ. މައިރީންއަށް ދެލޯހުޅުވާލުމަށްފަހު ވަށާގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. ސިމެންތި ގައުތަކާއި ލަކުނޑިތައްފެނުމުން އެއީ ހަދަން ފަށާފައިވާ ތަނެއްކަން މައިރީންގެ ވިސްނުންތޫނު ސިކުނޑިއަށް ދެނެގަނެވުނެވެ. ތަޅުމުގައި ހުރީ މުށި ނުޖަހައެވެ. އެތާ ބާވެފައި ހުރި ލަކުނޑި ދޮރެއް ހުއްޓެވެ. މައިރީން ސިހޭގޮތްވީ ކިޔާރާ އޭނައިގެ ގައިގައި ހިފައި ތަޅުވައި ގަތުމުންނެވެ. ކިޔާރާ ބިރުގަނެފައި ހުރިވަރުން އެ ހަށިގަނޑުދިޔައީ ތުރުތުރު އަޅަމުންނެވެ. ” މައި އެމީހުން.. އެމީހުނ.. ” ކިޔާރާއަށް ރޮވޭވަރުން ވާހަކަ ދައްކަންވީ އުނދަގޫ ކަމަކަށްށެވެ. އެވަގުތު ދެ ކުދިން ސިއްސާގެން ދިޔައީ އެ ގޭގައި ހުރި ދޮރު ހުޅުވުމުނަނެވެ.

އެތެރެއަށް ވަދެގެންއައީ ޕާޓޭ ފާޑަކަށް ހުރި ދެފިރެހެނުންނެވެ. ކަންފަތުގައި ނުތޮރުފާ ތަނެއްނެތެވެ. ކަރާއި އަތުގައި ހުސް ޗޭނާއި ޕެކިންތަކެވެ. އިސްތަށިގަނޑު ކުޅަނދުރު ހަތައަކަށް ދޫނުކުރާނެކަން ގައިމެވެ. އެތަނުން މީހަކު ކިޔާރާއާއި ދިމާލަށް ބަލާލައިފައި ނުލަފާ ފާޑަކަށް ހީލިއެވެ. ކިޔާރާގެ ގައިން ބިރުން ހީބިހި ނެގިއިރު މައިރީން ހުރީ އެމީހުނާއި ދިމާލަށް ލޯއަޅައިގެންނެވެ. އެތަނުން މީހަކު ކިޔާރާއާއި ދިމާލަށް އައުމުން ކިޔާރާ މައިރީން ފަހަތަށްވަނެވެ. މައިރީން އެމީހާ ކިޔާރާގެ ގައިގައި އަތްލަން އުޅުމުން އެމީހާގެ ލޮލަށް އިނގިލި ކޮށްޕާލިއެވެ. އެވަގުތު އޭނާ ހަޅޭލަވައިގަތުމަށްފަހު ހުތުރުބަސްތަކެއް އެދުލުން ބޭރުކޮށްލިއެވެ. އެތާހުރި ދެވަނަމީހާ މައިރީން އަތުގައި ހިފައި ލުއްކެއް ޖެހުމަށްފަހު، ކިޔާރާއާއި ދުރުކޮށްލިއެވެ. އޭރު ކިޔާރާ ދިޔައީ ބާރަށް ރޮމުންނެވެ. ” އަދި މީ ހާދަ ގައްޑާވެގެން އުޅޭއެއްޗެކޭ.. ރަގަނޅު ފިލާވަޅެއް ދީފަ ނޫނި މީތި ދުލެއްނުކުރާނަން.! ” އެމީހާ މައިރީން އޭނާގެ އަތުގައި ދަތްއެޅުމުން ރުޅިއައިސް ހުރެ ބުނެލިއެވެ. ” ނިއްޓޭ ތި މަންޖެ އިހައް ބަހައްޓާ އަހަރުމެން ކުރާކަންތައް ބަލަން.. ފަހުން ނޮޅާލާނީ.. ” ކިޔާރާގެ ހެދުން އެހަށިގަނޑުން ވަކި ކުރަމުން ‘ނިއްޓޭ’ އާއި ދިމާލަށް އެމީހާ ބުނެލިއެވެ. އެވަގުތު ބޭރުން ބަޔަކު ވާހަކަ ދައްކާ އަޑުއިވެމުން ދިޔައެވެ. އެމީހަ އެހެން ބުނުމުން މައިރީން ހާސްވިއެވެ. ” ކީއްކުރަން ތިއުޅެނީ؟؟؟ އޭނަ ބަހައްޓާ.. ކުރާކަމެއް އަޅުގަނޑަށް ކުރޭ.. އާދޭސް ކުރަނީމި އަޅުގަނޑުގެ އެކުވެރިޔާ ދޫކޮށްލާ… ” މައިރީންއަށް ރޮވެން ފެށިއެވެ. އެއާއެކު އެމީހުން ނުލަފާ ހިނިގަނޑެއްޖަހާލިއެވެ.

ދެންފެނުނު މަންޒަރުން މައިރީންއަށް މޫނު އަބުރާލެވުނެވެ. އެވަގުތު ކިޔާރާގެ ވޭނީ ރުއިމުގެއަޑު އިވިގެން ދިޔައެވެ. އެ ނުލަފާ މީހާ ކިޔާރާގެ ހަށިގަނޑު ނޮޅަމުންދިޔައިރު މައިރީން ހިފައްޓާގެން ހުރި މީހާ ބޭރުގައި ހުރި މީހުންތަކަށް ގޮވާލިއެވެ. މައިރީންއަށް ފެނުނީ މީގެ ކުރިން އޭނާ ހުވަފެނުގައިވެސް ދެކެން ބޭނުންވާފަދަ މަންޒަރުތަކެއް ނޫނެވެ. ފަހަރަކު މީހަކު ކިޔާރާއަށް ގޯނާ ކުރަމުންދިޔައިރު މުޅިއެކު ހަތަރު މީހުން ކިޔާރާގެ ހަށިގަނޑުން އުފާ ހޯދިއެވެ. ކިޔާރާގެ ރުއިން މަޑުވެފައިވާއިރު އެ ހަށިގަނޑުގައި ހަލާކު ނުވާތަނެއް މަދުވާނެއެވެ. އެމީހުންގެ ހިތް ފުރޭވަރުވުމުން ދެން ބަލާލީ މައިރީންއާއި ދިމާލަށްށެވެ. މައިރީން އޭރު ހުރީ ރޮއެރޮއެ ވަރުބަލިވެފައެވެ. ” ތިކުރި ކަމެއްގެ ބަދަލު އަހަރެން ހިފާނަން!.. ” ދައްކުނޑިވިކާލުމަށްފަހު މައިރީން ބުނެލިއެވެ. އެމީހުންގެ ހިނިގަނޑު އެތާގައި ގުގުމާލީ ބިރުވެރު އިންޒާރެއް ފަދައިންނެވެ.

ކުއްލިއަކަށް އެތަނުން މީހަކުއައިސް މައިރީންގެ ބަނޑުގައި ފައިންޖަހާ ވައްޓާލިއެވެ. އަދި އެތާހުރި މީހުންނާއި އެއްވެގެން މައިރީންގެ ހަށިގަނޑުގައި ތަޅާ މައިރީންއަށް އިތުރު ހަރަކާތެއް ނުކުރެވޭވަރު ކުރިއެވެ. މައިރީންއާއި ދިމާލަށް މީހަކު ތިރިވި އިހްސާސް ކުރެވުނެވެ. އެވަގުތު މީހަކު އައިސް މައިރީންގެ ގައިމަތީ އޮތް މީހާ ފޮޅާލިއެވެ. މަޔާން ހުރީ ފެނުނު މަންޒަރުން ލޭހޫނުވެފައެވެ. އޭނާއަށް އެތާ ހުރި މީހުން އަމިއްލައަށް ބަލި ނުކުރެވޭނޭކަން އެނގުމުން މައިރީން އުރާލައިގެން އެތަނުން ނިކުނަން ދުއްވައިގަތެވެ. މައިރީންގެ ދެލޯ މެރެމުން ދިޔަވަގުތު އޭނާއަށް ކިޔާރާގެ ނަމުން ގޮވެމުން ދިޔައެވެ.

***

މައިރީންއަށް އެރޭ މަތިން ހަދާންވުމުން ރޮވުނެވެ. އޭނާގެ އެކުވެރިޔާ މަރުވީ އެތާ އޮވެގެން ކަމުގައި އާއިލާ މީހުން ބުންޏެވެ. މަޔާންއަށް އެތަނަށް ދެވުންލެއް ލަސްވީއެވެ. މައިރީންގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ. ބޮޑެތި ފަސް ފިރެހެނުން ކުޑަ އަންހެން ކުއްޖެއްގެ ގައިގައި ރަހުމެއް ނެތި ތެޅުމުން ވާނީ އެހެނެއްނުން ހެއްޔެވެ؟. މައިރީން ލޯޔަރަކަށްވާން އެންމެ ބޮޑަށް ބޭނުންވާ ސަބަބަކީ އެކުވެރިޔާއަށް އިންސާފު ހޯދާދޭށެވެ. ކިޔާރާ ރޭޕްކުރި މީހުންނަކީ ކޮންމެވެސް ވަޒީފައިގެ ގޮތުން މަތީ ބަޔެއްގެ ދަރިން ކަމުގައި ވީތީ އެމީހުންގެ މައްޗަށް ކުށުގެ ހުކުމްއެއް ނުކުރެވުނެވެ.

އަދުގެ މުޖުތަމައުގެ ހާލަތު އެހެންނުންތޯއެވެ؟ މިފަދަ ކަންކަން އިތުރުވަމުންދާއިރު އެކަންކަން ފަސްއަޅާ ފޮރުމުން ހަލާކުވެގެންދަނީ އަންނަން އޮތް ޖީލުގެ ކުދިންނެވެ. ލިބިގެންދަނީ ކުށްކުރާ މީހުނަށް ނުބައި މެސެޖެކެވެ. ގެއްލެނީ އެތަކެއް މައިންބަފައިންގެ އުންމީދެވެ. ދެވެނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާއެވެ. މިފަދަ ކުދިން މުޖުތަމައުން ބަލައި ނުގަތުމުގެ ސަބަބުން އަމިއްލައަށް މަރުވުމުގެ ފާފައަށްވެސް އަރައިގަނެއެވެ. ނަމަވެސް އޭގައި އެކުދިންގެ ކުށަކީ ކޮބައިހެއްޔެވެ؟ އަންހެން ކުއްޖަކަށްވުންހެއްޔެވެ ؟ ނުވަތަ ދުނިޔެއަށް އުފަންވުންހެއްޔެވެ ؟ މިއީ އެފަދަ ކުދިންގެ ހިތުގައި އުފެދޭ ސުވާލުތަކެވެ. ގަބޫލުކުރަމެވެ. ފިރެހެނުންގެ ގިނަ އަންހެންކުދިންނަށްވުރެ ހަށިގަނޑުގައި ބާރުހުރެއެވެ. އެބާރު އެމީހުނަށް މާތް ﷲ ދެއްވީ އަންހެނުން ހިމާޔަތް ކުރާށެވެ. ނަމަވެސް އަދުގެ ޒުވާނުން ފެންނަނީ އެބާރުގެ ނާޖައިޒް ފައިދާ ނަގާތަނެވެ. މިއީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

މައިންބަފައިންނަށް ބަލާއިރު އެމީހުން އަންހެންކުދިން ހިމާޔަތް ކުރެއެވެ. އަންހެން ކުދިންނާއި ފިރެހެން ކުދިން ތަފާތުކުރެއެވެ. ސަބަބަކީ އަންހެންކުދިންނަކީ އާއިލާގެ އިއްޒަތާއި އަބުރު ހިފައްޓަންޖެހޭ ބަޔަކަށްވުމެވެ. އެކުދިންގެ އިއްފަތަތެރިކަމަކީ ރައްކައުތެރި ކުރަންޖެހޭ އެއްޗެކަށްވުމެވެ. ފިރެހެންކުދިންނަށް ރޭގަނޑު ބޭރުގައި އުޅެވުނަސް އަންހެންކުދިންނަކަށް ނޫޅެވޭނެއެވެ. ކީއްވެގެން ހެއްޔެވެ؟ އެއީ ކިޔާރާއަށް ދިމާވިފަދަ ކަމެއް ދިމާވެދާނެނެތީއެވެ. ވިސްނަންޖެހޭކަމަކީ ކިޔާރާއަށް އެހެންހެދި މީހުންގެވެސް އާއިލާއެއް އޮންނާނެކަމެވެ. އެފަދަ ކަމެއް ކުރުމުން އެ އެނގެނީ އެމީހުންގެ ތަރުބިއްޔަތުގައި އުނިކަމެއް ހުރިކަންކަން ޝައްކެއްވެސް ނެތެވެ. އަންހެން ކުދިން ފަދައިން ފިރެހެން ކުދިންވެސް ރޭގަނޑު ބޭރަށް ނިކުތުން މަނާ ކުރާނަމައެވެ. އެމީހުން ކުރާކަންތަކާއި އެކުއުޅެނީ ކޮންބަޔަކާއެކުކަން ހޯދާނަމައެވެ. ދީނީކަންކަމަށް ހެލުންތެރި ކުރާނަމަ ގޯސްމަގަކުން ނުދާނެކަން ޔަގީނެވެ. އަންހެންކުދިންނަކީ އެމީހުން ހިމާޔަތްދޭންޖެހޭ ބައެއްކަން ބުނެދޭނަމައެވެ.

މުޖުތަމައުގައި ލާއިންސާނީ އަމަލުތަކާއި ކުށްކުރާ މީހުންނަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަދަބު ދެވެންވާނެއެވެ. ވައްކަންކޮށްފިނަމަ އަތްކެނޑުންއޮވެއެވެ. ރޭޕް ފަދައަމަލެއްކޮށްފިނަމަ ހައްދު ޤާއިމް ކުރަންވާނެއެވެ. ހުކުމްތަކާއި ހައްދުތައް ޤާއިމް ނުކުރެވޭނަމަ އެ މުޖުތަމައުއެއް ވެގެންދާނީ ކުޑަކުދިންނަށާއި އަންހެންކުދިންނަށް ނުރައްކާތެރި ތަނަކަށެވެ. އަނިޔާވެރިކަމާއި މަކަރުވެރިކަންފަދަ ނުބައި އަމަލުތަކުން ބަލިމަޑުވެފައިވާ ތަނަކަށްށެވެ. މިފަދަ ކަންކަން ހުއްޓުވޭނީ ވަކިވަކި ފަރުދުން ފަރުދީ ޒިންމާ ނަގައިގެންނެވެ.

މައިރީންއަށް ހިޔާލުތަކުގައި އޮވެ ނިދުނު އިރެއްވެސް ނޭނގުނެވެ. އޭނާއަށް ހޭލެވުނީ ފަތިސް ނަމާދަށް ބައްޕަ ގޮވުމުންނެވެ. ފެންވަރައި ނަމާދުކޮށްގެން މާތްﷲ އަށް ދުޢާ ދެންނެވިއެވެ. އޭނާގެ ރޭވުން ކާމިޔާބު ވޭތޯއެވެ. ތައްޔާރުވެގެން މައިރީން ގެއިން ނުކުތީ މަޑު ދަނބު ކުލައިގެ ދަބަހަށް ފޯނާއި ހެޑްސެޓް ލައިގެންނެވެ. ދޫނިސޫފާސޫފީގެ ނަލަ އަޑުތަކުން މުޅި ފަޒާ ވަނީ އެއްއަޑު ކޮށްފައެވެ. ގަސްތަކުގެ މީރު ވަހުން ސިކުނޑި ތާޒާކޮށްދެއެވެ. ގަޑިޖެހެން ވަގުތުކޮޅެއް އޮތުމާއެކު މައިރީން ސައިކަލު މުޅި ރަށްވަށާ ދުއްވާލުމަށްފަހު ފިހާރައަށްވަނެވެ.

އެއްވެސް މީހެއްގެ ހިލަމެއް ފިހާރައިން މިވަގުތު ނުވިކަމުގައި ވީނަމަވެސް ކަރީމް ދިޔައީ ފިހާރައަށް ވަދެފައިކަން މައިރީންއަށް އެނގުނެވެ. ސަބަބަކީ އޭސީ ޖައްސާފައިހުރުމެވެ. ފިހާރަ ހުޅުވާފައި ހުރިކަމަށް ރަމްޒުކޮށްދޭ ބޯޑު އެޅުވުމަށްފަހު، މައިރީންގޮސް އޭނާ އިށީނަން ހަމަޖެހިފައިވާ ފުރޮޅުލީ އިށީނެވެ. އެވަގުތު މައިރީންއަށް ޗާޖަށްޖަހާފައިވާ ކަރީމްގެ ފޯނުން ދައްކަމުން ދިޔަ އެތި ފެނި މައިރީންގެ ދޮންމޫނު މައްޗަށް ކުޑަ ހިނދުކޮޅެއް ތެރޭގައި އަލިފާނުގެ ރަތްކަން ވެރިވެގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

އިހުސާސް

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ފަސްވަނަ ބައި)

Next
March 19, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ފަސްވަނަ ބައި)

Previews
March 18, 2024

އިހުސާސް

4 Comments!

  1. shihaamaa ali shihaamaa ali says:
    March 19, 2024 at 3:29 pm

    Love this prt too, can’t wait for the next prt 🙂

    1. Maash Butterflyyyyy says:
      March 20, 2024 at 2:36 pm

      Thank you so much shihaamaa
      Next part this Friday insha Allah❤

  2. RIFSHA says:
    March 19, 2024 at 3:45 pm

    Mi part vx varah reethi Masha Allah.kon irakun next part kiyaalan libeyni
    Lysm butterfly 🦋✨

    1. Maash Butterflyyyyy says:
      March 20, 2024 at 2:38 pm

      Thank you so much RIFSHA❤
      Next part insha Allah this Friday❤
      Awwnn Lysm darling😊

Comments are closed.

Next Episodeކުށަކީ ކޮބާ – 10←


All Right Reserved!