Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ކުށަކީ ކޮބާ – 10

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
March 23, 2024 5 Mins Read
2 Comments

ފިހާރަ ހުޅުވާފައި ހުރިކަމަށް ރަމްޒުކޮށްދޭ ބޯޑު އެޅުވުމަށްފަހު، މައިރީންގޮސް އޭނާ އިށީނަން ހަމަޖެހިފައިވާ ފުރޮޅުލީ ގޮޑީގައި އިށީނެވެ. އެވަގުތު މައިރީންއަށް ޗާޖަށްޖަހާފައިވާ ކަރީމްގެ ފޯނުން ދައްކަމުން ދިޔަ ވީޑިއޯ ފެނި މައިރީންގެ ދޮންމޫނު މައްޗަށް ކުޑަ ހިނދުކޮޅެއް ތެރޭ އަލިފާނުގެ ރަތްކަން ވެރިވެގަތެވެ.

***

މައިރީން ފޯނަށް ނުބަލަން މޫނު އަބުރާލިއެވެ. ވާނީވެސް އެހެނުން ހެއްޔެވެ؟ ފޯނުން އެދައްކަނީ މުސްލިމަކަށްވެހުރެ ބަލަން ލަދުވެތި ވާނެ ފަދަ މަންޒަރު ތަކެކެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު މައިރީންގެ އަތް ފޯނާއި ދިމާލަށް ދަތުރުކޮށްލިއެވެ. އެއަށް ބަލަން ނުހުރެ ފޯނު ފިހާރަތެރެއަށް އަތުގައި ހުރި ބާރެއްލައިފައި އެއްލާލިއެވެ. ފާރުގައި ޖެހުނު އަޑުފައްގަނޑާއެކު ފޯނުގެ އެތިކޮޅުތައް ފުޑުފުޑުވެގެން ފޭބިއެވެ. މައިރީންގަޑިއަށް ބަލާލިއެވެ. 7:00 ޖަހާއިރަކީ ކަރީމް އޭނާގެ ދަރިފުޅު ސްކޫލަށް ގެންދާ ވަގުތެވެ. އަދި އޭނަ ފިހާރައަށް އަންނާނީ ދިހަ މިނެޓްވަރު ފަހުންނެވެ. އެހެންކަމުން މައިރީން ރޭވިގޮތާއި އެއްގޮތުގެ މަތިން ތައްޔާރުވެލިއެވެ. ކަންފަތަށް ހެޑްސެޓްޖެހީ ކަރީމްއާއި ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. އެއްފަހަރު އެހެންހެދުމުން އޭނައާއި ދިމާލަށް ބޮޑެތި މީހުނަށް އިޙްތިރާމް ކުރަންވާނޭ ކިޔައިގެން ކަރީމް ވަނީ ލެކްޗަރެއްދީފައެވެ. ކުޑަކުދިންނަށް އިހްތިރާމް ނުކޮށް ދެއްކުންތެރިކަމުން ފުރިފައިވާ އަދި ނުބައި ޢަމަލުތައް ކުރާ މީހަކަށް ކުރަންވީ ކޮން އިޙްތިރާމް އެއްހެއްޔޭ މައިރީންގެ ހިތަށް އެރިއެވެ. އެއަށްފަހު މައިރީންގެ ފޯނުން ރިކޯޑާރ އެޕްއަށް ވަދެ ކަރީމް އައުމުން ރިކޯޑިން ފަށާ ގޮތަށް ތައްޔާރު ކޮށްލިއެވެ. މައިރީން ތައްޔާރުވެގެންއިންއިރު އޭނާއަށް ނުތަނަވަސްކަމުގެ އިހްސާސް ކުރެވެންފެށިއެވެ. މަޑުމަޑުން ދެއަތް ދެއަތާ މޮޑެންފެށިއެވެ. ކަރީމް ފިހާރައަށް ވަނުމުން މައިރީން ކޮންމެވެސްވަރަކަށް ސިހުނެވެ. އެހެންނަމަވެސް އޭނާގެ ނުތަނަވަސް ކަމާއި ސިހުން ނުހަނު އަވަހަށް ފަރުދާކޮށްލިއެވެ. މައިރީން އިސްޖަހައިގެން އިދެ ކަރީމްއަށް ހިލަމެއް ނުވާނޭ ފަދައިން ރިކޯޑިން ފެށިއެވެ.

” އަހަ މައިރީން ކިހިނެތްތަ ؟.. ދޮންބެ އައިސްގެންދޯ އުޅެނީ؟.. ” ކަރީމްގެ ދިގު ތުބުޅީގައި އަތް ކާއްތާލަމުން މައިރީންގެ ގާތު އަހައިލިއެވެ. މައިރީންއަށް ބަލަންއިންގޮތުން އޭނާގެ ނިޔަތް ރަނގަޅު ނޫންކަން އެނގެއެވެ. މައިރީންގެ ފަރާތުން ޖަވާބެއްނައުމުން ދެވަނަ ފަހަރަށް އަހާލިއެވެ. އެވަގުތު އޭނައަށް މައިރީންގެ ހެޑްސެޓްގެ ވާކޮޅުފެނުމުން ޗުސް ޖަހާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތު އޭނަ މައިރީންއިން ގޮޑިއާއި ކައިރިވުމަށްފަހު، މޭޒުގައި އަޅާގަނެފައި ވެއްޓެން ދިޔަ ވަގުތު އޭނާގެ އަތް މައިރީންގެ ކޮޑުންފެށިގެން ތިރިއަށް ދަތުރު ކޮށްލިއެވެ. މައިރީން ހުރީ އެފަދަ ކަމަކަށް ތައްޔާރު ވެގެންނޫންކަމުން ސިހިފައި އޭނާގެ އަތް ފޮޅުވާލިއެވެ. ކަރީމް މާފަށް އެދުމަށްފަހު އޭނާގެ ފޯނުފެނުންތޯ ސުވާލު ކޮށްލިއެވެ. މައިރީން އައިސްފައިވާ ރުޅި ހިންދާލުމަށްފަހު އޭނާ ތަޅައިލި ފޯނާދިމާލަށް އިނގިލި ދިއްކޮށްލީ މޫނުމަތިން އެއްވެސް އަސަރެއް ދެއްކުމެއްނެތިއެވެ. ކަރީމް ހައިރާން ކަމާއެކު ފޯނަށް ބަލާލުމަށްފަހު މައިރީންގެ މޫނަށް ބަލާލިއެވެ.

” އޭގަ ބަލަން ނުވާވަރުގެ އެއްޗެއް އަހަރެންނަށް ދައްކަން އަޅުވާފަހުރީމަ ވީގޮތް އެއީ.. ރާއިން ބަލާއެއްޗެހި ކީއްވެ ކަރީމްބެ ފޯނުން ފެންނަންވީ..؟ އޯހް ސޮރީ ތިކަހަލަ މީހުނަށް އިހްތިރާމް ގޮތުންވެސް ބޭބެ ކިޔާކަށް ނުވާނެ… އެހެންނޫނަސް އަހަންނާ މެދު ދެކެނީ ކޮށްކޮއެއްނޫނީ އެކަހަލަ މީހެއްގެ ނަޒަރަކުންނެއްނޫނެއްނުން.. ލަދުހަޔާތް ކޮބާ ކަލޭގެ؟؟ ރާއިންއަކީ ކަލޭގެ ދައްތަގެ ދަރިއެއް، އެކަމު އޭނާ ނުކުރާ ކަމެއް އޭނާގެ ބޮލުގަ އަޅުވާފަ… ނޫނޭ އޮޅުވާލަންވެސް މޮޅޭ.. ތިކަހަލަ މީހުނާ ހެދި ކުޑަކުދިން ބޮޑެތި މީހުނަށް އިޙްތިރާމް ނުކުރަނީ.. މުދިމަކަށް ވެގެންހުރެ ތިކަހަލަ ކަންތައް ކުރަން ލަދު ނުގަންނަކަން.. ” މައިރީން ހުރީ ރުޅިއައިސްގެން ރޫރޫ އަޅައަޅައެވެ. އޭނަ ހައިރާންވީ އޭނައަކީ އެއްވެސްމީހަކާ ހާއްސަކޮށް ބޮޑެތި މީހުނާ ދިމާލަށް ކަލޭ ކިޔައިގެން ވާހަކަ ދައްކާކުއްޖަކަށް ނުވީތީއެވެ. ނަމަވެސް މިއަދު އެފަދައިން ވާހަކަ ދެއްކިއްޖެއެވެ. ކަރީމްގެ ކަންތައް ހައްދުފަހަނަ އަޅާ ދިޔައިމަ ވާނީ އެހެނެއްނުން ހެއްޔެވެ؟

ރާއިންއަކީ ފިހާރައިގައި ދޭއްގެ ފަހުން ޑިއުޓީ އަދާކުރާ ކުއްޖާއެވެ. އެއީ މައިރީންގެ ކުލާސް ކުއްޖެއްވެސްމެއެވެ. އެންމެ ފުރަތަމަ މައިރީންއަށް އެފަދަ ފޮޓޯއެއް ފެނުނީ ފިހާރަ ފޯނުންނެވެ. މައިރީން ލަދުން އެވާހަކަ ދައްކަން ނުކެރިފައި ހުއްޓައި ކަރީމް އެވާހަކަ ދެއްކުމުން އެފަދަ ފޮޓޮއެއް ފެނުނު ކަމުގައި ބުންޏެވެ. އޭރު މައިރީންއަށް އެއީ ކަރީމްގެ ކަމެއްކަން ނޭނގެއެވެ. އެއީ މުދިމަކަށް ވުމުން މައިރީން އެފަދައިން ވިސްނަން ބޭނުންނުވީއެވެ. ނަމަވެސް މީގެ ދެދުވަސް ކުރިން ރާއިން ވަނީ ފިހާރައިގެ ފޯނުން ސާރޗް ހިސްޓަރީއިން އެއްޗެއް ދައްކާފައެވެ. އެ އެއްޗެއް ސާރޗް ކޮށްފައިން ވަގުތަކަށް އިނީ ހެނދުނު ދިހައެއް ޖަހާފައިން ވަގުތުކަމަށެވެ. އެގަޑީގައި މައިރީން އުޅޭނީ ގޭގައެވެ. 9:45 އިން 10:15 އަކީ މައިރީން ގެ ބްރޭކް ވަގުތުކޮޅެވެ. އެގަޑީގައި ފިހާރައިގައި އިންނާނީ ކަރީމްއެވެ.

ކަރީމްއަށް ހުރެވުނީ އެހައި ރުޅިއައިސްގެން ބާރަށް މައިރީން ވާހަކަ ދެއްކުމުން ހާސްވެފައެވެ. ކަރީމް ދެކޭގޮތުގައި މައިރީން އޭނާ ކުރާ ކަންކަމަށް އެއްޗެކޭ ނުބުނާނެއެވެ. ސަބަބަކީ މައިރީންއަކީ މަޑުމައިތިރި ވާހަކަ މަދު ކުއްޖަކަށް ވުމުންނެވެ. ކަރީމްއަށް ނޭނގުން ކަމަކީ މަޑުން ހުންނަ ގުރާ ބާރަށް ދަތްއަޅާނެކަމެވެ. ކުއްލިއަކަށް ކަރީމްގެ އަންހެނުން ހާޖަރު ފިހާރައަށްވަނެވެ. އޭނާގެ މޫނުމަތި ހުރިގޮތުން އޭނައަށް މައިރީން ދެއްކި ވާހަކަތައް އަޑުއިވުންކަން ޔަޤީވިއެވެ. މައިރީން މަޑުމަޑުން ހާޖަރުއަށް ބަލަންހުރުމަށްފަހު އެތަނުންދާން ހިނގާގަތެވެ.

” މައިރީން މި ނުލަފާ މީހާއަށް އޭނާ ކުރި ކުށުގެ އަދަބު ލިބެންޖެހޭނެ.!! ކަލެއާ ހުރެ މަ ލަދުން ބޯފަޅާގެންދާވަރުވެއްޖެ.. ކޮން ފާޑަކަށް އުޅޭނަމޭ ހިތާތަ ތިއުޅެނީ.. ” ހާޖަރު ހުރީ ދުވަހަކުވެސް ނުގަންނަ ވަރަށް ލަދުގަންފައެވެ. މައިރީންއާއި ދިމާލަށް އިސްއުފުލާލައި ބަލާލަންވެސް ނުކެރިފައެވެ.

” ހާޖަރު ހަމަ މިހާރު ގެއަށްދޭ… މަގޭ ކުށެއްގެ އަދަބު ލިބޭނީ ހެކި ހުރެގެންތާ.. މައިރީން ކަލެއަށް މިއަދު ގެއަށް ދެވޭނީ މިތަނުން ނިކުމެވިގެންނުން… މަ ބޭނުންވާ ކަންތައް ފުދުމުން ނޫނީ ލާހިކެއް ނޫން ދާކަށް!! ” ކަރީމް ހީވަނީ މޮޔަވެފަ ހުރިހެންނެވެ. މައިރީންއާއި ދިމާލަށް ޖެހިގަންވަގުތު ހާޖަރު ކުރިމަށްޗަށް ނޭރިނަމަ މައިރީން އޭނާގެ އަތުޖެހުނިސްކަން ގައިމެވެ. މައިރީން ލިބުނު ހަނި ފުރުސަތުގެ ބޭނުން ހިފައި ފިހާރައިން ނިކުންނަން ދުއްވައިގަތެވެ. މައިރީންއަށް ނިކުމެވުނީ ސަންރައިސް ގެސްޓްހައުސްއިން ތަރުކާރި ގަންނަން އަންނަ މީހާގެ ކުރިމަށްޗަށެވެ. އެމީހާއަށް ފިހާރަތެރޭ ހިނގާ ކަންތައް ފެނުމުން މައިރީންއަށް ބަލާލުމަށްފަހު އަވަހަށް ފިހާރައަށް ވަނެވެ. އޭރު ކަރީމް ހަދީޖާގެ ބުރުގަލުގެ މަތިން އިސްތަށިގަނޑުގައި ހިފައި ހޫރާލަނީއެވެ. އެމީހާ އެހީއަށްއެދި ހަޅޭލަވަމުންއައިސް ކަރީމް ގައިގައި ހިފެއްޓިއެވެ. މައިރީން ބަލާކަށް ނުހުރެ ސައިކަލަށްއަރައި ދުއްވާލިއެވެ. ހިތްއަވަސްވެފައި ހުރިވަރުން ބާރަށް ދުއްވަމުންގޮސް ގެއަށް ވަދެވުންއިރުވެސް އޭނައަށް ދެވުނީ ފަހަތް ބެލެމުންނެވެ. މައިރީން ދުވެފައި ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ.

މައިރީން ދުވެފައި ގެއަށްވަދުން ގޮތުން ކަމެއް ވެއްޖެކަން މަޔާންއަށް މާބޮޑު ވިސްނުމަކާއި ނުލާ ދެނެގަނެވުނެވެ. އެހެންކަމުން ހާސްވެހުރެ އޭނަ މައިރީންގެ ދޮރުގައި ޓަކިޖަހަންފެށިއެވެ. މައިރީންއަށް ދެތިންފަހަރަކު ގޮވާލުމުން ވާހަކަ ނުދެއްކުމުން މަޔާން ދިޔައީ އެ ކޮޓަރީގެ ތަޅުދަނޑިބަލައެވެ. ގެއަށްއައި ރިޔާޒްއަށް މަޔާން ހާސްކަމާއެކު ކަބަޑުތައް ހާވާތަންފެނުމުން ކޯއްޗެއް ހޯދަނީތޯ ސުވާލު ކޮށްލިއެވެ. މަޔާން އަވަސް އަވަހަށް ކޮޓަރިތަކުގެ ތަޅުދަނޑި ކޮބާތޯ ސުވާލު ކޮށްލިއެވެ. މަޔާންގެ ހާސްކަންފެނި ރިޔާޒް އޭނައަށާއި ޝިޔާމާގެ ހާއްސަ ކޮޓަރިއަށް ވަދެ ތަޅުދަނޑިތައް ހިފައިގެންއައެވެ. މަޔާން އޭނާގެ ބައްޕައަށް ޝުކުރު އަދާކުރުމަށްފަހު މައިރީންގެ ކޮޓަރީގެ ތަޅު ތަޅުދަނޑިން ހުޅުވާލުމަށްފަހު ކޮޓަރިއަށްވަނެވެ. ކޮޓަރިތެރެއިން މައިރީންގެ ހިލަމެއް ނުވުމުން މަޔާން ފާހަނައިގައި ޓަކި ޖަހާލިއެވެ.

މައިރީން މަޑުމަޑުން އޭނާގެ ނޭވާ ހަމައަކަށް އަޅުވާލުމަށްފަހު، އޭނާގެ ރޭވުމާއި އެއްގޮތަށް ދެން އޮތް ފިޔަވަޅުއެޅުމަށް އަވަސްވެގަތެވެ. އެވަގުތު ފާހަނައިގެ ދޮރުގައި ޓަކިޖެހި އަޑުއިވުމުން މައިރީން ސިހުނެވެ. އޭނަ ހީކުރީ ކަރީމް އޭނަ ފަހަތުން ގެއަށް ވަނީ ކަމަށެވެ. ” ކާކު؟ ” މައިރީން ހާސްވެހުރެ އަހައިލިއެވެ.

މައިރީންގެ އަޑުގައިވާ ހާސްކަމުން މަޔާންގެ ބޮލުގައި ކޮންމެސް ނުބައެއް އުޅޭކަމުގެ އިންޒާރު ޓަކިދިނެވެ. ” ބައްޕަމެނޭ.. ދަރިފުޅާ ކިހިނެތް ވެގެން މި އުޅެނީ؟ ކީއްވެ އެހައި އަވަހަށް ފިހާރައިން އައީ؟ ކަމެއް ދިމާވީތަ؟؟.. ” ރިޔާޒް ހުރީ އޭނާގެ ދެދަރިން އުޅޭގޮތުން ހާސްވެފައެވެ. އެހެން ކަމުން ހިތައް އައިހައި ސުވާލެއް މައިރީންއާއި ކުރަންފެށިއެވެ.

” ކަމެއް ނުވޭ.. ބަނޑަށް މާ ބޮޑަށް ތަދުވާތީ އައީ.. ” މައިރީން އަވަސް އަވަހަށް ބުންޏެވެ.

ނަމަވެސް މަޔާންއަކަށް މައިރީންގެ އުޒުރެއް ގަބޫލެއް ނުކުރެވުނެވެ. ބަޑަށް ތަދުވާ މީހަކު ދުވެފައި އައުމުން ގަބޫލުކުރެވޭނީވެސް ކިހިނެތް ހެއްޔެވެ؟ އަނެއްކާ މައިރީންގެ އަމަލުތައް ހުރީ ކޮންމެވެސް މީހެއްގެ ކައިރިން ފިލަން އުޅޭނެ ފަދައިންނެވެ. މިފަދަ ހިޔާލުތަކަކާއިއެކު މަޔާން އެކޮޓަރިން ނިކުންނަން ދިޔައީ މައިރީން ރިޔާޒް ގާތު އެކޮޓަރިން ނިކުންނަން އެދުމުންނެވެ.

މައިރީން ފާހަނައިން ނުކުތުމަށްފަހު ކޮޓަރި ތަޅުލިއެވެ. އެއަށްފަހު ލޮކް ފޯލްޑާރގައި ހުރި ރިކޯޑިންތަކާއި ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގެ އެހީގައި ފޭސްބުކްގެ މަޝްހޫރު ސައިޓްއަކަށްލީ ވަގު އައިޑީ އަކުންނެވެ. ސްކްރީން ޝޮޓްތަކުގައި ވަނީ ކަރީމް މައިރީން އައި ދިމާލަށް ބުނެފައިވާ ލަދުގަންނަ ފަދަ ވާހަކަތަކެވެ. ކަރީމްވަނީ އެފަދަ ވާހަކަތައް ދެއްކުމަށްފަހު ޑިލީޓްކޮށްފައެވެ. ނަމަވެސް މައިރީންގެ ހުށިޔާރުކަމުން އޭނާ ޑިލީޓްކުރުމުގެ ކުރިންވަނީ މެސެޖްތަކުގެ ސްކްރީންޝޮޓް ނަގާފައެވެ. އަދި މިއަދު ކުރި ރިކޯޑިންވެސްލިއެވެ. އެ ރިކޯޑިންއިން މައިރީންގެ އަޑު އަރާފައިވީނަމަވެސްހެވެ. އޭނާ ބޭނުންވަނީ މުދިމެއްގެ ނަމުގެ ފަހަތުގައި ހުރެގެން ކަރީމް ކުރަމުންދިޔަ ނުބައި އަމަލުތައް ފަޅާއަރުވައިލުމަށެވެ. ފުލުހުންނަށް އޭނަ ރިޕޯޓް ނުކުރީ ކިޔާރާގެ ކޭސްގައި އެމީހުންގެ ފަރުވާކުޑަކަން ފެނިފައެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި އެ ރިކޯޑިން ފޭސްބުކްގައި ވައިރަލްވިއެވެ. ކަރީމްއާއި ދިމާލަށް މީހުން ނުކިޔާކަށް އެއްޗެއްނެތެވެ. މައިރީންގެ ހިތްވަރަށް ބައެއް މީހުން ސާބަސް ދީފައިވާއިރު އަނެއްބައި މީހުން މައިރީން ކަންތައްކޮށްފައި ވަނީ ރަނގަޅަށް ކަމަށް ބުނެފައިވެއެވެ. ކަރީމް ހައްޔަރު ކުރަން ގޮވާލާފައި ތިބި މީހުންވެސް މަދެއްނޫނެވެ.

މަޔާން ސޯފައިގައި އިނީ ކޮޓަރިން މައިރީން ނިކުންނަ އިރަކަށް އިންތިޒާރު ކުރާށެވެ. އޭނާ ކުރަން ބޭނުންވާ ސުވާލު ކުރެވޭނީ މައިރީން ކޮޓަރިން ނުކުތުމުންނެވެ. މަޔާން ހައިރާންވީ އޭނާގެ ފޯނަށް ކުއްލިއަކަށް އެކުވެރިންނާއި ގާތް މީހުންގެ ފަރާތުން މެސެޖާއި ކޯލުތައް އަންނާތީއެވެ. މަޔާން ފޯނަށް ބަލަން ހުރެފައި، އޭނާ އާއިއެކު މަސައްކަތްކުރާ ޕޮލިހެއްކަމަށްވާ އާހިލް ގުޅުމުން ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ. އާހިލްއަކީ އައިޓީ ޑިޕާރޓްމެންޓުގައި އޭނަ އާއިއެކު މަސައްކަތްކުރި ޒުވާނެކެވެ. ” ބުރޯ.. ޔޫ އޯކޭ؟ ” މަޔާން ފޯނުނެގުމާއިއެކު އާހިލްއަށް އަހާލެވުނީ އެހެންނެވެ. ” ޔާ.. ކިހިނެތްވީ؟؟ މަގޭ ފޯނަށް މެސެޖާއި ކޯލުތައް އަންނަވަރުން މިއުޅެނީ.. އަނެއްކާ މަގޭ ނަންބަރު ލީކްވީތަ؟؟ ” މަޔާން ވާނުވާ ނޭނގި ހުރެ އަހާލިއެވެ. ” މައިރީންއަކީ ކަލޭގެ ކޮށްކޮދޯ؟..” އާހިލް އަހާލި ސުވާލާއެކު މަޔާންގެ ނޭވާ އަވަސްވިއެވެ. ” އާ.. އޭނަ ކަމެއްކުރީތަ؟؟؟ ” މަޔާން ހާސްވެ ހުރެ އަހާލިއެވެ. ” މިފޮނުވާ ލިންކު ބަލާބަ.. ” އާހިލް އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. ސިކުންތަކަށްފަހު މަޔާންގެ ފޯނަށް އެބުނާ ލިންކުއައެވެ. ވަގުތު ބޭކާރު ކުރުމެއްނެތި މަޔާން އޭގައި އޮތް އެއްޗެއް ބެލުމަށްޓަކައި ލިންކަށް ވަނެވެ. މަޔާންއަށް އޭގައިވާ ތަކެތިފެނި ހީވީ މީހަކު އޭނާގެ މޫނުގައި ޖެހިހެންނެވެ. އެ އެއްޗެހި ބަލަމުންދިޔަ ވަރަކަށް އޭނަގެ ރުޅިގަނޑު ދިޔައީ ގަދަ ވަމުންނެވެ. މަޔާން ބާރަށް ހިނގައިފައި ގޮސް މައިރީންގެ ދޮރުގައި ޓަކިޖަހަންފެށިއެވެ.

( ނުނިމޭ )

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

(ދެވަނަ ބައި ) ……..ނޫރަކީ ހިތުގެ ތީ މަގޭ
Previous

ނޫރަކީ ހިތުގެ ތީ މަގޭ….. ( ތިންވަން ބައި)

Next

މަގޭ މާއިލް 9

Next
March 23, 2024

މަގޭ މާއިލް 9

Previews
March 23, 2024

ނޫރަކީ ހިތުގެ ތީ މަގޭ….. ( ތިންވަން ބައި)

(ދެވަނަ ބައި ) ……..ނޫރަކީ ހިތުގެ ތީ މަގޭ

2 Comments!

  1. RIFSHA says:
    March 23, 2024 at 6:26 pm

    Hey butterfly 🦋
    Mi part vx varah reethi masha Allah 💓💞
    Next part kiyaalan libeyni kon dhuvahaku.
    Curiously waiting for the next part.
    Dhen neyngeyne vaane gothei vx
    Once again mi part varah reethi masha Allah 💓💞💞
    Lysm butterfly 🦋

  2. Maash Butterflyyyyy says:
    March 24, 2024 at 4:46 pm

    Hey rifoo
    Vrh ufaa vejje riffo ah mi part reethi kan engunyma😊
    Next part insha allah tuesdayga kiyaalan libeyne😊
    Dhen oii part kiyaaleema vaane gotheh engeynethaa😂😄
    Thankyou for your support☺
    Lyssm rifoo😊❤

Comments are closed.

Next Episodeކުށަކީ ކޮބާ – 11←


All Right Reserved!