Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ކުށަކީ ކޮބާ – 06

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
March 10, 2024 4 Mins Read
2 Comments

” އައިމެން މައި ދައްކާ ވާހަކަ ގަބޫލުކުރާނެ ކަމާމެދު ޝައްކު ކުރަނީތަ ؟.. ” އައިނާ މައިރީން ގާތު އަހައިލިއެވެ. އެވަގުތު ލައިގެން ހުރި ހޫޑީގެ އަތުކުރިއާއި ކުޅެން ހުރި މައިރީންގެ ހަރަކާތްތައް މަޑުޖެހުނެވެ. ކުއްލިއަކަށް ރީމާ، މައިރީންގެ ހޫޑީގެ އަތުކުރި މަތިކޮށްލިއެވެ. އައިނާ އަނގަމަތީ އަތްއެޅިއިރު ރީމާ ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. މައިރީން، ރީމާ އެހެންހެދުމުން ތެޅިގަނެފައި އަތުކުރި ތިރިކޮށްލާފައި ރީމާމެންނަށް ބަލާލިއެވެ.

****

” ކީއްވެ؟ ” ހިމޭންކަމުގެ ސިކުންތު ކޮޅަކަށްފަހު އައިނާ ވާހަކަ ދެއްކިއެވެ.

ރީމާއާއި އައިނާގެ މޫނު މަތިން ފެންނަނީ ބަޔާން ކުރަން ދަތި އަސަރުތަކެކެވެ. މައިރީން ހުރީ އެކުވެރިން ކުރިމަތީ ބޭޒާރުވުމުން ބިރުން އިސްއުފުލާލަން ނުކެރިފައެވެ. މައިރީންއަކީ އަބަދުވެސް ދެރަވެއްޖެނަމަ އަމިއްލަ ނަފްސަށް އަނިޔާ ކުރާ ކުއްޖެކެވެ. އެކަމަކީ ވަގުތީގޮތުން އޭނާއަށް ހަމަޖެހުމެއް ލިބޭކަމެކެވެ. މައިރީންއަކީ އެއްއިރެއްގައިވެސް އެއްވެސް މީހަކު ކުރިމަތީ އޭނާގެ އިހްސާސްތައް ހާމަ ކުރާކުއްޖެއް ނޫނެވެ. ހަމައެހެންމެ އެއީ މައިރީންގެ ވަރަށް ބޮޑު ސިއްރެކެވެ. މައިރީންގެ އެކުވެރިންނަށްވެސް މައިރީން އަމިއްލަ ނަފްސަށް އަނިޔާ ކުރާކަން އެނގުނީ އަދިކިރިޔާއެވެ. ދެންވާނެ ގޮތަކާމެދު ވިސްނަން މައިރީން ހުރީ ވަރަށް ބިރުންނެވެ.

” މައި ކީއްވެ ކުރި ކަމެއް މީ ” ރީމާ މައިރީން އިސްޖަހާގެން ހުރުމުން ހަރުކަށި ރާގަކަށް އަހާލިއެވެ. އައިނާ ހުރީ މައިރީން އެކަހަލަ ކަމެއް ކުރުމުން ބުނާނެ އެއްޗެއް ނޭނގިފައެވެ.

” ޕްލީޒް މި ވާހަކަ އެކަކު ކާރީ ނުބުނާތި.. މަންމަމެން ހާއްސަކޮށް.. ” މައިރީންއަށް އެހެން ބުނި ވަގުތު އެދެލޯ ކަރުނުން ފުރުނެވެ. މަންމަމެން ކައިރީ ބުނެފި ނަމަ ކަންތައް ވާނޭގޮތް ހިތައް އަރުވާލަންވެސް ދައްޗެވެ. އައިނާ އެތަނުން ދާން ހިނގާށޭ ބުނެ ތެދުވިއެވެ. ” އައި އާދޭސް މިކުރަނީ… ތި ދެ މީހުން މައި ރައްޓެއްސެއްގެ ގޮތުގައި ދެކެންޏާ ނުބުނާނެ. ” މައިރީން އެހެން ބުނިއިރު ހިތުގައި ޖެހުންވަރުން އޭނާގެ އަޑު ކުރެހުނެވެ. މައިރީން އެހެން ބުނުމުން އައިނާ އޭނަ އާއި ދިމާލަށް ބަލާލީ މައިރީން ބުނި އެއްޗެއް ގަބޫލު ނުކުރެވިގެންނެވެ.

އައިނާ ހިނގައިގަންނަމުން އޭނާ ފަހަތުން އައުމަށް އެދުނެވެ. ރީމާ ހުރީ އައިނާ ކުރަން އުޅޭކަމެއް އެނގުމަށް ޝައުގުވެރިވެފައެވެ. އައިނާ ކައިރީގައި ހުރި ފާމަސީއަށް ވަނުމުން ރީމާއަށް ކުރަން އުޅޭކަމެއް ކޮންމެވެސް ވަރަކަށް އެނގިގެން ދިޔައެވެ. މައިރީން ފަހަތަށް ފިޔަޅެއްއަޅައިލިއެވެ. މައިރީން ހީކުރީ އައިނާ އުޅުނީ އޭނަ އެތަނަށް ގެންގޮސް ޑޮކްޓަރުގެ އަތުން ބޭސް އަޅަން ކަމަށެވެ. އެހެން ވެއްޖެނަމަ އޭނާގެ އާއިލާއަށް އެސިއްރު އެނގުމަށް މާގިނަ ދުވަހެއްނުނަގާނެއެވެ. ސަބަބަކީ އެތާ އިންނަ ޑޮކްޓަރަކީ މައިރީންގެ ދުރުތާ ތިމާގެ މީހަކަށް ވުމުންނެވެ. މިފަދަ ހިޔާލު ތަކެއްގައި ހުރެ މައިރީން މަޑުމަޑުން ފަހަތަށް އެނބުރި ދުއްވާގަންނަން ތައްޔާރުވިއެވެ. މައިރީންއަށް ދެވުނީ ކުޑަތަންކޮޅަކަށްށެވެ. ކާކުގެ ނަސީބެއްކަން ނޭނގެއެވެ.. މައިރީން ވެއްޓެންދިޔައީ ކުރިން ދުވަހަކު މައިރީންގާތު ނާއިން ފޮނުވާގެން ރައްޓެހިވާންއެހި ޔާދިންގެ ގައިގައި ޖެހިފައެވެ. ޔާދިންއަށް މައިރީން ވެއްޓުމުގެ ކުރިން މައިރީން ގައިގައި ހިފައްޓާލެވުނީ ކިރިޔާއެވެ.

ޔާދިންހުރީ މައިރީންގެ ދެލޮލަށް ގެއްލިފައެވެ. ޔާދިންގެ އަތް މައިރީންގެ އުނަގަނޑުގައި ވަށާލެވިފައިވީއިރު، މައިރީންގެ ދެއަތް ވަނީ ޔާދިންގެ މޭމަތީގައި ޖައްސާލެވިފައެވެ. ޔާދިންގެ ހިތުގެ ރާނީ ޔާދިންގެ އަތުތެރޭގައި ހުރުމުން ޔާދިންއަށް އޭނާގެ އިހްސާސްތައް މައިތިރި ކުރަން އުނދަގޫވިއެވެ. މައިރީން ހުރީ މި ނުދަންނަ މީހާގެ ތޫނު ނަޒަރުން ލަދުގަނެފައެވެ. އެއްރަށެއްގައި އުޅޭއިރު ފެނިފައި ހުރި ނަމަވެސް މައިރީންއަށް ނަން ނޭނގޭ މީހުން ގިނައެވެ. ޔާދިންއަށް ހޭވެރިކަންވީ ނާއިން ކަރުކެހިލުމުންނެވެ. ތެޅިގަނެފައި ޔާދިން މައިރީން ކޮޅަށް ބެހެއްޓިއެވެ. ” ތަދުވިތަ އެއްވެސް ތާކަށް؟.. ވަރަށް ބޮޑަށް ސޮރީ.. ގަސްތަކު ނޫން… ” ޔާދިން އޯގާތެރި ކަމާއެކު އަހައިލިއެވެ. ” އިޓްސް އޯކޭ.. އަޅުގަނޑަށް ބަލާނުލައި އުޅެވުނީ.. ” މައިރީން ލަދުންހުރެ ބުނެލިއެވެ. އެވަގުތު އެއްލިކަޅިއަކުން ނާއިންއާއި މައިރީންގެ އެކުވެރިން ލާނެތް ގޮތަކަށް ހެވިފައި ބަލަންހުރުމުން، ޔާދިން ރަކިވެ ހުރެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. މައިރީން ސިއްރު ސިއްރުން ޔާދިންއާއި ދިމާލަށް ބަލާލިއެވެ.

ފަންފަންކޮށް ހުރި ކަޅުކަންގަދަ އިސްތަށިގަނޑެކެވެ. ކަރާއި ހަމައަށް ދިގުކޮށްފައި އިސްތަށިގަނޑު ވައިގެ ސަބަބުން ދިޔައީ މަޑުމަޑުން ނަށަމުންނެވެ. ހަންގަނޑު ދޮންކަމުން ހީވަނީ ބޭރު މީހެއްހެންނެވެ. ކަޅުކަންގަދަ ބުމައަކާއި ތޫނު ދެ ލޮލެވެ.  އިސްކޮޅުން ދިގުކަމުން ހަފޫޓު ހަމަވެދާނެހެން ހީވެއެވެ. އޮޅާލައިފައިވާ ގަމީހުގެ އަތުކުރިން ގަވައިދުން ކަސްރަތުކުރާ މީހެއްކަން ޔަގީންވެއެވެ. ލައިގެން ހުރި ގަމީހާއި ފަޓިލޫނު ޔާދިންއާއި ނުލާހިކު ގުޅެއެވެ. މައިރީންއަށް ޔާދިންގެ ރީތި ކަމާމެދު ހިތާހިތުން ތައުރީފު ކުރެވުނެވެ.

” އެހެމް އެހެމް.. މައިއަށް އަނެއްކާ ޔާދު ކަމުދިޔައީބާ؟ ހިތުން ވަރަށް ސިއްރުން އެބަލަނީ ޔާދުއަށް ދޯ ރީ؟ ” ނާއިން ލާނެތް ގޮތަކަށް ހެމުން ރީމާއަށް ދޯ ދިނެވެ. އެވަގުތު މައިރީން ބިން ފަޅާފައި އަޑިއަށް ދެވޭނެނަމައޭ ހިތައް އެރިއެވެ. ގަތް ލަދުން އެތަނުން ދިޔުމަށް މައިރީން ހިނގާގަތެވެ. ޔާދިންއަށް ނާއިންގެ މި ޖުމްލައިން އިތުރު ހިތްވަރެއް ލިބުން ފަދައެވެ. ” އަހަރެންނަށް ޖަވާބެއް ދޭނީ ކޮންއިރަކުން؟ ” ޔާދިންގެ މިސުވާލުން މައިރީން ހައިރާންވިއެވެ.

” މައި ގާތު ރައްޓެހިވާން އެހި ކުއްޖާ ތިހުރީ ކުރިމަތީ..” ނާއިންއަށް މައިރީންއަށް ޔާދިންއަކީ ކާކު ކަން ނޭނގޭނެކަން އެނގެއެވެ. އެވާހަކަ ނާއިން އޮތީ ޔާދިންގާތު ބުނެފައެވެ. ޔާދިންއަށް މައިރީންފެނުނީ މައިރީން ގްރޭޑް ނުވައެއްގައި އުޅުން އަހަރު މައިރީންގެ ތިމާގެ ކުޑަކުދިންތަކަކާއި އެކީ ކުޅެންހުއްޓައެވެ. ޔާދިންއަށް މައިރީންއާއި މެދު ޝައުގުވެރިކަން އުފެދުނީ އެވަރުގެ ގިނަ ކުދިންނަކީ ރައްޓެހިންނާއެކު ބޭރުތެރޭގައި އުޅޭ ނުވަތަ އަބަދު ފޯނުގައި ތިބޭ ކުދިންނަށް ވުމުންނެވެ. މައިރީންއަކީ ތަފާތު ކުއްޖެއްކަން ޔާދިންއަށް ޔަގީންވިއެވެ. އެހައި ގިނައިން ބޭރަށް ނުނިކުންނަ މައިރީން ކޮންމެ ދުވަހަކު އެކުދިންނަށް ވަގުތު ހުސްކުރާތީ މައިރީން އެކުދިންދެކެ ލޯބިވާވަރު އެނގެއެވެ. އަދި ޔާދިންގެ ހަޔާތައް ގެންނަން ބެނުންވަނީ އެފަދަ ކުޑަކުދިންނަށް އޯގާތެރި ބޮޑެތި މީހުންނަށް އިޙްތިރާމް ކުރާ ބައިވެރިއެކެވެ. ޔާދިން މައިރީންއާއި ދުރުގައި ހުރީ މައިރީން ކިޔެވުން ނިމެންދެނެވެ.

މައިރީން ނާއިން އެހެން ބުނުމުން މަޑުމަޑުން ” އޯހް ” އޭ ބުނެލިއެވެ. ޔާދިން މަޑުމަޑުން މައިރީން ކުރިމައްޗަށްއަރާ ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ. މައިރީން ބުނާނެ އެއްޗެއް ނޭނގިގެން އިސްޖަހާލިއެވެ. ” އޯކޭ މައިރީން ވިސްނާލާފައި ޖަވާބެއް ދިނަސް.. އަހަރެން އިންތިޒާތު ކުރާނަން މައިރީންގެ ޖަވާބަކަށް ހެޔޮ ކިތަންމެ ގިނަ ދުވަހެއް ވިޔަސް.. ” ޔާދިން މައިރީންގެ ދެލޮލަށް ފުންކޮން ބަލައިލަމުން ބުންޏެވެ. އެވަގުތު މައިރީންގެ ދެ އަތް ފިނިވިއެވެ. ހިތުގެ ހިނގުން ބާރުވާހެން ހީވިއެވެ. ޔާދިން މައިރީންއަށް ހިނިތުންވެލުމަށްފަހު ނާއިންއާއި އެކު ދިޔުމަށް ހިނގައިގަތެވެ..

އައިނާ ” ހިތް ދެވިއްޖޭ ކަލާޔަށް ހުވާ ”

ރީމާ ” ހޫމްމ.. ހިތް ދެވިއްޖޭ ކަލާޔަށް ހުވާ

ތީ ފުރާނައިގެ ދިރުމޭ މަގޭ ”

އައިނާ ” ލޯބިވާ.. ވިންދުގާ ވެސް ތި ލޯތްބޭވަނީ ހަމަ ހުވާ…”

” ދެންންން ޝަޓްއަޕް ޔޫ ޓޫ ” ލަދުގަތްވަރުން މޫނުމަތީ އަތްއަޅާލަމުން މައިރީން ބުންޏެވެ. އެއާއެކު އައިނާމެން ލާނެތް ފާޑަކަށް ހޭންފެށިއެވެ. އައިނާ އަވަހަށް ހެއުން ހުއްޓާލަމުން މައިރީން ގާތަށް އައިސް އަތް ދެއްކުމަށް ބުންޏެވެ. މައިރީން އަތަ ދެއްކުމާއެކު އައިނާ ބޭސް އަޅަމުން ވީ ގޮތް އޮޅުން ފިލުވޭތޯ އުޅުނެވެ.

މައިރީންވެސް އައިނާމެނަށް ޝައްކުވެފައި ހުރުމުން ކަރީމްގެ ވާހަކަތައް ކިޔާދިނެވެ. ” ރީއަށް އޭރުވެސް ހީވިއޭ !!.. ނުލަފާ މުސްކުޅި މީހާގަނޑު މަރުވާނެ ގޮތެއް ނޭނގިގެންތަ އެއުޅެނީ؟؟؟ ހުވާ މިބުނީ ދެން ނިކަށް ފެނިބަލަ ކުޅި ދައްކާލާނަން!! ލަދެއް ހަޔާތެއްވެސް ނެތޭ ތިމާ ދަރިއެއްގެ އުމުރުގެ ކުއްޖަކަށް އެހެން ހަދާކަށް.. ” ރީމާ ހުރީ އައި ރުޅިން ކިޔޭ ނުކިޔޭއެއް ނޭނގޭ ވަރުވެފައެވެ. އައިނާވެސް އެނގުނު ކަންތައްތަކުގެ ސަބަބުން ކަރީމްއަށްކުރި މާތް ގަދަރާއި އިޙްތިރާމް ކުޑަވަގުތު ކޮޅެއްގައި ފިލައިގެން ހިނގަށްޖެއެވެ. މިހާރު އެކުދިންގެ ހިތުގައި އެ ނުލަފާ މީހާއަށް ނަފްރަތު ނޫން އެއްޗެއް ނުވެއެވެ. ” މައި ދޮންބެ ކައިރީ ބުނަންވީނުން.. އެއީ ޕޮލިހެއްނުން؟ މަޔާންއަށް އެނގޭނެ ކަންތައްކުރަންވީގޮތް!..” އައިނާ އެހެން ބުނުމުން މައިރީންއަށް ދެލޯ ބޮޑު ކޮށްލާފައި އައިނާއަށް ބަލާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

އިހުސާސްތަކޭމީ 6

Next

ރިވާ ލޭކް، 7

Next
March 10, 2024

ރިވާ ލޭކް، 7

Previews
March 9, 2024

އިހުސާސްތަކޭމީ 6

2 Comments!

  1. Lily says:
    March 10, 2024 at 9:35 pm

    Heyyyy butterrflyyry!!?
    Mi part ves vrh vrhh reethi.. Masha Allah..
    Keep up the great work!! Looooooking forward to reaad the next parttt!!!!!??? Lyyy!!
    ❤️رمضان كريم

  2. Maash Butterflyyyyy says:
    March 11, 2024 at 8:12 pm

    Heyyyyyy Lilyyy!!
    Vrh ufaa vejje lily ah mi part reethi vi kan engunyma😊
    Awwwnnn Thankyou so much❤ next part submit kohlaafin… iraadha kurevijjeya vrh avahah kiyaalan libeyne😊 Lysssm <3
    Ramadan Mubarik❤

Comments are closed.

Next Episodeކުށަކީ ކޮބާ – 07←


All Right Reserved!