ކުށަކީ ކޮބާ – 4
” ކާކު މިފަހަރު ފެށީ ” ނާއިން މައިރީން އާއި ދިމާލަށް ބަލާލަމުން ބުންޏެވެ. “އެންޑް ދެޓްސް މައި ކިޔު ޓު ރަން… ޕްލެޝާރ ޑޫއިން ބިޒްނެޒް ވިތް ޔޫ” މައިރީން އެހެން ބުނެ ދުއްވާގަތެވެ. އެއާއެކު ނާއިންވެސް މައިރީން ފަހަތުން ދުއްވާގަތެވެ. ” ލައިވް ޓޮމް އެން ޖެރީ ފެށުނީ މި..” ރީމާ ހެމުން ބުންޏެވެ.
****
ނާއިންއަކީ މައިރީންގެ އެއްބަފާކުއްޖެކެވެ. އެއްބަފާ ނަމަވެސް ދެކުދިންނަކީ ވަރަށްއެއްކޮށް އުޅޭދެކުދިންނެވެ. ނާއިން މައިރީންއަށްވުރެ ބޮޑުވާނީ އެންމެ އަހަރެކެވެ. ރީމާއާއި ނާއިން ދިމާވީވެސް މައިރީންގެ ގެއަށް ރީމާ ގްރޫޕްސްޓަޑީއަށް އައި ދުވަހަކުއެވެ. އޭގެ ފަހުން ދެކުދިން ދެކުދިންނަށް ކަމުދާންފެށީއެވެ. އެންމެ ފުރަތަމަ މައިރީންމެން ހީކުރީ ނާއިންއަށް ކަމުދަނީ އައިނާކަމަށެވެ. ނަމަވެސް އެއްދުވަހަކު ގްރޫޕް ސްޓަޑީ ނިންމައިގެން އޭރުގައި މަޝްހޫރު ކުޅިވަރެއްކަމުގައިވާ ޓްރުތް އޯރ ޑެއާރ ކުޅުންވަގުތު ދެކުދިނަށް ދެކުދިން ކަމުދާކަން އެގުނީއެވެ.
” އަތުޖެހިފަ މިއޮތީ!!!… ކޮންތާކަށް ދާން ތި ދުވަނީ؟؟…” ނާއިން އެއްމިޔަކުން ހީލައިފައި މައިރީންގައިގައި ގިލިގިލި ކޮށްޓަންފެށިއެވެ. ” ދެން ނޫން.. ނާއިބެގަނޑާ ދޫކޮށްލާ…. ރީ ޕްލީޒް ސޭވް މީ ފްރޮމް ދިސް ފުރޭތަ..” މައިރީން ހެމުން ކިޔަންފެށިއެވެ. “ކޮން ފުރޭތައެކޭ؟؟.” ނާއިން ދެލޯބޮޑު ކޮށްލަމުން މައިރީންގެ ދެކޮލުގައި ހިފައި ރަތްކޮށްލިއެވެ. ކޮންމެއަކަސް އެކަހަލަ މިކަހަލަ ސަކަރާތެއްގައި ތިބެގެން ހަތަރު ކުދިން ގެއަށް ގޮސްފިއެވެ.
***
ދުވަސްތައް އެގޮތް މިގޮތަށް ވެތުވަމުންގޮސް ދެ ހަފްތާފާއިތުވެގެން ގޮސްފިއެވެ. މައިރީން ގޭގައި ހުރެ ފޫހިވާން ފެށުމުން ކޮންމެވެސް ވަޒީފާއަކަށް ދާން ނިންމިއެވެ. ކޯސް ފެށެން އަދި ދުވަސް ކޮޅެއް އޮތުމާއެކު މައިރީން ބައްޕަ ކައިރީ ފިހާރަކަށް ނަމަވެސް ދާން ބޭނުންވާކަމުގައި ބުންޏެވެ. މައިރީން ބައްޕަވެސް އެއީ ރަނގަޅު ހިޔާލެއް ކަމުގައި ދެކުނެވެ. މައިރީންއަކީ ސްކޫލު ދުވަސްވަރު އަބަދު ސްކޫލު ކަމަކު ނޫނީ ބޭރަށް ދާކުއްޖަކަށް ނުވާތީވެ، ބޭރުތެރޭގައި އުޅޭނެ ގޮތެއް މައިރީން އަކަށް އެހާ ބޮޑަކަށް ނޭނގެއެވެ. މައިރީން އަކީ މީހަކު މައިރީންއާއި ފުރަތަމަ ވާހަކަ ދެއްކީމަ ނޫނީ ވާހަކަ ދައްކާކުއްޖެއް ނޫނެވެ.
މައިރީން ބައްޕަ މައިރީންއަށް ވަޒީފާ ހޯދާދިނީ ރަށު މުދިމްބެ ކަރީމްގެ އަލަށް ހުޅުވައިގެން އުޅޭ ފިހާރައިންނެވެ. މައިރީން ފިހާރައަށް ދާން ހަމަޖެހުނު ދަވަހުގެ ކުރީ ދުވަހު މައިރީން މަންމަ އާއި ބައްޕަ މައިރީން ގާތު ވަޒީފާއާއި މެދު ފަރުވާކުޑަ ނުކުރުމަށް ނަސޭހަތްދިނެވެ. އަދި ގަޑިއަށް ފަރުވާތެރިވުމަށް ބުންޏެވެ. މައިރީން ހުރީ ވާޒީފާ ލިބުމުން ވަރަށް އުފާވެފައެވެ. އަދި އެހާމެ ނުތަނަވަސް ވެފައެވެ.
މައިރީންއަށް ހޭލެވުނީ މައިރީން ބައްޕަ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމަމުން ނަމާދަށް ހޭލުމަށް ބުނަމުން ދިޔައިމައެވެ. މައިރީންގެ ކޮންމެ ދުވަހެއްވެސް ފެށެނީ ބައްޕަގެ ލޮބުވެތި ފިރުމުންތަކުންނެވެ. މައިރީން ފެންވަރައިގެން ފަތިސް ނަމާދުކޮށް ކުޑަކޮށް ޤުރުއާން ކިޔަވާލިއެވެ. އަދި ވަގުތުއޮއްވައި ރީތިވެލިއެވެ. ރަށަކީ ފުލުހުން އުޅޭ ރަށެއް ނޫންކަމުން މައިރީންގެ ދެބެންގެ ދެދަރި ކުއްޖެއްކަމުގައިވާ ޔާއިން ވަނީ މައިރީންއަށް ސައިކަލު ދުއްވަން ދަސްކޮށްދީފައެވެ. އަދި މައިރީން ބައްޕަގެ ކޮއްކޮއެއް ވަނީ މައިރީންއަށް އޭނާގެ ދަރިފުޅުގެ ސައިކަލު ބޭނުން ކޮށްލަން ދީފައެވެ.
ފުރަތަމަ ދުވަސްކަމުން މައިރީން ފިހާރައަށް ދިޔައީ ބައްޕަ އާއި އެކުގައެވެ. ފިހާރައަށް ގޮސް މައިރީން ބައްޕަ މުދިންބެއަށް ގުޅިއެވެ. މުދިންބެ ފިހާރަ ހުޅުވުމަށްފަހު އަވަސް އަވަހަށް އަގުތަކާއި ފިހާރައިގައި ކަންތައް ކުރާގޮތް ކިޔާދިނެވެ. ” ހާދަ އަވަސް އަރުވާލާފަ.. ” ރިޔާޒް މުދިންބެ ކައިރީ އަހާލިއެވެ. “ހައްވަ ގޯތީ ހަސަނު ނިޔާވެގެން މިއުޅެނީ.. ” މުދިންބެ އެހެން ބުނުމަށްފަހު މައިރީން ގާތު އިތުރުކަމެއް އިނގެން ބޭނުންވެތޯ ސުވާލު ކޮށްލިއެވެ. މައިރިން ދެފަރާތަށް ބޯހޫރާލަމުން ހުރިހާކަމެއް ސާފުވެއްޖެ ކަމަށް ބުނެލިއެވެ. މައިރީންގެ ނަންބަރު މުދިންބެއަށް ދިނުމަށްފަހު މައިރީން ބައްޕަ ދަނީ ކަމުގައި ބުންޏެވެ.
ފިހާރައަށް އައި ގިނަ މީހުން މައިރީންއަކީ ކޮންރަށެއްގެ ކުއްޖެއްތޯއަހައެވެ. ސަބަބަކީ މައިރީންއަކީ އެހައި ބޭރަށް ނިކުންނަ ކުއްޖަކަށް ނުވެފައި އެހިސާބުގަނޑުން މައިރީން ނުފެނުމެވެ. މައިރީން ހުރީ ވައިފައި ނެތުމުން ފޫހިވެފައެވެ. ފިހާރައަކީ އަލަށް ހުޅުވި ފިހާރައެއް ކަމުން އެހައި ގިނަ މީހުނެއް ނާދެއެވެ. ގަޑިން 30 9 ވުމުން މުދިންބެ އައިސްފިއެވެ.
” ވައިފައި ނުދެވި ދޯ މި ދެވުނީ؟.. ވަރަށް ފޫހި ދޯ..؟ ” މުދިންބެ މައިރީން ގާތުން އަހާލިއެވެ. މައިރީން ދެފަރާތަށް ބޯހޫރުވާލިއެވެ. އެއްރަށަކު އުޅުނު ކަމުގައިވިޔަސް މައިރީންއަށް ގިނަ މީހުންނެއް ނޭނގެއެވެ. އަދި މައިރީންއަކީ ނުދަންނަ މީހުންނާއި ވާހަކަ ދައްކަން ލަދުގަންނަ ކުއްޖަކަށްވުމުން މުދިންބެގެ ސުވާލަށް ޖަވާބުދެވުނީ ހަރަކާތުންނެވެ.
” ވާހަކަ ދައްކަންވާނެ އިނގޭ ގިނައިން.. ފިހާރައަށް އަންނަ މީހުނާވެސް ދައްކަށްޗޭ ” މައިރީން ހީލައިފައި ލައްބައޭ މަޑުމަޑުން ބުނެލިއެވެ. ” އަވަހަށްދޭ ސައިބޯން ދެން 10 ޖަހާއިރު އަންނަންވާނެ.. ބޭބެ ވައިފައި ދޭނަން އައީމަ.. ” މައިރީން އޯކޭ އޭ ބުނެލުމަށްފަހު ހިނގައިގަތެވެ. ސައިކަލަށް އެރުމުން ނައިރީން ބޭނުނަވީ ބުރެއް ޖަހާލާށެވެ. ނަމަވެސް ލަސްވެދާނެ ނެތީ އަވަހަށް ގެޔަށް ދިޔައެވެ.
“ދަރިފުޅާ ކިހިނެތް ފިހާރަ؟ ވަރަށް ބުރަ ތަ؟؟.. ” މައިރީންއައުމާއެކު ސައިހަދަން ހުރި ޝިޔާމާ ކުރަން ހުރިކަންތައް ބަހަޓާފައި އަހާލިއެވެ. “ގޯހެއް ނޫން.. ނަސީބަކުން އެހާ ގިނަ މީހުނެއް ނާދޭ. ” މައިރީން ގޮޑީގައި އިށީންނަމުން ބުނެލިއެވެ. ” އެއްކަލަ މާއްކޮ! ތިހެން ބުނާކަށް ނުވާނެދޯ!.. މީހުން އައީމައެއްނުން ލާރިވެސް ލިބޭނީ.. މިކުއްޖާ ބޭނުން ވާނީ އަބަދުވެސް މީހުން ނޫޅޭ ތަންތަނުގަ އުޅެން، އެކަހެރިކޮށް.. އެހެނެއް ނުވާނެއެއްނުން” ޝިޔާމާ ކުދިކިޔަންފެށިއެވެ. މައިރީން ހީލާފައި ސައިބޮއި ނިންމާލިއެވެ. އެވަގުތު މައިރީން ކޮށްކޮ ކަމަށްވާ މާކިން އިންޓަރވަލްއަށް ގެއަށް އައިސްފިއެވެ.
” ދޮންތި ހާދައަވަހަކަށް ނިމުނީ ” މާކިން ބުނެލީ ޝަކުވާގެ ރާގަކަށްށެވެ. ” ހަހަހަ މޮޔަޔާ ދޮންތިވެސް އިންޓަވަލްއަށް މި އައީ..” މައިރީން މާކިންގެ ބޯހާވާލަމުން ދުވެފައި އަވަހަށް ގެއިން ނިކުންނަން ދިޔައެވެ. މާކިން ދެން އޭކިޔާފައި މައިރީން އަތުޖެހޭތޯ ސިޑިއާއި ދިމާލަށް ދުއްވާގަތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Mi part ves vrh reethi❤️❤️..curiously waiting for the next part 🥰
Thankyou so much Banana❤❤❤ insha allah next part vrh avahah up kohdheynan☺
Heyy butterflyy!
Vahaka vrh reethi inge.. Maireen ge love story fesheny kon irakun?? And thankolheh kuru vahaka genesdheyleh. Keep going❤️
Hey Lilac!
Thankyou so much… Maireen akey anti-love kujjeh, but 3 or 4 eps fahun maireenge love story start vey thw mibalany.. oh sorry butterfly akey college kujjakah v ma kudakoh busy but butterfly balan abadhuvx 550 words ah vure gina kureveythw😊 Thanks again for your support❤