Skip to content
އެސްފިޔަ

ކުށަކީ ކޮބާ – 12

އޭ.ޒެޑް ސްޓާރލައިޓް ރެސްޓޯރަންޓްގެ ބަގީއެއް އެކުދިންގެ އިންތިޒާރުގައި އޮތެވެ. ތިން ކުދިން ބަގީއަށްއެރުމުން ބަގީ އޭގެ މަންޒިލަށް ދަތުރުފެށިއެވެ.

****

ނުލާއި ހުދުން ޒީނަތަތެރި ކުރެވިފައިވާ ޕާޓީއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ސާދަ ވިލޭރޭގެ ފުރިހަމަ ހަނދާއި، އެ ހަނދު ކައިރީ ފިޔަޖަހަމުންދާ ކުދިކުދި އަލިގަދަ ތަރިތަކުންނެވެ. ވިލާރޮއްޖެއްނުވާ އުޑުމަތިން ހަނދާއި އޭގެ އެކުވެރިން ފެނިގެން ދަނީ ނުލާހިކު ނަލަކޮށެވެ. ނޫކުލައިގެ ފެއާރީލައިޓްސްތަކުން ރެސްޓޯރެންޓް ޓެރަހުގެ ތަބުތައް ޒީނަތްތެރި ކުރެވިފައިވީއިރު މޭޒުތައްވަނީ އެކި ވައްތަރުތަކުގެ ކެއުންތަކުންނާއި ބުއިންތަކުން ފަޅުފިލުވައިލާފައެވެ. ސްޓޭޖްމަތީގައި އާޔާނާ ދައުވަތުދީގެން ވަޑައިގަން ބޭންޑް އުޅެއެވެ.

އަޔާނާ ދިޔައީ އޭނާގެ ދަރިފުޅާއި އެކުވެރިންނަށް އިނތިޒާރު ކުރަމުންނެވެ. ވަގުތު ހިނގަމުންދާ ވަރަކަށް އަންނަ މެހެމާނުން ދިޔައީ އެ ނަލަ މެހެފިލް ފަޅުފިލުވަމުންނެވެ. ކުޑައިރުކޮޅެއްފަހުން އައިނާއާއި އޭނާގެ އެކުވެރިން އެތަނަށްއައެވެ. އެކުދިން އެތަނަށް އައުމުން ހަނދުވެސް ހީވީ ލަދުން އެކުދިންނަށް ފިލަން އުޅުނުހެންނެވެ. ތަރިތަކުގެ އަލި ފަނޑުވިފަދައެވެ.

ތިން ކުދިން ލައިގެން ހުރީ ހުދާއި ނޫ އެކުލެވިފައިވާ އާބަޔާއެވެ. އެހެދުމަށް ފުރިހަމަ ކަމެއް ގެނެސްދެނީ އެ ހިމަ އުނަގަނޑުތަކުގައި އަޅާފައިވާ ހިމަ ކަނޑު ނޫކުލައިގެ ބެލްޓުންނެވެ. މަޑު ގުތުރަތީ މޭކަޕްއެއް ކުރެވިފައިވާ ތިންކުދިންގެ ރީތިކަން މިރޭ އިންތިހާއެވެ. އަޅާފައިވާ މަސްކަރައިން އެކުދިންގެ މައުސޫމް ބޮޑުދެލޮލުގެ އެސްފިޔަތައް އިތުރަށް ދިގު ކަމަށް ދައްކައެވެ. ހެނދުމާއި ގުޅޭ ފަދައިން މަޑު ނޫކުލައިގެ ޝޯލްއެއް އަޅާފައިވާއިރު އެކުދިން ހީވަނީ މިރޭ އުޑުން ފައިބާފައިވާ ހޫރު ޕަރީން ތަކެއް ހެންނެވެ.

” މާޝާ ﷲ މިރޭ މަންމައަށް ތިކުދިންކޮޅު ނުގެއްލިއްޖެޔާ ރަނގަޅު..” އަޔާނާ އަނގަމަތީ އަތް އަޅާލަމުން ބުންޏެވެ.

” ދެން މަންމަ ދައްކާ ވާހަކަ ދޯ..” ރަކިވެފައި ހުރެ އައިނާ ބުންޏެވެ. އައިނާ ހުރީ އެންމެންގެ ނަޒަރު އެކުދިންނަށް ހުއްޓިފައި ހުރުމުން ލަދުގަނެފައެވެ. އައިނާ އޭނާގެ އެކުވެރިންނާއިއެކު މަންމައާއި ވާހަކަ ދައްކާލުމަށްފަހު ހިނގައިގަތީ މެހެމާނަކު މަންމައާއި ވާހަކަ ދައްކަން އައުމުންނެވެ. އެތާ ގިނައީ ކޮންޕެނީގެ ޝެއާހޯލްޑަރުންނާއި އިނަވެސްޓަރުންނާއި އެހެން ކޮންޕެނީ ތަކުގެ އިސްމީހުންނެވެ. އޭ.ޒެޑް އަކީ ވާދަވެރި ކޮންޕެނީއެއް ނަމަވެސް އެއްވެސް ދުޝްމިނުކަމެއް އެހެން ކޮންޕެނީ ތަކާއި ބާއްވާ ކޮންޕެނީއެއް ނޫނެވެ. ޕާޓީ ފެށިގެންދިޔައީ އަހަރީ ރިޕޯޓުންނެވެ. އެއަށްފަހު ކޮންފެނީގެ މަސްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިނާމު ދިނުންއޮތެވެ. އަދި ބައެއް މަސައްކަތްތެރިންނަށް ވަޒީފަގެ ކުރިއެރުން ދިނެވެ. ކޮންޕެނީގެ ވެރިފަރާތް އަޔާނާގެ ވާހަކަ ދެއްކުން ނިމުމުން، ބިދަބިންގެ ފަރާތުން ޝޯ ކުރިއަށް ގެންދިޔައެވެ.

” އައި ހާދަ ވަރަކަށޭ އެސޮރު އެ ބަލަނީ މިދިމާލަށް.. ” މައިރީން މަޑުމަޑުން އައިނާގެ ކަންފަތްބުޑުގައި ބުނެލިއެވެ. އައިނާ މަޑުމަޑުން މައިރީން ލޮލުން އިޝާރަތް ކުރި ދިމާލަށް ބަލާލިއެވެ. އެވަގުތު އައިނާގެ ހިތުގެ ހިނގުން މަޑުޖެހިލިހެން ހީވިއެވެ. ކަނޑުނުކުލައިގެ ސޫޓްއެއްލައިގެން ހުރިއިރު އެތެރެއިން ލައިގެން ހުރި ހުދު ގަމީސް ވަނީ ތިރިންލައިގެންހުރި ފަޓްލޫނު ދަށަށް ޖަހާ ބެގީ ކުރެވިފައެވެ. ކަޅުކަންގަދަ އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލް ކޮށްފައިވީއިރު އޭނާގެ ތޫރު ނަޒަރު ހުއްޓިފައިވަނީ އައިނާއަށެވެ. އައިނާ އޭނައާއި ދިމާލަށް ބަލައިލުމުން ހިނިތުންވެލިއެވެ. އެ ފުރިހަމަ ހިނިތުންވުން ފެނި އައިނާގެ ހިތަށް ގޮތެއްވިކަން ޔަގީނެވެ. އޭނައާއި ދިމާލަށް ބަލައިލިގޮތަށް އައިނާ ހުރީ ހުއްޓުން އަރާފައެވެ. އައިނާ އިނީ ރަނގަޅަށްވެސް އެ ނުދަންނަ ޒުވާނާގެ ޖާދޫގަޖެހިފައެވެ. ރީމާ، މައިރީންއާއި ދެމެދު ލާނެތް ހިނިތުންވުމެއް ބައްދަލު ކުރެވުނެވެ. އަދި އެ ޒުވާނާއަށް އައުމަށް އައިނާއަށް ނުފެންނަ ފަދައިން އިޝާރަތް ކޮށްލިއެވެ. އެ ޒުވާނާ އައިނާމެންގެ މޭޒާ ދިމާލަށް އަންނަތަން ފެނިގެން އައިނާ ތެޅިގަތީ ވައްކަމެއް ކުރުމުން ފަޅާއެރުމުން ތެޅިގަންނަ ފަދައިންނެވެ. އައިނާއަށް ހެދުނު ގޮތުން އޭނާގެ ގަޔަށް ކައިރީގައި ހުރި ޖޫސްތަށި ބަންޑުންވިއެވެ.

” އައި އަށް މިސްޓާރ ހެންޑްސަމް ފެނުނީމަ ވާގޮތް ބަލާބަ.. ” މައިރީން ހޭންފެށިއެވެ. އެވަގުތު އެކުދިން ގާތަށް އައި ރާކިންގެ ހިނިތުންވުން ފުންވިއެވެ. ” ކެން ސަމްވަން ކަމް ހެލްޕް މީ؟ ” ތުންފިއްތާލަމުން އައިނާ އޭނާގެ ދެ އެކުވެރިންނަށް ބަލާލަމުން އަހައިލިއެވެ. ” ޔުއާރ މިސްޓާރ ހޭންޑްސަމް ކޭން ހެލްޕް ” ރާކިން އެއްމިޔަކަނުން ހީލަމުން އޭނާގެ ތޫނު ނަޒަރު އައިނާއަށް އަމާޒު ކޮށްލަމުން ބުންޏެވެ. މައިރީންއާއި ރީމާ އަނގަމަތީ އަތް އެޅައިގެން މަޑުން މަޑުން ހޭންފެށިއެވެ. އައިނާގެ ދެކޮލަށް އެ ހަށިގަނޑުގައި ހުރި ލޭތައް އެއްވިފަދައެވެ. ” ވާހް އައި އާރ ޔޫ ބްލަޝިންން..” ރީމާ ހެމުން ދިމާކޮށްލިއެވެ. އައިނާ ގަތް ލަދުން މޫނުމަތީ އަތް އަޅާ ‘އިޑިއަޓްސް’ އޭ ބުނެލިއެވެ. ” ޔެސް އައި ލެޓްސް ގޯ ސަމްވެއާރ ދެޓް ދީސް އިޑިއަޓްސް ވޯންޓް ބީ.. ” ރާކިން ލާނެތް ގޮތަކަށް ހީލަމުން އައިނާއާއި މުހާތަބްކޮށް ބުނެލިއެވެ. މައިރީންއާއި ރީމާގެ އަނގަހިޅުވުނެވެ. އައިނާގެ ކޯ އިތުރަށް ރަތްވި ފަދައެވެ. އައިނާ އެންމެ ކައިރީއިން މައިރީންގެ އަތުގައި ހިފައިގެން ވޮޝްރޫމްއާއި ދިމާލަށް ހިނގައިގަތެވެ. ” ނައު ދެޓްސް އޮފެންސިވް… އިޑިއަޓްއޯ.. ” މައިރީން ތުންދަމާލަމުން އައިނާއާއި އެކު ދަމުން ރާކިންއަށް ލޯއަޅާލާފައި ބުނެލިއެވެ. މައިރީން ކަންތައް ކުރިގޮތުނުން ރީމާ ހޭންފެށިއެވެ. މައިރީން، އައިނާއަށް ހެދުމުން ޖޫސް ފިލުވައިދޭނަ އެހީވަމުން ދިޔައިރު އައިނާއަށް ދިޔައީ ރާކިންއާއި މެދު ވިސްނެމުންނެވެ. އައިނާ ވޮޝްރޫމްއިން ނިކުމެގެން އައިއިރު ފެނުނު މަންޒަރަކުން އުނދަގޫވިއެވެ. ރީމާ ދިޔައީ ރަކިންއާއި ހީހީފައި ވާހަކަ ދައްކަމުންނެވެ. ދެމީހުން ބައްދަލުވީ މީގެ އިރުކޮޅެއް ކުރިންހެން ހީވެސް ނުވެއެވެ. އައިނާމެން އެތަނަށް އައުމުން ރީމާ އެކުދިން ރާކިންއަށް ތައާރަފް ކޮށްދިނެވެ. ރާކިން އަމިއްލައަށް ތައާރަފް ވަމުން އައިނާއާއި ވާހަކަ ދައްކަންފެށިއެވެ. ރީމާއަށް ނާއިންގެ ކޯލްއެއް އައުމުން އެކުދިންނާ ދުރައްޖެހިލިއެވެ. ކޯލް ނިންމާފައި އައިސް މައިރީންގާތު ކޯކް ތައްޓެއް ގެނެސްދިނުމަށް އެދުނެވެ.

މައިރީން ޗުސް ޖަހާލާފައިވެސް ބުއިންތައް ހުރި މޭޒުތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ. ކޯކް ތަށްޓެއް ނަގައިގެން އެނބުރެލި ވަގުތު މީހެއްގެ ގައިގައި އޭނަ ޖެހުނެވެ. އެވަގުތު ކޯކް ތަށި މައިރީންގެ ގަޔަށްށާއި މައިރީންގެ ގައިގައި ޖެހުންމީހާ ގަޔަށް އެޅުނެވެ. ޔާދިން ގާތު ހުރި ޔަޒަކް މައިރީންއަށް ރުޅިވެރި އަޑަކުން މައިރީންގާތު ތަންކޮޅެއް ބަލައިގެން އުޅުމަށް ބުނެލިއެވެ. އެވަގުތު ޔާދިން ތަންކޮޅެއް ބާރަށް ޔަޒަކްއަށް ގޮވާލިއެވެ. ޔަޒަކް ރުޅިއައިސްފައި ހުރުމުން މައިރީން އުޅުނީ އެތަނުން ދާށެވެ. ނަމަވެސް ޔާދިން އޭނާގެ އަތުގައި ހިފައި ހުއްޓުވުމުން އޭނައަށް އިސްޖަހާލެވުނެވެ. ” ސޮރީ ސޮރީ ވަރަށް ބޮޑަށް އިޓް ވޯޒް އަ އެކްސިޑެންޓް އައި.. ” މައިރީންގެ އަޑު ތުރުތުރު އަޅަންފެށި ބިރުގަނެފައި ހުރުމުންނެވެ. އޭރު އެބޮޑު ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ޔާދިން ހިފެއްޓުމުން މައިރީންއަށް ކަރީމް އޭނަ ހިފައްޓަން އުޅުނު ގޮތް ސިފަވިއެވެ. ޔާދިން ހިތުގައި މައިރީންއާއި މެދު ހަމްދަރުދީ އުފެދުނެވެ. “އިޓް ވޮސެންޓް ޔުއާ ފޯލްޓް މައި.. ސާފް ކޮށްލައިގެން އައިސް އަހަރެންނާ ވާހަކަ ދައްކަން ވަގުތުކޮޅެއް ދެވިދާނެތަ؟.. ޔޫ ކޭސް ސޭ ނޯ އިނގޭ.. އައި ވޯންޓް ބީ މޭޑް އޯރ އެނީތިން.. ” ޔާދިންގެ އަޑުގައިވީ އޯގާތެރިކަމެވެ. މައިރީން ވާހާކަ ދައްކަން އެއްބަސްވިއެވެ. އަދި ވޮޝްރޫމްއަށް ދާން ހިގައިގަތެވެ. ނަސީބަކުން ކޯކް ތަށި އެހައި ބޮޑަކަށް މައިރީން ގަޔަކަށް ނޭޅެއެވެ.

ޔަޒަކް ހުރީ ދެންމެ ހިނގި ކަންތަކާއި މެދު ވިސްނާށެވެ. އޭނާގެ ކޮށްކޮއަކީ ދުވަހަކުވެސް އަންހެން ކުއްޖެއްގެ ހަށިގަނޑުގައި އަތްލައި ވާހަކަ ދައްކަން މަސައްކަތް ކުރި ޒުވާނެއްނޫނެވެ. އަދި ތިމާގެ ކުއްޖަކަށް ނޫނީ ކުރު ނަމަކުން މުހާތަބަ ކުރާމީހެއްނޫނެވެ. ޔަޒަކްގެ ހިތުގައި ޝައްކެއް އުފެދުނެވެ. ޔާދިން ވޮޝްރޫމްއިން ނިކުތުމުން ޔަޒަކް ސުވާލުކޮށްލިއެވެ. ” އެއީތަ ޔާދިންއަށް ކަމުދިޔަ ކުއްޖަކީ..” ޔާދިން ސިހޭގޮތްވިއެވެ. ” އިޓް ޑަސަންޓަ މެޓާރ.. ބޮޑުބެ ފިހާރާގައި އެންމެ ފަހުން މަސައްކަތް ކުރި ކުއްޖައެއީ…” ޔާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. ޔަޒަކްއަށް އެއަޑުއިވުމުން ހުއްޓުންއެރިއެވެ. ” އައިމް ސޯ ސޮރީ ބްރޯ ” ޔަޒަކް ދެރަވެ ހުރެ ބުނެލިއެވެ. ޔަޒަކްއަށް ޔާދިން އެ ކުއްޖާދެކެ ލޯބި ވާވަރު އެނގެއެވެ. އެކުއްޖާގެ ސަބަބުން ޔާދިންގެ މޫނުމަތިން އެހެންނޫނީ ނުފެންނަ ފަދަ ހިނިތުންވުމެއް ފެނިގެން ދިޔައެވެ. ކަރީމްއާއި މެދު ޔަޒަކްގެ ހިތުގައި ޝަކުވާ އުފެދުނެވެ.

މައިރީން ހުރީ ޔާދިންގެ އިންތިޒާރުގައި ޓެރެސްގެ ތަބެއްގެ ކައިރީ މަޑުކޮށްލާގެނެވެ. މައިރީންވަނީ އޭނަގެ މަންމަ ގާތު ޔާދިންގެ ވާހަކަ ދައްކާފައެވެ. އޭނަގެ މައިންބަފައިންނަށް ޔާދިން ވަރަށް ކަމުދެއެވެ. ޔާދިންއަކީ އެ ރަށުގެ ޒުވާނުންނަށްވުރެ ތަފާތު ޒުވާނެކެވެ. ދީނީކަންކަމަށް ނުހަނު ބޮޑަށް އިސްކަންދޭ ޒުވާނެކެވެ. އެހެންކަމުން މައިރީން ބައްޕަވެސް ޔާދިންއަކީ މައިރީންގެ ހަޔާތުގެ ބައިވެރިޔާއަށް ހެދުމަށް އެންމެ ފުރިހަމަ ޒުވާނާކަމަށް ދެކެއެވެ.

ޔާދިން، ޔަޒަކް ފޮނުވާލުމަށްފަހު މައިރީން ފެނުމުން އޭނަ ގާތަށް ދިޔައެވެ. މައިރީން ގާތަށްގޮސް ‘ހާއި’ އޭ ބުނެލުމުން މައިރީންވެސް އެހެން ބުނެލިއެވެ. ޔާދިން ހުރީ ދައްކާނެ ވާހަކަ އެއް ނޭނގިފައެވެ. ޔާދިން ހުރީ ނޫކުލައިގެ ސޫޓްއަކާއި ފަޓުލޫނެއްލައިގެނެވެ. އަތް އޮޅާލައިފައި ހުރި ގޮތުން އެ ބާރުގަދަ މުލައްދަނޑި ފެނިގެންދެއެވެ. ފަންފަން ކުޅުކަންގަދަ އިސްތަށިގަނޑު އޭނާގެ ކަނދުރާގައި ކޭއްތެމުން ދިޔައެވެ. މައިރީންއަށް ޔާދިންއަށް ބަލައިލެވުނެވެ. އޭނަ މިތަނަށް ގެނެސްފައި ވާހަކަ ނުދައްކާ ހުންނަނީ ކީއްވެބާއޭ ހިތައް އެރިއެވެ. ޔާދިންއާއި ނުހަނު ގާތުގައި ހުރުމުގެ ސަބަބުން މައިރީންގެ ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ.

” އައި އޭމް ރިއަލީ ސޮރީ.. ޔޫ މަސްޓް ހޭޓް މި ރައިޓް ނައު.. ” ޔާދިން މައިރީންއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ” ހަހް..؟ ވައި ؟ ކީއްވެ މައި ޔާދިން ދެކެ ނަފްރަތު ކުރަންވީ.. ކޯކް ތަށްޓެއް ގަޔަށް އެޅުނީމަ؟؟ އިޓް ވޯޒް އަ މިސްޓޭކް ސިލީ..” މައިރީން ހީލަމުން ބުނެލިއެވެ. އޭނަ ހީކުރީ ޔާދިން މާފަށް އެދުނީ ކޯކް ތަށި އޭނަ ގަޔަށް އެޅުނީމަ ކަމަށްށެވެ. މައިރީންގެ މައުސޫމް ހިނިތުންވުން ފެނި ޔާދިންއަށް ހިނިތުންވެވުނެވެ. ނަމަވެސް ދެވަނަ ސިކުންތު އޭނަގެ މޫނުމަތިން މާޔޫސްކަން ފެނުނެވެ. ” ކަރީމް.. ” ޔާދިންއަށް އޭނާގެ ވާހަކަ ކުރިއަށް ނުގެންދެވުނީ މައިރީންގެ ފެންކަޅިވެފައިވާ ދެލޯ ފެނުމުންނެވެ. ” މައިއަށް އެނގޭ ކަރީމްއޭ މައިއޭ ކިޔައިގެން ރަށުގައި ވަރަށް ގޯސްކޮށް އަޑުފެތުރޭކަން.. އޭނަ މައި ރޭޕް ކުރިއޭ.. މައިއަށް އަންޑަސްޓޭޑްވޭ ޔާދިން އެކަހަލަ ވާހަކަ ތަކެއް އިވުނީމަ މައި ދެކެ ފޫހި ވާނެކަން.. އިޓްސް އޯކޭ ޔޫ ޑޯންޓް ހޭވް ޓު ފީލް ގިލްޓީ.. ” މައިރީން އިސްޖަހައިގެން ވާހާކަ ދެއްކިއިރު އޭނަގެ އަޑު ކުރެހިގެން ދިޔައެވެ. ޔާދިންއަށް މައިރީންގެ ވާހަކަ އިވި ހިތުގައި ޖެހުނެވެއެވެ. ” އަހަރެންނަށް ދުވަހަކުވެސް މައިރީންދެކެ ފޫއްސެއް ނުވެވޭނެ.. އައި ހޭޓް މައިސެލްފް ފޯރ ބީން ހިސް ނެފިއު.. އައިލް ނެވާ ފޮރގިވް ހިމް.. ” ޔާދިން ދުރަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

މައިރީންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔާދިންއަކީ ކަރީމް އަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް ވުމުން އޭގައި އޭނާގެ ކުށަކީ ކޮބައިހެއްޔެވެ. އޭނަ ކަރީމް ކުރި ހުތުރު އަމަލުތަކަށް ހިތްވަރު ދީފައެއްނުވެއެވެ. އެހެންކަމުން މައިރީންއަށް، ޔާދިންއަކީ ކަރީމްއަށް ބޮޑުބޭބެ ކިޔާކުއްޖަކަށްވުމުން މައްސަލައަކަށްވާންވީ ކީއްވެ ހެއްޔެވެ. މައިރީން އެއްޗެކޭ ނުބުނުމުން ޔާދިން އެތަނުން ދާން ހިނގައި ގަތެވެ. މައިރީން ވަގުތުން ޔާދިންގެ އަތުގައި ހިފެއްޓިއެވެ. އޭނާގެ ނަޒަރު އުޑުގައި ރަސްކަންކުރަމުންދިޔަ ހަނދަށް ދަތުރު ކޮށްލިއެވެ. ” ދި މޫން އިޒް ބިޔުޓިފުލް ، އިޒިންޓް އިޓް؟..”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (5)

  1. RIFSHA

    Hey butterfly
    Mi part vx varah rethi Masha Allah 💗
    Kon irakun next part kiyaalan libeyni
    Lysm butterfly

    1. Butterflyyyyy
      RIFSHA

      Hey Rifoo
      Awwnnn Thankyou so much vrh ufaa vejje rifoo ah mi part reethi kan enguneema😊
      next part submit kohlan mi ulheney… maadhan iraadha kurehviyya kiyaalan libeyne kamah mi balany😊
      Love you more dear<3

  2. Nayaa

    Oh maashhh… miyah loabi story eh dhwwww masha allah.. hiyy ves dhoo vegen gossi kanneynge.. 😩💕
    Ahaha asluves vrh vrh reethi ingeyy.. keep up the good work..💕
    Mi part ninmaalaafa oiy goiy nayaa ah vrh kamu gosfi.. “the moon is beautiful, isn’t it” it’s a catchy pharse which is really special to me.. hehe.. it says I love you without directly saying it dhw.. just significantly beautiful darling! 😍
    You’re doing a fantastic job and I’m so proud of you darl.. you go girl!! 💋
    Lysm <3

    1. Butterflyyyyy
      Nayaa

      Heyyyy Nayaaa… Thankyou so much.. nayaa ge comment fenifa vrh vrh vrh happy vejje..❤❤❤
      Thankyou again nayaa.. mihaaru emme inthizaaru kureveney nayaa ge lovely story ah<3
      Ohhh keehhveba naaya ah special v 👀👀👀
      Yessss " The moon is beautiful, isn't it " is a phrase used to express love in Japanese..
      Awwnnn thank you so much Proud of You too dearrr…
      Love you moreee❤❤❤

    2. Nayaa
      Nayaa

      Most welcome my girll.. 💕
      Hehe nayaa ge story June ga Insha’Allah
      Ahaha nooneyyy maash thi heevee rangalhakah noon 😭 meehaku bunegenneh noon nayaa ah special veekee.. I’m very much into romance novels and varah ginain e phrase feney.. and I love ekahala beautiful catchy phrases.. hehe 💕

Comments are closed.