Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ކުށަކީ ކޮބާ – 05

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
March 4, 2024 4 Mins Read
2 Comments

ދޮންތި ހާދައަވަހަކަށް ނިމުނީ ” މާކިން ބުނެލީ ޝަކުވާގެ ރާގަކަށްށެވެ. ” ހަހަހަ މޮޔަޔާ ދޮންތިވެސް އިންޓަވަލްއަށް މި އައީ..” މައިރީން މާކިންގެ ބޯހާވާލަމުން ދުވެފައި އަވަހަށް ގެއިން ނިކުންނަން ދިޔައެވެ. މާކިން ދެން އޭކިޔާފައި މައިރީން އަތުޖެހޭތޯ ސިޑިއާއި ދިމާލަށް ދުއްވާގަތެވެ.

***

މައިރީން ފިހާރައިގައި އިންނަ ވަގުތު ހަމަވުމުން، ގެއަށްދާން ތައްޔާރުވިއެވެ. އެވަގުތު މައިރީންގެ އެކުވެރިން ފެނުމުން މަންމަ ގާތުން ހުއްދަ ހޯދައިގެން އެކުދިންނާއެކު ދިޔައެވެ.

***

މަޖަލާއި ސަކަރާތުގައި ދުވަސްތައްވޭތުވަމުން ދިޔައެވެ. އައިނާ އެހެން ފިހާރައަކުން ވަޒީފާއެއްހޯދިއެވެ. ރީމާ އޭނާގެ ކުރެހުންތައް މީހުންނަށް ވިއްކާހަދައެވެ. މައިރީންއަށް ފަހުންފަހުން އައިސް ކަރީމްގެ ފަރާތުން ތަފާތުތަކެއް ފާހަގަވާފެށިއެވެ. މައިރީން އެއްދުވަހަކު ލަވައެއް ޖަހާލައިގެން ބޮލުގައިރިއްސާތީ ލޯމަރައިގެންއިންދަ ކަރީމް އައިސް ބަލަން ހުރި ގޮތް ސިފަވުމުން އަދިވެސް މައިރީން ހަށިގަނޑުން ހީބިހި ނަގައެވެ. ވާނީވެސް އެހެނެއްނުންހެއްޔެވެ؟ އެއީ އުމުރުން ފަންސަވީސް އަހަރާއި އެކާވީސް އަހަރުގެ ދެދަރިން ހުރި މީހެކެވެ. އޭގެ އިތުރުން ތިންވަރަކަށް އަހަރުގެ ލޯބި ލޯބި އަންހެންކުއްޖެއްގެ ބައްޕައެކެވެ. އޭނަވަނީ މައިރީންގެ ތިމާގެ ކުއްޖަކާއި ކައިވެނިކޮށް ވަރިވެސް ވެފައެވެ. ފިހާރައި ޑިޔުޓީގައި އިން ދުވަހަކު އޭނަ ވަނީ މައިރީންގެ ދެބެންގެދެދަރި ކުއްޖަކަށް އޭނަ ކައިވެނިކޮށްގެން ކުރި ކަމެއް ފެނުނުކަމުގެ ވާހަކައެއް ދައްކައި، އެވާހަކަ އެކަކު ކައިރީގަ ނުބުނުމަށް ވައުދު ކުރުވާފައެވެ. އެއީ ލަދުވެތި ވާހަކައެއް ކަމަށް ވުމާއެކު އެ ފަދަ ވާހަކައެއް މައިރީން ގާތު ދައްކަން ލަދުނުގަތީތީވެ މައިރީން ހުރީ ހައިރާންވެފައެވެ. އަދި އެފަދަ ވާހަކައެއް މައިރީންގެ ގާތުގައި ދެއްކުމުން މައިރީން ހުރީ އުނދަގޫވެފައެވެ.

މައިރީން ހިޔާލަކަށް ގެއްލިފައި އިންތަން ފެނުމުން ރީމާ އާއި އައިނާ އުނދަގުލެއްކޮށްލާ ހިއްވިއެވެ. މައިރީން ނުވިސްނާ ހުއްޓައި ” ބުޅަލެއް ” އެހެން ކިޔާ ހަޅޭލަވާގަނެފައި ދުއްވާގަތެވެ. މައިރީން ހަޅޭލަވައިގަނެފައި އެކުދިން ފަހަތުން ދުއްވާގަތެވެ. ފަހަތް ނުބަލައި ދުވެފައި ދިޔަ މައިރީން ވެއްޓުނީ ކަކުނި ހޮރަކަށް ފައި ވަނުމުން ވެއްޓިފައި އޮތް ރީމާގެ ގައިމަށްޗައްށެވެ. އައިނާ ޕަކަޕަކަ ލާފައި ހޭން ފެށީދެމީހުން ވެއްޓިފައި އޮތް ގޮތް ފެނުމުންނެވެ. ރީމާގެ ފައި ބޮޑު ކަކުނި ހޮރެއްތެރޭ އޮތްއިރު، އުނަގަނޑުމަތީ އޮތީ މައިރީންގެ ދެފައެވެ. ރީމާ ދިޔައީ ހަޅޭލަވަމުން ކަކުނި ހޮރުތެރޭ އޮތް އޭނައިގެ ފައި ނަގަން މަސައްކަތް ކުރަމުންނެވެ. ކަކުންޏަކީ ރީމާ ވަރަށް ބިރުންނަ އެއްޗެކެވެ. މައިރީން ހެމުން އަވަހަށް ރީމާ ގައިމަތިން ތެދުވިއެވެ.

އައިނާ ހުރީ ހީހީ ދެލޮލުން ފެންއައިސްފައެވެ. ހަންގަނޑުގެ ކުލަ އެހައި އަލިނޫންނަމަވެސް އައިނާއަކީ ރީތިކަން ހުސްކޮށްލާގެން ހުރި ކުއްޖެކެވެ. ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާއިރު، ކަނާއަތު ލޯ ކައިރީ އިންނަ ކަޅު ތިލައަކީ އައިނާގެ އެންމެ އަޅައި ގަންނަ ސިފައެވެ. ހަނދެއްފަދައިން ވަށްކޮށް ހުރި މޫނެކެވެ. ޗޮކްލެޓް ކުލައިގެ ބޮޑު ދެކަޅިއާއި ބޮޑު ދެލޮލެވެ.ކުޑަކުޑަ ނޭފަތަކާއި ކުޑަ ރަތްކަން ގަދަ ތުންފަތެކެވެ. ފަސްފޫޓު އެއްއިންޗީގެ އިސްކޮޅެއް ލިބިފައިވާ އައިނާއަކީ އެހާމެ ގެވެހި ކުއްޖެކެވެ. އައިނާއަކީ އޭނާގެ އާއިލާގެ އެންމެ ދޮއްޓައް ހުރި ކުއްޖާއެވެ. އައިނާގެ ނުވަ އަހަރުގެ ކުޑަ އަންހެން ކޮއްކޮއެއް ހުރެއެވެ. ނަމަވެސް އައިނާގެ ބައްޕަވަނީ އައިނާގެ އުމުރުން ދިހައަހަރުގައި މި ފަނާވެނިވި ދުނިޔެ ދޫކޮށްގޮސްފައެވެ. އައިނާ މަންމަ އިތުރު މީހަކާ ކައިވެނި ނުކޮށް ހުންނަނީ އައިނާމެނަށްޓަކާއެވެ.

އައިނާ އާއި ހިލާފަށް ރީމާއަކީ އިސްކޮޅުން ދިގު ކުއްޖެކެވެ. ފަސްފޫޓު ހަތަރު އިންޗީގެ އިސްކޮޅެއް ހުންނައިރު މޮޑަލް އަކަށް ދޫނުކުރާނެއެވެ. ހިމަ ހަށިގަނޑެއް ލިބިފައިހުންނައިރު، ހިކިކަމުން ހީވަނީ ދެންމެ ދެންމެއަކު އުނަގަނޑުން ބިންދާގެން ގޮސްދާނެހެންނެވެ. ކޮފީކުލައިގެ ބޮޑު ދެ ކަޅި އާއި ބޮޑު ދެލޮލެވެ. ކުޑަކުޑަ ނޭފަތެކެވެ. ފިނިފެންމާ ކުލައިގެ ކުޑަތުންފަތެއް ލިބިފައިވާ ރީމާއަކީ އޭނާގެ އާއިލައިގައި ހުރި ތިންކުދިންގެ ތެރެއިން އެންމެ ކުޑަ ކުއްޖާއެވެ. އެހެންކަމުން ރީމާދެކެ އާއިލާ އެންމެންވެސް ވަރަށް ލޯބިވެއެވެ. ދޮއްޓަށް ހުންނަ ދެ ބޭބެއަކީ ލޯބިވާ ކޮށްކޮއަށް ހިތާފުރާނައިން ގުރުބާންވާން ތައްޔާރަށް ތިބި ދެބޭންނެވެ.

މައިރީންތޯއެވެ؟ މައިރީންއަކީ ހަންގަނޑުގެ ކުލަ އަލި ނަމަވެސް މޫނުމަތީ ކޮންމެވެސް ވަރަކަށް ބިހި ހުންނަ ކުއްޖެކެވެ. އެއީ މައިރީންގެ އެންމެ ބޮޑު ‘ އިންސެކިޔުރިޓީ ‘ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފަސްފޫޓު ދެއިންޗީގެ ލޫޅާފަތި ހަށިގަނޑެކެވެ. ވަށް މޫނަކާއި ބޮޑު ދެލޮލެވެ. އަޅާފައިހުންނަ ނަންބަރުއައިނުގެ ސަބަބުން ދެލޯ އިހުނަށްވުރެ ބޮޑުކަމަށް ދައްކައެވެ. ރަތް ކުލައިގެ ތުންފަތަކާއި ކަޅުކަންގަދަ ބުމައެކެވެ. މައިރީންއަކީ އާއިލައިގައި މެދަށް ދެވަނައަށް ހުންނަ ކުއްޖާގެ އިތުރުން، ހުރިހަމައެކަނި އަންހެންކުއްޖާއެވެ. މައިރީންގެ ބައްޕަވަނީ ދެ އަންބަށް ކައިވެނިކޮށް ވަރިވެފައެވެ. އެކައިވެންޏަށް ވިހި އަހަރުގެ ނާއިންވަނީ ލިބިފައެވެ. މައިރީންގެ ދޮންބެ ކަމުގައިވާ ސައުވީސް އަހަރުގެ މަޔާންއަކީ ޕޮލިހުގެ އިނަޓެލްގައި މަސަތްކަތް ކުރާ ހީވާގި އޮފިސަރެކެވެ. ނަމަވެސް މައިރީން އާއި މަޔާންގެ ގުޅުން އެހާ ރަނގަޅެއް ނޫނެވެ. ދެން ހުރީ ފަނަރަ އަހަރުގެ މާކިންއެވެ.

” މަންޖޭ ކޮން ދުނިޔެއެއްގަ ؟ ” ރީމާ ހެމުން ދިޔަ އައިނާއަށް ލޯއަޅާލަމުން ސަކަ ގޮތަކަށް މައިރީން ގަތުގައި އަހާލިއެވެ. މައިރީން ހުރީ ކަރީމްގެ ވާހަކަ އެކުދިންގެ ގާތު ބުނާނީ ތޯ؟ ނޫނީ ސިއްރުކުރާނީ ތޯ؟ ހިތައްއަރާފައެވެ. އޭރު ހާސްވެފައި ހުރިވަރުން އޭނަ ދިޔައީ ދެއަތް ދެއަތާ މޮޑެމުންނެވެ. އެވަގުތު އައިނާ މައިރީންގެ އަތުގައި ހިފާލުމުން މައިރީން ދިޔައީ ސިއްސައިގެންނެވެ. މިހެންވުމުން އެކުދިންނަށް މައިރީންއަށް ކަމެއްވެފައި އިންކަން ޔަގީންވިއެވެ. އެހެންކަމުން ދެ ކުދިން ސީރިއަސްވެ މައިރީންގެ ދެފަރާތުގައި އިށީންދެ ވީ ކީއްތޯ ސުވާލު ކޮށްލިއެވެ. މައިރީން އެވާހަކަ އެކުދިންނަށް ކިޔާދޭން ފަސްޖެހުނެވެ. ” ކަމެއްނުވޭ ” އިސްޖަހާލަމުން މައިރީން ބުންޏެވެ.

” މައި.. މައިއަށް އައިމެން ކައިރީ ކޮންމެ ވާހަކައެއްވެސް ބުނެވޭނެކަން އެނގޭދޯ؟ ” އައިނާ މައިރީންއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. މައިރީން މަޑުމަޑުން ހޫނ އަޅުވާލިއެވެ. އައިނާއަށް މައިރީންއަށް ފިހާރައަށްވަން ފަހުން ބަދަލުތަކެއް އަންނަކަން ފާހަގަވިއެވެ. ކުރިން އެމީހުނަށް އުނދަގޫކޮށް އަނގަ މައިތިރިނުވާ ކުއްޖާ މިހާރު އަމިއްލަ ދުނިޔެއެއްގައި ހުންނަންޔާ އަހާނެއެއްނުންހެއްޔެވެ.

” މައި ކަރީމްބެ އެއްޗެކޭބުނީތަ؟ ނޫނީ ކަމެއް ކުރީތަ؟؟ ”  އައިނާގެ ހިތުގައި އޮތް ސުވާލު ރީމާ މައިރީންއާއި ކޮށްލިއެވެ. ދެކުދިން މައިރީންގެ ޖަވާބެއްގެ އިންތިޒާރުގައި ތިއްބެވެ. ” ކީއްވެ ތިހެން ތިބުނީ..؟ އެއީ ވަރަށް ގޯސް މީހެއްތަ..؟ އެއީ މުދިންބެއެއްނު… ރީ ތިކަހަލަ ވާހަކަ ދައްކަންވާނެތަ؟.” މައިރީން އެހެން ބުނީ އެކުދިން މައިރީންގެ ވާހަކަ ގަބޫލު ކުރާނެހެން ހީނުވާތީއެވެ. މައިރީން ދެކޭ ގޮތުގައި އެކަކުވެސް އޭނަ ދައްކާ ވާހަކަ ގަބޫލެއް ނުކުރާނެއެވެ. މައިރީންއަށް މައިރީންގެ މަންމެންގާތު ބުނަންނުކެރެނީ އެމީހުން ކަރީމްގެ ރަނގަޅުވާހަކަ ދައްކާތީއެވެ. މައިރީން އެކަމާހުރެ އޭނާގެ އަމިއްލަ ނަފްސުދެކެ ރުޅި އަންނަން ފެށިއެވެ. މައިރީން ބެލީ މައިރީންގެ އަމިއްލަ ނަފްސަށް ވިސްނާދެވޭތޯއެވެ. ކަރީމް އެފަދަ ވާހަކަ ތަކެއް ދެއްކީ ނުބައި ނިޔަތަކު ނޫނަކަމަށެވެ. ނަމަވެސް މައިރީންއަށް އެހެން ގަބޫލުނުކުރެވުނީ މިއަދު އޭނަ ތަރުކާރި ކިރަންއުޅުންއިރު ކަރީމް މައިރީންގެ އަތަށް ތަރުކާރިލީ ވަގުތު، ކަރީމްގެ އަތް މައިރީންގެ އަތުގައި ޖެހުމުން މައިރީންގެ އަތުގައި ފާޑަކަށް ހިފާލުމުންނެވެ. މައިރީންއަށް އުނދަގޫ އިހްސާސެއް އެކަމުގެ ސަބަބުންވިއެވެ.

ރީމާ އެކުވެރިޔާއަށް ބަލަންހުރީ އެކުވެރިޔާގެ މޫނުމަތިން އެއްޗެއް ދެނެގަނެވޭތޯއެވެ. މައިރީންގެ ޖަވާބުން ކަމެއް ވެއްޖެކަން އެކުދިންނާއި ޔަގީން ކުރެވުނެވެ. އެހެނީ ކަރީމްއަކީ މުދިމެއް ކަމަކު އޭނައޭ ކިޔައިގެން ތަށުގައި ފާޑުފާޑުގެ ވާހަކަ ވަނީ އަޑުއަހާފައެވެ. ކަރީމްއަކީ މުދިމަކަށްވުމުގެ ކުރިންވެސް އަންހެންކުއްޖަކާ ބެހުމުގެ ކުށުގައި ވަނީ ހައްޔަރުކޮށް، ހެކި ނުލިބުމުގެ ސަބަބުން ދޫކޮށްލާފައިވާ މީހެކެވެ.

” މައި މުދިމެއް ވިޔަސް ގޯސް ކަމެއް ކޮށްފިއްޔާ ވާނީ ގޯސްކަމެއް ކުރިކަމަށް.. މައި ފިހާރައަށް ދިޔަފަހުން ވަރަށް ބަދަލުވެއްޖެ… ކުރިން ކަންކަން ޝެއާރ ކުރާވަރަށް ނުކުރެ.. އިނގެއެއްނު ރީމެން ކައިރީ ދައްކާވާހަކަ މިތަނުގަ ތިބި މީހުންނޫނީ މީހަކަށް ނޭނގޭނެކަން.. ” ރީމާ އިސްޖަހައިގެންއިން މައިރީންއަށް ބަލާލަމުން ބުންޏެވެ.

” އައިމެން މައި ދައްކާ ވާހަކަ ގަބޫލުކުރާނެ ކަމާމެދު ޝައްކު ކުރަނީތަ ؟.. ” އައިނާ މައިރީން ގާތު އަހައިލިއެވެ. އެވަގުތު ލައިގެން ހުރި ހޫޑީގެ އަތުކުރިއާއި ކުޅެން ހުރި މައިރީންގެ ހަރަކާތްތައް މަޑުޖެހުނެވެ. ކުއްލިއަކަށް ރީމާ، މައިރީންގެ ހޫޑީގެ އަތުކުރި މަތިކޮށްލިއެވެ. އައިނާ އަނގަމަތީ އަތްއެޅިއިރު ރީމާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. މައިރީން، ރީމާ އެހެންހެދުމުން ތެޅިގަނެފައި އަތުކުރި ތިރިކޮށްލާފައި ރީމާމެންނަށް ބަލާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

މަގޭ މާއިލް 2

Next

……..ނޫރަކީ ހިތުގެ ތީ މަގޭ

Next
March 5, 2024

……..ނޫރަކީ ހިތުގެ ތީ މަގޭ

Previews
March 4, 2024

މަގޭ މާއިލް 2

2 Comments!

  1. Banaana says:
    March 4, 2024 at 11:12 am

    Mi part ves vrh reethii..this is a nice story..curiously waiting for the next part❤️🥰

  2. Maash Butterflyyyyy says:
    March 9, 2024 at 10:07 pm

    Thank youuu soo muchh Banana❤ next part submit kohlaafin😊

Comments are closed.

Next Episodeކުށަކީ ކޮބާ – 06←


All Right Reserved!