Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ކުށަކީ ކޮބާ – 20

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
April 28, 2024 4 Mins Read
6 Comments

އައިނާ ރީމާގެ ގާތަށް ހޮސްޕިޓަލަށް އައި ވާހަކަ ބުނުމުން ރީމާއަށް އަވަސް ޝިފާއަކަށް ދުއާކުރަމުން ރާކިންއަށް ކޯލު ކަނޑާލަންޖެހުނީ މީހަކު އޭނައަށް ގުޅަން ފެށުމުންނެވެ. ” އެމީހުންގެ މޫވް ވަރަށް އަވަހަށް މޭކް ކުރާނެހެން ހީވަނީ.. އެމީހުންގެ ޓާރގެޓް އުޅެމުން ދަނީ އެމީހުންގެ ބޮސްގެ ގޭގައި.. ސާރ މޭކް ޝުއާ ޔޫ ގިވް ދި ޕްރޮޓެކްޝަން ޝީ ނީޑްސް.. ” ރާކިން އެކޮޅުން ވާހަކަ ދެއްކި މީހާއާއި ދިމާލަށް ބުނެލިއެވެ.

***ޕާޓް 20 ***

ކުޑަކޮޓަރިއެކެވެ. ކޮޓަރީގައި ފާރުތަކުގައި ލާފައިވަނީ ގަދަ އަޅި ކުލައެވެ. ކޮޓަރީގެ ފަރުނީޗަރުތައް ހުރީ މަޑު އަޅިކުލައިގައެވެ. ދެ ބޮޑު ސޯފާސެޓާއި ބޮޑު ޓީވީ އެއް ހުރިއިރު ކަނާއަތު ސޯފައިގައި ނޫކަށިފުރައިގެ ޒުވާނަކާއި މެދުއުމުރުގެ ފިރެހެނެއް އިށީންދެގެން އިނެވެ. އެމީހުނާއި ކުރިމަތި ވާގޮތަށް ހުރި މޭޒުގައި ފައިލްތަކެއް ބަހައްޓާފައި ހުއްޓެވެ. އަދި އައިނެއް އަޅައިގެން ހުރި ރަސްމީ ފާޑުޖަހާ އަންހެނަކާއި މެދުއުމުރުފުރައިގެ އަންހެނެއް ހުއްޓެވެ. މެދުއުމުރުފުރާގެ ފިރެހެންމީހާ ވާހަކަ ދައްކަންފެށިއެވެ.

” އަހަރުންގެ ޕްލޭންއަށް ފަސޭހަ މިވީ.. އޭނަ މިހާރު އެއުޅެނީ ކަލޭގެ ގޭގަ.. ކަލޭ އޭނަ އާއި ކައިރި ވެވޭތޯ އުޅޭ.. މިކަން ކާމިޔާބުވެއްޖެޔާ ކަލޭމެން އެންމެނަށް އެކަމުގެ ފައިދާ ކުރާނެކަން ހަނދާން ކުރާތި! ހުހް އެ ޒާހިރަށް ވެސް އެނގުނީ އެ އަންހެނާއަށް ހުރިހާ އެއްޗެއްދޭން.. އެކުގައި އުޅެ ބޮޑުވި މީހުންގެ މަތިން ހަދާނެއްވެސް ނެތް… އެކަމަކު ދެން ކީއްކުރާނީ؟؟ ކަށްވަޅުގަ އޮތް މީހަކަށް އަހަރުން ކުރާ ކަންތަކާ ކިހިނެތް ދޯ ބެހެވޭނީވެސް.. ޕުއާ އައިނާ އަދި އަޔާނާ..”

***

” ނޫން އެހެނެއް ނުވާނެ ޑޮކްޓާރ.. އާދޭސް ކުރަން ތިހެން ނުބުނޭ އަހަރެންގެ ދަރިފުޅު ރަނގަޅުވާނެ.. އެކުއްޖާ ނުލާހިކު ރަނގަޅު މިހާރު.. ވާހަކަ ދައްކާވެސް ހަދާ، ހީ ސަމާސާ ކުރޭ.. ” ބަލިމީހުންނަށް ފަރުވާދޭ ކޮޓަރިތެރޭން އިވެމުން ދަނީ މައެއްގެ ވޭނުންފުރިފައިވާ ރުއިމުގެ އަޑެވެ. ވާނީވެސް އެހެނެއްނުން ހެއްޔެވެ. ޑޮކްޓަރެއްކަމަކު އެދިނީ އެއްވެސް މަޔަކު އަޑުއަހަން ބޭނުންވާނެ ފަދަ ވާހަކައެއްނޫނެވެ. ޑޮކްޓަރު، ރިޔާޝާ ގާތު އެބުނީ އޭނާގެ ހުރި ހަމައެކަނި އަންހެންދަރި ލުކީމިޔާ ގެ ނުބައި ވަކިތަކުން ސަލާމަތްކޮށްދެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއްނެތް ވާހަކައެވެ. ފިރެހެނެއްކަމަކު އިވުނު ވާހަކައިން ޖުނައިދަށް ވެސް ވަނީ ނުހަނު އަސަރުކޮށްފައެވެ. ރިޔާޝާއެކޭ އެއްފަދައިން އަޑުން އަޑުނަގާ ނުރުއި ނަމަވެސް އޭނަ ދިޔައީ ކެތްކުރެވޭނެ އެންމެ ބޮޑަކަށް ކެތްކުރަމުންނެވެ. އޭނަ ރޯން ފަށައިފިނަމަ އަންހެނުންގެ ހާލު ގޯސް ވާނޭ ކަމުގެ ބިރު އޮތުމުންނެވެ. ” ޑޮކްޓާރ ރާއްޖޭން ބޭރަށް ނުގެންދެވޭނެތަ ؟؟ ” އުނދަގޫ ގޮތަކަށް ހިންދިރުވާލަމުން ޖުނައިދު އަހާލިއެވެ. ” މިވަގުތު އެހާ ފިޓްއެއް ނޫން.. ރާއްޖޭން ބޭރަށް ދިޔަޔަސް ޑޮކްޓަރުން ބުނާނީ އެކައްޗެކޭކަން ޔަގީން ކުރެވޭ.. އަޅުގަނޑުމެންނަށް ޓްރީޓްމެންޓް ފެށުންއިރުވެސް ޕޭޝަންޓްގެ ހަށިގަނޑުގެ ބޮޑުބަޔަކަށް ލުކީމިޔާގެ ސެލްސްތައް ވަނީ ފެތުރިފަ.. ބޯންމެރޯ ޓްރާންސްޕްލާންޓެއް ހެދިދާނެ.. އެކަމަކު ސަވައިވަލް ޗާންސް ފަންސާހަށްވުރެ ކުޑަ އައިމް ރިއަލީ ސޮރީ..” ޑޮކްޓާރ ހައިކަލް ބުންޏެވެ.

ރާކިން ކޯލް ކަނޑާލުމުން އައިނާ ހިނގައިގަތީ މައިރީންމެން ފެނޭތޯއެވެ. އޭނާއަށް ބަލިމީހުނަށް ފަރުވާ ކޮޓަރިއާއި ކައިރިއަށް ދެވުނީ އަންހެނެއްގެ ވޭނީ ރުއިމުގެ އަޑުއިވުމުންނެވެ. އޭނާއަށް ކޮޓަރި ކައިރިން އިވުނު ވާހަކައިގެ ސަބަބުން ބޮލުގައި މީހަކު މަރުތެޔޮއަކުން ޖެހި ފަދަ އިހްސާސެއްވިއެވެ. ދެފައިން ވަރު ދޫވެގެން އެކޮޓަރި ދޮރުމަށްޗަށް ވެއްޓުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އަނގައިން ރުއިމުގެ އަޑު ބޭރުވެދާނެކަމަށްޓަކައި އަނގަމަތީ އޭނާގެ އަތް އަޅައި ބާރު ކޮށްލިއެވެ. މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުން އައިނާ އިސްއުފުލާލިއެވެ. ޝިޔާން މަޑުމަޑުން އައިނާ ނެގުމަށްފަހު އެހަށިގަނޑު އޭނާގެ މޭގައި ފޮރޮވާލިއެވެ. މަޑުމަޑުން އައިނާގެ ބޮލުގައި ފިރުމައިދޭން ފެށިއެވެ. އަދި އެތަނުން ދުރަށް ގެންދިޔައެވެ. މީހެއްގެ އޯގާތެރިކަމަށް ކަރުހިއްކާފައިވުމުން އައިނާ ޝިޔާންއާއި ދުރުވާކަށް ނޫޅުނެވެ.

ހިތްފުރޭވަރަށް ރޯލުމަށްފަހު ޝިޔާންއާއި ދުރުވެލިއެވެ. އޭރު އޭނާއަށް ދިޔައީ ގިސްލެވެމުންނެވެ. ” އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ” ޝިޔާން ބުންޏެވެ. އައިނާ މަޑުމަޑުން ބޯޖަހައިލަމުން ދުރު ބަލައިލިއެވެ. ޝިޔާން އައިނާގެ ދަބަހުގައި އޮތް ފެންފުޅިއެއް ނަގައި އައިނާގެ ތުންފަތުގައި ޖެއްސިއެވެ. އައިނާ ފެންބުއިމަށް ފަހު ޝިޔާންއަށް ބަލައިލިއެވެ. އަދި ޝުކުރު އަދާކުރިއެވެ. ޝިޔާން އައިނާއަށް ހިތްވަރުލައިދޭން ފެށިއެވެ. އަދި އޭނަ އަބަދުވެސް އައިނާގެ ގާތުގައި ވާނަން ކަމުގައި ބުންޏެވެ. ” އިނގޭ މިވަގުތު މީ އަހަން ރަނގަޅު ސުވާލެއް ނޫންކަން.. އެކަމަކު އައިނާގެ ބޯއިފްރެންޑެއް ހުރޭތަ؟ ” ޝިޔާން ބޯކަހައިލަމުން އަހައިލިއެވެ. އައިނާ ހިލަމުން އާއެކޭ ބުނެލިއެވެ. އައިނާ އަދިވެސް ދެންމެ އިވުނު ވާހަކަތަކާއިމެދު ވިސްނާހެން ހީވުމުން ޝިޔާން އެކި އެކި ވާހަކަ ދައްކަން ފެށިއެވެ.

” އައި ފީލް ބޭޑް ފޯރ ރީ.. އަޅޭ ރީ ރަނގަޅު ވާނެ ދޯ ޔާދު ؟؟ ” މައިރިން ޔާދިން ގާތު އެހިއެވެ. ޔާދިންވެސް މައިރީންއަށް ހިތްވަރު ދިނުމުގެ ގޮތުން އާއެކޭ ބުންޏެވެ. ” ޔާދުގެ ސަޕްރައިޒް ކިހިނެތްވަނީ؟؟ ” ޔާދިން ހީލަމުން އަހައިލިއެވެ. ” ހަމަ ވަރަށް ބެސްޓް ” މައިރީން ބޮޑުވާ އިނގިލި ޔާދިންއަށް ދައްކާލަމުން ބުންޏެވެ. އެއާއެކު ޔާދިންގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ” މި ފަހަރު މި އައީ ތެލްސީމިއާ ޓެސްޓް ކުރަންށާ އެކީ.. ” ޔާދިން ބުންޏެވެ. އެއާއެކު މައިރީންގެ ތުންފަތުން ހިނިތުންވުން ފިލައި ހާސްކަމުގެ ކުލަވަރުތައް ފާޅުވިއެވެ.

” ޔާދު.. މައި މީ ޕިންކް އެއްނުން؟ ވަޓް އިފް.. ” ޔާދިންގެ އިނގިލި މައިރީންގެ ތުންފަތުގައި ޖައްސާލީ އެ ޖުމުލަ ފުރިހަމަ ކުރުމުގެ ފުރުސަތު ނުދޭށެވެ. ” އައި ޑެއާރ ޔޫ ޓު ކޮމްޕްލީޓް ދެޓް ސެންޓެންސް އިފް ޔޫ ވޯންޓް ޔާދު މި ކުޑަކުޑަ ލިޕްސްކޮޅު ކާލަން..” ޔާދިންގެ އަޑަށް ބަރު ކަމެއް ވެރިވިއެވެ. އޭނާގެ ލޮލުން ފެނިގެން ދިޔައީ ބަޔާންކުރަން ދަތި އަސަރެކެވެ. ޔާދިންގެ ޖުމުލައިން މައިރީންގެ މޫނު ޓޮމާޓޯއެއްހައި ރަތްވެގެން ދިޔައެވެ. މައިރީންގެ މޫނު ރަތްވިތަންފެނި ޔާދިން އެއްމިޔަކަނުން ހީލިއެވެ. ” ވަޓް އިފް؟؟ ” ޔާދިން މައިރީންގެ ތުންފަތުން އިނގިލި ދުރުކޮށްލުމަށްފަހު ދަތްދޮޅީގައި އަތުންހިފައި އޭނައާއި ދިމާލަށް މައިރީންގެ މޫނު އުފުލައިލަމުން އަހާލިއެވެ.

” ނަތިން..” ހިމަ އަޑުކުން މައިރީން ބުނެލިއެވެ. ޔާދިންގެ ތުންފަތްމަތިން ފެނިގެން ދިޔައީ ކާމިޔާބުގެ ހިނިތުން ވުމެކެވެ. ” އެގޮތަށް ވިސްނާފިއްޔާ މެރީ ކުރުމުގެ ކުރިން ރީންގެ ލިޕްސް ކާލާނަން.. ގޮޓް އިޓް؟؟ ” މައިރީންގެ ރަތްކަން ގަދަ ތުންފަތަށް ބަލައިލަމުން ޔާދިން އަހައިލިއެވެ. މައިރީން އަވަސް އަވަހަށް ދުރުވެލީ އެތަނަށް މީހަކު އައިސްދާނެ ކަމުގެ ބިރު ހީވުމުންނެވެ. މައިރީންގެ މި އަމަލުން ޔާދިން ހީލިއެވެ. ” ޔާދު ކޮންއިރަކު ތިހާ ޑާރޓީ މައިންޑެޑް ވީ؟؟ އެންޑް ކޮންއިރަކު ޓެސްޓް ކުރަން ދަނީ؟؟ ” މައިރީން ޔާދިންއަށް ލޯއަޅާލަމުން އަހައިލިއެވެ.

އަދި ޔާދިން ހުރި ފަރާތަށްނޫން އަނެއް ފަރާތަށް އެބުރި ދާން ހިނގައިގަތެވެ. ޔާދިންއަށް މައިރީން މާ ބޮޑަށް ލަދުގަތީކަން އެނގުނެވެ. އެހެންކަމުން އޭނަ މައިރީން ކުރިމައްޗަށް އެރިއެވެ. އަދި މައިރީންއާއި ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. މައިރީން ފަހަތަށް ފިޔަވަޅު އަޅަމުންގޮސް އޭނާގެ ބުރަކަށި ފާރުގައި ޖެހުނެވެ. އެއާއެކު އޭނައަށް ޔާދިންއަށް ބަލައިލެވުނެވެ. އެމޫނުމަތިން ފެނިގެންދަނީ ލާނެތް ކަމުގެ ވިދުވަރެކެވެ. ޔާދިން އައިސް މައިރީން ފާރާއި އޭނައާއި މެދުގައި ތާށިކޮށްލިއެވެ. ޔާދިން ފާރުގައި އަތްއަޅުވާލައިގެން ހުރިއިރު ހީވަނީ ފިލްމްގެ މަންޒަރެއްހެންނެވެ. މަޑުމަޑުން މައިރީން އާއި ދިމާލަށް ބޯތިރިކޮށްލިއެވެ. އެދިމާލަކީ މާގިނަ މީހުން އަންނަ ދިމާލެއް ނޫންކަމުން އެތަން ފެންނަމުން ދިޔައީ ފަޅު ކޮށްށެވެ.

ނާއިން ދިޔައީ ރީމާ ގާތު އޭނަ މުސްތަގުބަލަށް ކުރާ އުންމީދުތަކުގެ ވާހަކަ ދައްކަމުންޏެވެ. ރީމާވެސް އޭނާ މުސްތަގުބަލަށް ކުރާ އުންމީދުތަކުގެ ވާހަކަ ދައްކަމުން ދިޔައެވެ. ” ނާއި ބޭނުންވަނީ ކިތަށް ކުދިން؟؟ ” ރީމާ ނާއިން ގާތު އަހައިލިއެވެ. ” ނާއި ބޭނުން ފުޓުބޯޅަދަނޑެއް ހަމަވާ ވަރަށް ކުދިން ” ލާނެތް ރާނގަކަށް ނާއިން ބުންޏެވެ. އެއާއެކު ނާއިންގެ ގައިގައި ރީމާ ބޮނޑިއެއް އަޅައިލިއެވެ. ” އެހެން މީހަކާ މެރީ ކުރޭ ރީ އަކަށް ނުވާނެ ” ރީމާ ތުން ދަމާލަމުން ބުނެލިއެވެ. ” ރީ ނޫން އެހެން މީހަކާ ނާއި މެރީ ކުރާނެހެން ހީވޭތަ؟؟ ނޯ ނާއި މީ ހަމައެކަނި ރީ ގެ މީހެއް އަދި ރީ ތީ ނާއިގެ ހިތް.. ނާއި ކިހިނެތް ނާއިގެ ހިތާ ނުލާ އުޅޭނީ؟؟ ” ރީމާ އެހެން ބުނުމުން ނާއިން އަވަސް އަވަހަށް ބުނެލިއެވެ. ނާއިން އޭނާދެކެ ލޯބި ވާވަރު އިހްސާސްވުމުން ރީމާގެ ދެލޯ ފެންކަޅިވިއެވެ.

” ރީ ބޭނުން ވަނީ ދެވައްތަރުގެ ދެކުދިން.. ނާއި ކަހަލަ ބޭބީ ބޯއިއަކާ ރީ ކަހަލަ ބޭބީ ގާރލް އެއް.. ދޭވިލް ބީ އަވާ ލިޓްލް ޕިރިންސެސް އެންޑް ޕްރިންސް އިން އަވާ ލިލް ކިންޑޮމް.. ” ރީމާ ބުންޏެވެ. އެއާއެކު ނާއިން ލޯބިން ފުރިގެންވީ ބެލުމަކުން ރީމާއަށް ބަލައިލިއެވެ. ” ބޭބީ ގާލްއަށް ކިޔާނީ އައިޝަތު ނޫރީން ނާއިން އެން ބޯއީއަށް އަމްމް އަހްމަދު ރޫހާން ނާއިން ” ނާއިންގެ ހުނުމުގެ އަޑުއިވިގެން ދިޔައެވެ. ” އެހައި އަވަހަށް ބޭބީގެ ނަން ހޯދާފަ؟؟ މާނަ އިނގޭތަ.. ދެން އޮތީ ބޭބީ ހޯދަން ޓްރައި ކުރުމެއްނުން؟؟ ” ނާއިން ލާނެއް ގޮތަކަށް ހެމުން ބުނެލިއެވެ. އެއާއެކު ރީމާގެ މޫނު ރަތްވެގެން ދިޔައެވެ. ” މާނަ އިނގޭ.. ރޫހާންގެ މާނަ އަކީ ކައިންޑް ހާރޓެޑް އެންޑް ސްޕިރިޓުއަލް… ނޫރީން ގެ މާނައަކީ އަލި..” ރީމާ ނާއިން ދިމާ ކުރަން ފެށުމުން ބުންޏެވެ.

ޔާދިން އެހައި ކައިރީގައި ހުރުމުން މައިރީން ހުރީ ނޭވާ ހިފައްޓާލައިގެންނެވެ. އަނެއްކޮޅުން މައިރީންއަށް އަންނަމުން ދިޔަ ބަދަލުތަކުން ޔާދިންއަށް އޭނާގެ ހިއްސުތައް މައިތިރިކުރަން އުނދަގޫވިއެވެ. މައިރީން ތުންފަތުގައި ދަތްއަޅައިލުމުން އެ ރަތް ތުންފަތުގެ ކުލަ އިހުނަށްވުރެ ގަދަވިހެން ހީވިއެވެ. ޔާދިން ދެލޮލަށް ބަލަން ނުކެރުމުން މައިރީން އިސްޖަހައިލިއެވެ. ޔާދިންގެ ހޫނު ނޭވާތަށް އަޅައިގެން ހުރި ދަނބު ކުލައިގެ ޝޯލްގެ ދަށުން މައިރީން ކަންފަތަށް އިހުސާސްވިއެވެ. އެއާއެކު މައިރީންއަށް ހިންދިރުވާލެވުނެވެ. ޔާދިން މައިރީންގެ ކަނދުރާއާއި ހަމައަށް ތިރިވެލި ވަގުތު އޭނާ ޖަހާފައިހުރި ގުޑްގާލް ސެންޓްގެ ވަސް ޔާދިންގެ ނޭފަތުގައި ޖެހުނެވެ. އެއާއިއެކު އޭނަ ފުން ނޭވާއެއް އެތެރެއަށް ދަމާލިއެވެ. ޔާދިން މަޑުމަޑުން މައިރީންގެ ކަންފަތާއި ކައިރިވެލިއެވެ. އޭނާގެ ދުލުން ނިކުން ޖުމުލައިން މައިރީންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ކިއުންތެރިންގެ ސަމާލުކަމަށް

Next

އިންސާފަކީ މިއީ ބާ؟

Next
April 28, 2024

އިންސާފަކީ މިއީ ބާ؟

Previews
April 28, 2024

ކިއުންތެރިންގެ ސަމާލުކަމަށް

6 Comments!

  1. RIFSHA says:
    April 28, 2024 at 1:48 pm

    Hey Darla
    Mi episode ves varah reethi Masha Allah.kon irakun next part kiyaalan libeyni.alhe yaadhin e buny kon vaahaka eh tha??alhe reema ah evy haadha dhera gothekey.pls pls reema ah dhera gotheh nahadhahche.
    Kon irakun next episode kiyaalan libeyni
    Curiosly waiting for the next part darla
    Love you DARLA<3

    1. Maash Butterflyyyyy says:
      May 1, 2024 at 5:49 am

      Heyyy Riffoo ❤
      Awwwn thank you so much.. Vrh happy vejje riffo ah mi part reethi v kan enguneema..
      Next part kiyaalan libeyne Thursday ga insha allah..
      Yaadhin buni vhk engeyne next part kiyaaleema 😂 dhogeh nooney ree ah evy haadha dhera gothekey dhw😢 dhenvaa gotheh balama hinga dhw ☺
      Stay tuned for next part
      Love you more dear
      💜🦋

  2. aileen says:
    April 29, 2024 at 9:50 am

    this prt is awsomee…. when is the nxt prtt?

  3. Maash Butterflyyyyy says:
    April 29, 2024 at 12:30 pm

    Thank youu aileen❤
    Stay tuned for next part on Thursday
    💜🦋

  4. aileen says:
    May 3, 2024 at 12:19 pm

    where is the nxt prt?

    1. Maash Butterflyyyyy says:
      May 8, 2024 at 9:15 pm

      Sorry Aileen.. Admin in kudakoh lahun up kohdhiny.. Ekam mihaaru up vefa iny.. Hope u like it😊

Comments are closed.

Next Episodeކުށަކީ ކޮބާ – 21←


All Right Reserved!