Skip to content
އެސްފިޔަ

ކުށަކީ ކޮބާ – 13

މައިރީން ވަގުތުން ޔާދިންގެ އަތުގައި ހިފެއްޓިއެވެ. އޭނާގެ ނަޒަރު އުޑުގައި ރަސްކަންކުރަމުންދިޔަ ހަނދަށް ދަތުރު ކޮށްލިއެވެ.” ދި މޫން އިޒް ބިޔުޓިފުލް ، އިޒިންޓް އިޓް؟..”

*** ޕާޓް 13 ***

‘ ދި މޫން އިޒް ބިޔުޓިފުލް ، އިޒިންޓް އިޓް؟ ‘ ގެ މާނައަކީ ޖަޕަނީސް ބަހުން އަހަރެން ވަރަށް ލޯބިވޭއެވެ. ޔާދިންގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވިއެވެ. އޭނައަށް ހީވީ އޭނާގެ ހިތް މޭފަޅާފައި ނިކުންނަން އުޅުނުހެންނެވެ. އެވަގުތު މައިރީންގެ މަޑުއަތްތިލަ ތުރުތުރު އަޅާ އިހްސާސެއް އޭނައަށް ކުރެވުނެވެ. މައިރީންގެ އަތް ގަޑުފެންކޮޅެއްހާ ފިންޏެވެ. ޔާދިންގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވީ މައިރީންގެ ޖަންބުކުލައަރާފައިވާ ކޯތާފަތް ފެނުމުންނެވެ. މައިރީންއަށް ޔާދިން އޭނައާއި ދިމާލަށް ބަލާލުމުން ލަދުން އިސްޖަހާލިއެވެ. އޭރު އޭނަގެ ކޯތާފަތް ހޫނުވާ ކަމުގެ އިހްސާސް ކުރެވެމުންދިޔައެވެ. ޔާދިން މައިރީންއާއި ގާތްވެލުމަށްފަހު މޫނުގައި ދެއަތުންހިފައިލިއެވެ. މަޑުމަޑުން މައިރީންގެ ނިތްކުރީގައި ބޮސްދެމުން މައިރީންގެ ކަންފަތް ކައިރީ ” ސޯ އާރ ޔޫ ” އޭ ބުނެލިއެވެ.

ޔާދިންއަށް ދިޔައީ އޭނާއަށް ދުނިޔޭގައިވާ ހުރިހާ އުފަލެއް ލިބުނު ކަމުގެ އިހްސާސް ކުރެވެމުންނެވެ. ” އަހަރެން ވަރަށް ވަރަށް ވަރަށް އުފާ ވެއްޖެ.. ކެން އައި ހޭވް އަ ހަގް ޕްލީޒް ” ޔާދިން ލޯބި ގޮތަކަށް ހީލަމުން މައިރީންގެ ގާތުގައި އަހާލިއެވެ. މައިރީން ލަދުން ހުރެ ބޯޖަހައިލުމުން ޔާދިން އޭނާގެ ހަށިގަނޑުގައި ބައްދާލީ ދުވަހަކު ވެސް ދޫނުކޮށްލާނަމޭ ބުނާފަދައިންނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ދެ މީހުން ދުރުވެލިއެވެ. ” ތެންކިޔު ސޯ މަޗް.. ޔާދު އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ރީންއަކަށް ދެރައެއް ނުދޭނަން. ” ޔާދިންގެ ދެލޮލުން މައިރީންއަށް ފެނުނީ ޔަގީންކަމެވެ. އެހެންކަމުން މައިރީން ޔާދިންއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ޔާދިންގެ ކަޅުކަންގަދަ ދެލޮލަށް ގެއްލިފައި ހުރި މައިރީން ސިހުނީ ކޮންމެސް މީހަކު ފަހަތުން ކަރުކެހެލުމުންނެވެ. އޭރު ރީމާ އާއި ނާއިން ހުރީ ލާނެއް ގޮތަކަށް ހީލައިގެންނެވެ.

” ރޯމިއޯ އެންޑް ޖޫލިއެޓް ލަވްސިކް ވެފަ މިތާ؟؟..” ނާއިން ހީލަމުން ދިމާކުރާ ފާޑަކަށް ބުނެލިއެވެ. ” އަދި ރީންއޭ މިހުރި މޮޔައަށް ކޮންފެސް ކުރަންޖެހުނީ.. އާރ ޔޫ އަ މޭން ޔާދު..” ޔަޒަކްގެ އަޑު އެމީހުންގެ ފަހަތުން އިވުމުން ޔާދިން އަށް އޭނާގެ ތިރީ ތުންފަތުގައި ދަތް އެޅުނެވެ. އޭނަ ލަދުގަތީ އެމީހުންނަށް ދެންމެ އެތަނުގައި ހިނގި ހުރިހާކަމެއް ފެނި އަޑުއިވިފައިވުމުންނެވެ. ” ޔާދު ކުރިން މައިއަށް ކޮންފެސްކުރީމަ މައި ޖަވާބެއް ދިނީ.. ” މައިރީން، ޔާދިން ލަދުގަނެފައި ހުރިކަން އެނގުމުން އޭނަ ދިފާއުކޮށް ވާހަކަ ދެއްކިއެވެ. އެއާއެކު އެކުދިންގެ އަމާޒަކަށް މައިރީންވިއެވެ. ” ވާހް… ޖޫލިއެޓް، ރޯމިއޯ ޑިފެންޑް ކުރަނީ މި.. ސޯ ކިޔުޓް.. ” ރީމާ، މައިރީންއާއި ދިމާލަށް ދިމާކުރާ ރާގަކަށް ބުނެލިއެވެ. އެއާއެކު އެންމެން ހޭންފެށިއެވެ. މައިރީން ލަދުގަތް ވަރުން އެތަނުންދާން ހިނގައިގަތެވެ. މައިރީން އޭނަ ދިފާއު ކުރުމުން ޔާދިންގެ ހިތް އުފަލުން ނަށައިގަތްފަދައެވެ. ޔަޒަކްއަށް އޭނާގެ ކޮށްކޮ އުފަލުން ހުރިތަންފެނި ހިނިތުންވެވުނެވެ.

ރީމާމެން މައިރީން ހޯދަން ދިޔައިރު މައިރީން ހުރީ މޭޒެއްގައި ތިބި ދެ ޒުވާނުން ވީޑިއޯ ކުރާށެވެ. އެވަގުތު ޔާދިން ގާތަށް ހިނިއައެވެ. ކިތަންމެ މަޑުން ހުރިނަމަވެސް މައިރީން އޭނާގެ އެކުވެރިން ގާތު އެއީ ލާނެއް ކުއްޖެކެވެ. މައިރީން ހުރީ އައިނާ އާއި ރާކިން މާ އޮލަ ވާހަކައެއްގައި ތިބުމުން އެދެމީހުން ވީޑިއޯ ކުރާށެވެ. އޭރު ރާކިންގެ އަތް ވަނީ އައިނާގެ އަތް މަތީ ބޭއްވިފައެވެ. އައިނާއަށް މައިރީން އޭނައާއި ދިމާލަށް ފޯނުދިއްކޮށްގެން ހުރިތަންފެނި ލޯއަޅާލިއެވެ. އަދި އައުމަށް އަތުން އިޝާރަތް ކުރިއެވެ. ” މައި ދިޔައީ ރީ ފޮނުވާގެން ކޯކް ތަށްޓެއްބަލައި، ރީ ދިޔައީ އައި ފޮނުވާގެން މައި ބަލައި.. މައި ބަލާ ދިޔަ މީހަ މިއައީ މައިއާއި ތިން ފިރެހެނުންވެސް ގޮވައިގެން..؟ ވާގޮތް އައިއަށް ކިޔާދެވިދާނެތަ؟؟؟ ” އައިނާ އޮޅުންގަނޑެއްގެ ތެރޭ އިނދެގެން އަހާލިއެވެ. ” ވީ ގޮތަކީ އައި މިހާރު މި ގްރޫޕްގައި ހުރި ހަމަ އެކަނި ސިނަގަލްއަށް ވެފަ، މައިގެ ރިލޭޝަން ސްޓޭޓަސް ސޯޅަ އަހަރުގެ ސިންގަލްއަށް ފަހު ޓޭކަންއަށް ބަދަލުވީ.. ” ރީމާ ހުރީ މައިރީން ޔާދިންއަށް އާބަސް ބުނުމުން ޔާދިންއަށް ވުރެ އުފާވެފަހެން ހީވިއެވެ. ރީމާގެ ވާހަކަ އަޑުއިވި ޔާދިން ހައިރާންވިއެވެ. ސޯޅައަހަރުވަންދެން މައިރީން ކުއްޖަކާ ރައްޓެހި ނުވެ ހުރި ނަމަ އޭގެ މާނަ އަކީ މައިރީން ރައްޓެހިވި ފުރަތަމަ ކުއްޖަކީ ޔާދިންއެވެ. ބާރަ އަހަރުގެ ކުދިންވެސް ރައްޓެހިވެގެން އުޅޭ ޒަމާނެއްގައި ސޯޅަ އަހަރުގެ ކުއްޖަކު އަލަށް ރައްޓެހިވީއޭ ބުނުމުން ގިނަ މީހުން ގަބޫލެއްވެސް ނުކުރާނެއެވެ.

” އަހަރެން ސުވާލެއް ކޮށްލަންތަ؟ ” ޔާދިން މަޑުމަޑުން މައިރީން ގާތު އަހައިލިއެވެ. ޔާދިންއަށް ބަލައިލަމުން މައިރީން ބޯޖަހައިލުމުން ޔާދިން ސުވާލު ކުރަން ތައްޔާރުވެލިއެވެ. ” ރީންއަށް ކަމުދާ ކުއްޖެއް ނުފެންނަނީތަ؟.. ކުރިން އިތުރު ކުއްޖަކާ ރައްޓެހި ނުވާތީ.. ” މައިރީން، ޔާދިން އެހެން އެހުމުން ރަކިވިއެވެ. އޭނާގެ މައިންބަފައިން ސްކޫލުގައި އުޅުން އިރު ކުއްޖަކާ ރައްޓެހިވާކަށް ގަބޫލެއްނޫނެވެ. އޭރު އޭނާގެވެސް އެކަހަލަ ކަމަކަށް ޝައުގެއް ނުހުރެއެވެ. މައިރީންވަނީ އޭނައަށް އަށާރަ އަހަރު ފުރުމުން ނޫނީ ކުއްޖަކާ ރައްޓެހި ނުވުމަށް އަމިއްލަ ނަފްސަށް ވައުދުވެފައެވެ. ނަމަވެސް މިއަދު އޭނައަށްވަނީ އެ ވައުދު އުވާލަން ޖެހިފައެވެ. މައުރީން ވާހަކަ ދެއްކުމުގެ ކުރިން އައިނާ ފެށިއެވެ. ” މައިގެ ޓައިޕްއަކީ ފޮތުގަ ދެލިން ސިފަ ކޮށްފައި ހުންނަ މީހުން ނޫނީ ފިލްމް ތަކުން ފެންނަ އިންސާނުން ނޫން ވައްތަރު މީހުން… ޑޭމަން ސެލްވެޓާރ ނޫނީ ކޮންމެސް ކޭ-ޑްރާމާއެއްގައި އުޅޭ ފޮކްސް އެއް ނޫނީ ޑީމަންއެއް..” އައިނާ އެހައި ތަފްސީލުކޮށް ކިޔާދިނުމުން މައިރީން ރަކިވިއެވެ. ” ސޯ ޔޫ އާރ ލަކީ ޝީ ސެޑް ޔެސް ޓު ޔޫ… މައި ދެރަ ކޮށްލާފިއްޔާ ޔޫ އާރ ގޮނަ ޕޭ !.. ” ރީމާ އެންމެ ފަހު ތަންކޮޅު ބުނެލީ އިންޒާރެއްދޭ ފަދައިންނެވެ. ޔާދިން ހީލަމުން ރީމާއަށް ބަލައިލަމުން އަތް އުފުލައިލީ އަމާންދީފީމޭ ބުނާފަދައިންނެވެ. މައިރީން، ރީމާއަށް ބަލާލުމަށްފަހު ދެލޯބޮޑުކޮށްލިއެވެ.

އެވަގުތު މައިރީންގެ ފޯނު ރިންގްވާން ފެށިއެވެ. މައިރީންއަށް ގަޑިފެނުމުން ދެލޯ ބޮޑުވިއެވެ. މައިރީންގެ މަންމަ ގުޅީ މައިރީން  ގެއަށް އައުން ލަސް ވުމުންނެވެ. މައިރީން އައިނާ ގާތު ގެއަށް ދާން ވެއްޖެ ކަމަށް ބުނުމަށްފަހު ހިނގައިގަތެވެ. އައިނާ އޭނާގެ މަންމަ ގާތު މައިރީން ގެއަށް ދާން ބޭނުންވާ ވާހަކަ ބުނުމުން، ހަތަރު ފިރެހެން ކުދިންނަށް އިތުބާރު ކުރުމަށްފަހު ތިން އަންހެންކުދިން އެ މީހުންނާއި އެކު ފޮނުވާލިއެވެ. އެކި އެކި ސަކަރާތުގަ ތިބެގެން ފަހަރަކު ކުއްޖަކު ގެއަށްލައި ނިމިއްޖެއެވެ. ޔާދިން، މައިރީން އާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލެވުމުން އުފާވެ ހުރެ ގެއަށް ދިޔައެވެ. ލަސްވެފައި ހުރުމުން ހުރިހައި ކުދިންވެސް ގެއަށްގޮސް ނިދަން އުޅެގަތެވެ. ނަމަވެސް ޔާދިން އާއި މައިރީންގެ އިތުރުން އައިނާގެ ނިދި އެމީހުނާއި އެތައްހާސް މޭލެއް ދުރުގައި ވާހެން ހީވިއެވެ.

ޔާދިންގެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އޭނަ އަދި ވެސް ބޭނުންވަނީ މައިރީންއާއި ވާހަކަ ދައްކާށެވެ. ނަމަވެސް ޔާދިންއަށް އޭނަ ކެތްތެރިވާންޖެހޭނެކަން އެނގެއެވެ. މައިރީންއަށް މިހުރިހާ ކަމެއް ވެގެން ދާނީ ވަރަށް ވެސް އައު ކަންތައްތަކަށެވެ. މައރީންގެ ހިޔާލުތަކުގައި އޮވެ އޭނައަށް ނިދުނު އިރެއްވެސް ނޭނގުނެވެ. މައިރީން އޮތީ ޔާދިންގެ ހިޔާލުތަކުގައި ނުނިދިފައެވެ. އޭނައަށް ޔާދިން އޭނާގެ ހަށީގަނޑުގައި ބައްދާލި ގޮތް ސިފަވުމުން ބާލިހުން މޫނު ފޮރުވާލިއެވެ. އޭރު އެ މޫނު މަތީ ގައިވަނީ ލަދުރަކި ހިނިތުންވުމެކެވެ. ނަމަވެސް މައިރީން ނުތަނަވަސް ވާ ކަމެއް އޮވެއެވެ. ފިރެހެނަކަށް އަލަށް އިތުބާރު ކުރުމެވެ. ކިޔާރާއަށް ވީކަންތައް އޭނާގެ ހިތުން ދުވަހަކުވެސް ފިލާގެންނުދާނެއެވެ. އެދުވަހު އޭނައަށް ފެނިގެން ދިޔައީ ފިރެހެނުންގެ އެންމެ ނުބައި ފަރާތެވެ. ނަމަވެސް އެންމެން އެއްގޮތެއް ނުވާނެއެއް ނުންހެއްޔެވެ. މައިރީންގެ ހިޔާލުތަކުގައި އޮއްވައި އޭނާގެ އެސްފިޔަތަކަށް ބަރުވާންފެށިއެވެ. އައިނާ އޮތީ ރާކިންގެ ހިޔާލުތަކުގައެވެ. އޭނައަށް ރާކިންގެ ސިއްރުވެރި ގޮތެއް ހުރިކަން ފާހަގަ ކުރެވުނެވެ. އައިނާ ވަނީ ކުރިން ކުއްޖަކާއި ރައްޓެހިވެ ރުޅިވެފައެވެ. އެހެންކަމުން އޭނައަށް ފިރެހެނުންނަށް އިތުބާރުކުރަން އުނދަގުލެވެ. ނަމަވެސް އައިނާއަށް ފުރަތަމަ ނަޒަރުން ރާކިންދެކެ ލޯބި ވެވިއްޖެއެވެ. ކޮންމެއަކަސް އެރޭވެގެން ދިޔައީ މައިރީންއާއި ޔާދިންގެ ނަން ލޯބިވެރިންގެ ލިސްޓައް އަރުވައި އައިނާގެ ހިތައް ލޯބީގެ އިހްސާސް ސިއްރުވެރި ޒުވާނަކާއި މެދު އުފެއްދި ރެއަކަށެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔައީ އުފަލާއި މަޖަލުގައެވެ. ކަރީމްގެ އަންހެނުން އޭނާގެ ގާތުން ވަރިވިއެވެ. އަދި މައިރީންގެ ބަޔާން ނެގުމަށްފަހު ކަރީމް ޖަލަށްލާން ހުކުމް ކުރެވުނީ އޭނާ ކުރިން ބެހުނު ކުއްޖެއްގެ ހެކި ބަހާއެކުއެވެ. އެހެންކަމުން ކަރީމްއަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރެވިފައެވެ. މައިރީންއާއި ޔާދިން ދިޔައީ ލޯބީގެ އެތަށް މަލެއް ފޮޅުވައި ވައުދުތަކާއި އަހުދުތަކެއް ވަމުންނެވެ. ރާކިން، އައިނާ ގާތު ރައްޓެހިވާން އެހުމުން އައިނާ އާ ބަސް ބުންޏެވެ. ރީމާ އާއި ނާއިންގެ ލޯބި ދެގޮތެއްނުވެ އޮވެއެވެ. ނަމަވެސް ރީމާއަށް ދަނީ ބަދަލުތަކެއް އަންނަމުންނެވެ. ކުރިން އޮންނަ ގާތްކަން ދުރުވަމުން ދިޔައީ ރީމާ މާލޭގައި ހުރުމުން ކަމަށް އެކުދިންނަށް ގަބޫލު ކުރެވުނެވެ. މައިރީން އާއި އައިނާގެ ޑިގްރީއަށް މާލެ ދާންޖެހޭ ދުވަސް ކައިރި ވާން ފެށިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ރަށުގެ ހުޅަނގޫ ފަރާތު ގޮނޑުދޮށަކީ ލޯބިވެރިން މާފޮޅުވަން އެވަގުތު އަންނަ ތަނެކެވެ. އެހެންކަމުން މައިރީން އާއި ޔާދިންގެ އިތުރުން އައިނާއާއި ރާކިން އެތަނަށް ދިޔައީ ލޯބިވެރިޔާއާއިއެކީ މާލެ ދިޔުމުގެ ކުރިން ވަގުތު ކޮޅެއް ހޭދަކޮށްލާށެވެ. ގުދުރަތީ ރީތި ކަމެއް ލިބިފައިވާ ގޮނޑުދޮށުގައި ހުދު ކަކުނިތައް ދިޔައީ އެކި ކޮޅުކޮޅަށް ދުވަމުންނެވެ. ހުދު ކިރުކޮޅެއްހައި ސާފު ދޮންވެލިގަނޑުގައި އިށީދެގެން މައިރީން އިނީ ޔާދިންގެ އަތުތެރޭގައެވެ.

ދެޒުވާނުންގެ ދޭތެރޭގައި ދެކެވެމުން ދިޔައީ މުސްތަޤްބަލަށް އެމީހުން ކުރާ އުންމީދުތަކުގެ ވާހކައެވެ. “ޔާދު ހާދަ ބޭނުމޭ ރީންއާއި މެރީ ކުރަން، އެކަމު ކީއްކުރާނީ މީ ކުޑަކުއްޖެއް ވިއްޔާ.. ” މައިރީންގެ ނޭފަތުގައި ހިފާލަމުން ސަމާސާ ރާގަކަށް ބުނެލިއެވެ. ” އަޅެ ރީން މީ ކުޑަކުއްޖެއް ނޫނޭ.. ޔާދު ކީއްކުރީމަތަ ގަބޫލުކުރާނީ؟؟؟ ” މައިރީން، ޔާދިންގެ އަތްފޮޅުވާލުމަށްފަހު ލޯއަޅާލިއެވެ. ” ވަން، ރީންގެ ކަޒިންތަކާއެކީ މިރެކިޔުލެސް އެންޑް އެހެން ކަހަލަ ކާރޓޫންތައް ބަލާ.. ޓޫ، ޔޫ އާރ ޓިކަލިޝް އެވްރީ ވެއާރ.. އެންޑް ޑޯންޓް ގެޓް މީ ސްޓާރޓެޑް އޮން ދި ޓައިމް އައި ޓްރައިޑް ޓު ކިސް ޔޫ ” ޔާދިން ހިނިއައިސް ހުރެ އެއް ބުމައަރުވާލީ މައިރީން ރަކިވެފަ ހުރުމުންނެވެ. ” ވަން މިރެކިޔުލެސް އިޒް އަ ޓީން މޫވި.. ކާރޓޫން، ވަޓްއެވަރ.. އެންޑަ ޔާދުވެސް އެނިމެ ބަލާ.. އެއީ ވެސް ކާރޓޫންއެއް އަދި ތީ ވިހި އަހަރުގެ ގްރޭންޑްޕާގަނޑެއް.. ފޯރ ޓޫ، ނޮޓް މައި ފޯލްޓް އައިމް ޓިކަލިޝް.. އެންޑް ތްރީ އައި ވޯންޓް ސްޓޮޕް ޔޫ އިފް ވީ ވާރ މެރިޑް ” މައިރީން އިސްޖަހާލައިގެން ހުރެ ބުނެލިއެވެ. ” ގްރޭންޑްޕާގަނޑެކޭ؟؟ ” ޔާދިން ބާރަށް އެހެން ބުނެލުމަށްފަހު މައިރީންގެ ބަނޑުގައި ކޮލިކޮށްޓަން ފެށިއެވެ. އެއާއެކު މައިރީންގެ ހުނުމުގެ އަޑު އެތާ ގުގުމާލިއެވެ. ” ޔަގީން ތަ މެރީ ކޮށްފިއްޔާ ނުހުއްޓުވާނެކަން.. ޔާދުއަށް ހީވަނީ ރީން ފާހަނާގަ ތަޅުލައިގެންހެން ހުންނާނީ ފަސްޓް ނައިޓްގަ ފިލަން..” ޔާދިން ލާނެތް ފާޑަކަށް ހޭންފެށިއެވެ. އެއާއިއެކު މައިރީންގެ ދެ ކޯތާފަތް ޓޮމާޓޯއެއްހައި ރަތްވިއެވެ. ” ޔޫ ޑާޓީ މައިންޑް ” މައިރީން ޔާދިން ގައިގައި މަޑުމަޑުން ޖެހުމަށް ފަހު ދުއްވައިގަތީ ޔާދިންގެ ފޯނު ހިފައިގެންނެވެ. ޔާދިންވެސް ހެމުން މައިރީން ފަހަތުން ދުއްވައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. RIFSHA

    Hey butterfly
    Mi part VX vrh reethi Masha Allah 💗❤️❤️kon irakun next part kiyaalan libeyni.cant wait for the next part…
    Curiously waiting for the next part butterfly…
    Love you so much butterfly 💗🦋

    1. Butterflyyyyy
      RIFSHA

      Heyyy Rifoo
      Awwnnn Thankyou so much…❤❤❤
      Next part mirey submit kohlan miulheney
      Insha allah maadhan kiyaalan libeyne iraadhakurehviyya..
      Love you more rifoo darlll❤❤❤

  2. GIRL VEMPIRE

    HI Butterflyyyyy
    Maasha Allah mi part vx varah varah reethi. Mee alhugandu ge first comment dhw. Ekm mi Vaahaka varah varah reethi. Kuree episode thah vx. Eh dhuvahah
    vure aneh dhuvaheii improve vaakan faahaga kurevey. Alhey thiulheny reema and naain dhuru kuruvanthr? PLZZZ e dhekudhin dhuru nukurahcheyy. Keep going darl💞💞💞

    1. Butterflyyyyy
      GIRL VEMPIRE

      HIII GIRL VEMPIRE
      Thank you so muchhh… yes girl vepire ge first comment mi.. vrh happy vejje darling ah mi story reethikan enguneema..❤❤❤
      first story v ma vrh mistakes make kurevey eba but I’m trying to improve them😊
      Ahahaha lets see vaa goi dhw… Thankyou again❤❤❤
      Lysm❤

  3. Eekko

    Masha Allah..mi part ves varah varah reethi..yaadhu and reen ehaa loabin ulhefa dhurunukurahchey plsss..btw when is next part?

    1. Butterflyyyyy
      Eekko

      Thank you so much Eskko… vrh happy vejje Eekko ah mi part reethi kan enguneema❤
      Yaadhu men vrh cute eyy dhww.. ahhh balamaa dhen vaa goi.. next part submit kohlan miulheney.. insha allah maadhama kiyaalan libeyne admin approve kohfiyya.
      Lysm darl❤

Comments are closed.