Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ކުށަކީ ކޮބާ – 14

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
April 7, 2024 5 Mins Read
4 Comments

މައިރީން ޔާދިން ގައިގައި މަޑުމަޑުން ޖެހުމަށް ފަހު ދުއްވައިގަތީ ޔާދިންގެ ފޯނު ހިފައިގެންނެވެ. ޔާދިންވެސް ހެމުން މައިރީން ފަހަތުން ދުއްވައިގަތެވެ.

****14 ވަނަ ޕާޓް****

އައިނާ ދިޔައީ އޭނާގެ އުނގުގައި ބޯއަޅައިގެން އޮތް ރާކިންއާއި ވާހަކަ ދައްކަމުންނެވެ. ނަމަވެސް ރާކިންއަށް އައިނާ ކިޔާއެއްޗެއް އަޑުއިވޭހެން ހިޔެއް ނުވެއެވެ. އޭނަ އޮތީ އެހެން ދުނިޔެއަކަށް ގޮސް ގެއްލިފައެވެ. އައިނާ ދެފަހަރަކު އޭނައަށް ގޮވާލުމުންވެސް ރާކިންއަށް އަޑުއިވުނުކަމަކަށް ނުވިއެވެ. އެހެންކަމުން އައިނާ ހިތްހަމަނުޖެހި ހުރެ އެތަނުން ދާން ތެދުވިއެވެ. އައިނާ ތެދުވުމުން ރާކިންގެ ބޯ ވެލިގަނޑުގައި ޖެހުނެވެ. ” ވަޓް ދި ހެލް އިނާ ” ރާކިން ރުޅިއައިސް ހުރެ ބާރަށް ބުނެލިއެވެ. ” ޔޫ ނޯ ވަޓް އައިއަކަށް ހިޔެއް ނުވޭ މި ރިލޭޝަންޝިޕް ކޮންޓިނިޔު ކުރެވޭނެހެން.. ޔޫ ޑޯންޓް އީވެން ކެއާ އެބައުޓް މީ… ” އައިނާގެ އަޑު ކުރެހިގެން ދިޔައެވެ. ހިންދިރުވާލަމުން އޭނަ އުޅުނީ އެތަނުން ދާށެވެ. ” ނޯނޯ އައިމް ސޮރީ ވަރަށް ބޮޑަށް.. ދެން އެހެނެއް ނުވާނެ ޕްރޮމިސް.. އައި ލަވް ޔޫ އިނާ، ޑޯންޓް ލީވް މީ .. ” ރާކިން ދެރަވެ ހުރެ އާދޭސް ކުރަން ފެށިއެވެ. އައިނާއަށް ދާން ނުކެރުނީ ރާކިންގެ ގިސްލުމުގެ އަޑު އޭނައަށް އިވުނީމައެވެ.

އައިނާ ހުރިތާ އިސްޖަހައިގެން ހުންނަން ފެށުމުން ރަކިން، އައިނާ އޭނާގެ ގާތަށް ދަމާލުމަށްފަހު އެތަނަވަސްމޭގައި ފޮރުވާލިއެވެ. އެއާއެކު އައިނާގެ ހޫނު ކަރުނަތައް ރާކިން ލައިގެންހުރި ގަމީސް ތެންމަން ފެށިއެވެ. ރާކިން، އައިނާ އޭނާގެ އުގުގައި ބޭންދުމަށްފަހު އޭނަ މަސަލަސް ކުރަންފެށިއެވެ. އަދި ހިނގާލަން ދިޔުމަށް އެދުނެވެ. އައިނާ ވާހަކަ ނުދައްކައި ހުރުމުން ރާކިން ދިޔައީ އެކި ކަހަލަ މަޖާ ވާހަކަ ދައްކަމުންނެވެ. އަދި ކައިރީގައި ހުރި ފިނިފެންމާ ގަހަކުން ފިނިފެންމަލެއް ބިނުމަށްފަހު އައިނާއަށް ދިނެވެ. އައިނާ މަޑުމަޑުން އެމަލުގައި ނޭފަތް ޖައްސައި ވަސްބަލާލިއެވެ. އެއާއެކު އެ ކުޑަ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. ރާކިން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އަދި ސިއްރުވެރި ގޮތަކަށް ހީލިއެވެ. ކައިރީގައި ހުރި ގާނޑިޔަލަކުން އައިސްކްރީމް އައިނާއަށް ރާކިން ގަންދިނެވެ. އަދި ކުރިން ދެ ޒުވާނުން ތިބި ތަނަށް ގޮސް އިށީނެވެ. ” އައިމް ގޮނަ މިސް ޔޫ ސޯ މަޗް ” ރާކިން، އައިނާގެ ލޫޅާފަތި ހަށިގަނޑުގައި ބައްދާލަމުން ބުނެލިއެވެ. އައިނާ ހީލަމުން މީ ޓޫ އޭ ބުނެލިއެވެ. ދެ ލޯބިވެރިން ދެމެދު އަހުދުތަކަކާއި ވައުދުތަކެއް ވެވުނެވެ. ރާކިންގެ ބީހުންތައް އިތުރުވާން ފެށުމުން އައިނާ އޭނައާއި ދުރުވެލިއެވެ. އެއާއި އެކު ރާކިންގެ މޫނަށް ފޫހިކަމެއް ވެރިވިއެވެ. ” އިނާ ޕްލީޒް މިގޮތަށް އެކަނި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަހު ފަހަރު ކަންނޭގެ މީ..” އެހެން ބުނެ ރާކިން، އައިނާގެ މޫނުގައި ހިފައި ކައިރި ކޮށްލިއެވެ. ރާކިން ދެން ކޮށްލި ކަމަކުން އައިނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިރުކޮޅަކު އެކަމުގައި އޭނައަށް ބައިވެރިވެވުނެވެ. އެހެންނަމަވެސް ހަމަ ވިސްނުން ލިބުމުން އަވަހަށް ދުރުވެލިއެވެ.

” ރެކް މީ ރަނގަޅު ކަމެއް ނޫން.. އައި ބޭނުން ވަނީ މެރީ ކޮށްގެން.. ޕްލީޒް ލެޓް މީ ގޯ.. ” އައިނާ ރާކިންގެ އަތުތެރެއިން ނިކުންނަން ގަދަ ހަދަމުން ބުންޏެވެ. ނަސީބު ހުރީ އައިނާއަށް އެއްކޮޅަށްހެން ހީވިއެވެ. ރާކިންއަށް އަންނަ މުހިންމު ފޯނު ކޯލު އެވަގުތު އައެވެ. އެހެންކަމުން އައިނާ ދޫނުކުރާން ހުރެފައިވެސް ރާކިން އައިނާ ދޫކޮށްލިއެވެ. އައިނާ އަވަސް އަވަހަށް ރާކިންއާއި ދުރައްޖެހިލިއެވެ. އެވަގުތު ރާކިން ފޯނު ހިފައިގެން ދުރައް ހިގައިގަތެވެ. ރާކިންއަށް ނޭނގިގެން ފޯނު ސްޕީކަރަށް ލެވުނެވެ. ” އޭ ސްޓަފްކޮޅު.. ” އެހިސާބަށް ބުނުމާއެކު ތެޅިގަނެފައި ރާކިން ފޯނު ސްޕީކާރުން ކަނޑަލިއެވެ. އަދި އައިނާއާއި ދުރަށްގޮސް ފޯނުން ކޮންމެވެސް ވާހަކަ ތަކެއް ދެއްކިއެވެ. އައިނާ ހުރީ ފޯނުން ވާހަކަ ދެއްކި މީހަ ބުނި ބަހާއިމެދު ވިސްނާށެވެ. ރާކިން ފޯނުކަނޑާލުމަށްފަހު އައިސް އައިނާގެ ކޯތާފަތަށް ބޮސް ދިނެވެ. އެއަށްފަހު އިރުއޮއްސެނީ ކަމަށް ބުނެ ގެއަށްދިޔުމަށް އެދުނެވެ. އައިނާވެސް އެކަނިވެލަން ބޭނުންވެފައި ހުރުމުން އެއްބަސްވިއެވެ. ވަދާއުގެ ސަލާމް ކުރުމަށްފަހު ދެ ޒުވާނުން ވަކިވީ އެކަކުއަކެކަކަށް ވަފާތެރިކަމާއެކު ހުރުމަށް ވައުދުވަމުންނެވެ.

ރާކިންއަށް އައިނާ ގެއަށް ވަނުމުން ފުން ނޭވާއެއްލެވުނެވެ. އަދި މީހަކަށް ގުޅާލިއެވެ. ” ކިރިޔާއޭ ބަސްޓުނުވީ.. ކަލޭގެ ޓައިމިން ރަނގަޅު ކުރަން ވެއްޖެއެއްނުން؟؟ އަހަރެން ބޭނުންވާ ކަންތައް ނުވެ ބަސްޓު ވެއްޖެޔާ ކަލޭގެ ދުވަސްދިޔައީ ކަމަށް ބަލާ.. ” ރާކިން ރުޅިއައިސްފައި ހުރި ވަރުން އޭނާގެ ކަޅުކަންގަދަ ބުމަ އިރުކޮޅަކާ ކައިރިކޮށްލައެވެ. އެކޮޅުން އެއްޗެކޭ ބުނުމުން މިދަނީ އޭ ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އަދި އޭނަ ދާން ބޭނުންވާ މަންޒިލާއި ދިމާލަށް ދިޔުމަށްޓަކައި މިސްރާބުޖެހިއެވެ.

އޭރު މަޤްރިބް ނަމާދުގެ ބަންގީގެ އަޑަށް ކުޑަކުދިންތަށް އެކުދިންގެ މައިންބަފައިން ގެއަށް ވައްދަމުން ދިޔައެވެ. އެކި އުމުރުފުރާގެ މީހުން މިސްކިތަށް ޖަމާއަތުގައި ނަމާދު ކުރުމުގެ ގޮތުންދެއެވެ. ނަމަވެސް ރާކިންގެ މިސްރާބު ހުރީ މިސްކިތަކަށްށެއްނޫނެވެ. އޭނާގެ މިސްރާބުހުރީ ރަށުގައި މީހުން އާބާދު ނުވާ ދިމާލަށަވެ. އެތާ ބައިވަރު ހަދަންފަށާފައި ހުރި ގެތަށްހުރެއެވެ. އެތާ ފަސްވަރަކަށް ގެ ޖެހިގެހިގެން ހުއްޓެވެ. ރާކިންގެ މިސްރާބު ހުރީ އެންމެ ދުރުގައި ހުރި ގެއަށް ދިޔުމަށެވެ. އެވަގުތު އެގޭތެރެއިން މީހަކު އޭނައާއި ދިމާލަށް ހަނާ އަޅާލިއެވެ.

ސިމެންތި ޖަހާފައިވާ އެގެއަށް ވަދެ ރާކިން ދިޔައީ އެތާ ބާވެފައި ހުރި ސޯފާއަކާއި ދިމާލަށްށެވެ. ކުލަވެއްޓިފައި ހުރި ސޯފާ އެއްފަރާތް ކުރުމަށްޓަކައި ރާކިން އެތާ ހުރި މީހަކަށް އަމުރު ކުރިއެވެ. އެވަގުތު އެމީހަ ރާކިންއަށް އެ ސޯފާ އެއްފަރާތް ކޮށްދިނެވެ. ސޯފާ ބަހައްޓާފައި ހުރިތާ ތަޅުންގަނޑު އައިބު ކަމެއް ރަނގަޅަށް ބަލައިފި މީހަކަށް ފެންނާނެކަން ޔަގީނެވެ. ރާކިން ތަޅުމުގައި ފައިންޖަހާލުމުން ފިލާގައި ޖެހުމުން ކިޔާކަހަލަ އަޑެއްކިޔެވެ. އޭނަ ތިރީގައި އޮތް ސިމެންތިން ފުރިފައިވާ ފިލާގަނޑު އެއްފަރާތް ކޮށްލިއެވެ. އެއާއެކު އޭގެ ދަށުގައި ހުރި އެއްޗެހި ކަޝްފުވެގެން ދިޔައެވެ. އެތާ އެތެރޭގައި އޮތް ލަކުނޑި ފޮށި ރާކިންއާއި އޭނާއާއެކު ހުރި މީހަ ނެގިއެވެ. އެ ފޮށި ހުޅުވާލި ވަގުތު ފެނުނު ތަކެތިން ރާކިންގެ މޫނު މައްޗަށް ހިތްހަމަ ޖެހުމުގެ އަސަރު ވެރިވިގަތެވެ. އެހެންނަމަވެސް އެ އަސަރު ރުޅިވެރިކަމަށް ބަދަލުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ.

” މީތަ މިފަހަރު ލިބުނު އެތި ކޮޅަކީ؟ އަހަރުން އޭޗެހިންނަށް ހާހުން ހަރަދުކުރާއިރުވެސް މިލިބެނީ އެތިފުކެއް!! ” ރާކިން އޭނާގެ ކުރިމަތީ ހުރި ޕާޓޭ ފާޑު ޖަހާ ދެމީހުނާއި ދިމާލަށް ހަޅޭލަވައިގަތެވެ. އިސްޖެހިފައި ދެމީހުން ހުރި އިރު މިއިން ދުވަހަކު ވެސް ފެންވަރައިގެން ހުރި ފާޑެއް ނުޖަހައެވެ. ލައިގެން ހުރި ޖިންސް ހީވަނީ ދެންމެ ދެންމެއަކު އުނަގަނޑުން ސޮހި ދާނެހެންނެވެ. ލައިގެން ހުރި ޓީޝާޓް ދޫކަމުން ހީވަނީ ގޯންޏެއް ލާފައި ހުންނަހެންނެވެ. ބަލައިލާފައި ހީވަނީ ފަންސަވީސް އަހަރަށް ވުރެ ދޮއްޓެއް ނުވާނެހެންނެވެ. ” ކޮޕުން އަކިއްޓެއާއެކު ދިޔަ ގޮލާ ހިފީ ރެޑް ހޭންޑްކޮށް އެތިކޮޅާއެކީ.. ” ލިހާމް ބުންޏެވެ. ” ބަ* އެއްނުން.. ” ރާކިން ރުޅިއައިސްފައި ހުރި ވަރުން އޭނާގެ ކަތުރުކަށިގަނޑު ތުރުތުރުއަޅައިގެން ދިޔައެވެ. ” އަޖުވަދު ކަލޭ ތި ކޮޕަށް ރަނގަޅު ފިލާވަޅެއް ދޭތި.. ލިހާމު މަގޭ ލޯޔަރު ހަމަޖައްސާ.. އެގޮލާއަށް އަނގަ ހުޅުވިގެން ނުވާނެ ” ރާކިން ދެމީހުނަށް އަމުރު ކުރުމަށްފަހު އެފޮށިން ހުދު ކުލައިގެ ކުޑިތަކެއް ހުރި ޕެކެޓެއް ނަގައި ނޭފަތާއި އެ ކައިރި ކުރުމަށްފަހު ނޭފަތް ދަމާލިއެވެ. އެ އާއި އެކު އޭނަގެ ސިކުނޑިއަށް ހަމަޖެހުމެއް ލިބުނުހެން ހީވިއެވެ. އެގޮތަށް ދެތިންފަހަރު ކަންތައް ކުރުމަށްފަހު، ލިހާމް އާއި އަޖުވަދު ގާތު އޭނައާއި ބައިވެރި ވުމަށް ބުންޏެވެ. އެތާ މިހާރު ހަމަހޭގައި ހުރި އެކަކު ވެސް ހުރިހެން ހިޔެއްނުވެއެވެ.

***

އައު ދުވަހަކަށް އިރުއަރައިގެން އައީ އެކި މީހުންގެ ދިރިއުޅުމުގައި އެކި ކުލަޖައްސަމުންނެވެ. މައިރީން އާއި އައިނާ ހުރީ ރަށުގެ ބަނދަރުގައި ހުރި ބެންޗެއްގައި އިށީދެގެންނެވެ. އޭރު އެކުދިންގެ މައިންބަފައިންނާއި ތިމާގެ މީހުން ހިތްވަރުދޭން ތިއްބެވެ. އަލަށް މައިންބަފައިންނާއި ދުރަށް ދާން ޖެހުމުން ދެ ކުދިންގެ ހިތަށްވެސް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ހަމަ އެހެންމެ އެކުދިންގެ މައިންބަފައިންވެސް ހިތުގައި ހިނގަމުންދާ ހައިޖާނުގަނޑު ބޭރުނުކުރެވޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ. ހެނދުނުގެ ވަގުތު ކަމުން ރަށް ފެންނަނީ ވަރަށް ހަމަހިމޭންކޮށެވެ. ދޫނިސޫފާ ސޫފީގެ އަޑާއި ރާޅުޖަހާ ހިތްގައިމު އަޑު ދިޔައީ އިވެމުންނެވެ.

ލާންޗައަށް އަރާ ގަޑި ޖެހުމުން ކިތަންމެ ހިތްވަރު ކުރި ނަމަވެސް ޝިޔާމާ އާއި އަޔާނާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ދެލޮލުގެ ނޫރު ފަދައިން ބަލާބޮޑުކުރި ދަރިން އެމީހުންނާއި ދުރަށް، އެކުދިންނާ ގުޅުމެއް ނެތް ބަޔަކު ގާތަށް ފޮނުވަން ޖެހުމުން ވާނީވެސް އެހެނެއްނުންހެއްޔެވެ. ޝިޔާމާ ރޯންފެށުމުން މައިރީންއަށްވެސް ރޮވެން ފެށިއެވެ. އަދި އޭނަ ދާންބޭނުން ނުވާކަމަށް ބުނެ އާދޭސް ކުރަން ފެށިއެވެ. ރިޔާޒް އާއި މަޔާންގެ ހިތްވަރުގަދަ ބަސްތަކުން ދެމައިން ހަމަޖެހުނެވެ. އައިނާ އޭނާގެ ކޮށްކޮގެ ކުޑަ ހަށިގަނޑުގައި ވަރަށް ލޯބިން ބައްދާލައި މަންމަގެ ބަސްއަހައިގެން އުޅުމަށް ބުނެލިއެވެ.

ބަރު ހިތަކާއެކު މައިރީންއާއި އައިނާ އެމީހުންގެ ހުވަފެންތަށް ފުރިހަމަ ކުރުމަށްޓަކައި އަތޮޅުގެ ވެރި ރަށް ކަމަށްވާ މާލެ ދިޔުމަށްޓަކައި ލާންޗަށް މަޔާންއާއި އެކު އެރިއެވެ. އެވަގުތު މައިރީންއަށް މީހަކު ބަލާހެން ހީވެގެން ބަނދަރަށް ބަލާލިއެވެ. އެއާއެކު ހިތްގައިމު ގޮތަކަށް ރުކެއްގައި ލެގިލައިގެން ހުރި ޔާދިން އޭނައަށް ފެނުނެވެ. ދަނބު ކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި ޔާދިން ކިތަންމެ ވަރަކަށް ބެލި ނަމަވެސް ފޫހިނުވާހާވެއެވެ. ކަޅުކުލައިގެ ރޭބަން އައިނުން އޭނާގެ ރީތި ދެލޯ ފޮރުވާލާފައިވި ނަމަވެސް އޭނާގެ ތޫނު ނަޒަރު ހުރީ ފުރާނަ ފަދައިން ލޯބިވާ މައިރީންއަށް ހުއްޓިފައެވެ. މައިރީން އޭނައަށް ބަލައިލުމުން އޭނާގެ ހިތްގައިމު ހިނިތުންވުން ރައްދު ކޮށްލިއެވެ. މައިރީންގެ ކަރުނުން ފުރިފައިވާ ލޮލަށް ޔާދިން ފެނިގެން ދިޔައީ ވަރަށް ވެސް ފުސް ކޮށެވެ. އައިނާ، ރާކިން ފެނޭތޯ ހޯދައިލިއެވެ. ނަމަވެސް އޭނާގެ ހިލަމެއް ނުވުމުން ދެރަވެ ހުރެ އޭނާ އިށީނަން ހަމަޖެހިފައިވާ ސީޓްގައި އިށިނެވެ. ރޭގައި ގުޅުމުންވެސް ރާކިން ފޯނެއް ނުނަގައެވެ.

ލާންޗް ދުއްވާލުމުން މައިރީން އަވަސް އަވަހަށް އޭނާގެ މައިންބަފައިންނަށް ބަލައިލިއެވެ. އަދި ޔާދިންއަށް ބަލައިލި ފަހު ހެވުނީ ޔާދިން އަމިއްލައަށް އޭނާގެ ކޮލުގައި ހިފުމަށްފަހު ދެފަރާތަށް ދަމާލީމައެވެ. މައިރީން ހޭތަން ފެނުމުން ޔާދިން އޭނާގެ ތުންފަތުގައި އިނގިލިތަށް ޖެއްސުމަށްފަހު މައިރީންއާއި ދިމާލަށް ހަނައަޅާލިއެވެ. ޔާދިންގެ މިއަމަލުން މައިރީންގެ ދެކޯތާފަތް ރަތްވިއެވެ. އަދި އެއްޗެއް ހިފާގޮތަށް އަތް ހަރަކާތް ކޮށްލުމަށްފަހު އަމިއްލަ ތުންފަތުގައި އަތް ޖައްސާލިއެވެ. މައިރީންގެ މިއަމަލުން ޔާދިންއަށްހެވުނެވެ. އެކަކު އަނެކަކާ ދުރަށް ދާންޖެހުމުން ދެހިތްވެސް ދިޔައީ ލޭކަރުނަ އަޅައި ރޮމުންނެވެ. ނަމަވެސް ދެމީހުން ބެލީ އެކަން ނުދައްކާ އެކަކު އަނެކަކު ހެއްވާލެވޭތޯއެވެ.

ލާންޗް އޭގެ ބާރު ދުވެލީގައި ލޮނުގަނޑު ކަފަމުން ދިޔައީ އޭގެ މަންޒިލަށް ވާސިލްވުމަށްށެވެ. އުޑުގައި ވިލާ ރޮއްޖެއް ނުވާއިރު މޫދުގައި ހީވަނީ ނޫކުލައިގެ ސަތަރި ގަނޑެއް އަޅާފައި އޮތްހެނެވެ. ސާޅީސްފަސް މިނެޓުގެ ދަތުރަކަށްފަހު މާލޭގެ ހަލަބޮލި މާހައުލު ފެނިގެން ދިޔައެވެ. އެއާއިއެކު މައިރީންގެ މޫނުމަތިން ފޫހިކަން ފެނިގެން ދިޔައެވެ. މަޔާންގެ އެހީއާއިއެކު ދެކުދިން ލާންޗްއިން ފޭބިއެވެ. މަޔާންގެ އެކުވެރިއެއް އެކުދިން ބަލައި ކާރުގައި އައިސްފައި ހުރުމުން އަވަހަށް ކާރަށް އެރިއެވެ. ” މައި، ރީމެން ގެއަށް ދާންވާނެދޯ ސަޕްރައިޒް ކޮށްލަން.. ” އައިނާ ފޯރިއާއެކު ބުނެލިއެވެ. މައިރީން އާއެކޭ ބުނުމަށްފަހު ކާރުގެ ސީޓްގައި ބޯޖައްސާލިއެވެ. އެވަގުތު މަޔާން ކާރުގެ ދޮރުހުޅުވުމަށްފަހު ކާރުގެ ކުރީ ސީޓްއަށް އެރުމަށްފަހު އިށީނެވެ. އަދި އެކުވެރިޔާއާއި ސަލާމް ކޮށްލުމަށްފަހު ހާލުއަހުވާލު އޮޅުންފިލުވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އެގާރަ ވަނަ ބައި)

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ބާރަވަނަ ބައި)

Next
April 7, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ބާރަވަނަ ބައި)

Previews
April 4, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އެގާރަ ވަނަ ބައި)

4 Comments!

  1. RIFSHA says:
    April 7, 2024 at 2:19 pm

    Hi butterfly 🦋
    Mi part vx varah reethi Masha Allah 💗
    Whattt???e raakin e ulheni aina ah bondi eh dheyn dho.hey butterfly pls pls aina ah dhera eh nudhehche
    Kon irakun next part kiyaalan libeyni
    Curiously waiting for the next part
    Love you butterfly 🦋 ❣️

    1. Maash Butterflyyyyy says:
      April 9, 2024 at 5:32 pm

      Heyy Rifoo
      Awwn Thankyouu rh ufaa veje mi part rifoo ah reethi v kan enguneyma😊
      Raakin kuraa kameh balama hinga dhw..
      Next part mihaaru up vefa eyny..
      Love you more darlingg❤❤
      💜🦋

  2. Eekko says:
    April 8, 2024 at 4:23 pm

    Wow mi part ves vrh reethi..Alhey i feel bad for aina😭…Yaadhu and reen is my favourite couple..haadha cute ey dhekudhin..when is next part?..curiously waiting ingeyy..love you my favourite author❤

    1. Maash Butterflyyyyy says:
      April 9, 2024 at 5:36 pm

      Awwnn Thankyou Eekko.. I feel bad for Aina too darll😭😭.. Ahaha yess Yaadhu and Mai vrh cute dhw 🥰🥰.. Next part up vefa iney.. Awwn that made my day.. love you moree darlingg❤❤
      💜🦋

Comments are closed.

Next Episodeކުށަކީ ކޮބާ – 15←


All Right Reserved!