ކުށަކީ ކޮބާ – 19
މަޑުމަޑުން ޝާއިލް ކުރާކަންތަށް ބަލައިލަން ކޮންޕިޔުޓަރާއި ދިމާލަށް ބޯ އަރި ކޮށްލިއެވެ. އެއާއިއެކު އޭނަގެ ބޮލުން ތަރި ބުރައިގެން ދިޔަހެން ހީވިއެވެ.
***ޕާޓް 19***
ކޮންޕިޔުޓަރުގެ ކަޅު ކުލައިގެ ސްކްރީން ފުރިފައިވަނީ އެކި ވައްތަރުގެ އަކުރުތަކާއި ނަންބަރުތަކާއި ކުލަތަކުންނެވެ. މައިރީންއަށް އެ ބަލަން ހަދައިގެން ބޮލަށް އެނބުރުންއަރާހެން ހީވިއެވެ. ޝާއިލް މައިރީންގެ މަސައްކަތް އޮތީ ކިހާ ހިސާބަކުތޯ ބަލަން އޭނައާއި ދިމާލަށް އެބުރިލި ވަގުތު މައިރީން ހުރި ގޮތުން ހިނިއައެވެ. ދެބުމަ ގޮށް ޖެހިފައިވާއިރު އަނގައަށް ހަދައިގެން ހުރިގޮތުން ހީވަނީ ހުތް އެއްޗެއް ކައިގެން ހުރިހެންނެވެ. ” އަދިވެސް އެހެން މީހުން ކުރާ ކަންތައް ބަލަން އުޅޭތި ” ޝާއިލް ބޯހޫރުވާލަމުން ބުނެލިއެވެ. އަދި މައިރީން ހަދައިފައިވާ ފިލާވަޅު ރަނގަޅުތޯ ބަލަން އުޅުނެވެ. ” ކީއްކުރަނީ ތި؟ ” މައިރީން އަހައިލިއެވެ. ” މިތަން ރަނގަޅުތޯ ބަލަނީއެއްނުން؟؟ ” ޝާއިލް ބުނެލިއެވެ. ” ޝައިލްގެ ކޮމްޕް އިން މި ބުނީ.. ” މައިރީން އަނެއްކާވެސް ޝާއިލްގެ ކޮމްޕިޔުޓާރއަށް ބަލައިލަމުން އަހައިލިއެވެ. އެވަގުތު ލެކްޗަރާރ ކިލާހަށްވަނެވެ. އަދި ފިލާވަޅު ހެދި ކުދިން ބްރޭކަށް ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ބުނެލިއެވެ.
ހުދުކުލަ ފާރުތަކުގައި ލެވިފައިވާއިރު މޭޒުތަކަށް ބޭނުން ކުރެވިފައިވަނީ ކަނޑު ނޫކުލައެވެ. ކުލާހުގައި ހުރި މޭޒުތައް ހުރީ ‘ޓްރެޕީޒިޔަމް ‘ ބައްޓަމަށްށެވެ. ހުދުކުލައިގެ ބޯޑެއް ފާރުގައި ހަރުކުރެވިފައިވާއިރު ދެފަރާތުގައި ދެ ޓީވީ ހުއްޓެވެ.
ޝާއިލް އިނީ މައިރީންގެ ފަރާތުން ސަލާމާތް ވާނެ ފުރުސަތަކަށް ބަލަބަލައެވެ. އަވަހަށް ކޮމްޕިޔުޓާރއަށް ކޮންމެވެސް ގޮތެއް ހަދައި އެ ނިއްވާލިއެވެ. އަދި އޭނާގެ ދަބަސް ހިފައިގެން ނިކުތެވެ. މައިރީންވެސް އަވަހަށް ނިކުތެވެ. އޭރު ޝާއިލްގެ ޖެހިތާ ލަކުނުވެސް ނެތެވެ. މައިރީން އަނގައަށް ގޮތެއް ހަދާލަމުން އައިނާއަށް ގުޅައިލިއެވެ. އެހެން ކޯލެއްގައި އިނުމުން ޕިސްޕިސް ކިޔާލާފައި އައިނާ ފެނޭތޯ ހޯދަން ފެށިއެވެ.
މައިރީން އެކި ތަންތަން ބަލަމުން ދަނިކޮށް ބެލްކަންޏެއްގައި ފޯނު ކަންފަތަށް ޖަހާގެން ހުރި އައިނާ ފެނުނެވެ. ” ޕޮއް!!” ކިޔާފައި މައިރީން އައިނާގެ ގައިގައި އެލިގަތެވެ. ސިހުނު ވަރުން އައިނާ ހަޅޭލަވައިގަތެވެ. ” ހަލޯ ހަލޯ އިނާ ބޭބީ އާރ ޔޫ އޯކޭ؟؟ ” އައިނާގެ ހަޅޭކުގެ އަޑު ކުއްލިއަކަށް އިވުމުން ރާކިން ހާސްވިއެވެ. ރާކިންގެ އަޑު އިވުމުން މައިރީން ހޭން ފެށިއެވެ. ” ޔެސް ބޭބީ، މައިގެ ފޯނަށް ޖަވާބު ނުދިނީމަ ލަނޑެއް ލިބުނިއްޔޭ… ” މައިރީން އަޑުބަދަލު ކޮށްލަމުން ހެމުން ބުނެލިއެވެ. އޭރު އައިނާ ލޯއަޅާލައިފައި ފޯނު ކަންފަތުގައި ޖެހުމަށްފަހު ސޮރީ އޭ ބުނެލިއެވެ. ރާކިން އެއްވެސް ކަމެއް ނޫނޭ ބުނުމަށްފަހު ލޯބިވާކަމަށް ބުންޏެވެ. މައިރީން އުދަނގޫ ކުރަން ފެށުމުން ކޯލު ކުރުކޮށްލުމަށްފަހު ކެންޓީންއަށް ދާން މިސްރާބު ޖެހިއެވެ. މައިރީން ޕިއްޒާ ދެފޮއްޗާއި ކޭކް ފޮއްޗެއް ނެގިއިރު އައިނާ ނެގީ ރޮށްޓާއި މަސްހުންޏެވެ. ދެ ކުދިންވެސް ބުއިމަކަށް ނެގީ ހޮޓް ޗޮކްލެޓްއެވެ.
ހުސް މޭޒެއް ހޯދަން ނަޒަރު ހިންގާލިއިރު އައިނާއަށް ލައިތް އެކެނި ލެޕްޓޮޕްއެއް ހިފައިގެންއިން ކުއްޖަކަށް އުނދަގޫ ކުރާތަން ފެނުނެވެ. މައިރީންއަށް އެތަން ދެއްކުމުން އޭނަ އަވަހަށް އެތަނަށް ދާން ހިނގައި ގަތީ އެއީ ޝާއިލްއަށް ވީމައެވެ. ” ލައިތް ކޮން ސަކަރާތެއް ތި ޖަހަނީ؟؟ އޭނައަށް އުނދަގޫ ނުކުރޭ!! ” މައިރީން ލައިތް ކައިރިއަށް ގޮސް ބުނެލިއެވެ. ލައިތް އެއްޗެކޭ ބުނަން އުޅުން ވަގުތު ޒާކިން އައިސް އޭނަ ދަމާފަ ގެންގޮސްފިއެވެ. ” އޯކޭތަ މިތާ އިށީނަސް؟ ” މައިރީން ޝާއިލް ކުރެ އަހާލިއެވެ. ” މީ އަހަރެންގެ ތަނެއް ނޫން.. އެހެންވީމަ އެހުމުގެ ބޭނުމަކީ ކޮބާ؟ ” ޝާއިލް ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. އައިނާ ހުރީ މައިރީން މި ނުދަންނަ ކުއްޖާޔާ އެހާ ގާތްކޮށް ވާހަކަ ދައްކާތީ ހައިރާންވެފްއެވެ. އެހެން ނޫނީ މައިރީންއަކީ އޭނައާއި ނުބެހޭ ކަންކަމާ ބެހޭ ކުއްޖެއްވެސް ނޫނެވެ.
” ހޭއި އައި އިށީންދެބަ.. މީ ޝައިލް.. މައި ގެ ކްލާސް ކުއްޖެއް.. ޝައިލް މީ އައިނާ.. މައިގެ ބެސްޓީ.. ” މައިރީން ދެމީހުން ދެމީހުނަށް ތައާރަފް ކޮށްދިނެވެ. ޝާއިލް އިނީ ހައިރާންވެފައެވެ. އެހާ ފަރުވާ ކުޑަކޮށް ވާހަކަ ދެއްކި ނަމަވެސް މި އަންހެންކުއްޖާ ދާކަށް ނޫޅުނެވެ. ” މަގޭ ނަމަކީ ޝާއިލް.. ޝައިލް އެއްނޫން.. ” މައިރީން އާއި ދިމާލަށް ލޯއަޅާލަމުން ޝާއިލް ބުންޏެވެ. މައިރީން އޯކޭ އޭ ބުނެފައި އޭނަ ގެނައި އެއްޗެހި ކާންފެށިއެވެ. އިރުއިރު ކޮޅަކާ ޝާއިލްގެ ލެޕްޓޮޕަށް ބަލާތީ އޭނަ މައިރީންއަށް ލެޕްޓޮޕް ނުފެންނާނެހެން ހެދިއެވެ. ބްރޭކް ގަޑި ހަމަވުމުން ތިން ކުދިން ކްލާހަށް ދާން މިސްރާބު ޖެހިއެވެ. ކްލާސްތަށް ނިމުންއިރު މައިރީންއާއި ޝާއިލްގެ ދެމެދުގައި ކުޑަ އެކުވެރިކަމެއް އުފެދުނެވެ. އެއީ މައިރީން ހީކުރި ގޮތެވެ. ހަގީގަތުގައި ޝާއިލްއަށް މައިރީން ވެފައި ވަނީ ނުފިލާވަރުގެ ބޮލުރިހުމަކަށްށެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. މާލޭގެ މަގުމަތިތައް ފެންނަމުންދަނީ އެހެންޏާވެސް ފެންނަހެން ބާރުބޮޑުކޮށްށެވެ. ކާރާއި ސައިކަލުގެގެ އިތުރުން އެކި ވައްތަރުތަކުގެ އުޅަދުތަކުން މަގުތައްވަނީ ފުރިފައެވެ. މައިރީން އާއި އައިނާ އާދައިގެ މަތިން ރީމާ އާއި ބައްދަލު ކުރަން ދިޔައެވެ. ނަމަވެސް މިއަދު އެކުދިން އެދަނީ އައު ރަހްމަތްތެރިއެއް ގޮވައިގެންނެވެ.
ކޮޓަރީގެ ދޮރުހުޅުވުމާއިއެކު ރީމާއަށް ދޮރާއި ދިމާލަށް ބަލައިލެވުނެވެ. އޭނާގެ އެކުވެރިން ފެނުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އޭނާގެ މޫނަށް ސިހުމުގެ ކުލަވަރު އަރައިގެން ދިޔައި ދޮރުން އެތެރެއަށް ވަން ނާއިންގެ ސޫރަ ފެނިފައެވެ. އެއާއެކު އޭނާގެ ބޮޑުދެލޯ ހިނދުކޮޅެއްގެ ތެރޭ ކަރުނުން ފުރިގެން ދިޔައެވެ. ރީމާ ފެނުމުން ނާއިންގެ ހިތަށް ދިލަ ތަދެއް އިހްސާސްވެގެން ދިޔައެވެ. ރީމާގެ ކަރުނުން ފުރިފައިވާ ދެލޯ ފެނުމުން މަޑުމަޑުން އައިސް ރީމާގެ ކައިރީ ހުއްޓުނެވެ. އަދި އެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ވެއްޓެންދިޔަ ކަރުނަތައް ފޮރުވުމަށްޓަކައި ރީމާ އޭނާގެ މޫނު އަނބުރާލިއެވެ. އެއާއެކު ނާއިން ރީމާގެ ދަތްދޮޅީގައި ހިފައި އޭނަ އާއި ދިމާލަށް މޫނު އަބުރާލިއެވެ. އެއަށްފަހު އޯގާތެރިކަމާއެކު ރީމާގެ ކަރުނަތައް ފޮހެލަދިނެވެ. އަދި އޭނާގެ ކޯތާފަތަށް ބޮސްދިނެވެ. މައިރީން އާއި އައިނާ ހިނގައިގަތީ ދެލޯބިވެރިންނަށް ވަގުތުކޮޅެއް ދިނުމަށްޓަކާއެވެ. އެކުދިންނާއި އެކު ހުރި ނަރުސް ކުއްޖާވެސް އަވަސްކޮށްލާފަ ދިޔައީ ރީމާއާއި ނާއިންއަށް ވަގުތު ދޭންހެން ހީވެއެވެ.
ރީމާ ބާއްވާފައި އޮތް ޕްރައިވެޓް ރޫމްއިން އިވިގެން ދަނީ މަޑު ގިސްލުމުގެ އަޑެވެ. ނާއިންގެ އަތުތެރޭ އޮވެ ރޮމުން ދިޔަ ރީމާ ފެނި އޭނާ ހިތަށް އިންތިހާއަށް އަސަރު ކުރިއެވެ. އެހެންނަމަވެސް ރީމާ ހުއްޓުވަން ބޭނުން ނުވީ އޭނައަށް ހިތްފުރޭވަރަށް ރޯލުމުގެ ފުރުސަތު ދޭށެވެ. ރީމާގެ ރުއިން ހުއްޓުމުން ނާއިން އެ ދެލޯ ފޮހެލިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ރީމާގެ މޫނު ވަނީ ރަތް ފިނިފެންމަލެއް ފަދައިން ރަތް ވެފައެވެ. ” ޝޫޝް.. ހުއްޓާލާދެން.. އަހަރެންގެ މޮޔަކަމުން މި ގޮތްދޫ ނުކުރާ ކުއްޖާގެ ބަސްއަހައިގެން އަވަހަށް ނައިސް ހުރެވުނީ.. ދެން އެހެނެއް ނުވާނެ.. އިރާދަ ކުރެއްވިއްޔާ ލަވް ރަނގަޅުވަންދެން ހުންނާނީ ކައިރީގަ.. ” ރީމާ މަޢާފަށް އެދެން ފެށުމުން ނާއިން ބުންޏެވެ.
މައިރީން އާއި އައިނާ ހުރީ ނާއިން ފެނުމުން ރީމާއަށް ވީ ގޮތުން ހާސްވެފައެވެ. ނަމަވެސް ނާއިންއަށް އިތުބާރުކުރީ އޭނަ ރީމާއަށް ދެރަގޮތެއް ނުހަދާނެކަން ޔަގީން ވާތީއެވެ. ” ރީ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅުވާނެ ” މައިރީން އައިނާ ކަމަކާ ވިސްނަން އިންހެން ހީވެގެން ބުނެލިއެވެ. އައިނާ މައިރީން އާއި ދިމާލަށް ބަލައިލަމުން އިންޝާﷲ އޭ ބުނެލިއެވެ. އެއާއެކު ދެން ދެކެވުނީ މިއަދު ކޮލެޖްގައި ކުރި ކަންތަކުގެ ވާހަކައެވެ. ދެ ކުދިން ވާހަކަ ދައްކަން ހުއްޓައި މައިރީންގެ ލޯ މަތީ މީހަކު އަތް އެޅިއެވެ. ” ނާއިބެގަނޑާ ވަޓްސް ރޯންގް ވިތް ޔޫ.. ރީ އާއި އެކީ ޓައިމް ސްޕެންޑް ކުރަން ދޭބަލަ.. އަތް ނަގާ ނޫނީ… ” މައިރީން ދެބުމަ ގޮށްޖަހައިގެން ހުރެ ބުނެލިއެވެ. ” ނޫނީ؟؟ ” މައިރީންގެ ލޯމަތީ އަތްއަޅައިގެން ހުރި މީހާ އަހައިލިއެވެ. އައިނާގެ ލާނެއް ހުނުމުގެ އަޑު އޭރު އޭނަގެ ކައިރިން އިވެމުން ދިޔައެވެ. އެމީހާގެ އަޑު ކަންފަތުގައި ޖެހުމާއިއެކު މައިރީންގެ އަތް ގަޑުފެންފޮދެއްހައި ފިނިވެގެން ދިޔައެވެ. ތުންފަތުފައި ދަތްއަޅައިގެންހުރެ މަޑުމަޑުން އެއަތް ދުރުކޮށްލިއެވެ. އެއާއެކު ޔާދިން ލާނެތް ހިނިތުންވުމަކާއިއެކު މައިރީންގެ މޫނާއި ހަމައަށް ތިރިވެލިއެވެ. އަނެއްކާވެސް ކުރިން ކުރި ސުވާލު ތަކުރާރުކޮށްލިއެވެ. ޔާދިން އޭނާގެ ގާތުގައި ހުރުމުން މައިރީންގެ ހިތް އުފަލުން ފުންމައިގަންފަދައެވެ. ޔާދިންގެ ކޮނޑުގައި ދެއަތް އަޅުވައިލަމުން ބައްދާލިއެވެ. އެއާއިއެކު ޔާދިންގެ ހިތްގައިމު ހުނުމުގެ އަޑު އެތާ ފެތުރިލިއެވެ.
މަންޒަރު ބަލަން ހުރި އައިނާ، އޭނާގެ ދެއެކުވެރިންގެ ނަސީބާއިމެދު އުފާ ކުރާ ހިނދު މައިރީންއަށްށާއި ޔާދިންއަށް ވަގުތުދެމުން އެތަނުން ދުރަށް ހިނގައިގަތެވެ. އައިނާ ހޮސްޕިޓަލުގައި ހުރި ބަގީޗާއަށް ވަނުމަށްފަހު ބެންޗެއްގައި އިށީންދެލިއެވެ. އެއަށްފަހު އޭނާގެ ފޯނުނަގައި ރާކިންއަށް ގުޅައިލިއެވެ. މިފަހަކަށް އައިސް ރާކިން އޭނާއަށް ވަރަށް އަޅައިލައެވެ. އޭނަ ދާތަންތަނާއި ކުރާ ކަންކަން ބަލައިހަދައެވެ. އަދި ކިޔަވުމަށް ނުހަނު ހިތްވަރުދެއެވެ. އައިނާ ހުންނަނީ ރާކިންގެ މިބަދަލުން އުފާވެފައެވެ. މިހާރު އޭނަ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާކިން އާއި ކައިވެނި ކޮށްގެން އުފާވެރި ދިރިއުޅުމެއް ބިނާ ކުރާ ދުވަހެވެ. ތިންވަނަ ރިންގާއިއެކު ރާކިން ފޯނުނެގިއެވެ. ” ހޭ ބޭބީ.. ކިހިނެތްތަ؟ ” ފޯނު ނެގުމާއިއެކު ރާކިން އަހައިލިއެވެ. އައިނާ ރަނގަޅު ކަމަށް ބުނެ ރާކިންގެ ހާލުއަހުވާލު ބެލިއެވެ. އަދި އެއަށްފަހު ރާކިން ކުރާ ކަމެއް ބަލައިލިއެވެ.
ރާކިން އިނީ އޭނާގެ ކޮޓަރިތެރޭ އެކި ކަހަލަ އިލެކްޓްރޯނިކް އެއްޗެހި ނަގައިގެންނެވެ. ކުދިކުދި ކެމެރާތަކާއި އެކި ވައްތަރުގެ ގެޖެޓްސްތަކެވެ. އެ ކޮޓަރި ހީވަނީ ކުޑަވަރެއްގެ ކޮންޓްރޯލް ރޫމްއެއްހެންނެވެ. ރާކިން ދިޔައީ ފަރިތަ ކަމާއިއެކީ ކޮންޕިޔުޓަރުގެ ކީބޯރޑްއާއި ކުޅެމުންނެވެ. ” ވީޑިއޯ ގޭމް ކުޅެނީ މި ” އައިނާ ކުރި ސުވާލަށް ރާކިން ޖަވާބުދިނެވެ. އެއާއިކު އައިނާ ޕިސްޕިސް ކިޔާލިއެވެ. ރާކިން ހިނިގަނޑެޖަހާލަމުން އައިނާ ގާތު ކީއްކޮށްލަނީތޯ އަހައިލިއެވެ. އައިނާ ރީމާގެ ގާތަށް ހޮސްޕިޓަލަށް އައި ވާހަކަ ބުނުމުން ރީމާއަށް އަވަސް ޝިފާއަކަށް ދުއާކުރަމުން ރާކިންއަށް ކޯލު ކަނޑާލަންޖެހުނީ މީހަކު އޭނައަށް ގުޅަން ފެށުމުންނެވެ. ” އެމީހުންގެ މޫވް ވަރަށް އަވަހަށް މޭކް ކުރާނެހެން ހީވަނީ.. އެމީހުންގެ ޓާރގެޓް އުޅެމުން ދަނީ އެމީހުންގެ ބޮސްގެ ގޭގައި.. ސާރ މޭކް ޝުއާ ޔޫ ގިވް ދި ޕްރޮޓެކްޝާން ޝީ ނީޑްސް.. ” ރާކިން އެކޮޅުން ވާހަކަ ދެއްކި މީހާއާއި ދިމާލަށް ބުނެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Your story is absolutely incredible! I’m just speechless. Your talent shines through every word!! Masha Allah.. Keep up the fantastic work <3
Looking forward to read a new episode <3
Thankyou so much Lily for your incredibly kind words! I’m truly touched by your heartfelt comment♥.. Your support means a lot to me.. Stay tuned for the coming episode on Sunday and my first ever short story♥
Lyssm dear
🦋💜
Masha Allah varah reeethi vhk eh ❤️waiting for the next one 🕊️🤍
Thankyou Amnaerrrrr❤ next part sunday insha allah❤❤
Lysm
💜🦋
Hi butterfly 🦋
Kurin part thakah comment nu kohlevunyma varah bodah sorry ingey.term test ga buxy kamun comment nu kohlevuny ingey…
Alhe mi raakin mee moya vegen ulhey meehei tha???and that shaail vx.maireen ehen ulheni koh shaail ah maireen dheke loabi veveyni kanneynge…
Btw story varah awesome…kon irakun next episode kiyaalan libeyni… curiously waiting for the next episode…
Love you butterfly<3
Hey Riffoo
Ahaha sorry bunaa varu kame noony dear.. I understand luv.. term test ragalhuvaaney kamah ummeedhu kuran❤
Raakin ulheny kihineh vegen thw balama hinga dhw?? Shaail ah vaagoi balama😂😂
Thankyouu.. next part coming sundayga stay tuned❤❤
Love you more dear💜🦋