Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޒަޚަމް 8

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 16, 2020 5 Mins Read
5 Comments

ހެނދުނު ހޭލައިގެން ކައިރާ ބަދިގެއަށް ދިޔައިރު މަންމަ އުޅޭތަން ފެނި ކައިރާއަށް ކުޑަވަރެއްގެ ޝޮކެއް ޖެހުނެވެ. އުނދުން މަތީ ތަވައެއް އުދާފައި ބިސްގަނޑު އަޅަން ހުރީ ތައްޔާރުކޮށްފައެވެ. ކައިރާ ފެނުމުން ލީޒާ ހިނިތުންވެފައި ސައިބޯން އަންނަން އެދުނެވެ. ކައިރާއަށް ހީވީ ހުވަފެނެއްްގެ ތެެރޭގައި އޭނާއަށް އުޅެވޭހެންނެވެ. ދެތިން ފަހަރު އަމިއްލަ އަތުގައި ޖަހައިލިއެވެ.

އެހެން ކުދިން ފަދައިން މަންމައާއެކު ސައި ބުއިމުގެ ފުރުސަތު އެތައް ދުވަހެއް ފަހުން ކައިރާއަށް ލިބުނެވެ. އޭނާގެ ހަޔާތާއި ބެހޭ ގޮތުން ސުވާލުކޮށް ސްކޫލް ކަންތައްތައް އޮޅުން ފިލުވިއެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ކައިރާ މަންމައާ ޙިއްސާ ކުރިއެވެ. “މަންމަވެސް ބޭނުން ކައިރާ ގާތު ވާހަކައެއް ބުނަން. ކެރާ ތިއީ މިހާރު ބޮޑުވެފަ ހުރި ކުއްޖެއް. އަމިއްލައަށް ކަންތައް ކުރަން އެނގޭ ވަރަށް ބަސްއަހާ ދަރިއެއް. މަންމައާ ނުލައިވެސް ކެރާއަށް އުޅެވޭނެކަން މަންމައަށް އިނގޭ. މި ބުނަން އުޅެނީ މަންމަ މިއުޅެނީ މީހަކާ އިންނަންށޭ” ކައިރާގެ ހިނިތުންވުން މަޑު މަޑުން ފޭދިގެން ދިޔައެވެ. އަތުގައި އިން ޖޯޑު މަޑު މަޑުން މޭޒު މަތީގައި ބޭންދިއެވެ. މަންމަ އެހާ ވަރަކުން ނާސްތާ ހަދައިދީ އެކުގައި ނާސްތާ އެކުރީ އެ ވާހަކަ ބުންނަކަން ވިސްނުމާއެކު ހިތުގައި ޖެހުނެވެ. މަންމަ އޭނާދެކެ ލޯބިވާކަން ހާމަކުރަނީ ކަމެއް ބޭނުންވީމައިކަން މިއަދު އޭނާއަށް ވިސްނިއްްޖެއެވެ. “މަންމަ މިގޮތަށް އަހަންނަން ކަންތައް ނުކޮށްދީވެސް ތި ވާހަކަ ބުނެވުނީސް. ޓު ބީ އޮނަސްޓް އައި ޑޯންޓް ކެއާރ އެންޑް ޔެސް މަންމަ ނުލައިވެސް ދިރިއުޅެން އަހަންނަށް މި ވަނީ ދަސްވެފަ” ހިތްހަމަ ނުޖެހިފައި ހުރުމާއެކު ބުނަން ބޭނުންވި ވަރަށް ވުރެ ރުންކުރުކޮށް އަދި ހަރުކަށިކޮށް ކައިރާއަށް ބުނެވުނެވެ. އެކަމާ ދެރަވި ނަމަވެސް އެކަމެއް ނުދައްކައެވެ. “މެރީކޮށްގެން ލަންޑަނަށް ބަދަލުވާން މިއުޅެނީ. އެހެންވެ މަންމަ ދިޔައިމަ ކައިލާންއާ ޔާނާ މިގެއަށް ޗޭންޖް ވާނީ ކައިރާ ބަލަން” ކައިރާގެ ހިތުގައި ބިރުވެރިކަން އުފެދިގެން އައެވެ. ފަހަކަށް އައިސް ކައިލާންގެ އަމަލުތައް ހުންނަ ގޮތުން ނަގަންވީ މާނައެެއް އޭނައަކަށް ނޭންގެއެވެ. ކައިލާން ގާތު ހުންނައިރު ރައްކާތެރިކަން އިޙްސާސެއް ނުކުރެވެއެވެ. އަބަދު އިނދެވެނީ ބިރުގަނެފައެވެ. ކައިރާ ވަކި އެއްޗެއް ނުބުނެ އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެނދުމަތީ އިށީންދެވުމާއެކު ލޯތެރެއަށް ޖަމާވެފައި ހުރި ކަރުނަތައް ފައިބައިގެން ދިޔައެވެ. ރުއިމުގެ އަޑު ނުކުމެދާނެތީ އަނގަމަތީ އަތް އަޅައި ބާރުކުރިއެވެ.

ޖިރާންއަށް ހޭލެވުނީ އޭނާގެ އިސްތަށިގަނޑުގައި މަޑު އަތްތިލައަކުން ފިރުމާލި ކަމުގެ އިޙްސާސް ކުރެވުމުންނެވެ. ރަނގަޅަށް ލޯ ހުޅުވައިލައިފައި ބަލާލިއިރު އަނިޔާވި އަންހެން ކުއްޖާ ހޭއަރައިގެން އޭނާއާ ވާހަކަ ދައްކަން މަސައްކަތް ކުރަނީއެވެ. އޮކްސިޖަން މާސްކް ގުޅައިފައި އޮތުމުން ވާހަކަ ދައްކަން އެކުއްޖާއަށް ވަނީ އުނދަގޫވެފައެވެ. “އެހަށް ރެސްޓްކޮށްލާ. ވާހަކަ ދައްކާނީ ފަހުން” ވަރަށް ބަލައިގެން މަޑު މަޑުން އެކުއްޖާ އަތުގައި ޖިރާން ހިފާލިއެވެ. އެބަ އަންނަން ކަމުގައި ބުނެފައި ގޮސް ޑޮކްޓަރު ގޮވައިގެން ޖިރާން އައެވެ.

އެ އަންހެން ކުއްޖާ މުޅިއަކުން ރަނގަޅުވާން ހަފްތާއެއް ނެގިއެވެ. އެހުރިހާ ދުވަހުވެސް ޖިރާން ހޮސްޕިޓަލުގައި މަޑު ކުރިއެވެ. ގެއަށް ދަނީ ހަމައެކަނި ފެންވަރާށެވެ. އެ މުޅި ހަފްތާއަށް ސްކޫލްވެސް ވަނީ ބަންދުކޮށްފައެވެ. ސްކޫލްގެ ދެ ޓީޗަރަކާއި ތިން ދަރިވަރުންވަނީ އަލިފާނުގެ ހާދިސާގައި ނިޔާވެފައެވެ. އަދި ސަތޭކައަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ގެއްލުންވެފައެވެ.

ހޮސްޕިޓަލުން ދޫކޮށްލުމާއެކު ތާރާ ގެންދެވުނީ އާލިޔާމެން ގެއަށެވެ. މައިންބަފައިން ދުނިޔެ ދޫ ކުރި ޚަބަރުވެގެން ދިޔައީ ތާރާއަށް އެތައް އަސަރުތަކެއް ކުރި ޚަބަރަކަށެވެ. އެކަކާވެސް އަނގައިނެއް ނުބުނެއެވެ. ކުއްލިއަކަަށް އިނދެފައި ރޮވެއެވެ. ނިދީތެރޭ ކުއްލިއަކަށް ހަޅޭއްލަވައި ގަނެފައި ހޭލައެވެ. ތާރާ ހަމައަކަށް އެޅުވޭތޯ އާލިޔާ، ޖޫން އަދި ޖިރާންވެސް އެތައް މަސައްކަތެއް ކުރިއެވެ. ދެހަފްތާ ތެރޭ ކޮންމެެސް ވަރަކަށް ތާރާ ހަމައަކަށް އެޅުނެވެ. ތާރާގެ މޫނު މަތިން ހިނިތުންވުން މަޑު މަޑުން ފެންނަން ފެށިއެވެ. ބަލްޤިސް އަދި ކައިރާވެސް އެގެއަށް އައިސް ތާރާއާއެކު ވަގުތު ހޭދަކުރެެއެވެ.

ހުރިހާ ހިތްނުތަނަވަސް ކަމަކުން ދުރުވުމަށް ކައިރާއަަށް ފެނުނު އެންމެ ރަނގަޅު ގޮތަށްވީ ތާރާއާއެކު ވަގުތު ހޭދަކުރުމެވެ. މަންމަ ލީޒާ ލަންޑަންގެ މުއްސަނދި ވިޔަފާރި ވެރިޔަކާ ކައިވެނި ކޮށްގެން ދިރިއުޅުން ލަންޑަންއަށް ބަދަލުކުރުމުން އޭނާ ބެލުމުގެ ނަމުގައި ކައިލާން އާއި އޭނާގެ އަންހެނުން ޔާނާ ކައިރާމެން ގެއަށް ބަދަލުވިއެވެ. ހިތްހަމަ ނުޖެހުނު ކަމުގައިވެސް ކައިރާ އެކަމާ އެއްޗެކޭ ނުބުނެއެވެ. ކައިލާން ކޮންމެ ގޮތަކަށް އަމަލު ކުރިނަމަވެސް ޔާނާއަކީ އޭނާއަަށް ހެޔޮ ދައްތައެއް ފަދަ މީހެކެވެ. ޔާނާ ދެރަވާ ގޮތަށް ކަންތައް ކުރާކަށް ކައިރާއަކަށް ނުކެރޭނެއެވެ.

ސުފްޔާންއާ މެދު އާލިޔާ ދެކެމުން އައި ގޮތް ކޮންމެެސް ވަރަކަށް ބަދަލުވަމުން ދިޔައެވެ. ސުފްޔާން ބޭރުފުށުން ފޮނިކަން ދެއްކި ކަމުގައިވިއަސް ދަހުލާންއެކޭ އެއް ފަދައިން އޭނާގެވެސް އޮންނާނީ ސާފު ހިތެކެވެ. އަޅާލަން ޖެހޭ ވަގުތު އެކުވެރިންނަށްވެސް އަޅާލައެވެ. ބައެއް ފަހަރު ސުފްޔާންގެ ހިތް ދަހުލާންގެ ހިތަށް ވުރެ މަޑުހެންވެސް ހީވެއެވެ.

އާލިޔާމެންގޭގައި އޮތް ބާބަކިއުއަކަށް ހުރިހާ ކުދިން އައިސް ތިއްބެވެ. މިހްތަރް އާއި ތަސްލީން އަލިފާންގަނޑު ރޯކޮށް އުޅުނެވެ. ޖިރާން އާއި ބަލްޤިސް އެކުދިންނަށް އެހީވާން ތިއްބެވެ. އާލިޔާ އާއި ދަހުލާން ބަދިގޭގައި މަހާއި ކުކުޅު ކޮށަން ތިއްބެވެ. ޖޫން ލޮނުމިރުސްގަނޑު ތައްޔާރުކުރިއެވެ. ގެންގުޅޭ ކެމެރާ ހިފައިގެން ސުފްޔާން އުޅުނީ ފޮޓޯ ނަގައެވެ. ތާރާ އާއި ކައިރާ ތިބީ ސިޓިްރޫމް ސޯފާގައެވެ. ރޮއެކޮށްފައި އިން އަލިފާންގަނޑު ފެނުމުން ތާރާ ބިރުގަތީއެވެ. އެކުއްޖާ ބޭނުންވީ ނިމެންދެން އެތެރޭގައި މަޑު ކުރާށެވެ.

ކުކުޅާއި މަސް ކޮށާ ނިމުމުން އޭގައި ލޮނު މިރުސްލާން ޖޫންއާ ހަވާލުކޮށްފައި ދަހުލާން އާއި އާލިޔާ ބޭރަށް ނުކުތެވެ. އޭރު ވަރަށް ފޯރީގައި އަލިފާންގަނޑު ރޯކޮށް މިހްތަރްމެން އުޅުނެވެ. ކެމެރާ ހިފައިގެން އަލިފާންގަނޑު ވަށައި ސުފްޔާން އެނބުރެމުން ދިޔައެވެ. އާލިޔާ ދަހުލާން އަތުގައި ހިފައިގެން ގޮސް ގޭތެރެއަށް ވަންނަން އިން ތަނުގައި ހުރި ތަންކޮޅެއް އުސްކޮށް ހަދައިފައި ހުރި ފާރުބުރިއެއްހެން އިން ތަނުގައި އިށީނެވެ. އުޑުމަތި ސާފު ރެއަކަށް ވުމުން ތަރިތައް ރީތިކޮށް ފެންނަމުން ދިޔައެވެ. ފުރިހަމަ ހަނދެއް ނޫނަސް ހަނދުވެސް ފެންނަން ހުއްޓެވެ. ދަހުލާން ކޮނޑުގައި ބޯ އަލައިގެން އޮވެ އާލިޔާ ދެލޯ މަރާލިއެވެ. މުޅި އުމުރު ދުވަހު އެގޮތަށް އޮންނަން އޭނާގެ ހިތްއެދުނެވެ.
އާލިޔާގެ މައުސޫމް މޫނަށް ބަލަން ދަހުލާންއަށް ހުރެވުނެވެ. އެއްވެސް މޭކަޕެއް ކޮށްފައި ނެތްނަމަވެސް އެ މޫނު ސާދާވެފައި ރީއްޗެވެ. އާލިޔާ ބޮލުގައި އޭނާގެ ބޯ ޖައްސާލުމަށްފަހު ދަހުލާންވެސް ދެލޯ މަރާލިއެވެ.

ކެމެރާ ދުރުކޮށްފައި ސުފްޔާން ހަމަ ލޮލުން ކޮއްކޮއާ އާލިޔާއަށް ބަލާލިއެވެ. ސުފްޔާންގެ ގައިގައި ނޭންގޭ ޖަޒުބާތެއް ހިނގައިގެން ދިޔައެވެ. ހިތަށްވީ ގޮތުން ސިކުނޑިއަށް ބަރުވިހެން ހީވިއެވެ. ދެލޯ މަރާ ބާރުކޮށްލަމުން ދެފަރާތަށް ބޯހޫރާލިއެވެ. ދެން ލޯ ހުޅުވާލިއިރުވެސް ދެ ޒުވާނުން އެ ގޮތުގައި ތިއްބެވެ.

“ހޮއެ ހޮއެ ދެމީހުން މިތާ އެކަނި ތިބެގެން ބޮޑު ފިލަމެއް ދޯ މިކުޅެލަނީ. ތެދުވޭ. އާލިޔާ އާދެބަ އަލިފާންގަނޑު ރޯ ކުރާތަނަން” އާލިޔާ އަތުގައި ހިފައި ދަމަމުން ބަލްޤިސް އޭނާ ތެދުކުރިއެވެ. ދަހުލާންއަށް ބަލައިލައިފައި ހިނިތުންވެލަމުން އާލިޔާ ދިޔައެވެ.

އަލިފާންގަނޑު ކައިރީ އާލިޔާ ހުރި ތަން ބަލަން ހެވިފައި ދަހުލާން އިނެވެ. އެކުވެރިންނާ އެއްކޮށް ސަމާސާ ކުރަމުން ދިޔައިރު އާލިޔާ ތުންފަތް މަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. އިރުއިރު ކޮޅާ ދަހުލާންއަށް ބަލައިލައިފައި ނަޒަރު ބަދަލުކޮށްލައެވެ.

ތާރާއާ އެއްކޮށް ޓީވީ ބަލަން އިންދައި ދެއްކި ރިޕޯޓަކުން ކައިރާގެ މޫޑުއެއްކޮށް ބަދަލުވިއެވެ. ހަނދާން ކުރަން ބޭނުންނުވާ އެތައް ހަނދާންތަކެއް ސިކުނޑީގައި ޓަކިޖަހަން ފެށިއެވެ. ހިތަށް އުނދަގޫވެފައި ރޮވެން އުޅޭހެން ހީވިއެވެ. މީހާ ހަމައަކަށް އެޅުމުގެ ބޭނުމުގައި ބޭރަށް ނުކުމެ ފާރު ބުރި މަތީ އިށީންދެލިއެވެ. އެތާ ދަހުލާން އިންކަމެއް ކައިރާއަށް ރޭކައެއް ނުލައެވެ. ހިފަހައްޓައިގެން ހުރިނަމަވެސް ކަރުނަތައް އޭގެ މަގާމުދޫކޮށްފައި ފައިބައިގަތެވެ. ބާރަށް ރޮވިދާނެތީ އަނގަމަތީ އަތްއެޅިނަމަވެސް ކޮންމެސް ވަރަކަށް އަޑުބޭރުވެގެން ދިޔައެވެ. މޫނުގައި ދެއަތްތިލަ އަޅާލަމުން ކައިރާ އޭނާގެ މޫނުވެސް ފޮރުވާލިއެވެ.

ކައިރާ ރޯތަން ފެނުމުން ދަހުލާންއަށް އުނދަގޫވިއެވެ. ކައިރާ ކިތަންމެ ވެފައި އުޅުނެއް ކަމަކު އެ އަންހެން ކުއްޖާގެ ދިރިއުޅުނީ ހިތްދަތި ދިރިއުޅުމެއްކަން އާލިޔާގެ ވާހަކަތަކުން އޭނާއަށް އެނގެއެވެ. ދުރުގައި ކެމެރާ ހިފައިގެން ފޮޓޯ ނަގައި އުޅުނު ސުފްޔާނަށް ދަހުލާން ބަލާލީ ކައިރާ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކުގެ ފަހަތުގައި ސުފްޔާންގެ އަތެއް ވާކަމަށް ހީކުރެވިގެންނެވެ. މީގެ ކުރިންވެސް ސުފްޔާންވަނީ އެތައް އަންހެން ކުދިންނެއް ހިތުގައި ޖައްސައި ރޮއްވައިފައެވެ.

“ކެރާ. ޔޫ އޯކޭ؟” ކައިރާ ގާތަށް ޖެހިލައިފައި ދަހުލާން އަހާލިއެވެ. ދަހުލާން އެތާ ހުރިކަން އެނގުމުން ކައިރާ ލަދުގަންނަ ގޮތްވިއެވެ. އޭނާ ރޯތަން އެއްވެސް މީހަކަށް ފެނުމަކީ ކައިރާ ބޭނުންވާ ގޮތެއް ނޫނެވެ. އަތުން ލޯ ފުހެލަމުން ނޭފަތް އެތެރެއަށް ދަމާލާއިފައި ކައިރާ ހީލިއެވެ. “ޔެއާ އައި އޭމް އޯކޭ. އައި އޭމް ފައިން” ކައިރާ ތެދުވެގެން ދާން އުޅުމުން ދަހުލާން އޭނާ ހިފެހެއްޓިއެވެ. ކައިރާއަށް ސިހުން ލިބިނު ނަމަވެސް އެކަން މާބޮޑު ކަމަކަށް ނުހަދައެވެ. “ސްޓެފް އެއްޗެކޭ ބުނީތަ؟ ބްރޭކްއަޕް ވީތަ؟” އަހަން ނާހަން ހުރެފައި ވެސް އެންމެ ފަހުން ދަހުލާން އަހާލިއެވެ. “ނޫން. މައި ހާޓް އިޒް އޯލްރެޑީ ބްރޯކަން. އިތުރު މީހަކު ހަލާކު ކުރާކަށް ހިތެއް ނުވެސް ނެތް. ސުފްޔާން ބްރޭކްއަޕް ވިއަސް އައި ވޮންޓް ގެޓް ހާރޓް. ޓްރަސްޓް މީ ނޯ ގާއި ކޭން އެވާރ ބްރޭކް މައި ހާޓް އަގައިން” ކައިރާ ފުން މާނައާއެކު ބުނެލި ބަސްތަކުގެ މާނައެއް ދަހުލާންއަކަށް ނޭންގުނެވެ. “އުމުރުން އެންމެ ނުވަ އަހަރުގަ އަހަރެންގެ ކުޑަކުޑަ ހިތްހަލާކުކޮށްފަ ބައްޕަ ދިޔައީ. ހީ ވޯޒް އަ ޑްރަގް އެޑިކްޓް. އެކަމު އަހަރެން ލިބުމުން އަހަންނަށްޓަކާ ބައްޕަ އެކަންތައް ދޫކޮށްލީ އުނދަގޫ ކަމަކަށް ވިއަސް. މަންމައަށް ވުރެ އަބަދުވެސް ބައްޕަ އަހަރެންދެކެ ލޯބިވި. ކުރީގެ އެޑިކްޝަންގެ ސަބަބުން ބައްޕައަށް ހުރީ ކެންސާރ ޖެހިފަ. އެންޑް ހީ ޑިޓިންޓް ޓެލް އެނީވަން. އެންޑް ވަން ޑޭ ހީ ގޮޓް ރިއަލީ ސިކް އެހެންވެ މަންމައާ މަންމަގެ ބޭބެ ވެގެން ބައްޕަ ހޮސްޕިޓަލަށް ގެންދިޔަމާ އެނގުނީ ކެންސާރ ޖެހިފަ ހުރިކަން. އެންޑް އިޓް ވޯޒް ޓޫ ލޭޓް ޓްރީޓް ކުރަން. ބައްޕަ އަތުގަ ހިފައިގެން ދޫކޮށްފަ ނުދާން އާދޭސްކޮށްކޮށް ހުއްޓަ އެންމެ ފަހު ނޭވާ ދޫކޮށްލީ. އެދުވަހު އަހަރެންގެ ހިތް ކުދި ކުދި ވި. ކިތަންމެ ޔަންގް ވިއަސް ހިތަށް ތަދުވި. އެ ދުވަހުގެ ފަހުން މަންމަވެސް މުޅިން ޗޭންޖް ވި. ޝީ ޑިޓިންޓް ކެއާރ އެބައުޓް މީ. އަބަދު ބޭރަށް ދާންފެށީ. އެކަމު މަންމަ ދެތިން ދުވަސްކޮށްފަ ވިއަސް ހަފްތާއެއް ފަހުން ވިއަސް އަންނަކަން އެނގޭތީ އެ ހިތްހަމަޖެހުން އިނދޭ މިހާރު އެ ހިތްހަމަޖެހުންވެސް އެ ގެއްލުނީ. ޝީ ވެންޓް އަވޭ. މައި އޯވްން މަދާރ ލެފްޓް މީ” އެންމެ ފަހު ޖުމްލަ ބުނުމާއެކު ކައިރާގެ އަޑު ކުރަކިވިއެވެ. އަނެއްކާވެސް ރޮވެން ފެށުނެއްނު.

ކައިރާ ގާތަށް ޖެހިލައިފައި ދަހުލާން ކައިރާ ގައިގައި ބައްދައިލިއެވެ. ދަހުލާންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ކައިރާގެ ހިތާމަތަކަށް އެކުވެރިއެއްގެ ހައިސިއްޔަތުން ލުޔެއް ދެވޭތޯ މަސައްކަތް ކުރިއެވެ.

“ސުފްޔާން އަހަރެން ދޫކޮށްފަ ނުދާނެ ކަމަށް ކިހިނެއް އެކްސްޕެކްޓް ކުރާނީވެސް؟ އަމިއްލަ މަންމަވެސް ދިޔައީ. އައި އޭމް ޑެމޭޖްޑް ދަހުލާން” ދަހުލާން ކޮނޑުގައި ބޯ އަޅައިގެން އޮވެ ކައިރާ ރުޔެވެ. ހިތުގައިވި އުދާސްތައް ބޭރުކޮށްލަން އޭނާ ވަނީ ނުހަނު ބޭނުންވެފައެވެ.

ދަހުލާން އާއި ކައިރާގެ ގާތްކަން ފެނި އާލިޔާގެ ހަރަކާތްތައްް ހުއްޓުމަކަށް އައެވެ. އެހާ ގާތްކޮށް އެދެމީހުން ތިބުމުގެ ބޭނުމެއް ނުވިސްނުނެވެ. ކައިރާ އައިންސުރެ ދަހުލާން އޭނާއާ ދިމާއަށް ބަލާވެސް ނުލައެވެ. “ހާސްނުވޭ ޗީޓް ކުރާ ވަރަށް ވުރެ ޑޭން އާލިޔާދެކެ ލޯބިވޭ. ކެރާއަކީ އާލިޔާގެ ބެސްޓް ފްރެންޑަށް ވެފަ އަހަރެންގެ ގާލްފްރެންޑަށްވީމަ ޑޭން ބޭނުމެއް ނުވާނެ ކެރާއަށްވެސް ދެރަގޮތެއް ވާކަށް. ޓްރަސްޓް ހިމް. އަހަރެން ކެރާއަށްވެސް ޑޭންއަށްވެސް ޓްރަސްޓް ކުރަން” ނަހުނު ގާތުން ސުފްޔާންގެ އަޑު އިވުމުން އާލިޔާ ސިހުނެވެ. ނަމަވެސް އެކަން ނުދައްކާ ސުފްޔާންގެ ވާހަކައަށް އާލިޔާ ހިނިތުންވެލިއެވެ. “އަމިއްލަ ނަފްސަަށް ވުރެ ދަހުލާންއަށް އިތުބާރު ކުރަން. އެކަމު ކެރާއަށް ޓްރަސްޓެއް ނުކުރެވޭ. ބޭނުން ކުރަން އެކަމް ކެރާ ކުރިން ދަހުލާންދެކެ ލައިކްވޭ” ކީއްވެ ކަމެއް ނޭންގެއެވެ. ކައިރާ އާއި ސުފްޔާންގެ ގުޅުމަށް ހީނަރުކަން އާދޭތޯ އާލިޔާ ކައިރާގެ ސިއްރު ސުފްޔާނާއި ހިއްސާ ކުރިއެވެ. ބަސްތައް ދުލުން ބޭރުވި ފަހުން ހެދުނު ގޯސް ވިސްނި އެހެން ނުބުނެވުނު ނަމައޭ ހިތަށް އެރިއެވެ. “އައި ނޯ. ޝީ ޓޯލްޑް މީ!” ސުފްޔާންއަށް އެނގޭކަން އެނގުމާއެކު ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ނަމަވެސް ކައިރާއާ މެދު ޝައްކު އުފެދެން ފެށިއެވެ. ކައިރާ އާއި ދަހުލާންގެ އެކުވެރިކަން ކުރި ފަޅައި ހެދޭކަށް އާލިޔާގެ ހިތެއް ނޭދުނެވެ.

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ވަފާތެރިކެހިވެރިޔާ..(3)

Next

ވާށޭ މަށާ އެކީ-22

Next
May 16, 2020

ވާށޭ މަށާ އެކީ-22

Previews
May 16, 2020

ވަފާތެރިކެހިވެރިޔާ..(3)

5 Comments!

  1. Zuha says:
    May 16, 2020 at 1:55 am

    Reethi?

  2. lilly says:
    May 16, 2020 at 11:24 am

    vvv reeethi mi part whn next sis??❤❤❤❤

  3. Saj says:
    May 24, 2020 at 12:19 pm

    Vvv reethi mi part when next part

  4. Adhikko says:
    June 4, 2020 at 8:56 pm

    Varah varah rythi mi part ves when is next part

  5. Adhikko says:
    June 5, 2020 at 1:53 pm

    Varah varah rythi mi part ves when is the next part

Comments are closed.


All Right Reserved!