
ޒަޚަމް 5
ގެއަށް ދިއުމުގެ ބަދަލުގައި ދަހުލާން ދިޔައީ އާލިޔާމެން ގެއަށެވެ. އެ ހިތުގައި އާލިޔާއަށްޓަކައި އުފެދެމުން އަންނަމުން ދިޔަ އިހްސާސްތައް ހާމަނުކޮށެއް ދޭން ހިތަށް ކެތެއް ނުވާނެއެވެ. ދަހުލާން ޓަކި ޖަހަން އަތް ހިއްލާލި ވަގުތު އެތެރެއިން ދޮރު ހުޅުވިއެވެ.
އާލިޔާ ސިއްސައިގެން ދިޔައީ ދޮރު މަތީގައި ހުރި ދަހުލާން ފެނިފައެވެ. އެ ވަގުތު ދަހުލާން އައިސް ދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނޭންގިފައި އާލިޔާއަށް އިނދެވުނެވެ.
ދަހުލާން ކުރިއަށް ޖެހިލައިފައި އާލިޔާ އަތުގައި ހިފައިލިއެވެ. ދެންވެސް ހަރަކާތެއް ކުރަން ނޭންގިފައި އާލިޔާއަށް އިނދެވުނެވެ. ދަހުލާން ކުރަން އުޅޭ ކަމެއް ނޭންގޭތީވެ ހިތް އަވަސް ވަމުން ދިޔައެވެ. “އާލިޔާ. އަހަންނަށް އާލިޔާ ފެނުމުން މި ކުރެވޭ އިހްސާސްތަކަކީ މީގެ ކުރިން ދުވަހަކުވެސް ކުރެވުނު އިހްސާސްތަކެއް ނޫން. އަހަންނަކީ އޮޅިގެންވެސް އަންހެން ކުއްޖަކަށް ބަލާ މީހެއް ނޫން. އެކަމަކު އާލިޔާ ފެނުމުން އަހަރެންގެ ހިތަށް ނޭންގޭ ގޮތެއް ވެއްޖެ. އިންތިޒާރު ކުރެވެނީ އާލިޔާ ފެންނާނެ އިރަކަށް. ތި ރީތި އަޑު އަހަރެންގެ ކަންފަތަށް އިވޭނެ އިރަކަށް” އާލިޔާ ދަހުލާން ތުންފަތުގައި އިނގިލި ޖައްސައިފައި އިތުރަށް ވާހަކަ ދެއްކުން މަނާ ކުރިއެވެ. “އަހަރެންނަށްވެސް ދަހުލާން ފެނުނު ފުރަތަމަ ވަގުތުން ފެށިގެންވެސް އެ އިހްސާސްތަށް ކުރެވެން ފެށި. ދަހުލާން ކެރާއާ އެއްކޮށް ފެނުމުން ހިތުގައި ވެސް ޖެހުނު. މި އިހްސާސްތަކަށް ދޭނެ ނަމެއް އަހަންނަކަށް ނޭންގެ. އިނގޭހާވެސް އެއްޗަކީ އަހަންނަށް ދަހުލާން މުހިންމުކަން” ހިތުގައިވި ހުރިހާ އިހްސާސެއް ދަހުލާން ކުރިމަތީގައި އާލިޔާ ބަންޑުން ކޮށްލިއެވެ. އެއާއެކު އޭނާގެ ހިތަށް ލުއިކަމެއްވެސް ލިބިގެން ދިޔައެވެ.
އެކަކު އަނެކަކިގެ ލޮލަށް ގެއްލިފައި އިރު ގަނޑެއް ވަންދެކަށް އާލިޔާ އަދި ދަހުލާންއަށް ވެސް ތިބުވުނެވެ. ބަސްމޮށުން ތެރިކަމަކާ ނުލައި ދެމީހުންވެސް އެތައް ވާހަކައެއް އެކަކު އަނެކަކާ ހިއްސާ ކުރަމުން ދިޔައެވެ. އެތެރެއިން ޖޫން ގޮވާލި އަޑު އިވުމުން އާލިޔާ އަދި ދަހުލާން ވެސް ސިއްސައިގެން ދިޔައެވެ. އާލިޔާ ދޮރު ހުޅުވި އަސްލު ބޭނުން ހަނދާން ވުމާއެކު އަނގަޔަށް ގޮތެއް ހަދާލެވުނެވެ. “ވަދޭ އެެތެރެއަށް. މިރޭ ގުޅާނަން!” ދަހުލާން ލޮލު ކޮޅަށް ގެންދަން ދެކަށްވެސް އާލިޔާއަށް ބަލަން ހުރެވުނެވެ. އަނެއްކާވެސް ޖޫން ގޮވުމުގެ ކުރިން ބޭރުގައި ހިއްކަަން އަޅައިފައި ހުރި އެއްޗިހި ހިފައިގެން އެތެރެއަށް ވަނެވެ.
ދަހުލާން ދިޔައިން ސުރެ ކައިރާގެ ލޮލުން ކަރުނަ ނުހިކެއެވެ. ރޮއެ ރޮއެ މުޅި ކުއްޖާގެ ދެލޯ ވަނީ ރަތްވެފައެވެ. އާލިޔާ އާއި ބަލްޤިސް އެތައް ފަހަރަކު އޭނާގެ ފޯނަށް ގުޅައިވެސް ފިއެވެ. ފޯނަށް ޖަވާބު ދޭނެހާ ހިތްވަރެއް ކައިރާއަކަށް ނުލިބުނެވެ. އެ ހިތަށް ކޮށްފައިވާ އަސަރު މާ ބޮޑެވެ.
ދަހުލާން އެކަނި އިނދެ ހޭތަން ފެނުމުން އެކަމާ ބެހޭ ގޮތުން ސުފްޔާން ސުވާލު ކުރިއެވެ. ދެ މީހުންގެ މިޒާޖު ކިތަންމެ ތަފާތަސް ދަހުލާން އޭނާގެ ބޭބެއާ ހަޔާތުގެ ކަންކަން ހިއްސާކޮށާ ހަދައެވެ. ބޭބެ ސުފްޔާން ވެސް އޭނާއާ ކަންކަން ހިއްސާ ކުރެއެވެ. ރަކި ހިނިތުންވުމަކާއެކު އޭނާ އާލިޔާއާ މެދު ދެކޭ ގޮތާއީ އާލިޔާ އޭނާއާ މެދު ދެކޭ ގޮތް ދަހުލާން ބޭބެއާ ހިއްސާ ކުރީ ބޭބެގެ ހިތުގައި ވެސް އާލިޔާއަށް އިހްސާސްތަކެއް އުފެދިފައިވިކަން ނޭންގިއެވެ. އޭނާގެ ހިތަށް ލިބެމުން ދާ އުފަލަކީ ބޭނެ ސުފްޔާންގެ ހިތަށް ލިބެމުންދާ ޒަޚަމެއްކަން ނޭންގޭ ހާލުގައެވެ. ތުންފަތް މައްޗަށް ގަދަ ކަމުން ހިނިތުންވުމެއް ގެންނަމުން ސުފްޔާން ކޮއްކޮއާ ދިމާކުރިއެވެ. ނަމަވެސް މާ ގިނައިރު އިންނާނެހާ ހިތްވަރު ނުލިބުމުން ނިދިއަތުވެއްޖެ ކަމަށް ބުނެ ދިހައެއްވެސް ނުޖަހަނީސް ކޮޓަރިއަށް ވަނެވެ.
ކައިރާ އަމިއްލަ ނަފްސު ހަމައަކަށް އެޅުމުން ފޯނު ނެގިއެވެ. ބަލްޤިސް އާއި އާލިޔާގެ އިތިރަށް މިހްތަރްގެވެސް ކޯލުތައް މިސްވެފައި ހުއްޓެވެ. އޭނާ ވައިފައި ޖައްސާލިމާއެކު ގްރޫޕް ކޯލެއް އައެވެ. އެކުވެރިން އޭނާއާ މެދު ކަންބޮޑުވާނެ ކަން އެނގޭތީވެ ހަމަޖެހިލަމުން ކައިރާ ފޯނަށް ޖަވާބު ދިނެވެ. “ކެރާ އަދި ނުވޭ ފޯނު ނަގާކަށް. ހާދަ ވަރަކަށް ގުޅައިފީމޭ. ކިރިޔާ ބިރުން ހަލާކު ނުވީ. މެޓް ތި ގެއަށް ފޮނުވަން އުޅެެނިކޮށް ޚަބަރެއް ތިވީ!” ކައިރާގެ ޚަބަރެއް ނުވުމުން ހިތްހަމަ ނުޖެހިފައި ހުރެ އާލިޔާ އެއް ނޭވައިން ކިޔައިލިއެވެ. ބަލްޤިސް ވެސް ނުރުހިފައި ދެތިން އެއްޗެއް ބުންޏެވެ. “ސޮރީ. އަހަރެންނަށް ނިދުނީ ގެއަށް އައިތަނުން!” އެންމެ ފަސޭހައިން ހެދޭނެ ދޮގު ކައިރާ ހަދާލިއެވެ.
އާލިޔާ އަސްލު ގުޅި ސަބަބު ހާމަކޮށްލުމާއެކު ކައިރާގެ ހިތަށް އިތުރަށް ތަދުވޫން ނޫން ކަމެއް ނުވިއެވެ. ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އާލިޔާ އުފާވެފައި ހުރެ އޭނާއާ ދަހުލާންއާ ދެމެދު ހިނގައި ދިޔަ ކަންތައް ކިޔައިދެމުން ދިޔައީ ކައިރާގެ ހިތަށް ވާނެ ގޮތް ނޭންގިއެވެ. ބަލްޤިސް ވެސް މަޖާވެފައި އާލިޔާއާ ދިމާ ކުރަމުން ދިޔައެވެ.
ދަހުލާން އާއި ސުފްޔާން ގޭޓުން އެތެރެއަށް ވަން އިރު އާލިޔާ އަދި ބަލްޤިސް މަޑުކޮށްގެން ތިއްބެވެ. ސުފްޔާންއާ ދިމާއަށް ބަލައިލައިފައި އާލިޔާ ގޮސް ދަހުލާން އަތުގައި ބާރަށް ހިފާލިއެވެ. އާލިޔާ ބޭނުންވީ އޭނާ އަދި ދަހުލާންގެ ގުޅުން ސުފްޔާންއަށް އަންގާށެވެ.
މުޅި ދުވަހުވެސް ކައިރާ އިނީ ހިމޭންވެފައެވެ. ދަހުލާން އަދި އާލިޔާ ލޯބިން އުޅޭތަން ފެންނަ ކޮންމެ ފަހަރަކު ހިތް ކުދިކުދި ވެގެން ދެއެވެ. ނިމޭ ގަޑި ޖެހުމާއެކު މަޑު ކުރުމެއް ނެތި ކައިރާ ގެއަށް ދާން ނިކުތެވެ.
“ކައިރާ!” ފަހަތުން ސުފްޔާން ގޮވާލުމާއެކު ކައިރާގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. ދުވަމުން އައިސް ސުފްޔާން އޭނާއާ އަރާ ހަމަ ކުރިއެވެ. “ހާދަ އަވަހަކަށް ތި ދަނީ؟” އާލިޔާމެން ތިބި ތަނަށް ނަޒަރެއް ދެމުން ސުފްޔާން އެހިއެވެ. “ކުޑަކޮށް ބަލިވެގެން އުޅޭތީވެ” ޖަވާބު ދީފައި ކައިރާ ހިނގައިގަތުމާއެކު އަނެއްކާވެސް ސުފްޔާން އޭނާ ހުއްޓުވިއެވެ. “ލުކް އަހަރެން އަސްލުވެސް ވަރަށް އެބަ ބޮލުގަ ރިއްސާ. ސުފްޔާން ބޭނުން ވެގެން ތިއުޅެނީ ކޮންކަމެއް ކަމެއް މަށަކަށް ނޭންގެ އަހަންނަށް ވަރަށް ރަނގަޅު އަހަރެން ދިޔަ ދިނިއްޔާ!” ހިތްހަމަ ނުޖެހިފައި ކައިރާ ބުންޏެވެ. ސުފްޔާން އިތުރަށް އެއްޗެކޭ ބުނަން އުޅެނިކޮށް އޭނާ ހުއްޓުވީ ސްކޫލް ޓީޗަރެކެވެ. “ކެރާ ބުނީމަ ވެސް ކީއްވެ ނުގޮސް ތި ހުންނަނީ؟ ތި ގޮތަށް އުޅެންޏާ ސުފްޔާންގެ މައްސަލަ ޑިސިޕްލީން ކޮމެޓީއަށް ހުށަހަޅަން ޖެހިދާނެ!” ކައިލާން އިންޒާރު ދިނުމާއެކު ސުފްޔާން ދުރަށް ދިޔައެވެ.
“ތޭންކްސް” ސުފްޔާން ދުރަށް ހިނގައިގަތުމާއެކު ކައިލާންއަށް ކައިރާ ޝުކުރު އަދާކުރިއެވެ. ކައިލާން ކަމެއް ނޫން ކަމަށް ބުނެފައި އޭނާއާއެކި ކާރުގައި ގެއަށް ދާން އެދުނެވެ. ހިނގައިފައި ދާނެހާ ހިތްވަރު ނެތުމުންނާއި އަވަހަށް ދާން ބޭނުންވެފައި0 އިން ވަރުން ކައިރާ އެއްބަސް ވިއެވެ.
ސީޓުގައި ބޯ ޖައްސައިގެން ދެލޯ މަރައިގެން ކައިރާ އިނެވެ. އޭގެ ސަބަބުން ކައިލާން އޭނާއަށް ދެމުން ދިޔަ ނަޒަރުތައް ކައިރާއަށް ނުފެނުނެވެ.
މަގު މައްޗަށް ވުރެއް ގިނައިން ކައިލާންއަށް ބެލެމުން ދިޔައީ ކައިރާއާ ދިމާއަށެވެ. ދެލޯ މަރައިގެން އިން އިރު އެ އަންހެން ކުއްޖާގެ މޫނު މަތިން ފެންނަމުން ދިޔައީ މައުސޫމް ކަމެވެ. ކުޑަކުއްޖެއް ގޮތުގައި އޭނާއަށް ފެނުނު ކައިރާ ނޭންގި ހުއްޓާ އެ ވަނީ ފުރިހަމަ ޒުވާނަކަށް ވެފައެވެ. ކައިރާގެ ބުރު ސޫރަ އަދި ހަށިގަނޑުވެސް، ފިރިހެނުންގެ ހިތްތައް ކަތިލާހާ ރީއްޗެވެ. ކައިލާންގެ ހިތް ނެގި ނެގިފައި ތެޅެމުން ދިޔައެވެ.
ކައިރާއަށް ދެލޯ ހުޅުވާލެވުނީ އޭނާގެ އަތުގައި ކައިލާން ހިފައިލުމުންނެވެ. ކައިލާން އޭނާއަށް ބަލަން ހުރި ގޮތުން ކައިރާ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. ކައިލާން އަތްދަށުން އޭނާގެ އަތް ދަމައިގަނެ މެއާ ލާ ބޮނޑިކޮށްލެވުނެވެ.
ކައިލާން ނަފްސު ހަމައަކަށް އަޅުވާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާ ބެލީ ވީހާވެސް އަވަހަކަށް ކައިރާ ގޮވައިގެން ގެއަށް ދެވޭތޯއެވެ.
ގެއަށް ދިޔަ ގޮތަށް ތާޒާ ވެގެން އާލިޔާ ކާން އައުމުން ޖޫންއަށް ހައިރާންކަން ލިބުނެވެ. އެ ތުންފަތް މަތީގައިވި މައުނަވީ ހިނިތުންވުން ފެނި ޖޫންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެ އަންހެން ކުއްޖާ އުމުރުން އެންމެ ސޯޅަ އަހަރުގައި އެ ވަނީ އެތައް ހިތްދަތި ކަމާއި ކުރި މަތިލާފައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުގައި ހިނގައި ދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އާލިޔާގެ މައިންބަފައިން ވަނީ ދުނިޔެ ދޫކޮށްފައެވެ. އެ އެކްސިޑެންޓްގައި އާލިޔާއަށް ގެއްލުން ލިބުނު ނަމަވެސް އެކުއްޖާ ވަނީ ސަލާމަތްވެފައެވެ.
އެ އެކްސިޑެންޓަށް ފަހު އާލިޔާ އަދި ޖިރާންގެ ހަޔާތްވެސް ވަނީ ބަދަލުވެފައެވެ. ޖިރާންއަކީ ކުރިން ބަސްއަހާ ރަނގަޅު ކުއްޖެކެވެ. ދައްތަދެކެ އިންތިހާއަށް ލޯބިވާ ކޮއްކޮއެކެވެ. އެހެނަސް އެކްސިޑެންޓަށް ފަހު ޖިރާން މުޅިންހެން ބަދަލުވެގެން ދިޔައެވެ. ސިނގު ރުޅިއައުމާއި ހިތު ހުރި އެއްޗެއް ބޭނުން މީހަކާ ދިމާއަށް ގޮވަން ފެށިއެވެ. ދައްތައަށް ޓަކައި ހިތުގައި ވި ލޯބި ނަފްރަތަށް ބަދަލުވެގެން ދިޔައެވެ. އޭނާ މައިންބަފައިންގެ މަރުގެ ޒިންމާ ޖިރާން އަޅުވަނީ އާލިޔާގެ ބޮލުގައެވެ. އެ މީހުން އެރޭ ބޭރަށް ދާން ޖެހުނީ އާލިޔާގެ ސަބަބުންނެވެ. އާލިޔާ ބަސް އަހައިގެން ގޭގައި އިންނަމަ މިއަދު އޭނާގެ މައިންބަފައިން ދުނިޔޭގައި ތިބޭނެކަމަށް ޖިރާން ޤަބޫލު ކުރުއެވެ.
ސުފްޔާނަށް ކައިރާއާ މެދު ވިސްނެމުން ދިޔައެވެ. ކައިލާން އާއި ކައިރާއާ ދެމެދު އޮތް ގުޅުން ނޭންގުނަސް ކައިލާންގެ ނިޔަތް ރަނގަޅު ނޫންކަން ހިތުގެ ކަނަކުން ބުނަމުން ދިޔައެވެ se puede encontrar aquí. ކައިލާން އެ ނާޒުކު އަންހެން ކުއްޖާއަށް ބަލަނީ ތަފާތު ނުރައްކާތެރި ނަޒަރަކުންނެވެ.
ހަވީރު ހަތަރެއް ޖެހިއިރު ފުރިހަމައަށް ތައްޔާރުވެގެން އާލިޔާ ދަހުލާންއާ އެއްކޮށް ބޭރަށް ދާން ނުކުތެވެ. މެންދުރު ކާން އަރައިފައި ދަހުލާންއާ އޭނާގެ ގުޅުން ޖޫންއާ އާލިޔާ ވަނީ ހިއްސާކޮށްފައެވެ.
ދަހުލާން އާލިޔާ ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ.
ބޮޑު ސިންގާ ހަވޭއްޔެއް ވަރުގެ އެގެ ފެނިފައި އާލިޔާއަށް އޭނާގެ އަނގަ ލައްޕަން ވެސް ހަނދާން ނެތުނެވެ. އޭނާގެ ގޭގެ ދެތިން ގެ ވަރު އެގެ ވެއެވެ. އާންމު ގޮތެއްްގައި އެ ހިސާބަށް އައިސް ނޫޅޭތީ އޭނާއަށް އެގެ ނުފެނެއެވެ.
ފޯނުން ނޫސް ބަލަން އިން ލިލީ އިސްއުފުލައި ބަލާލީ ދޮރު މަތީގައި ހުރި ދަހުލާން ގޮވައިލުމުންނެވެ. ދަހުލާން ގާތު ހުރި އަންހެން ކުއްޖާ ފެނުމުން ލިލީގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މީގެ ކުރިން ދުވަހަކުވެސް ދަހުލާން އަންހެން ކުއްޖަކު ގެއަކަށް ނުގެނެއެވެ. އަދި އަންހެން ކުއްޖެއްގެ ވާހަކަ ވެސް ނުދައްކައެވެ.
“މަންމާ މިއީ އާލިޔާ” އާލިޔާ އޭނާގެ އެންމެ ފުރިހަމަ ހިނިތުންވުން ލިލީއަށް ހަދިޔާ ކުރިއެވެ. އާލިޔާއާ ސަލާން ކޮށްފައި އަތުގައި ހިފައިގެން ގެންގޮސް ސޯފާގައި ބޭންދިއެވެ. ގޭގައި ގެންގުޅޭ މީހާއަށް ގޮވައިފައި އާލިޔާއަށް ބޯނެ އެއްޗެއް ގެންނަން އެދުނެވެ.
ލިލީ ހިތްހެޔޮކަމާއެކު އާލިޔާއާ ވާހަކަ ދެއްކިއެވެ. އެކި ސުވާލު ކުރަމުން ގޮސް މައިންބަފައިންގެ ވާހަކަ އެހުމުން އާލިޔާ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައި ތުންފަތުގައި ދަތް އަޅައިލެވުނެވެ.
އެ ސުވާލުގެ ޖަވާބު ދިނީ ދަހުލާންއެވެ. އެ ނިކަމެތި އަންހެން ކުއްޖާއާ އެ ސުވާލު ކުރެވުނީތީ ލިލީ ދެރަވިއެވެ. މާފަށް އެދިފައި އެހެން މަޢުޟޫއަކަށް ވާހަކަ ބަދަލުކޮށްލިއެވެ.
ސުފްޔާންގެ މެއަށް ފިނި ފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. ދަހުލާން އާލިޔާ ގޮވައިގެން ގެއަށް އައުމުން އޭގެ މާނައަކީ ކޮބައިގެން އެނގުނެވެ. ދުވަހަކުވެސް ހިތަށް ތަދުނުވާ ވަރަށް ހިތަށް ތަދުވިއެވެ. ހިތުގައި އަމިއްލަ ކޮއްކޮއާ މެދު ހަސަދައިގެ ހުޅުކޮޅު ރޯވާން ފެށިއެވެ.
ނުނިމޭ
7 Comments!
Comments are closed.
Ramadan Mubarak to all my loving readers. Vaahaka mihaa lahun up kurevunythyve varah bodah maafah ehdhen. Wifi libun dhathivaathyve mihaa lahun mi upload kureveyny.
Ummedhu kuran kiyuntherinnah mi bai kamudhiya kamah. Stay safe everyone ♥️
Ramadan Mubarak vaahaka Hama reethi Masha Allah
wowww mi part vv salhi….um curiously waiting for nxt prt…lysm kiyara sis
Mi part ves hama varah Sali . Speechless. Masha Allah. Curious ly waiting for the next part. And Ramadhan Mubarak ???stay safe
Seriouslyy?? you’re writing vampire diaries ge script eh tha??
mi hama vampire diaries oi gothah dhethin thankolheh thafaathu kohlaafa publish koh alhany, amilla hiyaalu nethiyya vaahaka nuliye hurebala
Actually stefan rangalhu vaanee demon ah vure vampire diaries ga..and dhemeehun loabi v ves ekaku dheke eii elena aa vatharu kujjeh..btw story is nice
wow wow wow ….. kiyaaaur the best….