އާސެނަލްގެ ކަޅު ޖާޒީ އެރިކްއާ ވަރަށް ގުޅެއެވެ. އޭނާ އަތުގަޔާއި ފައިގައި ޖަހައިފައި ހުރި މަސްތަކުން ޕްރީ ސީޒަން ތެރޭ ގަދަޔަށް ކަސްރަތުކޮށް ހަށިގަނޑު ވަރުގަދަ ކުރަން މަސައްކަތް ކޮށްފައިވާކަން އެނގެއެވެ. ކަނދުރާއަށް ވުރެ ކުރުކޮށް އޮތް އޭނާގެ ފަން އިސްތަށިގަނޑުގައި އޮތީ ހުދު ބޭންޑެއް އަޅައި ނިއްކުރި މައްޗަށް ނުވެއްޓޭނެ ގޮތް ހަދައިފައެވެ. “ވާއު ބަލާބަ އެހެރެ ބޮޑީއެއް. މިހާރު އަދި މާ ހޮޓް. އަހަރެން މޮޔަ ވެދާނެ” ހުވަފެނީ ގޮތަކަށް މޭގައި އަތް އަޅައިލަމުން […]
މިއާ ކޮލެޖުން އައިސް އެޕާޓްމެންޓަށް ވަތްއިރު ސޯފާގައި އިޝަލް އޮތެވެ. އެއްފަރާތަކަށް އޮތުމުން މިއާއަށް ރަނގަޅަށް އިޝަލްގެ މޫނެއް ނުފެނުނެވެ. އެއީ އެރިކް ކަމަށް ހިތާ ގޮސް އިޝަލްގެ މޫނަށް ފިނި ފެން އެއްޗެއް އޮއްސައިލިއެވެ. މޫނަށް ފިނިވެގެން ދިއުމާއެކު މޫނުގައި ދެއަތް އަޅައިފައި އިޝަލްއަށް ފުންމައިގެން ތެދުވެވުނެވެ. ކަންފަތާއެކު ނޭފަތް ތެރެއަށް ފެން އެޅުމުން އިޝަލް ކުރި އަރައިގެން ދިޔައެވެ. އިޝަލް މޫނުގައި އަތް އަޅައިގެން އިނުމުން އެއީ އެރިކް ނޫންކަން ދެން ވެސް އޭނާއަކަށް […]
ޕްރެކްޓިސްއަށް ދިއުމުގެ ކުރިން ފޭސްބުކް ހުޅުވާކި ތަނުން ފެނުނު ޚަބަރަކުން އިޝަލްގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނީ އަންނަމުން ދިޔަ ރުޅި މައިތިރި ކުރަންށެވެ. ފޯނު އެނދު މައްޗަށް އެއްލައިލައިފައި ބާރު ބާރަށް ކޮޓަރިން ނިކުތެވެ. އަކްމަލް އަދި އިޝްމާއަށް ހައިރާންކަން ލިބުނީ ރުޅި އައިސް ރަތްވެފައި ހުރި އިޝަލް ފެނިފައެވެ. އިޝަލްގެ ދެލޯ ރަތްވެފައި ހުރިއިރު މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. އިޝަލް ނުބުނި ކަމުގައި ވިއަސް ވެގެން އުޅޭ […]
“ދެން ބޭނުމީ މުސާރައަށް ލިބޭ ލާރި ސަލާމަތްކޮށްގެން ބޮޑު ގެއެއް ގަނެފަ މަންމަ އާއި ކޮއްކޮމެން މިކޮޅަށް ގެންނަން” މަންމަ ފޯނު ބޭއްވުމުން އެރިކް އޭނާ ބޭނުންވާ ގޮތް ކޮއްކޮއާ ޙިއްސާ ކުރިއެވެ. “އެއީ ވަރަށް ރަނގަޅު ގޮތެއް. އާނ އަދި ހަނދާން ނެތިފައޭ މި ހުންނަނީ. ކޮންމެސް އެލެކްއެއް އައި. ރިކް ނިދާފަ އޮތީމަ ދިޔައީ. ބުނީ ރިކް ގާތު ބުނައްޗޯ ގުޅާލާށޭ” ކުއްލިއަކަށް ހަނދާން ވުމުން މިއާ ބުންޏެވެ. އެލެކްއާ އެއްކޮށް ދެން ހުރި […]
ނިދަން އޮވެފައި މިންހާ އިންސްޓްގްރާމަށް ވަދެލިއެވެ. އެރިކް އޭނާއަށް ފޮނުވި ފޮލޯ ރިކުއެސްޓް އަދިވެސް އެކްސެޕްޓެއް ނުކުރެއެވެ. އިރުކޮޅަކު ސްކްރީނަށް ބަލަން އޮވެފައި މިންހާ އެރިކްގެ ރިކުއެސްޓް ޤަބޫލު ކޮށްފައި އޭނާއަށް ފޮލޯބެކް ކުރިއެވެ. **** ވިސްނުމަކަށް ގެއްލިފައި އިން އިޝަލްއަށް ހަމަ ހޭވެރިކަންވީ އަލްޔަސް ގޮވައިލުމުންނެވެ. އަލްޔަސް އަތުގައި އިން ކޮފީ ދެ ތަށި ތެރެއިން އެއް ތަށި އިޝަލްއަށް ދިނެވެ. ކޮފީގެ މީރު ވަސް ނޭފަތުގައި ޖެހުމުން އިޝަލް ސިކުނޑީގައި ހިނގަމުން ދިޔަ ހައިޖާން […]
މަސް ދުވަސް ރާއްޖޭގައި ހޭދަކޮށްފައި އެނބުރި ލަންޑަންއަށް ޔޫސޫފްމެން ދިޔައެވެ. ލިވަޕޫލަށް ދިއުމުގެ ކުރިން ކުޑަކޮށް ހަމަޖެހިލަން ލަންޑަންގައި މަޑު ކުރީއެވެ. އަދިވެސް މިންހާ އެއްކޮށް ހަމައަކަށް ނޭޅެއެވެ. ބައެއް ރޭރޭ ޔޫސުފް ގޮސް ބަލާއިރު ނުނިދާ ރޯންއޮވެއެވެ. މަންމަ އާއި ބައްޕަ މަތިން ހަނދާންވެގެންނެވެ. ހިތްދަތިވިއެއް ކަމަކު ޔޫސުފް ހިތްވަރު ކުރެއެވެ. ކޮއްކޮއަށް ޓަކައިއެވެ. އޭނާގެ މާމާ އާއި ކާފަ މި ދުނިޔެއާ ވަކިވި އިރު ބޮޑުބޭބެ މާއިޒް މިންހާއަށް ވުރެ ހަގެވެ. ނަމަވެސް ހިތްވަރުކޮށްފައި […]
އެރިކް ދުވެފައި ގޮސް ރިސެޕްޝަނުން މަޢުލޫމާތު ހޯދިއެވެ. އޭނާ އަންނަމުން އިޝަލްއަށް ގުޅައި ގުޅައި ފޯނެއް ނުނަގައެވެ. މަޢުލޫމާތު ދިން ކުއްޖާ ބުނި ތަނަށް ދިޔައިރު އިޝަލް އަދި މިންހާވެސް ފެންނާކަށް ނެތެވެ. ފާރުގައި ލެގިލައިގެން ބިންމަތީ ޔޫސުފް ރޯން އިނެވެ. އެރިކް ފޯނު ނަގައި އަނެއްކާވެސް އިޝަލްއަށް ގުޅައިލިއެވެ. ނަސީބަކުން ދެތިން ފަހަރު ރިންގްވާއިރަށް އިޝަލް ފޯނު ނެގިއެވެ. އުނދަގޫ ގޮތަކަށް އެސްފިޔަ ތަޅުވާލައިފައި މިންހާ ލޯ ހުޅުވައިލިއެވެ. ބޮލަށް ބުރަވެފައި ހުރުމާއެކު ބޮލުގައި އަތްއަޅައިލިއެވެ. […]
ނިދި މޫނަކާއެކު އެރިކް ހުރިއިރު އޭނާގެ އިސްތަށިގަނޑުވެސް އޮތީ ތަރުތީބެއް ނެތް ގޮތަށް ހޭވިފައެވެ. ހަމަ އެކަނި ކަޅު ކުލައިގެ ސޯޓެއްގައި ހުރުމުން އެރިކްގެ ކަސްރަތީ ހަށިގަނޑު އޮތީ ހާމައަށެވެ. “ވެލެރީ؟” ހައިރާންވެފައި ހުރެ އެރިކްއަށް ބުނެވުނެވެ. ވެލެރީ ހިނިތިންވެލައިފައި ހައި ޖަހައިލިއެވެ. ހަދަންވީ ގޮތެއް ނޭންގި އެރިކް އިސްތަށިގަނޑު ތެރެއަށް އޭނާގެ އަތް މަހައިލިއެވެ. “ވަދޭ އެތެރެއަށް” އިރުކޮޅަކު އެހެން އިނދެފައި އެތެރެއަށް ވަންނަން ވެލެރީއަށް ދަޢުވަތު ދިނެވެ. ފުޅާ ހިނިތުންވުމަކާއެކު ވެލެރީ އެތެރެއަށް ވަނެވެ. […]
މިންހާ އެނދުގައި އޮށޯވެލައިގެން ފޯނުން އިންސްޓަގްރާމް ބަލަން އޮތެވެ. ފޫހިވެފައި އޮތުމާއެކު ކުރަން އެންމެ ރަނގަޅު ކަމަށް ފެނުނީއެވެ. މަތިން ފެށިގެން ތިރިއަށް ސްކްރޯލް ކުރަމުން ދަމުން ހުއްޓާލަން ޖެހުނީ ލަންޑަންގެ މަޝްހޫރު މޮޑެލް ވެލެރީ ވެސްޓް ކޮށްފައި އިން ޕޯސްޓް ފެނިފައެވެ. **** އެރިކްއާ އެކު ނަގައިފައި އިން ސެލްފީ ޕޯސްޓްކޮށްފައި އިން އިރު އޭގެ ކެޕްޝަންގައި ‘ޑޭޓް ނައިޓް ވިތް މައި ބޯއި’ ލިޔެފައި އިނެވެ. ހިތަށް ވެރިވި ފޫހިކަމާއެކު ވަގުތުން އިންސްޓަގްރާމް ނިންވާލިއެވެ. […]