Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒަޚަމް 7

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 1, 2020 5 Mins Read
6 Comments

ނިދުމުގެ ކުރިން ދަހުލާންއަށް ގުޅަން ފޯނު ނަގަނިކޮށް ނުދަންނަ ނަންބަރަކުން ކޯލެއް އައެވެ. ނަގަން ނުނަގަން ހުރެފައި ކެނޑެން އުޅެނިކޮށް އާލިޔާ ޖަވާބު ދިނެވެ. އެކޮޅުން ދިން ޚަބަރަކުން އާލިޔާގެ ހެޔަށް ގޮތް ނުވީ ކިރިޔާއެވެ. ފޯނު އެއްލައިލައިފައި ނިދާ ހެދުން ލައިގެން އެ ހުރި ގޮތަށް ބޭރަށް ދުއްވައިގަތެވެ. އޭރު ހޯސްލައިފައި ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
***
މަގު މަތީގައި މީހުން ހަރަކާތްތެރި ވަމުން ދިޔައެވެ. ޕޮލިސް ކާރުތަކުގެ އަޑު އިވެމުން ދިޔައެވެ. މީހުންގެ ހަޅޭކުގެ އަޑުވެސް އިވެމުން ދިޔައެވެ. އެއިން ކަމަކަށް ނުވިސްނާ ފައިގައި ހުރި ބާރެއްލައިފައި އާލިޔާ ދުވަމުން ދިޔައެވެ. ދުއްވާ އެއްޗެއްގައި ޖެހިދާނެތީ އެކަމަށް ސަމާލުކަމެއް ނުދެއެވެ. އާލިޔާ ދުވަމުން ދިޔައިރު ދެވެނީ ކޮންތާކަށް ކަންވެސް އޭނާއަށް ނޭންގޭ ފަދައެވެ. އިރުގަނޑެއް ދުވުނު ފަހުން އާލިޔާއަށް ހޮސްޕިޓަލާއި ހަމައަށް ދެވުނެވެ. އޭރު އެމްބިއުލެންސްތަކުގެ އަޑު މުޅި ހިސާބުގައި ިއިވެމުން ދިޔައެވެ. ފުލުހުންނާއި ނަރުހުން ހަރަކާތްތެރި ވަމުން ދިޔައެވެ. ސްޓްރެޗާރ ތަކުގައި ހާލުބޮޑު މީހުން އެތެެރެއަށް ވައްދަމުން ދިޔައެވެ. އާލިޔާގެ އިތުރަށް ބައިވަރު މީހުން ރޮމުން ހޮސްޕިޓަލަށް ވަންނަމުން ދިޔައެވެ.

ހޮސްޕިޓަލު ބޭރުން ފެންނަމުން ދިޔަ މަންޒަރުން އާލިޔާގެ މެއަށް ގޮތްވިއެވެ. ހާލުބޮޑު މީހުން ފެނި ހިތުގައި ބިރުވެރިކަން ވަށައިލިއެވެ. ހޮސްޕިޓަލު ދޮރުން ވަންއިރު އޭނާއަށް މަންޒަރު ފެންނަން ފެށީ ނުސްފުކޮށެވެ. ދުނިޔޭގެ ހިނގުން ލަސްވެ އަޑުތައް ނުސާފުވާން ފެށިއެވެ. ދެފައިން ވަރުދޫވެ ވެއްޓެން އުޅޭހެން ހީވިއެވެ. ހޮސްޕިޓަލު ތެރޭގައި ދުވަމުން ދިޔަ ޑޮކުޓަރުންނާއި ނަރުހުން ފެނި ބޮޑު ހާދިސާއިން ހިނގައިގެން އުޅޭކަން އެނގެއެވެ. އެންމެން ތިބީ އެލާޓުގައެވެ. ސްޓްރެޗާރ ތަކުގައި ގެންދަމުން ދިޔަ މީހުންނަށް އާލިޔާ ބަލަމުން ދިޔައެވެ.

އެއްވެސް ހިސާބަކުން އޭނާ ހޯދަން ބޭނުންވި ސޫރަ ނުފެނުމުން ބާރަށް ރޮއެ ގަނެވުނެވެ. އަނގަ މަތީ އަތް އަޅައިގެން ހުރި ތަނަށް ތިރި ވެވުނީ ލިބުނު ހިތްދަތި ކަމުންނެވެ. މޭ ފިތިގެން ދާކަމުގެ އިހްސާސް ކުރެވުނެވެ. ނޭވައި ލާން އުނދަގޫވެ ހާސްވާން ފެށިއެވެ. ބޮލަށް ބަރުވެ ހޭ ހުސްވާ ގޮތްވިއެވެ.
“އާލިޔާ! އާލިޔާ!” އާލިޔާ ކޮނޑުގައި ހިފައި މިހްތަރް ތަޅުވައި ގަތެވެ. މިހްތަރްގެ އަޑުވެސް އާލިޔާއަށް އިވުނީ ނުސާފުކޮށެވެ. މަޑު މަޑުން ތުންފަތް ހަރަކާތް ކުރަމުން ކޮންމެސް އެއްޗެކޭ ބުނެލިއެވެ. އާލިޔާ ބުނިލެއް މަޑުކަމުން މިހްތަރްއަށް ސާފުކޮށް ބުނި އެއްޗެއް ނޭންގުނެވެ. ނަމަވެސް އާލިޔާ އެތަނަށް އައި ސަބަބު އޭނާއަށް އެނގެއެވެ.

މިހްތަރްގެ ބައްޕައަކީ މިސްޓިކް ފޯލްސްގެ ޕޮލިސް ކެޕްޓަނެވެ. އިމަޖެންސީކޮށް ބައްޕަ އެތަނަށް އައުމުން މިހްތަރްވެސް ފަހަތުން އައީއެވެ. މިހްތަރް އޭނާގެ ބައްޕަ މިރާން ގާތަށް އާލިޔާ ގޮވައިގެން ދިޔައެވެ. އެވަގުތުގެ ގޮތުން މިރާންއަށް އެ ކުދިންނަށް އެހީވާން އުނދަގޫވިއެވެ.

އާލިޔާ އަތުލަފިކޮށްގެން މިހްތަރް ހޮސްޕިޓަލްގެ އެކި ހިސާބު ބެލިއެވެ. ތަންތަން ބަލަމުން ދިޔަ ވަރަކަށް އާލިޔާގެ ހާލުވެސް ބޮޑުވަމުން ދިޔައެވެ. ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާއަށް ދެވުނު ތަނުން އާލިޔާގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. ގޮނޑިއެއްގައި އިށީންދެގެން އިން ކޮއްކޮ ޖިރާން ފެނި އެވަގުތު ހިތަށް ލިބުނު ހިތްހަމަޖެހުން ބުނެދޭންވެސް ނޭންގުނެވެ. މިހްތަރް އަތުން ދެމިގަނެގެން ދުވެފައި ދިޔައެވެ.
“ޖެރާ!” އާލިޔާ ފެނުމުން ޖިރާންއަށް ކޮޅަށް ތެދުވެވުނެވެ. ހަމަޖެހުމުގެ ނޭވާއެއް ހަށިގަނޑުން ދޫކޮށްލެވުނީ ސަލާމަތުން ދައްތަ ހުރިތަން ފެނުމުންނެވެ. އާލިޔާ ގޮސް ޖިރާން ގައިގައި އޮޅުލައިގަތެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަ ޖިރާންގެ ޓީޝާޓް ތެންމަމުން ދިޔައެވެ. “ކިހިނެ..އްވީ؟ އެއްވެސް އަނިޔާއެއް ވިތަ؟ ރަނގަޅު ތަ؟” ސުވާލު ގޯންޏެއް އާލިޔާ އޮއްސައިލިއެވެ. ޖިރާން ހަށިގަނޑުގައި އެއްވެސް އަނިޔާއެއްްގެ ނިޝާން ހުރިތޯ ބަލައިލިއެވެ. ޖިރާން ލައިގެން ހުރި މަޑު ފެހިކުލައިގެ ޓީޝާޓުގައި ލޭގެ އަސަރު ހުއްޓެވެ. އަދި ޖިރާންގެ މޫނުގައި ދެލި ފާޑުގެ އެއްޗެއްވެސް ހުއްޓެވެ.
ލޭ ފެނުމުން އާލިޔާ މޭނުބައިކޮށް ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. “ހެއި. މިއީ އަހަރެންގެ ލެޔެއް ނޫން. އައި އޭމް ފައިން. އިރާދަކުރެއްވީތީ އަހަންނަކަށް އެއްވެސް ގެއްލުމެއް ނުލިބޭ!” ކޮއްކޮ ގައިގައި ބައްދައިގެން ދެންވެސް އާލިޔާއަށް ރޮވުނެވެ.

ކެމިކަލް މުދާ ހުރި ގުދަނެއްގައި ރޯވެ އެ މުޅި ސަރަހައްދުގައި އަލިފާން ހިފީއެވެ. އެވަގުތު އެތާ ކައިރީގައި ހުރި ރެސްޓޯރެންޓްގައި އެތައް ބަޔަކު ތިއްބެވެ. އަލިފާންގަނޑު ރޯވީ ކުއްލިއަކަށް ކަމުން މީހުންނަށް ސަލާމަތްވާން މާ ބޮޑު ފުރުސަތެއްވެސް ނުލިބެއެވެ. ކަން ދިމާކުރި ގޮތުން ޖިރާންވެސް އެކުވެރިޔަކާ އެކު ހުރީ އެ ސަރަހައްދުގައެވެ. ރެސްޓޯރެންޓާއި ކައިރީ ހުރި އިމާރާތްތަކުގައި ހުޅުގަނޑު ހީވީ ޖިރާން މެން ބަލަ ބަލައި ތިއްބައެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ދެ ކާރު ޖެހި އެކްސިޑެންޓެއްވެސް ހިނގިއެވެ. އެތަނުން އެއް ކާރު ގޮސް އަލިފާން ރޯވެފައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ޖެހިފައި ހުއްޓުނެވެ. ބިއްކޫރިތައް ތަޅައިގެން ގޮސް މުޅި ހިސާބުގަނޑަށް ބުރައިގެން ދިޔައެވެ. އެ ކާރުގައި އަލިފާންގަނޑު ހިފީ ޖިރާން ބަލަ ބަލައި ހުއްޓައެވެ. އޭގެތެރޭގައި އޭނާއާ އެއް އުމުރެއްގެ އަންހެން ކުއްޖަކާ މެދު އުމުރުގެ އަންހެނަކާ ފިރިހެނެއް ހުއްޓެވެ. ބަލާ ބެލުމަށް އެއީ އެ ކުއްޖާގެ މައިންބަފައިންނެވެ. އެ ދެމީހުން ކުރީ ސީޓުގައި ތިބިއިރު ތިބީ ހޭނެތިފައެވެ. ފަހަތުގައި އިން އަންހެން ކުއްޖާ ރޮމުން ދިޔައެވެ. ސީޓު ބެލްޓް ތާށިވެފައި ހުރުމުން އެތަނުން ސަލާމަތްވާނެ ގޮތެއް ނެތެވެ. އެކުއްޖާ އެހީއަށް އެދި ގޮވަމުން ދިޔައިރު އެއްވެސް މީހަކަށް ކައިރިވާކަށް ނުކެރުނެވެ. ޖިރާންއަށް އެ އަންހެން ކުއްޖާ ސިފަވީ އާލިޔާގެ ގޮތަށެވެ. އަދި ކާރުތެރޭގައި ހޭނެތިފައި ތިބި ދެ މީހުން އޭނާގެ މައިންބަފައިން ގޮތަށެވެ. އިޚްތިޔާރަކާ ނުލައި އޭނާއަށް އެ ދިމާއަށް ދުއްވައިގަނެވުނީ އެހެންވެއެވެ. ގާތުގައި ހުރި އެކުވެރިޔާ ނުދާށޭ ގޮވައި ގޮވައި އޮއްވައި ދުއްވައިގަތެވެ.

އާލިޔާއަށް ގުޅީ އޭނާގެ އެކުވެރިޔާއެވެ. ފަޔާރފައިޓާސް އެ ވަގުތު އެތަނަށް އައިސް ޖިރާން ފަހަތުން އޭނާ ދިޔަ ނުދީ ފޮނުވައިލިއެވެ. އެންބިއުލާންސް އައިސް އެތަނުން ބަޔަކު ގެންދިޔަކަށް އޭނާ ދެނެހުއްޓެވެ. ޖިރާންއާ މެދު ކަންބޮޑުވީ ވަރުން އޭނާ އަވަހަށް އާލިޔާއަށް ގުޅައިފައި ޚަބަރު ދިނެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމާއި އޭގެ އިތުރަށް އެކްސިޑެންޓެއް ހިނގައި ޖިރާންވެސް ހޮސްޕިޓަލަށް ގެންގޮއްސި ކަމަށެވެ. އެ ޚަބަރު އާލޮޔާގެ ކަންފަތާ ހަމައަށް އެރީ ހޮނު ގުގުރިއެއް ފަދައިންނެވެ. އެކްސިޑެންޓާއި ޖިރާން އެއް ޖުމްލައިގައި އަޑު އިވުމުން ދެން ސެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެވުނެވެ. ފޯނު އަތުން ދޫވެގެން ވެއްޓުމާއެކު ދުއްވައިގަނެވުނެވެ.

“ޕޭޝަންޓް ވަރަށް ކްރިޓިކަލް. އިތުރު އޮޕަރޭޝަން ތަކެއް ކުރަން ޖެހޭނީ.” ޑޮކްޓަރު ދިން ޚަބަރުން ޖިރާން މާޔޫސްވާ ގޮތްވިއެވެ. އެ އަންހެން ކުއްޖާގެ މައިންބަފައިން ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ ނިޔާވެފައެވެ. އެ ކުޑަ އާއިލާއަކީ އަލަށް އެ ރަށަށް ހިޖުރަކޮށްގެން އުޅޭ ބައެއް ކަމުން ގާތް ތިމާގެ އެހެން އެއްވެސް މީހަކު ނެތެވެ.

ކުރުގޮތަކަށް ވީ ގޮތް ޖިރާން އާލިޔާއަށް ކިޔައިދިނެވެ. އަދި އެކުއްޖާ ރަނގަޅު ވަންދެކަށް ހޮސްޕިޓަލުގައި ހުންނަން ބޭނުންވާ ކަންވެސް ހާމަކުރިއެވެ. ޖޫންއަށް ގުޅައިފައި އެކުދިން ހޮސްޕިޓަލުގައި ތިބި ވާހަކަ ބުނުމުން އެތަނަށް އެބަދަން ކަމުގައި ބުނެފައި ފޯނު ބޭއްވިއެވެ.

މިހްތަރް ދިއުމާއެކު އާލިޔާ އަދި ޖިރާން އެކަނިވިއެވެ. ރުއިމުގެ ސަބަބުން އާލިޔާގެ މޫނު ވަނީ އެއްކޮށް ރަތްވެފައެވެ. ޖިރާން އާލިޔާއަށް ބަލައިލައިފައި ފުން ނޭވައެއް ދޫކޮށްލިއެވެ. ދައްތަ އޭނާދެކެ ލޯބިވާ ވަރު މިރޭ ހާމަވެގެން ދިޔައެވެ. ޖިރާން މަޑުމަޑުން އާލިޔާއަށް ގޮވައިލިއެވެ. އާލިޔާ ހޫން އަޅުވައިފައި ކިހިނެއްވީތޯ އެހިއެވެ. “މިރޭ އަހަންނަށް އެކުއްޖާއަށް އެހީވާން އަމިއްލަ ފުރާނައަށް ވިސްނުމެއް ނެތި ދެވުނީ އެކުއްޖާ އާލިޔާ ގޮތަށް ސިފަ ކުރެވުނީމަ. ހީވީ ކާރުތެރޭގައި އިނީ އާލިޔާހެން. އައި އޭމް ސޮރީ ފޯރ އެވްރީތިން. އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އެރޭ އާލިޔާއަށް ވާނެ ގޮތް ވިސްނުނީ މިރޭ އެކުއްޖާ ފެނުނީމަ” ޖިރާން އޭނާއަށް ކަންތައް ކުރެވުނު ގޮތާއި މެދު އާލިޔާގެ ކިބައިން މާފަށް އެދުނެވެ. މިރޭ އޭނާގެ ހިތުގައިވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. އެ އަންހެން ކުއްޖާ އެހީއަށް އެދި އާދޭސްކުރި އަޑު އަދިވެސް ކަންފަތުގައި ގުގުމަމުން ދެއެވެ. މަންމަ އާއި ބައްޕަ ސަލާމަތްކޮށްދޭން އަސަރާއެކު ޖިރާން ގާތު އެދުނު މަންޒަރު ލޮލަށް ސިފަވަމުން ދިޔައެވެ.

މުޅި ރޭ އާލިޔާ އަދި ޖިރާން ހޭދަ ކުރީ ހޮސްޕިޓަލުގައެވެ. ޖޫންވެސް އެދެކުދިންނާ އެއްކޮށް ހޮސްޕިޓަލުގައި މަޑު ކުރިއެވެ. އެ ނުދަންނަ އަންހެން ކުއްޖާގެ ފަރުވާގެ ހުރިހާ ޚަރަދެއް ޖޫން ކޮށްދޭން އެއްބަސްވިއެވެ.

އާލިޔާ ފޯނަށް ގުޅަައި ގުޅަައި ޚަބަރެއް ނުވުމުން ދަހުލާން ކަންބޮޑުވާން ފެށިއެވެ. އަލިފާނުގެ ޚަބަރު ލިބުމުން އޭނާގެ ހާސްކަން އިތުރުވިއެވެ. ސުފްޔާނަށް ގޮވައިފައި ކައިރާއަށް ގުޅަން އެދުނެވެ. އާލިޔާއަށް ކަމެއް ދިމާވެދާނެތީ ސުފްޔާންވެސް ކަންބޮޑުވިއެވެ. ކައިރާއަށް ގުޅައިގެންވެސް އާލިޔާގެ ޚަބަރެއް ވުމުން ދެބެއިން އެ ގަޑީގައިވެސް ބޭރަށް ނުކުތެވެ.

އާލިޔާމެން ގެއަށް ދިޔައިރު އެ ގެ އޮތީ އެއްކޮށް ނިއްވާލާފައެވެ. ދަހުލާން އާއި ސުފްޔާން އެތައް ފަހަރަކު ބެލް ޖަހައިގެންވެސް ޖަވާބެއް ނުލިބުނެވެ.

ދަހުލާން އަދި ސުފްޔާން ހޮސްޕިޓަލަށް ދިޔައިރު އެތައް ބަޔަކު ކަރުނަ އަޅަައި ރޮމުން ދިޔަ މަންޒަރު ފެނުނެވެ. ފިހިފައި ތިބި މީހުން އެއް ތަނުން އަނެއް ތަނަށް ބަދަލު ކުރެވެމުން ދިޔައެވެ. ޑޮކްޓަރުންނާއި ނަރުހުން ދެކޮޅަށް ދުވަމުން ދިޔައެވެ.

ދަހުލާންގެ ފިޔަވަޅުތައް ހުއްޓި ދިހަ ވަރަކަށް އަހަރު ކުރީގެ ހަނދާންތައް އާވަމުން ދިޔައެވެ. ނުސާފުކޮށް ބޮޑު އަލިފާން ގަނޑެއް ފެންނަން ފެށިއެވެ. އަންހެން ކުއްޖެއްގެ ރުއިމުގެ އަޑުވެސް އިވެން ފެށިއެވެ. ބޮލަށް އެރި ތޫނު ތަދާއެކު ދަހުލާނަށް ބޮލުގައި އަތް އަޅައިލެވުނެވެ.

ފަހަތުން ކޮއްކޮގެ ހިލަމެއް ނުވެގެން ސުފްޔާން ފަހަތް ބަލައިލިއެވެ. އޭރު ބޮލުގައި އަތް އަޅައިގެން ފާރެއްގައި ލައްވެގެން ދަހުލާން އިނެވެ. އޭނާގެ މޫނު މަތިން ފެންނަމުން ދިޔަ އަސަރުތަކުން ޠަބީޢަތަށް ބަދަލު އައިސްފިކަން ސުފްޔާނަށް ވިސްނުނެވެ. “ޑޭމް އިޓް!” ސުފްޔާން އެނބުރި ގޮސް ދަހުލާން ހަމައަކަަށް އަަޅުވަން މަސައްކަތް ކުރިއެވެ.

“ދަހުލާން؟” ޖިރާންއަށް ފެން ފުޅިއެއް ބަލައި ތިރިއަށް ފޭބި އާލިޔާއަށް ދަހުލާން ފެނުމާއެކު ދުއްވައިގަނެވުނެވެ. ދަހުލާން ވޭނުގައި އުޅޭތަން ފެނި އާލިޔާގެ ހިތަށް ތަދުވިއެވެ. ސުފްޔާން ދުރަށް ޖައްސާލަމުން، ދަހުލާން ކުރިމައްޗަށް ވާ ގޮތަށް އާލިޔާ އިށީނެވެ. އަދި ވަރަށް ލޯބިން ދަހުލާންއަށް ގޮވައިލިއެވެ.

ފަނޑުކޮށް ނަމަވެސް ދަހުލާންއަށް އާލިޔާގެ އަޑު އިވުނެވެ. އާލިޔާގެ އަޑު ކަންފަތުގައި ޖެހުމުން ހަމަޖެހިލަން ފަސޭހަވިއެވެ. ފުންކޮށް ދެތިން ނޭވައި ލައިފައި ލޯ ހުޅުވާލިއިރު އާލިޔާގެ ސޫރަ ފެނުމުން ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.

ސުފްޔާންގެ އަތް މުށްކެވިފައި ހުރިއިރު ދެލޮލުން ވޭނައި ރިހުން ފެންނަމުން ދިޔައެވެ. މަޑު މަޑުން ފަހަތަށް ޖެހެމުން ގޮސް އޭނާ އެ ދެ މީހުން ނުފެންނަ ހިސާބަށް ދިޔައެވެ.

“އޯކޭތަ؟ ކީއްތިކުރަނީ މިތާ؟” ދަހުލާން ހަމައަކަށް އެޅުމުން އާލިޔާ އެހިއެެވެ. “އާލިޔާގެ ޚަބަރެއް ނުވެގެން ތިގެއަށް ގޮސްގެންވެސް ޚަބަރެއް ނުވީމަ މިތަނަށް އައީ. ކޮއްކޮއާ އަންޓީއަށް ކަމެއްވީތަ؟” އާލިޔާއަށް ބަލައިލައިފައި ގެއްލުމެއް ނުވާކަން އެނގުމުން ދަހުލާންއަށް ހަމަޖެހުމެއް ލިބުނެވެ. ކުރު ގޮތަކަށް ކަންތައްވީ ގޮތް އާލިޔާ ދަހުލާންއަށް ކިޔައިދިނެވެ. ދަހުލާން އޭނާއާ މެދު ކަންބޮޑުވާ ވަރު ހިތަށް އަރައިފައި އާލިޔާއަށް ހިނިތުންވެވުނެވެ.

ހިނގައި ދިޔަ ނުރައްކާތެރި ހާދިސާގެ ސަބަބުން ސްކޫލްތަކާއި އޮފީސްތައް ބަންދުކުރިއެވެ. އެ ހާދިސާގައި ސަތޭކައަށް ވުރެ ގިނަ މީހުން ދުނިޔެ ދޫކޮށް ދިޔައެވެ. އެތައް ބަޔަކު ގެދޮރު ގެއްލި ވަންނާނެ ތަނެއް ނެތި ނިކަމެތިވިއެވެ. ހަމަ އެއާއެކު ރަށުގެ އެތައް ބަޔަކު ހާލުގައި ޖެހުނު މީހުންނަށް އެހީވިއެވެ.

ހެނދުނު ހޭލައިގެން ކައިރާ ބަދިގެއަށް ދޮޔައިރު މަންމަ އުޅޭތަން ފެނި ކައިރާއަށް ކުޑަވަރެއްގެ ޝޮކެއް ޖެހުނެވެ. އުނދުން މަތީ ތަވައެއް އުދާފައި ބިސްގަނޑު އަޅަން ހުރީ ތައްޔާރުކޮށްފައެވެ. ކައިރާ ފެނުމުން ލީޒާ ހިނިތުންވެފައި ސައިބޯން އަންނަން އެދުނެވެ. ކައިރާއަށް ހީވީ ހުވަފެނެއްްގެ ތެެރޭގައި އޭނާއަށް އުޅެވޭހެންނެވެ. ދެތިން ފަހަރު އަމިއްލަ އަތުގައި ޖަހައިލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ނަފްރަތުން އުފެދުނު ލޯބި … 11 ވަނަ ބައި

Next

ވަކިވެ ދިޔަޔަސ

Next
May 1, 2020

ވަކިވެ ދިޔަޔަސ

Previews
May 1, 2020

ނަފްރަތުން އުފެދުނު ލޯބި … 11 ވަނަ ބައި

6 Comments!

  1. Falakk says:
    May 1, 2020 at 7:33 pm

    Wowwwc hama Bala Bala indhaa thi up kohlee. ??
    When next
    Masha allah???

  2. jaeminie says:
    May 1, 2020 at 9:04 pm

    this part is also nice….
    well done….

  3. Yan♥️ says:
    May 1, 2020 at 11:45 pm

    Varah reethi ? Masha Allah

  4. Park Jimin says:
    May 2, 2020 at 10:41 am

    Masha Allah… Varah reethi mi part ves…. Curiously waiting for the nxt part

  5. Lil gurll says:
    May 8, 2020 at 3:06 am

    Nxt prt knirakun? Waiting…….

  6. ?nct na jaemin? says:
    May 13, 2020 at 7:03 pm

    Kon irakun next part….
    Haadha dhuvas vehjeyey up nukuraathaa

Comments are closed.

Next Episodeޒަޚަމް 8←


All Right Reserved!