ޒަޚަމް 4

- by - 112- April 10, 2020

ބްރޭކް ގަޑީގައި ކެންޓީނަށް ދިޔައީ ގުރޫޕު އެއްކޮށްށެވެ. ބަލްޤިސް ކައިރާ އާލިޔާ މިހްތަރް އަދި ތަސްލީނެވެ. އެމީހުންނާއި ބައިވެރި ވުމަށް ކައިރާ ދަހުލާންއަށް ދަޢުވަތު ދިނެވެ. ދަހުލާން ދެކޮޅު ނުހަދައި އެމީހުންނާއި ބައިވެރިވީ އާލިޔާ އިނުމުންނެވެ.

އާލިޔާއާ ޖެހިގެން އިން ހުސްގޮނޑީގައި ގޮސް ދަހުލާން އިށީނެވެ. އާލިޔާ ދަހުލާންއަށް ބަލާލައިފައި ރަކިގޮތަކަށް ހީލިއެވެ.

“އޯކޭ ކެރާ ކިހިނެއްވީ ރޭގަ؟” އާލިޔާ އާއި ދަހުލާން މާފޮޅުވާތަން ބަލަން ހިތަށް އުނދަގޫ ވުމާއެކު މިހްތަރަށް މައުޟޫ ބަދަލުކޮށްލިއެވެ. މިހްތަރް ސުވާލު ކުރުމުން ރޭގައި ދަހުލާން އޭނާއަށް އެހީތެރި ވެދިން ގޮތް ހަނދާނަށް އައުމާއެކު ކައިރާ ހީލިއެވެ. “ގެއަށް ވަގެއް ވަދެގެން އުޅެނިކޮށް ދަހުލާން އައިސް އެ ސޮރު ގެއިން ބޭރުކޮށްލީ” އަސްލު ވީ ގޮތް ކައިރާ ސިއްރު ކުރިއެވެ. ހަޤީގަތް އެނގޭނީ ދަހުލާން އާއި އާލިޔާއަށެވެ. ކައިރާ ދޮގު ހެދުމުން ހިތްހަމަ ނުޖެހުނު ކަމުގައި ވިއަސް އާލިޔާ އެއްޗެކޭ ނުބުނެއެވެ.

ކައިރާގެ އެކުވެރިން އޭނާއަށް ބަލަމުން ދިޔަ ގޮތުން ދަހުލާން ލަދުގަންނަ ގޮތްވިއެވެ. އެމީހުންނާ އެއްކޮށް އިށީންދެވުނު މޮޔަ ހިތަށް އެރިއެވެ. ދެންތިބި ކުދިން ދައްކާ ވާހަކައަށް ހިނިތުންވުން ފިޔަވާ އިތުރު ކަމެއް ދަހުލާން ނުކުރެއެވެ. ކައިރާ ސުވާލެއް ކޮށްފިނަމަ ކުރު ގޮތަކަށް ނޫނީ ބޮލުން ޖަވާބު ދެއެވެ. ދަހުލާންގެ މަޑު މައިތިރި މިޒާޖު އާލިޔާއަށް ވަރަށް ކަމުދިޔައެވެ. އެ ހުރިހާ އިރު އޭނާގެ ނަޒަރު އެންމެ ސިކުންތަކަށްވެސް ދަހުލާންއާ ވަތްކެއް ނުވެއެވެ.

ސްކޫލް ނިންމާފައި ކައިރާ ބޭނުންވީ ގެއަށް ދާށެވެ. ނަމަވެސް އޭނާ އެކަނި ގޮސް ގޭގައި ހުންނަން އާލިޔާ ބޭނުމެއް ނުވިއެވެ. ރޭގައި ވީ ފަދަ ކަމެއް ވެދާނެތީއެވެ. “އަހަރެން ރަނގަޅު ވާނެ. މަންމަވެސް މިހާރު ގެއަށް އަންނާނެ. އެހެންވީމަ އެކަންޏެއްވެސް ނުވާނެއްނު” އެންމެ ފަހުން ކައޮރާ ގޮތް ދޫ ނުކުރުމާއެކު އާލިޔާއަށް ޖެހުނީ ހަތިޔާރު ބަހަށްޓާށެވެ.

ކައިރާ ދޮރު މައްޗަށް އެރިއިރު ގޭ ބޮޑު ދޮރި ހުރީ ހުޅުވާފައެވެ. ގޭތެރެއަށް ވަން އިރު އުސް ފައިވާން ކިބައެއް ދޮރު މަތީ އެއްލާލާފައި އޮތެވެ. އެއާއެކު އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނީ މަންމަ ގޭގައި އުޅޭތީއެވެ. ކައިރާ އެފައިވާން ކިބަ ނަގާފައި އޭގެ އަނެއް ކިބަ ތަންކޮޅެއް
ދުރުން ނަގައިގެން ގޮސް ފައިވާން ލާން ބަހައްޓައިފައި ހުރި ހަރަށް ލިއެވެ.

ަިސިޓިން ރޫމަށް ދިޔައިރު ސޯފާގައި ގަދަ ނިދީގައި މަންމަ ލީޒާ އޮތެވެ. މަންމައަށް ގޮވަން ނުހަދާ ކައިރާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ކައިރާ ސިހިގެން ދިޔައީ ދޮރު ހުޅުވާލިއިރު އޭނާގެ އެނދު މަތީގައި އިށީންދެގެން އިން ކައިލާން ފެނިފައެވެ. ސިއްސައިގެން ދިޔަ ވަރުން އޭނާގެ އަނގައިން ތޫލި ހަޅޭކެއްގެ އަޑު ބޭރުވިއެވެ.

“ކެރާ؟” އެނދުގައި އިން ކައިލާން ފުންމައިގެން ތެދުވިއެވެ. އޭނާ ދިޔަ ގޮތަށް ގޮސް ކައިރާ ގައިގައި ބައްދައިލިއެވެ. ކައިލާންގެ އެ އަމަލުން ގުޑިލަންވެސް ނޭންގިފައި ކައިރާއަށް އިނދެވުނެވެ. މިނެޓެއް ހާއިރު ފަހުން އުނދަގޫ ވެގެން ކައިރާއަށް ތެޅިގަނެވުނެވެ. “ކެރާ ރޭގެ ކޮންތާކު އުޅުނީ؟ އަހަރެން ބެލިއިރު ގޭގައި ނެތުމުން ވަރަށް ބިރުގަތް!” ކައިރާ މޫނުގައި ދެއަތުން ކައިލާން ހިފިއެވެ. ބިރެއް ފެނިގެން ދުރަށް ޖެހޭ ފަދައިން ކައިރާ ދުރަށް ޖެހުނެވެ. ކައިލާން އުޅެން ފެށި ގޮތުން އޭނާގެ ހިތް ބިރުގަތެވެ. “އައި އޭމް ފައިން” އޭނާ އާލިޔާ މެންގޭގައި ހުރިކަން ކައިލާންއަށް އަންގަން ކައިރާގެ ހިތެއް ނޭދުނެވެ. ކައިލާން ރޭގައި އެގެއަށް އައީ ކީއްކުރަންތޯއޭ ހިތުގައި ސުވާލު އުފެދުނެވެ. އޭނާ އިނީ ކައިލާން އަމިއްލައަށް ފެނިގެން ކޮޓަރިން ނިކުމޭތޯއެވެ.

ކައިލާން ނުކުތުމުން ކައިރާ ކޮޓަރި ތަޅުލާފައި ފެންވަރަން ވަނެވެ. އޭނާ ބޭނުންވީ ތާޒާ ވެލައިގެން ނިދާލާށެވެ. ރޭގައި ލޯ މަރައިގެން އޮތެއް ކަމަކު އޭނާއަކަށް ނުނިދެއެވެ. ހިތް އަދިވެސް ވަނީ ބިރުގަނެފައެވެ.

ކައިގެން ފިލާވަޅުތައް ހަދަން ކޮޓަރިއަށް ވަން އާލިޔާއަށް ކުރަން އުޅުނު ކަންތައް މަތިން ހަނދާން ނެތުނީ ދަހުލާންގެ މެސެޖު ފެނިފައެވެ. މެސެޖު ކިޔަން އިން އިރު މުޅި ކުއްޖާގެ ކޯތާފަތް އެއްކޮށް ވަނީ ރަތްވެފައެވެ. ދަހުލާންގެ ސޫރަ ހިތަށް ސިފަވުމާއެކު ރަކިކޮށް ހީލައިފައި ތުންފަތުގައި ދަތް އަޅައިލެވެނުވެ.

ސުފްޔާންއާ ޚިލާފަށް ދަހުލާންއަކީ އެއް އިރެއްގައިވެސް މާ ގިނައިރު ފޯނު ހިފައިގެން ހުންނަ ކުއްޖެއް ނޫނެވެ. ނަމަވެސް މިއަދު މެންދުރު ކައިގެން ފޯނު ބަލަން ފެށިގޮތަށް ދަހުލާން އަތުން ފޯނު ދޫވެސް ނުކުރެއެވެ. ލިލީއަށް އެކަން ފާހަގަ ވެގެން ދަހުލާންއާ ސުވާލުވެސް ކުރިއެވެ. މަންމަ ގާތު އާލިޔާގެ ނަން ގަންނަން ފަސް ޖެހުމުން ފޫހިވެގެން ފޯނު ބަލަނީ ކަމުގައި ބުނެ ދޮގެއް ހަދާލިއެވެ.

ސުފްޔާން ގޭގައި ހުންނަން ފޫހިވެގެން މަގު މައްޗަށް ނުކުތެވެ. ދާނެ ވަކި ތަނެއް ނެތި ހިނގަމުން ދަނިކޮށް
ބަލްޤިސްއާ އެއްކޮށް ޕާކަށް ވަންނަމުން ދިޔަ އާލިޔާ ލޮލުގައި އަޅައިގަތެވެ. އާލިޔާ ފެނުމާއެކު އޭނާގެ ހިތުގައި ބުނެދޭން ނޭންގޭ އިހްސާސްތަކެއް އުތުރި އަރައިގަތެވެ. އެއީ މީގެ ކުރިން އޭނާއަށް ކުރެވުނު އިހްސާސްތަކެއް ނޫނެވެ.

މިހްތަރްގެ މާފު ލިބުމުން އާލިޔާގެ ހިތަށް ވަނީ ހަމަޖެހުން ލިބިފައެވެ. އޭނާއާ މިހްތަރްއާ ދެމެދު އޮތް މައްސަލަ ވާހަކަ ދައްކައިގެން ދެމީހުންވެސް ހައްލުކުރީއެވެ. ކޮންމެ ގޮތެއް ވިއަސް އާލިޔާއަކީ އެންމެ ގާތް އެކުވެރިޔާ ކަމުގައި މިހްތަރް ޤަބޫލު ކުރިއެވެ. އޭނާއަށް އާލިޔާއާ މެދު ކަންތައް ކުރެވުނު ގޮތުން މާފަށް އެދުނެވެ. އެއްވެސް ބުރަކަމެއް ނެތި އާލިޔާ މިހްތަރްއަށް މާފު ކުރިއެވެ.

“މެޓްއާ އެއްކޮށް ކުރީގެ އެކުވެރިކަން ބަދަހި ކުރެވިއްޖެ. އޭނަ އަހަންނަށް މާފު ކުރީމަ ހިތަށް ފަސޭހަ ވެއްޖެ. އެކަމަކު ކޮއްކޮގެ މާފު ނުލިބެނީހެއް މި ހިތަށް ފުރިހަމަ ހަމަޖެހުމެއް ނުލިބޭނެ” އާލިޔާ ތުންފަތް މަތީގައިވި ހިނިތުންވުން ފޭދިގެން ގޮސް ލޮލުގައި ކަރުނަ ވިދައިގަތެވެ. ދުނިޔޭގެ އެންމެން އޭނާދެކެ ލޯބިވެފައި ކޮއްކޮ ޖިރާން އޭނާއަށް ނަފްރަތު ކުރާނަމަ އެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. “ޖިރާންއަށް އަދިވެސް ވަގުތު ބޭނުންވާނެ. އެހެން ރުޅި ދައްކާފަ އުޅުނަސް ހަގީގަތުގަ އާލިޔާދެކެ ޖިރާން ލޯބިވޭ. ދެން އެކަމާ ނުވިސްނާ. ކޮބާތަ ދަހުލާން؟” އާލިޔާގެ ނުތަނަވަސްކަން ދުރުކޮށާ ދިނުމުގެ ބޭނުނުގައި ބަލްޤިސް ދިމާކޮށްލިއެވެ. ހަމަ އެކަނި ދަހުލާންގެ ނަން އިވުމާއެކުވެސް އާލިޔާގެ ކޯތާފަތް އެކީ ރަތްވެގެން ދިޔައެވެ. “ޑޭން ގޭގަ އެބައިން. އާލިޔާ ބޭނުމިއްޔާ ދެވިދާނެ!” ދެ އަންހެން ކުދިން ސިއްސައިގެން ދިޔައީ ފަހަތުން ސުފްޔާންގެ އަޑު އިވުމުންނެވެ.

ސުފްޔާންގެ މޫނު މަތީގައިވީ ލާނެއް ހިނިތުންވުމެކެވެ. ފަހަތުގައި ހުރެފައި އޭނާ އާލިޔާ އަދި ބަލްގިސް އިން ގޮނޑިއަށް ފުންމާލީ ނިކަން ހަމަޖެހިފައި ހުރެއެވެ.

ސުފްޔާންއަށް ދެލޯ އަޅައިފައި އާލިޔާ ތެދުވިއެވެ. ދަހުލާންގެ ބޭބެއަށް ވިއަސް ރީތިކަން ފިޔަވާ ދަހުލަންއާ އެއްގޮތް އެއްވެސް ސިފައެއް ސުފްޔާންގެ ނެތޭ އާލިޔާ ހިތަށް އެރިއެވެ. ދެލޯ އަޅައިފައި އާލިޔާ ތެދުވަން އުޅުނެވެ. “މަޑުކޮށްބަ. ޑޭންއާ އެކަނިތަ ވާހަކަ ދައްކަނީ؟” އާލިޔާ އަތުގައި ސުފްޔާން ހިފިއެވެ. އާލިޔާ ނިކަން އަވަހަށް އަތް ފޮޅުވާލުމާއެކު ސުފްޔާން މާފަށް އެދުނެވެ. އާލިޔާ އެއްޗެއް ބުނުމެއް ނެތި ބަލްޤިސްއާ އެއްކޮށް ޕާކުން ނުކުމެގެން ދިޔައެވެ. އާލިޔާ ލޮލު ކޮޅަށް ގެއްލުމާއެކު ސުފްޔާން ގޮށް މުށްކަވައިފައި ގޮނޑީގައި ޖެހިއެވެ. އޭނާގެ މޫނުން ރުޅި އާއި ހިތާމަ ފެންނަމުން ދިޔައެވެ.

ސްކޫލުން އައި ގޮތަށް ކައިރާ ކޮޓަރިން ނުކުތީ ހަވީރު ވީ ފަހުންނެވެ. ކައިލާންއާ ހެދި އޭނާ އިނީ ނުކުންނަން ބިރުންނެވެ. ފެންވަރައިގެން އައިސް އެނދުގައި އޮށޯތްތަނުން ނިދުނު ގޮތަށް ހޭލެވުނީ ހަވީރު ވީ ފަހުންނެވެ. މަޑު މަޑުން ކައިރާ ގޮސް ބަދިގެއަށް ވަނެވެ. ކާނެ އެއްޗެއް ނެތުމުން އަމިއްލައަށް ޕާސްތާ ކޮޅެއް ހަދަން ބެލިއިރު ޕާސްތާ ޕެކެޓެއްވެސް ނެތެވެ.

ކައިރާ އާލިޔާ މެންގެއަށް ދާން ނުކުތްތަނުން ދަހުލާންއާ ދިމާވިއެވެ. ކައިރާ ފެނުމުން ހިނިތުންވެލައިފައި ކިހިނެއްތޯ އެހިއެވެ. ހަޔާތުގެ ހުރިހާ ކަމެއް މަތިން އެވަގުތު ކައިރާ ހަނދާން ނެތުނު ފަދައެވެ. ރަނގަޅޭ ބުނެފައި ދަހުލާން ކިހިނެއްތޯ އެހިއެވެ. އަދި އެވަގުތު އެތާ ކީއްކުރަނީތޯ އެހިއެވެ. ދަހުލާންއާ އެއްކޮށް ހިނގަމުން ކައިރާ އާލިޔާމެން ގެއާ ހަމައަށް އައެއެވެ. އޭރު ބަލްޤިސް އާއި އާލިޔާވެސް އެ ހިސާބަށް އަރާ ހަމަވަނީއެވެ.

ކައިރާއާ އެކު ދަހުލާން ފެނުމުން އާލިޔާގެ ހިތަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. ކައިރާއާ މެދު ހިތުގައި ހަސަދައިގެ ހުޅުކޮޅު ރޯވާން ފެށިއެވެ. ކައިރާ ފަދަ އަންހެން ކުއްޖަކަށް ދަހުލާން ފަދަ ރަނގަޅު ޒުވާނެއް ހައްޤެއް ނޫނެވެ. ކައިރާއާ އެންމެ އެކަށީގެން ވަނީ ސުފްޔާންއެވެ.

ބަލްޤިސްއަށްވެސް އާލިޔާއަށް ނަޒަރެއް ދެވުނެވެ. އާލިޔާގެ މޫނު މަތިން ހިތްހަމަ ނުޖެހިފައި ހުރިކަން އެނގެއެވެ.

“ހަވީރު ހިނގާލަން ދާންވެގެން ކެރާއަށް ގުޅީމަ ފޯނެއް ނުނަގާ. ހިނގާ އެތެރެއަށް ވަންނަން ޖޫން ދައްތަ ބުނި އަހަރުމެން އަންނަން ވާއިރަށް ޕިއްޒާ އަޅާނަމޯ. ކެރާއަށް ގުޅަންވެސް ބުނި ދޯ އާލިޔާ!” ބަލްޤިސް ކައިރާ އަތުގައި ހިފައިގެން ގޭތެރެއަށް ވަނެވެ. އޭނާ ބޭނުންވީ ދަހުލާން އަދި އާލިޔާއަށް އެކަނި ވެލެން ފުރުސަތު ދޭށެވެ.

“އާލިޔާ ފެންނާނެ ކަމުގެ އުންމީދުގަ ގެއިން ނުކުމެގެން މި ހިސާބަށް މިއައީ. އަހަރެން ބޭނުން އާލިޔާއާ ވާހަކައެއް ދައްކާލަން” ހިތްވަރު ކޮށްފައި ދަހުލާން ވާހަކަ ދައްކަން ފެށިއެވެ. އާލިޔާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ކައިރާ އައިސް ޖޫން ގޮވާ ކަމަށް ބުންޏެވެ. އަދި ދަހުލާންއަށް ވެސް އެތެެެެރެއަށް ވަންނަން ދަޢުވަތު ދިނެވެ.

ދަހުލާން ދެކޮޅު ހަދަން އުޅެފައިވެސް އާލިޔާގެ ގެއަށް ވުމުން ވަންނަން އެއްބަސްވިއެވެ. ދަހުލާން ދައްކަން އުޅުނު ވާހަކަ ކައިރާގެ ސަބަބުން މެދު ކެނޑުމުން އާލިޔާ ހިތްހަމަ ނުޖެހިފައި ބާރަށް ގޮސް އެތެރެއަށް ވަނެވެ.

ކާ ބަޔަށް ވަދެވުމުން ތަފާތު ވައްތަރުގެ ކާތަކެތީގެ މީރުވަސް ދުވަން ފެށިއެވެ. ޕިއްޒާ އާއި ލަޒާނިޔާ ތައްޔާރުކޮށްފައި ޖޫން ހުއްޓެވެ. ކޮފީގެ މީރުވަސްވެސް އެތަނުގައި ހިފާފައި ހުއްޓެވެ. ދަހުލާން ފެނުމުން ޖޫން ހިނިތުންވެލައިފައި ސާލާން ކޮށްލިއެވެ. އިރުކޮޅެއް ފަހުން މިހްތަރް އާއި ތަސްލީންވެސް އައެވެ. ދަހުލާާން ފެނުމުން އެ ދެކުދިންނަށްވެސް ހައިރާންކަން ލިބުނެވެ.

އިރު އޮއްސުމާއެކު ގެއަށްދާން އެންމެން ނުކުތެވެ. ބަލްޤިސް މިހްތަރް އަދި ތަސްލީންއާ އެއްކޮށް ދިޔައީ އެ ދެމީހުންގެ ގެއާ އޭނާގެ ގެއާ ކައިރިވުމުންނެވެ. ދަހުލާން ޖެހުނީ ކައިރާއާ އެއްކޮށް ދާށެވެ.

ކައިރާ ގެއާ ހަމައަށް ދެވެން ދެކަށްވެސް އަނގަ ހުއްޓާނުލައެވެ. ކައިރާ ދެއްކީ ކޮން ވާހަކައެއް ކަމެއް ދަހުލާންއަކަށް ނޭންގެއެވެ. ކައިރާގެ ވާހަކައަކަށް އޭނާ ސަމާލުކަމެއް ނުދެއެވެ. އެއަށް ވުރެ ބޮޑަށް އޭނާ ވިސްނަމުން ދިޔައީ އާލިޔާއާ މެދުގައެވެ. ކައިރާމެން ގެއާ އަރާ ހަމަވުމުން، ގެއަށް ވަނުމުގެ ކުރިން ކައިރާ ދަހުލާން އަތުގައި ހިފާލިއެވެ. ސިހިފައި ދަހުލާން އޭނާގެ އަތް ފޮޅުވާލިއެވެ. “ކައިރާ. މަށަށް އިނގޭ ކައިރާ މަށާ އޮތް ގުޅުން އެކުވެރި ކަމަށް ވުރެ ބޮޑު ގުޅުމަކަށް ގެންދަން ބޭނުންވާ ކަން. އެކަމަކު އެކުވެރި ކަމަށް ވުރެ ބޮޑު ގުޅުމަކަށް ދުވަހަކުވެސް އަހަރުމެން ދެ މީހުންނަށް ދެވޭނެ ހެނެއް ހިޔެއް ނުވޭ. އައި އޭމް ސޮރީ!” ކައިރާގެ ހިތަަށް ތޫނު ހަންޖަރެއް ހަރާލާފައި ދަހުލާން ފަހަތް ބެލުމެއް ނެތި ދިޔައެވެ. ކައިރާގެ ލޮލުން ކަރުނަ އޮހި ގަތީ ވާރޭ އޮއްސައި ގަންނަހެންނެވެ. އެ ހިތަށް ދަހުލާން ދިން ޒަޚަމު ދުވަހެއްގެ ކޮޅުންވެސް ފަރުވާ ވާނެ ކަމެއް ނޭންގެއެވެ. ކިތަންމެ ގިނަ ކުދިންނާ ރަށްޓެހިވިއެއް ކަމަކު ދަހުލާންއަށް ޓަކައި ހިތުގައި އުފެދުނު އިހްސާސެއް އެހެން އެއްވެސް ކުއްޖަކާ މެދު ނުއުފެދެއެވެ. އެ ހިތުން ޖާގަ ހޯދީ ދަހުލާންގެ ބޭރުފުށުން ފެންނަ ރީތި ކަމެއް ނޫނެވެ. ދަހުލާންގެ ސާފު ހިތެވެ.

ގެއަށް ދިއުމުގެ ބަދަލުގައި ދަހުލާން ދިޔައީ އާލިޔާމެން ގެއަށެވެ. އެ ހިތުގައި އާލިޔާއަށްޓަކައި އުފެދެމުން އަންނަމުން ދިޔަ އިހްސާސްތައް ހާމަނުކޮށެއް ދޭން ހިތަށް ކެތެއް ނުވާނެއެވެ. ދަހުލާން ޓަކި ޖަހަން އަތް ހިއްލާލި ވަގުތު އެތެރެއިން ދޮރު ހުޅުވިއެވެ.

ނުނިމޭ

112

Kiyara

A girl who loves to read and write stories. You can contact me via email [email protected]

You may also like...

6 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Salam my dear readers. Here is the 4th episode of Zakham after a very long time. Hope u all enjoy reading

  2. varah varah reethi mi part ves….luv u kiyaa….
    i am a girl ingey jaeminie jahaafa inas… luv u ey bunyma hy kohfaane boy eh kamah jaeminie jahaafa iny ma… igey kiyaa e type nun kan but baeh kiyuntherin ulheyne mikahala ehcheh liyefihyaamun varah kan thah bodu kuraa ehenve bunely….

Leave a Reply

Your email address will not be published.