Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 49

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 25, 2020 6 Mins Read
12 Comments

އަލްޔަސްއާއި ޔާޒްވެގެން ޔޫސުފްއާއި ޒެވިޔަންއާއި ދިމާކުރިއެވެ. ރައްދުގައި ޒެވިޔަންއާއި ޔޫސުފް ވެސް އެދެމީހުންނާއި ދިމާކުރަމުން ދިޔައެވެ. އެމީހުން ކިޔައި ބައެއް އެއްޗިހިން ޔޫސުފް ރަކިވަމުން ދިޔައެވެ. ރަކިވާ ކޮންމެ ފަހަރަކު މޫނުއެކީ ރަތްވެއެވެ. ވަކި ހިސާބަކުން ލިވަޕޫލްގައި އުޅޭ ޔޫސުފްގެ އެންމެ ގާތް އެކުވެރިޔާވެސް އެމީހުންނާއި ބައިވެރިވެގެން ދިމާ ކުރަން އުޅުނެވެ.
*****

ކައިވެނި ކުރާ މޭޒު ދޮށުގައި ހުރި ޔޫސުފްގެ ތުންފަތް މައްޗަށް ހިނިތުންވުން ވެރިވީ އިވާންއާއި އެއްކޮށް އެތަނަށް އަންނަމުން ދިޔަ ނަވާރް ފެނިފައެވެ. ހުދު ކުލައިގެ ކައިވެނި ހެދުމުގައި ނަވާރް ފެންނަލެއް ވަރަށް ފުރިހަމައެވެ. ލުއި މޭކަޕެއް ކޮށްފައި ހުރުމުން އަސްލު ސިފަ ނުގެއްލި ހުއްޓެވެ. އިސްޖަހައިގެން އިން ނަމަވެސް ނަވާރްގެ ހިނިތުންވުން ފާހަގަ ވަމުން ދިޔައެވެ.

ނަވާރްގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ދެންމެ ދެންމެ މޭފަޅައިފައި ހިތް ނުކުމެދާނެހެން ހީވަމުން ދިޔައެވެ. ސިއްރު ސިއްރުން އޭނާގެ ނަޒަރު ޔޫސުފްއަށް އަމާޒުކޮށްލިއެވެ. ކަޅު ކުލައިގެ ކޯޓި ފަޓުލޫނުގައި ހުރި އިރު ޔޫސުފްގެ ބޯވަނީ ރީތި ވަރަކަށް ކޮށާފައެވެ. އޭނާއަށް ބަލަހައްޓައިގެން ޔޫސުފް ހިނިތުންވެގެން ހުރިގޮތުން ނަވާރްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

“އަނބި ޤަބޫލުކޮށްފިން” ޔޫސޫފްގެ ފިރިހެންވަންތަ އަޑު އިވުމާއެކު ނަވާރްގެ ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް ޖެހުނީ ޔޫސުފްގެ އަތްތިލައިގައެވެ.
ނަވާރް އަތްތިލައިގައި ހިފައި ޔޫސުފް ބާރުކޮށްލިއެވެ. ދުވަހެއްގެ ކޮޅުންވެސް އެތަނުން ދޫނުކުރާނަން ކަމުގައި ނަވާރް ކަންފަތް ދޮށުގައި މަޑުމަޑުން ބުންޏެވެ.

ނަވާރްެއާއި ޔޫސުފްގެ ކައިވެންޏަށް ފަހު ޒެވިޔަންއާއި ދީނާގެ ކައިވެނި ކުރެވިގެން ދިޔައެވެ.

ކައިވެނި ޕާޓީއަށް ގިނައިން އައީ ޔޫސުފްގެ އެކުވެރިންނެވެ. ލިވަޕޫލްގެ ކުޅުންތެރިންނެވެ. އެންމެ ޚާއްސަ އެކުވެރިއަކަށް އައީ ޔައިނާއެވެ. “ތިއީ ވަރަށް ނަސީބުގަދަ ކުއްޖެއް. ޔޫސުފް ވަރަށް ލޯބިވޭ ނަވާރްދެކެ. އުއްމީދު ކުރަން ދެމީހުންނަށްވެސް އުފާވެރި ހަޔާތެއް ލިބޭނެކަމަށް” ޔައިނާ ނަވާރްއާއި ސަލާންކޮށްފައި ޔޫސުފް ނަވާރް ނުލިބިގެން އުޅުނު ހާލު ކޮންމެސް ވަރަކަށް ކިޔައިދިނެވެ.

ނަވާރްއަށް ހީވަމުން ދިޔައީ ހުވަފެނީ ދުނިޔެއެއްގައި އުޅެވެމުން ދިޔަހެންނެވެ. ދެއަހަރެއްހާ ދުވަސް ކުރިން އޭނާ އުޅެމުން ދިޔައީ ހިތްދަތި ދިރިއުޅުމެކެވެ. ނަމަވެސް މިއަދު ދުނިޔޭގައި ހުރި އެންމެ އުފާވެރި އަންހެންކުއްޖާއަށް އޭނާ ވެއްޖެއެވެ. ލޯބި އާއިލާއެއްް ލިބި ރަނގަޅު އެކުވެރިން ލިބިއްޖެއެވެ. ހެޔޮލަފާ ރަނގަޅު އޭނާދެކެ އިންތިހާއަށް ލޯބިވާ ފިރިއެއްްވެސް ލިބިއްޖެއެވެ. މިއަދު އޭނާއަށް ލިބިފައިވާ އުފާވެރިކަން ބަޔާންކުރަންވެސް ދައްޗެވެ.

“ޔޫސުފް ރަނގަޅަށް އިސްކޮ ބަލާދޭތި. ބައްޕަގެ ލޮލުގެ ފިނިކަން މި ދަރިފުޅަކީ. އިތުބާރުކޮށްފަ ޔޫސުފްއާއި އިސްކޮ މި ހަވާލުކުރީ. އުއްމީދު ކުރަން ދުވަހެއްގެ ކޮޅުންވެސް އަހަރެންގެ ދަރިފުޅު ހިތުގައި ޖައްސައި ދެރަނުކުރާނެކަމަަށް” ނަވާރްގެ ނިއްކުރިއަށް ބޮސް ދީފައި އެ ދަރިފުޅުދެކެ އަބަދުވެސް ލޯބީވާނަން ކަމުގައި އިވާން ބުންޏެވެ. އަދި މާޒީގައި އޭނާއަށް ކަންތައް ކުރެވުނު ގޮތުން މާފަށް އެދުނެވެ.

ޕާޓީ ނިންމި ގޮތަށް ތައްޔާރުވެގެން ހަތަރު ޒުވާނުން ހަނީމޫނަށް ދާން ފުރަން ދިޔައެވެ. ޒިވާންއާއި ދީނާ ދިޔައީ ލަންޑަނަށެވެ. ޔޫސުފްއާއި ނަވާރް ބޭނުންވީ ރާއްޖޭގެ ރަށަކަށް ދާށެވެ. ނަވާރް އުޅެބޮޑުވި ރަށަށެވެ. ނާފިއުއާއި ހަމްދާއަށް ދަޢުވަތު ދިން ނަމަވެސް އެދެމީހުންވެސް ނާދެއެވެ. އަންނަން ނުކެރުނީ ކަމެއް ނޫނީ ހަމްދާ އަންނަން ބޭނުންނުވީ ކަމެއް ނަވާރްއަކަށް ނޭންގެއެވެ.

އެއާޕޯޓުން ނިކުމެ ރަށުގެ ޖައްވުތެރެއަށް ނެވައި ލެވުމާއެކުވެސް ނަވާރްގެ ހިތްފުރިގެން ދިޔައެވެ. ޔޫސުފްގެ އަތުގައި ހިފައިގެން ހުރި އިރު އެ މޫނު މަތިން ހިނިތުންވުން ފެންނަމުން ދިޔައެވެ. “މިސްޑް ދިސް ޕްލޭސް”

ޔޫސުފްއާއި ނަވާރް ތިބެން ހަމަޖެހިފައި ހުރި ހޮޓެލް ހުރީ އެއާޕޯޓާއި ކައިރީގައި ކަމުން ދެމަފިރިން ދިޔައީ ހިނގައިލައިފައެވެ. ދަންވަރުގެ ވަގުތަށް ވުމުން މަގުމަތީގައި މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ބޯޓުގައި ތިބިއިރުވެސް ނަސީބަކުން މީހުންނަށް އެދެމީހުން ފާހަގައެއް ނުވިއެވެ.

ޔޫސުފްއާއި ނަވާރް އެދެމީހުންގެ ކޮޓަރިއަށް ވަން އިރު އެތަން ވަނީ އެ ދެމީހުންނަށް ޚާއްސަކޮށް ޒީނަތްތެރިކޮށްފައެވެ. މުޅި ކޮޓަރީގައި ވަނީ އުއްބަތި ރޯކޮށްފައެވެ. ކިންގް ސައިޒްގެ ބޮޑު އެނދުގައި ހުދު ކުލައިގެ ބެޑްޝީޓް އަޅައި ފިނިފެންމާ ފިޔަތަކުން ފުރާފައި ހުއްޓެވެ. ބިންމަތީގައި ފިނިފެންމާ ފިޔައިން ހިތެއް އަޅައިފައި އޭގެ ތެރޭގައި އެން އަކުރާއި ވައި އަކުރު އަޅައިފައި ހުއްޓެވެ.

އޭސީ ފުލްކޮށްފައި ހުރުމާއެކު ނަވާރްއަށް ފިނިވާން ފެށިއެވެ. ހީކަރުވައިގަނެގެން ތުރުތުރު އަޅިއިގަތެވެ. ޔޫސުފްއަށް އެކަން ފާހަގަވުމާއެކު ނަވާރް ގެނަސް އޭނާ ގައިގައި ޖައްސާލިއެވެ. ޔޫސުފްގެ އަތް ނަވާރް ހަށިގަނޑުގައި ވަށާލުމާއެކު ރައްކާތެރިކަން ނަވާރްއަށް އިހްސާސްވިއެވެ. “ދުވަހަކުވެސް އަހަރެން ދޫކޮށްފައި ނުދައްޗޭ!” ކިރިޔާ ޔޫސުފްއަށް އަޑުއިވޭ ވަރަށް ނަވާރް ބުންޏެވެ. “ދުވަހަކުވެސް ނުދާނަން!” ނަވާރްގެ ނިއްކުރީގައި ބޮސް ދީފައި އޭނާގެ އަތްދަނޑި މައްޗަށް ލުއި ފަތެއްހެން ނަވާރް އުފުލާލިއެވެ. ޔޫސުފްގެ މޫނު ނުުހަނު ގާތުން ފެނުމާއެކު ނަވާރް ލަދުން އޭމޭތެރޭގައި އޭނާގެ މޫނު ފޮރުވާލިއެވެ.

ހެނދުނުގެ އިރުއެރީ ޔޫސުފް އާއި ނަވާރް އަތިރިމަތީ އިރުއަރާ މަންޒަރު ބަލަން ތިއްބައެވެ. ހުދު ދޮންވެލިގަނޑު މަތީ އިށީންދެގެން ތިބިއިރު ނަވާރް އިނީ ޔޫސުފް ކޮނޑުގައި ބޯ އަޅައިގެންނެވެ. “ވަރަށް ގިނައިން ދީނާއާއެއްކޮށް އަދި އެކަނިވެސް އިރުއަރާތަން ބަލަން އަންނަން. ހިތަށް އުފާވެރިކަން ލިބޭ ވަގުތުކޮޅެއް މިއީ” ނަވާރް އޭނާ ކުރީގެ ދިރިއުޅުނުގެ ކަންކަން ޔޫސުފްއާ ހިއްސާ ކުރަމުން ދިޔައެވެ. އަދި ނާފިއުއާއި ހަމްދާއާ ބައްދަލުކޮށްލަން ދާން ބޭނުންވާކަންވެސް ހާމަކުރިއެވެ. “އެއީ ކީއްވެ؟ އެމީހުން ނަވާއަށް ހިތްދަތިކަން ނޫން ކޯޗެއް ދިނީ؟” ޔޫސުފް ހިތްހަމަ ނުޖެހުނެވެ. “ޕިސް. މަންމަ އަހަރެންދެކެ ރުޅިއަޔަސް ބައްޕަ ވަރަށް ލޯބިވާނެ. ބައްޕަ ހުއްޓަކާ މަންމައަކަށް ނުކެރޭނެ އެއްޗެއް ބުނާކަށް. ކޮއްކޮވެސް އަހަރެންދެކެ ވަރަށް ލޯބިވާނެ. މިހާރު ވަރަށް ބޮޑުވާނެ ކަންނޭންގެ. ކޮއްކޮ ދެކިލަންވެސް ބޭނޫން!” ހަމްދާ ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް އޭއާއިލާއާ މެދު ނަވާރްގެ ހިތުގައިވީ ލޮތްބެވެ. އަސްލު މައިންބަފައިންނަށް ނުވި ކަމުގައިވިއަސް ހިތުގައި ލޮތްބާއި ޤަދަރު ދެވިފައިވިއެވެ.

އެނބުރި ހޮޓަލަށް ދިއުމުގެ ކުރިން ނަވާރް އެގެއަށް ވަދެލަން ބޭނުންވިއެވެ. ގޭ ދޮރުގައި ޓަކި ޖެހިތާ ދެމިނެޓެއްހާ އިރު ފަހުން ގޭގެ ދޮރު ހުޅުވީ ޔޫލީއެވެ. ނަވާރް ފެނުމުން ޔަލްވީގެ ތުންފަތް މައްޗަށް ހިނިތުންވުން ވެރިވިއެވެ. ދެލޮލުން ތަފާތު ވިދުވަރެއް ވިދާލިއެވެ. ކުޑަކޮށް ހަޅޭއްލަވައިގަނެފައި ނަވާރް ގައިގައި ބައްދާލިއެވެ.
“ދަރިފުޅާ ޔޫލީ؟ ކިހިނެއްވީ މާ ބާރަށް ތި ހަޅޭއްލަވަނީ؟” ޔޫލީ ހަޅޭއްލަވައިގަތް އަޑު އިވުމުން ކަންބޮޑުވެފައި ގޭތެރެއިން ހަމްދާ ގޮވާލި އަޑުއިވުނެވެ. ޔޫލީ ވަކި ޖަވާބެއް ދިނުމެއް ނެތި ނަވާރް އަތުގައި ހިފައި ގޭތެރެއަށް ވެއްދިއެވެ. އަދި ޔޫސުފް ގާތު ވަންނާށޭ ބުނެލިއެވެ.

ބަދިގޭގައި ހުރެފައި ސިޓިން ރޫމަށް އައި ހަމްދާއަށް ނަވާރް ފެނުމާއެކު ހުއްޓެވުނެވެ. ކިތަންމެ ބަދަލުވެފައި ހުރިނަމަވެސް އެ އަންހެން ކުއްޖާ އޭނާއަކަށް ނޯޅޭނެއެވެ.

ދެލޯ ބޮޑުކޮށްގެން ހަމްދާ ބެލިނަމަވެސް ނަވާރް ހިނިތުންވެލިއެވެ. ވާހަކަ ދައްކަން ބޭނުންވި ނަމަވެސް ހަމްދާ ހީކޮށްފާނެ އެއްޗެއް ނޭންގޭތީ އަނގައިން ބުނާކަށް ނަވާރްއަކަށް ނުކެރުނެވެ.

ހަމްދާ ފަހަތުން ކަހަލަ ގޮތަކަށް އައި ނާފިއުއަށްވެސް ސިހުން ލިބުނެވެ. ނަމަވެސް ހަމްދާއާއި ޚިލާފަށް އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުން ވެރިވިއެވެ. “ދަރިފުޅާ ނަވާރް!” ނާފިއުގެ މޫނު މަތިން އޭނާ އުފާވެފައި ހުރި މިންވަރު ހާމަވެގެން ދިޔައެވެ.

މެންދުރު ނަމާދަށް ބަންގި ގޮވަން ގާތް ވުމާއެކު އެނބުރި ހޮޓަލަށް ދާން ނަވާރް ނުކުތީ ހިތްހަމަ ޖެހިގެންނެވެ. އޭނާގެ ހަގީގީ އާއިލާއަށް ނުވި ކަމުގައި ވިއަސް އެމީހުންނާއި އެއްކޮށް ވަގުތު ކޮޅެއް ހޭދަކުރެވުނުން އުފާވިއެވެ. ހަމްދާ އޭނާގެ ކިބައިން މާފަށް އެދުނެވެ. ކަންތައް ކުރެވުނު ގޮތާ މެދު ދެރަވެ ރުޔެވެ. ހިތްބަރު ކުރުމެއް ނެތި ނަވާރް ހަމްދާއަށް މާފު ދިނެވެ.

ދެހަފްތާ ރަށުގައި ހޭދަކޮށްފައި ނަވާރްއާއި ޔޫސުފް އެނބުރި ލިވަޕޫލަށް ދިޔައެވެ. އެނބުރި އައުމާއެކު ވެސް އެކުވެރިންގެ ދިމާކުރުންތަކާ ދެކުދިންނާ ވެސް ކުރިމަތި ލާން ޖެހުނެވެ.

ހަތަރު އަހަރު ފަސް…..

ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ ގިނަބަޔަކު ބަލާ ކުޅިވަރު މުބާރާތް ފީފާ ވޯލްޑް ކަޕް ރާއްޖޭގައި ބޭއްވިގެން ދިޔައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން 32 ޤައުމު ވާދަކުރާ މުބާރާތުގެ މެޗުތައް ރާއްޖޭގެ އެކި ރަށްތަކުގައި ކުޅެވިގެން ދިޔައެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި ޤައުމުތަކުން ސީދާ ވޯލްޑް ކަޕް ބަލަން އައި މީހުން ގިނަވިއެވެ. ކޮންމެ އަތޮޅެއްގައިވެސް ވޯލްޑްކަޕަށް ޚާއްސަކޮށްގެން ފެންވަރުގެ ދަނޑެއް އެޅިގެން ދިޔައެވެ. ކޮންމެ ޤައުމެއް ކުޅުނު ކަމުގައި ވިއަސް ދަނޑު ފުރިގެން ދިޔައެވެ.

އަމިއްލަ ފަސްގަނޑުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ ކުޅެން ފުރުސަތު ލިބުމުން މުބާރާތުގައި މޮޅު ކުޅުމެއް ދިވެހި ކުޅުންތެރިން ދެއްކިއެވެ. ދުނިޔޭގެ ނަން މަޝްހޫރު ޤައުމުތަށް ތަފާތު ބޮޑުކޮށް ބަލިކޮށް ފައިނަލަށް ދިޔައެވެ. ފީފާ ރޭންކިން އެއްވަނައި ގައި އޮތް ބެލްޖިއަމް ކުއާޓާ ފައިނަލުގައި ތަފާތު ބޮޑު ނަތީޖާއަކުން ބަލި ކުރި މެޗު ފާހަގަކޮށްލެވެއެވެ. އެ މެޗުގައި ރާއްޖޭގެ ޒުވާން ތަރި ޔޫސުފް ވަނީ ހެޓްރިކް ހަދައިފައެވެ. މުޅި މުބާރާތުގައިވެސް ޔޫސުފް ވިދާލިއެވެ. ބެލްޖިއަމް ކޮޅަށް ހެޓްރިކް ހެދުމުގެ އިތުރަށް ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލްކީޕަރު އިންގްލެންޑްގެ ނަތާނިއަލް ކުއީން ކޮޅަށް ޖެހި ލަނޑުވެސް މުބާރާތުގެ އުސް އަލިތެރޭގައި ހިމެނުނެވެ. ޚުދު ނަތާނިއަލްވެސް އެ ލަނޑަށް ތައުރީފު ކުރިއެވެ.
ޔޫސުފްގެ އިތުރަށް އަލްޔަސް ވެސް މުބާރާތުގައި މޮޅު ކުޅުމެއް ދެއްކިއެވެ. ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީ މުޅި މުބާރާތުގައި ތިން ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. ޔޫސުފް ކާމިޔާބު ކުރި ގިނަ ލަނޑުތަކަކީ އަލްޔަސް ތަނަވަސްކޮށްދީގެން ޖެހި ލަނޑުތަކެވެ.

ފައިނަލް މެޗުގައި ރާއްޖެއާއި ވާދަ ކުރަން ޖެހުނީ ވަރުގަދަ ފްރާންސްއާއިއެވެ. ފްރާންސް ޓީމުވެސް ފައިނަލަށް ދަތިރު ކުރީ ރާއްޖެ ފަދައިން ގަދަ ބާރުތައް ފަސޭހަކަމާއެކި ބަލިކޮށްފައެވެ. އެ ޓީމުން ފާހަގަކޮށްލެވޭ ތަރިއަކީ ގޯލްކީޕަރެވެ. މުޅި މުބާރާތުގައިވެސް ވިކްޓޮރ ލުއިސް ކޮޅަށް ވަނީ އެންމެ ފަސް ލަނޑެވެ. އާޖެންޓީނާގެ މަޓެއޯ އާދި ތިއާގޯ މެސީ ހުއްޓުވާ އޭނާގެ ފެންވަރު ވަނީ ދައްކާލާފައެވެ. ސެމީ ފައިނަލުގައި އާޖެންޓީނާ ކަޓައިގެން ދިޔައީ ފްރާންސްއާއި ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ. ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވިކްޓޮރ ސަލަމާތް ކުރިއެވެ.

މެޗުގެ ކުރިން އޮތް ޕްރެސްގައި ރާއްޖޭގެ ކޯޗު މާއިޒް އަދި ކެޕްޓަން ޔޫސުފް ބައިވެރިވިއެވެ. ނޫސްވެރިންގެ ސުވާލުތަކަށް ފުރިހަމައަށް ދެ މީހުންވެސް ޖަވާބު ދެމުން ދިޔައެވެ. އޭނާގެ ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އޮތްކަން މާއިޒް ހާމަ ކުރިއެވެ. ފުރަތަމަ އެގާރައަަށް އަރާ ކުޅުންތެރިންނާއި އެއްވަރަށް ބެންޗުގައި ތިބޭ ކުޅުންތެރިންވެސް އޭނާއަށް މުހިންމުކަމަށް ބުންޏެވެ. އަދި ފްރާންސްގެ ގޯލި ކީޕަރު ވިކްޓޮރ ލުއިސްއަށް ތައުރީފުކޮށް ފްރާންސްގެ ތަފާތަކީ އޭނާ ކަމުގައި ފާހަގަކުރިއެވެ.

ފްރާންސްގެ ކޯޗާއި ކެޕްޓަން ފާހަގަ ކުރީ ދިވެހި ކުޅުންތެރިންގެ ހަލުވި ކަމެވެ. ކޮންމެ ކުޅުންތެރިއަކީވެސް ހަލުވި އަދި ހަރަކާތް އަވަސް ކުޅުންތެރިންނެބެ. ބޮލުގެ ބޭނުންކޮށް މޮޅުތި އުކުޅުތައް ދަންނަ ކުޅުންތެރިންނެވެ. ކޮންމެ މެޗަކަށް ކޯޗު މާއިޒްގެ ގޭމް ޕްލޭން ތަފާތުކަންވެސް ފާހަގަކުރިއެެވެ. އިދިކޮޅަށް ކުޅޭ ޓީމު ރަނގަޅަށް ދަސްކޮށްގެން މެޗަށް އަރާކަން ފާހަގަ ކުރިއެވެ. ރާއްޖޭ ކުރިއަށް ކުޅޭ ކުޅުންތެރިން ކިތަންމެ ހަލުވި ނަމަވެސް އޭނާގެ ގޯލު ކީޕާރުކޮޅަށް ލަނޑެއް ވައްދަން އުނދަގޫވާނެކަމަށް ބުންޏެވެ. ހުރިހާ ކުޅުންތެރިންނާއި މުޅި ޤައުމުގެ އިތުބާރު ވިކްޓޮރއަށް އޮތް ކަމަށް ބުންޏެވެ.

ކުޅުންތެރިން ދަނޑަށް ވަންނައަށް އައި ގަޑީ ކެމެރާތައް އެމީހުންނަށް އަމާޒުވަމުން ދިޔައެވެ. އެއް ބައި ކުޅުންތެރިން އަޅައި ނުލައި އެތެރެއަށް ވަނަންމުން ދިޔައެވެ. އަނެއްބައި ކުޅުންތެރިން ކެމެރާއަށް ބަލާލާފައި ހަރަކާތެއްކޮށްލައެވެ. އެންމެ ގިނަ ކެމެރާ އަމާޒުވެގެން ދިޔައީ ޔޫސުފްއަށެވެ. އެކަމަށް އަޅައިލުމެއް ނެތި ޔޫސުފް އެތެރެއަށް ވަދެގެން ދިޔައެވެ.

ކެމެރާ ކުރިމަތީ އިން އަލައިކާ އިނީ ފިނިވެފައެވެ. މޫނު މަތިން ހަމަޖެހޭކަން ދައްކަން މަސައްކަތް ކުރި ނަމަވެސް އަލައިކާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. މައިކް ހިފައިގެން އިން އަތް ތުރު ތުރު އަޅާ ވަރުން މައިކުވެސް ތެޅެމުން ދިޔައެވެ. މެޗު ފެށުމުގެ ކުރިން ފްރާންސްގެ ބައެއް ކުޅުންތެރިންނާ ވާހަކަ ދައްކާލުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ.

ރީތިކޮށް މަންޒަރުތައް ފެންނަ ހިސާބުގައި ކުޅުންތެރިންގެ އާއިލާތަކަށް ޚާއްސަކޮށް ޖާގަ ހަދައިފައި އޮތެވެ.

ޝިއުރާއާއި އެއްކޮށް ވިލްދާންވެސް ދަނޑަށް އައިސް ހުއްޓެވެ. ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭ އެ ދަރިފުޅު ވަނީ މުޅި އާއިލާގެ އިތުރަށް ޤައުމުވެސް ފަޚުރުވެރި ވާފަދަ ދަރިއަކަށް ވެފައެވެ. އަލްޔަސް ކުޅެން ފެށި ހިސާބުންވެސް އެހީތެރި ނުވެވުނީތީ ވިލްދާން ދެރަވިއެވެ. ލިވަޕޫލަށް ގޮސް ކުޅެގެން ލިބުނު ފުރަތަމަ މުސާރައިން އަލްޔަސް ވަނީ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހަދަން ރާއްޖޭގެ ސަރުކާރަށް އެހީވެދީފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލު ޖެހިފައި ތިބި މީހުންނަށް އަލްޔަސް ވަނީ އެހީވެދީފައެވެ. އަލްޔަސްގެ ނަން ފުޓުބޯޅަ ކުޅުންތެރިއެއްގެ އިތުރަށް ދީލަތި ހިތެއްގެ ވެރިއެއްގެ ގޮތުގައި މުޅި ދުނިޔެއަށް ވަނީ މަޝްހޫރުވެފައެވެ.
ވިލްދާންއާއި ޝިއުރާ ތިބީ އަކްމަލްއާއި އިޝްމާ ގާތުގައެވެ. އިޝްމާއާއި ޝިއުރާގެ މެދުގައި އަލްޔަސްއާއި އަލައިކާގެ ދޮށީ ދަރިފުޅު އަލާޔާ އިން އިރު އިޝްމާ އުނގުގައި އެ ދެމީހުންގެ ދެ އަހަރުގެ ދަރިފުޅު އަކްޔަން އިނެވެ. އަލާޔާ އިންތަނުން އޭނާގެ މަންމަ ފެނުމުން މާމާ ޝިއުރާއަށް ދެއްކިއެވެ. އަދި ބައްޕަ ފެންނާނީ ކޮންއިރަކުންތޯ ސުވާލު ކުރިއެވެ. އިރުކޮޅަކުންނޭ ބުނުމުން އަލާޔާ އަތްޖަހައިލައިފައި ކޮއްކޮ އަކްޔަންއަށް މަންމަ އިން ދިމާއަށް އިޝާރާތްކޮށްފައި ދައްކަމުން ދިޔައެވެ. ދުރުން ނަމަވެސް މަންމަ ފެނުމުން އަކްޔަންވެސް އަތްޖަހައިފައި އޭނާގެ ތުއްތު އަޑުން މަންމައަށް ގޮވަމުން ދިޔައެވެ.

ޔަޒަން ގޮވައިގެން ޔާޒް އިށީނީ އެކުއްޖާ މައިތިރި ކުރަން އުނދަގޫ ވެގެންނެވެ. ހަލަނިކަމުން އެންމެ ސިކުންތު ކޮޅަކަށްވެސް މަޑުން ނީންދެއެވެ. ޔަޒަންއަށް ވުރެ، ހަގު ދަރިފުޅު އާޔާގެ ހަލަނިކަން ބޮޑެވެ. ކިރިޔާ ހިނގޭއިރުވެސް އެކުއްޖާ އުޅެނީ ދުވެވޭތޯއެވެ. ދެކުދިން ގޮވައިގެން އައިރާ ހުންނަނީ ވަރުބަލިވެފައެވެ.

މާނީ ގާތު އިށީންދެގެން އިން ނަވާރް ހޯދަމުން ދިޔައީ ޔޫސުފްއެވެ. “ބޭބީ ބަލާ އޭނީ ޑެޑީ!” މެޗު ފެށުމުގެ ކުރިން ފަރިތަކުރަން ތިބި ކުޅުންތެރިންގެ ތެރެއިން ޔޫސުފް ފެނުމުން އުނގުގައި އިން ދަރިފުޅު ލައިޝާގެ އަތް ހިތްލާލާފައި ޔޫސުފް ދައްކާލިއެވެ.

ކުޅިވަރާއި މުނި ފޫހިފިލުވުމުގެ ހަރަކާތްތަކަށް ފަހު މެޗު ފެށުމަށްޓަކައި ދެ ޓީމުގެ ކުޅުންތެރިންވެސް ދަނޑަށް އެރިއެވެ. ކުޅުންތެރިން އެރި ވަގުތު ދެ ޓީމުގެ ސަޕޯޓަރުންގެ އަޑުވެސް ގަދަ ވެގެން ދިޔައެވެ. ދިވެހި ޓީމަށް ސަޕޯޓު ކުރުމަށްޓަކައި ސަޕޯޓަރުން ދަނޑަށް އައިސް ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

ޤައުމީ ސަލާން ކީވަގުތު މުޅި ދަނޑުގައި ހަރު އަޑުކޮށް ކުޅުންތެރިންނާއި ސަޕޯޓަރުން ލަވަ ކިޔެވެ. ދަނޑުން ޖާގަ ނުލިބޭ ސަޕޯޓަރުން މެޗު ބެލުމަށްޓަކައި ދަނޑުގެ ތަންކޮޅެއް ދުރުގައި ވޮޑު ސްކްރީނެއް ބަހައްޓައިފައި އެއް ހަސް މީހުންނަށް ތިބޭވޭނެހެން ތައްޔާރުކޮށްފައި ހުއްޓެވެ. އެ ތަނުގައި ތިބި ސަޕޯޓަރުންވެސް އެންމެ އަޑު ހަރުކޮށް ޤައުމީ ސަލާން ކިޔެވެ.

ޤައުމީ ސާލާން ކިޔަމުން ދިޔަ ވަގުތު ޔޫސުފްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ގައިގައި ހުރި ލޭކެކެމުން ދާ ކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ. ކަންފަތުގައި ގުގުމަމުން ދިޔަ ސަޕޯޓަރުންގެ އަޑުން މެޗުން މޮޅުވާން ބޭނުންވިއެވެ.

ބެންޗުގައި އިންނަމަވެސް މާއިޒްއަށް މާޒީ ހަނދާންވަމުން ދިޔައެވެ. އޭނާގެ ކެޕްޓަން ކަމުގެ ދަށުން ކުޅެ އަހަރުތަކެއް ކުރިން ފުރަތަމަ ފަހަރަށް ރާއްޖެ ވޯލްޑް ކަޕްގެ ތަށި އުފުލާލި ހަނދާނެވެ. ރާއްޖެއަށް އެ ތަށި ހޯދައިދިން ހަމައެކަނި ކެޕްޓަންގެ ޝަރަފު ލިބިފައިވި އޭނާއަށެވެ. މިއަދު ކޯޗެއްގެ ގޮތުގައި އެ ޝަރަފު ރާއްޖެއަށް ހޯދައިދިނުމުގެ ފުރުސަތުވެސް އޭނާއަށް އެ ވަނީ ލިބިފައެވެ. އޭނާގެ ކުޅުންތެރިންގެ ކިބައިގައި އެ ފެންވަރު ހުރިކަމަށް އޭނާއަށް ޤަބޫލު ކުރެވެއެވެ. އެ ދުވަހު ކެޕްޓަން ބޭންޑު އަޅައިގެން އޭނާ ހުރިއިރު މިއަދު ކެޕްޓަން ބޭންޑު އަޅައިގެން ދަނޑު މަތީގައި ޓީމުގެ މޭސްތިރިއަކަށް އެ ހުރީ ކޮއްކޮ ދަރިފުޅެވެ. އުމުރުން 23އަހަރުގައި އެ ޝަރަފް ޔޫސުފް އެވަނީ ހޯދާފައެވެ.

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ނުވާނަން ތަފާތެއް… 10

Next

އާލް

Next
March 26, 2020

އާލް

Previews
March 25, 2020

ނުވާނަން ތަފާތެއް… 10

12 Comments!

  1. Kiyara says:
    March 25, 2020 at 8:06 pm

    Salam dear readers. Enme furathama ves varah bodah sorry mihaa lahun up kureveythyve. I am extremely sorry. In Sha Allah dhen ihnnany enme last part. Up kureveyne vaki dhuvaheh neynege. Ekam vyhaaves avahakah up kohdheyn try kuraaanan In Sha Allah.

  2. Iraish says:
    March 25, 2020 at 8:13 pm

    Vvv salhi whn nxt☺?????????????????????????

  3. Nonni says:
    March 25, 2020 at 9:07 pm

    Las v keehwe Kan buneladheefiyyyaaa varah ufaaa vaane

  4. imkko says:
    March 25, 2020 at 10:16 pm

    Maasha allah … mi baives v furihama …. keep your awesome work dear … curiously waiting for next part ❤❤❤❤

  5. Kairaa says:
    March 25, 2020 at 10:18 pm

    Omg varah varah reethi….varah furihama….alhey nxt part avahah up kohla dhehchey….cant wait to read nxt….waiting…nd whn nxt…

  6. sama says:
    March 25, 2020 at 11:14 pm

    Oh my god
    ehves ummeedh eh nethi vaahaka eh intho website hulhuvaali iru mi vaahaka inthan fenegen shock eh libunee
    hEhe
    vv reethi vaahaka hama
    I always love your stories
    hehe
    love you kiyaa
    thanks for your hard work
    we are always with you
    ingey vaahaka liyumakee faseyha kameh noonkan
    baehfaharu lasvesvaane hama
    aharemen jeheynee kehkuran
    adhives ehfaharu bunelan beynun. Vaahaka hama vv vv reethi

  7. Shiff says:
    March 25, 2020 at 11:40 pm

    Alhey vvv salhi ?? Hama aslahves raajjeah world cup thashi libeyne nama. VV thauryf kuran kiyara ge dhuruvisnumah..? raastha 3 ves genes dhehchey

  8. Ziyaa says:
    March 26, 2020 at 1:29 am

    V foohi vaahaka ge bodubai football ah dhaathey v

    1. Abdulla says:
      March 26, 2020 at 8:52 am

      Eki meehunge visnun thafaathu vaane… Huriha vaahakaeh hama ekani loabyge vaahakathakah hus kuraakah nujehey… Emeehakah kamudhaakahala vaahakaeh emeehaku kiyaany… Mivaahaka v v. Reethi.. Maasha Allah… Mikahala thafaathu vaahakaeh liyaakah knme knme meehegge sikudieh nuhulhuveyne… Shukuriyya thigenesdhey thafaathu vaahaka thakah…

  9. Yanaa says:
    March 26, 2020 at 7:14 am

    Varah varah varah varah reethi ❤❤❤❤❤❤❤❤❤❤❤❤❤
    maa sha allah?????????????????????
    waiting waiting waiting❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤

  10. LAZY_QUEENY says:
    March 26, 2020 at 8:45 am

    Vvvv reethi mi part vx…. Whn is next part…. Curiously waiting for next part ngey….. Next part thankolheh avahah up kohdhehchey…… Lysm ??????????

  11. Messi⚽? says:
    March 27, 2020 at 9:25 pm

    ??Maldives Messi Asluves Varah ??World cup kulhelaahihvey maldives Ga ekam hiyeh nuvey e furusathu libidhaane heneh but inshaallah my sons will.. By the way your stry is incredibly perfect… I totally love The you frame every sentence… May allah fullfill Your every dream… ?????????Messi is waiting avhah up kohdhehchey…….

Comments are closed.


All Right Reserved!