“ޔޫ ހޭވް ޓު ޓެލް ހާރ. ލަންޑަނަށް ދިއުމުގެ ކުރިން ބުނޭ. މިންނުގެ ލައިފްގަ ސްޕެޝަލް މީހަކު ހުންނަހެންނެއް ދޮންއަކަށް ހިއެއް ނުވޭ. ގައިމުވެސް މިންނު ގާތު ބުނެވުނީމަ އިޝަލްގެ ހިތަށް ލުއިވާނެ” އޭނާއަށް ފެންނަ ގޮތުގެ ވާހަކަ އަލައިކާ ކޮއްކޮ ގާތު ބުންޏެވެ. ލޯބި ވެއްޖެނަމަ އެންެމެ ރަނގަޅު ގޮތަކީ ސިއްރުނުކޮށް ލޯބިވާ ފަރާތާ ޙިއްސާ ކުރުން ކަމަށް އަލައިކާ ޤަބޫލު ކުރެއެވެ. **** ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ވަރަށް ބޮޑަށް އެރިކް ތައްޔާރުވަމުން […]
އެރިކްގެ ވޭނީ ރުއިން ފެނި ހިތްކުދިކުދި ވިހެން މިންހާއަށް ހީވިއެވެ. ހިތަށްވީ ތަދުން މޭގައި އަތް އަޅައިލެވުނެވެ. މިހާރުން މިހާރަށް ގޮސް އެރިކް ގައި ބައްދައިލަން އޭނާ ބޭނުންވިއެވެ. *** އެރިކް އެކޭ އެއްފަދައިން އާސެނަލް އެހެން ކުޅުންތެރިންގެ ލޮލުން ވެސް ކަރުނަ އޮހޮރެމުން ދިޔައެވެ. ތަށްޓާ އެހާ ގާތަށް އައިސްފައި ވެސް އަތުގައި ނުޖެހި ބީވެގެން ދިޔުމުންނެވެ. ސަޕޯޓަރުން ވެސް ތިބީ މުޅިން މާޔޫސްވެ ދެރަވެފައެވެ. އިޝަލްއަށް މަރުހަބާ ކިޔައިފައި އެރިކް […]
ޕާކުން ނުކުމެފައި އެ މީހުން ގެއަށް ދަނީ ކަމަށް ލިޔެފައި އަހާންގެ ފޯނު ޒާޔާއަށް މެސެޖެއް ފޮނުވާލިއެވެ. މިންހާގެ ބޭނުމަކަށްވީ މަދު ވަގުތުކޮޅަކަށް ނަމަވެސް ޒާޔާ ނުފެންނަ ހިސާބަށް އަހާން ގެންދާށެވެ. ***** ކަށިގަނޑު ފުމުމާއެކު އާސެނަލް ކުޅުންތެރިން އުފާފާޅު ކުރަން ފެށިއެވެ. ގިނަ ދުވަސްތަކަކަށް ފަހު ފުރަތަމަ އެނބުރި ޔޫސީއޭލްއަށް އައިސް އެމީހުން އެ ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. އާސެނަލް ކުޅުންތެރިންނާއި މުޅި ކޯޗިން ސްޓާފު އެކުގައި އުފާފާޅު ކުރަމުން ދިޔައެވެ. ސްޕެއިންގެ ގަދަ ފަދަ […]
އަހުސަމް ފަދައިން މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމުގެ ހުވަފެން ކުޑަ ކުޑަ އަހާން ދެކެމުން ދިޔައެވެ. ބައްޕަ އަހުސަމްއެކޭ އެއްގޮތަށް ފުޓުބޯޅަ ކުޅުމުގެ ހުނަރު އަހާން ގައިގައި ހުއްޓެވެ. ރާއްޖޭގެ ކްލަބް އީގަލްސްގެ އެކަޑަމީގައި އަހާން ދިޔައީ ތަފާތު ކުޅުމެއް ދައްކަމުންނެވެ. ރިއަންއަކީ އޭރު އަހާންގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ އެންމެ އިތުބާރު ކުރާ އެކަކަށް ރިއަން ވެގެން ދާނެއެވެ. އެނާ އާއި ރިއަންގެ އެކުވެރިކަމުގައި ރިއަން ޒާޔާއާ ވެސް އެކުވެރިވިއެވެ. އެހެނަސް ރިއަންއަށް ވުރެ […]
ޖޯޝުއާއާއެކު ޑްރެސިންރޫމަށް ދަމުން އިޝަލް ޖޯޝުއާ އަތުގައި ވިކައި ގަތެވެ. ތަދުވީ ވަރުން ޖޯޝުއާ ކަރުތެރެއިން ބާރު އަޑެއް ނުކުތެވެ. “އެއީ މިންހާއާ ފުލާރޓު ކުރީމަ ދިން އަދަބެއް. އަދި ޖޯޝް ކިޔަސް ހެވޭ ވެސް ބުނެފިއެއްނު. ކަލޭގެ އެކްސެންޓް ބޭނުން ކޮށްގެން މަގޭ މިންހާ ކަޓުވާލަން ހިތާދޯ ތި އުޅެނީ. މަގޭ އެންމެ ގާތް އެކުވެރިއެއް ގޮތުގަ ހުރެ ކުރަން އުޅޭ ކަންތައްދޯ” އިޝަލް ސަމާސާ ރާގަކަށް ޖޯޝުއާއާ ދިމާއަށް ބުންޏެވެ. ކިތަންމެ މަޖާވެފައި އެހެން […]
ގަދަ ފެހި ކުލައިގެ އަތް ދިގު ޖާޒީ އިޝަލްއާ ވަރަށް ގުޅެއެވެ. ބޮލުގައި އަޅައިފައި އިން ކަޅު ހެލްމެޓުގެ ދަށުން އިސްތަށިގަނޑުން ދިގުވެފައި އޮތް ބައި ފެންނަމުން ދިޔައެވެ. ތުނިކޮށް ބަހައްޓައިފައި ހުރި ތުނބުޅީގެ ސަބަބުން ކުރިއަށް ވުރެ ހަރު ވައްތަރު ޖަހައެވެ. ކުޅުންތެރިންގެ ސަފުގައި ހުއްޓިލައިގެން ހުރި އިރު އެހެން ކުޅުންތެރިންނަށް ވުރެ އިޝަލް އިސްކޮޅުން ދިގެވެ. އިޝަލްގެ އިސްކޮޅަށް ބަލާލާފައި އެއީ ރާއްޖޭ ކުޅުންތެރިއެކޭ ވެސް ނުބުނާނެއެވެ. މެޗު ނުފެށެނީސް ވެސް ޑޯރޓްމަންޑް ސަޕޯޓަރުންގެ […]
މިންހާ ގުޅުމުން އެރިކް ފޯނަށް ޖަވާބު ނުދިނީ ގަސްތުގައެވެ. މުޅި ދުވަހު މިންހާގެ ޚަބަރެއް ނުބުމުން އޭނާ ވަނީ އިންތިހާއަށް މިންހާ ދެކެ ރުޅި އައިސްފައެވެ. މިންހާ އެ ގުޅީ އިޝަލް ޖަރުމަނަށް ދާން ފުރިފަހުން ކަމުން ހިތުގައި ހަސަދަ ވެސް ވަނީ ލާފައެވެ. “ކޮންމެސް ކަމެއް ވެގެން ދޯ އަހަރެން ފޯނު ނުނަގަނީ މި. އިރު އިރުކޮޅާ ގުޅާކަށް ނުޖެހެއެއްނު” މިންހާ ހުއްޓާ ނުލާއި ދިހަ ފަހަރު ގުޅުމުން އެރިކް އެންމެ ފަހުން ޖަވާބު […]
“އަބަދުވެސް އަހަރެން ކަޒްއާއެކު ވާނަން. އޯލްވޭޒް އެންޑް ފޯރްއެވާރ އިންޝާ ﷲ” އިޝަލް އަތުތެރެއަށް އޭނާގެ އަތް މަހާލަމުން ހިނިތުންވެލާފައި މިންހާ ބުނެލިއެވެ. މިންހާ ހިނިތުންވުމާއެކު އިޝަލްއަށް ވެސް ހިނިތުންވެވުނެވެ. އާސެނަލާއި އޭސި މިލާން ކުޅުނު މެޗު ނިމިގެން ދިޔައީ އެކެއް ސުމެއްގެ ނަތީޖާއަކުން އޭސި މިލާން މޮޅުވެގެންނެވެ. މެޗުގެ ފަހު ވަގުތުގައި އާސެނަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނު ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އޭސި މިލާންގެ ޑިފެންސް ފޫ އަޅުވާފައި […]
މިންހާ ވަރަށް އަރާމުގައި ސީރީޒެއް ބަލަން އޮއްވައި އެރިކް ގުޅިއެވެ. އާންމުކޮށް އެ ގަޑި އެއީ އެރިކް ގުޅާ ގަޑިއެއް ވެސް ނޫނެވެ. “ވަރަށް އަވަހަށް ނުކުމެބަ ބޭރަށް” މިންހާ ފޯނަށް ޖަވާބު ދިނުމުން އެހެން ބުނެފައި މިންހާއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެރިކް ފޯނު ކަނޑާލިއެވެ. ނަސީބަކުން މިންހާ ނުކުތް އިރު ޔޫސުފް އަދި ނަވާރް ވެސް ފެންނާކަށް ނެތެވެ. ލައިގެން އިން ހެދުން މަތިން ގަދަ ނޫކުލައިގެ ޖެކެޓަކާ އަތަށް އަންގި އަރުވައިގެން […]