ލައިރާ ގޮވައިގެން ލަބާން ގެއިން ނުކުތެވެ. އޭނާއަށް ދެކޮޅު ހެދުމެއް ނެތި ބަސް އަހައިގެން ލައިރާވެސް ދިޔައެވެ. އަތުން ދިލަ ނަގާ ވަރުން އަދިވެސް އޭނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ލަބާންއާއެކީ މައްސަލަ ނުޖައްސާ އޭނާއަށް އެ ދެވެނީ ދެކޮޅު ހަދާނެހާ ވަރުވެސް އޭނާ ގައިގައި ނެތުމުންނެވެ. **** އެ ދުވަހުގެ ފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައީ ރީމާގެ ފަރާތުން ލައިރާއަށް އެއްވެސް ހާނިއްކައެއް ނުލިބިއެވެ. ލައިރާގެ ހިތް ކިތަންމެ ނުރުހުނު ކަމުގައި ވިއަސް ލަބާން […]
މިންހާ ލައިބްރަރީ ނިމޭ ގަޑިއަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެރިކް އައިސް ހުރެއެވެ. މިންހާއާއެކު ކޮފީ ޝޮޕާއި ހަމައަށް ދިއުން އާދައަކަށް ހެދިއެވެ. އެހެނަސް އެއް ދުވަހުވެެސް މިންހާއާއެކު އެތެރެއަށް ވަންނާކަށް އެރިކްއަކަށް ނުކެރެއެވެ. އޮޅިގެންވެސް އޭނާ ދަންނަ މީހަކަށް ނޫނީ ‘ފޭން’ އަކަށް މީންހާއާއެކު ކޮފީ ޝޮޕްތެރޭގައި ހުންނަތަން ފެންނާކަށް އެެރިކް ބޭނުމެއްނުވެއެވެ. އޭނާގެ ‘ވަޒީފާއާއަކީ’ ކޮބާކަމެއް އަދިއަކު އެރިކް މިންހާއަކަށް ނާންގައެވެ. މިންހާ ކޮފީ ޝޯޕަށް އަންނައިރު އޭނާއާ އެއްކޮށް ކޮންމެ ދުވަހަކު […]
އަތުގައި އޮތް ސިނގެރޭޓު ބުރި އެއްލާލުމަށް ފަހު ލަބާން ގަޑި ބަލާލިއެވެ. ގަޑިން މެންދަމު ދޭއް ޖަހާފިއެވެ. މޯޅިއަަކަަށް ދެމިފައި ވެސް އިން ތަނުން ތެދުވާކަށް އޭނާ ގަސްތެއް ނުކުރެއެވެ. ގެއަށް ދާނަމޭ ހިތަށް ވެސް ނާރައެވެ. އޭނާ ފޯނަށް އައިސް ފައި ހުރި މިސްޑް ކޯލްތައް ނުފެންނަކަމަށް ހަދާފައި ލައިގެން އިން ސޯޓުގެ ޖީބު ތެރެއަށް ފޯނުލިއެވެ. އެނދުގައި ދެފަރާތަށް ފޮރޮޅިލަ ފޮރޮޅިލާ ނަދާ އޮތީ ނުނިދިފައެވެ. ހަވީރު ޚަބަރު ވީ ގޮތަށް އޭނާގެ […]
މިހާރު އަޅުގަނޑު ލިޔަމުން އަންނަ ވާހަކަ ‘މަންޒިލް ތިއޭ’ މެދު ކަނޑާލުމަށްފަހު ‘ލޮތްބަށްޓަކައި’ މި ވާހަކަ ގެނެސްދޭން ނިންމާފީމެވެ. އިންޝާ ﷲ ކިޔުންތެރިންނަށް މި ވާހަކަ ކިޔާލަން ވަރަށް އަވަހަށް ލިބިގެން ދާނެއެވެ. ހުރިހާ ކިޔުންތެރިން ވެސް މި ވާހަކައަށް އިންތިޒާރު ކުރާނެކަމަށް އުއްމީދު ކުރަމެވެ.
އުމް އެރިކް ވެއިޓް އޭޒް އިން އެރިކް ޙައްދިދް؟ ޗެލްސީއަށް ގެނައި؟” ޔަޤީން ކުރުމުގެ ގޮތުން އިޝަލް އަހާލިއެވެ. އެއާއެކު މިއާ ލަސް ލަހުން ބޯ ޖަހާލިއެވެ. ** ލައިބްރަރީ ނިންމާފައި ގެއަށް ދިއުމުގެ ކުރިން އޭނާ ހިތުގައި ބިންވަޅު ނެގިފައިވި ޒުވާާނާ ފެނޭތޯ ކޮންމެ ދުވަހަކުވެސް މިންހާ ބަލައެވެ. އެހެނަސް ހަފްތާއެއް ވީ ފަހުން ވެެސް އެ ޒުވާނާއާ ދިމާވާ ގޮތް ނުވުމުން މިންހާގެ ހިތް މާޔޫސްވިއެވެ. މެޗު ދުވަހަށް ވުމުން މިއަދު ކޮފީ ޝޮޕަށް […]
ކޮފީ ޝޮޕް ކައިރިން ކާރު ޕާކު ކުރާނެ ތަންކޮޅެއް ނުލިބުމުން އިޝަލްއަށް ކާރު ޕާކު ކުރަން ޖެހުނީ ފުދޭވަރަކަށް ދުރުގައެވެ. ހިނގާފައި ކޮފީ ޝޮޕާއި ހަމައަށް ދަމުން ގޮސް އޭނާއަށް ހުއްޓެން މަޖުބޫރުވީ މަގުގެ އަނެއް ފަރާތުގައި އޭނާއަށް ފުރަގަސްދީގެން ހުރި އަންހެން ކުއްޖާ ފެނުމުންނެވެ. އާދައިގެ އިސްކޮޅެއްގެ ވެރި އެ އަންހެންކުއްޖާގެ ކޮނޑުން ތަންކޮޅެއް ތިރިއަށް އޮތް ރާޅު ބާނީ ބްލޮންޑް އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ. އެ ކުއްޖާގެ މޫނު ބަލާ ނުލާ ދާން […]
ޓްވިޓާރ ނިއްވާލާފައި އިޝަލް ފޯނުގެ ގެލެރީ ހުޅުވާލިއެވެ. ގެލެރީގައި އިން ޚާއްސަ ފޯލްޑާރއެއްގައި ހުރި ފޮޓޮއެެއް އިޝަލް ހުޅުވައިލިއެވެ. އެ ފޮޓޯއަށް ބަލާލުމާއެކު އިޝަލްގެ ލޯ ކަރުނައިން ފުރުނެވެ. “ވައި؟” އިޝަލްގެ އަނގައިން ނިކުތީ ވައިއަޑެވެ. *** ޔޫސުފް އާއި މިންހާ ލައިޝާއާއެކު ތިބީ ސިޓިންރޫމްގައެވެ. ގަނޑެއް ހިފައިގެން ވަރަށް ފަރުވާތެރި ކަމާއެކު ލައިޝާ ކުރަހަން އިނެވެ. ހަ އަހަރުގައިވެސް ލައިޝާއަކީ ހުނަރުވެރި ކުރެހުންތެރިއެކެވެ. ފެން ކުލަ އަދި ކުލަ ފަންސުރު ބޭނުންކޮށްގެން ތަފާތު ރީތި މަންޒަރުތައް […]
ކޮފީ ޝޮޕް އެތެރެއަށް ވަތް ޒުވާނާއަށް އެންމެންގެ ލޯތައް އަމާޒުވިއެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލްކޮށްފައި ހުރިއިރު އެ ޒުވާނާގެ ލޯ ވަނީ އަވިއައިނަކުން ފޮރުވާލާފައެވެ. ހުދުކުލައިގެ ގަމީސްމަތިން ކަޅު ކުލައިގެ ލެދާރ ޖެކެޓެއް ލައިފައި ކަޅު ޖިންސެއް ލައިގެން ހުރިއިރު ވައްތަރީ މޮޑެލްއަކާއެވެ. އޭނާއަށް އަމާޒުވެފައި ހުރި ލޯތަކަށް ފަރުވާލެއް ނެތި އެ ޒުވާނާ ގޮސް ކައުންޓަރު ކައިރީ މަޑުކޮށްލިއެވެ. “އަހާން ބޭނުންވާ ގޮތަށް ކޮފީ ވިތް ވިޕްކްރީމް” އަހާން އަތަށް ކޮފީތަށި ދެމުން ޒާޔާ […]
Hi guysss. Its been a long time since I’ve uploaded an episode of manzil. I am really sorry for not uploading the story for a long time. Truth to be told i had writers block and my mental health wasn’t good at all. Also I’ve decided to re write manzil again with the same characters […]