މާލެ އައުމުން ޔުއާން އަހަންނަށް މެސެޖު ކޮށްފާނެ ކަމަކަށް އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރަމެވެ. އަހަރެން ހީކުރީ ޔުއާން އަހަރެން މަތިން ހަނދާން ނުވާނެ ކަމަށެވެ. ނަމަވެސް އަހަރެންގެ ޔުއާން އަހަރެން މަތިން ހަނދާނެއް ނުނެތެއެވެ. ހިތަށް ލިބުނު ހަމަޖެހުމުން އަހަންނަށް އެކަނި އިނދެ ހެވުނެވެ. މާލެއަށް އައިތާ ދެވަނައަށް ވީ ދުވަހު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަދި ދެބެއިންގެ ދެދަރި ކޮއްކޮ އިމްރާ އަހަރުމެންގެއަށް އައެވެ. ރަށަށް ދިއުމުގެ ކުރިން ކޮންމެ […]
“ހަނދާންވޭތަ މައިރާއާ ދިމާވީމަ ލަވައެއް ކިޔައިދޭނަމޭ ބުނި ހަނދާން؟ މިރޭ މިތަނަށް މައިރާ މި ގެނައީ އެ ވައުދު ފުއްދަން ވެގެން” އަހަރެން ދިގު ސޯފާގައި އިށީނުމާއެކު ޔުއާން ގިޓާ ހިފައިގެން ގޮސް ކުރިމަތީ ހުރި ސޯފާގައި އިށީނެވެ. ޔުއާންގެ ޖާދުވީ ފުން ދެލޮލުން އަހަންނަށް ބަލާލުމާއެކު ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. މޭ ތެރޭގައި އޮވެ އޮބި ނޯންނަވަރަށް ހިތްތެޅެމުން ދިޔައެވެ. މޭފަޅައިލަައިފައި ނުކުންނަން އުޅޭހެންވެސް ހީވިއެވެ. “ދީވާނާ ވޭ މޫސުމް ތިޔަހެން ބަލާލުމުން […]
މާޔާގެ ކައިވެނި ހެދުން ފެނި އަހަރެންވެސް ކައިވެނީގެ ހުވަފެން ދެކެން ފެށުނެވެ. ހުދު ކުލައިގެ ބޮޑު އެ ހެދުމުގައި އަތްނުލަައި އަހަންނަކަށް ނުހުރެވުނެވެ. “ހާދަ އަތްދިގޭ ދޯ! މައި އައިރުގަ ކީއްވެތަ ނިޝާލް ނުގެނައީ؟” މާޔާގެ ސުވާލުން އަހަރެންގެ ޠަބީޢަތު އެއްކޮށް ބަދަލުވެގެން ދިޔައެވެ. އަހަރެން އެކަމަކަށްޓަކަައި ބިރުގަތް ވަގުތު އައިސް ޖެހުނީއެވެ. މީހަކު ވިކައިގަތުމުން ހޭލެވޭ ފަދައަކުން ހަޤީޤީ ދުނިޔެއަށް އަހަރެންގެ ސިކުނޑި ހޭލިއެވެ. ޖަވާބު ދިނުމެއްނެތި އަހަރެން ހިނިތުންވެލީމެވެ. ރަށުގައި ހޭދަވާ ދުވަސްކޮޅުގައި ނިޝާލް […]
ކަޅުފޮއެ އަނދިރި ރެއެކެވެ. ވިއްސާރަ ވިލާތަކުގެ ސަބަބުން އުޑުގައިވި ތަރިތައް ވަނީ ފަރުދާވެފައެވެ. ވައި ގަދަވުމުގެ ސަބަބުން ތަންތަނުން އެއްޗިހިތައް އުކާ އަޑު އިވެމުން ދިޔައެވެ. ދޭތެރެއަކުން ވިދާލައިފައި ގުގުރާލައެވެ. އެެއިން ކަމަކަށް ސަމާލުކަން ދިނުމަށްވުރެ އަހަރެންގެ ސިކުނޑިވަނީ އެހެން ކަމަކަށް ގޮސް ހުސްވެފައެވެ. އަހަންނަކީ ގުގުރާ އަޑު އިވުމުން ބިރުގަންނަ މީހަކަށް ވިއެއް ކަމަކު މިރޭ ބިރުގަންނަންވެސް ހިތަށް ނާރައެވެ. އެއަށްވުރެ ހިތަށް ލިބިފައިވި އުފާވެރިކަން ބޮޑެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ އަހަރެންގެ ހިތުގެ ވެރިޔާގެ […]
ފަސް ބުރިއަށް ހަދާފައި ހުރި އާދައިގެ އިމާރަތް ކުރި މައްޗަށް ހުއްޓާލި ކާރުން ފޭބި ޒުވާނާ އެ އިމާރާތަށް ރަނގަޅަށް ބަލާލިއެވެ. އެއަށްފަހު ފޯނުގައި އިން ފޮޓޮއަށް ނަޒަރެއްދީފާއި ފުން ނޭވާއެއްލިއެވެ. ކާރުން ފައިބައިގެން މަގުމަތީގައި މަޑުކޮށްލި ކުޑަ ވަގުތު ކޮޅު ތެރޭގައިވެސް އެ ޒުވާނާ ވަނީ ތެމި ފޯވެފައެވެ.
“ދޮންތާ ރަނގަަޅަށް މިންކޮ ބަލާދެއްޗޭ” ފުރަން ގެއިން ނުކުތުމުގެ ކުރިން އިޝްމާ ގާތު ޔޫސުފް އެދުނެވެ. “ޔޫސުފް ނުބުންޏަސް ދޮންތަ މިންނު ބަލައިދޭނަމޭ. އަލްކޮ އާއި އިޝަލްއާ އެއްވަރަށް މިންނުއަކީވެސް ދޮންތަގެ ކުއްޖެކޭ” މިންހާ ބޮލުގައި ފިރުމާލަމުން އިޝްމާ ބުނެލިއެވެ.”މިންނު އެކަނި؟” ޔޫސުފް ދެރަވާކަމަށް ހެދުމުން އިޝްމާ ހެމުން ދެފަރާތަށް ބޯ ހޫރާލިއެވެ. *** ސިޓިން ރޫމް ސޯފާގައި އިށީންދެލައިގެން އިޝަލް އިނީ މިންހާގެ އިންތިޒާރުގައެވެ. ލަންޑަނަށް ގޮސް ހަމަޖެހެވުމާއެކު ރޭގަނޑު ކެއުމަކަށް ދާން އިޝަލް މިންހާއަށް […]
ރަނގަޅު މަގޭ މަންމައާ ލައިރާގެ ބައްޕަ އިނުމަކުން އަދި މަށެއް ލައިރާގެ ބޭބެއަކަށް ނުވާނެ. އައި އޭމް ޔުއާރ ބްރަދާރ ބި ކޯޒް ހީ އިޒް މައި ފާދާރ ޓޫ” *** ލަހުފާން ރީމާ އާއި ކައިވެނި ކުރީ ރީމާގެ ބައްޕައަށް ލަހުފާންގެ ބައްޕައަށް ކުރި ވަޞިއްޔަށް ފުރިހަމަ ކުރުމަށެވެ. ރީމާ އާއި ލަހުފާން ކައިވެނި ކުރިއިރު ލަހުފާންގެ ހިތުގައި ރަނިކަން ކުރަމުން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ލާރާއެވެ. ލާރާ އާއި ލަހުފާންއަކީ ދެމީހުން […]
މަހެއްހާ ދުވަސް ފަހުން ބައްޕަ ފެނުމުން ލައިރާ ކުޑަކޮށް ދުވެލާފައި ގޮސް ބައްޕަ ގައިގައި ބައްދާލިއެވެ. ދޮންމަންމަ ގާތު އޭނާ ބަހައްޓާފައި އެހާ ގިނަ ދުވަހަށް ރަށުން ބޭރަށް ދިއުމުން ބައްޕައާ މެދު ހިތިގައި ޝަކުވާވިނަމަވެސް ބައްޕަ ފެނުމުން ހުރިހާ ޝަކުވާއެއް މަތިން ހަނދާން ނައްތާލިއެވެ. ލަހުފާންއާއެކު ލައިރާ ސިޓިންރޫމަށް ދިއުމުން ރީމާ ވެސް ފަަހަތުން ދިޔައެވެ. އެއާއެކު ހަމަޖެހުމުގެ ފުން ނޭވާއެއް ޒެއިން ދޫކޮށްލިއެވެ. ކިތަންމެ ރުޅިގަދަ ވެފައި ހުރި ނަމަވެސް ލަބާން […]
ފިލްމިގެ މެދާ ހަމައަށް ދިޔަ ތަނުން ނަދާގެ ފޯނު ރިންގުވާން ފެށިއެވެ. ލަބާންގެ ނަން ސްކްރީނަށް އަރާފައި އިން ތަން ފެނުމުން ނަދާ ހައިރާންވިއެވެ. ފަހަކަށް އައިސް ނަދާގެ ޚަބަރެއް ނުވަނީސް ލަބާންގެ ޚަބަރެއް ނުވެއެވެ. ލަސްކުރުމެއް ނެތި ނަދާ ފޯނަށް ޖަވާބު ދިނެވެ. ****** ނަދާއަށް އިތުރު ހިތްދަތިކަން ދިނުމުގެ ބަދަލުގައި ލަބާން އޭނާއާ ނަދާގެ ގުޅުން ނިންމާލިއެވެ. އެއްވެސް އޮޅުވާލުމެއް ނެތި އޭނާ ނަދާއާ ގުޅުނު ހަޤީޤީ ސަބަބުން ކިޔާދީ މާފަށް ވެސް އެދުނެވެ. […]