މާނީ އާއި އާރާޝް ޓެރަހުގައި ތިބޭ ވާހަކަ މިންހާ ދެއްކުމުން އިޝަލްއަށް މާނަ ނެގުނީ މުޅިން ނުބައި ކޮށެވެ. އޭނާއަށް ހީކުރެވުނީ މިންހާގެ ހިތުގައި ވެސް އޭނާއާ މެދު އިޙްސާސްތަކެއް ވަނީ ކަމަށެވެ. އަދި އެކަން ނުސީދާކޮށް މިންހާ އޭނާއަށް ބުނެދިނީ ކަމަށެވެ. ހަޤީގަތް ނޭންގި އިޝަލްގެ ހިތް އުފަލުން ނަށާލިއެވެ. އަހާންއަށް ހޭލެވުނީ ކަރަށް ނާރެއް އަރައިގެންނެވެ. ކަންނެއްކަމާއެކު ލޯ ހުޅުވާލި ފުރަތަމަ ވަގުތު ވެސް ފެނުނީ އޭނާ ކޮނޑުގައި ބޯ އަޅައިގެން […]
ކޮރެއާ މެޗުގައި ސަޕޯޓަރުންގެ އަޑު އިވުމާއި އަމިއްލަ ފަސްގަނޑުގައި ސަޕޯޓަރުންގެ އަޑު އިވުމުން ކުރެވޭ އިޙްސާސްތައް ތަފާތު ވިއެވެ. ބެންޗުގައި އިންނަން ޖެހުނު ނަމަވެސް އިޝަލްގެ ހިތަށް ބަޔާން ކުރަން ދަތި ހަމަޖެހުމެއް ލިބެމުން ދިޔައެވެ. ކޮންމެސް ދުވަހަކުން އަދި ސަޕޯޓަރުން ކުރިމަތީ ރާއްޖޭ ޤައުމީ ޓީމަށް ކުޅެ ދިނުމުގެ ހުވަފެން ދެކެން ފެށުނެވެ. އެ ދުވަސް ވީ މާ ދުރުގައި ނޫންކަން ހިތްބުނަމުން ދިޔައެވެ. އޭނާ ޖެހޭނީ ކެތް ތެރިކަމާއެކު އެ ދުވަހަށް އިންތިޒާރުކޮށް އެ […]
އެެރިކް ކުޅޭ ފުރަތަމަ މެޗު ބެލުމަށްޓަކައި އެރިކްމެން ރަށުގެ އެ ހިސާބު ގަނޑުގައި އުޅޭ އެންމެން ކަހަލަ ގޮތަކަށް އެރިކްމެން ގޭ ކައިރީ އަޅުވައިފައި ހުރި ބޮޑު ސްކްރީން ކައރިއަށް ޖަމާވިއެވެ. ކޮންމެ މީހެއްގެ މޫނު މަތިން ވެސް ފެންނަނީ އެރިކްއާ މެދު ފަޚުރުވެރިވެފައިވާ ކަމެވެ. ޖަރުމަންގެ އެޓޭކަކީ މި ވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް އެޓޭކެވެ. އެ މީހުންގެ ކުރިއަށް ކުޅޭ ހަލުވި ކުޅުންތެރިން ހުއްޓުވުމަކީ އެންމެ މޮޅެތި ޑިފެންޑަރުންނަށް ވެސް […]
ސައުތް ކޮރެއާ އަދި ރާއްޖެ ކުޅޭ އެކުވެރިކަމުގެ މެޗު އޮތީ ކޮރެއާ ގަޑިން ރޭގަނޑު އަށެއް ޖެހިއިރުއެވެ. ދެ ޤައުމުގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެ ތިއްބެވެ. މެޗު ނުފެށެނީވެސް ސަޕޯޓަރުންގެ އަޑު ހުއްޓުމެއް ނެތި ދަނޑުގައި ގުގުމަމުން ދިޔައެވެ. ލައިޝާ އަދި އާޔާ ދަނޑަށް ދިއުމުގެ ކުރިން ނިދުމާއެކު އެ ކުދިން ބަލަން ހޮޓެލްގައި ޒާޔާ އާއި މިންހާ އަދި އަހާން ހޮޓެލްގައި މަޑު ކުރިއެވެ. އިޝަލް މެޗުގެ ފުރަތަމަ އެގާރައަށް ނާރާކަން […]
“މިންނު އިޒް ދިސް ޓްރޫ؟” ޔޫސުފް ދުވަމުން ކަހަލަ ގޮތަކަށް އައިސް ފޯނު މިންހާއަށް ދައްކައިލިއެވެ. މިންހާ އޭނާގެ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީނލައިގެން އިނދެ ބޯ ޖަހައިލިއެވެ. “ގޯޑް އައި ސޯ ހެޕީ. އައި ކާންޓް ވެއިޓް ފޯރ ދިސް ޓު ހެޕަން” އެއީ ތެދެއްކަން ޔަޤީން ވުމާއެކު ޔޫސުފް ގޮސް މިންހާ އަދި ނަވާރް ގައިގައި ބައްދައިގަތެވެ. **** އިންޓަނޭޝަނަލް ބްރޭކްގައި ވޯލްޑް ކަޕް ކޮލިފައިން އަދި ޔޫރޯ އާއި އޭޝިއަން […]
ހެނދުނުން ސުރެ ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. މެންދުރު ވީތަނުން ވިދާ ގުގުރަން ފެށިއެވެ. މުޅި ދުނިޔެ ވަނީ އަނދިރި ކަމުގެ ސާލެއްގެ ތެރޭގައެވެ. ވައި ބާރު ކަމުން މަގު މަތީގައި ހުރި ގަސްތައް ބިމުން ލޫހި ވެއްޓިދާނެހެން ހީވެއެވެ. ކޮޓަރީ ކުޑަދޮރު ކައިރީ އިށީންދެލައިގެން މިންހާ ބޭރު ބަލަން އިނެވެ. ވާރޭ ތިކިތައް ބިއްލޫރިގަނޑުން ތިރިއަށް ފައިބައި މަންޒަރަކީ މިންހާ ވަރަށް ބަލާހިތްވާ މަންޒަރެކެވެ. މާލޭގައި އުޅުނު އިރުވެސް ވާރޭ ވެހެން ފަށައިފި […]
“ޒާޔާ ދެން ހުއްޓާލާ. ނުރޮއެ ދޮން ގާތު ބުނެބަ ކިހިނެއްވީ؟ ދޮންއަށް އެނގޭ ބޮޑު ކަމެއް ވެއްޖެކަން ބުނެބަ ކިހިނެއްވީ؟” ޒާޔާ އުނދަގުލުން ނަމަވެސް އޭނާ ރިއަންއާ ރަށްޓެވިކަން އަލައިކާ ގާތު ބުންޏެވެ. “ރިއަން. ޝާރިމް ކޮއްކޮ ރިއަން؟” ޒާޔާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމާއެކު އަލައިކާއަށް ޖެހުނީ ޝޮކެކެވެ. **** ބުންޑަސް ލީގާއި ގައި އިޝަލް ކުޅުނު މެޗުން ބޮރޫޝިއާރ ޑޯރޓްމަންޑަށް ތިން ޕޮއިންޓު ނުލިބުނު ކަމުގައި ވިއަސް އޭނާގެ ފެންވަރު އެ މެޗުގައި ދައްކައިލިއެވެ. […]
ކަޅު ހުޑީއަކުން މޫނު ނިވައިކޮށްގެން ހުރި މީހާ ފެނުމުން މިންހާ ގަތީ އަމަށަކު ބިރެއް ނޫނެވެ. މުޅިތަނަށް އަނދިރިކަން ވެރިވެފައި އޮތުމާއެކު މިންހާއަށް އެމީހާ ފެނުނީ ވަރަށް ބިރުވެރިކޮށެވެ. ދަނޑި ގަނޑު ނިކަން ރަނގަޅަށް އަތަށް ހެޔޮވަރުކޮށްފައި ލެވުނުހާ ބާރެއް ލައިފައި އެ ދަނޑިން އެމީހާ ބޮލުގައި މިންހާ ޖެހިއެވެ. އެމީހާ ނުވިސްނާ ހުރުމުން މިންހާ ޖެހުމާއެކުހެން ވެއްޓުނެވެ. “މިންހާ ކީއްތިކުރީ؟” އެ ވަގުތު ސިޑިން ފައިބައިގެން އައި އިޝަލް ބާރަށް ބުނެލިއެވެ. ދުވަމުން އައިސް އެރިކް […]
އާސެނަލް ސަޕޯޓަރުންނާއި ކުޅުންތެރިން އުފާފާޅު ކުރަމުން ދިޔައިރު ލިވަޕޫލް ކުޅުން ތެރިން މާޔޫސްވެފައި ދަނޑުމަތީ ތިއްބެވެ. އެންމެ ފަހު ވަގުތު އާސެނަލުން ލަނޑު ކާމިޔާބު ކުރުމުން ހުރިހާ ކުޅުންތެރިން ތިބީ ހިތްހަލާކުވެފައެވެ. އުޑުފައިން ވިނަގަނޑު މަތީ އިށީންދެލައިގެން މޫނުގައި ދެއަތް އަޅައިގެން ޔޫސުފް އިނެވެ. އޭނާ ވަނީ މުޅިންހެން މާޔޫސްވެފައެވެ. އަކްމަލް ގޮސް ޔޫސުފްއާ ސަލާންކޮށްލައިފައި ދަނޑުމަތިން ނެގިއެވެ. “ދެރަނުވޭ. ޔޫ ޕްލެއިޑް ވެލް. ފުޓުބޯޅައިގައި މިހެން ވެސް ވާނެ. ޔޫސުފް ލިވަޕޫލަށް ކުޅުނަސް ޔޫސުފްގެ ކުޅުމާއި […]