Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މަންޒިލް 25

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
January 18, 2021 6 Mins Read
2 Comments

 

މިންހާ ގުޅުމުން އެރިކް ފޯނަށް ޖަވާބު ނުދިނީ ގަސްތުގައެވެ. މުޅި ދުވަހު މިންހާގެ ޚަބަރެއް ނުބުމުން އޭނާ ވަނީ އިންތިހާއަށް މިންހާ ދެކެ ރުޅި އައިސްފައެވެ. މިންހާ އެ ގުޅީ އިޝަލް ޖަރުމަނަށް ދާން ފުރިފަހުން ކަމުން ހިތުގައި ހަސަދަ ވެސް ވަނީ ލާފައެވެ.

“ކޮންމެސް ކަމެއް ވެގެން ދޯ އަހަރެން ފޯނު ނުނަގަނީ މި. އިރު އިރުކޮޅާ ގުޅާކަށް ނުޖެހެއެއްނު” މިންހާ ހުއްޓާ ނުލާއި ދިހަ ފަހަރު ގުޅުމުން އެރިކް އެންމެ ފަހުން ޖަވާބު ދިނެވެ. އެރިކްގެ އަޑުގައިވި ރުންކުރި ކަމާއި ހަރުކަށި ކަމުން މިންހާ ހިތު ޖެހި ރޮވޭ ގޮތްވިއެވެ.

އެރިކްއަށް ވާހަކަ ދެއްކުނީ ރަނގަޅަށް ނޫންކަން ވިސްނުނީ ޖެހިލުންވެފައި އިނދެ މިންހާ މާފަށް އެދެމުންނެވެ. މިންހާ އަޑުގައިވި ތުރުތުލުމުން މިންހާއަށް ރޮވިއްޖެކަން އެރިކްއަށް އެނގުނެވެ. ކަންތައް ކުރެވުނު ގޮތާއި މެދު އެރިކް ދެރަވިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށް ފުން ނޭވައެއް ލުމަށްފަހު މަޑު މައިތިރި ކަމާއެކު މިންހާއާ ވާހަކަ ދެއްކިއެވެ. ރުޅިގަދަ ވެގެން މިންހާއަށް އަޑު ލެވުނީތީ މާފަށް އެދުނެވެ. ދެން ދުވަހަކު ވެސް އެ ފަދަ ގޮތަކަށް މިންހާއާ ވާހަކަ ނުދައްކާނެން ކަމަށް އެރިކް ވަޢުދުވިއެވެ.

އެނބުރި ލަންޑަނަށް ގޮއްސައި މިއާ އާއި އަހާންގެ ގުޅުން އޮތީ ކިހާ ހިސާބެއްގައިތޯ ޒާޔާ އަހާންއާ ސުވާލު ކުރިއެވެ. “ވީ ބްރޯކް އަޕް” ވަރަށް އާދައިގެ ގޮތަކަށް އަހާން ޖަވާބު ދިނެވެ. އިތުރު ސުވާލެއް ޒާޔާ ކުރުމުގެ ކުރިން އަހާން އޭނާގެ ކޮޓަރިއަށް ދިޔައެވެ.

އެރިކް އުޅޭ އެޕާރޓްމެންޓް ކުރިމަތީ ހުއްޓިލައިގެން އިން ވެލެރީގެ ތުންފަތުގައި ފުޅާ ހިނިތުންވުމެއް ވިއެވެ. ވަރަށް އާދައިގެ މައްޗަކާއި ޖިންސެއް ލައިގެން އިން އިރު ރަތް ކުލައިގެ އިސްތަށިގަނޑު ވަނީ ގަތާފައި އެއް ކޮނޑު މައްޗަށް ވައްޓާލާފައެވެ. ކަޅު ކުލައިގެ އަވި އައިނަކުން އޭނާގެ ދެލޯ ވަނީ ފޮރުވާލާފައެވެ. މޫނުގައި ލުއި މޭކަޕެއް ކޮށްފައި ހުރުމުން ފެންނަމުން ދިޔައީ ވަރަށް ސާދާކޮށެވެ. ކޮނޑުގައި އަޅުވާފައި އޮތް ކުޑަ ދަބަސް ތެރެއިން ޗުއިންގަމެއް ނަގައި އަނގަޔަށް ލުމަށް ފަހު މަޑު މަޑުން ދޮރުގައި ޓަކި ދިނެވެ.

ސިޓިން ރޫމް ސޯފާގައި ޓީވީ ބަލަން އޮތް މިއާއަށް ޓަކި ދިން އަޑު އިވުނެވެ. ކަންނެއް ގޮތަކަށް ސޯފާއިން ތެދުވެގެން ގޮސް ދޮރު ހުޅުވިއެވެ.

ބްލޮންޑް އިސްތަށިގަނޑެއް ލާފައި ހުރި އަންހެން ކުއްޖާ ދޮރު ހުޅުވުމުން ވެލެރީގެ ތުންފަތް މަތީގައިވި ހިނިތުންވުން ވަގުތުން ފަނޑުވެގެން ދިޔައެވެ. އަނެއްކާ އޭނާއަށް އާ ދެވުނީ ރަނގަޅު އިމާރާތަށް ބާއޭ ހިތަށް އެރިއެވެ.

ދޮރު މަތީ ހުރި އަންހެން ކުއްޖާއަކީ ކޮންމެސް ތާކުން އޭނާއަށް ފެނިފައި ހުރި ކުއްޖެއްކަން މިއާއަށް ޔަޤީނެވެ. އެ އަންހެން ކުއްޖާ ފެނުނީ ކޮންތާކުންތޯ ވިސްނަމުން ދިޔައެވެ. ކުއްލިއަކަށް އެއީ ކާކުކަން މިއާއަށް ވިސްނުމާއެކު އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ.

މިއާއަށް ވީ ގޮތުން އޭނާއަކީ ކާކުކަން މިއާއަށް އެނގުނީ ކަން ވެލެރީއަށް އިނގުނެވެ. މިއާ އެއްޗެކޭ ބުނުމުގެ ކުރިން އެރިކް އުޅޭތޯ އަހައިލިއެވެ.

ތަންކޮޅެއް ކުރިން އެރިކް ވެކެރީގެ ވާހަކަ އޮތީ މިއާ ގާތު ބުނެފައެވެ. ފަހަކަށް އައިސް ވެލެރީ އެއްވެސް ވަރަކަށް މެސެޖު ނުކުރާކަމަށް ވެސް ވަނީ ބުނެފައެވެ.

މަޝްހޫރު ވެމްޔާރ ޑައިރީޒް ރީބޫޓްގެ ފުރަތަމަ ސީޒަންގައި ވެލެރީ ވަނީ ދުވަސްވީ ވެމްޕަޔަރެއްގެ ރޯލު ކުޅެފައެވެ. ވެލެރީގެ ފުރަތަމަ އެކްޓިން މަސައްކަތަށް ވެފައި އެބައި އޭނާ ކުޅުނުލެއް މޮޅު ކަމުން ގިނަ ބައެއްގެ ތަޢުރީފު ވަނީ ލިބިފައެވެ. ފުރަތަމަ ސީޒަންގައި ގެސްޓް ރޯލެއް ކުޅުނު ކަމުގައި ވިއަސް ދެވަނަ ސީޒަނަށް ސީރިޒް ރެގިއުލާރއަކަށް ބެލުން ތެރިންގެ ތަރުހީބާ އެއްކޮށް އޭނާ ވަނީ މަތިކޮށްފައެވެ. އެ ސީރީޒްގެ މަސައްކަތުގައި އުޅުނުހާ ދުވަހު ވެލެރީ އެއް ފަހަރު ވެސް އެރިކްއަށް މެސެޖެއް ނުކުރެއެވެ. އެރިކް އުއްމީދުކޮށްގެން ހުރީ ވެލެރީ އޭނާ މަތިން ހަނދާން ނައްތާލާނޭ ކަމަށެވެ.

ވެލެރީ ގާތު އެތެރެއަށް ވަންނަން ބުނެފައި މިއާ ގޮސް އެރިކްއަށް ގޮވިއެވެ. ދާދި ދެންމެއަކު ފެންވަރައިގެން ނުކުތުމުން އެރިކްގެ ފަން އިސްތަށިގަނޑު އޮތީ ތެއްކޮށެވެ. ސޯޓަކާއި ޓީޝާޓެއް ލައިގެން މިއާއާއެކު އޭނާ ސިޓިންރޫމަށް ނުކުތެވެ. ސޯފާގައި އިން ވެލެރީ ފެނުމުން ނުރުހިފައި ވަގުތުން މިއާއަށް ބަލާލެވުނެވެ. މިއާ އޭނާ ގާތު މީހަކު ބައްދަލުކޮށްލަން އައިސް އިން ވާހަކަ ބުނި އިރު ކާކު ކަމެއް ނުބުނެއެވެ.

“އެރިކް” ވެލެެރީ އިންތަނުން ތެދުވެގެން އައިސް އެރިކް ގައިގައި ބައްދައިލިއެވެ.

ފާޑަކަށް އަނގަ ހުޅުވި ގޮތަށް ލައްޕަން ވެސް ނޭންގިފައި މިއާއަށް އިނދެވުނެވެ. ގިނަ ބައެއްްގެ މެދުގައި މަޤުބޫލު އެ އަންހެން ކުއްޖާގެ ހިތް ކިޔައިފައި އެ ވަނީ އޭނާގެ ބޭބެއަށެވެ.

“އަހަރެން ވަރަށް ހަނދާންވި އެރިކް މަތިން އެކޮޅުގަ އުޅުނު އިރު. އެކަމަކު ވަރަށް ބިޒީކޮށް އުޅުމުން މެސެޖެއް ކޮށްލާނެ ވަގުތެއް ވެސް ނުލިބޭ. މިކޮޅަށް އާދެވުނީމަ ހިތަށް އެރީ އެރިކްއަށް ސަޕްރައިޒެއް ދޭނިއްޔޭ” ވެލެރީ އެރިކްއާ ގަޔާވާ ވަރު އެ މޫނު މަތިން ފާޅުކޮށް ފެންނަމުން ދިޔައެވެ.

“ވެލް އަހަރެންގެ ގާލް ފްރެންޑެއް ހުރޭ” ވެލެރީގެ މޫނު މަތީގައިވި ކުލަވަރު ވަގުތުން ބަދަލު ވެގެން ދިޔައެވެ. އެ މޫނު މަތީގައިވި ޖޯޝާއި ފޯރި ވަގުތުން ފިލައިގެން ދިޔައެވެ. އެ އަންހެން ކުއްޖާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ލޮލަށް ކަރުނަ ޖަމާވުން އެއީ އޭގެ ހެއްކެކެވެ. ވެލެރީ މިއާއަށް ބަލާލި ގޮތުން ވެލެރީގެ ހިތުގައިވީ ކީކޭކަން މިއާއަށް ވިސްނުނެެވެ. “މިއީ އެރިކްގެ ކޮއްކޮ. މިއާ. މިއާ ޙައްދިދް” މިއާ ދެފަރާތަށް ބޯ ހޫރުވާލަމުން ނިކަން އަވަހަށް އޭނާއަކީ ކާކުކަން ބުނެދިނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ވެލެރީ ހީލިއެވެ. އަދި އޭނާ ދާން ޖެހިއްޖެ ކަމަށް ބުނެފައި ނިކަން އަވަހަށް ދިޔައެވެ.

ވެލެރީ ދިއުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްފައި އެރިކް ސޯފާއަށް ވެއްޓިގަތެވެ. “ރިކް ތިއީ މޮޔައެެއްތަ؟ ވެލެެރީ ވެސްޓްއަށް ނޫނެކޭ ތިބުނީ. ޓީވީޑީގަ އެންމެންގެ ހިތްތައް ކަތިލި ބްރިޓިޝް ވެމްޕަޔާރ ކްލެރިސާއަށް ނޫނެކޭ ތިބުނީ؟ ޓީވީޑީގެ މުޅި ފިރިހެން ކާސްޓް ހެޑް އަ ކްރަޝް އޮން ހާރ. އޭގަ އުޅޭ އެންމެ ރީތި ފިރިހެން ކުއްޖާ ކޯޑީ ބޭނުންވި ވެލެރީއާ ޑޭޓް ކުރަން ވެސް. އެކަމަކު ވެލެރީ ބުނީ ނޫނެކޭ. މިއަދު މި އިނގުނީ އެއީ ވެލެރީ ރިކް ބޭނުންވެފަ ހުރި ވަރުންކަން އެކަމަކު ރިކް ވެލެރީއަށް ނޫނެކޭ ވިއްޔާ މިންހާއަށްޓަކައި” އެރިކްއާ ދިމާއަށް މޮޔައެކޭ ބުންޏަސް ހަޤީޤަތުގައި ބޭބެއާ މެދު މިއާ ފަޚުރުވެރިވިއެވެ. މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް ވެވުމުން މައިންނަފައިން ދަސްކޮށްދިން ތަރުބިއްޔަތު ހަނދާން ނައްތާނުލާ ދިން ނަޞޭހަތުގައި ހިފުމުންނެވެ. ރީތި ނަމަށް ޓަކައި ވެލެރީ ފަދަ ކުއްޖަކާ ނުގުޅުމުންނެވެ.

 

“މިންހާއަށްޓަކައި އިނގެރޭސި ވިލާތުގެ ރާނިއަށް ވެސް ނޫނެކޭ ބުނާނަން އެހާވަރަށް ވެސް މިންހާދެކެ ލޯބިވޭ. މިންހާއާ އަޅާ ކިޔޭ ވަރުގެ އެއްވެސް ކުއްޖެއް އަހަރެންގެ ހަޔާތަކަށް ނާންނާނެ. އައި ލަވް ޔޫ މިންހާ. އައި ލަވް ޔޫ ސޯ މަޗް” އިޝަލް އެންމެ ފަހުން އޭނާ ހިތުގެ ހާލު އެކުވެރިޔާ ޖޯޝުއާއާ ޙިއްސާ ކުރިއެވެ.

ޖަރުމަނުން އެތައް އަންހެން ކުދިންނެއް އިޝަލްއާ އެއްކޮށް ‘ޑޭޓް’އަކަށް ދާން އެދުމުން އެއްވެސް ކުއްޖަކަށް އޭނާ ފުރުސަތެއް ނުދެއެވެ. އެކަމާ އެކިގައި އުޅޭ އެކުވެރިން ސުވާލު ކުރަން ފެށިއެވެ. އެމީހުންނަށް ސިއްރުން ލޯބިވެރިޔަކު ގެންގުޅެނީއޭ ކިޔައި ދިމާވެސް ކުރިއެވެ. އެއަށް ވަކި ޖަވާބެއް ނުދީ ހަމައެކަނި ހިނިތުންވެލުމަކުން ފުއްދާލަނީއެވެ. އޭނާ ކުއްޖެއް ދެކެ ލޯބިވެއްޖެކަން ޖޯޝުއާއަށް އެނގުމުން އެއީ ކޮން ކުއްޖެއްތޯ އެހިއެވެ. ޖޯޝުއާ އަކީ އިތުބާރު ކުރެވޭ އެކުވެރިއަކަށް ވުމުން ހިތުގެ ހާލު ޙިއްސާ ކުރީއެވެ.

“މިންހާ އެލެކްދެކެ ލޯބިވޭތަ؟ އެކުވެރިއެއްގެ ޙައިސިއްޔަތުން އަހަރެން ވާހަކައެއް ބުނެފާނަން. ކުއްޖެއްދެކެ މާ ބޮޑަށް ލޯބިވުމަކީ އެހާ ރަނގަޅު ކަމެއް ނޫން. ޚާއްސަކޮށް އަހަރުމެން ކަހަލަ މީހުންނަށް. ލޯބިވާ ކުއްޖާގެ ފަރާތުން އެ ލޯބި އަނބުރާ ނުލިބިއްޖެނަމަ ނަފްސާނީ ގޮތުން ލިބޭ ގެއްލުމުގެ ސަބަބުން ކިތައް ކުޅުންތެރިންގެ ކެރިއަރު ހަލާކު ވެއްޖެ. މިންހާ އެލެކްދެކެ ލޯބިވާކަން ޔަޤީން ނުވާ ހިނދު އެހާ ހުވަފެން ނުދެކޭ އަދި އެލެކް ތިވާ ލޯބި އަނބުރާ ލިބޭނެކަމަށް މާ ބޮޑަށް އުއްމީދު ނުކުރޭ. މަގޭ އުއްމީދަކީ އެލެކްވެސް މިންހާދެކެ ލޯބިވާ ފަދައިން މިންހާ ވެސް އެލެކްދެކެ ލޯބިވުން” އެކުވެރިޔާއަށް ދެރަ ގޮތެއް ވާން ނޭދޭތީވެ ޖޯޝުއާ އޭނާއަށް ފެންނަ ގޮތް ހާމަ ކުރިއެވެ. ލޯބީގައި ނާކާމިޔާބު ވުމުން ނަފްސާނީ ގޮތުން ކުރާ އަސަރު އޭނާ ވަނީ އަމިއްލައަށް ތަޖުރިބާ ކޮށްފައެވެ. އުމުރުން ސަތާރަ އަހަރުގައި އާސެނަލް ޓީމުގައި މޮޅަށް ކުޅެމުން ދަނިކޮށް ޅަދުވަހުގެ ލޯބިވެެރިޔާ އޭނާގެ ހިތްހަލާކުކޮށްލީއެވެ. އެކަމުގެ ސަބަބުން އޭނާގެ ކުޅުމަށް އަސަރުކޮށް ކުޅުން ދަށްވިއެވެ. ޖަރުމަނަށް ދިރިއުޅުން ބަދަލު ކުރުމުގެ އެއް ސަބަބަކީ ވެސް އެ ހަނދާންތަކާއި ދުރުވުމުވެ. އޭނާ ތަޖުރިބާ ކުރި ފަަދަ ކަމެއް އެކުވެރިޔެއް ކީއްކުރަން ދުޝްމަނަކު ވެސް ތަޖުރިބާ ކުރާކަށް ޖޯޝުއާ ނޭދެއެވެ.

ޒާޔާ އާއި އަހާންގެ ގުޅުން އަނެއްކާވެސް ރަނގަޅު ވަމުން ދިޔައެވެ. މިންހާ ބުނި ފަދައިން އަހާން ބޭނުންވީ އޭނާގެ ޙަޔާތުގައި ޒާޔާ ވުމަށެވެ. ހަމަ އެކަނި އެކުވެރިއެއްގެ ގޮތުގައި ނަމަވެސް އޭނާއަށް ހެޔޮއެވެ.

ޒާޔާއަށް ހީވީ އަހާން އަލުން އޭނާއާ ބޮޑަށް ގުޅުން ބަދަހި ކުރީ މިއާއާ ރުޅިވުމުން ކަމަށެވެ. ކުރީފަދައިން އަހާން އޭނާއާ އެއްކޮށް އުޅެން ފެށުމުން ޒާޔާ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.

 

ކޮލެޖަށް ދާން ފެށުމުން މިންހާއަށް ވެސް ވަރަށް ބުރަވަމުން ދިޔައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ވަގުތު ހޯދައިގެން އެެރިކް އަދި އިޝަލްއަށް ވެސް އޭނާ ވަގުތު ހުސްކުރެއެވެ. ކޮންމެ ދުވަހަކުވެސް ޤަވައިދުން އިޝަލްގެ ހާލު ބަލައެވެ. އިޝަލް ހިތުގެ ހާލު ނޭންގޭ ހިނދު މިންހާއަށް ދިޔައީ އިޝަލްއަށް ނުރަނގަޅު ސިގުނަލް ދެވެމުންނެވެ.

އަނެއްކޮޅުން އިޝަލްއަށް ނޭންގި މިންހާއާ އެއްކޮށް އުޅެވޭތީވެ އެރިކް ނުތަނަވަސް ވަމުން ދިޔައެވެ. ކޮންމެ ދުވަހަކު އޭނާ އިޝަލްއާ ވާހަކަ ދައްކާއިރު ކުށްވެރިކަން އިޙްސާސް ކުރެވެމުން ދިޔައެވެ. އޭނާއާ މިންހާގެ ކަންތައް އިޝަލްއަށް އެނގިއްޖެނަމަ ކަންތައްތައް ގޯސްވެދާނެ ކަމަށް ހިތުގެ ކަނަކުން ގޮވަމުން ދިޔައެެވެ.

ހަފްތާ ބަންދުގައި އަހާން ލިވަޕޫލަށް ދިޔައެވެ. ބޭނުމަކީ ދެ ދުވަހެއް ވަރު ޒާޔާ އާއި ދުރުގަ އުޅުމެވެ. ހިތްވަރު ކުރިނަމަވެސް އޭނާގެ ހިތަށް ތަދުވަމުން ދިޔައެވެ. އަނެއްކޮޅުން ހިތުގެ ހާލު ހިއްސާ ކުރާ ފަރާތް ވެސް ހުރީ ލިވަޕޫލުގައެވެ.

“އަހާން މޫވް އޮން ކުރަން ފޭކު ނޫންކޮށް އަސްލަށް ވެސް މިއާއާ ޑޭޓް ކޮށްބަ. ޔޫ ކޭން އާސްކް ހާރ އައުޓް. މިއާއަކީ ވެސް ހަމަ ނުލާހިކު ރީތި ރަނގަޅު ކުއްޖެއްނު” “ތިވެސް ދޮގެއް ނޫން. އެކަމަކު މަށަށް ހީވަނީ މަށަށް ވުރެއް މިއާއަށް ކަމުދަނީ އެލެކްހެން” މިއާ އަބަދުވަސް އިޝަލްގެ ވާހަކަ އަހާނައެވެ. އޭނާގެ ވާހަަކަ ދެއްކުން ހުންނަ ގޮތުން އިޝަލްއާ ގަޔާވާހެން ހީވެއެވެ. “ވާއު އޭރަށް ކިހާ ސަޅި ވާނެ. ހިނގާ ކަޒް އާއި މިއާ ސެޓު ކުރަން” އަހާންގެ ފަރާތުން އެނގުނު ހަޤީޤަތުގެ ސަބަބުން މިންހާއަށް ފާޑެއްގެ ފޯރިއެއް އެރިއެވެ. މިއާ އާއި އިޝަލް ގުޅުވަން އޭނާގެ ހިތް އެދެވުނެވެ. މިރޭ އެރިކްއަށް ގުޅާފައި ފުރަތަމަ ކަމަކަށް ދައްކާނީ އެ ވާހަކައެވެ.

އެެރިކްގެ ލޯބިވެރިއެއް ހުންނަކަން އެނގުނީންސުރެ ވެލެރީއަށް ހަމަ ނިދި ނުލިބެއެވެ. އެ ނަސީބުވެރި އަންހެން ކުއްޖަކީ ކޮބައިތޯ އެނގެން އޭނާ ބޭނުންވިއެވެ. އޭނާއަށް ވުރެ އެ ކުއްޖަކު އެރިކްއަށް ކަމުދަނީ އެ ކުއްޖާ ގައިގައި އޭނާގެ ނެތް ކޮން ސިފައެއްތޯ ހޯދަން ބޭނުންވިއެވެ. އެރިކްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބެލިއެވެ. އެރިކް ގިނައިން ޕޯސްޓް ކޮށްފައި ހުރީ ފުޓުބޯޅައާ ގުޅޭ ޕޯސްޓްތަކެވެ. އެއްވެސް އަންހެން ކުއްޖެއްގެ ފޮޓޮއެއް ލާފަކައި ނެތެވެ. އެއީ ކޮން އަންހެން ކުއްޖެއްކަން ނޭންގިގެން ވެލެރީ ރުޅިގަދަވިއެވެ. އެރިކް އެހާ ސިއްރުން އެ ކުއްޖާ ގެންގުޅޭތީވެ ކޮންމެ ގޮތަކުން ވިއަސް އެ ކުއްޖަކު ހޯދަން ވެލެރީ ބޭނުންވިއެވެ.

ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ދެވަނަ ލެގް ކުޅުމަށްޓަކައި ލިވަޕޫލު ކުޅުންތެރިން ޖަރުމަނަށް ދިޔައެވެ. އެ މެޗުގެ ކުރިން ލީގުގައި ލިވަޕުލޫން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗު ފަހެއް ސުމެއްގެ ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރެވުމުން ލިވަޕޫލު ކުޅުންތެރިންގެ އިތުބާރު ވަނީ ބޮޑުވެފައެވެ. އަނެއް ކޮޅުން ޑޯރޓްމަންޑް ވަނީ ލީގުގައި ކުޅުނު މެޗުން ފްރެންކް ފާރޓް އަތުން އެކެއް ސުމަކުން ބަލިވެފައެވެ. އެކަމުގެ ސަބަބުން ކުޅުންތެރިންގެ މޯޓިވޭޝަން ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ.

މެޗުން ކޮންމެހެން ވެސް މޮޅުވާން މަޖުބޫރުކަން ކުޅުންތެރިންގެ ސިކުނޑީގައި ވުމާއެކު އާސެނަލް ކުޅުންތެރިންނަށް މެޗު ޕްރެޝަރު ވަނީ ބޮޑުވެފައެވެ. ކުޅުންތެރިންގެ މޫނު މަތިން އެކަން ވަރަށް ރަނގަޅަށް ފެނެއެވެ. އަކްމަލް އޭނާގެ ކުޅުންތެރިންނަށް ނަސޭހަތްދިނެވެ. މެޗަށް ނުކުންނައިރު ކުރީ މެޗު މަތިން ހަނދާން ނުކޮށް މިއީ މުޅިން އާ މެޗެއްކަން ދެކިގެން ނުކުތުމަށް އޭނާގެ ކުޅުންތެރިންނަށް ވިސްނައި ދިނެވެ.

އަހާން އާއި ޒާޔާ އަދި މިންހާ ތިބީ ޑޯރޓްމަންޑް ސަޕޯޓަރުން ތިބޭ ތަނުގައެވެ. ބައެއް ސަޕޯޓަރުންނަށް މިންހާ އަކީ ޔޫސުފްގެ ކޮއްކޮ އަދި އާރާޝްގެ އަންހެން ދަރިފުޅުކަން ދެނެގަންނަން އުނދަގުލެއް ނުވިއެވެ. ބައެއް ސަޕޯޓަރުން އައިސް މިންހާއާ އެއްކޮށް ސެލްފީ ނެގިއެވެ. އަދި މިންހާގެ އޮޓޮގްރާފަށް ވެސް އެދުނެވެ.

“މިންނު ގަދަ އިނގޭ. އަލްދޮންތިއަށް ދޫ ނުކުރޭ” ލިވަޕޫލް އަދި އާސެނަލް ސަޕޯޓަރުންގެ މެދުގައި އަލައިކާ ވެސް ވަރަށް މަޤުބޫލެވެ. ކުޅިވަރު ނޫސްވެރިއެއްގެ އިތުރަށް އަކްމަލްގެ ދަރިފުޅަށް ވެފައި އަލްޔަސްގެ އަންހެނުންނަށް ވުމެވެ. ލިވަޕޫލްގެ ޓީވީ ޗެނަލުން ގެންނަ ބައެއް ޕްރޮގްރާމް ތަކުގައި ފަހަކަށް އައިސް އަލައިކާ ބައިވެރިވެއެވެ.

“އާން ދެން އަދި އެރިކްއާ އިނީމަ މާ މަޝްހޫރު ވާނެއްނު” މިންހާ ލަދު ގަންނަވާލަން ގަސްތުގައި އަހާން ދިމާ ކުރިއެވެ. އެރިކްއޭ ބުނުމައެކު ހެން ވެސް މިންހާގެ މޫނު ރަތް ވެގެން ދިޔައެވެ. ލަދު ރަކިކޮށް ހީލާފައި އިސްޖަހައިލިއެވެ. “ބަލާބަ ހާދަ ލަދެކޭ ދޯ މިންނު މި ގަންނަނީ” މިންހާއާ ދިމަ ކުރަން އަހާންއަށް ވުރެ އެންމެ ތަންފުކެއް ވެސް ޒާޔާ ދުލެއް ނުކުރެއެވެ. ޖަރުމަނަށް އައިސައި މިންހާ އޭނާއާ އެރިކްގެ ގުޅުން ޒާޔާއާ ވެސް ޙިއްސާ ކުރިއެވެ. މާ ލަހުން ބުނުމުން ޒާޔާ ހިތްހަމަ ނުޖެހުނު ކަމުގައި ވިއަސް އޭނާއަށް ޓަކައި އުފާވިއެވެ. އަހާން އާއި ޒާޔާގެ ކަމަކަށް އޮތީ އޭނާއާ ދިމާކުރުމެވެ. ދަނޑަށް އައި މަގު މަތީ ވެސް ދެމީހުން ކޮންމެސް އެއްޗެކޭ ކިޔައި ދިމާ ކުރަމުން ދިޔައެވެ.

ދަނޑަށް ނުކުންނަން ތައްޔާރު ވެގެން ކުޅުންތެރިން ތިއްބެވެ. އިޝަލް އާއި ޔޫސުފް ދިމާވުނުން ދެ މީހުން ދުރު ބަލާލިއެވެ. ޔޫސުފްގެ މޫނު މަތީގައިވި ސީރިއަސްކަން ފެނި އިޝަލްއަަށް މަޖާ ވެސް ވިއެވެ. އަލްޔަސް އައިސް އޭނާއާ ސަލާން ކޮށްލިއެވެ.

ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުން ވެގެން މިންހާ އަތްތިލަ ބަޑި ޖަހައިލިއެވެ. ދަނޑުގައި އަޅުވާފައި އިން ބޮޑު ސްރީނުން އިޝަލް ދެއްކުމާއެކު ކުޑަކޮށް ހަޅޭއްލަވައިގަތެވެ.

ގަދަ ފެހި ކުލައިގެ އަތް ދިގު ޖާޒީ އިޝަލްއާ ވަރަށް ގުޅެއެވެ. ބޮލުގައި އަޅައިފައި އިން ކަޅު ހެލްމެޓުގެ ދަށުން އިސްތަށިގަނޑުން ދިގުވެފައި އޮތް ބައި ފެންނަމުން ދިޔައެވެ. ތުނިކޮށް ބަހައްޓައިފައި ހުރި ތުނބުޅީގެ ސަބަބުން ކުރިއަށް ވުރެ ހަރު ވައްތަރު ޖަހައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އިމްތިޙާން 50

Next

ފަތްގަނޑު ފުރޭތަ 18

Next
January 18, 2021

ފަތްގަނޑު ފުރޭތަ 18

Previews
January 18, 2021

އިމްތިޙާން 50

2 Comments!

  1. amina says:
    January 19, 2021 at 5:24 am

    I honestly love this story
    Ekam truthfully bunanya getting kudakoh frustrated now, I mean there is no development on the story line. The last few parts have been the same – minha and Erik telegram ga chatting, zayaa and ahaan ge Cold War, eshal ge dreamy world, and then some football match to which the whole family goes and feels proud and a detailed description of the football match which is totally unnecessary every.single.time. The story haven’t progressed more than this, like at all.
    Please writer, we want to read about what happens next.
    It’s a wonderful story please don’t make the readers lose interest.
    I hope you don’t take my comment negatively
    Lots of love ❤️

  2. sahoo says:
    January 19, 2021 at 4:23 pm

    Wow very nice waiting for the next part of the story.

Comments are closed.

Next Episodeމަންޒިލް 26←


All Right Reserved!