Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ…50 ފަހުބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
August 12, 2019 12 Mins Read
27 Comments

ެއަޒްހަދް އަންނަން ބުނި ރެސްޓޯރެންޓް ކުރިމަތީ ސައިކަލި ޕާކު ކުރުމަށްފަހު ހަމްޒާ އެތެރެއަށް ވަނެވެ. ފޯނުނަގައި އަންޖަލްއަށް ގުޅާފައި އެމީހުން ތިބި ހިސާބު އަހާލިއެވެ. އަންޖަލް ކިޔާދިން ގޮތަށް ގޮސް އަޒްހަދްމެން ތިބި މޭޒުކައިރިއަށް ދިޔައެވެ. އަޒްހަދްމެން އެކަނި ތިބުމުން ހަމްޒާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އެއަށްފަހު އަންޖަލްއާ ޖެހިގެން އިން ގޮނޑި ދަމާލަމުން އެގޮނޑީގައި އިށީނެވެ. އަންޖަލްގެ މޫނު މަތިން ނުފިލާ ހިނިތުންވުމެއް ހަމްޒާއަށް ފެނުނެވެ. ދޭތެރެއަކުން ރަކިވެގެން ތުންފަތުގައި ދަތް އަޅާލައެވެ. އަންޖަލްގެ ހިތްއަވަސްވެފައި ބާރަށް ތެޅެއެވެ.
“މިރޭ ރީހާންއާ އަންކޮގެ ކައިވެނީގެ ކަންތައްތައްވެސް ހަމަޖެހިގެން ދާނެ. އެވާހަކަ ބުނަން ހަނދާންނެތިފަ މިހިރީ” އަންޖަލް ރަކިވާ ސަބަބު ހަމްޒާއަށް އެނގުމުން ލާނެއް ގޮތަކަށް ހީލިއެވެ. އެއާއެކު އަންޖަލް އޭނާގެ ތުންކޮޅު އޫކޮށްލިއެވެ. ރީހާންއާއި އަންޖަލްގެ ކައިވެނި ހަމަޖައްސައްނާ ރީހާންގެ އާއިލާވެސް އަންނާނެކަން އެނގުމާއެކު ހަމްޒާގެ މޫނު މަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ލޯބިވާ ރައިހާނާ ކުރިމަތީގައި އޭނާގެ ކައިވެނި އެހެން ކުއްޖަކާ ހަމަޖެހިގެން ދާނެއެވެ.
ހަމްޒާގެ މޫނަށް އެރިކުލަވަރުން އަންޖަލްގެ ހިނިތުންވުންވެސް ފިލައިގެން ދިޔައެވެ. މޭޒު މަތީގައި ބާއްވާފައި އޮތް ހަމްޒާގެ އަތްމަތީ އަންޖަލް އޭނަގެ އަތްބާއްވަލަމުން ބޯޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ. ކޮއްކޮއާ އެއްބަސް ވުމުގެ ގޮތުން ހަމްޒާ ބޯޖަހާލިއެވެ.
***
ކާރުގެ ލޯގަނޑުން ބޭރަށް ނަޒަރު ހުއްޓައިގެން އިން ރައިހާނާގެ ލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. އެކަރުނަތައް ލޮލުން ފޭބިޔަ ނުދިނުމަށްޓަކައި ދޭތެރެއަކުން އެސްފިޔަ ޖަހާލައެވެ. އޭނާގެ ނަޒަރު އެއްފަހަރުވެސް އެހެން ދިމާއަކަށް ބަދަލެއް ނުކުރެއެވެ. ރީހާންއާއި އަންޖަލްގެ ކައިވެނީގެ ވާހަކަވެސް މަޝްވަރާކުރާނެކަމަށް ރުހާމް ބުނީންސުރެ އެހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. އަންޖަލް ބޭބެގެ ހައިސިއްޔަތުން ހަމްޒާ އެތަނުގައި ހުންނާނެއެވެ. ހިތާޖާނަށް ވުރެ ބޮޑަށް ލޯބިވާ ބައިވެރިޔާ ހުއްޓާ އެހެން މީހަކާއެކީ ދިރިއުޅުން ހިއްސާކުރުމުގެ މަސައްކަތް ކުރާނެހާ ހިތްވަރެއް ރައިހާނާގެއެއް ނެތެވެ. އޭނާ އަދި ހަމްޒާގެ ހިތްވެސް ހަލާކުވާނެއެވެ. ފުންކަނޑެއްގެ ތެރެއަށް ފުންމާލިއަސް އެއަށްވުރެ ރަނގަޅުވާނެއެވެ.
ރީހާންގެ ތުންފަތްމަތީގައި ހިނިތުންވުމެއްވީއިރު ސިކުނޑީގައި ތަފާތު ޚިޔާލުތައް ދައުރުވަމުން ދިޔައެވެ. އަންޖަލްއާއެކީ އުފާވެރި ހަޔާތެއް ވޭތުކުރާތަން ޚިޔާލުކުރެވެމުން ދިޔައެވެ.
****

ޖެހެމުން ދިޔަ ހިތްގައިމު ވައިރޯޅިން ހިތްތަކަށް ފިނިކަން ލިއްބައިދެމުން ދިޔައެވެ. ސާދަވިލޭރޭގެ ހަނދު އުޑުގައި ރަނިކަން ކުރަމުން ދިޔައިރު ވަށައިގެން ތަރިތައް ހުއްޓެވެ. ހިތްގައިމު މިއުޒިކެއް ފަދައިން ރާޅުޖަހާ އަޑު އިވެމުން ދިޔައެވެ. ލޯބިވެރިން އެކީގައި ހިނގާލަން ދިއުމަަށް އެންމެ ހިތްގައިމު މާހައުލެވެ. ތޮށިގަނޑު މަތިން ލާފައި ޒިވާންއާ ލީމް ހިނގަމުން ދިޔައެވެ. ލީމްގެ ވައަތް ޒިވާންގެ އަތަށް މަހާލެވިފައިވީއިރު ކަނާއަތުގައި މެރީބްރައުންގެ ކޯކް ތަށްޓެއް އިނެވެ. ލީމްގެ ކޮންމެ ހަރަކާތެއް ފަރުވާތެރި ކަމާއެކު ޒިވާން ބަލަމުން ދިޔައެވެ. ޒިވާންގެ ހިތުތެރޭގައި މޮޅު ރޭވުމެއްވަނީ ރޭވިފައެވެ. ލީމްގެ އެހިނިތުންވުން އަބަދުމެ އެމޫނު މަތީގައި ހުންނަން ޒިވާން ބޭނުމެވެ. ދުވަހެއްގެ ކޮޅުންވެސް ލީމް ގެއްލޭކަށް އޭނާއެއް ނޭދެއެވެ. ލީމް ދޭތެރެއަކުން އެއްޗެއް ބުނެފައި ހީލައެވެ. އެއިން ކޮބްމެ ފަހަރަކު ލޯބިގައި ދީވާނާވެފައި ހުންނަން މީހެއްހެން ކަޅިވެސް ޖަހާ ނުލާ ލީމްއަށް ބަލަހައްޓައިގެން ޒިވާން ހުރެއެވެ.
****

ލިއާ ނިންދަވައިފައި އަންނަންވުމުން ސުނައިނާއާ މިރާޝްއަށް އާދެވުނީ ލަހުންނެވެ. އެމީހުންނާ އެކުއެކީހެން ރުހާމްމެންވެސް އައިސްވަނެވެ. އިސްޖަހައިގެން އިން ގޮތަށް ރައިހާނާ އިން އިރު ހީވަނީ ދުވަހަކު އިސްއުފުލަން ހުވާ ނުކޮށް އިންހެންނެވެ. ރީހާން ފަހަތުން ގޮސް ރީހާން އިށީންދެގެން އިން ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ. އިސްޖަހައިގެން އިނުމުން އެތަނުގައި ތިބީކޮން ބައެއް ކަމެއްވެސް ރައިހާނާއަކަށް ނޭންގެއެވެ.

އެންމެ ފަހަރަކު ނަމަވެސް ރައިހާނާ ބަލާލާތޯ ހަމްޒާ އިނެވެ. ހަމްޒާގެ ހިތް ނުހަނު ބާރަށް ތެޅެމުން ދިޔައެވެ. އޭނާގެ ހިތުގައި އަޅާ ވޭން ރައިހާނާގެ ހިތުގައިވެސް އަޅާނެއެވެ. ރައިހާނާގެ ހާލު ވިސްނުމާއެކު ހަމްޒާ ގާތަށް ސިނގު ރުޅިއެއް އައެވެ. އަތްމުއްކަވާފައި ދެދަތްޕިލަ ޖައްސާ ބާރުކޮށްލީ ރުޅިގަނޑު މައިތިރިކުރާށެވެ.

ކެއުމަށް އިންސާފު ކުރަމުން ދިޔަ ގަޑީ ރުހާމްއާއި އަޒްހަދް ފިޔަވާ އެކަކުވެސް އަނގައިނެއް ނުބުނެއެވެ. ރީހާންއާއި އަންޖަލް ދޭތެރެއަކުން ނަޒަރު ބަދަލުކޮށްލައެވެ. އަންޖަލް ލޮލުގެ އިޝާރާތުން އަވަސް އަވަހަށް ކަމުން ދިޔަ ރައިހާނާ ދައްކާލިއެވެ. ރައިހާނާ ހީވަނީ ކާންއިން ތަށިން އެހެން މީހަކު ކައިފާނެތީ އުޅޭހެންނެވެ. ރީހާން އަނގައިން އަޑެއް ލައްވާލާފައި ބާރަށް ރައިހާނާއަށް ގޮވިއެވެ. އަނގަޔަށް ސަމްސާލީ ރައިހާނާ ސިއްސައިގެން ގޮސް ކުށިއަރައިގަތެވެ.
ރައިހާނާ ކެއްސަން ފެށުމާއެކު އެހެން އެންމެން މަތިން ހަމްޒާ ހަނދާންނެތުނެވެ. އެންމެ އަވަހަށް އަތުޖެހުނު ފެންފުޅިން ތަށްޓަށް ފެން އަޅައޮގެން ގޮސް ރައިހާނާއަށް ދިނެވެ. ރައިހާނާ އެއްފަހަރުން ފެންތަށި ހުސްކޮށްލިއެވެ.

އަންޖަލްއާއި ރީހާން ދެލޯ ބޮޑުކޮށްގެން ހަމްޒާއަށް ބަލަހައްޓައިގެން ތިއްބެވެ. ހަމްޒާ އުޅުނު ގޮތުން ވާނީވެސް އެހެންނެވެ. ސުނައިނާއާއި މިރާޝްވެސް ފާޑަކަށް ތިއްބެވެ. ޝައުފާއާއި ރާނިޔާވެސް ތިބީ ކުޑަވަރެއްގެ ޝޮކެއް ޖެހިފައެވެ. ރުހާމްއާއި އަޒްހަދްގެ ތުންފަތްމަތީގައިވީ ލާނެއް ހިނިތުންވުމެކެވެ.

ފަހަރަކު މީހެއްގެ މޫނަށް ބަލާލާފައި ރަކިވިވަރުން ހަމްޒާއަށް އިސްތަށިގަނޑު ތެރެއަށް އަތް މަހާލެވުނެވެ. އުޅެވުނު ގޮތް ހިތަށް އެރުމާއެކު އަމިއްލަ ނަފްސަށް ކުދިކިޔުނެވެ. ރައިހާނާ ރުޅިއައިސްދާނެތީ ކަންބޮޑުވެސްވިއެވެ.

ރައިހާނާ ލަދުން ހަލާކުވާވަރުވިއެވެ. ބައްޕަ ހިތަށް އަރާނީވެސް ކީކޭބާއެވެ. ރީހާން ހުއްޓާ ހަމަ ހަމްޒާ އަންނަން ޖެހޭ ހެއްޔެވެ. ލޮލުގެ ހިމަކޮޅުން ހަމްޒާއަށް ބަލާފައި ހަމްޒާއާއި ދިމާއަށް ލޯއަޅާލިއެވެ.

އަންޖަލްއާއި ރީހާން ބާރަށް ހޭންފެށިއެވެ. އަނގަމަތީގައި އަތް އަޅައިގެން ތިބެ ދެމީހުން ހުނުނުވަރުން ލޮލުންފެންވެސް އައެވެ. ރައިހާނާ އަތުން ރީހާން ފައިގައި ބޮނޑިއެއް އަޅާލުމާއިކު ހުނުން އިތުރަށް ގަދަވިއެވެ. އެހެން މޭޒުތަކުގައި ތިބި މީހުންގެ ނަޒަރުވެސް ހުއްޓުނެވެ. އަންޖަލްއާއި ރީހްންގެ ހުނުން މައިތިރިވާވަރުވީ ދެތިން މިނެޓު ފަހުންނެވެ.

އަޒްހަދްއާއި ރުހާމް އެކަކު އާނެކަކަށް ބަލާލުމަަށްފަހު ބޯޖަހާލިއެވެ. އަތުގައި އޮތް ސަމްސަލާއި އޫ ތަށީތެރެއަށް ދޫކޮށްފައި އަޒްހަދް ފެން ކޯވަރެއް ބޯލިއެވެ. އެއަށްފަހު ފަހަރަކު މީހެއްގެ މޫނަށް ބަލާފައި އެންމެންގެ ސަމާލިކަން ހޯދިއެވެ.
” ކައިވެނީގެ ރަސްމީކޮށް އިއުލާނުކުރަން ބާއްވާ ބައްދަލުވުމެއް މިއީ. ރީހާންއާއި އަންޖަލް ދެކުދިން އެބޮތްތަ ބުނަން ބޭނުންވާ އެއްޗެއް. ދެކުދިންނަށްވެސް ރަނގަޅު ތާރީޚެއް ބުނޭ އިނގޭ.” އަންޖަލްއާއި ރީހާން ހިނިތުންވެލުމަށްފަހު ބޯޖަހާލިއެވެ. މިހާރުވެސް އެދެކުދިންވަނީ ކައިވެނި ކުރާނެ ތާރީޚެއް ކަނޑައަޅާފައެވެ. “އަޅުގަނޑުމެން ބޭނުންވަނީ ޑިސެމްބަރު އެކެއްގަ ކައިވެނި ކުރަން” ރިހާން އެމީހުން ކަނޑައަޅާފައި އޮތް ތާރީޚު ހާމަކުރިއެވެ. އަޒްހަދްއާއި ރުހާމްގެ އިތުރުން ރާނިޔާއާއި ޝައުފާއަށްވެސް އެތާރީޚު ކަމުދިޔައަވެ.
ތަނުގައި ދެކެވެމުން ދިޔަ އެއްވެސް ވާހަކައަކަށް ރައިހާނާއަކަށް ސަމާލުކަމެއް ނުދެވެއެވެ. އިރުއިރު ކޮޅާ ދޮރާ ދިމާއަށް ބަލާލެވެއެވެ. އޭނާގެ ކައިވެނި ހަމަޖެހުނު ކުއްޖާގެ އާއިލާ މީހުން އާދޭތޯއެވެ. ހަމްޒާވެސް ހުރީ ހަމަ އެހާލުގައެވެ.

“ރުހާމް ގާތު އެދޭ ވަރަށް ބޮޑު އެދުމެއް އަދި އެބައޮތް. ރީހާންއާއި އަންޖަލްގެ ކައިވެނި ކުރެވޭ ފަދައިން އަހަރެން ބޭނުން އަހަރެންގެ ހަމްޒާއާއި ރައިހާނާގެ ކައިވެނި ކުރެވެންވެސް” ރައިހާނާއާއި ހަމްޒާއަށް ހީވީ ހުވަފެނެއް ތެރޭގައި ތިބެވުނު ހެންނެވެ. ގަބޫލު ނުކުރެވިގެން ފަހަރަކު މީހެއްގެ މޫނަށް ބަލާލެވުނެވެެ. ޝައުފާވެސް ހުރީ ހައިރާންވެފައެވެ.
“މަ ނެތިން އެއްޗެކޭ ބުނާކަށް. ރައިގެ ދިރިއުޅުންމީ. ދަރިފުޅާ ބައްޕަ ބުނީމެއްނު ބައްޕަގެ ވަރަށް ގާތް ރަށްޓެއްސެއް އޭނާގެ ފިރިހެން ދަރިފުޅާއި ދަރިފުޅުގެ ކައިވެންޏަށް އެދިފަ އޮތް ވާހަކަ. އެގާތް ރަށްޓެއްސަކީ އަޒްހަދް. އަޒްހަދް ބައްޕަ ގާތުން އެދުނީ ހަމްޒާއާއި ދަރިފުޅުގެ ކައިވެންޏަށް. ބައްޕަ ވަގުތުން އާބަސްބުނީ ހަމްޒާއަށްވުރެ ރަނގަޅު އެހެން ކުއްޖެއް ދަރިފުޅުގެ ހަޔާތަށް ނާންނާނެކަން ގަބޫލުކުރެވޭތީ. އެއްވެސް ހާލެއްގަ ދަރިފުޅަށް މާޖުބޫރު ކުރާކަށް ނޫން. ބައްޕައަަށް ހަމްޒާއަށް އިތުބާރު ކުރެވޭތީ. އަދި ހަމްޒާގެ ލޮލުން ދަރިފުޅަށްޓަކައި ވީ ސާފު ތެދުވެރި ލޯބި ބައްޕައަަށް ވަނީ ފެނިފަ. ރައިބޭނުން ގޮތެއް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ރައިއަށް އޮންނާނެ” ރައިހާނާ ލޮލުގައި މުތީތަކެއް ފަދައިން ކަރުނަ ބަބުޅަމުން ދިޔައެވެ. ބައްޕަ އޭނާގެ ކައިވެނި ހަމަޖައްސާފައި އޮތް ފަރާތަކީ ހިތާ ޖާނުން ލޯބިވި ލޯބިވެރިޔާއާއެވެ. ބުނަންވީ ކީކޭ ކަމެއް ރައިހާނާއަކަަށް ނޭންގުނެވެ.
ގަބޫލުކުރަން ދަތިވާފަދަ ގޮތަކަށް ހަމްޒާ އަޒްހަދްއަށް ބަލާލިއެވެ. އަޒްހަދް ހިނިތުންވެލަމުން ބޯޖަހާލިއެވެ. ހަމްޒާވެސް ހިނިތުންވެފައި އޭނާގެ ނަޒަރު ރައިހާނާއަށް ދިނެވެ. އިސްޖަހައިގެން އިނދެ އަތުގެ އިނގިލިތަކާ ކުޅެން ރައިހާނާ އިނެވެ. ރައިހާނާ ދޭނެ ޖަވާބަކަށް ކެއްތެރިކަމާއެކު ހަމްޒާ އިންތިޒާރުކޮށްގެން އިނެވެ.

ޝައުފާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ރުހާމް ބުނި ފަދައިން ލޯބިވާ އަންހެން ދަރިފުޅަށް ދެރަލިބޭނެ ފަދައިން ކަންތައް ނުކުރުމުންމެވެ. ޝައުފާ އޭނާގެ އަތް ގެންގޮސް ރުހާމް އަތާމަހާލިއެވެ. ރުހާމްވެސް ހިނިތުންވެލަމުން ޝައުފާގެ އަތަށް ބާރުކޮށްލިއެވެ.

“ރައި ކަމޯން ސޭ ޔެސް” އަންޖަލް އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ކިޔަމުން ދިޔައެވެ. އަންޖަލްއަށް ހުރީ ފާޑެއްގެ ފޯރިއެއް އައިސައެވެ. އެތަނަށް އައުމުގެ ކުރިންވެސް އޭނާއަށް އޮތީ ރައިހާނާއާއި ހަމްޒާގެ ކައިވެނީގެ ޚަބަރު ލިބިފައެވެ. އެންމެ އިންތިޒާރު ކުރެވުނީ ރައިހާނާއާއި ހަމްޒާއާއި އެޚަބަރު ދިނުމުން ދެމީހުންނަށް ވާނެ ގޮތް ބަލާލުމަށެވެ.

“އަޅުގަނޑު ގަބޫލު ކައިވެންޏަށް” ކިރިޔާ އެންމެނަށް އަޑުއިވޭވަރަށް ރައިހްނާ ބުންޏެވެ. އަންޖަލް ވަގުތުން ޔެސްއޭ ކިޔާ އަތްތިލަ ބަޑި ޖަހާލިއެވެ. އަޒްހަދްއާއި ރުހާމް އެކަކު އަނެކަކާ ސަލާން ކުރިއެވެ. އެއަށްފަހު ކައިވެނި ހަމަޖެހުނު ދެޖޯޑަށް މަރުހަބާ ކިއެވެ. “އެހެންވީމަ ހަމްޒާއާއި ރައިހާނާގެ ކައިވެނިވެސް އަންޖަލްމެންނާ އެއްދުވަހެއްގަ ކުރީމަ ރަނގަޅުވާނެއްނު” އަޒްހަދް ބުންޏެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން އެންމެން ބޯޖަހާލިއެވެ.
“ރައި. ބައްޕައަށް މާފުކުރޭ އިނގޭ ދަރިފުޅު ހިތުގަ ޖެއްސުނީމަ. އެދުވަހު ކައިވެނީގެ ވާހަކަ ދެއްކިއިރު ބައްޕައަށް އެނގޭ ދަރފުޅުމެން ރަށްޓެހިވެގެން އުޅޭކަން. އަސްލު އެވާހަކަ ބުނޭތޯ ބަލަން ވެގެން ކައިވެނީގެ ވާހަކަ ދެއްކީވެސް. ބައްޕަ ހީކުރިގޮތަކަށް ނޫން ކަންތައްވީކީ. އެއްވެސް ދެކޮޅު ހެދުމެއް ނެތި އެއްބަސްވީ. މި ރީއްކޮއަަށް މާވަރުވި ރައިއަށް ވުރެ” ރުހާމް ހެމުން ހެމުން ކިއެވެ. ރައިހާނާއާއި ހަމްޒާ ތިބީ ލަދުން ވިރެން ކައިރިވެފައެވެ. އަންޖަލްއާއި ރީހާންވެގެން އެދެމީހުން ބޭޒާރު ކުރަމުން ދިޔައެވެ.

ރަސްފަންނުގެ ދޮންވެލި ގަނޑު މަތީ އިށީންދެގެން ރައިހާނާއާއި ހަމްޒާ ތިއްބެވެ. ހަމްޒާގެ ކޮނޑުގައި ބޯއަޅައި ލޯ މަރައިގެން ރައިހާނާ އޮތީ ރާޅުޖަހާ އަޑުއަހާށެވެ. ހަނދުގެ އަލި ރައިހާނާގެ މޫނަށް އެޅިފައި ހުރިއިރު އެދޮން މޫނު ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. “މުޅި އުމުރަށް ތިކުއްޖާ ގެއްލުނީކަމަށް ހީކޮށް އަހަރެން މޮޔަނުވީ ކިރިޔާ. ހަގީގަތަށް ބުނަނީނަމަ ވަރަށް ރުޅިއައި. ކޮންމެ ފަހަރަކުވެސް ލޯބިވާއިރުވެސް ލޯބި ނުވެއޭ ކިޔާފަ ފިލަނީ ކީއްވެތަ؟” ރިހުން އެކުލެވޭ އަޑުން ހަމްޒާ ރައިހާނާއާއި ސުވާލު ކުރިއެވެ. ރައިހާނާގެ ސަބަބުން އެހިތް ވަނީ އެތައް ފަހަރަކު ހަލާކުވެފައެވެ. ރައިހާނާދެކެ ރުޅިއަންނަ އުޅުނަސް ރައިހާނާގެ މައުސޫމްކަން ފެނިފައި ރުޅިގަނޑު ފިލައިގެން ދެއެވެ. އެހިތުގައި ރައިހާނާއަަށްޓަކައި ވީ ލޯބި ރުޅީގެ މައްޗަށް ގަދަވެގަނެއެވެ.
ހަމްޒާގެ ކޮނޑުން ބޯނެގުމަށްފަހު ރައިހާނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ހަމްޒާގެ ސުވާލަށް ދޭނެ ޖަވާބެއް ނޭންގުމުން ހިމޭންކަމާއެކު އިނެވެ. އެހެން އިންދައި ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. “އައި އޭމް ސޯ ސޮރީ” ކިރިޔާ ހަމްޒާއަށް އަޑުއިވޭ ވަރަށް ރައިހާނާ މާފަށް އެދުނެވެ. ރައިހާނާ އަޑަށް އައިސްހުރި ބަދަލުން ރޮނީކަން ހަމްޒާއަށް އެނގުނެވެ. “ޔޫ ޑޯންޓް ހޭވް ޓު ބީ ސޮރީ ލަވް” ހަމްޒާ ރައިހާނާ ގެނަސް އެމޭތެރޭގައި ފޮރުވާލިއެވެ. ދެން ދުވަހެއްގެ ކޮޅުންވެސް ހަމްޒާ ދޫކޮށްފައި ނުދާނެކަމަށް ރައިހާނާ ވައުދުވިއެވެ. ހަނދާ ތަރިތައް ހެކިކޮށް ދެލޯބިވެރިން އެތަށް އަހުދަކާ ވައުދެއްވިއެވެ. ދެހިތްވެސް އިންތިޒާރު ކުރަމުން ދިޔައީ ކައިވެނި ކުރެވޭނެ ދުވަހަށެވެ.

ސްކޫލްގެ މުވައްޒަފުންނާއި ދަރިވަރުންނަށް ހަމްޒާއާއި ރައިހާނާގެ ކައިވެނީގެ ޚަބަރު ލިބުނެވެ. ހުރިހާ އެންމެންވެސް އެދެޒުވާނުންނަށް މަރުހަބާކިއެވެ. ބައެއް މުދައްރިސުން ދިމާކޮށްވެސް ހަދައެވެ. ރައިހާނާ ކުލާހަށް ދިއުމުން ކުދިންގެ ދިމާކުރުންތަކާވެސް ކުރިމަތިލާން ޖެހެއެވެ. ރައިހާނާ ހުންނަނީ ލަދުން ހަލާކުވާން ކައިރިވެފައެވެ. ސްކޫލް ގަޑީ އެންމެ ގިނައިން ދިމާ ކުރަނީ ޒިވާންއެވެ. ރައިހާނާއާއި ހަމްޒާއެކީ ސިޑި މަތިން ފެނުނަސް ޒިވާން ހީވާނީ އެހެން ފަދަ ކަމެއް ވެގެން އުޅޭހެންނެވެ.

އަންޖަލް އަވަދިނެތި ކައިވެނީގެ ކަންކަން ރޭވުމުގައި އުޅުނެވެ. ކާއެއްޗިހިން ފެށިގެން ހެދުމާ ތަނުގެ ޑިޒައިން ހުންނަން ޖެހޭނެ ގޮތް ފޮތެއްގައި ނޯޓްކޮށްގެން އުޅުނެވެ. ކޮންމެ ކަމެއް ކުރަން ވަކިވަކި މީހުންނާ ހަވާލުކުރިއެވެ. އަދި މަސައްކަތް ހަވާކުކުރި ކޮންމެ މީހަކަށް އިރުޝާދު ލިޔެފައި އޮތް ބޮޑު ގަނޑެއް ހަވާލުކުރިއެވެ.
ކައިވެނި ހެދުން ފަހަން އަންޖަލް ހަވާލުކުރީ ނަވްޔާއާއިއެވެ. ނަވްޔާ ހެދުން ނިންމާފައި ގުޅުމުން ރައިހާނާ ގޮވައިގެން ހެދުން ބަލައި އަންޖަލް ދިޔައެވެ. “އެއްކަލަ ބޯއިއާތަ މެރީ ކުރަނީ؟ ޕްލީޒް ސޭ ޔެސް” އިސްރާ ރައިހާނާ ފެނުމާއެކު އެހިއެވެ. އިސްރާ އެހި ގޮތުން އަންޖަލްއާއި ރައިހާނާއަށް ހެވުނެވެ. ރައިހާނާ އާއެކޭ ބުނުމާއެކު އިސްރާ އައި ނިއު އިޓްއޭ ކިޔާ ކުޑަކޮށް ހަޅޭއްލަވައިގަތެވެ. ހެދުން ހިފައިގެން އަންޖަލްއާއި ރައިހާނާ ދިޔައީ ނިކްހާތް ގާތަށެވެ. ނިކްހާތް ގޭގައި އިނދެގެން ރައިހާނާއަށާއި އަންޖަލްއަށް ބޮލުގައި އަޅާ ތާޖެއް ހަދާދިނެވެ. އަދި އެހެން އެންމެންނަށް ހެޑް ބޭންޑްސް ހެދިއެވެ.

ކައިވެނިކުރުމުގެ އެއް ހަފްތާ ކުރިން ވިޝާހްމެން ގޭގައި ގެޓް ޓު ގެދާ އެއް ބޭއްވިއެވެ. ރައިހާނާ އަންޖަލް އަދި ވިޝާހް ސްކޫލް ދުވަސްވަރުގެ މަޖާ ވާހަކަ ދެއްކިއެވެ. ހަމްޒާ ފުރަތަމަ ކުލާހަށް އައި ދުވަހު ރައިހާނާ ރުޅިއައިސް ހުރިވަރު ނިކްހާތްއާއި ރީހާންއަށް ކިޔާދިނެވެ.
“ދެން ރުޅި އަންނާނެ ދޯ. ހުރިހާ އަންހެން ކުދިން ތިބީ މޮޔަވެފަ ވިއްޔާ. އަންކޮވެސް ފާޑަކަަށް މޮޔައެއް ހެން ހުރެގެން ބަލަނީ ވިއްޔާ” “އަސްލު ރައިޖޭވިއެއްޔޭ ދޯ. އެހެން ކުދިން މާ ގަދައަަށް ބަލާތީވެ ރުޅިއައި ދޯ” ވިޝާހްއާއި އަންޖަލް ރައިހާނާއާ ދިމާކުރިއެވެ. “ލޮލް. މަ އަދިވެސް ހަނދާން އެބަހުރި ދޮންތި އެދުވަހު ގެއަށް އައިސް ހުރި ވައްތަރު. ސޯފާއަށް ހުރިހާ ފޮތްތައް އުކާލައިގެން ބޭބިއެއްހެން އޮތީ! ހިސްޓްރީ ޓީޗަރު ބަދަލުވިއްޔޯ ކިޔާފަ” ރީހާން ރަނގަޅަށްވެސް ރައިހާނާ ރުޅި އަރުވާލިއެވެ. ރައިހާނާ ރުޅިއައިސްގެން ދެނޭ ކިޔާ ރީހާން އަތުގެ ފަލަ މަސްގަނޑުގައި ދެއަތުން ތަޅައިގަތެވެ. ރައިހާނާގެ ކޮންމެ ހަރަކާތެއް ފޫހިކަމެއް ނެތި ހަމްޒާ ބަލަމުން ދިޔައެވެ. އެންމެ ފުރަތަމަ ރައިހާނާއާއި ދިމާވި ދުވަސް ހަނދާންވުމާއެކު އެއް މިޔައަކުން ހީލެވުނެވެ. އޭނާ އެންމެ ފުރަތަމަ ކިޔަވަދޭން ދިޔަ ދުވަސްކޮޅު އެހެން ކުދިން އުނދަގޫވާވަރަށް ބަލާއިރުވެސް ރައިހާނާ ބަލާވެސްނުލާނެއެވެ. ބަލާލައި ފަހަރަކުވެސް ހުންނާނީ ދެލޯ އަޅައިގެންނެވެ. އެހެން ކުދިންނާ ހާސްބައި ރައިހާނާ އޭރުވެސް ތަފާތެވެ. އެހިތުން ރައިހާނާއަށް ޖާގަދެވުނީވެސް އެހެންވެއެެވެ.
އެރޭ އެކީ ހޭދަވެގެން ދިޔައީ އެކަކު އަނެކަކާ ދިމާކޮށް ބޭޒާރުކުރުމެވެ. ކުޑައިރުގެ ސިއްރުތައް ފަޅާއެރުވުމުގައެވެ.
ދިހައެެއް ޖެހުމުން ގެއަށް ދާން ނުކުތެވެ. ވަދާއުގެ ސަލާން ކޮށްފައި ހަތަރު ޒުވާނުން ވަކިވިއެވެ. ގެއަށް ދިއުމުގެ ބަދަލުގައި ރީހާންއާއި ރައިހާނާ ދިޔައީ ސައިކަލު ދުއްވާލާށެވެ. ބްރިޖް ސަރަހައްދުގައި ސައިކަލު ބަހައްޓާފައި ރީހާންއާއި ރައިހާނާ ފޭބިއެވެ. އަދި ކައިރީ ފިހާރައަކުން އައިސްކްރީމް ތަށްޓެއް ގަނެގެން ދެކުދިން ހިތްފަސޭހަ ހިސާބެއްގައި މަޑުކޮށްގެން ތިއްބެވެ. “ދޮންތްސް އައި އޭމް ގޮންނާ މިސް ޔޫ. ދޮންތި ބޭރުގަ އުޅުނު ދުވަސްކޮޅުގަ ވެސް ހާދަ މިސްވިއޭ. އައިތާ އެއް އަހަރު ނުވަނީސް އަނެއްކާ ތިއުޅެނީ ދާން” ރީހާން ދެރަވެލާފައި ބުންޏެވެ. “އޯވް. މައި ލިޓްލް ބްރަދާރ އައި އޭމް ގޮންނާ މިސް ޔޫ ޓޫ. ހިތަަށް އަރާ ރީއްކޮ ނެއްނަމަ ކިހިނެއްހޭ ވާނީ. ހާދަ ފޫހިވާނެ” ދެބެއިން އެކުގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ގެއަށް ދާން ދިޔައެވެ.

ކުލަ ގަދަ ހަފްލާއަކުން ޒިވާންއާއި ލީމްގެ ކައިވެނި ކުރެވިގެން ދިޔައެވެ. ޕާޓޫ ތެރޭގަވެސް އެންމެ ހިނދުކޮޅަކުވެސް ލީމްގެ އަތުން ޒިވާން ދޫކޮށެއް ނުލައެވެ. ދެލޯބިވެރިންގެ ތުންފަތްމަތީގައިވެސް ވަނީ ހިނިތުންވުމެވެ.

ރައިހާނާމެންގެ ކައިވެންޏަށް ރަށުގައި އުޅޭ އާއިލާ އެންމެން ކަހަލަ ގޮތަކަށް މާލެއައެވެ. ހުރިހާ ކުދިން އެއްވުމުން ކަމަކަށް އޮތީ ރައިހާނާއާއި ރީހާންއާ ދިމާކުރުމެވެ.

އަރާމު ނިންޖެއްގައި ރައިހާނާ އޮއްވައި އަންޖަލް އައިސް އޭނާ ނެގިއެވެ. އުނަގަނޑުގައި ދެއަތް ވިއްދައިގެން އިންއިރު ދެބުމަ ކައިރިކޮށްގެން ހުއްޓެވެ. “ރައި. ނިދަންވީކީ ނޫނޭ. މިހާރު އެއޮަށް ދިހައެއް ޖަހަނީ. ތެދުވޭ. ބައިވަރު ކަންކަން އެބަހުރި ކުރަން. މާދަމާވެސް ނިދަން އޮވެވިދާނެ. ދޮންބެއާއެއްކޮށް” ލާނެއް ގޮތަކަށް އަންޖަލް ފަހު ޖުމްލަ ބުނެލިއެވެ. ރައިހާނާ ވަގުތުން ތެދުވިއެވެ. މިއަދަކީ އޭނާގެ ކައިވެނި ކުރެވޭ ދުވަހެވެ. ރައިހާނާ މުޅި މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އެނދުން ތެދުވެގެން އަވަހަށް ރީތިވާން ދިޔައެވެ. އަންޖަލްއާއި ރައިހާނާ ކުރަން ބައިވަރު ކަންތައްތައް އެބަހުއްޓެވެ.

ކައިވެނި ޕާޓީ އޮންނަ ހޯލް ރީތި ކުރުމަށް އަވަދިނެތި ރީހާންއާއި ހަމްޒާ އުޅުނެވެ. އެމީހުންނާ އެއްކޮށް ބޮޑު ފިރިހެން ގުރޫޕެއް އުޅުނެވެ. މުޅި ހޯލްތެރެވަނީ މަޑުފެހި ކުލައިން ޒީނަތްތެރިކޮށްފައެވެ. މުޅި ތަން ޑިޒައިންކޮށްފައިވަނީ އަންޖަލްގެ ޚިޔާލާ އެއްގޮތަށެވެ.

އިރުއޮއްސެން ވާއިރަށް ހޯލް ތައްޔާރުކޮށްފައި ތައްޔާރުވާން އެންމެން ގެއަށް ދިޔައެވެ.

އަންޖަލްއާއި ރައިހާނާ ތައްޔާރުކޮށްދޭން އިސްރާއާއި ނަވްޔާ އައިސް ތިއްބެވެ. އިޝްމާއަށް ނާދެވުނީ މާނީއާއި އާރާޝް އެދުވަހު މާލެ އަންނާތީއެވެ.
**********
އެރައިވަލްސް އިން ނިކުތް ޒުވާން ޖޯޑަށް އެންމެގެ ނަޒަރު ވަނީ ހުއްޓިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެއީ ރާއްޖޭއަށް އެންމެ ރީތި ނަން ހޯދާދީފައިވާ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާރާޝްއާއި އޭނާގެ އަންހެނުން މާނީއެވެ. މާނީ ކޮނޑުގައި ބޯ އަޅާލައިގެން ތިން އަހަރުގެ ޔޫސުފް އޮތެވެ. ނޫސްވެރިންނާއި އާންމުންގެ ކެމެރާތަކަށް އާރާޝްގެ ކުޑަކުޑަ އާއިލާ އެރިއެވެ. ރާއްޖެ އަންނަން އާރާޝް ބޭނުންނުވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. ކުޑަ ގައުމަކަށް ވުމުން މީހުންނަށް ފިލައިގެންނެއް ނޫޅެވެއެވެ. ސްޕެއިންގައި އާންމުންނަށް ފާހަގަވުމަކާ ނުލައި ނުލާހިކު ފަސޭހައިން އުޅެވެއެވެ. މީހުންގަނޑު ތެރެއިން ވީއްލިގެން މާނީ އަތުގައި ހިފައިގެން އާރާޝް ގޮސް އެމީހުންގެ ޕްރައިވެޓް ކާރަށް އެރިއެވެ.
***********

ކައިވެނި ކުރާ ގަޑިއަކަށް އޮތީ އަށްގަޑި ބައެވެ. އަށްގަޑި ފަނަރަ ވީއިރަށް ތައްޔާރުވެގެން އެންމެން ހޯލްއަށް އައިސް ތިއްބެވެ. އަންހެންވެރިން ތިބީ ކާޅު ހެދުން ލާފައި ފެހު ކުލައިގެ ޝޯލް އަޅައިގެންނެވެ. ފިރިހެން ވެރިން ތިބީ ފެހި ކުލައިގެ ގަމީހާ ކަޅު ފަޓުލޫން ލައިގެންނެވެ.
ރީހާންއާއި ހަމްޒާ އެތެރެއަށް ވަދެގެން އައި ދާދި އެކުއެކީގައެވެ. ދެޒުވާނުންވެސް ތިބީ ހުދު ގަމީހާ ކަޅު ފަޓުލޫންލާފައި ފެހި ކުލައިގެ ޓައި އަޅައިގެންނެވެ. ގަމީސް މަތިން ކަޅު ކޯޓު ލާފައި ހުރިއިރު ދެޒުވާންނުންގެ ހައިބަތު ދައްކައިދެއެވެ. އިސްތަށިގަނޑާއި ތުނބުޅިވެސް ހުރީ ރީތި ވަރަކަށް ތުނިކޮށްފައެވެ. ދެޒުވާނުންވެސް ގޮސް މޭޒު ދޮށުގައި އިށީންދެ ރައިހާނާއާއި އަންޖަލް އަންނާނެ އިރަކަށް އިންތިޒާރުކޮށްގެން ތިއްބެވެ.

ޝައުފާއާއި ރާނިޔާއާއި އެކީ ވަދެގެން އައި އަންޖަލްއާއި ރައިހާނާއަށް އެންމެންގެ ލޯތަށް ހުއްތުނެވެ. ހުދުކުލައިގެ ބޮޑު ކައިވެނި ހެދުމުގައި ދެޒުވާނުން ހީވަނީ ސާދަވިލޭރޭގެ ހަނދުހެންނެވެ. ތިރިއަށް ފުޅާކޮށްފައި ހުރި ހެދުން ދެކުދިންގެ ހަށިގަނޑާ ނުހަނު ގުޅެއެވެ. ހުދުކުލައިގެ ޝޯލް މަތިން ދެކުދިންވެސް ތިބީ ތާޖެއް އަޅައިގެންނެވެ. ރާނިޔާއާއި ޝައުފާ އަތުގައި ހިފައިގެން ދެކުދިން ގޮސް ތިބެން ހަމަޖެހިފައި ހުރި ގޮނޑީގައި އިށީނެވެ.

ރައިހާނާގެ ހިތްއަވަސްވެފައި ބާރަށް ތެޅެމުން ދިޔައެވެ. އެތައް ދުވަހަކަށްފަހު އޭނާގެ ހުވަފެން ހަގީގަތަކަށް ވަނީއެވެ. މުޅި އުމުރަށް ހަމްޒާގެ މީހަކަށް ވާން ދެން މާގިނައިރެއް ނެތެވެ. ހަމްޒާގެ ހާލަކީވެސް އެއީއެވެ. އުމުރުން ތިރީސް އާހަރުވާން ކައިރިވެފައި ވަނިކޮށް ހުވަފެނުގެ ރާނިއާއި ކައިވެނި ކުރެވެނީއެވެ. ފުރަތަމަ ފެނުނު ދުވަހުވެސް ރައިހާނާ ވަނީ އޭނާގެ ހިތާ ކުޅެލާފައެވެ. ލޯބިނުވާން އަމިއްލަ ހިތާ ކޮށްގެން ހުރި ވައުދާ ޚިލާފުވެވުނީ ރައިހާނާގެ ޖާދޫއިންނެވެ.
ފުރަތަމަ ކުރެވިގެން ދިޔައީ އަންޖަލްއާއި ރީހާންގެ ކައިވެންޏެވެ. ރީހާން ދުލުން އަނބި ގަބޫލު ކޮށްފީމޭ ބުނި ހިނދު އަންޖަލް ލޮލުން އިޚްތިޔާރަކާ ނުލައި ކަރުނަ ފައިބައިގަތެވެ. ހިތަށް ލިބުނު ހަމަޖެހުން ބަޔާން ކުރަންވެސް ދަތިވިއެވެ. އެންމެ ގާތް އެކުވެރިޔާގެ ކޮއްކޮއާ ކައިވެނި ކުރާނެ ކަމަށް އަންޖަލް ދުވަހެއްގެ ކޮޅުންވެސް ހިއެއް ނުކުރެއެވެ. ނޭންގި ހުއްޓާ ރީހާން އޭނާގެ ހިތާ ކުޅެލީއެވެ. ކުޑަކުއްޖެއް ގޮތުގައި ފެނިފައި ދެން އޭނާއަށް ރީހާން ފެނުނީ ފުރިހަމަ ޒުވާނެއްގެ ގޮތުގައެވެ. ރީހާންއާއި މެދު ދެކެމުން އައި ނަޒަރު ބަދަލުވާން ފެށިއެވެ. އަންޖަލްގެ ހިތުގައި ރީހާމްއަށް އާވިންދެން ޖަހަން ފެށީ ނުވެސް އިނގި ހުއްޓައެވެ.

ހައަހަރު ވަންދެކަށް އަޑުއަހަށް އިންތިޒާރުކޮށްގެން ހުރި އަޑުއިވުމާއެކު ރައިހާނާއަށް ދެލޯ މަރާލެވުނެވެ. ހަމްޒާގެ ފިރިހެންވަންތަ އަޑުން އަނބި ގަބޫލުކޮށްފޭ ބުނުމާއެކު ސިކުނޑިއަށް ލުއެއް ލިބުނުހެން ހީވިއެވެ. ހިތަށް ލިބުނު އުފާވެރިކަން ބަޔާކޮށްދޭންވެސް ނޭންގުނެވެ. ހަމްޒާއަށް ހީވީ ދުނިޔެ އެކީ ރަންވިހެންނެވެ. ރައިހާނާ މުޅި އުމުރަށް އޭނާހެ ހައްގަކަަށް ވީއެވެ. ވީއުފަލެއްގެ ބޮޑުކަމުން ރައިހާނާ އަތްތިލަައިގައި ހަމްޒާ ބޮސްދިނެވެ. އެމަންޒަރު ކެމެރާގައި ޒާން ރައްކާކުރިއެވެ.
ޝައުފާއާއި ރުހާމްގެ އުފާވެރިކަން އެހެން އެންމެނަށްވުރެ ބޮޑެވެ. ލޯބިވާ ދެދަރިން މީހުންނާއިނީއެވެ. އެދެމީހުން ބޭނުންވާ ފަދަ ރަނގަޅު ދެބައިވެރިންނާއެވެ. ޝައުފާ ރައިހާނާއާއި ރީހާން ގައިގައި ބައްދާލިއެވެ. އަދި ފަހަރަކު ކުއްޖެއްގެ ނިއްކުރިއަށް ބޮސްދިނެވެ.
ރާނިޔާ ކަރުނައިން ފުރިގެން ވި ލޮލާއެކު އަންޖަލް ގައިގައި ބައްދާލިއެވެ. މަންމަ އަތުގެ ހިމާޔަށް ލިބުމާއެކު އަންޖަލްގެ ލޮލުންވެސް ކަރުނަތައް ފައިބައިގަތެވެ.
ސުނައިނާ ގޮސް ލޯބިވާ ކޮއްކޮއަށް މަރުހަބާކިއެވެ. މިދުވަސް ދެކެން އޭނާ ހާދަހާ އިންތިޒާރެއް ކޮށްފިއެވެ. “މަންމަ ހުރިނަމަ މިއަދު ވަރަށް އުފާވާނެ. މަންމަ ބޭނުންވި ފަދަ ރަނގަޅު ކުއްޖަކާ ކޮއްކޮ ތި ކައިވެނި ކުރީ” މަންމަ މަތިން ހަނދާންވުމާއެކު ސުނައިނާ ލޮލަށް ކަރުނަ ގިނަވިއެވެ. އަބަދުވެސް މަންމަ އިންތިޒާރު ކުރަމުން އައި ހަމްޒާ މީހަކާ އިންނާނެ ދުވަހަކަށެވެ.

“ހައި ސިސް އިންލޯ. ކީކޭ ކިޔަންވީ ރައިއަށް. ދޮންބެ ދައްތަތަ ނޫނީ ދޮންތިތަ؟” މާހައުލުގައިވި ސީރިއަސްކަން ކަނޑުވާލުމަަށް އަންޖަލް ސަމާސާކޮއެއް ކުރިއެވެ. “ކަމޯން އަންކޮ. ތީ އަބަދުވެސް މަގޭ ބެސްޓީ. ރީއްކޮ އިފް ޔޫ އެވާރަ ހާރޓް މައި ބެސްޓް ފްރެންޑް އައި އޭމް ގޮންނާ ކިލް ޔޫ” ރައިހާނާ އަންޖަލް ގައިގައި ބައްދާލައިގެން އިނދެ ރީހާންއަށް އިންޒާރުދިނެވެ. “ދޮންތިއަށް ވުރެ ބޮޑަށް އޭންޖަލްދެކެ ލޯބިވާނަން. ސޯ ޔޫ ޑޯންޓް ހޭވް ޓު ވޮރީ. ނައު ކެން ޔޫ ޕްލީޒް ސްޓެޕް އަސައިޑް. ޝީ އިޒް މައި ވައިފް ނޮޓް ޔުއަރ ބެސްޓް ފްރެންޑް” ރައިހާނާ ދުރަށް ޖެހުމާއެކު ރީހާން އަންޖަލް ގާތަށް ގޮސް އަންޖަލް އުނގަނޑުގައި އޭނާގެ އަތް ވަށާލިއެވެ. އަންޖަލް މުޅި މޫނަށް ޖަންބު ކުލަ ވެރިވެގެން ދިޔައެވެ. “ހަމްޒާބެ. ޑޯންޓް އެވާރ ހާރޓް މައި ސިސްޓާރ. އިފް ޔޫ ހާރޓް ހާރ އައި ވިލް ޓޭކް ރިވެންޖް ބައި ހާރޓިން ޔުއަރ ސިސްޓާރ. އެހެންވީމަ ދޮންތި ދެރަކޮށްލުމުގެ ކުރިން ވިސްނާތި އިނގޭ” ރީހާންގެ ވާހަކައާއި އެއްބަސް ވުމުގެ ގޮތުން ހަމްޒާ ބޯޖަހާލިއެވެ.
“އައި ކާންޓް ބިލީވް މައި ލިޓްލް ބްރާދާރ އިޒް މެރިޑް. އެވެސް މަގޭ ބެސެޓް ފެރެންޑާ. ރީއްކޮ ބޮޑިވަކަން އަދިވެސް ރިއަލައިޒްއެއް ނުވޭ”

ކައިވެނި ކުރެވުނު ދެޖޯޑަށް ވުރެ ޕާޓީ ތެރޭގައި ތިބި މީހުންގެ ސަމާލުކަން އެތެރެއަށް ވަދެގެން އައި ހަތަރު ޖޯޑަށް ހުއްޓުނެވެ. އާރާޝްއާއި މާނީ، އިސްރާ އަހުސަމް، އިޝްމާ އަކްމަލް އަދި މާއިޒްއާއި ނަވްޔާއަށެވެ. މާއިޒް ފެނުމާއެކު ރީހާން އަނގަ ތަންމިނަށް ހުޅުވުނެވެ. ރީހާންއަށް އާރާޝް ފެނުނީ ކުޑައިރުކޮޅެއް ފަހުންނެވެ. އާރާޝް ފެނުމުން ރީހާން ހީވީ އުދުހިގަންފާނެ ހެންނެވެ.
އިސްރާ މާނީ އަތަށް ދަމަމުން ރައިހާނާއާއި ހަމްޒާ ގާތަށް ދިޔައެވެ. “ޔޫ ޓޫ ލުކް ބިއުޓިފުލް މާޝާﷲ. ޔޫ ބޯތް އާރ މޭޑް ފޯރ އީޗް އާދަރ. މާނީ މީ އެއްކަލަ ފޮޓޯގަ ތިބި ދެކުދިން. މާނީއާ އާރާޝް ކަހަލަ ދެކުދިން” އިސްރާގެ ތައުރީފު އަޑުއަހާފައި ރައިހާނާއަށް ލަދުން އިސްޖަހާލެވުނެވެ. މާނީ ހިނިތުންވެލާފައި ރައިހާނާއާ ސަލާން ކުރިއެވެ. އަދި ރައިހާނާއާ ހަމްޒާއަށް ތައުރީފު ކުރިއެވެ. “ޔޫ ބޯތް ލިކް ފެމިލިއަރ. އޯ މީ އިސްރާ ދެއްކި ފޮޓޯގަ ތިބި ދެކުދިން ދޯ” އާރާޝް އައިސް ހަމްޒާއާއި ސާލާން ކުރިއެވެ.
އަންޖަލްއަށް އަހުސަމްއާއި އަކްމަލް ފެނުމުން ފާޑަކަށް އަނގަ ހުޅުވުނެވެ. އަކްމަލްއާއި އަހުސަމް އަކީ އޭނާ އެންމެ ސަޕޯޓް ކުރާ ދެކުޅުންތެރިންނެވެ. “ހެއި ކޮންގްރާ ދެކުދިންނަށް. ބައި ދަ ވޭ އަހުސަމްގެ ކޮއްކޮއަަށްވެސް ކިޔަނީ އަންޖަލް.” އަހުސަމް އަންޖަލްއަށް އެއްލޯ މަރާލިއެވެ. އަންޖަލް ރަކިވެގެން ގޮސް ހަލާކުވާން ކައިރިވިއެވެ. މާއިޒްއާއި އާރާޝްއާ އެކީ ފޮޓޯ ނެގުމުން ރީހާން ހުރީ އުފަލުން ފޮޅިފައެވެ. މާއިޒްއާ އެއްކޮށް ދެފޮޓޯ އޭނާއަށް އެވަނީ ނެގިފައެވެ.

ޕާޓީ ނިމުމާއެކު އާއިލާ އެންމެންނާ އެއްކޮށް ފޮޓޯ ނެގިއެވެ. އެއަށްފަހު ދެޖޯޑު ވަކިންވެސް ފޮޓޯ ނެގިއެވެ. ކައިވެނީގެ ހަދިޔާއެއްގެ ގޮތުން އަޒްހަދް އޭނާގެ ދެދަރިންނަށް ވަނީ އަމިއްލަ އެޕާރްމެންޓެއް ގަނެދީފައެވެ. އެއް ގެއެއްގެ ދެ ފްލޯއިންނެވެ. ހަފްލާ ނިމުމާއެކު ކާރުގައި ދެޖޯޑު އެމީހުންގެ އެޕާޓް މެންޓަށް ދިޔައެވެ.

ރީހާން އަތުގައި ހިފައިގެން އަންޖަލް ގޮސް އެޕާޓްމެންޓް ތެރެއަށް ވެނެވެ. މާލޭގެ އެހެން އެޕާޓްމެންޓް ތަކާ ބަލާފައި އެތަން ފުދޭވަރަކަށް ބޮޑެވެ. ބޮޑު ސިޓިން ރޫމެއް ލާފައި ސޯފާ ސެޓެއް ހުރިއިރު އެންމެ ޒަމާނީ ފަތި ޓިވީއެއް ފާރުގައި ހަރުކޮށްފައި ހުއްޓެވެ. ފާރުތައް ހުދުކުލައިން ހުރިއިރު ފަރުނީޗަރުތައް ހުރީ ކަޅާއި ހުދުންނެވެ. ކައްކާބައިވެސް ފުދޭވަރަމަށް ބޮޑުވެފައި ތަނަވަހެވެ. ވަކިން ބެލްކަންނި ހުރިއިރު ، ހުދު ކުލައިގެ ފަރުދާއަޅުވާފައި ހުއްޓެވެ. ގޭތެރެއަށް ވަދެފައި ރީހާން އަންޖަލް އަތްދަނޑި މައްޗަށް އުފުލާލިއެވެ.

ރައިހާނާއާއި ހަމްޒާގެ އެޕާޓްމެންޓްވެސް ހުރީ އަންޖަލްއާއި ރީހާންގެ އެޕާޓްމެންޓާ އެއްގޮތަކަށެވެ. ރައިހާނާ އަތުގައި ހިފައިގެން ހަމްޒާ ގޮސް އެމީހުންގެ ކޮޓަރިއަށް ވަނެވެ. ކޮޓަރި ތެރޭގައި ހުރި ހުރިހާ ބޮތްކެއް ނިއްވާފައި ހުރިއިރު އުއްބަތީގެ އަލިން މުޅި ކޮޓަރި ވަނީ ދިއްލިފައެވެ. ފިނިފެންމާ ފިޔަތަކުން އެނދުމައްޗާ މުޅިން ތަޅުންމަތި ވަނީ ފުރާލާފައެވެ. އޭސީ ޖައްސާފައި ހުރުމުން ފިނިފެންމާ ފިޔާގެ ވަސް މުޅި ކޮޓަރިތެރޭގައި ވަނީ ހިފާފައެވެ. ރައިހާނާ ހުރީ ކުރިއަށް އެންމެ ފިޔަވަޅެއް އަޅަންވެސް ނުކެރިފައެވެ. ހިތް އަވަސް ވެފައި މުޅި ކުއްޖާ ތުރުތުރ އަޅަމުން ދިޔައެވެ. ހަމްޒާއަށް އެކަން ފާހަގަ ވުމާއެކު ރައިހާނާއަށް އުނދަގޫކޮށްލާ ހިއްވިއެވެ. ކޮޓަރީގެ ދޮރު ލައްޕާފައި ރައިހާނާ އުނަގަނޑުގައި އޭނާ ގަޔާ ކައިރިކޮށްލިއެވެ. ހަމްޒާގެ އެއަމަލުން ރައިހާނާގެ މުޅި މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އުއްބަތީގެ އަލީތެރެއިން އެމޫނު ފެންނަލެއް ނުހަނު ހިތްގައިމެވެ. ހަމްޒާ ރައިހާނާގެ ބުރުގާގައި ޖަހާފައި ހުރި ޕިންތައް ނައްޓާލިއެވެ. އެއަށްފަހު ރީއްޗަށް ޝޯލް ނައްޓާފައި ރައިހާނާ ބޮލާ ވަކިކޮށްލިއެވެ. ރައިހާނާ ބޮލުގައި އައިސައިފައި އިން ވޫލް ކޮޅު ނައްޓާލުމާއެކު ފަން އިސްތަށިގަނޑު ނިއުޅިގެން ދިޔައެވެ. ފުރަތަމަ ފަހަރަށް ރައިހާނާ ބުރުގާ ނަޅާ ހުއްޓާ ހަމްޒާއަށް ފެނުނެވެ. ރައިހާނާގެ ރީތިކަން ދެގުނަވިއެވެ. ކަޅިވެސް ޖަހާ ނުލާ ހަމްޒާއަށް ބަލަން ހުރެވުނެވެ. ހަމްޒާގެ ތޫނު ނަޒަރުން ރައިހާނާ ކަތިލެވެމުން ދިޔައެވެ. މުޅި ގައިން ހީބިހި ނަގައިގަތެވެ. ހަމްޒާ ރައިހަނާ ގެނެސް އެމޭ ތެރޭގައި ފޮރުވާލިއެވެ. “އައި ލަވް ޔޫ ރައިހާނާ. އައި ލަވް ޔޫ ސޯ މަޗް. ބުނެބަ އަހަރެން ދެކެ ލޯބިވޭތަ؟” ރައިހާނާ ދަތްދޮޅީގައި ހިފާ މައްޗަށް އުފުލާލަމުން ހަމްޒާ އެހިއެވެ. ” ތީ ސުވާލެއްތަ؟ ހިތާ ފުރާނައިން ހަމްޒާދެކެ ލޯބިވަން. ފުރަތަމަ ދުވަހެކޭ އެއްފަދައިން މިހިތުގައިވި ލޯބި ތާޒާކަންމަތީގައި އަދިވެސް އެބަހުރި. ހަމްޒާދެކެ ލޯބިވާ ވަރު ދުލުން ބަޔާން ކޮށްދިނުމަކީ ވާނެ ކަމެއް ނޫން. އެހާވެސް ލޯބިވޭ” ރައިހަނާ ހަމްޒާގެ ކޮލުގައި ބޮސްދިނެވެ. ހަމްޒާ ރައިހަނާ އުފުލާލައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ.

*******
ހަތަރު އަހަރު ފަސް…….

ރާޅުބީއްސަމުން ދިޔަ ދޮންވެލިގަނޑު މަތީ ދެ އަންހެން ކުދިން ތިއްބެވެ. ވެއްޔާ ކުޅެން ތިބިއިރު އެކުދިން ކައިރީ އިށީންދެލައިގެން ރައިހާނާ އިނެވެ. އަންޖަލްއާއި ނިކްހާތް ތަށްޓަކަށް ކާއެއްޗިހި އަޅައިގެން އެދިމާލަށް އަންނަމުން ދިޔައެވެ. އަންޖަލް އަތުގައި އިން ދެތަށިން އެއް ތަށި ރައިހާނާއަށް ދިނެވެ. ރައިހާނާ އަތުގައި އިން ބަތްތަށި ފެނުމާއެކު ރައިހާނާއާއި ހަމްޒާގެ ދަރިފުޅު ހަމްރާ ތެދުވެގެން އެއްގަމަށް ދުއްވައިގަތެވެ. ރައިހާނާ ޕިސްޕިސް ތަޅާލަމުން އުނދަގޫ ގޮތަކަށް ތެދުވެ ހަމްރާ ފަހަތުން ދުއްވައިގަތެވެ.
ހަމްރާއަށް ދުރަށް ނުދެވެނީސް ހަމްޒާ އެހިސާބަށް އައެވެ. ހަމްޒާ ހަމްރާ އުރައިގެން ރައިހާނާ ގާތަށް ދިޔައެވެ. “ކޮން ކުއްޖެއް ނުކާން ދުވަނީ” ހަމްޒާ އުރުމާއެކު ހަމްރާ ހީލިއެވެ. “ޑެޑީ އަތުން ކާނީ” ލޯބި ލޯބި އަޑުން ހަމްރާ ބުނެލިއެވެ. “ޑެޑީ އަތުން ވިއަސް ކަންޏާ އޯކޭއޭ” ރައިހާނާ ހަމްޒާއަތަށް ތަށިދިނެވެ. އަންޖަލްމެންނާ ތަންކޮެޅެއް ދުރުގައި އިށީންދެގެން ހަމްރާއަށް ކާންދޭން އުޅުނެވެ.

ނިކްހާތް އޭނާއާއި ވިޝާހްގެ ދަރިފުޅު އިމްޝާއާއި އަންޖަލްއާއި ރީހާންގެ އެއްމާބަނޑު ދެކުދިން ތެރެއިން އަންހެން ދަރިފުޅު ރޫޔާ ކުޅެން ތިއްބެވެ. ހަމްރާއާއި ޚިލާފަށް އެތިން ކުދިން ބަސްއަހައިގެން ޝަކުވާ ކުރުމެއް ނެތި ކަމުން ދިޔައެވެ.
ރީހާންއާއި ވިޝާހް ފުޓުބޯޅަ ކުޅެން ތިއްބެވެ. އަންޖަލްއާއި ރީހާންގެ ފިހިރެހިން ދަރިފުޅު އަޔާން ވެސް އެދެމީހުންނާ އެއްކޮށް ކުޅެން ހުއްޓެވެ. ރީހާންއާއި ވިޝާހް އަޔާންއަށް ބޯޅަދޭކޮންމެ ފަހަރަކު އަޔާން ބާރަށް ހީގަނެއެވެ.
ކޮންމެ މަހަކު މަދުވެގެން އެއް ދުވަހު ހައެކުވެރިން ކުދިން ކޮޅު ގޮވައިގެން ވިލިގިނލި ނޫނީ ހުޅުމާލެ އަށް މޫދަށް އެރި މަޖާކޮށްލަން ދެއެވެ. ކުރިއަށް ވުރެ ބޮޑަށް ހައެކުވެރިންގެ މެދުގައިވި އެކުވެރިކަން ވަނީ ބަދަހިވެފައެވެ. ބައެއް ދުވަސް ދުވަހު ޒިވާންއާއި ލީމްވެސް އެދެމީހުންގެ ދަރިފުޅު ލީވާން ގޮވައިގެން އާދެއެވެ.
ލޯބިގެ ކަނޑުގައި އޮޔާ ނުދަނީސް ރައިހާނާއާއި ހަމްޒާއަށް އެދެމީހުންގެ މަންޒިލަށް އެވަނީ ވާސިލްވެވިފައެވެ. އެތަށް ތޫފާނަކާ ކުރިމަތި ލުމަށްފަހުއެވެ. އެމީހުންގެ ލޯބިވާ ދަރިފުޅާއެކީ މިއަދު އެދަނީ އުފާވެރި ހަޔާތެއް ވޭތުކުރަމުންނެވެ.

ނިމުނީ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 8

Next

ކުށަކާ ނުލާ 21، 22 (ބަދަލު ގެނެވިފައި)

Next
August 12, 2019

ކުށަކާ ނުލާ 21، 22 (ބަދަލު ގެނެވިފައި)

Previews
August 12, 2019

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 8

27 Comments!

  1. Kai says:
    August 12, 2019 at 1:39 pm

    Yay me first.. Story v reethi❤️

    1. lol replyer says:
      August 12, 2019 at 3:51 pm

      mi meehun nah furathama comment eh kurevey irah heevani dhuniye ran vegen ulhey hen, me first me first kiya kiyaafa… alhefahe thiyah vure kirin vaahaka kiyaa meehun ulhe ey, konmehen comment kuran laazim nuvaathi nukurani:/ meehun feedback dheyn comment kurani. mi first you first ey kiyaakah noon lmao

    2. Shaaaaaz says:
      August 12, 2019 at 4:52 pm

      Alhey i first u first. Hahaha as @lol replyer said thee dhen meehun comment kuraa kahala ehchehi eh noon dho. Dont be like a one year kid. *eyeroll*

  2. Aisha says:
    August 12, 2019 at 1:41 pm

    Wow.. Wow… Wow.. Beautiful story??❤️❤️..
    Waiting for another story of yours..

  3. Sidu says:
    August 12, 2019 at 2:00 pm

    Varah reethi vaahaka ye mi…dhen kon irakun aa vaahaka ye kiyaa lan libeeneee

  4. Jasmine says:
    August 12, 2019 at 2:25 pm

    Wow the story is so-so beautiful just love it. But unfortunately the story is finished but waiting for your next story???

  5. Rifu says:
    August 12, 2019 at 3:11 pm

    vvvvv reethi Ma shaa Allah. Waiting for ur other story. Lysm

  6. jiji says:
    August 12, 2019 at 3:44 pm

    Speechless???..Nimun vec adhi mulhi mi story vec v v furihama ingey kiyaa..u r so talented ma sha allah❤❤❤..Nd emeehunnah kids libifa story nihmaala dhinyma thanks alot..Hama real life ga hn hyvany???…Dhn ohnaany raasthaa season 2 dhw kiyaa…Will be waiting ingeyy..Take good care..lysm??????

    EID MUBARAK KIYAA#

  7. juma says:
    August 12, 2019 at 3:46 pm

    waiting for raastaa 2, mi story hama habey ingey

  8. Mimmi7 says:
    August 12, 2019 at 4:23 pm

    Woww kiyaa I am just speechless ????Nimmun Hama habeys… Mimmi ah Eyru vx ingey eii hamza kan…. Dhn nimuneema vrh miss vaane hamza n rai mathin… Anyways Ummeedhu kuran vrh avahah kiyaage ehn stry eh kiyaalan libeyne Kamah ???? Lysm❤️❤️?? Kbr the yerkko…. She is one of the no. 1 fans of this stry??dhw yerkko

  9. Rukaa says:
    August 12, 2019 at 5:12 pm

    Wow varah reethi …maa shaa allah

  10. Kiyara says:
    August 12, 2019 at 5:33 pm

    Slm hurihaa readers. Alhamdulillah alhugandu ge 5vana dhigu vaahaka mivany ninmmalevifa. Mi vaahaka liumah alhugandah ehytherivedhin hurihaakudhinnah adhi khasaakoh huriha readers ah varah bodah shukuru dhannavan. Alhugandu gabool kuran mivaahaka genesdhin iru readers disappoint vaa gothah alhugandah kanthah kurevunu kan. Bunaa dhuvahah up nukurevi kurukoh genesdhyfa gina breaks thakeh negunu adhi comments thakah reply nukureveykan ves gabool kuran. Ekamahtakai hurihaa kiyuntheringe kibain maafah edhen. Alhugandu ge kuriah oii vaahaka genesdheven othy December mahuga. Raastha season 2ah hurihaa kiyuntherinves inthizaaru kuraane kamah ummedhu kuran. Alhugandah kiyuntheringe faraathun libunu ehbaarulumah varah bodah shukuru dhannavan.
    Kiyara

    1. juma says:
      August 14, 2019 at 11:26 am

      haadha lahakun raasthaa thi genesdheny

  11. Yerkko says:
    August 12, 2019 at 6:07 pm

    Wowwwwwwwwww…….vrh vrh vrh salhi stry……. kiyaaaaaaaaaaaaa U r a blessed writer…… Obi …… I’m gonna read the whole story again…..Lysm Kiya….?????????????

    1. Yerkko says:
      August 12, 2019 at 9:08 pm

      Eid mubarak…. And good luck with your exams…. ??

  12. azker says:
    August 12, 2019 at 6:21 pm

    noooo nimuny tha varah salhi hoping to read one more story of yours

  13. Naf says:
    August 12, 2019 at 7:29 pm

    ?…..varab rythi …axker..emiihunge wedding date ?….

  14. Meekkomee says:
    August 12, 2019 at 7:50 pm

    Varah reethi ??????? can’t wait for December ?????????❤️❤️❤️❤️ Eid Mubarak

  15. Nahu Xaad says:
    August 12, 2019 at 8:47 pm

    Juwai Ner hinga kehna

    1. Juwai Ner says:
      August 12, 2019 at 8:47 pm

      Nahu Xaad ??keyfey

  16. Mariyanbu? says:
    August 12, 2019 at 11:23 pm

    ????Woahhh
    ✨❣️?Great work kiyaa

  17. Rish mahu says:
    August 14, 2019 at 10:40 pm

    Kai raa

    1. Kai raa says:
      August 14, 2019 at 10:40 pm

      Labba

  18. IFOO IFOO IFOO says:
    August 15, 2019 at 9:03 pm

    SALHI EY

  19. Axee ? says:
    August 18, 2019 at 9:09 pm

    Masha Allah Varah reethi vaahaka eh hama saabas dhey variety kiyaa ah ly???????❣️??????????❤️???????

  20. flower queen says:
    August 21, 2019 at 9:29 am

    Mashallah.. I love ur story.. Im a big fan.. And im waiting for ur next story ❤️❤️❤️

  21. Jaeminie says:
    April 25, 2020 at 4:59 pm

    Maashaa allah…. Bestest Story ever…
    With so much surprises….

Comments are closed.



All Right Reserved!