Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 ދިހަވަަނަބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
October 31, 2019 8 Mins Read
13 Comments

ނަވާރް ހަމައަކަށް އެޅިލުމަށްފަހު ކުރުގޮތަކަށް ހަމްދާމެންގެ ވާހަކަ ކިޔައިދިނެވެ. އޭނާ މާލެއައީ އަސްލު މައިންބަފައިން ހޯދަން ކަމުގައިވެސް ބުންޏެވެ.
އިސްރާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އިވާން އޭނާގެ ދަރިފުޅު އެހާ އަނިޔާވެރި ޒީލަގަދަ އަންހެނެއްގެ އަތް މައްޗަށް ދޫކޮށްލުމުން އެހިތުގައި އިވާންއަަށްޓަކައިވި ރުޅިވެރިކަން ދެގުނަވިއެވެ.
ނަވާރްއަށް ހީވީ ބޮލުން ބޮޑު ބުރައެއް ނެގިހެންނެވެ. އޭނާގެ އަސްލު މައިންބަފައިން ގާތަށް ދެވެން މާގިނަ ދުވަހެއް ނެތްކަން އެނގުމާއެކު އެ ހިތަށް އުފާވެރިކަން ލިބުނެެވެ. މާނީމެން އިވާން ހޯދާނެކަމުގެ ޔަގީންކަން ނަވާރްއަށް ދިނެވެ.

އިރުއޮއްސުމާއެކު ނަވާރް ގެއަށް ގޮއްސައި އެދުވަހު ހަވީރު ކަންތައް ހިނގައިދިޔަ ގޮތް ދީނާއަށް ކިޔައިދިނެވެ. ދީނާ އުފަލުން ނަވާރް ގައިގައި ބައްދާލާފައި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ބުންޏެވެ.
****
ހަވީރުންސުރެ ވާރޭ ވެހެން ފެށި ގޮތަށް ހުއްޓާނުލާ ވެހެމުން ދިޔައެވެ. ބެލްކަނީ ދޮރުކައިރީގައި ބޭރަށް ނަޒަރު ހިންގައިގެން ހުރި އަލްޔަސް ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލާފައި އަނގައިން އަޑެއް ލައްވާލިއެވެ. ގަޑިން ހަތްގަޑި ބައިވާނީއެވެ. އަށެއް ޖަހާއިރު ތާނިޔާގެ އާއަލްބަމް ނެރޭ ހަފްލާއަށް އޭނާ ދާންޖެހެއެވެ. ބެލްކަނީގެ ފޮތިގަނޑު ކަހާލުމަށްފަހު އަލްޔަސް ގޮސް އޭނާ އެނދުގައި އޮތް ފޯނު ނަގައި ތާނިޔާއަށް ގުޅާލިއެވެ.

ކަރުގައި އަޅާފައި އޮތް ކާޑު ދެއްކުމަށްފަހު އަލައިކާއާ އައިރާ އަދި ސްޓާރޓީވީގެ ކެމެރާމަން ހޮޓެލްޖެންގެ އެތެރެއަށް ވަނެވެ.
އޮރެންޖް ކުލައިގެ ފަނޑު އައްޔެއް މުޅި މާހައުލަށް ވެރިވެފައިވާ އިރު ތާނިޔާގެ އަޑުން ކިޔައިފައި ހުރި ރީތި ލަވައެއް އެތަނުގައި ޖަހަމުން ދިޔައެވެ. ބޯކޮށް ވާރޭވެހެމުން ދިޔުމާއެކު މުޅި މާހައުލަށް ވަނީ ފިނީގެ އަސަރު ކޮށްފައެވެ. މުނިފޫހި ފިލުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ މޫނުތައް އެތާ އެތެރެއިން ފެންނަމުން ދިޔައެވެ.
އަލައިކާއާއި އައިރާ ގޮސް މަޑުކޮށްލީ ނޫސްވެރިންނަށް ޚާއްސަކޮށްފައިވާ ސަރަަހައްދުގެއެވެ. ރާއްޖޭގެ ހުރިހާ މީޑިއާތަކަކުން ކަހަލަ ގޮތަކަށް އެހަފްލާ ކަވަރު ކުރަން އައިސް ތިއްބެވެ.
އަލައިކާ އިނީ އެތަނަށް އަންނަން ޖެހުމުން ފޫހިވެގެން ހަލާކުވާން ކައިރިވެފައެވެ. މޫނިފޫހިފިލުވުމުގެ ދާއިރާއަކީ އޭނާގެ ދާއިރަށް ނުވުމާއި އެކި ތާނިޔާއަކީ އޭނާ މާ ގަޔާވާ ފަންނާނަކަށް ނުވާތީއެވެ. ޔޫއާން އޭނާ އެތަނަށް ފޮނުވީ ކޮންސަބަބަކާ ލައިގެން ކަމެއްވެސް އަލައިކާއަަކަށް ނޭންގެއެވެ. އޭނައާއެކު އައިރާ ފޮނުވިކަންވެސް ނަސީބެކެވެ.

ކަޅުކުލައިގެ ބޮޑު ކާރުއައިސް ހޮޓެލް ޖެން ކުރިމައްޗަށް މަޑުކޮަށްލިއެވެ. ހޮޓެލް ޖެންގެ ބޭރުގައި މަޑުކޮށްލައިގެން ހުރި މީހަކު ކުޑައެެއް ހިފައިގެން އައިސް ދޮރު ހުޅުވަދިނުމާއެކު ތާނިޔާ ކާރުން ފޭބިއެވެ.
ތާނިޔާ ކާރުން ފޭބުމާއެކު ކެމެރާތަށް އޭނާއަށް ހުއްޓުނެވެ. މަގުމަތިން ދިޔަ މީހުންގެ ލޯތައްވެސް އޭނާއަށް އަމާޒުވަމުން ދިޔައެވެ. އެންމެންގެ ސަމާލުކަން ލިބުން ފެށުމާއެކު ތާނިޔާ ހިނިތުންވެލިއެވެ. ރަތްކުލައިގެ ކަކުލާ ހަމައަށް އަންނަ ގަޔަށް ހިފައިފައި ހުރި ހެދުމެއް ލައިފައި ހުރިއިރު ހެދުމުގެ ބަނޑުމަތިން ބެލްޓެއް އަޅާފައި ހުއްޓެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮށްލައިފައި ހުރިއިރު އަރާފައި ހުރި އުސްފައިވަނުގެ ސަބަބުން އިސްކޮޅުން ދިގުކަމަށް ދައްކައެވެ. ތުންފަތުގައި ގަދަރަތްކުލައިގެ ލިޕްސްޓިކް ޖައްސާފައި ހުރިއިރު ލޯ ކައިރީގައި މަޑު ފިޔާތޮށިކުލައެއް ޖައްސާފައި ހުއްޓެވެ. މަސްކަރާ އަޅާފައި ހުރުމުން އެސްފިޔަތަށް ދިގެވެ. ލޯކައިރީ އަނދުން އަޅާފައި ހުރުމުން އިތުރަށް ފުރިހަމައެވެ. އޭގެ އިތުރަށް ކަރުގައި ރަށްފަށެއް އަޅާފައި ކަންފަތުގައި ބޮޑު ވަށްބޮޅެއް ލައްވާފައި ހުއްޓެވެ. އަތުގައި ރަތްކުލައިގެ ވިދާ ކެވެލިކޮޅެއްވެސް އަޅާފައި އޮތެވެ.

ކުޑައިގެ ހިޔަލުގައި ވާރެއިން ސަލާމަތްވެގެން ތާނިޔާ އެތެރެއަށް ވަނެވެ.

މައްޗަށް ނާރާ ތާނިޔާގެ އިންތިޒާރުގައި ހުރި އަލްޔަސްއަށް ތާނިޔާ ވަންތަން ފެނުމާއެކު ހިނިތުންވެފައި އަލްޔަސް ތާނިޔާ ގާތަށް ގޮސް ތާނިޔާގެ އަތްތިލައިގައި ހިފިއެވެ.
އަލްޔަސް އަތުގައި ހިފުމުން ތާނިޔާ ތެޅިގަނެފައި ދުރަށް ޖެހިލިއެވެ. އަލްޔަސް ނުތަނަވެސް ވެފައި ބަލާލުމާއެކު ސިއްރުން ކޮންމެސް އެއްޗެކޭ އަލްޔަސް ގާތު ބުންޏެވެ. އަލްޔަސް ހިނިތުންވެފައި ބޯ ޖަހާލުމަށްފަހު ތާނިޔާއާ ދުރަށް ހިނގައިގަތެވެ.

ފޫހިވެގެން ފޯނާ ކުޅެން އިން އަލައިކާއަށް ކުޑަކޮށް ހަޅޭއްލަވައި ގަނެވުނީ އައިރާ އޭނާ އަތުގައި ވިކައިގަތުމުންނެވެ. ބައެއް ނޫސްވެރިންގެ ލޯތަށް އޭނާއަަށް އަމާޒުވާން ފެށުމާއެކު އަލައިކާ ލަދުގަތެވެ. އަދި އައިރާއަށް ދިމާއަށް ލޯ އަޅާލުމަށްފަހު ކީއްހޭތިކުރީ އަހާލިއެވެ. “އަލްގެ ލޯބިވާ އެއޮަށް އައީ!” އެތެރެއަށް ވަދެގެން އައި އަލްޔަސް ދައްކާލަމުން އައިރާ ބުންޏެވެ.
ރަތްކުލައިގެ ލެދާރ ޖެކެޓަކާ އެތެރެއިން ހުދުޓީޝާޓެއް ލައިފައި ތިރިން ހުދުކުލައިގެ ސްކިނީ ޖިންސެއް ލައިގެން ހުރިއިރު އަލްޔަސް ފެންނަމުން ދިޔައީ ވަރަށް ފުރިހަމަކޮށެވެ. އޭނާގެ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް އެއް ފަޅިއަށް ހިއްލާފައި ހުއްޓެވެ. ކަޅިވެސް ޖަހާ ނުލާ އަލައިކާއަށް ބަލަން އިނދެވުނެވެ. އަލްޔަސް އެއްލި ކަޅިއަކުން އަލައިކާ ފެނުމާއެކު އަލައިކާއަށް އަތް ހޫރާލުމަށްފަހު ހީލިއެވެ. އަލްޔަސްއާ ހަތަރު ކަޅި ހަމަވުމާއެކު ރަކިކޮށް ހީލަމުން އަލައިކާއަށް އިސްޖަހައިލެވުނެވެ.

އަލްޔަސް އައިސް އޭނާ ކުރިމަތީ ހުއްޓިލުމާއެކު އަލައިކާއަށް ހީވީ އޭނާގެ މޭފަޅާފައި ހިތްނުކުމެ ދާނެހެންނެވެ. ހިތް އަވަސްވެ މުޅު ކުއްޖާ ފިނިވިއެވެ. އަލްޔަސް ޖަހައިގެން ހުރި ސެންޓުގެ ވަސް ދުވުމާއެކު އަލައިކާއަށް ނޭފަތް އެތެެރެއަށް ދަމާލެވުނެވެ. “ހެލޯ އަލްޔަސް އަހަރެން ހަދާން އެބަހުރި ދޯ؟ މިތާ ކީއްތިކުރަނީ؟” އަލައިކާ އިނީ ވާހަކަ ދެއްކޭ ހާލަތެއްގައި ނޫންކަން އެނގި އައިރާ އަވަހަށް ވާހަކަދެއްކިއެވެ. “ޔެޕް. އައިރާ. މިތާ ދޯ. އެއީ ސަޕްރައިޒެއް. އޭ ދެން ދަނީއިނގޭ” އަލްޔަސް ދިއުމާއެކު އަލައިކާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. އައިރާއަށް އަލައިކާ ބަލާލާފައި ދެކުދިން އެކީގައި ހޭންފެށިއެވެ.
****
ވާރޭ ވެހޭވަރުން ބޭރަށް ނުދެވިފައި ޔޫސޫފް ހުއްޓެވެ. އަލައިކާވެސް ހަފްލާއަށް ދިއުމާއެކު ޔޫސުފް ހުރީ ފޫހިވެގެން ހަލާކުވާން ކައިރިވެފައެވެ. އިޝަލްގެ ޓެސްޓު ފެށިފައިވުމާއެކު އިޝަލްއަށް އުނދަގޫ ކުރެވޭކަށްވެސް ނެތެވެ. ޔޫސުފް ސިޓިންރޫމަށް ނިކުތް އިރު މިންހާ ކާން އިނެވެ. ޓީވީން ދައްކަމުން ދިޔަ ކާޓޫނަކަށް ގެއްލިފައި ހުރުމުން ޔޫސުފް އައިކަމެއްވެސް މިންހާއަކަށް ނޭންގެއެވެ.
“ދަރިފުޅާ ކިހިނެއް ވެގެން މާ ބުރެއްހެން ތި އެނބުރެނީ؟” ޔޫސުފް ކޮޓަރިއަށް ވަދެވަދެފައި ނިކުމެފައި އުޅޭތަން އިރުކޮޅަކު ބަލަން ހުރުމަށްފަހު އާރާޝް އެހިއެވެ. “މީ ފޫހިވެގެން” ކުޑަކޮށް ރަކިވެފައި ހުރެ ބޯކަހާލަމުން ޔޫސުފް ބުންޏެވެ. އޭރު މާނީ ކޮންމެސް މީހަކަށް ގުޅައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. ކޮންމެސް ކަމަކާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރިކަން މޫނު މަތިން އިނގެއެވެ. ފޯނު ބާއްވާފައި މާނީ ފުން ނޭވައެއް ދޫކޮށްލިއެވެ.
“ކިހިނެއްވީ؟” އާރާޝް ގޮސް މާނީ ގާތު އަހާލިއެވެ. “ކަމެއް ނުވޭ. އިވާން ހޯދޭތޯ މިއުޅެނީ. ދޮންބެވެސް އެބަ ޓްރައި ކުރޭ ކުރީގެ ރަށްޓެހިންނަށް ގުޅައިގެން އިވާން ހޯދަން” ސޯފާގައި އިށީންނަމުން މާނީ ކިޔައިދިނެވެ. ނަވާރްއަށް ވައުދުވި ފަދައިން އިވާން ހޯދަން މާނީ މަސައްކަތް ކުރަމުން ދިޔައެވެ. މާއިޒް ލައްވައި ކުރީގެ އެކުވެރިންނަށް ގުޅައިގެންވެސް އިވާންގެ އެއްވެސް މަޢުލޫމަތެއް ނުލިބުނެވެ.
އިވާންގެ ޚަބަރެއް އެކަކަށްވެސް ނޭންގުމުން މާނީ ހިތްބިރުގަތެވެ. އޭނާގެ ސިކުނޑިއަށް ވިސްނެންފެށީ އެންމެ ނުބައި ގޮތަށެވެ. އޭނާ ހީކުރާ ގޮތަށް ކަންތައް ވެފައި އޮވެއްޖެނަމަ ނަވާރްގެ ހިތްހަލާކުވެދާނެއެވެ. އެނިކަމެތި އަންހެން ކުއްޖާއަށް ދެރައެއް ލިބޭކަށް މާނީއެއް ނޭދެއެވެ.
އާރާޝް މާނީ ގާތު ސޯފާގައި އިށީންދެފައި މާނީ ކޮނޑުގައި އޭނާގެ އަތް ވަށާލިއެވެ. އާރާޝް ކޮނޑުގައި މާނީ ބޯއަޅާލުމާއެކު މާނީގެ ނިއްކުރީގައި އާރާޝް ބޮސްދިނެވެ.
އެމަންޒަރު ނުފެންނަ ކަމަށް ހަދާފައި ޔޫސުފް މިންހާ ގާތަށް ގޮސް މިންހާއަށް އުނދަގުލެއް ކޮށްލިއެވެ. މިންހާ ނުރުހިފައި ޔޫސުފްއަށް ލޯ އަޅާލިއެވެ. ޔޫސުފް ހޭންފެށުމާއެކު ޔޫސުފްއާ ދިމާއަށް ދޫނެރެފައި ޓީވީ ރިމޯޓްނަގައި ޔޫސުފް ގައިގައި ޖެހިއެވެ.
***
ދީނާ އޭނާގެ އާއިލާއާއެކު އާއިލާއާ އެކު ބޭރަށް ދިއުމާއެކު ނަވާރް ގޭގައި އިނީ އެކަންޏެވެ. ބޯކޮށް ވާރޭވެހެމުން ދިޔުމާއެކީ ނަވާރް ހުރީ ކޮންމެސް ވަރަކަށް ބިރުގަނެފައެވެ. ގުގުރި ޖަހަންފެށުމާއެކު ނަވާރްއަށް ކަންފަތް މަތީ ބާރަށް އަތް އަޅާލެވުނެވެ. ކުޑައިރުއްސުރެއްވެސް ގުގުރިޖަހާ އަޑުއިވުމުން ނަވާރް ބިރުގަނެއެވެ. ރަށުގައި އުޅޭއިރުވެސް ބޯކޮށް ވާރޭވެހި ވިދައި ގުގުރަން ފަށައިފިނަމަ ނަވާރް އޮންނާނީ އެނދަށް އަރައި ރަޖާ ލައިގެންނެވެ.
ޖަހާލި ބާރު ގުގުރިއާއެކު ގެއިން އެކީ ކަރަންޓު ދިއުމާއެކު ނަވާރްއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެެވެ. ހުރި ތަނުން ގުޑިލަންވެސް ނުކެރިފައި އިން އިރު ނަވާރްއަށް ރޮވެން ފެށުނެވެ.

ކަރަންޓު ދިޔަ ގަޑީ މިންހާ ހަޅޭއްލަވައިގަތް ލެއް ބާރުކަމުން ޔޫސުފްގެ ކަންފަތު ތޫރި ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ކުޑައިރު ކޮޅެއް ކުރިން ޔޫސުފްއާ ރުޅި ހަދާފައި ހުރި މިންހާ ކަރަންޓު ދިއުމާއެކު އައިސް ޔޫސުފް ގައިގައި އޮޅުލައިގަތެވެ.
“މުޅި އިމާރާތުން އެދިޔައީ. އެބަ އަންނަން ބަލާލާފަ ކިހިނެއްވީތޯ!” އާރާޝް ފޯނުން ފްލޭޝް ލައިޓް ދިއްލާލުމާއެކު މުޅިތަން އަލިވިއެވެ. އާރާޝް ދާން އުޅުމާއެކެ މިންހާ ރޮއެގަނެފައި ނުދާށޭ ބުންޏެވެ. ޔޫސުފް މިންހާ ގޮވައިގެން ސޯފާ ކައިރިއަށް ދިއުމާއެކު، ސޯފާގައި އިން މާނީ ގައިތެރޭ މިންހާ ބޮނޑިވެގަތެވެ. އާރާޝް ގާތު މަޑުކުރަން ބުނެފައި ޔޫސުފް އުއްބަތިއެެއް ދިއްލައިގެން ނިކުތެވެ. އޭނާގެ ފޯނު ޗާޖު ގޮސްފައި އޮތުމުން ފްލޭޝްއެއް ނުދިއްލުނެވެ. ލިފްޓް މަސައްކަތް ނުކުރާތީ ޔޫސުފް ޖެހުނީ ސިޑިން ފައިބާށެވެ.

ނަވާރް ހީވަމުން ދިޔައީ ދެންމެ ދެންމެ މީހަކު ވަދެ އޭނާ ގެންގޮސް ފާނެހެންނެވެ. ކިރިޔާ އަޑެއް އިވުނަސް ސިހިގެން ދެއެވެ. އެގޮތަށް ބިރުން ހުއްޓާ އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމާއެކު ސިއްސައިގެން ދިޔަ ބޮނޑީ ފޯނު އަތުން ވެއްޓި ގެއްލުނެވެ. އެއާއެކު އަނެއްކާވެސް މުޅިތަން އަނދިރިވެގެން ދިޔައެވެ. ނަވާރް ތަންތަނުގައި އަތް އަޅުވަމުން ކޮޓަރިން ނިކުތެވެ. އަނދިރިއަށް ލޯ ހޭނުމާއެކު ގެއިން ނުކުންނަ ދޮރާ ދިމާއަށް ދުއްވައިގަތެވެ. ނަސީބަކުން ދޮރުގައި ތަޅުދަނޑި ޖަހައިފައި ހުރުމާއެކު އަވަހަށް ދޮރު ހުޅުވުނެވެ. އަވަަހަށް ގެއިން ނުކުމެ ތަޅުލާފައި އަލައިކާމެން ބަޔަށް ދާން ނަވާރް އަވަސްވެގަތެވެ.
ވިދާލި ވިދުވަރާއެކު މުޅިތަން އަލިވެގެން ދިޔަ ގޮތުން ޖަހާނެ ގުގުރީގެ އަޑު ބާރުވާނެ ވަރު ހިތަށް އެރުމާއެކުވެސް ނަވާރްގެ މެއަށް ގޮތެއް ވިއެވެ. ގުގުރީގެ ބާރުއަޑާއެކު މުޅިތަން ގުޑައިގެން ދިޔަހެންވެސް ހީވިއެވެ. ދެކަންފަތް މަތީގައި އަތް އަޅައިގެން ނަވާރް ބާރަކަށް ހަޅޭއްލަވައިގަތެވެ.

އަންހެނެް ކުއްޖެއްގެ ބާރު ހަޅޭކުގެ އަޑުއިވުމާއެކު ޔޫސުފް އަވަަސް ފިޔަވަޅު ތަކެއްގައި އަޑު އައި ބަޔަށް ދިޔައެވެ. ސިޑި ކައިރީ ހުރިއިރު ދެކަންފަތް މަތީ އަތްއަޅައިގެން އިން އަންހެން ކުއްޖާ ޔޫސުފްއަށް ފެނުނެވެ. އަނދިރި ކަމުން މޫނެއްް ނުފެނެއެވެ. އަނެއްކާވެސް ވިދާލުމާއެކު މުޅި ތަން އަލިވެގެން ދިޔައެވެ. އެއާއެކު ނަވާރްގެ މޫނު ޔޫސުފްއަށް ފެނުނެވެ. ދެލޯ މާރާ ބާރުކޮށްގެން ހުރިއިރު ކަރުނަތައް ނަވާރްގެ ކޯތާފަތްމަތިން ފައިބަމުން ދިޔައެވެ. ބިރުންގޮސް މުޅި ކުއްޖާ ތުރުތުރު އަޅަމުން ދިޔައެވެ. ވީގޮތްވެސް ނޭންގީ ވައިސޫރިއެއްްހެން ޔޫސުފްއަށް ނަވާރް ގާތަށް ދެވުނެވެ. މިފަހަރުވެސް ޖަހާލި ގުގުރިއާއެކު ނަވާރް ހަޅޭއްލަވައިގަތެވެ. ޔޫސުފް ނަވާރް ގާތަށް ގޮސް ގޮވުމާއެކު ނަވާރް މަޑުމަޑުން ދެލޯހުޅުވާލިއެވެ. އޭރު ޔޫސުފް ހިފައިގެން އިން ބައްތީގެ ފަނޑު އަލި އެޅިފައި ހުއްޓެވެ. ޔޫސުފް ފެނުމާއެކު ނަވާރްއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. “އެކަ…ކު ވެސް… ނެތް ގެއަކު. ހުރީ އެކަނި..” ބިރުން ގޮސް ނަވާރްއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ނަވާރް ބުނަން އުޅުނީ ކީކެކަން އެނގުމާއެކު ބިރުނުގަތުމަށް ޔޫސުފް ބުންޏެވެ. މިފަހަރު ވިދާލިވިދުވަރާއެކު ނަވާރް ޔޫސުފް ގައިގައި ބާރަށް ބައްދައިގަތެވެ. ޔޫސުފް ލައިގެން އިން ޓީޝާޓު އަތުތެރެގައި ބޮނޑިކޮށްލިއެވެ. ނަވާރް ބައްދައިގެން ހުރިލެއް ބާރުކަމުން ޔޫސުފްއަށް ހުރީ ގުޑިވެސް ނުލެވިފައެވެ. ގުގުރިޖެހުމާއެކު ނަވާރް ޔޫސޫފް މޭތެރޭގައި އިތުރަށް ބޮނޑިވެލިއެވެ. އުއްބަތި ހިފައިގެން އިނުމުން ޔޫސުފްއަށް އޭނާގެ އަތް ހަރަކާތެއް ނުކުރެވުނެވެ.
ނަވާރްގެ ކަރުނައިން ޔޫސުފް ގެ ޓީޝާޓު ތެމެމުން ދިޔައެވެ. އޭނާ ކުރިމަތީގައި ކެރޭކަން ދައްކައިގެން އުޅެފައި ގުގުރި ޖެހުމުން ބިރުން ނަވާރް ރޯންފެށުމުން ޔޫސުފްއަށް މަޖާވިއެވެ.

ފޯނުން ފްލޭޝް ދިއްލައިގެން މައްޗަށް އަރަމުން ދިޔަ ޔާޒްއަށް ހުއްޓެވުނީ ޔޫސުފް ގައިގައި ބައްދައިގެން ހުރި ނަވާރް ފެނުމުންވެ. އެވަގުތު ޔާޒްގެ ހިތަށް އެރި ތޫނު ތަދާއެކު ލޮލުން ދިލަ ނަގައިގަތެވެ. އަލިކަމެއް ވީހެން ހީވުމާއެކު ޔޫސުފް ބަލާލިއެވެ. ހުއްޓުން އަރާފައި ހުރި ޔާޒް ފެނުމާއެކު ވީގޮތް ޔޫސުފްއަށް އެނގުނެވެ. އަމިއްލަ ނަފްސު ކުއްވެރިކުރަމުން ޔޫސުފް އެނާގަޔާ ނަވާރް ދުރުކުރަން އުޅުނެވެ. “ސައިކޯ. އެއީ ހުއްޓާލަބަ” ކަންފަތުގައި ޔޫސުފްގެ އަޑުޖެހުމާއެކު ނަވާރްއަށް ވަގުތުން ދުރަށް ޖެހެވުނެވެ. ކުރެވުނު ކަންތައް ވިސްނުނާއެކު ލަދުންގޮސް ނަވާރްގެ މޫނު އެއްކޮށް ރަތްވިއެެވެ. ދެލޯ ފުހެމުން އަވަހަށް ގޭތެރެއަށް ވަންނަން އުޅެނިކޮށް ޔޫސުފް އޭނާގެ އަތުގައި ހިފެހެއްޓުމާއެކު ހުއްޓުން އެރިއެވެ. “ގޭގަ އެކަކުވެސް ނެތެއްނު. ޔާޒްއާއެކީ ޔާޒްމެން ބަޔަށް ދޭ!” ޔާޒްއަށް އިޝާރަތް ކުރަމުން ޔޫސުފް ބުންޏެވެ. ނަވާރް ޔާޒްއަށް ބަލާލާފައި ބޯޖަހާލިއެވެ. އޭރުވެސް އޭނާ އަތުން ދޫނުކޮށް ޔޫސުފް ހުރުމުން ނަވާރް އަތް ހަލުވާލިއެވެ. “އޯހް ސޮރީ!” ޔޫސުފް ނަވާރް އަތުން ދޫކޮށްފައި ޔާޒްގާތު ނަވާރް ގޮވައިގެން ދާން ބުންޏެވެ. ނަވާރް ޔޫސުފް ހުރި ފަރާތް ނޫން އަނެެއް ފަރާތަށް އެނބުރުމާއެކު ލާނެއް ގޮތަކަށް ޔޫސުފް ޔާޒްއަށް އެއްލޯމަރާލިއެވެ. ޔާޒް ލޯ މައްޗަށް އަރުވާފައި ނަވާރް ފަހަތުން ހިނގައިގަތުމާއެކު ޔޫސޫފް މޫނުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.
***

ހަފްލާ ފެށިގެން ފަނަރަ މިނެޓު ވީއިރަށް އަލައިކާ ނިދިއައިސްގެން އާފުރެން ފެށިއެވެ. އެތަނުގައި ވަމުން ދިޔަ ކަމަކީ މަޝްހޫރު ލަވަކިޔުންތެރިން އަރާ ތާނިޔާއަށް ތައުރީފު ކުރުމެވެ. އަލައިކާ ބޭނުންވީ އަވަހަށް އެތަނުން ނިކުންނާށެވެ. ދޭތެރެއަކުން އައިރާ ގާތު އެއްޗެއް ބުނެފައި އާފުރިދާނެއެެވެ. އަލައިކާއާ ޚިލާފަށް އައިރާ އިނީ ޝައުގުވެރިކަމާއެކު އެވެ. ހަފްލާއަށް ގޮސް ތިބި މީހުންގެ ހެދުން ޑިޒައިންތައް ބަަލައި އެ މީހުން މޭކަޕްކޮށްފައި ހުރި ގޮތް ބަލަމުން ދިޔައެވެ.

ތާނިޔާ ސްޓޭޖައް އެރުމާއެކު އެންމެންގެ އަޑުގަދަވެގެން ދިޔައެވެ. ކެމެރާތަކުގެ ފްލޭޝް ދިއްލެން ފެށިއެވެ. ތާނިޔާ ތުންފަތް މަތީގައިވި ރީތި ހިނުތުންވުމުން އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރަމުން ދިޔައެވެ.
“ހެއި އެވްރީވަން. މިއަދަކީ އަޅުގަނޑުގެެ ހަޔާތުގައިވެސް އަންނަ އެންމެ އުފާވެރި އެއް ދުވަސް. އަލްބަމްއާއެކު އަޅުގަނޑުގެ ފޭނުންނަށް އިތުރު ހަދިޔާއެއްވެސް ދޭން ބޭނުންވޭ. އެކަމް އެންމެ ފުރަތަމަ އަލްބަމް ރިލީޒްކޮށްފަތާ އެހަދިޔާ ދެވޭނީ! މި އަލްބަން ރީލީޒްކޮށް ދޭން އަޅުގަނޑު މިއެދެނީ މިހާރު ގިނަބައެއްގެ ލޯތަކުގައި އަޅައިގަނެފައިވާ ހުނަރުވެރި އަދި މިހާރު ރާއްޖޭގެ ފުޓުބޯޅަ ފޭންސް އެންމެ ލޯބިވާ އަލްޔަސްއަށް”
އަލްބަމް ރިލީޒް ކުރުމަށް ސްޓޭޖަށް ދާން ތާނިޔާ އެދުމުން އަލްޔަސްއަށް ހައިރާން ކަންލިބުނެވެ. އެއާ އެއްވަރަށް އޭނާގެ ހިތް އުފަލުންވެސް ނަށާލިއެވެ. ތާނިޔާކޮށްލި ކުޑަ ތައުރީފުންވެސް އޭނާއަށް އުފާވެރިކަން ލިބުނެވެ.

ނިދިތާއްޔަށް ޖެހެމުން ދިޔަ އަލައިކާގެ ނިދި އެކީ ފިލައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްގެން ސްޓޭޖަށް އެރި އަލްޔަސްއާ ދިމާއަށް ބަލާލެވުނެވެ. އޮރެންޖް ކުލައިގެ ފަނޑު އަލީތެރެއިން އަލްޔަސްގެ މޫނު ފެންނަމުން ދިޔައީ ނުހަނުން ހިތްގައިމުކޮށެވެ. ހުވަފެނީ ގޮތަކަށް އަލްޔަސްއަށް އަލައިކާ ބަލަން އިން ގޮތުން އައިރާ ދިމާކޮށްލިއެވެ.

އަލްޔަސް ސްޓޭޖަށް އެރުމާއެކު ތާނިޔާ ރިމޯޓެއް ދިށްކޮށްލިއެވެ. އަލްޔަސް ރިމޯޓްގައި އިން ރަތްކުލައިގެ ފިތައް ފިތާލުމާއެކު ތާނިޔާގެ އަޑުން ކިޔާފައިވާ ހިތްގައިމު ލޯބީގެ ލަވަތައް އިވެން ފެށިއެވެ. ހަފްލާގައި ތިބި މީހުންގެ އަތްތިލަބަޑީގެ އަޑާއި ތަރުހީބުގެ އަޑު އިވެމުން ދިޔައެވެ.

ލަވަތަކުގެ އަޑު ނިވުމާއެކު އަނެއްކާވެސް ތާނިޔާ ވާހަކަ ދައްކަން ފެށިއެވެ. ” އަޅުގަނޑަށް މިއަދު މިހާ ހިސާބަށް އާދެވިފައި މިވަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު. އެހުރިހާ ބޭފުޅުންނަށްވެސް ހިތުގެ އެންމެ ފުން މިނުން ޝުކުރު ދަންނަވަން. ދެން އޮތް ސަޕްރައިޒްދޯ! ވަރަށް ގިނަ ކުދިން ތާނީ ގާތު އެބައަހާ ތާނީގެ ބޯއިފްރެންޑެއް ހުރޭތޯ! އެ ސުވާލުގެ ޖަވާބަކީ ޔޭސް. އައި ހޭވް އަ ބޯއި ފްރެންޑް. ވަރަށް ލޯބި އަދި ވަރަށް ކެއަރިން އަދި ވަރަށް ޓެލެންޓެޑް ބޯއިފްރެންޑެއް ތާނީގެ ހުންނަނީ. އެ ބޯއި ފްރެންޑަކީ މިރޭ ތާނީގެ އަލްބަމް ރިލީޒްކޮށްދިން އަލްޔަސް” އަލްޔަސް އަތު ތެރެއަށް ތާނިޔާގެ އަތް މަހާލަމުން ތާނިޔާ އެދެމީހުންގެ ގުޅުން މީޑިއާ ކުރިމަތީގަައި ހާމަކޮށްލިއެވެ. ހުރިހާ އެންމެގެ ތަހުނިޔާއާ މަރުހަބާގެ އަޑުން މުޅިތަން ގުގުމާލިއެވެ. ތާނިޔާއާ އަލްޔަސް ސްޓޭޖުގައި އަތުގުޅުވައިގެން ތިބިއިރު ދެމީހުންގެ ލޯވެސް ވަނީ އެކަކު އަނެކަކަށް ހުއްޓިފައެވެ. ތާނިޔާ ލޯބިގޮތަކަށް ހީލައިގެން ހުރިއިރު އަލްޔަސް ވެސް ހުރީ ހިނިތުންވެގެންނެވެ.

އަލައިކާއަށް ހީވީ ދުނިޔޭގެ ހިނގުން ހުއްޓުމަކަށް އައި ހެންނެވެ. ލޮލަށް މަންޒަރު ނުސާފުވެ ވަށައިގެންވި ހުރިހާ އެއްޗެއް ހުއްޓިފައިވި ހެން ހީވިއެވެ. ބިއްލޫރިކޮޅެއް ފަދައިން ހިތް ފުނޑުފުނޑު ވިކަމުގެ އިހްސާސްވުމާއެކު ލޮލުގައި ކަރުނަ ވިދަން ފެށިއެވެ. މެއަށް އަރައިގެން ދިޔަ ތަދާއެކީ މޭގައި އަތް އަޅައިގެން އަލައިކާ އިސްޖަހާލިއެވެ. އެއާއެކު ލޮލަށް ޖަމާވެފައި ހުރި ބޮޑެތި ކަރުނަ ތިކިތައް އޭނާގެ އަތަށް ވެރެމުން ދިޔައެވެ. ގިސްލެވެން އުޅޭހެން ހީވުމާއެކު ތުންފަތުގައި ބާރަށް އަލައިކާ ދަތް އަޅާލިއެވެ.
އެއްފަހަރު ސްޓޭޖަށް އަނެއްފަހަރު އަލައިކާއަށް ބަލާލުމަށްފަހު އައިރާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އަލައިކާއަށް ޓަކައި އެހިތް ހަމްދަރްދީން ފުރިގެން ދިޔައެވެ. އައިރާ އޭނާގެ އަތް އަލައިކާގެ އަތްމަތީގައި ބާވާލަމުން އަލައިކާއަށް ގޮވާލިއެވެ. އައިރާގެ އަޑު އަލައިކާއަށް އިވެމުން ދިޔައީ ނުސާފުކޮށެވެ. ވަށައިގެންވި އެއްވެސް ކަމަކަށް ސަމާލުކަން ދިނުން ވެގެން ދިޔައީ އަލައިކާއަށް އުނދަގޫ ކަމަކަށެވެ. އަލައިކާއަށް އިސް އުފުލާލަން މަޖުބޫރުވީ ފިރިހެންވަންތަ އަޑަކުން މުޅި މާހައުލުގެ ހަމަހިމޭންކަން ނަގާލުމުންނެވެ.
***
އަމާޒަކީ މިހާރު ތިޔަ ލޮތްބޭ، ހިތް އަދު ދިނީމޭ ތިޔަ ލޯބި ލިބޭތޯ، މަލާއޭ މަލާއޭ، ކުރޭ ފުން އަސަރު އިނގޭތޯ
ޔާރު މިވަނީ ލޮތްބޭ ހަގީގީ ހެހެ، ޔާރު މިވަނީ ލޮތްބޭ ހަގީގީ
ޔާރު މިވަނީ ލޮތްބޭ ހަގީގީ، ޔާރު މި ވަނީ ލޮތްބޭ ހަގީގީ
ކަލާގެ ލޮތްބޭ ލޭގައި ހިނގަަނީ ސާފު، ހިތަަށް މިވާ ގޮތް އަސްލު ނޭންގޭ ޔާރު، ތިބާ ފެނޭތޯ ކުރެވޭ އިންތިޒާރު ކިޔާދޭނަން ކިޔާދޭނަށް، ކިޔާދޭނަށް އިސްޤީ ލައްޒަތެއް ލިބޭތޯ،
ޔާރު މިވަނީ ލޮތްބޭ ހަގީގީ، ހެހެ ޔާރު މިވަނީ ލޮތްބޭ ހަގީގީ
ޔާރު މިވަނީ ލޮތްބޭ ހަގީގީ، ހެހެ ޔާރު މިވަނީ ލޮތްބޭ ހަގީގީ
އަމާޒަކީ މިހާރު ތިޔަ ލޮތްބޭ، ހިތް އަދު ދިނީމޭ ތިޔަ ލޯބި ލިބޭތޯ، މަލާއޭ މަލާއޭ، ކުރޭ ފުން އަސަރު އިނގޭތޯ
ޔާރު މިވަނީ ލޮތްބޭ ހަގީގީ ހެހެ، ޔާރު މިވަނީ ލޮތްބޭ ހަގީގީ
ޔާރު މިވަނީ ލޮތްބޭ ހަގީގީ، ޔާރު މި ވަނީ ލޮތްބޭ ހަގީގީ
***
އަލައިކާއަަށް ހީވަމުން ދިޔައީ އޭނާ ހިތުގެ ހާލަތު ލަވައެއްގެ ސިފައިގައި އަލްޔަސް ކިޔަމުން ދިޔައެވެ. އަލްޔަސްގެ ފިރިހެންވަންތަ އަޑުން އެލަވަ ތާނިޔާއަށް ކިޔައިދެމުން ދިޔައިރު އަލައިކާގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. ސްޓޭޖްމަތީ ބަހައްޓާފައި ހުރި ގޮނޑިެއްގައި ބޮޑު ގިޓައެއް ހިފައިގެން އަލްޔަސް އިން އިރު އަލްޔަސްގެ ކުރިމައްޗަށް ވާ ގޮތަށް މައިކެއް ހުއްޓެވެ. އަލްޔަސްއާ އިން ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި ތާނިޔާ އިނެވެ. ލަވަ ކިޔަމުން ދިޔަ ގަޑީ ގިޓާކުޅެމުން އަލްޔަސްގެ ތޫނު ނަޒަރު އަމާޒުވެފައި ހުރީ ތާނިޔާއަށެވެ. ތާނިޔާ ރަކިގޮތަކަށް ހީލައިގެން އިސްޖަހައިގެން އިނެވެ. އަލްޔަސް ތާނިޔާދެކެ ވާ ލޯބި އެ ބެލުމުންވެސް އަލައިކާއަށް އިނގިގެން ދިޔައެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ތެދުވެރި ލޯބި- 2

Next

ޒަޚަމް ޓްރެއިލާރ

Next
October 31, 2019

ޒަޚަމް ޓްރެއިލާރ

Previews
October 30, 2019

ތެދުވެރި ލޯބި- 2

13 Comments!

  1. Kiyara says:
    October 31, 2019 at 3:27 am

    Salam all. Here is the 10th episode of raastha season2. Hope u all enjoyed reading it.

  2. Lilly says:
    October 31, 2019 at 10:19 am

    Varah dhera dhw Alaika ah…mi part varah varah reethi..maa sha allah..waiting for the next part..

    1. Kiyara says:
      November 3, 2019 at 7:42 pm

      Thanks lilly. Yweah alaika ah vy goii dhw

  3. Naajy says:
    October 31, 2019 at 10:43 am

    Me first dhw

    1. Kiyara says:
      November 3, 2019 at 7:43 pm

      Mifaharu second dhw.

  4. Meekkomee says:
    October 31, 2019 at 11:57 am

    Alhyy…dhn????? be strong alaika……we are there for u ????? woww ????? Masha Allah ???? varah varah reethi ????????? whn is next part ????? curiously waiting for it ???? yoosuf men rulhi ahnaaneh mi faharu alyas dhekeh ??? LYSM ❤️❤️❤️❤️❤️???????

    1. Kiyara says:
      November 3, 2019 at 7:44 pm

      Thanks dear. Alaika dhw. Dhen vaa goii balama

  5. 7777?? says:
    October 31, 2019 at 1:55 pm

    Adhi kithah part eboih vaahaka nimen?
    Btw this is nice?

    1. Kiyara says:
      November 3, 2019 at 7:45 pm

      Thanks dear. Adhi neynge kitha parts kameh. 50 episode ah vure dhigu nukuran mi visnany. 20 aa 50 episodes aa dhemedhu

  6. Imkko says:
    October 31, 2019 at 11:00 pm

    Wow …. maasha allah …. v reethi mi baives …. curiously waiting for the next part …. all the best dear.

    1. Kiyara says:
      November 3, 2019 at 7:46 pm

      Thanks dear.

  7. Meephoo says:
    November 2, 2019 at 1:41 pm

    When next?

    1. Kiyara says:
      November 3, 2019 at 7:46 pm

      Mihaaru up kohllaga ihnnany?

Comments are closed.

Next Episodeރާސްތާ2 އެގާރަވަނަބައި←


All Right Reserved!