Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 ނުވަވަނަބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
October 28, 2019 6 Mins Read
15 Comments

“އުއްމީދު ކުރަން އެކުއްޖާއަށް ޔާޒް ދެރަ ގޮތެއް ނަހަދާނެ ކަމަށް. ރަށްޓެހިވާ އެހެން ކުދިންހެން ދެދުވަސް ވީމަ ރުޅި ވާނީކީ ނޫން. ޑޯންޓް އެވާރ ބްރޭކް ހާރ ހާޓް!” އައިރާ ބުނި ކޮންމެ ވާހަކައަކަށް ޔާޒް ބޯ ޖަހާލިއެވެ. ނަވާރްއަށް ދެރައެއް ދޭ ވަރަށް ވުރެ ބޮޑަށް އެހިތުގައި ނަވާރްގެ ނަން ލިޔެވިއްޖެއެވެ. މުޅު އުމުރަށް އެކުއްޖާ ރައްކާތެރިކޮށް ހިމާޔަތް ކުރަން ޔާޒްގެ ހިތް ބޭގަރާރު ވަމުން ދިޔައެވެ.
***

ފެންވަރައިގެން ނިކުނެ ނިދަންލާ ހެދުން ލައިގެން ނަވާރް ފުނާޔާ ތެޔޮ ފުޅިއެެއް ހިފައިގެން އެނދުގައި އިށީނެވެ. ކޮނޑަށް ވުރެ ތިރިއަށް އޮތް ފަންއިސްތަށިގަނޑުގައި ތެޔޮ ލާފައި ރީތިކޮށް ފުނާއެޅިއެވެ. ތެޔޮ ފުޅިއާ ފުނާ އޮންނަ ތަނަށް ލަައިފައި އައިސް އެނދުގައި އޮށޯތީ ނިދޭތޯއެވެ. އެހެންނަމަވެސް އޭނާގެ ލޯ ކުރިމައްޗަށް މިރޭގެ މަންޒަރުތައް ސިފަ ވަމުން ދިޔައެވެ. ކަންތައް ކުރެވުނު ގޮތާ މެދު ލަދު ގަތެވެ. އެކަނި އޮތް އިރުވެސް މުޅި ކުއްޖާގެ މޫނު ރަތް ވެގެން ދިޔައެވެ. އެހާ ހިތްވަރު އޭނާއަށް ލިބުނީވެސް ކިހިނެއްބާއޭ ނަވާރް ހިތަށް އެރިއެވެ. އޭނާއަަށް ނިދުނީވެސް އެޚިޔާލުތަކުގައި އޮއްވައެވެ.

ޔޫސުފް ފަހަތުން އަލައިކާވެސް މާނިމެން ބަޔަށް ވަނެވެ. އިޝްމާ އަދި ނަވްޔާވެސް އެބައިގައި ތިއްބެވެ. “ކޮން އިރަކު ވާރޭ ވެހުނީ؟” ޔޫސުފް ތެމިފައި ހުރުމާއެކު އާރާޝް އަހާލިއެވެ. ފަހަތުގައި ހުރި އަލައިކާ ބާރަށް ހޭންފެށުމާއެކު ޔޫސުފް އަލައިކާއާ ދިމާއަށް ލޯ އަޅާލިއެވެ. “ޔޫސުފް ކުއްޖަކާ ފައިޓްކޮށްލީ!” އަލައިކާ މަޖާވެގައި އިނދެ ބުންޏެވެ. ޔޫސޫފް ޝަޓްއަޕް އޭ ކިޔާ އަލައިކާ ފަހަތުން ދުއްވައިގަތެވެ. ޔޫސުފް އަތު ނުޖެހެން ވެގެން އަލައިކާ ގޮސް އިޝްމާ ފަހަތަށް ވަނެވެ. އިތުރަށް ދާން ނުކެރުމުން ޔޫސުފް ދުވުން ހުއްޓާލިއެވެ. އަދި ރުޅިވެރިކަމާއެކު އަލައިކާއާ ދިމާއަށް ބަލާލިއެވެ. “ޔޫސުފް ޔާޒްގެ ކްރަޝްއާ ފައިޓްކޮށްފަ މޫދަށް ވައްޓާލީމަ އެކުއްޖާ ޔޫސުފްވެސް ވައްޓާލީ!” ބުނެވުނީ ކިހާ ވަރެއްގެ އެއްޗެއްކަން އަލައިކާއަށް ރޭކައިލީ އެންމެން އޭނާއަށް ބަލަން ފެށިގޮތުންނެވެ. އަލައިކާ އަނގަމަތީ އަތްއަޅާފައި ފަހަތަށް އެނބުރުނެވެ. އޭނާގެ ދެލޯ މެރިފައި ހުރިއިރު ތުންފަތުގައި ބާރަށް ދަތް އަޅާލިއެވެ. “ޔާޒް އިޒް ގޮއިން ޓު ކިލް މީ!” އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް ވައި އަޑުން އަލައިކާ ބުނެލިއެވެ.

އިތުރަށް ކިޔާދޭށޭ ބުނާ ފަދަ ގޮތަކަށް މާނީ ޔޫސުފްއަށް ބަލާލިއެވެ. ޔޫސުފް އަލައިކާއަށް ގޮވާލުމާއެކު ސިހިފައި އެންމެންނާ އަލައިކާ ކުރިމަތި ލިއެވެ. ޔޫސުފް ނިއް އަރުވާލުމާއެކު ފައިންއޭ ކިޔައިފައި އެރޭ ވީ ކަންތައް އެންމެންނަށް ކިޔައިދިނެވެ. “ސޯ ޔޫސުފް ބޮލަަށް ކޮފީ އެޅި ކުއްޖާއަކީ ޔާޒްގެ ކްރަޝް. ޑޫޑް!” އާރާޝް ހެވިފައި އިނދެ ބުނެލިއެވެ.
ފެންވަރަން ދަނީއޭ ކިޔައިފައި ޔޫސުފް ގޮސް ކޮޓަރިއަށް ވަނެވެ. ފެންވަރައިގެން ނުކުމެ ކަކުލާ ހަމައަށް އަންނަ ކަޅު ކުލައިގެ ސޯޓެއް ލައިގެން ޔޫސުފް އެނދަށް ވެއްޓިގަތެވެ. ވަރުބަލިވެފައި ހުރުމުން އެނދުގައި ޖެހުނު ގޮތަށް ޔޫސުފްއަށް ނިދުނެވެ.

ދުވަސްތައްް ފާއިތުވަމުން ދިޔަ ގޮތްވެސް ނޭންގުނެވެ. ސިޑިމަތިންނާއި ލިފްޓުން ނަވާރްއާ ޔޫސުފް ދިމާވަމުން ދިޔައެވެ. ނަވާރްއަށް ގޯނާއެެއްކޮށް ނުލާ ނުވަތަ ދިމާއަށް އެއްޗެއް ނުބެނު ހުރުން ދަތިކަމަކަށް ޔޫސުފްއަށް ވިއެވެ. ޔޫސުފްއަށް ރައްދެއް ނުދީ ހުންނަން ނަވާރްއަށްވެސް ނުހުރެއެވެ. ޔޫސުފްއާ ޚިލާފަށް ޔާޒް އަލައިކާ އަދި އައިރާއާ ނަވާރް ގާތް އެކުވެރިކަމެއް އުފެދިގެން ދިޔައެވެ. ސްކޫލް ފިލާވަޅުތައް ހަދަން އަލައިކާ ނަވާރްއަށާ ދީނާއަށް އެހީވަމުން ދިޔައެވެ. ޔާޒްގެ ހިތުގައި ނަވާރްއަށް އުފެދެމުން ދިޔަ އިހްސާސްތައް ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުން ދިޔައެވެ. ނަވާރްއަށް އެކަން ނޭންގިހުރެ ގާތް އެކުވެރިއެއް އަދި ބޭބެއެއްގެ މަގާމު ޔާޒްއަަށް ހިތުން ދެވުނެވެ.
ޔާޒްއެކޭ އެއްފަދައިން އަލައިކާގެ ހިތުގައިވެސް އަލްޔަސްއަށްޓަކައި އުފެދެމުން ދިޔަ އިހްސާސްތައް ވަރުގަދަވާން ފެށިއެވެ. އަލްޔަސްއަށް މެސެޖެއް ކޮށްނުލާ ހުންނަން އުނދަގޫ ވާން ފެށިއެވެ. އެސޫރަ ނުފެނުނަސް އެހިތުގެ ހަމަޖެހުން ގެއްލިދެއެވެ. އަލްޔަސްއާ ތާނިޔާގެ ގުޅުން ނޭންގޭ ހާލު އަލްޔަސްއަށް އެހިތުގެ ލަގަން ދެވުނެވެ. އަލްޔަސްގެ ގާތް އެކުވެރިކަމުގެ މާނަ އަލައިކާއަށް ނެގުނީ މުޅިން ނުބައިކޮށެވެ. އަލައިކާގެ ހިތުގެ ހާލަތު ނޭންގޭހާލު އަލްޔަސް ތާނިޔާއާ އެއްކޮށް އުޅޭ ވަގުތުތައް އިތުރުކުރިއެވެ. އެހެނަސް ކޮންމެ ދުވަހަކުވެސް މެސެޖްގެ ޒަރިއްޔާއިން އަލައިކާއާ ވާހަކަ ދައްކަމުން ދިޔައެވެ. އަލައިކާގެ ފަރާތުން ލިބޭ ހިތްވަރުގެ ބަސްތަކަކީ އޭނާގެ ކުޅުން އިހުނަށް ވުރެ ރަނގަޅު ކުރަން އަލްޔަސްއަށް ލިބޭ ހިތްވަރެކެވެ. ދެކެމުން އަންނަ ހުވަފެން ތަކުގައި ހަގީގީ ކުލަ ޖެއްސުމަށްޓަކައި އަލްޔަސް ކަަށި ހިތްވަރުން މަސައްކަތް ކުރަމުން ދިޔައެވެ. އެކަމުގެ ނަތީޖާވެސް ވަރަށް ފޮންޏެވެ. ގޭމްވީކްގައި ރަށުން ބޭރުގައި ކުޅުނު މެޗުގައިވެސް އަލްޔަސް ހެޓްރިކް ހަދާ އެސިސްޓެއް ދިނެވެ. އެމެޗުގެވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއެވެ. އަދި ދިވެހި ޕްރިމިއާރ ލީގްގައި ޖެހިޖެހިގެން ރަށުން ބޭރުގައި ހެޓްރިކްހެދި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި އަލްޔަސްގެ ނަން ލިޔެވިގެން ދިޔައެވެ. އަލްޔަސްއެކޭ އެއްފަދައިން ޔޫސުފްވެސް އޭނާގެ މޮޅު ކުޅުން ދެއްކިއެވެ. ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހި ނަމަވެސް އޭނާގެ ޓީމުން ކާމިޔާބު ކުރި ދެ ގޯލު ޖަހަން އެހީވެދިނީ ޔޫސުފްއެވެ.

ޔާޒްއާ އަލައިކާއެކޭ އެއްފަދައިން އައިރާވެސް ލޯބީގައި ފިދާވަމުން ދިޔައެވެ. ޝާރިމްގެ ފަރާތުން އެހެންޏާ ނުލިބޭ ވަރަށް ލޮތްބައި އަޅާލުން ޝާރިމްގެ ފަރާތުން ލިބެމުން ދިޔައެވެ. ހިތްހަމަނުޖެހޭ ކަމެއް ދިމާވި ނަމަވެސް ރުޅި އިސްކުރުމުގެ ބަދަލުގައި ލޯބިން އެކަމެއް ރަނގަޅު ކުރުމަށް އައިރާ ގާތު ބުނެއެވެ. އެކަމުގެ ސަބަބުން އައިރާ އިންނަނީ އުފަލުން ފޮޅިފައެވެ.

***
މީޓިން ރޫމްއެއްގެ ތެރޭގައި އަޅުވާފައި ހުރި ބޮޑު ދެ ސްރީނުން ފެންނަމުން ދިޔައީ އަލްޔަސްއާ ޔޫސުފްގެ ތަސްވީރެކެވެ. އެރޫމް ތެރޭގައި ބަހައްޓާފައި ހުރި ވަށް މޭޒު ދޮށުގައި ހަތްވަރަކަށް މީހުން ތިއްބެވެ. އަދި ދެ ސްކްރީން ކައިރީ ރިމޯޓެއް ހިފައިގެން އަކްމަލް ހުއްޓެވެ. އޭނާ ކޯޗުކޮށްދޭ ޓީމުގެ ކިޓްލައިގެން ހުރިއިރު އޭނާ ފެންނަމުން ދިޔައީ ވަރަށްވެސް ރަސްމީ ކޮށެވެ. މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ. “މިއަންނަ މަހުގަ ފެށޭ ޓްރާންސްފާއަށް މި ދެކުޅުންތެރިން ކޮންމެހެންވެސް މިޓީމަށް ބޭނުންވޭ. ބަލާބެލުމަށް މިދެކުޅުންތެރިންގެ ކޮމްބިނޭޝަންވެެސް ފުދޭވަރަކަށް ރަނގަޅުވާނެ. ދެކުޅުންތެރިން އެކީ ނުގެނެވެންނާ އެޓްލީސްޓް އަލްޔަސް އެކަނިވެސް މިކޮޅަށް ގެނެވޭތޯ ބަލަން ވާނެ” ޓްރެކްސޫޓްގެ ޖީބަށް އަތް ޖަހައިގެން ހުރެ އަކްމަލް ދެފަރާތަށް ހިނގަމުން އޭނާގެ ބޭނުންވާ ގޮތް ޓީމް މެނޭޖްމެންޓާ ހިއްސާކުރިއެވެ.
****

އިޝްމާ އޭނާގެ އެކުވެރިންނަށް އެދުވަހު ސައިހެދީ އެކުގައި ވަގުތު ހޭދަކޮށްނުލާތާ ގިނަދުވަސް ވުމާއެކީއެވެ. މޭޒުމަތީގައި ތަފާތު ބާއްވަތްތަކުގެ ކާނާ ހުއްޓެވެ. އެންމެން އައުމުގެ ކުރިން އިޝްމާ ފެންވަރައި ރީތިވާން ދިޔައެވެ.
ހަތަރެއް ޖަހަން ވާއިރަށް ތައްޔާރުވެލައިގެން އަލައިކާ ނުކުތެވެ. އިޝްމާ ސިޓިން ރޫމްގައި ނެތުމުން އަދި ނުނިކުންނަކަން އަލައިކާއަށް އިނގުނެވެ. ބަދިގެއަށް ގޮސްފައި ޖަގަކަށް ހޫނުކޮށް ކޮފީ ގިރާލިއެވެ. އަލައިކާ ކޮފީ ގިރައި ނިމުނު އިރަށް އިޝްމާވެސް ނިކުތެވެ.

ހަތަރު ގަޑި ބައިވިއިރު އެގޭ ތެރެ ފުރުނެވެ. މިންހާ ޒާޔާ އަދި އަހާން ގޮވައިގެން އިޝަލް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ކޮއްކޮމެން ގޮވައިގެން ކޮޓަރިއަށް ދާން އަލައިކާ އޮތީ އޭނާއަށް އަންގާފައެވެ. އުމުރުން ފަނަރަ އަހަރުވާން ގާތްވެފައި ވީ ނަމަވެސް އަލައިކާމެންނާ އެއްކޮށް އުޅޭކަށް އިޝަލްއަކަށް ފުރުސަތެއް ނުލިބެއެވެ. އެ ހުރިހާ ކުދިން ތެރެއިންވެސް އެކީގައި އުޅޭނެ އެއް އުމުރެއްގެ ކުއްޖެއް ނެތީ އިޝަލްގެއެވެ. އަލައިކާމެން އޭނާއަށްވުރެ މާބޮޑަށް ދޮށްޓެވެ. އަހާންމެން އޭނާއަށްވުރެ މާހަގެވެ.

އަލައިކާގެ ފޯނު ރިންގްވުމާއެކު ކޯލް ކަނޑާލާފައި އަލައިކާ ގޮސް ދޮރުހުޅުވިއެވެ.

ކޮފީ ބޯން އިން ޔާޒްއަށް އަލައިކާ ފަހަތުން އެތެރެއަށް ވަދެގެން އައި ނަވާރް ފެނުމާއެކު ކޮފީތަށި ގަޔަށް ބަންޑުން ނުވީ ކިރިޔާއެވެ. ކަޅު ކުލައިގެ އަބާޔާއަކާ އެކު މަޑު ފިޔާތޮށި ޝޯލްއެއް އަޅާފައި ހުރިއިރު އެދޮން މޫނުގައި އެއްވެސް މޭކާޕެއްކޮށްފައެއް ނެތެވެ. އެ ސާދާ މޫނު އިތުރަށް ފުރިހަމަ ވެފައިވަނީ މޫނު މަތީގައިވި ލަދުރަކި ހިނިތުންވުމުންނެވެ. އަލައިކާއާ ނަވާރް އެކުވެރިންނަށް ވީނަމަވެސް އެދުވަހު ނަވާރް އައިސްދާނެ ކަމަކަށް ޔާޒް އުއްމީދެއް ނުކުރެއެވެ.

ނަވާރްގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އާރާޝްއާ ޖެހިގެން އިން ޔޫސުފްއެވެ. ނަވާރް ބަލާލީ ވަގުތު ޔޫސުފްވެސް އެދިމާއަަށް ބަލާލުމާއެކު ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ފުންކަނޑެއްފަދަ ނަވާރްގެ ރީތި ދެލޯތެރެއަށް ހިނދުކޮޅަކަށް ނަމަވެސް ޔޫސުފް ގެއްލުނެވެ. އެހެނަސް އަވަސް އަވަހަށް އޭނާގެ މޫނު މައްޗަށް ރުޅިވެރިކަން ވެރިކުރުވިއެވެ.
ޔޫސުފްގެ ތޫނު ނަޒަރުން ހިތަށް އުނދަގޫވު ނަމަވެސް ނަވާރްވެސް މޫނު މައްޗަށް ރުޅިވެރިކަން ވެރިކުރުވިއެވެ. ޔޫސުފްއާ ދިމާއަށް ކަޅިއަޅާލުމަށްފަހު އަލައިކާ ފަހަތުން ހިނގައިގަތެވެ.
ޔާޒް ކުރިމައްޗަށް ހުރި ހުސްގޮނޑީގައި އަލައިކާ ނަވާރް ބޭންދިއެވެ. ޔާޒްގެ ހިތްހީވީ މޭފަޅާފައި ނިކުމެ ދާނެހެންނެވެ. އަލައިކާ އެއްލޯމަރާލަމުން ޔާޒްއަށް ހިނިތުންވެލިއެވެ. “ނަވާރް ދިސް އިޒް މައި ފެމެލީ. އެންމެން މީކީ ނަވާރް!” އަލައިކާ ކޮންމެ މީހަކު ވަކިވަކިން ނަވާރްއަށް ތަޢާރަފުކޮށްދިނެވެ.

އިސްރާއަށް ނަވާރްގެ މޫނަށް ބެލެމުން ދިޔައީ އެމޫނުން ދަންނަ ވައްތަރެއް ޖަހާތީއެވެ. ވިސްނާ ވިސްނާވެސް އެއީ ކީއްވެކަމެއް އިސްރާއަކަށް ނޭންގުނެވެ.

އެކުގައި ހޭދަ ކުރެވުނު ކުޑަ ވަގުުތު ކޮޅު ތެރޭގައިވެސް އެއެންމެންގެ އެކުވެރިކަމާ ބަދަހިކަން ނަވާރްއަށް ފާހަގަވެގެން ދިޔައެވެ. އަދި މާނީމެންގެ ހިތްހެޔޮކަންވެސް އެނގިގެން ދިޔައެވެ. މާނީގެ ހިތްހެޔޮކަން ފެނިފައި އެއީ ޔޫސުފްގެ މަންމަ ބާއޭ ވެސް ހިތަށް އެެރިއެވެ.
އިޝްމާ ގޮސް ގޮވުމާއެކު އިޝަލްމެން ސައިބޯން އައެވެ. އަލައިކާ އެކުދިންވެސް ނަވާރްއަށް ތައާރަފުކޮށްދިނެވެ.
އަލައިކާއާއި އައިރާ ތަށިތައް ނަގަން އިޝްމާއަށް އެހީވާން ދިއުމާއެކު ސޯފާގައި ނަވާރް އިށީންދެލައިގެން އިނެވެ. ނަވާރްއާ ޖެހިގެން މީހެއް އިށީންހެން ހީވުމާއެކު ނަވާރް ބާލާލިއެވެ. ޔޫސުފްކަން އެނގުމާއެކު ނަވާރްއަށް ދެބުމަ ގޮށް ޖަހާލެވުނެވެ. އަވަސް އަވަހަށް އެތަނުން ތެދުވެގެން ގޮސް އެކަކަށް އިނދެވޭ ސޯފާގައި އިށީނެވެ. ޔޫސުފް ނަވާރްއަށް ލާނެއް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އޭނާ އެހެން ހެދީ ގަސްދުގައި ނަވާރް އެ ގޮނޑިން ފޮނުވާލުމުގެ ބޭނުމުގައެވެ.

އާރާޝްއަށް ޔޫސުފްއާ ނަވާރް އުޅުނު ގޮތް ރީއްޗަށް ފެނުނެވެ. އޭނާގެ ހަނދާނަށް އައީ އެއުމުރުގައި އޭނާއާ މާނީއާ އުޅުނުގޮތެވެ. އެހަނދާންތައް އާވުމާއެކު އާރާޝްއަށް ހިނިތުންވެވުނެވެ.

ލޮލުގެ ހިމަކޮޅުން ނަވާރް ޔޫސުފްއަށް ބަލާލިއިރު އޭނާ ހުރީ ފޯނަށް ގެއްލިފައެވެ. ފުން ނޭވައެއް ދޫކޮށްލާފައި ނަވާރް ގޮނޑީގައި ހަމަޖެހިލިއެވެ. އެއެންމެންގެ ތެރޭގައި އޭނާއަށް އިހްސާސްވަމުން ދިޔައީ އަމިއްލަ އާއިލާ ގާތުގައި އިނދެވޭ ކަމުގެ އިހްސާހެވެ. ޔޫސުފް ފިޔަވާ އެންމެންވެސް ނުލާހިކު ހިތްހެޔޮވެފައި ރަނގަޅެވެ. ޔޫސުފްއަކީ އެ އާއިލާގެ ކުއްޖެއް ކަމާމެދު ނަވާރްއަށް ޝައްކުވިއެވެ.

“ހެއި” ނަވާރްއާ ޖެހިގެން އިން ގޮނޑީގައި އިށީންނަމުން ޔާޒް ބުނެލިއެވެ. އޭނާގެ ތުންފަތްމަތީގައިވި ފުޅާ ހިނިތުންވުމުންވެސް އެހުރީ ވަރަށް ހިތްހަމަޖެހިފައި ކަން އެނގެއެވެ. ނަވާރްވެސް ޔާޒްއަށް ހިނިތުންވުމެއް ހަދިޔާކޮށްފައި ގޮވާލިއެވެ. ނަވާރްއާ ވާހަކަ ދައްކަމުން ދިޔައިރު ޔާޒްގެ އަަސަރުގަދަ ހިނިތުންވުން އެންމެ ފަހަރަކުވެސް ފަނޑުނުވެއެވެ. މަދުން ނޫނީ އެހިނިތުންވުން ނުފެންނާނެއެވެ.
ދުރުގައި މަންޒަރު ބަލަން ހުރި ނަވްްޔާގެ ލޮލުގައި އުފާވެރިކަމުގެ ކަރުނަ ވިދަމުން ދިޔައެވެ. ލޯބިވާ ދަރިފުޅުގެ އެ ހިނިތުންވުން އަބަދުގެ އަބަދަށް އެ ގޮތުގައި ހުރުމަށް އެދި ދުޢާ ކުރެވުނެވެ. ނަވާރްއަކީ ޔާޒްއަށް ވަރަށް ޚާއްސަ ކުއްޖެއްކަން މިއަދު ނަވްޔާއަށް އެނގިއްޖެއެވެ. އެދަރިފުޅުގެ ހިނިތުންވުމުގެ ފަހަތުގައިވި އެ އަންހެން ކުއްޖާއަށްޓަކައި ވެސް ލޯބިން ހިތްފުރުނެވެ. މާއިޒް އައިސް ނަވްޔާގެ އުނގަނޑުގައި އޭނާގެ އަތްވަށާލާފައި ގަޔާ ކައިރިކޮށްލިއެވެ. ނަވާޔްއަށް ބަލާލަމުން ބޯޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ.

އިސްރާއަަށް އަދިވެސް ވިސްނެމުން ދިޔައީ އޭނާ ދަންނަ މޫނަކާ ނަވާރް ވައްތަރު ވުމުންނެވެ. ކުއްލިއަކަށް ވިސްނުނު އެއްޗަކުން އޭނާގެ ދެލޯ ބޮޑުވިއެވެ. “މާނީ” ވައި އަޑުން މާނީއަށް އިސްރާ ގޮވާލިއެވެ. މާނީ ކިހިނެއްވީހޭ އެހުމުން މާނީ އަތުގައި ހިފައިގެން ސިޓިން ރޫމްއަށް ދިޔައެވެ.
ނަވާރް ގާތަށް އައިސް މަޑުކޮށްފައި ނަވާރްގެ މޫނަށް ރީއްޗަށް އިސްރާ ބަލާލިއެވެ. އެއީ ހަމަ އެދެލޮލެވެ. އެއް ޒަމާނެއްގައި އޭނާގެ ހިތް އެދެލޮލަކަށްޓަކައި ދީވާނާވެެފައި ހުރި ދެލޮލެވެ. އިސްރާ މާނީއާ ދިމާއަަށް ބަލާލުމާއެކު ކިހިނެއްވީހޭ މާނީ އަހާލިއެވެ. މާނީ އަތުން ދޫކޮށްފައި އިސްރާ ނަވާރްއަށް ގޮވާލިއެވެ.
އިސްރާ ގޮވާލުމާއެކު ޔާޒްއާ ދެމީހުން ވާހަކަ ދެއްކުން ހުއްޓާލާފައި ނަވާރްގެ ސަމާލުކަން އިސްރާއަށް ދިނެވެ. އިސްރާގެ މޫނު މަތީގައިވި ސީރިއަސް ކަމުން ނަވާރް ނުތަނަވަސް ވާން ފެށިއެވެ.
“ތިއީ ތިއީ އިވާންގެ ދަރިފުޅުތަ؟” އުނދަގުލުން ނަމަވެސް އިސްރާ އަހާލިއެވެ. ނަމަވެސް ނަވާރް ނޫނެކޭ ބުނެފައި އޭނާގެ ބައްޕައަށް ކިޔަނީ ނާފިއުއޭ ބުނަން އުޅެނިކޮށް އެއީ އޭނާގެ އަސްލު ބައްޕަނޫންކަން އެނގުމާއެކު ހުއްޓުން އެރިއެވެ.
އިސްރާގެ ސުވާލުން އެންމެނަށްވެސް ހައިރާންކަން ލިބުނެވެ. މާނީވެސް ހައިރާންވެފައި އިސްރާއަށް ބަލާލިއެވެ. އެއަށްފަހު ނަވާރްއަށް ބަލާލުމުން އެ މޫނު މަތިން އިވާންއާ ވައްތަރުކަން ފާހަގަވެގެން ދިޔައެވެ.
“ހޫ އިޒް އިވާން؟” އަލައިކާ އައިރާ ގާތު ސިއްރު ސިއްރުން އެހުމުން ނޭންގެއޭ ބުނެ ކޮނޑު ހިއްލާލިއެވެ. ދުވަހަކުވެސް އިވާންއޭ ކިޔާ މީހެއްގެ ނަން މަންމަމެން ދައްކަނިކޮށެއް އައިރާއެއް ނާހައެވެ.

ނަވާރްއަށް ހުއްޓުން އަރާފައި އިނދެވުނެވެ. އޭނާގެ އަސްލު ބައްޕައަށް ކިޔަނީ އިވާން ހެއްޔެވެ؟ މަންމަ ކޮބާ ހެއްޔެވެ؟ އިސްރާއަށް އިވާން އިނގެނީ ކިހިނެއްޔެވެ؟ އެތައް ސުވާލެއް އެއް ފަހަރާ ހިތުގައި އުތުރި އަރައިގަތެވެ.

“އޯ މައި ގޯޑް. ނަވާރްގެ ތީ ހަމަ އިވާންގެ ލޯ. އެންްްްްޑް މޫނު މަތިންވެސް ހަމަ އިވާން” މާނީއަށްވެސް ނީންދެވިގެން ބުންޏެވެ.

ނަވާރްގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނާ ހަމަ އޭނާގެ އަސްލު ބައްޕައާ އެހާ ވައްތަރީ ހެއްޔެވެ. ނޫނެކެވެ. މާނީމެންނަށް އޮޅުނީއެވެ. ފަހަރުގައި އެދައްކަނީ އޭނާގެ ބައްޕަގެ ވާހަކައެއް ނޫންކަންނޭންގެއެވެ. “އިވާން” ނަވާރްއަށް ވައި އަޑުން ކިޔާލެވުނެވެ. “ދައްތައަށް ހަމަ ޔަގީންތަ އަހަރެން ދައްތަ ތިބުނާ މީހާއާ ވައްތަރުކަން؟” ނަވާރް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އެހިއެވެ. އޭނާގެ ހިތް ނެގިނެގިފައި ބާރަށް ތެޅެމުން ދިޔައެވެ. އިސްރާ ޔަގީންކަމާއެކު އާނއެކޭ ބުނެ ބޯޖަހާލިއެވެ.
ކެއްކުރަން ބޭނުންވިއަސް ނަވާރްގެ ލޮލުން ކަރުނަތައް އޮހި ގަތެވެ. ކޮޅަށް އިންނަން ދަތިވުމާއެކު އޭނާއަށް އިށީންދެވުނެވެ. ކަންބޮޑުވެފައި ހުރެ ޔާޒް ވެސް އިށީނެވެ. ނަވާރްގެ މޫނަށް ބަލާލަމުން ޔާޒް ދެތިން ފަހަރު ނަވާރްއަށް ގޮވާލިއެވެ.
އައިރާއާއި އަލައިކާވެސް ނަވާރް ގާތަށް އައެވެ. ނަވާރް ރޯން ފެށުމާއެކު އިސްރާމެން ހައިރާންވިއެވެ. އެންމެގެ ހިތުގައިވެސް އެތައް ސުވާލެއް އުފެދިގެން ދިޔައެވެ.

ނަވާރް ރޯތަން ފެނުމާއެކު ނޭންގޭ ރިހުމެއް ޔޫސުފްގެ ހިތަށްވިއެވެ. އެދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެދޭން ބޭނުންވިއެވެ. ނަވާރް ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކަކާއެކު އެހިތަށް ތޫނު އެއްޗެއް ހަރާލާހެން ހީވިއެވެ. އޭނާގެ ހިތަށް ވަމުން ދިޔަ ގޮތުން ޔޫސުފް ބިރުގަތެވެ. އޭނާ ބޭނުންވީ ނަވާރް ނުފެންނަ ހިސާބަށް ގޮސް ދުވެ ފިލާށެވެ.

ނަވާރް ހަމައަކަށް އެޅިލުމަށްފަހު ކުރުގޮތަކަށް ހަމްދާމެންގެ ވާހަކަ ކިޔައިދިނެވެ. އޭނާ މާލެއައީ އަސްލު މައިންބަފައިން ހޯދަން ކަމުގައިވެސް ބުންޏެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބިވެވުނީ 2

Next

ތެދުވެރި ލޯބި -1

Next
October 28, 2019

ތެދުވެރި ލޯބި -1

Previews
October 28, 2019

ލޯބިވެވުނީ 2

15 Comments!

  1. Kiyara says:
    October 28, 2019 at 2:29 pm

    Salam all Here is the 9th part of raastha season2. Last part ah vure mi bai kuruvaane. 1000+ liyevunyma hithah ery uo kohllany ey. Next part ves vyhaaves avahakah up kohdhevythi try kuraanan.

  2. Kairaa says:
    October 28, 2019 at 2:46 pm

    Me first dhw….vvvvvv reethi mi part vx…..

    1. Kiyara says:
      October 29, 2019 at 8:01 pm

      Yweah dear ure First.thanks

  3. M@!r@ says:
    October 28, 2019 at 4:54 pm

    Varah reethi

    1. Kiyara says:
      October 29, 2019 at 8:02 pm

      Thanks dear

  4. aisher_ahmed says:
    October 28, 2019 at 7:12 pm

    kiyaa loabii…kiyaa ge kuryge raasthaa vaahaka ahvuren mi vaahakaiga haaadha sifakuruntha nethey…ehen vaahaka thakugai huri rrethi sifakurun thah mi vaahakaiga vess beynun kuraane kamah varah ummeedhu kuran….pi part thah hadiekey nubunan ekam sifakurun ithuru khlaifinama varahvess reethi vaaney bunelaany…and good luck…never stop writing stories and bunaashe loabi nuvanyhey ge 2nd part vess nikunnaane kamah ummeeedhu kuran…adhivess ehfaharu gud luck…try your best

    1. Kiyara says:
      October 29, 2019 at 8:03 pm

      Thanks dear. Varah ufaavehjje faahaga kohla dhinyma. Kuriah huri baithakuga ekanthah rangalhu kohleveytho try kuraanan. Once again thanks

  5. Meekkomee says:
    October 28, 2019 at 7:52 pm

    Woww…. Masha Allah ?????? varah varah Reethi ingyy ?????? whn is next part ?? luv it ?????? curiously waiting for it ?????? LYSM siss❤️❤️❤️❤️❤️❤️❤️??????one of my favourite ????❤️❤️❤️

    1. Kiyara says:
      October 29, 2019 at 8:04 pm

      Thanks dear.ly2

  6. Yanaa says:
    October 29, 2019 at 12:34 pm

    Mi part varah varah varah reethi ingey…maa sha allah..waiting for the next part..

    1. Kiyara says:
      October 29, 2019 at 8:05 pm

      Thanksss dear

  7. NauSh says:
    October 29, 2019 at 9:57 pm

    kbaa part 7

  8. Mimee says:
    October 30, 2019 at 8:59 am

    Yaaz ah ves Yoosuf ah ves nawaar kamudhanee???dhn kaakahba libeyny???v reethi vaahaka eh

  9. pengiun says:
    October 30, 2019 at 12:53 pm

    v reethi but v gina kuh bas thah hurikan faahagavey..mifadha vaahaka thakaky dhivehi baha onna loabi ithuru kuruva ecchakah vee iru mi fadha vaahaka thah genesdhay iru kuh bas thah beynun kurevenyya bahah edheveny v bodu aniyaa eh….faharugai vedhaane olhumakun kamahves..ehenveeyaa e bas thah ragalhu kollun emme ragalhu gothaky……faahaga kuevunu v bodu kuh baheh ‘meekee’ …dhen hurun onun othunves nubai koh ebbai than thaaga beynunkoffa hury…ummeedhu kuran mi kan kan raglhu kollaane kamah

  10. Near?niaa says:
    October 30, 2019 at 7:53 pm

    Oh Kiyaaaaaaaaaaara stry is brilliant ?????

Comments are closed.

Next Episodeރާސްތާ2 ދިހަވަަނަބައި←


All Right Reserved!