Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 އެގާރަވަނަބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
November 3, 2019 6 Mins Read
15 Comments

އަލައިކާއަަށް ހީވަމުން ދިޔައީ އޭނާ ހިތުގެ ހާލަތު ލަވައެއްގެ ސިފައިގައި އަލްޔަސް ކިޔަމުން ދިޔައެވެ. އަލްޔަސްގެ ފިރިހެންވަންތަ އަޑުން އެލަވަ ތާނިޔާއަށް ކިޔައިދެމުން ދިޔައިރު އަލައިކާގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. ސްޓޭޖްމަތީ ބަހައްޓާފައި ހުރި ގޮނޑިެއްގައި ބޮޑު ގިޓައެއް ހިފައިގެން އަލްޔަސް އިން އިރު އަލްޔަސްގެ ކުރިމައްޗަށް ވާ ގޮތަށް މައިކެއް ހުއްޓެވެ. އަލްޔަސްއާ އިން ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި ތާނިޔާ އިނެވެ. ލަވަ ކިޔަމުން ދިޔަ ގަޑީ ގިޓާކުޅެމުން އަލްޔަސްގެ ތޫނު ނަޒަރު އަމާޒުވެފައި ހުރީ ތާނިޔާއަށެވެ. ތާނިޔާ ރަކިގޮތަކަށް ހީލައިގެން އިސްޖަހައިގެން އިނެވެ. އަލްޔަސް ތާނިޔާދެކެ ވާ ލޯބި އެ ބެލުމުންވެސް އަލައިކާއަށް އިނގިގެން ދިޔައެވެ.
***
ގިޓާ ހިފައިގެން އަލްޔަސް ގޮސް ގޮނޑީގައި އިށީނުމާއެކު ތަނުގައި ދިއްލާފައި ހުރި ބޮކި ނިވިފައި އަލްޔަސްއަށް ވަކިން އަލި އެޅުވުނެވެ. ގިޓާގެ ނަރުތަކާ ކުޅެމުން ތާނިޔާއަށް ބަލާލި އަލްޔަސްއަށް ފެނުނީ ތާނިޔާގެ ބަދަލުގައި ރަކި ހިނިތުންވުމެއްގައި އިން އަލައިކާއެވެ. ކަޅު ކުލައިގެ ޝޯލްތެރެއިން އަލައިކާގެ ދޮން މޫނު ފެންނަމުން ދިޔައީ ސާދަވިލޭރޭގެ ހަނދު ފަދައިންނެވެ. މޫނުގައި އެއްވެސް މޭކަޕެއްކޮށްފައި ނެތް އިރުވެސް އެރީތިކަން ފަނޑު ނުވެއެވެ. އަލައިކާގެ ޖާދުވީ ދެލޮލަށް ބަލަހައްޓައިގެން ހުރެ އެ ވަގުތު ހިތަށް އައި ލަވަ އަލްޔަސް ކިޔާލިއެވެ. އޭނާގެ ނަޒަރު އެންމެ ފަހަރަކުވެސް އަލައިކާ އިން ވަކި ނުކުރެއެވެ. ލަވަ ނިންމާލާފައި އަލްޔަސް އަލައިކާގެ އަތްތިލަ ނަގައި އެއަތުގައި ބޮސްދިނެވެ.
އަލްޔަސް އޭނާގެ އަތްތިލާގައި ބޮސް ދިނުމާއެކު ތާނިޔާގެ މުޅި މޫނު އެކީ ރަތްވެގެން ދިޔައެވެ. ރަކި ގޮތަކަށް ފަހަތް ބަލާލަމުން ނިއްކުރި މައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅު އެއްފަރާތްކޮށްލިއެވެ.
ހަފްލާގެ ބައިވެރިންނަށް ނަޒަރެއް ދީފައި އަލައިކާއަށް ބަލާލި އަލްޔަސް ސިހުނީ އަލައިކާގެ ބަދަލުގައި ތާނިޔާ ހުރުމުންނެވެ. އަލްޔަސް ދެލޯ މަރާ ބާރުކޮށްލުމަށްފަހު ދެފަރާތަށް ބޯ ހަލުވާލިއެވެ. އޭނާއަށް އެވީ ކިހިނެއްތޯއޭ ހިތާހިތުން ސުވާލުކުރެވުނެވެ. ތާނިޔާގެ ބަދަލުގައި އަލައިކާ ފެނުނީ ކީއްވެބާއެވެ. ތާނިޔާއަކީ އޭނާގެ ލޯބިވެރިޔާއެވެ. އަލައިކާއަކީ އިހަކަށް ދުވަހު އޭނާއާ އެކުވެރިވި އަންހެންކުއްޖެކެވެ. އޭނާގެ ހިތުގައި އަލައިކާއާ މެދު އިހްސާސްތަކެއް އުފެދިއްޖެކަން ސިކުނޑީގެ ކަނަކުން އެންގުމާއެކު އަލްޔަސްގެ ހިތަށް ނުބައި ގޮތެއްވިއެވެ. ލޯބިވާ ލޯބިވެރިޔާ ހުއްޓާ އެ އަންހެން ކުއްޖާއަށްޓަކައި އޭނާގެ ހިތުގައި އިހްސާސް އުފެދުމުން އަލްޔަސްއަށް ބޭވަފާތެރިކަން އިހްސާސް ކުރެވުނެވެ. ބޭވަފާތެރިއެއްގެ ލަޤަބު ލިބޭކަށް އަލްޔަސް ބޭނުމެއް ނޫނެވެ. ލަވަކީ ގަޑީ ތާނިޔާގެ ބަދަލުގައި އަލައިކާގެ ސޫރަ ފެނުނީ އެރޭ އަލައިކާ އެތަނުން ފެނުމުން ކަމަށް އަލްޔަސް އަމިއްލަ ހިތަށް ވިސްނައި ދިނެވެ.

އައިރާގެ އަތުގައި ބާރަށް ހިފަހައްޓައިގެން އަލައިކާ ފުންކޮށް ނޭވާލަމުން ދިޔައެވެ. އެއްވެސް ހާލެއްގައި ބަލިކަށިވެ ރޯކަށް އޭނާ ބޭނުމެއްނޫނެވެ. ހިތްކުދި ކުދި ވެފައިވީ ނަމަވެސް ހިތްވަރު ކުރަން އަލައިކާ ބޭނުމެވެ. މިހާ ހަމައަކަށް އަޅުވާލުމަށްފަހު އަލައިކާ އިސް އުފުލާލިއެވެ. އޭރު ތާނިޔާ އަލްޔަސް އަތުގައި ހިފައިގެން ސްޓޭޖުން ފައިބަނީއެވެ. އަލައިކާ ނޫންކަމަށް ހަދާފައި ދުރު ބަލަން ފެށިއެވެ.
އަލައިކާ ފޯނު ރިންގްވާން ފެށުމާއެކު ފުންނޭވައެއް ދޫކޮށްލުމަށްފަހު ގުޅަނީ ކާކުތޯ ބެލިއެވެ. ޔޫއާންއަށް ވުމުން އަވަހަށް ޖަވާބުދިނެވެ. ޔޫއާންގެ ފޯނު ކޯލު ނިންމާލިއިރު އަލައިކާގެ މޫނު މަތިން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. ލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. އައިރާއަށް ބަލާލަމުން ކަރުނަތައް ހިންދާލުމަށްފަހު އަލައިކާ ހިނިތުންވެލިއެވެ. “ޔޫއާން ބުނީ އަލްޔަސްއާ ތާނިޔާގެ ކުޑަ އިންޓަވިއުއެއް ނަގައްޗޯ” ގަދަކަމުން ހިނިތުންވަމުން އަލައިކާ ބުންޏެވެ.

ނަވާރް ގޮވައިގެން ޔާޒް ދިޔައިރު ނަވްޔާއާ މާއިޒް ސިޓިންރޫމްގައި އުއްބަތި ދިއްލައި އުޅުނެވެ. ސޯފާ އޮށޯވެލައިގެން ޒާޔާ އޮތެވެ. ނަވާރް ވަނުމާއެކު ކުރަން ހުރި މަސައްކަތް ދޫކޮށްފައި ނަވްޔާ ނަވާރް ގާތަށް އައެވެ. ޒާޔާ ސޯފާގައި އިށީންދެފައި ނަވާރްއަށް އިށީންނަށް ތަންދެއްކިއެވެ. ނަވާރް ގާތު އެބަ އަންނަން ކަމަށް ބުނެފައި ޔާޒް ގޮސް ވަނީ ކޮޓަރިއަށެވެ. ޔާޒް ވަނުމާއެކު ޒާޔާ ނަވާރްއާ ވާހަކަ ދައްކަން ފެށިއެވެ. ވައި އަޑުން ޒާޔާ ވާހަކަ ދައްކަމުން ދިޔަ ގޮތުން ނަވާރްއަށް ހެވުނެވެ.

ކަރަންޓް ބޯޑުތައް ހުންނަ ބަޔަށް ގޮއްސައި ޔޫސުފް ބެލިއިރު ހުރިހާ ބަޔަކަށް ކަރަންޓްދޭ ބްރޭކަރު އިނީ ވެއްޓިފައެވެ. ޔޫސުފް އޭތި ރަނގަޅު ކުރުމާއެކު މުޅިގެއަށް އަލުން ކަރަންޓް އައެވެ. އޭނާ ދިރިއުޅޭ ބަޔަށް ދިއުމުގެ ބަދަލުގައި ޔޫސުފް ދިޔައީ ޔާޒްމެން ބަޔަށެވެ. ނަވާރްގެ ހާލު ބަލާލަން ހިތް އެދުނު ވަރުންނެވެ.

ކަރަންޓްއައުމާއެކު ނަވާރްއަށް ދެލޯ މަރާލެވުނީ އަލިގަދަވީ ވަރުންނެވެ. އަނދިރިއަށް ހޭނިފައި ހުއްޓައި އަލިވުމުން އޭނާގެ ލޮލަށް އުނދަގޫވީއެވެ.
ޔާޒް ކޮޓަރިން ނުކުމެގެން އައިއިރު ހުރީ އެއްޗިހި ބަދަލުކޮށްގެންނެވެ. ޔާޒް އައިސް ނަވާރް ގާތު ސޯފާގައި އިށީންދެފައި ޓީވީ ހުޅުވާލުއެވެ. އޭރު ޓީވީއިން ދައްކަމުން ދިޔައީ ތާނިޔާގެ އާ އާލްބަމް ނެރޭ ހަފްލާގައި އަލްޔަސް ލަވަކިޔަން ހުރި ތަނެވެ. އަލްޔަސް ލަވަ ކިޔާތަން ފެނުމުން ޔާޒް އަނގަޔަށް ގޮތެއް ހަދާލިއެވެ.
ޔޫސުފް އައިސް ޓަކި ޖެހުމާއެކު ނަވްޔާ ދޮރު ހުޅުވިއެވެ. ޓީވީން އަންނަމުން ދިޔަ ލޯބީގެ ލަވަ ކަންފަތުގައި ޖެހުމާއެކު ޔޫސުފްއަށް ބަލާލެވުނީ ނަވާރްއާ ދިމާއަށެވެ. އިސްޖަހައިގެން އަތުގެ އިނގިލިތަކާ ކުޅެން ހުރިއިރު އެމޫނު މަތިން މައުސޫމްކަން ފެންނަން ހުއްޓެވެ. ޔޫސުފް އެއް މިޔައަކުން ހީލާފައި ގޮސް ޔާޒްއާ ޖެހިގެން އިށީނެވެ. ޓީވީ ރަނގަޅަށް ބަލާލިއިރު އަލްޔަސް ލަވަ ކިޔާތަން ފެނުމުން ޔޫސުފްއަށްވެސް ވައްތަރެއް ޖައްސާލެވުނެވެ. “މި ގޮލާ ލަވަ ވެސް ކިޔާތަ ގުޑް ފޯ އަލް” ނަވްޔާ ނެތްކަން ޔަގީންކޮށްފައި ޔޫސުފް ބުނެލިއެވެ. ޔޫސުފްގެ ވާހަކައާ އެއްބަސް ވުމުގެ ގޮތުން ޔާޒް ބޯޖަހާލިއެވެ. ލަވަކިޔާ ނިންމާފައި އަލްޔަސް ތާނިޔާގެ އަތްތިލަައިގައި ބޮސް ދިނުމާއެކު ޔޫސުފްއާ ޔާޒްގެ އަނގަ ހުޅުވިގެން ދިޔައެވެ. ލަވަ ނިމުމާއެކު އެޓީވީން އެހަފްލާއަށް ގޮސް އިން ކުއްޖާ ކުޑަގޮތަކަށް ހަފްލާގެ ކަންކަން ދިޔަ ގޮތް ކީއިރު ތާނިޔާއާ އަލްޔަސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ތާނިޔާ އެތަނުގައި އިއުލާން ކުރިކަމަށް ބުނުމާއެކު ޔޫސޫފްއަށާ ޔާޒްއަށް ކުޑަވަރެއްގެ ޝޮކެއް ލިބުނެވެ. ދެމީހުންނަށްވެސް ވައިއަޑުން އަލައިކާގެ ނަން ކިޔާލެވުނެވެ. “އޯނޯ މީޖެންގަ އޮތް އެއްޗެއްތަ؟ ޑޭމް އިޓް އަލް ވީ އެތަނުގަ” އެއީ ހޮޓެލްޖެންކަން އެނގުމާއެކު ޔާޒް ބުންޏެވެ. އަލައިކާ އެރޭ ދިޔަ ހަފްލާއަކީ އެއީކަން އެނގުމާއެކު ޔޫސުފްއާ ޔާޒްގެ ހިތް ހަމްދަރުދީން ފުރުނެވެ. ޔާޒް ފޯނު ނަގައި އައިރާއަށް ގުޅާލަމުން ސޯފާއިން ތެދުވިއެވެ. ކޮއްކޮގެ ހާލަކީ ކޮބައިކަން ނޭންގޭހާ ހިނދަކު އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
ނަވާރް ހިމޭނުން އިނުމުން ޔޫސުފްއަށް އުނދަގޫވިއެވެ. ކޮންމެސް ޖެއްސުމެއްކޮށްނުލާ ނީންދެވިގެން ބަދިގއަށް ވަދެ ފެންތަށްޓެއް ހިފައިގެން އައެވެ. ނަވާރްއާ ހަމައަަށް އަރާފައި އަރިއަޅާލީކަމަށް ހެދެމުން ފެންތަށި ނަވާރް ގަޔަށް އޮއްސާލިއެވެ. “އޫޕްސް ސޮރީ” ލާނެއް ގޮތަކަށް ހެވިފައި އިނދެ ޔޫސުފް މާފަށް އެދުނެވެެ. ނަވާރްގެ މޫނު ރަތްވެފައި ހުރިއިރު ރުޅިން ފަޅައިގެން ދާން އުޅޭހެން ހީވިއެވެ. “ޔޫ ސައިކޯ” ދެދަތްޕިލަ ޖައްސާ ބާރު ކޮށްފައި ނަވާރް ބުނެލިއެވެ. ޔޫސޫފް ހޭންފެށުމާއެކު ނަވާރްގެ ރުޅިގަދަވިއެވެ.އަތުން ގޯހެއް ނުހެދެނީސް ނަވާރް ސޯފާއިން ތެދުވެގެން އެބައިން ނިކުމެގެން ދިޔައެވެ. ހިތާހިތުން ޔޫސުފްއަށް އެތިވަރު ގޮވަމުންނެވެ.
ފޯނު ކޯލު ނިންމާފައި އައި ޔާޒް ނަވާރް ނެތުމުން ޔޫސުފްއާ ސުވާލުކުރިއެވެ. އޭނާ އަތުން ނަވާރް ގަޔަަށް ފެން އެޅިގެން ގޮއްސިކަމަށް ބުނުމުން ޔާޒް ޔޫސުފްއާ ދިމާއަށް ލޯއަޅާލިއެވެ. ޔޫސުފް ހެވިފައި އިން ގޮތުން އެއީ ގަސްތުގައި ކުރިކަމެއްކަން ޔާޒްއަށް އެނގުނެވެ. “ކަލޭއަށް ހަމައަަށް ނީންދެވޭ ދޯ ނަވާރްއަށް އުނދަގޫ ކޮށްނުލައެއް. ޕިސްޕިސް. އޭ މަމިދަނީ އަލްމެން ބަލާ ބޭނުންތަ ދާން؟ އައިރާ ބުނި އަލް އެހާ އޯކޭއެއް ނޫނޯ!” ކައްޓެއް ޖެހުނު ފަދައިން ޔޫސުފް ސޯފާއިން ތެދުވެފައި ޔާޒްއާއެކު ދާނަން ކަމުގައި ބުންޏެވެ.

ހިތްމަތީ ގާގަނޑެެއް ބާއްވައިގެން އަލައިކާ އަލްޔަސްއާ ތާނިޔާގެ އިންޓަވިއުއެއް ނެގިއެވެ. މޫނު މަތިން ހިނިތުންވުން ދައްކައިގެން ހުއްޓެއް ކަމަކު އެހިތް ކަރުނައަޅާ ރޮމުން ދިޔައެވެ. އަލައިކާގެ އަޑު ކުރަކިވެފައި ހުރިއިރު ލޯވެސް ހުރީ ކޮންމެސް ވަރަކަށް ރަތްވެފައެވެ. ބޭނުންވާ ސުވާލުތައް ކުރެވުމާއެކު އަލައިކާ މައިކް އޮފްކޮށްފައި ދުރަށް ހިނގައިގަތެވެ. އަލްޔަސް ގޮވާލުމުންވެސް އަޑުނީވޭކަމަށް ހަދާފައި އަލައިކާ ދިޔައައެވެ.

އަލައިކާ މަޑުވެސް ނުކޮށް ދިއުމުން އަލްޔަސްގެ ހިތްދެރަވިއެވެ. އަލައިކާ ތާނިޔާއަށް ތައާރަފުކޮށްދޭން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ. އަލައިކާ މޫނަށް އައިސްފައި ހުރި ބަދަލުވެސް އަލްޔަސްއަށް ފާހަގަވިއެވެ. އަލައިކާއަށް ވީގޮތް ހޯދުމަށް އޭނާގެ ހިތްއެދެންފެށިއެވެ.

ޔާޒް ގުޅާފައި ބޭރުގައި ކަމަށް ބުނުމުން އައިރާ އަލައިކާ ގޮވައިގެން ނިކުތެވެ. އަނގައިން ބަހެއް ބުނުމެއް ނެތި އަލައިކާ ގޮސް ކާރަށް އެރިއެވެ. ޔޫސުފްއާ ޔާޒް އަލައިކާއަަށް ބަލާލާފައި އެއްޗެކޭ ނުބުނީ އަލައިކާ ދެރަވެފައި ހުރުމުންނެވެ. ނުރޯން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އިރިއިރު ކޮޅާ ނޭފަތްވެސް ދަމާލައެވެ. އައިރާ ކާރަށް އެރުމާއެކު ޔާޒް ކާރު ދުއްވާލިއެވެ.

އަތުގައި އޮތް ފޮޓޯ ގަނޑަށް ނަޒަރު ހުއްޓައިގެން ހުރިއިރު އިވާންގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ލޯބިވާ ދަރިފުޅު ދުނިޔެއަށް އުފަންވި ދުވަހު ނަގާފައިވާ އެފޮޓޯ ވަރަށްވެސް ފުރިހަމައެވެ. ލައިޝާ އަތުގައި އަރާމުކޮށް ދަރިފުޅު ނިދާފައި އޮތް އިރު ލައިޝާ ކޮނޑުގައި އަތް ވަށައިގެން ހެވިފައި ދަރިފުޅަށް ބަލަން އިވާން ހުއްޓެވެ.
އިވާން ލޮލުން އައިސް ވެއްޓުނު ކަރުނަތިކި ޖެހުނީ ފޮޓޯގަނޑުގައެވެ. އިވާން ފޮޓޯ ގަނޑުގައި ތުންފަތް ޖައްސާލުމަށްފަހު އަތުތެރޭގައި ބޮނޑި ކޮށްލިއެވެ. “އައި މިސް ޔޫ މައި ޕްރިންސެސް. ކޮންމެތާކު ހުރި ނަމަވެސް ދަރިފުޅު ހެޔޮހާލުގައި ވާނެ ކަމަށް އުއްމީދު ކުރަން” އިސްރާ ހަމްދާއާ ނާފިއުއާ ހަވާލުކުރުމަށްފަހު އިވާން ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރިއެވެ. ދަރިފުޅާ ވީހާވެސް ދުރަށް ދާން އިވާން ބޭނުންވީ އެދަރިފުޅު ރައްކާތެރި ކުރުމަށެވެ. މާޒީގައި އޭނާއަށް ހެދުނު ގޯހުގެ ސަބަބުން އޭނާގެ އަންހެނުން ދުނިޔެއާ ވަކިވެ ލޯބިވާ ދަރިފުޅުގެ ފުރާނައަށް ނުރައްކާވީއެވެ. އޭނާގެ ދުޝްމިނުން ކިބައިން އިސްރާ ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތަކީ އެދަރިފުޅާ ވީހާވެސް ދުރަށް ގޮސްގެންނެވެ. އެކަމުން އޭނާގެ ހިތް ކުދި ކުދި ވީ ނަމަވެސް އެދަރިފުޅުގެ މިސްތަޤްބަލާ މެދު ވިސްނާފައި އެފިޔަވަޅު އަޅަން އޭނާއަށް މަޖުބޫރުވީއެވެ. އެމީހުން ދިން އިންޒާރުތަކަށް ބީރު ކަންފަތެއް ދިނުން ވެގެން ދިޔައީ އޭނާގެ އަންހެންނުންގެ ނިމުމަށެވެ. ލޯ ކުރިމަތީގައި ލައިޝާގެ ފުރާނަ ނަގާލިއިރު އޭނާ ހުންނަން ޖެހުނީ ގޮތްހުސްވެެފައެވެ. ބެލުން ނޫން ކަމެއް ނުކުރެވުނެވެ. އިސްރާއަށް އެހެން ވާކަށް އިވާން ނޭދެއެވެ. ލައިޝާ މިދުނިޔެއަށް އެންމެ ފަހުގެ ނޭވާ ދޫކޮށްލީ އޭނާ ގާތު އެދަރިފުޅަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދޭން އެދިފައެވެ. ދުނިޔޭގެ އަނިޔާވެރިކަމުން އެދަރިފުޅު ރައްކާތެރިކޮށްދިނުމަށް އެދެމުންނެވެ. ނާފިއުއާ އިސްރާ ހަވާލު ކޮށްފައި މާލެއިން ބޭރަށް ދިއުމަށް އެދުނީ އިވާންއެވެ. މާލޭގައި އުޅެއްޖެނަމަ ދުޝްމަނުން ކޮންމެ ގޮތަކުންވެސް އޭނާގެ ދަރިފުޅަށާ ނާފިއުގެ އާއިލާއަށް ގެއްލުން ދީފާނެތީއެވެ.

ގެއާ ހަމައަށް ދެވުނު އިރުވެސް އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. ޔާޒް ހަމަ ކާރު މަޑުކޮށްލުމާއެކު އަލައިކާ ފައިބައިގެން ދިޔައެވެ. އަލައިކާ ފަހަތުން ޔޫސުފް ދާން އުޅުމާއެކު އެކަން ހުއްޓުވީ ޔާޒްއެވެ. އަލައިކާ އެކަނި އެހަަށް ދޫކޮށްލުމަށް ޔާޒް ބުންޏެވެ. ޔޫސުފް ބޯޖަހާލުމަށްފަހު ކާރުތެރޭގައި މަޑު ކުރިއެވެ.

އިސްޖަހައިގެން ކޮޓަރިއާ ދިމާއަށް ދިޔަ އަލައިކާއަށް އަކްމަލް ގޮވާލިއެވެ. އޭނާ ސިޓިން ރޫމްގައި ހުއްޓައި ގޮވާނުލާ އަލައިކާ ނުދާނެއެވެ. އަކްމަލް ގޮވާލުމުންވެސް ޖަވާބެއް ނުދީ އަލައިކާ ދިއުމުން އަކްމަލްއަށް ހައިރާންކަން ލިބުނެވެ. އަލައިކާ މާ ބޮޑަށް ވަރުބަލިވީއޭ ހިތަށް އަރުވާލަމުން އަކްމަލް އޭނާ ކުރަން އިން މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

އަލައިކާ ހިތްފުރެން ދެން ރޯލުމަށްފަހު ފާޚާނައަަށް ވަދެ މޫނު ދޮވެލައިގެން ނިދަން ތައްޔާރުވެގެން ނިކުތެވެ. އެނދަށް އަރާފައި ފޯނު ބަލާލިއިރު އަލްޔަސް މެސެޖްކޮށްފައި ހުއްޓެވެ. މެސެޖްތައް ނުބަލާ އެ ޑިލީޓްކޮށްލުމަށްފަހު ނިދޭތޯ ދެލޯމަރާލިއެވެ.

ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނިމިގެން ދިޔައީ ނިއުރޭޑިއަންޓް ޗެމްޕިއަން ކަން ނަގައިގެންނެވެ. އެމީހުން ފަހު މެޗުތައް ކާމިޔާބު ކުރުމުގައި ޔޫސުފްގެ ހިއްސާ ވަރަށް ވެސް ބޮޑެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ގިނަ މެޗުތަކުގައި އަރައި އޭނާ ވަނީ ނިއުރޭޑިއަންޓް މޮޅު ކޮށްދީފައެވެ. ލީގު ޗެމްޕިއަންކަން އަލްޔަސްމެން ޓީމަށް ނުލިބުނަސް ގަދަ ހަތަރެއްގައި ލައްވާލާއިގެން އޭޝިއާ ޗެމްޕިއަންސް ލީގަށް ކޮލިފައިވިއެވެ. ލީގުގެ މޮޅު ކުޅުންތެރިޔާއާއި ރަންބޫޓް އަލްޔަސްއަށް ލިބުނެވެ. އޭނާވަނީ ތިން މެޗުގައި ހެޓްރިކް ހަދާފައެވެ. އަލްޔަސްމެން ޓީމު އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗުތައް ބަލަން ތާނިޔާ ދިޔައެވެ. މީޑިއާ ގެ ސަމާލުކަން ރަނގަޅަށް ވެސް އަލްޔަސްއާ ތާނިޔާގެ ޖޯޑުހޯދިއެވެ. ސެލެބްރިޓީ ޝޯވތަކަށް އެދެޒުވާނުން ގެންދަން ފެށިއެވެ.
އަލްޔަސްއާ އަލައިކާގެ އެކުވެރިކަން ހީނަރުވެފައޖ ވީ ނަމަވެސް ކޮންމެސް ވަރަކަށް އަލައިކާ އަލްޔަސްއާ ވާހަކަ ދައްކައެވެ. ހިތުގައި އަލްޔަސްއަށް ޓަކައި އުފެދިފައި ވި އިހްސާސްތައް ބޭޒާރުވެދާނެ ކަމުގެ ބިރަށް އަލްޔަސްއާ ވާހަކަ ދައްކަން އަލައިކާއަށް މަޖުބޫރުވިއެވެ. އުޅެން ޖެހޭ ދާއިރާގެ ގޮތުން އަލްޔަސްއާ ކުރިމަތި ނުލައެއްވެސް ނޫޅެވެއެވެ.
މަސައްކަތުގައި އުޅުމުގެ ތެރެއިން އަލައިކާ ޒެވިއަންއާ ވެސް ކުރިމަތިލާން ޖެހުނެވެ. ފުރަތަމަ ދުވަސްކޮޅު އުނދަގޫވީ ނަމަވެސް ފަހުން ފަހުން އަލައިކާ ހޭނުނެވެ.

އައިރާގެ ލޯބީގެ ދުނިޔެއަށް ކަޅު ވިލާތައް އަނެއްކާވެސް ބޯކުރިއެވެ. ޔާޒްއާ ޔޫސުފްއާއެކީ ގިނަ ވަގުތު އައިރާ ހޭދަކުރާތީ އެކަމާ ހިތްހަމަ ނުޖެހުނީއެވެ. އައިރާގެ އެންމެ ގާތް ދެއެކުވެރިންނާ ވާހަކަ ދެއްކުން ޝާރިމް މަނާ ކުރިއެވެ. ވަކިން ޚާއްސަކޮށް ޔާޒްއާއެވެ. އައިރާ ކިތަންމެ ދެރަވި ނަމަވެސް ޝާރިމްދެކެ ވާ ލޮތްބެއްގެ ސަބަބުން ޝާރިމް އެދުނު ގޮތަށް އައިރާ ކަންތައް ކުރިއެވެ. އޮފީހުގައި ބުރައީ ކަމަށް ބުނެ ޔާޒްގެ މެސެޖްތަކާ ކޯލްތަށް ޖަވާބުދިނުން ހުއްޓާލިއެވެ. އައިރާގެ ދުރުކަން އިހްސާސް ކުރެވިގެން ޔާޒް އެގެއަށް ދިއުމުންވެސް އައިރާގެ ފަރާތުން ފެނުނީ ދުރުކަމެވެ. ޔާޒްއާ ވާހަކަ ދެއްކީ އަހާން މެދުވެރިކޮށެވެ. އައިރާގެ އެދުރުކަމުގެ ފަހަތުގައި ޝާރިމްގެ އަތެއް ވާކަން ޔާޒްއަށް ރޭކާލީ އެގެއަަށް ދިޔަ ދުވަހު އައިރާ ކަންތައް ކުރިގޮތުންނެވެ. ޝާރިމްއަށް ވުރެ ޔާޒް ރުޅިއައީ އައިރާދެކެއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބޭވަފާތެރި އެކުވެރިޔާ

Next

ފިލްމީ ތަރި މަންމަ ޢާރިފާ ޢިބްރާހީމް

Next
November 3, 2019

ފިލްމީ ތަރި މަންމަ ޢާރިފާ ޢިބްރާހީމް

Previews
November 3, 2019

ބޭވަފާތެރި އެކުވެރިޔާ

15 Comments!

  1. Kiyara says:
    November 3, 2019 at 6:31 pm

    Salam deqr readers. Here is the 11th episode of raastha season2. Next part friday ga In Sha Allah hurihaa kiyuntherinnah ves mi bai kamudhiya kamah ummedhu kuran

  2. Ummu Xahaa Xaan says:
    November 3, 2019 at 6:33 pm

    Fathimath Shaarima Ismail kiyantha vvvv reethi????????

    1. Fathimath Shaarima Ismail says:
      November 3, 2019 at 6:57 pm

      Ummu Xahaa Xaan no

  3. Shy says:
    November 3, 2019 at 10:17 pm

    Haadha reechey Masha Allah
    Looking forward for the next part?❤❤

    1. Kiyara says:
      November 4, 2019 at 9:06 pm

      Thanksss dear♥️

  4. Meekkomee says:
    November 3, 2019 at 10:22 pm

    Varah Reethi ingyy ❤️❤️❤️ Masha Allah ???? waiting for the next part ?? luv yeahhhh ❤️?

    1. Kiyara says:
      November 4, 2019 at 9:07 pm

      Thanksss dear♥️ly2

  5. stripling says:
    November 3, 2019 at 11:08 pm

    i wish you would upload atleast twice or more than that within a week but okay. waiting to read the other parts soon.

    1. Kiyara says:
      November 4, 2019 at 9:08 pm

      Kiyara ves varah try kuran egithah genes dheveytho. Test dhuvaskolhuvyma regular koh nugeneveny test nimuny In Sha Allah thin dhuvasvaru genesdheveytho try kuraanan

  6. jiji says:
    November 4, 2019 at 1:11 pm

    v v gina parts ah comment nukurevi hingajje dhw kiyaa???…Sorry ingey..exam dhuvaskolhu v ma time kolheh libey irah kiyaalan…ekm vx v v rythi story gendhaa goiy masha allah?????❤??….kiyaa i missed u so much….Ly sis…plx reply this comment asap u c this???..ly <3

    1. Kiyara says:
      November 4, 2019 at 9:10 pm

      Thankss dear. Heheh itss ok ehenves vedhaane. Kiyara ah ves comments thakah reply kureveny varah lahun test there vymama. Varah ufaavehjje jiji ge comment eh ehaa dhuvaskohllafa fenunyma

  7. Kim jinnie?? says:
    November 4, 2019 at 4:52 pm

    Wow…. Maashaa Allah … vr reethi.. Alaika evarah dhera nukurahh chey… I really enjoyed this part… waiting for the next part…?????????????????????????

    1. Kiyara says:
      November 4, 2019 at 9:10 pm

      Thanksssss dear♥️

  8. yumnu says:
    November 8, 2019 at 9:36 pm

    kbaa next part miadhu friday ehnu

    1. Kiyara says:
      November 8, 2019 at 11:39 pm

      Dear mihaaru ihannane up kohllafa

Comments are closed.

Next Episodeރާސްތާ2 ބާރަވަނަބައި←


All Right Reserved!