Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 އަށާރަ ވަނަބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
November 24, 2019 7 Mins Read
15 Comments

އައިރާ އާދައިގެ ގޮތަކަށް ތައްޔާރުވެގެން ނުކުތެވެ. އޭނާގެ މޫނުން ރަތްކަން އަދިވެސް ނުފިލައެވެ. ދެލޯ ދުޅަވެފައި ހުރިއިރު ތުންފަތްވެސް ހުރީ ހިކިފައެވެ. އިސްރާ ތައްޔާރުވެގެން އައުމާއެކު އިސްރާއާއެކު ހޮސްޕިޓަލަށް ދާން އައިރާ ނުކުތެވެ.
***
އިސްރާއާއި އައިރާ ހޮސްޕިޓަލަށް ދިޔައިރު ހެނދުނު ސައިބޮއެގެން ޔާޒް އޮތީ ނިދާފައެވެ. ޔާޒް ގާތު މަޑުކޮށްގެން ތިބީ އަލައިކާއާއި ނަވްޔާއެވެ. ސޯފާގައި އިށީންދެގެން މިލާފައި ހުރި ނަވްޔާ ފެނުމާއެކު އައިރާއަށް އިސްޖަހާލެވުނެވެ. ކުށްވެރިކަން އައިސް އައިރާ ވަށާލަމުން ދިޔައެވެ. ހިތަށް އަރައިފައިބަމުން ދިޔަ އެއްޗިހިން އައިރާގެ ލޮލަށް ކަރުނަ ފާއްދާލިއެވެ. މީހަކަށް ފެނުމުގެ ކުރިން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ.

ތިން ދުވަސް ފަހުން ޔާޒް ހޮސްޕިޓަލުން ދޫކޮށްލިއެވެ. އޭރު ގައިގައި ހުރި ޒަޚަމްތައް ހުރީ ރަނގަޅުވެފައެވެ. ކޮންމެސް ވަރަކަށް ހިނގަން އުނދަގޫވީ ނަމަވެސް އޭނާގެ ހާލު ރަނގަޅެވެ. ޔާޒް ހޮސްޕިޓަލުގައި އޮތް ތިން ދުވަހު އެކަކުވެސް ދަނޑުގައި ވީކަންތަކާ ބެހޭ ގޮތުން ސުވާލެއް ނުކުރެއެވެ. ފަހުން ކިޔާދެނަމޭ ޔާޒް ބުނެފައި އޮތުމުން އަލައިކާވެސް ފަހުން ނާހައެވެ.
ނަސޭހަތް ދިނުމަށްފަހު ޝާރިމްވެސް ފުލުހުން ދޫކޮށްލިއެވެ. މިނިވަންވުމާއެކު ޝާރިމް އައިރާއަށް ގުޅިއެވެ. އެތައް ފަހަރަކު ގުޅައިގެންވެސް އައިރާ ފޯނެއް ނުނެގިއެވެ. މެސެޖް ކުރުމުން ޖަވާބެއްވެސް ނުދިނެވެ. ޝާރިމް ރުޅިގަދަވި ނަމަވެސް ކެއްކޮށްލީ އައިރާ އޭނާ ދެކެ ރުޅިއައިސްފައި ހުންނާނެކަން އެނގޭތީއެވެ. އެދެމީހުންގެ ގުޅުން އައިރާގެ އާއިލާއަށް ނޭންގި އޮއްވައި އޭނާ ގޮސް ޔާޒް ގައިގައި ތަޅައިގަތުމުން އެމީހުންގެ ސުވާލުތައް އައިރާއާއި އަމާޒުވާނެކަން ޔަގީނެވެ. ހަފްތާއެއް ވަރު ވީމާ އައިރާ އަމިއްލައަށް އޭނާއަށް ގުޅާނެކަން ޔަގީންވުމާއެކު ފަހުން ޝާރިމް އެކަމާ އަޅައެއް ނުލިއެވެ.

ޔާޒްއާއި ދެމެދު އޮތް ގުޅުން ރަނގަޅުވުމާއެކު ނަވްޔާ ހުރީ އުފަލުންނެވެ. އެއްވެސް ހުރަހަކާ ނުލާ ޔާޒް މިހާރު އޭނާއާ ވާހަކަ ދައްކައެވެ. ކަމެއް ބޭނުން ވެއްޖެނަމަ އަމިއްލައަށްވެސް ބުނެއެވެ. އޭނާއާއި އެއްފަދައިން މާއިޒްއާއި އޮތް ގުޅުންވެސް ވަނީ ރަނގަޅުވެފައެވެ. ނަވްޔާއެކޭ އެއްފަދައިން މާއިޒްވެސް ހުންނަނީ އެކަމާ އުފަލުންނެވެ.

މެޗަށް ފަހު ތާނިޔާ އަލްޔަސްގެ ކިބައިން މާފަށް އެދުނެވެ. އޭނާއަށް އަލުން އަލްޔަސްގެ ހަޔާތުން ޖާގައެއް ދިނުމަށް އާދޭސްކުރިއެވެ. ނަމަވެސް އަލްޔަސް ތާނިޔާއަށް އޭނާގެ ހަޔާތުން އިތުރަށް ފުރުސަތެއް ނެތްކަމަށް ބުނެ ދެމީހުންގެ އެކުވެރިކަމުގައި ވެސް ސިއްކަ ޖެހިއެވެ.

ޔާޒް ހޮސްޕިޓަލުން ދޫކޮށްލިތާ ދެވަނައަށް ވީ ދުވަހެވެ. ޔާޒްއަށް ހޭލެވުނުއިރު އޭނާގެ އެނދުމަތީ އިށީންދެލައިގެން އައިރާ އިނެވެ. އައިރާ ފެނުމާއެކު ސިހިފައި ޔާޒްއަށް އެނދުން ތެދުވެވުނެވެ. ޔާޒްއަށް ވީގޮތުން އައިރާ ގާތަށް ހިނިއައެވެ. ޔާޒްއަށް ފެނުމުގެ ކުރިން މޫނު މައްޗަށް ސީރިއަސްކަން ގެނުވިއެވެ. ދެބުމަ ގޮށް ޖަހާލަމުން މޫނަށް ރުޅިވެރިކަން ވެރިކުރިއެވެ.
އައިރާ އިން ގޮތުން ޔާޒްއަށް ހިންދިރުވާލެވުނެވެ. މިދުވަހާ ކުރިމަތި ލާން ޖެހޭނެކަން އޭނާ ހަނދާންނެތުނީއެވެ. ޔާޒް ނުވާކަމަށް ހެދެމުން ކޮޓަރީގައި އިތުރު މީހަކު ހުރިތޯ ބަލާލިއެވެ. “ކޮންމެހެން ބަލާނެކަމެއް ނެތް އަހަރެން އެކަނި މީނީ” ޔާޒް ކުރަނީ ކީއްކަން އެނގުމާއެކު ހަރުކަށިކަމާއެކު އައިރާ ބުންޏެވެ.
“މަށަށް އެނގޭ ތިކަން. އެކަމްވެސް ޔަގީންކޮށްލަން ވާނެތާ މިކަން ކުރުމުގެ ކުރިން!” އައިރާ ނުވެސް ވިސްނާ ހުއްޓާ ޔާޒް އައިރާ ގާތަށް ޖެހިލާފައި އޭނާގެ ކޯތާފަތުގައި ބޮސްދިނެވެ. އައިރާގެ ދެ ލޯ ވަގުތުން ބޮޑުވެ ކޯތާފަތަށް ޖަންބުކުލައެރިއެވެ. ހުއްޓުން އަރާފައި މިނެޓެއް ހާއިރު ވަންދެން އައިރާއަށް އިނދެވުނެވެ. ޔާޒްގެ ތުންފަތް މަތީގައިވީ ލާނެއް ހިނިތުންވުމެކެވެ.
“މީ ދައްތަ ބުނީ ޔާޒް ހޭލީމަ ބޭސްދޭށޯ މި ޖޫސްތަށި ދީފަ” ހަމަހޭވެރިކަން ވުމުން ސައިޑް ޓޭބަލް މަތީ ބަހައްޓާފައި ހުރި ޖޫސްތަށި ނަގާ ޔާޒް އަތަށް އައިރާ އަވަހަށް ދިއްކޮށްލިއެވެ. އޭނާގެ އަތް ތުރުތުރު އަޅަމުން ދިޔައިރު ދެންމެ ދެންމެ ޖޫސްތަށި ވެއްޓިދާނެހެން ހީވިއެވެ.

ސިޓިމް ރޫމް ސޯފާގައި ތިބި ޔޫސުފްއާއި އަލައިކާ ތިބީ އައިރާ ނުކުންނަން ދެކަށެވެ. “އަލްއަށް ހީވޭތަ ޔާޒް އަސްލަށްވެސް އައިރާދެކެ ލޯބިވެދާނެހެން؟ މި ބުނީ ޔާޒް ނަވާރްދެކެ ލައިކްވެފަ…” ޔޫސުފްގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލު އެންމެ ފަހުން އޭނާ އަލައިކާއާ ކުރިއެވެ. “ހޫމް. މައި ލިޓްލް ބްރަދާރ ލައިކް ވުމާ ލޯބިވުމާ އެޓްރެކްޓް ވުމަކީ ތަފާތު ކަންތައްތައް. އަދި ލައިކްވާ ކުއްޖާ ނޫން އެހެން ކުއްޖެއްދެކެ ލޯބިވެވިދާނެ! ފުރަތަމަ ނަޒަރުން އަސްލުގަ ލޮތްބެއް ނުވެވޭނެ. އެކަކު އަނެކަކާ އެކީ ގިނަ ވަގުތު ހޭދަކޮށް ދެމީހުން ދަސްވާން ފެށީމަ ނޭންގިހުރެ ލޯބިވެވޭނީ. ބަލާބަ އަހަރުން އެންމެން އެންމެ ކުޑައިރުއްސުރެ ހަމައެކީ ދޯ މިއުޅެނީ ބޭރުގަ އުޅުނުއިރުގަވެސް ވީކެންޑްސްތަކުގަ ދިމާވެފަ ޚާއްސަކޮށް އައިރާއާއި ޔާޒްއާ. ދެމީހުން އެއް އޭޖެއް ވީމަވެސް އެހެންވާނެތާ. ޝާރިމް ކަންތައްވެސް އައިރާ ފުރަތަމަ ޝެއާރ ކުރީ ޔާޒްއާއެއްނު. ޔާޒްވެސް ހުރިހާ ކަމެއް އައިރާއާއި ޝެއާރ ކުރެއެއްނު. ވެދާނެއްނު އެހެން އެކީ އުޅުމުގެ ތެރޭގަ ހަމަ ޔާޒްއަށް ހަގީގަތުގަވެސް އައިރާދެކެ ލޯބިވެވުނީ ކަމަށް. އެކަން އަދި ކިރަޔާ ރިއަލައިޒްވީ ކަމަށްވެސް” އަލައިކާ އޭނައަށް ފެންނަ ގޮތް ހާމަކުރިއެވެ. “ހޫމް. ދެން އަލް ތިބުނީ އަހަރުން ދެމީހުންވެސް އެހެން ލޯބިވާނީއޭ ތަ؟” އަލައިކާ މޫނު މަތިން ފެންނަމުން ދިޔަ ސީރިއަސްކަން ކަނޑުވާލުމަށްޓަކައި ޔޫސުފް ސަމާސާއެއް ކޮށްލިއެވެ. “ނޯ ވޭ. ޔޫއަރ މައި ކައިޒިން” އަލައިކާ ދެލޯ ހަނިކޮށްލަމުން އަކުރުތަކަށް ދަމާލާފައި ބުންޏެވެ. “މަންމައާއި ބައްޕަވެސް އެއީ ހަމަ ކަޒިންސްއެއްނު. އެކަމު ބަލާ ލޯބިވެގެން މެރީކޮށްފަ ދެކުދިންވެސް އެހޯދީނު!” އަލައިކާއަށް ޔޫސުފް އެއްލޯ މަރާލިއެވެ. “ޔޫ އާރ މައި ލިޓްލް ބްރަދާރ. އަލްއަށް ޔޫސުފްއެކޭ އިޝަލްއެކޭ ހަމަ އެއްގޮތް. އެހެންނޫނަސް ދޮންތިއާ ދޮންބެގެ ސްޓޯރީވެސް ވަރަށް ޑިފެރެންޓްއެއްނު!” އަލައިކާގެ ވާހަކައާ އެއްބަސް ވުމުގެ ގޮތުން ޔޫސުފް ބޯ ޖަހާލިއެވެ. “ބައިދަވޭ ޒެވިޔަންއާ ދެމީހުން ކިހިނެއް؟ މިހާރު އަލްޔަސް މަތިން ހަނދާން ނައްތާލީތަ؟” ކުއްލިއަކަށް ކަމެއް ހަނދާންވުމާއެކު ޔޫސުފް ސުވާލު ކުރިއެވެ. އަލައިކާގެ މޫނަށް އައި ބަދަލު ރީއްޗަށް ޔޫސުފްއަށް ފާހަގަވިއެވެ. “ޔަން އެބައުޅޭ. މިރޭ މިއުޅެނީ ޑިނާރ އަކަށް ދާން” އަލައިކާ ޖަވާބު ދިނީ ޔޫސުފް ކުރި ސުވާލުގެ އެއްބަޔަށެވެ. ޔޫސުފް އިތުރު ސުވާލެއްކޮށްފާނެތީ އައިރާ ހާދަ ލަސްވަނީއޭ ކިޔާ އަކައިކާ ތެދުވިއެވެ.

ޔާޒްގެ ފުން ލޯތެރެއަށް އައިރާއަށް ގެއްލިފައި އިނދެވުނެވެ. މީގެ ކުރިން ޔާޒްގެ ރީތިކަމަށް އެހެން ނަޒަރަކުން އޭނާއަށް ވިސްނިފަކާ ނެތެވެ. ކަޅުކަން ގަދަ ފުން ދެލޮލެވެ. ފަން އިސްތަށިގަނޑު ނިއްކުރިމައްޗަށް ވައްޓާލާފައި ހުރި ގޮތުންނާއި ތުނިކޮށް ފަޅަން ފަށާފައި ހުރި ތުނބުޅީގެ ސަބަބުން ނުހަނު ފިރިހެންވަންތައެވެ. ހިތްތައް ކަތިލާ ފަދަ ހިނިތުންވުމުކެވެ. ބައިމަތި ފުޅާ ހަށިގަނޑެކެވެ. ލަނގޮޑި ބޮޑަށް ފާޅުވާން ހުރުމާއެކު ރީތިކަން އިތުރުވެއެވެ. އަތުގެ ނާރުތައް އަރާފައި ހުއްޓެވެ. ފުރަތަމަ ފަހަރަށް އެހެން ނަޒަރަކުން ޔާޒްގެ ރީތިކާމާ މެދު ވިސްނާލެވުމުން އައިރާގެ ހިތް އޭގެ މަގާމު ދޫކޮށް ނުދިޔައީ ކިރިޔާއެވެ.
އައިރާގެ އަތް މަޑުމަޑުން ހަރަކާތް ކުރަން ފެށިއެވެ. ޔާޒްގެ ނިއްކުރި މައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅުތައް އަތުން އެއްފަރާތްކޮށްލިއެވެ.
ޔާޒްގެ މޫނު މަތީގައި ހުރި ލަކުނުތައް ފެނުމުން އައިރާގެ ދެލޯ ފެންކަޅިވިއެވެ. “ޔާޒް. އައި އޭމް ސޯ ސޮރީ!” ޔާޒް މޫނުގައި ދެއަތުން ހިފަހައްޓާލަމުން އައިރާ އޭނާގެ ނިއްކުރި ޔާޒްގެ ނިއްކުރީގައި ޖެއްސިއެވެ.
އައިރާގެ ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް ޖެހުނީ ޔާޒްގެ ފައިގައެވެ. އައިރާ ދެއަަތުގައި ޔާޒް ދެއަތުން ހިފައްޓާލަމުން ދެލޯ މަރާލިއެވެ. “ޔޫ ޑޯންޓް ހޭވް ޓު ބީ!” ޔާޒް އެއިން ގޮތަށް އިނދެ ދެލޯ މަރާލިއެވެ. އައިރާގެ މަޑު ގިސްލުމުގެ އަޑު ޔާޒްގެ ކަންފަތުގައި ޖެހުމާއެކު ޔާޒް ދެލޯ ހުޅުވާލިއެވެ. ޔާޒް އައިރާގެ މޫނު ދުރުކޮށްލިއެވެ. އަދި ލޮތްބާއެކު އައިރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެދިނެވެ. އެއަށްފަހު އައިރާއާ ގާތަށް ޖެހިލައި އެއަތުގެ ހިމާޔަށް އައިރާއަށް ދިނެވެ.

މަޑު މަޑުން ކޮޓަރީ ދޮރު ހުޅުވާލި އަލައިކާއަށް އެ މަންޒަރު ފެނުނެވެ. ވައި އަޑުން ޔޫސުފްއަށް ގޮވާފައި ގެނަސް ޔޫސުފްއަށް ވެސް ދެއްކިއެވެ. “އޯނ. ބަލާބަ ލޯބިކަން!” ކިރިޔާ ޔޫސުފްއަށް އަޑުއިވޭ ވަރަށް އަލައިކާ ބުންޏެވެ. ޔޫސުފް ބޯ ޖަހާލާފައި އޭނާގެ ފޯނުގަައި އެމަންޒަރު ރައްކާކުރިއެވެ. އައިރާއާއި ޔާޒްއަށް އުނދަގޫ ނުކުރަންވެގެން އަލައިކާއާއި ޔޫސުފް ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

“އަދިވެސް އަހަރެންގެ ސުވާލަކަށް ޖަވާބެއް ނުދެމެއްނު؟” އައިރާ ހަމައަކަށް އެޅުނުހެން ހީވުމާއެކު ޔާޒް އެހިއެވެ. ބަސްބުނާހާ ހިނދުކޮޅެއްގައި އައިރާގެ މޫނު ރަތްވެގެން ދިޔައެވެ. “މިއީ އަލްކޮ އާ ޔޫސުފް އެބަ ތިބި ބޭރުގަ!” އަޅަ ަައަޅަައި ގަންނަމުން އައިރާ ބުނީ ޔާޒް ކުރި ސުވާލާ ނުވެސް ގުޅޭ އެއްޗެކެވެ.

އައިރާއާއި ޔާޒް ނުކުތް އިރު ޔޫސުފްއާއި އަލައިކާގެ އިތުރުން ނަވާރް ވެސް އިނެވެ. ނަވާރް ފެނުމުން އައިރާއަށް ބަލާލެވުނީ ޔާޒް އަށެވެ. ޔާޒްގެ މޫނު މަތިން ތަފާތު ކަމެއް ފާހަގައެއް ނުވެއެވެ. އައިރާގެ ހިތަށް އެވަގުތު ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

“ހެއި ގާއިޒް. ހަމަ މަށަށް ގޮވާލަން އައިސްތަ ތިތިބީ؟ ހާދަ ރަނގަޅޭ ތިމީހުން!” ހުސްކޮށް އިން ސޯފާއަށް ވެއްޓިގަންނަމުން ޔާޒް ބުންޏެވެ. “ހޫމް ކިހާ އިރެއް އަހަރުން ތިބޭތާ. އެކަމަކު ކޮޓަރިން ނިކުމެވުނު ކަމަކަށް ނުވި ވިއްޔާ އައިރާ ހުރީމަ!” އަލައިކާ ޔާޒްއާއި އައިރާއާ ދިމާ ކޮށްލިއެވެ. “އެހެންނު ވާނީ އައިރާ އަދިވެސް ސުވާލަށް ޖަވާބު ނުދޭ ވިއްޔާ!” އައިރާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ ދެވަނަ ފަހަރަށްވެސް ޔަޒް ބުންޏެވެ. އަލައިކާ މެން ތިއްބާ ޔާޒް އެހެން ބުނުމުން ކުރިއަށް ވުރެ ބޮޑަށް އައިރާ ލަދުގަތެވެ. ޔާޒް އެހެން ބުނުމުން އަލައިކާ ޔޫސުފް އަދި ނަވާރް ހޭންފެށިއެވެ. “ބުނަންތަ އަސްލު ނަވާއަށް ކުރިންވެސް ހީވިއޭ ޔާޒްއާ އައިރާ ކަމެއް ހެން!” ޔޫސުފް ބާރަށް ކެއްސައިގަތީ ނަވާރް އެހެން ބުނުމުންނެވެ. ޔާޒް ނަވާރްއާ ގަޔާވިކަން ނޭންގޭ ހާލު ނަވާރް ޔާޒްއާ އައިރާއާ މެދު އެހެން ވިސްނުމުންނެވެ. ޔާޒްއަށް ވީގޮތް ރޭކާލުމާއެކު ޔޫސުފް އަތުގައު ވިކައިގަތެވެ. ކަރުން އަޑެއް ނެރެމުން ޔޫސުފް އަތުގައި އަތް އެޅިއެވެ. “ނަވާ އެންމެ މޮޅީ. މިތިބަ ތިން މޮޔައިންނަ އެވަރުވެސް ނޭންގުނު ވިއްޔާ!” ޔޫސުފް ބޮލުގެ ފުށްކިބައިގައި ޖަހާލަމުން ހެވިފައި ޔާޒް ބުންޏެވެ. ނަވާރް ފޮނި ވެފައި ޔޫސުފްއަށް ބަލާލަމުން ބުމަ މައްޗަށް އަރުވާލިއެވެ. “ދެން ފޮނިވާނެ ކަމެއް ނެތް. އައިރާ ޝާރިމްއާ އެއްކޮށް އުޅުނީމަކާ ނޭންގޭނެ ދޯ! ޑޫޑް އައިރާ ޔޫ ޝުޑް މެރީ ޔާޒް ރައިޓް ނައު. ޝާރިމްއަކީ ބޮޑު ސައިކޯއެއް” “އަސްލުވެސް. އަލްވެސް ބިރުން ކިރިޔާ ހަލާކު ނުވީ!” އަލައިކާއާއި ޔޫސުފް އެރޭ އެދެމީހުންނަށް ޝާރިމް ސިފަވި ގޮތް ކިޔައިދެމުން ދިޔައެވެ. ޔޫސުފް މޫނަށް ޖައްސާ ވައްތަރުން އެންމެންނަށް ހެވެއެވެ. ވާހަކައިގެ ތެރެއިން ދޭތެރެއަކުން ޔޫސުފްގެ ކަޅި ނަވާރްއަށް ހުއްޓެއެވެ. އެއިން ކޮންމެ ފަހަރަކު ނަވާރް ލަދުން އިސްޖަހާލައެވެ.

ޒެވިޔަން ކޮޓަރީ އެނދުމަތީ އިށީންދެލައިގެން އަލްޔަސް ހުރީ ރުޅިގަދަވެފައެވެ. އިރުނާރަނީސް ޒެވިޔަން އޭނާއަށް ގުޅައިގެން އެގެއަށް ގެންދިޔައެވެ. އެގެއަށް ދިޔުމުން އެއޮށް ހެނދުނާ ޒެވިޔަން އޭނާ އެގެއަށް ގެންދިޔައީ އެރޭ އަލަައިކާއާ އެއްކޮށް ޑޭޓަށް ދާން ތައްޔާރުވާންކަން އެނގުމުން އަލްޔަސް ރުޅިގަދަވީއެވެ. އަލަމާރީގައި ހުރިއްޔާ ހުރި އަންނައުނެއް ނަގާ އެނދުމައްޗަށް އަޅާފައި ހުއްޓެވެ. “އާހްހް އަންހެން ކުއްޖަކަށް ވުރެ ޒެވިޔަންގެ ހާލު ބޮޑު. އަދި މެންދުރު ބާރަވެސް ނުޖަހާ!” އަލްޔަސް ހިތާހިތުން ޒެވިޔަންއާ ދިމާއަށް ކުދި ކިޔެވެ. ޒެވިޔަން ފަހަރަކު ގަމީހެއް ނަގާ އުޅޭ ގޮތުން ހަމަ ހީވަނީ އަންހެން ކުއްޖެއްހެންނެވެ. އަލްޔަަސް އައިން ސުރެ އަލައިކާގެ ވާހަކަ ހުއްޓާ ނުލައެވެ. ކިތަންމެ ބޮލަށް އުނދަގޫވެފައި ހުރި ނަމަވެސް އަލްޔަސް ހިނިތުންވެލައިގެން އިނެވެ. ޒެވިޔަންއާ އެކީ ގިނައިރު އިންނަން ވެއްޖެނަމަ އޭނާ ބޯފަޅައިގެންވެސް ހިނގައި ދާނެއެވެ. ޒެވިޔަންއަށް ނޭންގި އަލްޔަސް ޔޫސުފްއަށް ގުޅާފައި ފޯނަށް ޖަވާބުދޭން ވާއިރަށް ކަނޑާލިއެވެ. އިރުކޮޅެއް ޔޫސުފް ގުޅަން ފެށުމުން ފޯނު ރިންގްވިއެވެ. ޒެވިޔަންއަށް ފޯނު ދައްކާލާފައި އަލްޔަސް ބެލްކަންނަށް ނުކުތެވެ. “އޭ ބްރޯ ކޮފީއަކަށް އަރަން ހިނގާބަ!” ޒެވިޔަންއަށް އަޑުނީވޭނެކަން ޔަގީން ކޮށްފައި އާދޭހުގެ ރާގަކަށް އަލްޔަސް އެދުނެވެ. “ކޮފީ އަކަށޭ؟ މިގަޑީގަ؟” “ހޫމް ޕްލީޒް މަ މިތަނުން ސަލާމަތްވާން ބޭނުމޭ ޕްލީޒް” ކަންތަން ހިނގަމުން ދިޔަ ގޮތް ކުޑަކޮށް ކިޔައިދީފައި އަލްޔަސް އާދޭސް ކުރަން ފެށުމުން ޔޫސުފް އެއްބަސްވިއެވެ. އަލްޔަސް ޔެސްއޭ ކިޔާ ކުޑަކޮށް ފުންމާލިއެވެ.

އަލްޔަސްއާ ޔޫސުފް ދިޔައީ އެދެމީހުން ކުލަބުން ހިންގާ ކެފޭއަށެވެ. އަކްމަލްއާއި ދެތިން އޮފިޝަލުންވެސް ތިއްބެވެ. އަކްމަލްމެންނަށް ހިނިތުންވެލާފައި އަލްޔަސްއާ ޔޫސުފް އިށީނީ ތަންކޮޅެއް އެތެރޭގައި ހުރި މޭޒެއްގައެވެ. ވެއިޓަރު އައުމުން ދެލަވާޒާއަށް އޯޑަރު ދިނެވެ. “ހުވާ މި ޒެވިޔަންއަކާ ހެދި މަގޭ ބޯ ހަލާކު” ބޮލުގައި ދެއަތުން ހިފަހައްޓައިގެން އިސްޖަހައިގެން ހުރެ އަލްޔަސް ބުންޏެވެ. އޭނާގެ ހިތުގެ ސިއްރުތައް ހިއްސާ ކުރެވޭ ފަދަ އެކުވެރިއެއް ލިބުމުން އަލްޔަސްއަށް ވަރަށް ބޮޑުހަމަޖެހުމެއް ވަނީ ލިބިފައެވެ. ޔޫސުފްގެ ފަރާތުން އޭނާގެ އެއްވެސް ވާހަކައެއް އެހެން މީހަކަށް ނީވޭނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. އަލްޔަސްއެކޭ އެއްފަދައިން ޔޫސުފްއަށް ވެސް އެހަމަޖެހުން ވަނީ ލިބިފައެވެ. ޔޫސުފްގެ ހިތުގައި ނަވާރްއަށްޓަކައި އުފެދެމުން ދިޔަ އިހްސާސްތަކާއި ޔާޒް ނަވާރްއާ މެދު ދެކޭ ގޮތް ވެސް ޔޫސުފް ހިއްސާކުރިއެވެ. ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިބެފާ މެންދުރު ނަމާދަށް ގޮވުމުން މިސްކިތަށް ދާށާއެކީ ނުކުތެވެ.

ފޫހިވެގެން ހުރެވެސް އަލައިކާ ތައްޔާރުވާންފެށިއެވެ. ކަކުލަށްވުރެ ތިރިއަށް ހުރި މަޑު ފެހިކުލއިގެ ހެދުމާއެކު ކަޅު ޖިންސަކާ ގަދަފެހި ކުލައިގެ ޝޯލްއެއް އެޅިއެވެ. ލޯވަށައިގެން އަނދުން ފިޔަވާ މޫނުގައި އިތުރު އެއްޗެއް ނޫންގުޅައެވެ. ޒެވިޔަން އޭނާ ބަލާ އައިސް ގުޅުމާއެކު ގަޔަށް ސެންޓުކޮޅެއް ބުރުވާފައި މޭޒުމަތީގައި އިން ކަޅު ކުލައިގެ އަތް ދަބަސް ހުރަހަށް ވާގޮތަށް ކޮނޑުގައި އަޅުވާލިއެވެ. އިޝްމާ ގާތު ދާ ވާހަކަ ބުނެފައި އަވަހަށް ތިރިއަށް ފޭބިއެވެ.

ސައިކަލު މަތީ ފޯނާ ކުޅެން އިން ޒެވިޔަން އިސް އުފުލާލީ އަލައިކާ އައިސް ގޮވާލުމުންނެވެ. އަލައިކާގެ ސާދަ ދޮން މޫނު ފެނި ހުރެވުނު ތަންވެސް ޒެވިޔަން ހަނދާންނެތުނެވެ. ފެހި ކުލައިގެ ޝޯލްތެރެއިން އެމޫނު ފެންނާނި ނުހަނު ފުރިހަމަ ކޮށެވެ. “ޔަން ލެޓްސް ގޯ!” ޒެވިޔަންގެ ނަޒަރުން އުނދަގޫ ވުމާއެކު އަލައިކާ އަވަހަށް ބުންޏެވެ. ޒެވިޔަންވެސް ބޯޖަހާލާފައި ސައިކަލު ނެރުނެވެ. އަލައިކާ އަރާ ހަމަޖެހިލުމާއެކު ޒެވިޔަން ސައިކަލު ދުއްވާލިއެވެ.

***
އެތައް ދުވަހަކަށް ފަހު އަމިއްލަ ފަސްގަނޑުގައި ފައި ޖައްސާލެވުމާއެކު ބުނެދޭން ނޭންގޭ ފަދަ ހިތްހަމަ ޖެހުމެއް އިވާންގެ ހިތަށް ލިބުނެވެ. ދެލޯ މަރާލަމުން މޭމަތީ އަތް އަޅައިގެން އިނދެ ފުން ނޭވައެއް ދޫކޮށްލިއެވެ. ލޯބިވާ ދަރިފުޅު ގާތަށް ދާ ދުވަސް ޖެހިއްޖެކަން އެނގުމާއެކު އިވާންއަށް ހީލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާގެ ހިނިތުންވުން ފޭދުނީ އެދަރިފުޅަށް އެކުއްޖާގެ ބައްޕައަކީ އޭނާކަން ނޭންގޭނެކަން ހިތަށް އެރުމުންނެވެ. ތެދައް ކިޔައިދިނަސް ދަރިފުޅު ދޫކޮށްފައި ދިއުމުން އެކުއްޖާގެ މާފު ނުލިބިދާނެތީއެވެ. ސިކުނޑީގައި ވަކިހިއްޕަމުން ދިޔަ ގޯސް ޚިޔާލުތައް އިވާން ބޭރުކޮށްލިއެވެ. މީހާ ހަމައަކަށް އެޅިލަމުން އިސްރާ އޭނާއަށް މާފު ކުރާނެކަމަށް ހިތަށް ވިސްނައިދިނެވެ.

ޒެވިޔަންއާއި އަލައިކާ ތިބީ ހުޅުމާލޭ ބީޗްގައި ހުރި ރެސްޓޯރެންޓެއްގެ ވީ އައި ޕީބައިގައެވެ. މުޅި ތަނުގައި ވީ ފަނޑު އައްޔެކެވެ. އެބައިގައި އެދެމީހުން ފިޔަވާ އިތުރު ބަޔަކު ނުވެސް ނެތެވެ. ކަމުން ދިޔަ ގަޑީ ދެމީހުން ކުރެ އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. ދޭތެރެއަކުން ޒެވިޔަން އަލައިކާއަށް ބަލާލާފައި ހިނިތުންވެލައެވެ. ކައި ނިމުމާއެކު ޗޮކްލެޓް ކޭކެއް ގެނައެވެ. އަލައިކާ ޒެވިޔަންއަށް ބަލާލީ އެއީ ކޯޗެއްހޭ އަހާ ފަދަ ގޮތަކަށެވެ. ހިތުގެ ބައްޓަމަށް އިން ކޭކުގައި ހުދު ކުލައިގެ އައިސިން އިން އަލް އެންޑް ޔަން ޖަހާފައި ހުއްޓެވެ. އަދި ރަތް ފިނިމެންމާ ފިޔަވެސް ކޭކުގަައި ހުއްޓެވެ. “އަލް ކޭކު ފެޅީމަ އެނގޭނެ!” އަލައިކާ އަތަަށް ވަޅު ދިއްކޮށްލަމުން ޒެވިޔަން ބުންޏެވެ. ރިހި ކުލައިގެ ވަޅީގައި ރަތް ކުލައިގެ ރިބަން ފަށެއް އަޅާފައި އޮތެވެ. ޒެވިޔަން ދިން ވަޅިން އަލައިކާ ކޭކު ފަޅާލިއެވެ. ކޭކު ފަޅާލުމައެކު ފެނުނު އެތިން އަލައިކާގެ އަނގަ ހުޅުވި ދެލޯ ބޮޑުވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ކީއްވެހޭ؟ – 1 –

Next

އެދިގެން ތި ލޯތްބަށް 15

Next
November 24, 2019

އެދިގެން ތި ލޯތްބަށް 15

Previews
November 23, 2019

ކީއްވެހޭ؟ – 1 –

15 Comments!

  1. Yanaa says:
    November 24, 2019 at 4:44 pm

    ❤❤❤❤❤❤Varah❤❤❤❤
    ❤❤❤❤❤❤❤❤varah❤❤❤
    ❤❤❤❤❤❤❤❤❤❤varah
    ❤❤❤❤❤❤❤❤❤❤❤reethi.
    ❤❤❤❤Maa sha Allah.❤❤
    ❤❤❤❤❤❤❤curiously ❤❤❤
    ❤❤❤❤❤waiting ❤❤❤❤
    ❤❤❤❤for ❤❤❤❤❤❤❤
    ❤❤❤the ❤❤❤❤❤❤❤❤
    ❤❤next ❤❤❤❤❤❤❤❤
    ❤part..❤❤❤❤❤❤❤❤❤

    1. Kiyara says:
      November 24, 2019 at 7:11 pm

      Thankssss yanaa????

  2. Dhonthy says:
    November 24, 2019 at 6:37 pm

    o wow kiyaa sis <3 <3 🙂 navaar eyoh madumadun inna kujjaa mihaaru v laaneiy vejje dhw sis. abadhuves Yusuf ah jessumeh kollaa. hahha. Love you sis. and I am waiting for the next episode

    1. Kiyara says:
      November 24, 2019 at 7:12 pm

      Thankssss dhonthi. Hehe laanei myhuhnna jehunyma ves vaany ehennehnu dhw hehehe. Ly2 ??

  3. Kiyara says:
    November 24, 2019 at 7:14 pm

    Salam my dear readers. Here’s the 18th part of rastha2. Hurihaa kudhinnah ves mi bai kamudhaane kamah ummedhu kuran. In Sha Allah next part tmrw or Tuesday ga

  4. Noor says:
    November 24, 2019 at 7:15 pm

    Ring efenunee dhen noon zevian thi ring dhee ehen kujjakah??

    1. Kiyara says:
      December 2, 2019 at 1:42 pm

      Hehe hingaa dhw balama

  5. Mal says:
    November 24, 2019 at 8:53 pm

    Kurin yaaz eyna ge parent dheke rulhi annany kyvve baa

    1. Kiyara says:
      December 2, 2019 at 1:43 pm

      Vaahakaige konmes hisaa bakun thikanthah engigen dhaane In Sha Allah

  6. Kairaa says:
    November 24, 2019 at 10:59 pm

    V reethi mi bai vx….whn nxt waiting…

    1. Kiyara says:
      December 2, 2019 at 1:43 pm

      Thankssss dear

  7. ??? says:
    November 25, 2019 at 10:41 am

    Ugh??? yageeney e fenuny ring kan. Zeviyan nukuraathi Alaika ah propose. Alaika please say NO. ? Mi part ves baarah furihama, maashaa Allah. Good job kiyaa. When’s the next part?

    1. Kiyara says:
      December 2, 2019 at 1:44 pm

      Thanksss dear. Heheh zeviyan dhw. Let’s see what happens next

  8. nau says:
    November 26, 2019 at 10:17 pm

    kiyaa kbaaa mirey up nukuran tha

    1. Kiyara says:
      December 2, 2019 at 1:45 pm

      Mihaaru ihnnnane ithurah 2episodes up Vefa

Comments are closed.

Next Episodeރާސްތާ2 ނަވާރަވަނަ ބައި←


All Right Reserved!