Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ 2 ވިހިވަނަ ބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 2, 2019 6 Mins Read
9 Comments

އައިރާއާއި ޔާޒްގެ ކައިވެނި ހަތަރުމަސް ފަހުން ކުރެވޭ ގޮތަށް ހަމަޖެހުނެވެ. އެއާއެކު ގޭތެރެއަށް ޢީދެއް އައިހެން ހީވިއެވެ. ޔޫސުފްގެ ދިމާކުރުންތައް އެދެކުދިންނާ އަމާޒުވިއެވެ. ޒެވިޔަންގެ ނަޒަރު އަލައިކާއަށް ހުއްޓެމުން ދިޔައެވެ. އަލައިކާ ދޭނެ ޖަވާބެއް ނޭންގޭނެތީވެ އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ހިތުގެ ކަނަކުން އަލައިކާ އޭނާއަށް ބުނާނީ ނޫނެކޭ ކަން ބުނަމުން ދިޔައެވެ.
***
ޕްރެކްޓިސްގައި އަލްޔަސްގެ ވިސްނުން ހުރީ މުޅިން އެހެން ތާކަށް ގެއްލިފައެވެ. އެއް ގޮތަކަށްވެސް އޭނާއަށް ރަނގަޅަކަށް ނުކުޅެވެއެވެ. އަކްމަލް ދެތިން ފަހަރަކު އަލްޔަސް ގާތު ރަނގަޅުތޯ އެހިއެވެ. އެއިން ކޮންމެ ފަހަރަކުވެސް އަލްޔަސް ބޯ ޖަހާލައެވެ.
ޔޫސުފް މެން ގެއިން ގެއަށް ދިޔަ މަގު މަތީ ޒެވިޔަން ދިން ޚަބަރަކުން އޭނާހެ މުޅި ޠަބީއަތު އެވަނީ ސަކަރާތްވެފައެެވެ. ރޭގައި ރަނގަޅަށް ނުވެސް ނިދެއެވެ. އަނެއްކޮޅުން ޕްރެކްޓިސްގައިވެސް ރަނގަޅަކަށް ނުކުޅެވެއެވެ. އަލްޔަސްގެ ހިތް މާޔޫސްވަމުން ދިޔައެވެ. ޒެވިޔަންއަށް ވުރެ ބޮޑަށް އޭނާއަަށް އަލައިކާގެ ޖަވާބަކަށް އިންތިޒާރު ކުރެވެމުން ދިޔައެވެ.

އަލައިކާއަށް ރަނގަޅަށް ނުވެސް ނިދުނެވެ. އޭނާއަށް ވިސްނެމުން ދިޔައީ ޒެވިޔަންއަށް ދޭނެ ޖަވާބަކާ މެދުގައެވެ. ހަގީގަތުގައި ޖަވާބު އެނގެއެވެ. ޒެވިޔަން ދެރަނުކޮށް ބުނާނެ ގޮތަކާ މެދުގައެވެ. ޔޫސުފް ވީ ޕްރެކްޓިސްގައި ކަން އެނގުމުން ޔާޒްއަށް އުނދަގޫ ކުރިއެވެ.
އަލައިކާއާއި ޔާޒް ތިބީ ޓެރަހުގައެވެ. ޓެރަހުގައި ބަހައްޓާފައި ހުރި އުނދޯލީގައި ޔާޒް އިން އިރު އަލައިކާ ދެކޮޅަށް ހިނގަނީއެވެ. “އަލްކޮ ރިލޭކްްސް. ތި ނިޔަފަތި ކެޔަކަސް ނުވާނެ ދޯ ކަމެއް!” އަލައިކާ ނިޔަފަތި ކާވަރުން ބޮލަށް އުނދަގޫ ވެގެން ޔާޒް ބުންޏެވެ.
އަލައިކާ ގުޅާފައި ހެނދުނު އައިސްދިނުމަށް އެދުމުން އައިރާ ދިޔައެވެ. އަލައިކާމެން ބަޔަށް ދިއުމުން އަލައިކާ ވީ ޓެރަހިގައި ކަމަށް އިޝްމާ ބުންޏެވެ. ޔާޒް.އެތާގައި ހުރިކަން ނޭންގޭޭ ހާލު އައިރާ ދިޔައެވެ. “އަލްކޮ ކިހިނެއްވީ ދައްތަ ބުނީ..” އުނދޯލީގައި އިށީންދެލައިގެން އިން ޔާޒް ފެނި އައިރާގެ ހަރަކާތްތަައް ހުއްޓުމަކަށް އައެވެ. ކުރިއަށް އެންމެ ފިޔަވަޅެއް އަޅަންވެސް އައިރާ ޖެހިލުންވިއެވެ. ހިތު ވިންދު އަވަސްވެ ކުއްޖާ އެކީ ފިނިވެގެން ދިޔައެވެ.
އައިރާއަށް ވީ ގޮތް އެނގި އަލައިކާ ގާތަށް ހިނިއައެވެ. ޔާޒްއަށް ބަލާލިއިރު ނުވާކަމަކަށް ހެދެމުން ޔާޒް އިނެވެ. އަލައިކާ ދެފަރާތަށް ބޯ ހޫރާލާފައި ކަރުކެހުނެވެ.
އައިރާވެސް ޔާޒް ނުފެންނަކަމަށް ހެދެމުން އައިސް އަލައިކާ ގާތު މަޑުކޮށްލިއެވެ. “މާ ހެނދުނާ އަންނާށޭ ބުނީ ކީއްކުރަންށޯ؟” އަލައިކާ ގާތު ހުއްޓިލަމުން އައިރާ އެހިއެވެ. “ޒެވިޔަންއަށް ދޭނެ ޖަވާބެއް ނޭންގިގެންނޯ. މަވެސް ނިދިޔަ ނުދީ ގެނައްސަ އެހެރީ. ވަރުގަދަ މީހެކޭ ސަހާދެއް!” އަލައިކާގެ ބަދަލުގައި ޖަވާބު ދިނީ ޔާޒްއެވެ. އައިރާ މޫނަށް ވައްތަރެއް ޖައްސާލަމުން އަލައިކާއަށް ބަލާލިއެވެ. “ޕްލީޒް ހެލްޕް މީ. ބުނެބަ މަ ކީކޭ ތަ ބުނަންވީ” އައިރާ އަތުގައި ހިފާ ބާރުކޮށްލަމުން އަކުރުތަކަށް ބާރުލާފައި އަލައިކާ އެހިއެވެ.
“ނޯ ބުނަންވީ!” އަލައިކާގެ ކަންފަތަށް އިވުނީ އެގަޑީގައި އިވޭނެކަމަށް ހީކޮށްގެން ހުރި އަޑެއް ނޫނެވެ. އެއަޑު ޖެހުމާއެކު ލޭގެ ހިނގުން ހުއްޓުނުހެން ވެސް ހީވިއެވެ. ގަބޫލު ނުކުރެވިފައި އަލައިކާއަށް އަޑު އައި ދިމާއަށް ބަލާލެވުނީ ޔަޤީން ކުރުމުގެ ބޭނުމުގައެވެ.
ދޮރު ކުރިމަތީގައި ހުރި އަލްޔަސް ފެނުމުން އަލައިކާ ދެތިން ފަހަރު އެސްފިޔަ ޖަހާފައި ލޯހުޅުވާލިއެވެ. އަލްޔަސް ނުގެއްލި ދޮރު ކުރިމަތީގައި ހުއްޓެވެ. އަލްޔަސްގެ މޫނު މަތިން ފެންނަމުން ދިޔައީ ރިހުމެވެ. ހީވަނީ ބޮޑު ހިތާމައަކުން ސަލާމަތް ނުވެވިގެން އުޅޭހެންނެވެ. “އަލްޔަސް” އަލައިކާ ވައި އަޑުން ބުނި ކަމުގައި ވީ ނަމަވެސް އައިރާ އާއި ޔާޒް އަދި އަލްޔަަސްއަށް ވެސް އަޑު އިވުނެވެ. “އާނ އަލްޔަސް. އަލް އަހަންނަށް އިނގޭ މީ މި ވާހަކަ ބުނަން އެންމެ ރަނގަޅު ވަގުތު ނޫން ކަންެވެސް. އެކަަމަކުވެސް ދެން އަހަރެންގެ ހިތަށްވެސް ސިކުނޑިއަށްވެސް ހަމަޖެހުމެއް ނުލިބޭނެ އަލް ގާތު ނުބުނެއެއް. އަލް އައި ލަވް ޔޫ” އަލްޔަސްގެ އަނގައިން ކިތަންމެ މަޑުން އެބަސްތައް ނުކުތް ކަމުގައި ވިއަސް އަލައިކާއަށް ރީތިކޮށް އަޑުއިވުނެވެ. އެއަޑުގައި ވީ އަސަރަކުން އަލައިކާގެ ހިތް ގެނބިގެން ނުދިޔައީ ކިރިޔާއެވެ. ބަސް ބުނާހާ ހިނދުކޮޅެއްގެ ތެރޭގައި އަލައިކާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. މުތީ ތަކެއް ފަދައިން އެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. “އަލް..” އަލްޔަސް ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ އަލައިކާ އަތް އުފުލާލާ ހުއްޓޭށޭ ބުނުމުންނެވެ. “ޑޯންޓް ޔޫ ޑޭއަރ…. އެންްމެ ފިޔަވަޅެއްވެސް ކުރިއަށް އަޅައިގެން ނުވާނެ. އެހެރީ ވަން ދޮރު ޖަސްޓް ގެޓް އައުޓް” ޝަހާދަތް އިނގިލި އަލްޔަސްއަށް ދިއްކޮށްލަމުން އަލައިކާ އަމުރުކޮށްލިއެވެ. އަލައިކާ ބުނި ފަދައިން އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅަކާށް އަލްޔަސް އަކަށް ނުކެރުނެވެ. އޭނާގެ ހިތް ކުދި ކުދި ވީ ފަދަ އިހްސާސެއް ކުރެވުނެވެ. އިސްޖަހާލަމުން އަލައިކާއަށް ފަސްދީފައި އަލްޔަސް ނުކުމެގެން ދިޔައެވެ.
އަލްޔަސްއަށް ތިރިއަށް ދެވޭނެހާ އިރު ކޮށްފައި އަލައިކާވެސް ދިޔައެވެ.

ޔޫސުފް ހުރީ ހަދަން ވީ ގޮތެއް ނޭންގިފައެވެ. އަލްޔަސް އެގެއަށް ދިޔައީވެސް އޭނާ ކިޔައިގެން ކުރުނުކުރުމުންނެވެ. އަލައިކާގެ ފަރާތުން އެފަދަ ކަމެއް ފެނި ދާނެ ކަމަކަށް ޔޫސުފް ހިއެެއް ނުކުރެވެއެވެ. އަލްޔަސް ނުބުނި ކަމުގައި ވިއަސް އޭނާ ހިތުގައި ޖެހިފައި ހުރި ވަރު ޔޫސުފްއަށް އެނގެއެވެ. އަލްޔަސް ފަހަތުން ދާން އުޅެފައިވެސް އެގަޑީ އަލްޔަސް ފަހަތުން ދިއުން ރަނގަޅު ނުވާނެކަން އެނގު ސިޑި މަތީ އިށީންދެލައިގެން މަޑުކުރިއެވެ.
“ހެއި ސައިކޯ ކިހިނެއްވެފަ؟” ޔޫސުފް ސިހިގެން ދިޔައީ ނުހަނު ގާތުން އިވުނު ނަވާރްގެ އަޑުންނެވެ. ހިނިތުންވެލައިގެން އިން ނަވާރް އައިސް އިށީންދެލީ ޔޫސުފް ގާތުގައެވެ. “ކަމެއް ނުވެ. އަލް މަގޭ ބެސްޓް ފްރެންޑްގެ ހިތް ހަލާކުކޮށްލީމަ!” ދެރަވެފައި ހުރެ ޔޫސުފް ބުނި ގޮތުން ނަވާރް ގާތަށް ހިނިވެސް އައެވެ. “އޯ. އަލްޔަސްގެ ތަ؟” ޔޫސުފް ބޯ ޖަހާލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭންގުމުން ދާން ވެއްޖެ ކަމަށް ބުނެފައި ޔޫސުފް ތެދުވިއެވެ.

ޒެވިޔަން ފެނުނީންސުރެ ދީނާގެ ލޮލަށް އެހެން ސޫރައެއް ސިފަނުވެއެވެ. ނިދާފައި އޮތް އިރު ހުވަފެނުގައި ވެސް ފެނުނީ ޒެވިޔަންއެވެ. ނިދައި ހޭލައިގެން ވެސް ޒެވިޔަން ނޫން އެހެެން މީހަކާ މެދު ނުވިސްނެއެވެ. ފުރަތަމަ ނަޒަރުންވެސް އޭނާގެ ހިތް ޒެވިޔަން އަތުލާފިއެވެ.

ކޮޓަރިއަށް ވަދެ ދޮރު ލައްޕައި ތަޅުލާފައި އެނދަށް ވެއްޓި ގަތް ގޮތަށް ބާލިސް ތެރޭ މޫނު ފޮރުވައިގެން އަލައިކާ ރުއެވެ. އޮފީހަށް ސަލާން ބުނެފައި ނުތެދުވެ އިރުގަނޑެއް ވަންދެން އޮތެވެ. އިޝްމާ އައިސް ގޮވުމުން ބޮލުގައި ރިއްސާތީ އަރާމު ކުރަން ބޭނުންވާ ކަމަށް ބުނެފައި ދޮރު ނުހުޅުވާ އޮތެވެ.

ޔާޒް އައިރާ ގެއަަށް ލައިދިން މަގު މަތީ އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. ކައިވެނި ހަމަޖެހުނު ފަހުން އަދި އެކަކުވެސް އަނގައިން ނުބުނެއެވެ. އެދެމެދުގައި ފާރެއް ލެވިފައި ހުރި ފަދައެވެ. ގެއާ ހަމައަށް ކާރު މަޑު ކުރުމުން އައިރާ ފައިބައިން އުޅެނިކޮށް ޔާޒް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. އައިރާ ސިހިފައި މަޑު ޖެހުމާއެކު އެއް މިޔައަކުން ޔާޒް ހިނިތުންވެލިއެވެ. “ހާދަ އަވަހަކަށް ފައިބަން ތި އުޅެނީ؟” “ދެން ނުފައިބާ މި ކާރުތެރޭގަ ހުންނަން ވީތަ؟” ޔާޒް އެހި ރާގުގައި އައިރާވެސް އެހިއެވެ. ޔާޒް އައިރާގެ އަތުން ދޫކޮށްލުމާއެކު އައިރާ ކާރުން ފޭބިއެވެ. ހިނިތުންވެލައިގެން ހުރި ގޮތަށް ހުރެ އައިރާ ގެއަށް ވަނެވެ.

ދޮރު ހުޅުވާފައި އެތެރެއަށް ވަން އައިރާއަށް ދެލޯ ބޮޑުކޮށްލެވުނީ ސޯފާގައި ތިބި އާލާއާއި އައްމާރު އަދި އަންޖަލް ފެނިފައެވެ. “ސަޕްރައިޒް އަވާރ ބްރައިޑް ޓު ބީ” އަންޖަލް ދުވެލާފައި ގޮސް އައިރާ ގައިގައި ބައްދާލިއެވެ. އައިރާ ގޮސް އާލާއާއި އައްމާރު ގައިގައި ވެސް ބައްދާލިއެވެ. ތިން އަހަރު ފަހުން އެމީހުން ފެނުމުން އައިރާ ހުރީ އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭންގިފައެވެ.
އައިރާގެ ކައިވެނި ހަމަޖެހުމާއެކު އިސްރާއާއި އަހުސަމް އެދެމީހުންގެ އާއިލާއަށް އެޚަބަރު ދިނެވެ. އާލާއާއި އައްމާރު އަންޖަލް ގޮވައިގެން ދިރިއުޅެނީ ލަންކާގައެވެ. ނައުޝާދްއާއި ޝަހުދާ އުޅެނީ އިންޑިއާގައެވެ. އަައިރާގެ ކައިވެނީގެ ޚަބަރު ލިބުމުން އެންމެ ދުވަހެއްވެސް ލަސްނުކޮށް އަންނަން އަންޖަލް ބޭނުން ވިއެވެ.
އަންޖަލް ގޮވައިގެން އައިރާ ކޮޓަރިއަށް ދިޔައެވެ. އަންޖަލް ބައިވަރު ސުވާލު އެއް ފަހަރާ އައިރާއާއި ކުރިއެވެ. އައިރާގެ ބޮޑު ދައިތައަށް ވުރެ ބޮޑަށް އަންޖަލް ހީވަނީ އެކުވެރިއެއް ހެންނެވެ. “ސުބުހާނަﷲ ތިހުރިހާ ސުވާލަކަށް ޖަވާބު ދޭނީވެސް ކިހިނެއް” އަންޖަލްގެ ސުވާލުތައް ގިނަ ކަމުން އައިރާ ބުންޏެވެ. “ދެން އަނގަގަދަ ނުކޮށް ކިޔާބަ. ޔާޒްއާ ދެމީހުން ރަށްޓެހިވެގެން ތަ އުޅުނީ؟” އަންޖަލް އެކޭ ރިޕޯޓަރެކޭ ތަފާތެއް ނެތެވެ. ފުލުފުލުގައި ސުވާލުތައް ކުރިއެވެ. ކޮންމެ ސުވާލަކަށްވެސް އައިރާ ޖަވާބު ދިނެވެ. ޝާރިމްގެ ވާހަކައަކީ އަންޖަލްއަށްވެސް ނޭންގޭ ސިއްރެއް ކަމުން އޭނާ ސުވާލުތަކަށް ޖަވާބުދިނީ ވިސްނައިގެންނެވެ. ޔާޒްއާ އޭނާގެ ކައިވެނި ހަމަޖެހުމަށް ފަހުގައި ދެން އިތުރަށް ޝާރިމްއާ ބެހޭ ގޮތުން އާއިލާ މީހުންނަށް އެނގޭކަށް އައިރާ ބޭނުމެއް ނޫނެވެ. ފުދޭވަރަކަށް ގިނަ އިރު ވަންދެން ހުރެފައި އެގާރަ ޖަހަން ކައިރިވުމާއެކު ވަރުބަލުވެއްޖެ ކަމަށް ބުނެ ތަޒާވެލަން އަންޖަލް ދިޔައެވެ. އަންޖަލް ދިޔުމުން އައިރާވެސް ކޮޓަރިން ނުކުމެ ބަދިގެއަށް ވަނީ ކައްކަން މަންމައަށް އެހީ ތެރިވެދޭށެވެ.

އިވާން މެންދުރު ނަމާދަށް ގޭ ކައިރީ މިސްކިތަށް އެރިއެވެ. ތުނބުޅި މަތިމަސް އަދި އިސްތަށިގަނޑު ދިގުކޮށްފައި ހުރުމުން އިވާންގެ އަސްލު ސޫރަ ވަނީ ގެއްލިފައެވެ. ނަމާދުކޮށް ނިންމައިގެން މިސްކިތުން ފަޭބިގަޑީ ޒުވާން ކުއްޖެއް ގައިގައި ލައިގަތެވެ. އެ ޒުވާނާ އޭނާ ގާތުން މާފަށް އެދިފައި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ކަޅު ކުލައިގެ ހުޑީއާކަ ކަޅު ޖިންސެއްގައި ހުރި އެ ޒުވާނާއަށް ރަނގަޅަށް ބަލާލާފައި އިވާން ހުއްޓުން އެރިއެވެ. “އާރާޝް؟” ސުވާލު ކުރާ ފަދަައަކުން އިވާން އަހާލިއެވެ. “އާރާޝް އެއީ ބައްޕަ މިއީ ޔޫސުފް” ސަލާމަށް އަތް ދިއްކޮށްލަމުން ޔޫސުފް ބުންޏެވެ. އިވާން ޔޫސުފްއާ ސަލާން ކޮށްފައި އަވަހަށް އެތަނުން ދާން ހިނގައިގަތެވެ.
ދެންމެ ދިމާވި ބޭބެއަށް އޭނާ ނޭންގުމުން ޔޫސުފް ހައިރާންވިއެވެ. ބޮޑަށް ހައިރާންވީ އެބޭބެ އޭނާއަށް އާރާޝްގެ ނަމުން މުޚާޠަބު ކުރުމުންނެެވެ. އެކަން މާބޮޑު ކަމަކަށް ނުހަދާ ޔޫސުފް ގެއަށް ދާން ހިނގައިގަތެވެ.

އިވާން ފޯނަށް ނަޒަރު ހުއްޓައިގެން ހުރެފައި ސްކްރީންގައި ފެންނަން އިން ނަންބަރަށް ފިތާލިއެވެ. އެ ނަންބަރުން ފޯނު ނަގާނެ އިރެއްގެ އިންތިޒާރުގައި ފޯނު ކަންފަތުގައި ނުޖަހާ ސްޕީކަރަށް ލައިގެން ހުއްޓެވެ. ފޯނު ކެނޑުނު އިރުވެސް އެކޮޅުން ޖަވާބެއް ނުދިނެވެ. އިވާން ފުން ނޭވައެއް ދޫކޮށްފައި ފޯނުގެ ކޮންޓެކްޓް ލިސްޓަށް ގޮސް އެތަނުން ނަންބަރަކަށް ގުޅާލިއެވެ. އެ ނަންބަރުން ފޯނު ނެގުން އެެއް ކިބައިގައި އޮއްވައި އެ ނަންބަރަކީ ގެންގުޅޭނެ ނަންބަރަކާ މެދުގައިވެސް އޭނާއަށް ޝައްކެވެ. ކަންތައްވީ ވެސް އިވާންއަށް ޝައްކުވި ފަދައިންނެވެ. އެ ނަންބަރަކީ ބޭނުން ނުކުރާ ނަންބަރެއްކަމުގައި ބުންޏެވެ. އިތުރަށް ދެން އެއްވެސް ނަންބަރަކަށް ނުގުޅައި އިވާން މޭޒު މަތީގައި ފޯނު ބޭއްވިއެވެ.

ހެނދުނުންސުރެ ދީނާ ޚިޔާލާކަށް ގެއްލިފައި އިންކަން ނަވާރްއަށް ފާހަގަވިއެވެ. ސައްވީސް ގަޑިއިރު ހުއްޓާ ނުލާ އަނގަތަޅާ ކުއްޖާ މިއަދު އެއް ފަހަރުވެސް އަނގައިން ބުނާ ޚިޔާލެއް ނުކުރެއެވެ. އެންމެ ފަހުން ނަވާރްއަށް ނުހުރެވިގެން ދީނާ ގަތުން ވެގެން އުޅޭ ގޮތް އަހިއެވެ. “އެނ ކީކޭ ނަވާ؟” ދީނާގެ ފަރާތުން ޖަވާބެއް ލިބުނީ ދެތިން ފަހަރު ނަވާރް ސުވާލު ކުރިފަހުންނެވެ. “ދީނާ އޯކޭ ހެއްޔޭ؟ ކިހިނެއްވެފަ ތިއިނީ؟” ދީނާއަށް ވެފައި ހުރި ގޮތުން ކަންބޮޑުވެފައި ނަވާރް އެހިއެވެ. “ކަމެއް ނުވޭ. އެއީ ކިމަކާ ވިސްނާލެވުނީ!” ހަގީގަތް ނަވާރް ގާތު ބުނާކަށް އަދިއެއް ދީނާ ބޭނުމެއް ނޫނެވެ. ގަދަ ކަމުން ހިނިތޫންވެލާފައި ދީނާ ކޮޓަރިން ނިކުތެވެ. ދީނާއަށް ކޮންމެސް ކަމެއް ވެއްޖެކަން ނަވާރްއަށް ޔަގީން ވިއެވެ. ކިތަންމެ ގިނައިން ސުވާލު ކުރިނަމަވެސް ދީނާ ބުނަން ބޭނުން ނެތިއްޔާ ނުބުނާނެއެވެ. ދީނާ އަމިއްލައަށް ފެނިގެން ބުނަންދެން ދެން އަޅާނުލާނަން ނަވާރް ނިންމިއެވެ.

އަންޖަލް ކުރުނުކޮށް ކިޔަން ފެށުމުން އައިރާ އެންމެ ފަހުން އަންޖަލްއާއި އަހާން ގޮވައިގެން ޔާޒްމެން ގެއަށް ދިޔައެވެ. ކަންދިމާ ކުރި ގޮތުން އެމީހުންނަށް ދެވުނީ ޔާޒް ގޭގައި ނުޅޭވަގުތަކުއެވެ. ގިނަ އަހަރުތަކެއް ފަހުން އަންޖަލް ފެނުމުން ނަވްޔާ ހީވަނީ އެހެން ފަދަ ކަމެއް ވިހެންނެވެ. މާނީއާއި އިޝްމާއަށް ގުޅާފައި އަންޖަލް އިން ވާހަކަ ބުނުމުން އެދެމީހުންވެސް އައެވެ. ނަވްޔާ ތަފާތު ވައްތަރުގެ ހެދިކާ ހަދައިފައި އެކުދިންނަށް ސައިދިނެވެ. އިރުއޮއްސެން އުޅުނުއިރުވެސް ޔާޒް ގެއަށް ނައުމުން ޔާޒްއާ ބައްދަލު ނުވެ އަންޖަލްއަށް ގެއަށް ދާން ޖެހުނެވެ.

މޫދު ކައިރީ ސައިކަލު ޕާކުކޮށްގެން އެތާ މަޑުކޮށް ލައިގެން ފުން ވިސްނުމަކަށް ގެއްލިފައި އަލްޔަސްއަށް އިނދެވުނެވެ. ފުރާވަރުގެ ދެތިން ކުދިން އައިސް އޭނާއާ އެއްކޮށް ސެލްފީއެއް ނަގާފައި ދިޔައެވެ. އެކުދިން ކުރިމަތީގައި މަސްނުއީ ހިނިތުންވުމެއް ހަދިޔާ ކޮށްގެން އަލްޔަސް ހުއްޓެވެ. އެކުދިން ދިއުމާއެކު އަލްޔަސްގެ މޫނުގައި ވި ހިނިތުންވުން ފޭދިގެން ދިޔައެވެ. އަލައިކާގެ ރުޅިވެރި އަޑު އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ހިތުގައި ކޫރު އެޅި ދިލަނަގަން ފެށިއެވެ. މުޅި މީހާ މާޔޫސުވެ ހިތްބަލިވިއެވެ. އެތައް އިރަކު އެކަނި މައި އެކަނި އެތާ ހުރެފައި އަލްޔަސް ގެއަށް ދާން މިސްރާބު ޖެހީ ޝިއުރާ ގުޅުމުންނެވެ.

ޒެވިޔަންގެ އިންތިޒާރަށް ނިމުން އައި އަށެއް ޖެހިއިރު އަލައިކާ ބައްދަލު ކުރަން އައުމުންނެވެ. އަލައިކާގެ މޫނު މަތިން އެހެންނާ ނުހުންނަ ވިދުމެއް މިރޭ ހުއްޓެވެ. ފަރި ހިނގުމެއްގައި އައިސް ޒެވިޔަން ކުރިމަތީ ހުއްޓިލުމާއެކު ޒެވިޔަންއަށް ހަމަ ބިމަށް އާދެވުނެވެ. “ވަރަށް ވިސްނާފަ އަހަރެން ގޮތެއް ނިންމައިފިން!” ހިނިތުންވެލައިގެން އިނދެ އަލައިކާ ބުނެލި ގޮތުން ޒެވިޔަންގެ އުއްމީދު އާވިއެވެ. ޒެވިޔަންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވިއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ާއަހަރެންގެ ކުށަކީ ކޮބާ 2 ؟

Next

ާއަހަރެންގެ ކުށަކީ ކޮބާ 3 ؟

Next
December 2, 2019

ާއަހަރެންގެ ކުށަކީ ކޮބާ 3 ؟

Previews
December 2, 2019

ާއަހަރެންގެ ކުށަކީ ކޮބާ 2 ؟

9 Comments!

  1. Kiyara says:
    December 2, 2019 at 1:34 pm

    Salam hurihaa kudhin. Gina dhuvas thakakah fahu vaahakaige 20vana episode miothy. Mihaa gina dhuvaskohffa ves varah kuru baeh genesdhevey kamataki hurihaa kiunthetingr kibain maafah edhen. Kuda family kameh dhimaa vegen lasvy. Hurihaa kudhinnah ves understand vaane kamah ummedhu kuran. Kuriah oii thanuga mi kahala kameh dhimaa nuve bunaa dhuvahah up kohdhevytho varah masakkai kuraanan.

  2. Shehe says:
    December 2, 2019 at 1:51 pm

    Wowowow mi part vx v reethi ???my favorite stry in this site ??curiously waiting for the next part ??? Whn next part ????

    1. Kiyara says:
      December 3, 2019 at 4:04 pm

      Thankssss dear. Soo happy to know. Next part ihanne mihaaru up kohllafa

  3. Anonymous says:
    December 2, 2019 at 2:19 pm

    ?? When is the next part

    1. Kiyara says:
      December 3, 2019 at 4:04 pm

      Next part ihanne mihaaru up kohllafa

  4. Kairaa says:
    December 2, 2019 at 2:51 pm

    Its okay kiyaa…..i understand…..btw mi part vx hama varah reethi…..alhey zeviyan aa alaikaa aa nugulhuvanchey…….alaika aa alyas aa gulhuvaba…..????whn nxt….waiting…..lysm kiya

    1. Kiyara says:
      December 3, 2019 at 4:06 pm

      Thanksss kairaa. Varah ufaavhjje understand vyma. Mihaaru ihnnane up kohllafa. Ly2

  5. Noor says:
    December 2, 2019 at 6:32 pm

    Its okay dear alhey alaika alyas ah ehen nahadhaa alaikaa ves loabi vanee alyas dheke dho loabi vaameehaa gehli dhiumakee haadha keehkuran dhathi Undhagoo ihsaas thakekey varah dhera vejje ekujjaafulhu maayoos kollaafa fonuvaaleema

    1. Kiyara says:
      December 3, 2019 at 4:08 pm

      Thanks dear varah ufavehje understand vyma. Hingaa dhw balama dhen vaane goii

Comments are closed.

Next Episodeރާސްތާ2 އެކާވީސްވަނަ ބައި←


All Right Reserved!