Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 ސަތާރަވަނަ ބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
November 22, 2019 5 Mins Read
22 Comments

އަލައިކާ ފަހަތުން ހިނގައިގަތް އައިރާއަށް ހުއްޓެވުނީ އޭނާ އަތުގައި މީހަކު މީހަކު ހިފެހެއްޓުމުންނެވެ. އައިރާ އެނބުރިފައި ބަލާލިއިރު އޭނާ އަތުގައި ހިފައިގެން ހުރީ ޔާޒްއެވެ. ޔާޒް އެގޮތަށް އޭނާ އަތުގައި ހިފައިގެން ހުރުމުން އައިރާއަށް ވަށައިގެން ބަލާލެވުނެވެ. އޭރު ކޮންމެސް ވަރަކަށް މީހުންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ހުއްޓެވެ. “ޔާޒް އަތުން ދޫކޮށްބަލަ މީހުން އެބަ ބަލައޭ!” ޔާޒް އަތުން އަތް ނައްޓަން މަަަސައްކަތް ކުރަމުން އައިރާ ބުންޏެވެ. ޔާޒްދެން ކުރިކަމަކުން އައިރާގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. އޭނާގެ އަތުގައި ހިފައިގެން ހުރި ގޮތަށް ހުރެ އެއް ކަކޫ މައްޗަށް ތިރިވިއެވެ. “އައިރާ އަހުސަމް. ވިލް ޔޫ މެރީ މީ؟”

އައިރާ ހުރީ ކަންފަތަށް އިވުނު އަޑު ގަބޫލުކުރަން ވެސް ދަތިވެފައެވެ. އޭނާއަށް އެއަޑު އިވުނީ ހޮނު ގުގުރިއެއް ހެންނެވެ. އެއޮށް އެންމެން ކުރިމާތީ ޔާޒް އެގޮތަށް ކަންތައް ކުރުމުގެ މާނައެއް އެއްވެސް ގޮތަކަށް އައިރާއަކަށް ނޭންގުނެވެ. ޔާޒް އޭނާއަށް ބަލަން އިން ގޮތުން ލޯބީގައި ދީވާނާ ވެފައިވާ މީހެއްހެންނެވެ. އެދެލޮލުގައި ވީ ޖާދުވީކަމެވެ.

އަލައިކާ ނަވާރް އަދި ޔޫސޫފް ތިބީ ފާޑަކަށް އަނގަ ނަގައިގެންނެވެ. އަލައިކާއާއި ޔޫސުފް އެއްފަހަރު ނަވާރްއަށް އަނެއް ފަހަރު ޔާޒްއަށް ބަލާލިއެވެ. ޔޫސުފް ލޮލުގެ އިޝާރާތުން ވަނީ ކިހިނެއްތޯ އަލައިކާ ގާތު އަހާލިއެވެ. އަލައިކާ ދެކޮނޑު އަރުވާލީ އޭނާއަަށްވެސް އެވަނީ ކިހިނެއްކަން ނޭންގޭތީއެވެ.

ނަވްޔާއާއި މާއިޒްއަަށްވެސް ލިބުނީ ހައިރާންކަމެވެ. ޔާޒް އައިރާއާއި އިންނަން ބޭނުމޭ ބުންޏަސް އެފަދަ ކަމެއް ކޮށްފާނޭ ދެމީހުން ހިތަށްވެސް ނާރައެވެ.
އަހުސަމް އަދި އިސްރާވެސް ތިބީ ހައިރާންކަން މަތީއެވެ. ދެމީހުންވެސް މާއިޒްއާއި ނަވްޔާއަށް ބަލާލިއިރު އެދެމީހުންގެ މޫނުންވެސް ފެންނަމުން ދިޔައީ ހައިރާންކަމެވެ.

ޔާޒް އެހުރި ގޮތަށް ހުއްޓާ މީހަކު އައިސް އަތުގެ ގޮށް މުށުން ޔާޒްގެ ކޯތާފަތުގައި ބާރަށް ޖެހިއެވެ. ޖެހިލެއް ބާރުކަމުން ޔާޒްގެ އަތް އައިރާ އަތުން ދޫވެ ވިނަގަނޑު މައްޗަށް ބަނޑުވަތައް ވެއްޓުނެވެ. ނޭފަތް ފަޅައިގެން ގޮސް ނޭފަތުން ލޭވެސް އައެވެ.
“ކަލޭ އައިރާ ގައިގައި އިނގިލި ކުރި ޖައްސާލިއަސް މަށަކީ ނުބައި މީހެއްކަން އަންގާލާނަން” ޔާޒް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައި ނަގަމުން ރުޅިއައިސް ރަތްވެފައި ޝާރިމް ބުންޏެވެ.
އެންމެންގެ ތެރޭގައި ޝާރިމް ޔާޒްއަށް ހަމަލާ ދިނުމުން އައިރާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ބިރުން ގޮސް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އައިރާގެ މޫނު މަތިން ފެންނަމުން ދިޔައީ ބިރާއި ސިހުމެވެ. އައިރާގެ ބޮޑު ދެލޯތެރެއަށް ކަރުނަ ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ.

ޔާޒް ހޭންފެށުމުން ޝާރިމް އިތުރަށް ރުޅިގަދަވިއެވެ. އައި ރުޅީގައި ޔާޒްގެ މޫނު މައްޗަށް ބާރު ހަމަލާއެއް ދިނެވެ. ޔާޒްގެ ތުންފަތް ފަޅައިގެން ގޮސް ތުންފަތުން ވެސް ލޭ އަންނަން ފެށިއެވެ. އެވަރު ނުފުދިގެން ޔާޒް ބިންމައްޗަށް ވައްޓާލާ ފައިންވެސް ޔާޒް ގައިގައި ތެޅިއެވެ.
އެންމެންގެ ތެރޭގައި ޝާރިމް ޔާޒް ގައިގައި އެއޮށް ވަރަށް ތަޅަމުން ދިޔައިރު އެކަކަށްވެސް އެތަނަށް އައިސް ޝާރިމް ހުއްޓުވާކަށް ނޫޅުނެވެ. އެންމެންވެސް ތިބީ އަނގަނަގައިގެން މަންޒަރު ބަލާށެވެ. އެއްބައި މީހުން އެމީހުންގެ ފޯނުތަކުގައި އެމަންޒަރު ރައްކާކުރަމުން ދިޔައެވެ.

ލިބުނު ސިހުމުގައި މާއިޒްއާއި ނަވްޔާއަށްވެސް ތިބެވުނީއެވެ. އެދެމީހުންގެ ފައިގައި ހީވަނީ ކަސްތޮޅު އަޅުވާފައި ތިބި ހެންނެވެ. ނަވްޔާގެ ދެލޯ ކަރުނުން ފުރި ބަންޑުންވިއެވެ.

“ރިމް ޕްލީޒް ދޫކޮށްބަ!” ރޮވިފައި ހުރެ އައިރާ ޝާރިމް ދުރުކުރެވޭތޯ އުޅުނެވެ. ޝާރިމްއަށް އެއަޑު އިވޭހެންވެސް ހިއެއް ނުވެއެވެ. ޔާޒްއަށް ދެރަ ގޮތެއް ވެދާނެތީ އައިރާގެ ހިތް ބިރުވެރިކަމުން ފުރުނެވެ. ވަށައިގެން ނަޒަރު ހިންގާލެވުނީ މީހެއްގެ އެހީތެރިކަން ލިބޭތޯއެވެ.

ލިބުނު ސިހުމުން ހަމަހޭވެރިކަން ލިބުން ޔޫސުފް ޝާރިމް ހުއްޓުވަން ދިޔައެވެ. ޝާރިމް ލައިގެން އިން ޓީޝާޓުގެ ފަހަތުގައި ހިފައި ދަމައިގަންނަމުން ޝާރިމް ދުރަށް ލިއެވެ. އައި ރުޅީގައި ޝާރިމް ޔޫސުފް ގައިގައި ޖަހަން ނެގި އަތް ހުއްޓުވީ އަހުސަމްއެވެ. އަހުސަމްގެ ދެލޯ ރަތްވެފައި ހުރި ގޮތުން އޭނާ އެހުރީ ވަރަށް ރުޅި އައިސްފަކަން އެނގެއެވެ.

ޔޫސުފް ޝާރިމް ދުރަށް ގެންދިއުމުން އައިރާ ދުވެފައި ގޮސް ޔާޒް ގާތު އިށީނެވެ. ޔާޒްގެ އަނގައިންނާ ނޭފަތުންނާ ލޭ އަންނަމުން ދިޔައެވެ. ނިއްކުރިމަތިންވެސް ފަޅައިގެން ގޮސް ލޭއާދެއެވެ. ޔާޒްގެ ހޭހުރީ ކިރިޔާއެވެ.
ޔާޒް އޮތްގޮތް ފެނުމުން އައިރާ ރޯންފެށިއެވެ. ޔާޒް އޮތްގޮތް ފެނުމުން ހިތުގައި މާބޮޑަށް ޖެހުނީއެވެ. މަޑުމަޑުން ޔާޒްގެ ދެލޯ މެރުމާއެކު އައިރާ ރުއިމުގެ އަޑުވެސް ގަދަވިއެވެ.
ފުލުހުން އައިސް ޝާރިމް ހައްޔަރުކުރިއެވެ. އޭރުވެސް އޭނަ ދިޔައީ ޔާޒްއަށް އެތިވަރު ގޮވަމުންނެވެ. އައިރާއަކީ ހަމަ އެކަނި އޭނާގެ މީހެއް ކަމުގައި ބުނަމުން ދިޔައެވެ.

ދަރިފުޅު އޮތް ގޮތް ފެނުމާއެކު މާއިޒްގެ މޭތެރޭގައި މޫނު ފޮރުވާލަމުން ނަވްޔާއަށް ރޮއެގަނެވުނެވެ. ޔާޒްގެ ގައިން އައިސްފައި ހުރި ލޭފެނުމުން އޭނާގެ ބޮލަށް އެނބުރުންވެެސް އެރިއެވެ. މާއިޒްއަށްވެސް ވީ ނަވްޔާއަށް ވީ ފަދަ ގޮތެވެ. ބޮލަށް އެނބުރުން އަރައި މޫނަށް އަނދިރިވިއެވެ.

އިޝްމާއާއި އަކްމަލް ކުދިން ގޮވައިގެން ގެއަށް ދިޔައެވެ. އިސްރާއާއި އަހުސަމްވެސް ހޮސްޕިޓަމަށް ދިއުމުން އަހާންވެސް އެމީހުންނާ އެއްކޮށް ގެނައެވެ. ޒާޔާ ހުރީ ފެނުނު މަންޒަރުން ކުޑަކޮށް ސަކާރާތްވެފައެވެ. ދޮންބެ ކައިރިއަށް ދާށޭ ކިޔާފައި ގެއަށް އައިސް ރުޔެވެ. އަލައިކާ ޒާުޔާ އޭނާގެ ކޮޓަރިއަށް ގެންގޮސްގެން ހަމައަކަށް އެޅުވިއެވެ. ނަވާރް ގެންނަން ޖެހޭތީވެ އަލައިކާވެސް ހޮސްޕިޓަލަށް ނުގޮސް އައީއެވެ.

ނޫސްތަކުގެ ފަލަ ސުރުޚީއަށް މެޗަށް ފަހު ހިނގި ކަންތައް އެރިއެވެ. ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މާއިޒްގެ ދަރިފުޅު ކުރީގެ ކުޅުންތެރިޔާ އަހުސަމްގެ ދަރިފުޅުގާތު ދަނޑުގައި ހުރެ އިންނަން އެހުމުން އެހެން ޒުވާނަކު އައިސް އެކުއްޖާއަށް ހަމަލާދިން ވާހަކައެވެ. އަދި މާއިޒްގެ ދަރިފުޅުގެ ހާލު ސީރިއަސް ކަމަށްވެސް ނޫސްތަކުގައި އޮތެވެ. ސޯޝަލް މީޑިއާގައި ޝާރިމް ޔާޒްގައިގައި ތަޅައިގަތް ވީޑިއޯ ވަނީ ފެތުރިފައެވެ. އެންމެން ކަހަލަ ގޮތަކަށް ޝާރިމްއަކީ މޮޔައެކޭ ކިޔާ ކޮމެންޓް ކޮށްފައި ހުއްޓެވެ.

އިސްރާ ކޮނޑުމަތީ ބޯއަޅައިގެން އިން އައިރާގެ ލޮލުން ކަރުނަ ނުހިކެއެވެ. މަންމައާ ބައްޕަގެ ފަރާތުން އެތައް ސުވާލެއް ކުރިމަތިވާނެކަން އޭނާއަށް އެނގެއެވެ. ޝާރިމްއަކީ އޭނާގެ ލޯބިވެރިޔާކަން އެނގުމުން މަންމަން އަދި ނަވްޔާއާއި މާއިޒްވެސް އޭނާއަށް މާފު ނުކުރާނެކަން އެނގި ހިތުގައި ޖެހުނެވެ. ޔާޒް އެހާލުގައި މިއަދު އެއޮތީ އޭނާއާ ހެދިކަން ހިތަށް އަރާ ކޮންމެ ފަހަރަކު މެއިން ދިލަ ނަގައެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެއްކުރުން ވީ އުނދަގޫ ކަމަކަށެވެ. އައިރާގެ އަނގައިން މަޑު ގިސްލުމެއްގެ އަޑުވެސް ނުކުތެވެ.

ނަވްޔާ ގާތު އިން މާނީ ނަވްޔާއަށް ހިތްވަރުލައިދެމުން ދިޔައެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށާއި ހިތްވަރު ކުރުމަށް ބުންޏެވެ. އެހެނެއް ކަމަކު ނަވްޔާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތަކަށް ބަދަލެއް ނާދެއެވެ. އެއްވެސް މަޔަކަށް އެމީހެއްގެ ދަރި އެހާލުގައި އޮއްވައި ހިތަށް އާސަރު ނުކޮށެއް ނުދާނެއެވެ.
މާއިޒް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ޑޮކްޓަރު ނޫނީ ނަރުސް ކުއްޖަކު ނިކުންނާނެ އިރަކަށް އޭނާ ދިޔައީ އިންތިޒާރު ކުރަމުންނެވެ. އާރާޝް އާއި އަހުސަމްވެސް ތިބީ ކޮޅަށެވެ.
ޑޮކްޓަރު ނުކުމެފައި ޔާޒްގެ ހާލު މިހާރު ރަނގަޅު ކަމަށް ބުނުމުން އެންމެންނަށް ހަމަޖެހުމެއް ލިބުނެވެ. ނަސީބަކުން ޔާޒްގެ އެތެރެ ހަށްޓަށް ގެއްލުމެއް ލިބިފައެއް ނެތެވެ. ދެތިން ދުވަހު ބާއްވާލަނިކޮށް ރަނގަޅު ވާނެ ކަމަށްވެސް ބުންޏެވެ. އެވަގުތު ޔާޒްއަށް އޮތީ ނިދިފައި ކަމަށްވެސް ބުންޏެވެ.
އާރާާޝް ޕްރައިވެޓް ރޫމެއް ހަމަޖެއްސުމުން އެތަނަށް ޔާޒް ބަދަލު ކުރުވެނުވެ.
ޔާޒްގެ ހާލު ރަނގަޅުކަން އެނގުމުން ނަވްޔާ ގޮވައިގެން ގެއަށް ދާން މާނީ ގާތު މާއިޒް ބުންޏެވެ. ނަވްޔާއެކޭ އެއްފަދައިން މާނީވެސް ހުރީ މަޑު ކުރަން ބޭނުންވެފައެވެ. އެހެނެއްކަމަކު ދޮންބެ ބުނުމުން މަޑު ކުރާކަށް ނޫޅުނެވެ. މަޑު ކުރަން ކިތަންމެ ބޭނުންވިއަސް ޒާޔާ މަތިން ހަނދާންވެފައި ނަވްޔާވެސް ދެކޮޅުހެދުމެއް ނެތި ދިޔައެވެ.

ހިތާ ދެކޮޅަށް ނަމަވެސް އައިރާވެސް އިސްރާއާއި އެކީ ގެއަށް ދިޔައެވެ. ޔާޒްގެ ހާލު ރަނގަޅުވުމުން އައިރާއަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

“އަހޫ ޔާޒްގެ ފަރާތުން އަހަރެން މާފަށް އެދެން!” އެންމެން ދިއުމުން ހަމަޖެހެވުމުން މާއިޒް އަހުސަމްގެ ކިބައިން މާފަށް އެދުނެވެ. “ކޮން ކަމަކަށް؟ ޔާޒް އައިރާއާއި އިންނަން އެހީމަ؟ ޑޫޑް. މަށެއް ރުޅިއެއް ނާދެއޭ. ތެދައް ބުނަންޏާ މަ އެގަޑީ ހިތަށް އެރީ މަ އިސްރާ ގާތު އިންނަން އެހެން ނޭހީ ކީއްވެހެއްޔޭ. މެޗެއް ނިންމާފަ އެގޮތަށް ޕްރޮޕޯސް ކުރެވުނު ނަމަ ކިހާ ސަޅި ވީސް.” އަހުސަމްގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތްކަން އެނގުނުން މާއިޒްވެސް ހިތްހަމަ ޖެހުނެވެ. އޭނާވެސް އަހުސަމްގެ ވާހަކައާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

އައިރާ ގެއަށް އައިސްވެސް ރުއިން ނުހުއްޓައެވެ. އިސްރާ އުނގުގައި ބޯއަޅައިގެން އޮވެ ކުޑަ ކުއްޖެއްހެން ރޮމުން ދިޔައެވެ. އައިރާގެ ބޮލުގައި އިސްރާ ފިރުމަމުން ދިޔައިރު އައިރާ ރޯގޮތުން އިސްރާގެ ހިތަށްވެސް ތަދުވަމުން ދިޔައެވެ. “ދެން ހުއްޓާލަބަ. ޔާޒް މިހާރު ރަނގަޅޭ. އައިރާ ތިހެން ރޯކަން އެނގިއްޖެޔާ ޔާޒް ފަހުންވެސް ކިހާ ދެރަވާނެ!” އައިރާ ރުއިން ހުއްޓަން މަސައްކަތް ކުރިނަމަވެސް ހުއްޓޭ ގޮތެއް ނުވިއެވެ. އެއަށްވުރެ އޭނާގެ ހިތުގައި ޖެހިފައިވާލެއް ބޮޑެވެ. ޝާރިމްއާ މެދު އެތައް ޝަކުވާއެއް ހިތުގައި ވިއެވެ. އައިރާއަށް ނިދުނީވެސް ރޮމުންނެވެ. ނިދީތެރޭވެސް ގިސްލެވެމުން ދިޔައެވެ. އައިރާ ނިދީކަން ޔަގީންކޮށްފައި އިސްރާ ރީތި ކޮށް އައިރާ އެނދުގައި ބޭއްވިއެވެ. އައިރާ ގައި މަތީ ފޮތިގަނޑު އަޅައިދީފައި ނިތުގައި ބޮސްދީފައި އިސްރާ ކޮޓަރިން ނިކުތެވެ.

ހެނދުނު ނަވްޔާއާއި އެކީ އަލައިކާ ހޮސްޕިޓަލަށް ދިޔައެވެ. އޭރު ޔާޒް ހޭލައިގެން އޮތެވެ. މާއިޒްއާއި އަހުސަމް ސޯފާގައި އިށީންދެގެން ތިބެ ނިދާފައި ތިއްބެވެ. ނަވްޔާ ގޮސް މާއިޒްއާއި އަހުސަމްއަށް ގޮވުމުން ދެމީހުން ތެދުވިއެވެ. ޔާޒް ހޭލިކަންވެސް ދެމީހުންނަށް ނޭންގެއެވެ. މާއިޒްއާއި އަހުސަމް ފަހުން އަންނާނަމޭ ކިޔާފައި ނިކުތެވެ.
ނަވްޔާ ގޮސް ޔާޒްގެ ބޮލުގައި ފިރުމާލިއެވެ. ޔާޒް ހިނިތުނެލިއެވެ. “ބަނޑުހައިތަ؟” ޔާޒް ބޯޖަހާލުމާއެކު ނަވްޔާ ނުކުތީ ޔާޒްއަށް ކާއެއްޗެއް ގެންނަންށެވެ.

“އާރ ޔޫ އިންސޭން؟؟؟ ކޮން މޮޔައެއް ވެގެން އައިރާ ޕްރޮޕޯސް ކުރީ؟؟” ނަވްޔާ ނުކުތުމާއެކު އަލައިކާ އެހިއެވެ. އަލައިކާ ސުވާލު ކުރި ރާގުންވެސް ހިތްހަމަ ނުޖެހިފައި ހުރި މިންވަރު އެނގެއެވެ. “ލޯބިވާތީ!” ޔާޒްގެ އަޑު އައީ ކިރިޔާއެވެ. ކިތަންމެ މަޑުން އައި ނަމަވެސް އަލައިކާއަށް ރީތިކޮށް އަޑުއިވުނެވެ. “ދެން ހަމަ ތިހެން ބުނާއިރަށް އަލް ގަބޫލުކުރަންވީ؟ ދެން ނަވާއޯ؟” “އަލޫކާ އެހަށް އަނގަމަޑުން ލައިގެން އިނދެބަ. ލެޓް މީރެސްޓް. ފަހުން ކިޔާދޭނަން” އަލައިކާ އިތުރަށް ސުވާލު ކޮށްފާނެތީ ޔާޒް ދެލޯ މަރާލިއެވެ. އަލައިކާ މޫނަށް ވައްތަރެއް ޖައްސާފައި ޔޫސުފްއަށް މެސެޖް ކުރިއެވެ. މާލެ އައިސްފައި ހޮސްޕިޓަލަށް ދާނަމޭ ކިޔާފައި ޔޫސުފްވެސް މެސެޖް ކުރިއެވެ.

އައިރާއަށް ހޭލެވުނީ އިސްރާ އައިސް ގޮވުމުންނެވެ. ރުއިމުގެ ސަބަބުން އޭނާގެ ލޮލުގައި އަދި ބޮލުގައިވެސް ރިއްސަމުން ދިޔައެވެ. އައިރާ ތެދުވެގެން ރީތިވެގެން ނުކުތް އިރު އިސްރާ ހުރީ ސައި ހަދާފައެވެ. އަނގައިން ބަހެއް ބުނުމެއް ނެތި އައިރާ ސައި ބުއެވެ. ބަނޑުހައި ވެފައި ހުރުމުން އެހެންނާ ކާވަރަށް ވުރެއް ގިނައިން އައިރާއަށް ކެވުނެވެ. “މަންމާ ބޭނުން ހޮސްޕިޓަލަށާ ދާން!” ސައި ބޮއެ ނިމިގެން އައިރާ އިސްރާ ގާތު ބުންޏެވެ. “ދޭ ތައްޔާރުވެގެން އަންނަން. މަންމަވެސް މިދަނީ ތައްޔާރުވާން”
އައިރާ އާދައިގެ ގޮތަކަށް ތައްޔާރުވެގެން ނުކުތެވެ. އޭނާގެ މޫނުން ރަތްކަން އަދިވެސް ނުފިލައެވެ. ދެލޯ ދުޅަވެފައި ހުރިއިރު ތުންފަތްވެސް ހުރީ ހިކިފައެވެ. އިސްރާ ތައްޔާރުވެގެން އައުމާއެކު އިސްރާއާއެކު ހޮސްޕިޓަލަށް ދާން އައިރާ ނުކުތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބި ނުވެވުނު ނަމަ -8-

Next

ލޯބިވަން ޔާރާއޭ 13

Next
November 22, 2019

ލޯބިވަން ޔާރާއޭ 13

Previews
November 21, 2019

ލޯބި ނުވެވުނު ނަމަ -8-

22 Comments!

  1. Kiyara says:
    November 22, 2019 at 1:05 pm

    Salam all. Here is the 17th part of rastha2. Ehen part thakah vure mi bai kuruvaane. Ekam ves Friday ga up kohdheynamey bunefa othyma kuruviyas up kohlly hurihaa kudhinnahves mi bai kamudhiya kamah ummedhu kuran. Readers ah hyvany dhen vaany kihineh hen? Yaaz aira propose kury hagee gathugaives aira dheke loabi vegen hen hyveytha??? Ahusam aa isra ah sharim kanthan engumun vaany kihineh hen hyvany???

  2. Alpha says:
    November 22, 2019 at 1:10 pm

    Masha Allah! Varah reethi.. thanks kiyaa miadhu part up kohdhin kamah.. yaaz beynun vee shaarim kairin aira salaamaiy kohdheyn dhw that’s why he did that.. brain eh hurey ingey aharemenge yaaz ge??? anyways story dhaa goiy varah salhi.. next part ah varah inthizaaru kurevey. Keep going kiyaaa???

    1. Kiyara says:
      November 24, 2019 at 11:21 am

      Thanksss alpha. Heheh hingaa balama dhw. Thihen ves hama vedhaane.

  3. Kairaa says:
    November 22, 2019 at 1:42 pm

    Woww..varah varah varah reethi mi bai vx….speechless….whn nxt…avahah up kohla dhehchey ingey kiyaa….varah varah kiyaalaa hithun mihiry…..ly kiyaa

    1. Kiyara says:
      November 24, 2019 at 11:23 am

      Thanksss kairaa. In Sha Allah balaanan kohdheveytho ly2

  4. ?? says:
    November 22, 2019 at 4:07 pm

    ?. ? ??? ?. ?
    ? ? ? ?. ?. ? ? ?
    ?. ?. ??? ?. ?. V reethi mi part vx?next part koniraku up kohdheveyny ?? waiting ????yaaz airaa propose kury shaarim kibain salaamai kohdheyhen hyvany…thankolheh logically visnyma….and v reethi mi vaahaka kuriyah dhaa goi

    1. Kiyara says:
      November 24, 2019 at 11:25 am

      Thanksss dear. Thives hama vedhaane gotheh dhw.. ?

  5. Yanaa says:
    November 22, 2019 at 7:12 pm

    Varah ??????????
    varah ??????????
    varah??????????
    varah ?????????
    reethi.??????????
    Maa sha Allah.???????
    Curiously ????????
    waiting ?????????
    for ??????????
    next??????????
    part.????????

    1. Kiyara says:
      November 24, 2019 at 11:26 am

      Thankssss yanaa. Yaanaa ge comment ah reply kuraane gotheh hama kiyara akah neyngey.?

  6. Jerry says:
    November 22, 2019 at 7:14 pm

    Yaaz eyna kairee loabi vaa vaaahaka bunyas Yaaz aira ah dhera eh nudheichey..please adhi loabi vaane dhw ???

    1. Kiyara says:
      November 24, 2019 at 11:27 am

      Thankssss jerry. Neynge dhw. Yaaz hadhaa gotheh balama. ?

  7. eekko sau says:
    November 22, 2019 at 7:49 pm

    varah varah reethi mi part ves….waiting for the next part…LYSM..kiya sis..

    1. Kiyara says:
      November 24, 2019 at 11:28 am

      Thankssss eekko sau. Ly2?

  8. Imkko says:
    November 22, 2019 at 9:09 pm

    V reethi mi baives … keep it up … waiting curuously for next part dear ❤❤

    1. Kiyara says:
      November 24, 2019 at 11:28 am

      Thankssss imkko?

  9. Dhonthy says:
    November 22, 2019 at 10:46 pm

    Hi Kiyaa sis. Mibaives v reethi. Yaaz auveegoiy sifakurevuneema v hiydhathivi inge aslu. Griezmann akee my favorite eiy. ehenve kanneynge ehaa hiydhathivee e. ekamves ok dhen. v reethi mi episode. waiting for the next. Love you sis

    1. Kiyara says:
      November 24, 2019 at 11:29 am

      Hii dhonthy.varah ufaavehjje dhonthyge comment eh fenunyma. Ooh ehentha. Ly2

  10. Airaa maama says:
    November 23, 2019 at 8:45 am

    Subuhaanallah airaa dharifulhaa thi saarim kahala kos sorakaa nugulheythi maamayah heevanee eiy moya sorenhen eoh ulhunu gotheh anhen kujjaku dhee hageegee thedhuveri loabi vaa kujjaku noolheyne evahtharakah heevee moya gerienhen ulhunu henviyya maama bunaane vaahakayakee avahah thiya soraa dhuruga hurey, maamayah Heevanee task egothah ekanthah kuree airaa esaarim kairin dhuru kuraashaa yoosuf n navaaruge belunthahves thafaathu kan esorah faahaga kureveytheehen

    1. Kiyara says:
      November 24, 2019 at 11:31 am

      Airaa maama haadha bodu naseyhathekey dhw airaa ah dhyfa miothy. Kiyara ummedhu kuran airaa maamage bas ahaanekamah.

  11. Shy says:
    November 23, 2019 at 7:40 pm

    Damn so excited for the next part. Shaarim aa hedhi dhw aslu Yaaz propose kuree? Dhen kihineh baa vaany? Curiously waiting for next part.

    1. Kiyara says:
      November 24, 2019 at 11:32 am

      Thanksss shy. Hingaa dhw balama dhen vaane goii hehe

  12. Shahu says:
    November 24, 2019 at 1:20 pm

    I think airaa yaaz ignore kuraathy and shaarim aa hedhy and nawaar aa yoosuf ge belunthakun ? Curiously waiting for next part. Ly kiyara sis

Comments are closed.

Next Episodeރާސްތާ2 އަށާރަ ވަނަބައި←


All Right Reserved!