Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 އެކާވީސްވަނަ ބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 3, 2019 8 Mins Read
27 Comments

ޒެވިޔަންގެ އިންތިޒާރަށް ނިމުން އައި އަށެއް ޖެހިއިރު އަލައިކާ ބައްދަލު ކުރަން އައުމުންނެވެ. އަލައިކާގެ މޫނު މަތިން އެހެންނާ ނުހުންނަ ވިދުމެއް މިރޭ ހުއްޓެވެ. ފަރި ހިނގުމެއްގައި އައިސް ޒެވިޔަން ކުރިމަތީ ހުއްޓިލުމާއެކު ޒެވިޔަންއަށް ހަމަ ބިމަށް އާދެވުނެވެ. “ވަރަށް ވިސްނާފަ އަހަރެން ގޮތެއް ނިންމައިފިން!” ހިނިތުންވެލައިގެން އިނދެ އަލައިކާ ބުނެލި ގޮތުން ޒެވިޔަންގެ އުއްމީދު އާވިއެވެ. ޒެވިޔަންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވިއެވެ.
******

ފަތިސް ނަމާދުކޮށްގެން އައިރާއަށް ނިދަން ނޯވެވުނީ އަންޖަލްއާ ހެދިއެވެ. އަންޖަލް ނަމާދުކޮށްގެން އައިސް އައިރާއަށް ގޮވައިގެން ނެރުނެވެ. އައިރާ ގާތު ކޮފީއެއް ހަދާދޭށޭ ކިޔައިފައި އަންޖަލް ގޮސް ސޯފާގައި އިނެވެ. އަހުސަމް އަހާން ގޮވައިގެން މިސްކިތުން އައިއިރު ސޯފާގައި އޮށޯވެލައިގެން އަންޖަލް އޮތެވެ.
“މީނަ އައިކަން އެނގޭނެ ފަތިސް ގަޑީގަ. ދެން އެހެން މީހަކަށް މިތާ އިށީންނާކަށް ނުލިބޭނެ!” އަންޖަލް ފައިގައި ހިފައި ދަމައި ގަނެފައި އަހުސަމް އަންޖަލް ސޯފާއިން ވައްޓާލިއެވެ. އަންޖަލް ތޫލި އަޑެއް ލައްވާލުމާއެކު ބަދިގޭގައި ކޮފީ ހަދަން ހުރި އައިރާ ދުވެފައި އައެވެ. “ތުތީ ކިހިނެއްވީ؟” ކަންބޮޑުވެފައި ހުރެ އައިރާ އަހާލިއެވެ. އަހުސަމް އައި ކަމެއް އައިރާ އަކަށް ނޭންގެއެވެ. “މާ ބޮޑު ކަމެއް ނުވޭ. މި ދޮންބެގަނޑު ތުތީ ވައްޓާލީ!” އަންޖަލް ތުންކޮޅު އޫކޮށްފައި ބުނި ގޮތުން އައިރާއަށް ހެވުނެވެ. ކުޑަ ކުއްޖެކޭ ތަފާތެއްވެސް ނެތެވެ. “ބައްޕާ ކޮފީއެއް ގެނެސްދެންތަ؟” އަހުސަމް ބޯ ޖަހާލުމާއެކު ހަލުވިކަމާއެކު އައިރާ އެނބުރި ގޮސް ބަދިގެއަށް ވަނެވެ. އައިރާ ދިޔަ ދިމާއަށް ބަލަން ހިނިތުންވެލާފައި އަހުސަން ހުއްޓެވެ. އައިރާ ގޮސް ވަނުމާއެކު އަހުސަމްގެ ހިނިތުންވުން ފަނޑުވިއެވެ. އެދަރިފުޅު އޭނާއާ ވަކިވެގެން ދާކަށް ދެން މާގިނަ ދުވަހެއް ނެތެވެ. އައިރާ މިދުނިޔެއަށް ނޭވައި ލީ ދުވަހަކީ ހަޔާތުގައިވެސް އޭނާ އެންމެ އުފާވި ދުވަހެވެ. އެދުވަހު އައިރާ ދުށުމުގެ ފުރުސަތު ނުލިބުނު ނަމަވެސް އެދަރިފުޅާ މެދު ހިތް ލޯބިން ފުރުނެވެ. އެދަރިފުޅު ނުފެނިގެން އޭނާ އޭރު އުޅުނު ގޮތް ދެނެވޮޑިގެން ވާނި ހެއްދެވި ފަރާތެވެ. އިސްރާ ގުޅައިގެން އެދަރިފުޅުގެ އަޑު ހަމައެކަނި އިއްވާލުމުންވެސް އޭނާގެ ހިތް އުފަލުން ނަށާލިއެވެ. ހަމަ ލޮލަށް އައިރާ ފުރަތަމަ ފެނުނު ދުވަހު އަހުސަމްއަށް ރޮވުނެވެ. ދުވަހެއްގެ ކޮޅުންވެސް އެދަރިފުޅަށް ހިތާމައެއް ނުދޭން އަމިއްލަ ނަފްސަށް ވައުދުވިއެވެ. އެދަރިފުޅު ލޯމަތިން ގެއްލޭކަށް ނޭދެވުނެވެ. ޕްރެކްޓިސް ވަގުތާއި މެޗު އޮންނަ ދުވަސް ދުވަސް ފިޔަވާ ހުރިހާ ވަގުތެއް ގައިހެން އޭނާ ހޭދަކުރީ އޭނާގެ ކުޑަކުޑަ އާއިލާއާއި އެއްކޮށޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ޔޫރަޕުގައި އުޅެފައި އެނބުރި ރާއްޖެ އައިސް އެންމެ ފުރަތަމަ އައިރާ ސްކޫލަށް ގެންދިޔަސް ދުވަސް އަދިވެސް އިއްޔެވީކަމެއްހެން ހަނދާނުގައި އެބަހުއްޓެވެ. މިއަދު އެދަރިފުޅު ފުރާ ފުރިހަމަވެ ހަޔާތުގެ އާބާބެއް ފަށަން އެދަނީ ތައްޔާރުވަމުންނެވެ. އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅަށް ވެފައި ޔާޒް އުޅެ ބޮޑުވީ އޭނާގެވެސް ކުރިމަތީގައި ކަމަށްވުމުން އޭނާގެ ލޯބިވާ ދަރިފުޅަށް ޔާޒްގެ ފަރާތުން ހިތްދަތިކަމެއް ނުލިބޭނެކަން އަހުސަމްއަށް ޔަގީނެވެ. އުމުރުން އެންމެ އަށާރަ އަހަރުގައި ހުރި ހަމައެކަނި ދަރިފުޅު އޭނާގެ އަތް މައްޗަށް ނުހަނު އިތުބާރުކޮށްފައި ނައުޝާދް ދޫކޮށްލި ފަދައިން އޭނާ ވެސް ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ދިރިއުޅުމުގެ ހުންގާނު ޔާޒްގެ އަތް މައްޗަށް ދޫކޮށްލަން އެހެރީ ތައްޔާރަށެވެ. ބަލާބެލުމަށް ކިތަންމެ ފަސޭހަކަމެއްހެން އެދުވަހު އޭނާއަށް ހީވިއަސް މިއަދު އެއީ ކިހާ ބޮޑު ނިންމުމެއްކަން އަހުސްމްއަށް އެނގިއްޖެއެވެ. އެދުވަހު ނައުޝާދް އޭނާއަށް އިތުބާރުކޮށްފައި އިސްރާ އޭނާގެ އަތް މައްޗަށް ދޫކޮށްލިކަމަށްޓަކައި އަބަދުގެ އަބަދަށްޓަކައި ނައުޝާދަށް ޝުކުރުވެރިވާނެއެވެ. ނައުޝާދް އޭނާއަށް ކުރި އިތުބާރު އޭނާވެސް ޔާޒްއަށް ކުރާނެއެވެ. އަހުސަމްއަށް ޚިޔާލުތަކުން ނުކުމެވުނީ އައިރާ އައިސް ކޮފީ ތަށި ދިއްކޮަށްލުމުންނެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހޮވާ ހަފްލާއަށް ދިއުމުގެ ދައުވަތު އާރާޝްއަަށް ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ލިބުނެވެ. ޕެރިހުގައި އޮންނަ އެ ހަފްލާއަށް އާރާޝް އާއި އެކު މާނީވެސް ދިޔައެވެ. ހަފްލާގައި ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި މިހާރު އަރަމުން އަންނަ ޒުވާން ކުޅުންތެރިންނާއި މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާއި ކޯޗުންވެސް ބައިވެރިވެއެވެ.
ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި އާރާޝް ހުރިއިރު މާނީ ހުރީ ކަޅު ކުލައިގެ އަބާޔާއާ އެކެ ކަޅު ކުލައިގެ ޝޯލެއް އަޅައިގެންނެވެ. މާނީގެ ބޮޑު ދެލޯ ވަށާ އަނދުން އެޅުން ފިޔަވާ އިތުރު މޭކަޕެއް ކޮށްފައެއް ނެތެވެ. ރަތް ދޫލަ މަތިން ދެމީހުން ދިޔައިރު އެދެމީހުންނަކީ އަށާރަ އަހަރުވެފައި ހުރި ފިރިހެން ދަރިއެއްގެ މަންމައާއި ބައްޕާއެވެސް ނުބުނާނެއެވެ. މާނީއާއި އާރާޝްވެސް ފެންނަމުން ދިޔައީ އުމުރަށް ވުރެ ޒުވާން ކޮށެވެ.
ހަފްލާ އޮންނަ މާލަމަށް ވަނުމުގެ ކުރިން ދެމީހުން ފޮޓޯއަކަށް ހުއްޓިލިއެވެ. މާނީގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އޭނާގެ ގަޔާ އާރާޝް މާނީ ގާތް ކުރިއެވެ. ފުރަތަމަ ފޮޓޯގައި ދެމީހުންވެސް ތިބީ ކެމެރާއަށް ބަލައިގެންނެވެ. ދެވަނައަށް ނެގި ފޮޓޯ ގަނޑުގައި އާރާޝްގެ ދެލޯ ވަނީ މާނީގެ މޫނަށް އަމާޒުވެފައެވެ.

“ބަލާބަ ދޮންބެ އާއި ދޮންތިއާއި ރޮމްކަން” މާނީމެންގޭ ސިޓިން ރޫމް ސޯފާގައި ޔޫސުފް، އަލައިކާ، ޔާޒް އަދި އައިރާ ތިއްބެވެ. މާނީއާއި އާރާޝް ދައްކަން ފެށުމުން އަލައިކާއަށް މަޑަކުން ނީންދެވުނެވެ. “ހޫމް ދޯ! މަށަށް ހީވަނީ ދުވަސްކޮޅަކުން ޔޫސުފްވެސް އެތަނުން އެހެން ފެންނާނެހެން!” ޔާޒް އެހެން ބުނުމާއެކު ޔޫސުފް ދެލޯ ހަނިކުރަމުން ޔާޒްއަށް ބަލާލިއެވެ. “ޑާހް މަށަށް އަދި އެހިސާބަށް ދެވޭނީ ކޮން ދުވަހަކުން ރާއްޖޭގަ އޮންނަ އެވޯޑް ހަފްލާއަށްވެސް އަދި ނުދެވިގެން މިއުޅެނީ!” މާޔޫސީ ރާގަކަށް ޔޫސުފް ބުންޏެވެ. އާރާޝް ދިޔަ ހިސާބަށް ދިއުމަށްޓަކައި އަދި ނުހަނު ގިނަ މަސައްކަތް އޭނާ ކުރަން ޖެހެއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވާ ހަފްލާއަށް އޭނާ މީގެ ކުރިން ވަނީ ގޮއްސައެވެ. އެއީ އާރާޝްގެ ދަރިފުޅުގެ ހައިސިއްޔަތުންނެވެ. ދެން އޭނާ ދާން ބޭނުންވަނީ އެތަނުން ވަނައެއް ލިބެންށެވެ. ކުޑައިރު ކުޅުންތެރިން ސްޓޭޖަށް އަރާތަން ފެނުމުން އޭނާވެސް އެގޮތަށް އަރަން ބޭނުންވިއެވެ. އާރާޝްގެ ދަރިފުޅު ކަމުން އޭނާ ކުޑައިރުގައި ދުނިޔޭގެ މީޑިއާގެ ސަމާލުކަންވެސް އޭނާއަށް ހުއްޓެއެވެ. އޭރު އޭނާ ނެވައި ލައި ގޮތްވެސް އެމީހުން ބަލައެވެ. ނޫސްވެރިންނާ ހެދި ކުޑައިރު އޭނާއަށް އުނދަގޫވެސް ވެއެވެ.
ގޭގެ ބެލް ޖެހުމާއެކު އެންމެންގެ ސަމާލުކަން އެދިމާއަށް ދޮރަށް ހުއްޓުނެވެ. “އޫޕްސް. އަލްކޮ މަ ހަނދާން ނެތުނީ ކުރީބައިގަ ބުނަން މަ އަލްޔަސްއަށް އިންވައިޓް ކުރިން މިރޭ އަންނަން އެވޯޑް ނައިޓް ބަލަން. ސޮރީ ބްރޯ!” އަލްޔަސް އަންނާނެ ވާހަކަ ކުރީބައިގައި އަލައިކާ ގާތު ބުނަން ޔޫސުފް ހަނދާނެއް ނެތެވެ.
އެތެރެއަށް ވަން އަލްޔަސްއަށް ހުއްޓެވުނީ އަލައިކާ ފެނުމުންނެވެ. ވަގުތުން އެނބުރި ޔޫސުފްއަށް ބަލާލިއެވެ. ޔޫސުފް އިޝާރާތުން ކުރިއަށް ދާށޭ ބުނުމާއެކު އަލްޔަސް ލަސްކޮށް ހިނގާފައި ގޮސް އަލައިކާ އިން ފަރާތް ނޫން އަނެއް ފަރާތުގައި އިށީނެވެ. ޓީވީން ނަޒަރު ވަކި ނުކޮށް އިން ގޮތަށް އަލައިކާ އިނެވެ. ޔޫސުފް އައިސް އަލްޔަސްއާއި އަލައިކާގެ މެދުގައި އިށީނެވެ.

ނޫސްވެރިޔާ އާރާޝްއާއި މާނީއަށް މަރުހަބާ ކިޔައިފައި އެރޭގެ އެވޯޑް ލިބޭނެހެން ހީވަނީ ކޮން ކުޅުންތެރިއަކަށް ތޯ އާރާޝް ގާތު އެހިއެވެ. އާރާޝްއަށް ލަފާ ކުރެވޭ ކުޅުންތެރިޔާގެ ނަން އޭނާ ބުންޏެވެ. އަދި އެގޮތަށް ލަފާ ކުރެވެނީ ކީއްވެކަންވެސް އާރާޝް ބުނެދިނެވެ.

“އުއްމީދު ކުރަންތަ އެއް ދުވަހަކުން އާރާޝްގެ ދަރިފުޅަށް އެ މަގާމު ލިބޭނެކަމަށް؟” ނޫސްވެރިޔާ ދެން ކުރި ސުވާލުން އާރާޝްއާއި މާނީއަށް ވެސް ހިނިތުންވެވުނެވެ. ޔޫސުފް ކުޅެން ފެށީންސުރެ އެދެމަފިރިން އުއްމީދު ކުރަށް ފަށާފިއެވެ. “ވަރަށް އުއްމީދު ކުރަން އަވަސް މުސްތަޤްބަލެއްގަ ދަރިފުޅު މިތަނުން ފެންނާނެކަމަށް. ޔޫސުފްއަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބޭ ދުވަހު، އަހަންނަށް އެ މަގާމު ލިބިގެން އުފާވި ވަރަށް ވުރެ ބޮޑަށް އުފާވާނެ” އުއްމީދުން ފުރިގެން ވާ ގޮތަކަށް އާރާޝް ބުުންޏެވެ. ނޫސްވެރިޔާ އާރާޝްގެ އުއްމީދު އަވަހަށް ފުރިހަމާވާނެ ކަމަށް އުއްމީދު ކުރަމޭ ބުނެފައި އިންޓަވިއު ދިނީތީ ޝުކުރު އަދާކުރިއެވެ.

ބައްޕަގެ އުއްމީދުން ފުރިގެންވާ ބަސްތައް އަޑު އިވުމުން ޔޫސުފްގެ އަޒުމު އިތުރަށް ވަރުގަދަވިއެވެ. ބައްޕައާއި މަންމައަށް ޓަކައި ވެސް އެމަގާމު ހާސިލްކުރަން ޔޫސުފް ބޭނުންވިއެވެ. އޭނާގެ ލޮލުން ފާޅުވަމުން ދިޔައީ ކާމިޔާބު ހާސިލްކުރަން ބޭނުންވެފައި ހުރިކަމެވެ.

އާރާޝްގެ އިތުރަށް އަކްމަލްއަށްވެސް އެ ހަފްލާއަށް ދިއުމަށް ދަޢުވަތު ލިބުނެވެ. މިހާރުގެ ކޯޗެއްގެ ގޮތަށެވެ. އާރާޝްއާއި ޚިލާފަށް އަކްމަލް އެހަފްލާއަށް ދިޔައީ ބައިވެރިޔާ ނުލައެވެ. ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނުގައި އަކްމަލްވެސް ފެންނަލެއް ވަކި ދެރައެއް ނޫނެވެ. އާރާޝްއެކޭ އެއް ފަދައިން އަކްމަލްއާއިވެސް ސުވާލުތައް ކުރިމަތިވިއެވެ. އެރޭ މަގާމު އުފުލާލާނެ ކުޅުންތެރިޔަކީ އޭނާއަށް ހީވާގޮތުގައި ކޮން ކުޅުންތެރިއެއްތޯ އެހިއެވެ. އަކްމަލްވެސް އޭނާއަށް ލަފާ ކުރެވޭ ގޮތް ބުންޏެވެ.
“މިއީ އެހެން އެއްވެސް ކުޅުންތެރިއަކަށް ދެރަބަހެއް ބުނަން ބުނާ އެއްޗެއް ނޫން. އަހަރެން މިހާރު ގެންގުޅޭ ހުރިހާ ކުޅުންތެރިންނަކީވެސް ވަރަށް ހުނަރުވެރި ކުދިން. އެކަމް މިތަނުން އަހަރެން ވަރަށް ދެކެން ބޭނުންވާ އެއް ކުޅުންތެރިއެއް އެބަހުރި. ވަރަށް ޒުވާން އަދި ހުނަރުވެރި ކުޅުންތެރިއެއް. ރިއަލް މެޑްރިޑް އަދި ބާސެލޯނާ ފެންވަރުގެ ޓީމުތަކަށް ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިއެއް އެއީ. އަލްޔަސް. ވަރަށް އުއްމީދީ ކުޅުންތެރިއެއް!” ދިވެހި ރާއްޖޭގެ މިހާރުގެ ކުޅުންތެރިންނާ ބެހޭ ގޮތުން ނޫސްވެެރިޔާ ސުވާލު ކުރުމުން ދިގު ޖަވާބެއް އަކްމަލް ދިނެވެ.

އަކްމަލް އޭނާއާ މެދު ކުރާ އުއްމީދު ފެނި އަލްޔަސްގެ ހިތުން އަކްމަލްއަށް ޚާއްސަ މަޤާމެެއް ދެވުނެވެ. ގާތް ގަނޑަކަށް ދުނިޔޭގެ އެންމެ ބަލަމުން ދިޔަ އެހަފްލާގައި އޭނާގެ ނަން ވަކިން ފާހަގަ ކުރުމުން އޭނާގެ ފުޓުބޯޅަ ހަޔާތުގައި އަދި ހާސިލް ކުރަން ޖެހޭ ގިނަ ކަންކަން ހުރިކަން ގަބޫލު ކުރެވުނެވެ. އަލްޔަސްއަށް ދެލޯ މަރާލެވުނީ ފެންކަލިވިހެން ހީވުމުންނެވެ. އަމިއްލަ ބައްޕަގެ ފަރާތުން ނުލިބޭ ހިތްވަރާ އުއްމީދު އަކްމަލްގެ ފަރާތުން އޭނާއަށް ލިބެއެވެ. އަކްމަލް އޭނާއަށްޓަކައި ހުވަފެން ތަކެއް ދެކޭކަން އެނގުމުން ޖެހިލުންވެސް ވިއެވެ. އޭނާއަށް ޓަކައި އަކްމަލް ދެކޭ ހުވަފެންތަކުގައި ކުލަ ޖައްސާ ނުދެވިދާނެތީއެވެ. އަކަމްލްގެ އުއްމީދު ތައް ވެއްޔާ މޮޑެލެވިދާނެތީއެވެ.

އަކްމަލް އަލްޔަަސްގެ ނަން ބުނުމުން އަލައިކާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. ހަގީގަތުގައި ބޭރު ފުށުން ކޮންމެ ގޮތަކަށް ދެއްކި ނަމަވެސް އޭނާގެ ހިތް އުފަލުން ނަށާލިއެވެ. ބައްޕަ އެފަދަ ބޮޑު ތަނެއްގައި އަލްޔަސްއަށް ތައުރީފު ކުރުމުން އަލައިކާ އުފާވިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ބައްޕަގެ އުއްމީދު ހާސިލް ކުރުމަށް އޭނާ އަލްޔަސްއަށް އެހީވާތާން ދެކެވުނެވެ.

ހަފްލާ ފެށިގެން ފޯރީގައި ކުރިއަށް ދިޔައެވެ. މުނިފީހުފުލުވުމާ މަޖާ ހަރަކާތްތައްވެސް ކުރިއަށް ގެންދިޔައެވެ. އެކި ދުވަސް ވަރުގެ ކުޅުންތެރިން ސްޓޭޖަށް އަރާ އެމީހުންގެ ޝުޢޫރުތައް ފާޅު ކުރިއެވެ. ކުރީގެ ކުޅުންތެރިންގެ ތެރެއިން ލިއޮނަލް މެސީއާއީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެރޭގެ ހަފްލާ ވަރަށް ޚާއްސައެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަ ކުރާ ދިހަ ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯގެ ދޮށީ ދަރިފުޅު ކްރިސްނިއާނޯ ޖޭއާރް އާއީ ތިއާގޯ މެސޯގެ އިތުރަށް މަޓެއޯ މެސީވެސް ހިމެނެއެވެ. ތަޖުރިބާ ކާރުން ލަފާ ކުރާ ގޮތުގައި އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭނީ އެތިން ކުޅުންތެރިންނެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އުފުލާލާނީ މެސީގެ ދެވަނަ ދަރިފުޅު މަޓެއޯ މެސީއެވެ. މަޓެއޯ މެސީ ކުޅެމުން އަންނަނީ ބައްޕަގެ ކްލަބާ ވާދަވެރި ރިއަލް މެޑްރިޑަށެވެ. މި ސީޒަންގައި މަޓެއޯ ވަނީ ރިއަލް މެޑްރިޑަށް ފަންސާސް ގޯލް ޖަހައިދީ ތިރީސް އެސިސްޓް ހަދާފައެވެ. އާޖެންޓީނާގެ ގައުމީޓީމާ އެއްކޮށް ކުޅުނު ދިހަ މެޗުގައި އެގާރަ ލަނޑު ޖަގައި ހަ އެސިސްޓް ހަދާފައެވެ. އޭގެ އިތުރަށް ރިއަލް މެޑްރިޑްއާއެކީ ޑޮމެސްޓިކް ޓްރްބެލް ހޯދާފައެވެ. ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރަށް ޔޫރަޕުގެ ލީގުތަކަށް ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ވަނީ ހޯދާފައެވެ. މަޓެއޯ މެސީއާއި އެއްކޮށް ރިއަލް މެޑްރިޑްއަށް ކުޅޭ ކްރިސްޓިއާނޯ ޖޭއާރ ވަނީ ރިއަލްމެޑްރިޑަށް ތިރީސް ލަނޑު ޖަހައިދީ ވިހި އެސިސްޓް ހަދާދީފައެވެ. ޖަހައިދިން ތިރީސް ލަނޑު ތެރެއިން ދިހަ ލަނޑަކީ ހިލޭ ޖެހުންތަކުން ޖަހައިދިން ލަނޑުތަކެވެ. ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު ހަތް މެޗުން ފަސް ލަނޑުޖަހާ ހަތް އެސިސްޓް ހަދައިދިނެވެ. ބައްޕަ ލިއޯ މެސީ ފަދައިން ތިއާގޯ ކުޅެމުން އަންނަނީ ބާސެލޯނާއަށެވެ. އޭނާ ވަނީ އެސީޒަންގައި ބާސެލޯނާއަށް ޖުމްލަ ނަވާވިސް ލަނޑުޖަގައި ދީ ފަންސަވީސް އެސިސްޓް ހަދާދީފައެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެދިން އެގާރަ މެޗުގައި ފަސް ލަނޑުޖަހާ ނުވަ އެސިސްޓް ހަދާފައެވެ.

ޓީވީ ދޮށުގައި ތިބެ އަލައިކާއާއި ޔޫސުފް ޒުވާބު ކުރަމުން ދިޔައީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާނެ ކުޅުންތެރިޔާއާ އެވެ. ޔޫސުފް ބުނަމުން ދިޔައީ ކްރިސްޓިއާނޯ ޖޭއާރް ކަމަށެވެ. އަލައިކާ ބުނަމުން ދިޔައީ މަޓެއޯ މެސީ ކަމަށެވެ. އަލައިކާއާއި ޔޫސުފް ޒުވާބު ކުރާތަން ބަލަން އަނގަ ނަގައިގެން އަލްޔަސް ހުއްޓެވެ. “ބްރޯ މީހަމަ އަބަދުވެސް މިތިބަ ދެސޭކުންގެ ހާލަތު ދޯ އައިރާ! އަހަރުންނަށް ވާނުވާވެސް ނޭންގޭނެ. މިދެމީހުން ތިބެގެން ދެބުޅާހެން ކޯޅޭނެ!” ކޮންމެ އަހަރެއްގެ ވެސް ހާލަކީއެއީއެވެ. ޔާޒްއާއީ އައިރާ ތިބެން ޖެހޭނީ ވާނުވާ ނޭންގިފައެވެ. ގިނަ ފަހަރަށް އެދެމީހުން ތިބޭނީވެސް ފޯނާ ކުޅެންށެވެ. ޒުވާބު ހޫނުވެގެން އަލައިކާއާއި ޔޫސުފް ތަޅައިގަންނަ ހިސާބަށް ދިއުމުން ޔާޒް އެދެމީހުން ހުއްޓުވާނެއެވެ.
“ޑޫޑް ޗިލް. ތިހުރިހާ އެއްޗެއް ކިޔާއިރުވެސް އިނގެޔެއްނު މަޓެއޯކަން ހޯދާނީ. އެއީ މުޅިން ތަފާތު ގޮލައެެއް!” ޔޫސުފް ކްރިސްޓިއާނޯޯ ޖޭއާރް މޮޅުވާނޭ ކިޔާ ދައްކަން ފެށި ވާހަކަތަކުން ހިމޭނުން ނީންދެވިގެން އަލްޔަސް ބުންޏެވެ. “އެއީ ތެދެއް. ދެން މަޓެއޯގެ ނަން ގޮވީމަ ރޯން ހުންނަށްޗޭ” އަރާފައި ހުރި ފޯރިއަކުން އެއީ އަލްޔަސްކަންވެސް އަލައިކާ ހަނދާން ނެތުނެވެ.
ދިގު އިންތިޒާރަކަށް ފަހު އެންމެ މޮޅު ކުޅުންތެރިޔާ އިއުލާނު ކުރެވިގެން ދިޔައެވެ. އެވަގުތު ސްޓޭޖް މަތީގައި މަޓެއޯ، ތިއާގޯ އަދި ކްރިސްޓިއާނޯ ޖޭއަރުވެސް ތިއްބެވެ. ކުޅުންތެރިޔާގެ ނަން އިއުލާނު ކުރަން މެސީއާއީ ރޮނާލްޑޯ ތިއްބެވެ.
ނަން އިއުލާނު ކުރަންދެން އަލައިކާ، ޔޫސުފް އަދި އަލްޔަސް ތިބީ ނޭވައި ހިފަހައްޓައިގެންނެވެ.

“ފީފާ ބެސްޓް ޕްލޭޔާރ އޮފް ދި އިޔާރ ގޯސް ޓު މިސްޓާރ މަޓެއޯ މެސީ”

އަލައިިކާ ހަޅޭއްލަވައިގަންނަމުން ފުންމައިގެން ތެދުވިއެވެ. އަތްތިލަ ބަޑިޖަހާލަމުން ކުޑަކުއްޖެއް ފަދައިން ފުންމާލިއެވެ. ޔޫސުފް ވަގުތުން މިލާ މޯޅިވިއެވެ. އަލައިކާ ޔޫސުފްއާ ދިމާއަށް ވައްތަރު ޖައްސާފައި އަލްޔަސްއާއި އަތާ އަތް ޖަހާލިއެވެ.

ފޫހި ކަމެއް ނެތި އަލައިކާގެ ހަރަކާތްތައް ބަލަން އަލްޔަސްއަށް ހުރެވުނެވެ. ކުޑަކުއްޖެއް ފަދައިން އަތްތިލަ ބަޑި ޖަހާލާފައި ފުންމާލި ގޮތުން އަލްޔަސްއަށް ހިނިތުންވެވުނެވެ. ހީވެސް ނުކޮށް ހުއްޓާ އައިސް އޭނާއާއި އަތާ އަތް ޖަހަން އައުމުން އުފަލުން ހުރެ އަތް ޖެހިއެވެ.

އަލައިކާއަށް އުޅެވުނު ގޮތް ރޭކައިލީ އިރުކޮޅެއް ފަހުންނެވެ. އަލްޔަސް ކުރިމަތީ މޮޔައެއްހެން އުޅެވުމުން ލަދުން ގޮސް މަރުވާވަރުވިއެވެ. މުޅި ކުއްޖާ އެކީ ރަތްވެ ފިނިވާން ފެށިއެވެ. ރަކިވެގެން ގޮސް އައިރާ ގާތު އަލްޔަސްއަށް ނުފެންނާނެހެން އިށީނެވެ. ޔޫސުފް އެކި ކްރިސްޓިއާނޯ ޖޭއާރުގެ ދިފާއުގައި ވާހަކަ ދެއްކުމުންވެސް ރައްދެއް ނުދިނީ ރަކިވެފައި އިނުމުންނެވެ.

މެސީ އަތުން ދަރިފުޅަށް އެވޯޑް ދިން ތަން ފެނުމުން އާރާާޝް ވެސް އެދުވަސް ދެކެން ބޭނުންވިއެވެ. މަޓެއޯގެ ނަން ގޮވާލި ވަގުތު މެސީ ފަޚުރުވެރިވެލާފައި ދަރިފުޅު ގައިގައި ބައްދާލިއެވެ. މަޓެއޯއަށް ވުރެ މެސީގެ އުފާވެރިކަން މާބޮޑުހެން ހީވެއެވެ. އަމިއްލަ އަތުން ދަރިފުޅަށް އެވޯޑް ދިން ވަގުތު މެސީގެ ލޮލުން ކަރުނަ ނީރާލާފައި ހުރިކަން އެވަގުތު އެތާ ތިބި އެންމެންނަށްވެސް އެނގެއެވެ. ތިއާގޯ މެސީވެސް ހުރީ ކޮއްކޮއަށް ލިބުމުން އޭނާއަށް އެއެވޯޑް ނުލިބުނަސް އުފާވެފައިކަން މޫނު މަތިން އެނގެއެވެ. ކްރިސްޓިއާނޯ ޖޭއަރްވެސް އެންމެ ގާތް އެކުވެރިޔާއަށް ޓަކައި އުފާކުރިއެވެ. އެހެނަސް ބައްޕާގެ ހުވަފެން ފުރިހަމަ ނުކޮށްދެވޭހެން ހީވުމުން އެކަމާ ދެރަވިއެވެ.

“އިންޝާﷲ އަހަރުމެންގެ ޔޫސުފްވެސް އަދި މިހިސާބަށް އަންނާނެ. އާރާޝް ފަދައިން މުޅި ގައުމު ފަޚުރުވެރި ކޮށްދޭނެ” އާރާޝްގެ އަތުގައި ހިފައި މާނީ ބާރުކޮށްލިއެވެ. އާރާޝްވެސް މާނީއާއި އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

ހަފްލާ ނިމުމުން ޔޫސުފް ޓީވީ ނިއްވާލިއެވެ. އަލައިކާ މާ ހިމޭނުން އިނުމުން ޔޫސުފްއަށް އުނދަގޫވިއެވެ. އޭނާ އަލްޔަސްއަށް ބަލާލީ އޭނާއާއެކީ ޒުވާބެއް ފަށާށެ ބުނާ ކަހަލަ ގޮތަކަށެވެ. ޔޫސުފްގެ ބޭނުން އަލްޔަސްއަށް އެނގުމުން ބޯޖަހާލުމަށްފަހު އަލްޔަސް ފެށިއެވެ. އޭނާ ޒުވާބު ފެށީ ޔޫސުފްއަށް ކުރި ލިބޭނެ ގޮތަަށެވެ. ދެމީހުންވެސް ބޭނުންވީ އަލައިކާ ޒުވާބަށް ވައްދާށެވެ. ދެމީހުންވެސް ބޭނުންވި ގޮތަށް މަޑުން ނީންދެވިގެން އަލައިކާ ފެށިއެވެ.
ތިން ކުދިން ޒުވާބު ކުރަން ބައިތިއްބާފައި އައިރާ ގޮވައިގެން ޔާޒް ބެލްކަންޏަށް ނުކުތެވެ. ހިތްފަސޭހަ އަރާމު ވައި ޖެހެމުން ދިޔައެވެ. ލޯބިވެރިންނަށް އެންމެ ހިތްގައިމު މާހައުލަކަށް އެތަން ވެގެން ދާނެއެވެ. ބެލްކަނީގައި ބައިންދާފައި އިން ދެމީހުންނަށް އިށީންދެވޭ އުނދޯލީގައި އައިރާ ގޮވައިގެން ޔާޒް އިށީނެވެ. “އައިރާ ސުވާލެއް ކޮށްލަންތަ؟” ޔާޒް ނުހަނު ސީރިއަސް ވެފައި އަހާލިއެވެ. “އައިރާ މަށާ އިންނަން އެއްބަސްވީ ހަމަ ބޭނުންވެގެން ތަ؟ ނޫނީ މަންމަމެން ކުރިމަތީ ދެކޮޅު ހަދަން ނުކެރިގެންތަ؟”
ޔާޒްގެ ސުވާލުން ލުއި ގޮތަކަށް އައިރާ ހީލިއެވެ. އެސުވާލު ޔާޒް އޭނައާ ކުރާނެކަން އައިރާއަށް މާ ކުރިންވެސް އެނގެއެވެ. “ހަމަ އަމިއްލައަށް ބޭނުން ވެގެން. ޝާރިމް ޔާޒްގައި ތަޅައި ގަތް ރޭ އަމިއްލައަށް ވެސް ވިސްނުނު ޝާރިމް ކަހަލަ މީހަކާ އެކީ އުފާވެރި ހަޔާތެއް ނޫޅެވޭނެކަން. ޝާރިމްއާ ގުޅެން މަންމަމެންވެސް އޯކޭ ނުވާނެކަން. ބޭނުނީ ޝާރިމްގެ ކިބައިން މުޅި އުމުރަށް ސަލާމަތްވާން. ޝާރިމް މަށަށް އަނިޔާދޭން އުޅޭ ފަހަރު ފަހަރު ޔާޒް އަހަރެން ސަލާމަތް ކޮށްދިން. ޝާރިމް ކަހަލަ އަނިޔާވެރިއަކާ އެއްކޮށް ދިރިއުޅުމެއް ނޫޅެވޭނެ. ޝާރިމްގެ ފެމެލީ ކިތަންމެ ރަނގަޅަސް އޭނައަކީ އޭކީގަ އުޅެވޭނެ މީހެއް ނޫން” ޝާރިމް ދިން އަނިޔާތަކަކީ އައިރާ ހިތުން ފިލައިގެން ދާނެ އަނިޔާތަކެއް ނޫނެވެ. އެއަނިޔާތަން ހަނދާންވުމައެކު އައިރާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. “ހެއި. ޝްޝްޝް. އަހޫބެ އަހަރެން ވައުދުވިން އަހޫބެގެ ޕްރިންސަސްގެ ލޮލުން އެންމެ ކަރުނައެެއްވެސް ވެއްޓުނަ ނުދޭނެކަމަށް. އައިރާ އިންޝާﷲ ހުރިހާ ކަމެއްވެސް ދެން ރަނގަޅުވާނެ. އަހަރެން ހުއްޓާ އައިރާ ފެންނަ ހިސާބަށް އަންނަން ވެސް ޝާރިމްއަކަށް ނުކެރޭނެ” އައިރާގެ ލޮލުން މަތީ ތަކެއް ފަދައިން ފޭބި ކަރުނަ ޔާޒް ފުހެދިނެވެ. ޔާޒްއާއި ކައިރިވެލަމުން އައިރާ ޔާޒްގެ ކޮނޑުގައި ބޯއަޅާލިއެވެ. ޔާޒް އޭނާގެ އަތް އައިރާގެ ކޮނޑުގައި ވަށާލަމުން އައިރާ ބޮލުގައި އޭނާގެ ބޯ ޖައްސާލާ ދެލޯ މަރާލިއެވެ.

“ހޫމް ދެން ހެވޭ މަ ޕީސް ތިދެމީހުން ވެގެން މަ މުޅިން ރޯސްޓް ކޮށްފި!” އެންމެ ފަހުން ޔޫސުފް ބަލި ގަބޫލުކުރިއެވެ. ޔޫސުފްއާ ދިމާއަށް ދޫނެރިފައި އަލައިކާ ފޮނިވެލިއެވެ. “އޭ ދެން މަ ދަނީ އިނގޭ. މަންމަ މެސެޖްކޮށްފި ލަސް ވެގެން. ދަނީ” ލަސްވެގެން ޝިއިރާ މެސެޖް ކުރުމުން އިތުރަށް މަޑު ކުރާ ޚިޔާލެއް އަލްޔަސް ނުކުރިއެވެ. ޔޫސުފްއާއި ސަލާން ކޮށްފައި އަލައިކާއަށް ބަލާލުމެއްވެސް ނެތި ނުކުމެގެން ދިޔައެވެ. ހަގީގަތުގައި އަލައިކާ އާއި އަނގައިން ބުނަން ނުކެރުނީއެވެ.
އަލްޔަސް އަޅައިވެސް ނުލައި ދިޔަ ގޮތުން އަލައިކާ ހިތަށް ތަދުވިއެވެ. ދެރަނުވާންވެގެން ހިތާހިތުން އަލްޔަސްއާއި ދިމާއަށް އެތިވަރު ގޮވާލިއެވެ. ލޮލަށް ނިދި ސަވާރުވާން ފެށުމުން އަލައިކާ ވެސް ދާން ތެދުވިއެވެ.

އައިރާއަށް ގެއަށް ދެވުނީ ބާރަޖެހި ފަހުންނެވެ. އޭރުވެސް ޓީވީން ފިލްމެއް އަޅުވައިގެން އަންޖަލް އޮތެވެ. “ދޮންބެދައްތަ ބުނީ އައިރާ ގެއަށް އަންނަން ދެން އޮންނަން ޗޯ. ދޮންބެއާ ދެމީހުން ވެސް ވީ ބޭރުގަ ޑޭޓަކަށް ގޮސް!” ލާނެއް ގޮތަކަށް ހެވިފައި އިނދެ އަންޖަލް ބުންޏެވެ. “ދެން ދާނެތާ. ތުތީ އަޅެ ކީއްވެތަ މެރީ ނުކޮށް ތި އިންނަނީ؟” އަންޖަލްގެ މޫނު މައްޗަށް ހިތި ހިނިތުންވުމެއް ވެރިވިއެވެ. އެ ސުވާލަކީ އޭނާ އެންމެ ގިނައިން ކުރިމަތީވާ އަދި އެންމެ ހިތްދަތިކަން ލިބޭ ސުވާލެވެ. މޫނު މައްޗަށް ހިނިތުންވުމެއް ވެރިކޮށްގެން ހުރި ނަމަވެސް އޭނާގެ ހިތް ރޮއެވެ. “ހުރިހާ އެންމެންނަށް ލޯބިވާ މީހުން ލިބުމުގެ ނަސީބެއް ނުލިބޭނެ. އައިރާ މިހާރު ވަރަށް ލަސްވެއްޖެ. މި ދަނީ ނިދަން. ދޮންބެދައްތަ ބުނި ދޮރު ތަޅުލަށްޗޯ!” އައިރާގެ ސުވާލުތަކުން ރެކެން އަންޖަލް ނިދަން ދިޔައެވެ. އައިރާވެސް ދެން އަންޖަލްއާ އެ މަޢުޟޫއަށް ވާހަކަ ދައްކާކަށް ނުހަދައެވެ. އޭނާ ވެސް ނިދިއައުމުން ދޮރު ތަޅުލައިފައި ނިދަން ވަނެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ާއަހަރެންގެ ކުށަކީ ކޮބާ 3 ؟

Next

ވަޢުދު (ސައުރަތިރީސްވަނަ ބައި)

Next
December 5, 2019

ވަޢުދު (ސައުރަތިރީސްވަނަ ބައި)

Previews
December 2, 2019

ާއަހަރެންގެ ކުށަކީ ކޮބާ 3 ؟

27 Comments!

  1. Kiyara says:
    December 3, 2019 at 4:03 pm

    Salam hurihaa kudhin. Miothy vaahakaige aa episode eh. Reaky ballond’or awrd dhin reah vumu vaahakige mi episode ga ekamah khassa kohffa ihnnane. Baeh kudhin foohi vumaky ves varah gaai kameh. Ekamuves hithah ery ebai genesdheyny ey. Reyge ballond’or 6vana faharh haasil kuri messi asha mi vaahaka kiyaa messi ge fans ah maruhaba. Hurihaa kudhinnah ves mi bai kamudhaane kamah ummedhu kuran.

  2. Dhonthy says:
    December 3, 2019 at 7:28 pm

    Haadha reechchey mibaives. Maasha Allah. Such a talented girl and I am waiting

    1. Kiyara says:
      December 5, 2019 at 2:43 am

      Awwwwn thank u sooo much dhonthy♥️

  3. nau says:
    December 3, 2019 at 8:04 pm

    maasha allah vrh reethi mibai vx kiyaa haadha olhey assu vx

    1. Kiyara says:
      December 5, 2019 at 2:44 am

      Awwwwn thank u sooo much Nau♥️

  4. Maayaa says:
    December 3, 2019 at 8:57 pm

    Hey kiyara story varah nice.. keep going. But alaika ge decision eh neyngun dhw.. btw kiyaaraa who is anjal? Kurin story ga ulhun character eh tha eiy?

    1. Kiyara says:
      December 5, 2019 at 2:46 am

      Awwwwn thank u Maayaa Alaika ge decision varah avahah engigen dhaane In Sha Allah. Yes rastha 1 ga ulhunu ahusam ge kokko anjal eiky.

  5. Danger says:
    December 3, 2019 at 9:59 pm

    Varah salhi messi ge 2sons ge vaahaka ineema.. mihaaru busy kamun comment nukurevenee.. school stuffs hoadhan jeheythi.. but hurihaa part ehves v salhi.. dhen ves faharehga comment nukurevidhaane mi week v busy.. sorry but next week balaanan comment kureveytho.. lurrvvvs
    i not a fan of messi my fav is neymar jr.. but thanks ballond’or award ge vaahaka ineema one more thing kiyaa liyaa stories varah kamudhey even for my sissy, she neverr comment kitheyvarah bunnas.. eyna bunaane kiyaa ey emme rangalhah football match koyaadhenee news thakah vure.. thats true.. hehe.. tlurrvvv youu mihaareethi story eh genes dheythi and thanks

    1. Kiyara says:
      December 5, 2019 at 2:51 am

      Hehehhe thanksss danger varah ufaavehjje danger ge comment kiyalaafa. Busy kih ulhemun ves kiyaalaathyve varah ufaavehjje. Danger ge sissy ah ves stry kamudhaathyve varah ufaavehjje. Aslu kiyara handhaan nethuny david lucca gehnnan. Mateo loabi kamun hama ekuhjja ge vaahaka genna hiyvvy. Hihihihi. Adhi kuri ah huri bai thakun konmes eh baehga david lucca ves genesdheynan ingey In Sha Allah.

  6. Danger says:
    December 3, 2019 at 10:01 pm

    Salhi vees Davi lucca ge baeh innama.. cuz i am a fan of neymar

    1. Anonymous says:
      December 3, 2019 at 10:23 pm

      Yah mee too.When is the next part

  7. Falak? says:
    December 3, 2019 at 10:06 pm

    Mi part ves salhi when next?
    And maayaa anjal akee ahusam ge younger sister and kurinves ulhunu mi stry ga

    Love u much kiyara sissy??

    1. Kiyara says:
      December 5, 2019 at 2:53 am

      Thanksss falak. Maya ah mihaaru anjal handhaan vaane kamahimi balany ingey. Yweahh ly2♥️

  8. Kairaa says:
    December 3, 2019 at 10:42 pm

    Varah reethi mi bai vx….whn nxt…..waiting…..

    1. Kiyara says:
      December 5, 2019 at 2:53 am

      Thanksssss kaira♥️

  9. Maayaa says:
    December 3, 2019 at 11:50 pm

    Oh ehn tha falak.. i read kiyaa ge huriha story eh vx ekam anjal aky kaaku kameh load nuvegn hama?.. thanks ingey bunedhin kamah?❤

  10. 1234 says:
    December 4, 2019 at 8:11 am

    Vara reethi mi part ves…. waiting for the next part….

    1. Kiyara says:
      December 5, 2019 at 2:54 am

      Thanksss 1234♥️

  11. nishan says:
    December 4, 2019 at 8:18 am

    where is Ishma ge kokko Ashwa?

    1. Kiyara says:
      December 5, 2019 at 2:54 am

      Ashwa and ziva ves varah avahah ahnnane adhi ingey In Sha Allah

  12. Shehe says:
    December 4, 2019 at 11:03 am

    V v v reethi mi part vx ???curiously waiting for the next part ?????Whn next part ?

    1. Kiyara says:
      December 5, 2019 at 2:55 am

      Thankssss shehshe♥️

  13. Falak? says:
    December 4, 2019 at 11:06 am

    Hmmm maayaa you’re welcome,???

  14. Kiyara says:
    December 5, 2019 at 2:56 am

    Vaahakaige dhen oii episode In Sha Allah friday ga.

    1. nau says:
      December 6, 2019 at 3:29 pm

      kihaairaku kiyaa miadhu

    2. Anonymous says:
      December 6, 2019 at 7:26 pm

      ????? Where is the next part

  15. zeyba maaish says:
    December 5, 2019 at 9:51 am

    Vaahaka hama vv SALHI!!!!kiyaa u rocks

Comments are closed.

Next Episodeރާސްތާ2 ބާވިސްވަނަ ބައި←


All Right Reserved!