Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 ތޭވިސްވަނަ ބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 9, 2019 3 Mins Read
10 Comments

އަޝްވާ ވަނި މީގެ ހަތަރު އަހަރު ކުރިން ކައިވެނިކޮށްފައެވެ. ކައިވެނިކޮށްގެން އޭނާ ދިރިއުޅެނީ އޭނާގެ ފިރިމީހަ ސަދާންއާ އެއްކޮށް މެލޭޝިއާގައެވެ. މީގެ އެއް އަހަރު ކުރިން އެދެމީހުންނަށް އައިލީން ލިބުނެވެ. އަފްރީންއާއި އަރްޝާދްވެސް ދިރިއުޅެނީ އަޝްވާއާ އެއްކޮށް މެލޭޝިޔާގައެވެ.
**
އައިލީން ހޭލުމާއެކު އައިރާއާއި އަލައިކާ އެކުއްޖާއަށް ދުރަށް ނުދެއެވެ. އައިލީންއަކީ ނުހަނު ފަސޭހައިން މީހުންނާ އެކުވެރިވާ ކުއްޖެއް ކަމުން އައިލީންވެސް އެކުދިންނާ ރުޅި ވެގެން ދުރަށް ދާކަށް ނޫޅުނެވެ. އަލައިކާއާއި އައިރާ ތިބުމުން ސަދާންއާއި އަޝްވާ ބޭރަށް ދިޔައެވެ.

ބޭރުގައި އުޅެފައި ގެއަށް އައިސް ވަތް ގޮތަށް ޔޫސުފް ސޯފާއަށް ވެއްޓިގަތެވެ. ގޭތެރެއިން މިންހާ ފެންނަން ނެތުމުން އޭނާވީ ޒާޔާ ކައިރީގައިކަން ޔޫސުފްެއަށް އެނގުނެވެ.
ސޯފާގައި އޮށޯވެލައިގެން އޮވެ ޔޫސުފް ރިމޯޓުން ޓީވީ ހުޅުވިއެވެ. ރާއްޖޭގެ ކުޅިވަރު ޗެނަލްއަަކަށް ލިއިރު ދައްކަނީ އޭނާއަށް ހަދައިފައި އޮތް ރިޕޯޓެކެވެ. ހުރިހާ ދަތްތަކެެއް ފެންނަވަރަށް ހީލައިގެން އޮވެ ޔޫސުފް އެބެލިއެވެ. އެ ރިޕޯޓުގައި ވަނީ ހުސް އޭނާއަށް ތައުރީފްކޮށްފައެވެ. އޭގައި އޭނާ ނިސްބަތްކޮށްފައިވާ ނަމަކީ ‘އާރާޝް ޖޭއާރް’އެވެ. ފަހަކަށް އައިސް ގިނަބަޔަކު އޭނާއަށް މުޚާތަބު ކުރާ ނަމަކަށް ވެފައި ވަނީ އެނަމެވެ. ޓީމުގައި އުޅޭ އެކުވެރިންވެސް އޭނާއަށް ގޮވަނީ އެހެންނެވެ. ‘އާރާޝް ޖޭއާރް’ގެ ނަމުން އޭނާއަށް އެންމެ ފުރަތަމަ މުޚާޠަބު ކުރީ މާނީއެވެ. ކުޑައިރު އޭނާ އުޅޭލެއް އާރާޝްެއާއި އެއްގޮތް ވެފައި ވައްތަރު ކަމުންނެވެ. ބައެއް ފަހަރު އިޝްމާމެންވެސް އެހެން ކިޔައެވެ. މިހާރު މުޅި ރާއްޖެއަށްވެސް އެނަމުން އޭނާ އެވަނީ މަޝްހޫރުވެފައެވެ.
ޔޫސުފް ޓީވީއަށް ގެއްލިފައި އޮއްވައި ގޭދޮރު ހުޅުވި އަޑު އިވުނެވެ. އެއަށް ސަމާލުކަން ނުދީ އޭނާ ޓީވީ ބަލަން އޮތެވެ. ” މިކުއްޖާފުޅު މަޝްހޫރުވީމަ އަހަރުން މީ ބަޔަކަށްވެސް ނުހަދާ ދޯ!” ސޯފާގައި އޮތް ޔޫސުފްގެ ކަންފަތުގައި ހިފައި ތެދު ކުރަމުން އަޝްވާ ބުންޏެވެ. އަޝްވާ ފެނުމުން ޔޫސުފްއަށްވެސް ވީ އަލައިކާއަށް ވީ ގޮތެވެ. ދެލޯ ބޮޑުވެފައި ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. “ތުއްތާ! އަޅެ ކޮންއިރަކު ތުއްތަ އައީ؟ ކޮބާ އައިލީން؟” އަޝްވާ ގައިގައި ބައްދާލަމުން އަލައިކާއެކޭ އެއް ގޮތަށް ޔޫސުފްވެސް ސުވާލު ފައްޗެއް އަމުނާލިއެވެ. “އައިލީން ވެއްޖެ އަލްކޮއާ އައިރާ ކައިރީ. ތުއްތަ އައި ކަމެއް ނޭންގޭނެއްނު އަބަދު ބޭރުގަ އުޅެންނާ. ދޮންތި ބުނީ ޔޫއްކޮ މިހާރު އުޅެނީ ބޭރުގައޭ” އަޝްވާ ޔޫއްކޮއޭ ބުނުމުން ޔޫސުފް މޫނަށް ވައްތަރެއް ޖައްސާލިއެވެ. “ތުއްތާ ސްޓޮޕް ކޯލިން މީ ޔޫއްކޮ. ހީވަނީ ބޭބީ އަކަށް ގޮވާހެން” “ހޫން ހާދަ ފޮނިވެސް ވެއްޖޭ ދޯ. ބަލަ ތުއްތައަށް އެންމެންވެސް ކިޔަނީ އަޝްކޮ އަދިވެސް. ނުވިތާކަށް ދޮންބެ ދޮންތައަށް ގޮވަނީ އިޝްކޮ ކިޔައިފައި. ދޮންބެ ފިޔަވާ އެންމެން ދޮންތިއަށް ކިޔަނީ ނުންނު. ދެން އެހެންވީމަ ޔޫއްކޮއޭ ކީމަ ކޮން ބޭބީއެއްހެން ހީވާކަން އެހެންނޫނީ ތުއްތަމެންވެސް ކިޔަންވީ އާރާޝް ޖޭއާރްތަ؟” ޔޫސުފް ރުޅި އަންނަ ކަމަށް ހެދެމުން އަޝްވާއަށް ދެލޯ އަޅާލިއެވެ. އަޝްވާ އޭނާއަށް ޔޫއްކޮ ކިޔާތީ ޔޫސުފް ލަދުގަނެއެވެ. އަޝްވާ ފިޔަވާ އެހެން އެކަކުވެސް އޭނާއަށް އެހެނެއް ނުކިޔައެވެ.

ޔާޒްއަށްވެސް އަޝްވާ އައިކަން އެނގުމުން އިޝްމާމެން ބަޔަށް ދިޔައެވެ. އޭރ އައިލީން ގޮވައިގެން އައިރާއާއި އަލައިކާ ކުޅެން ތިއްބެވެ. ބިންމައްޗަށް ކުޅޭ އެއްޗިހިތައް އަޅައިިގެން އެއެއްޗިހިގެ މެދުގައި ތިން ކުދިން ތިއްބެވެ.
އަލައިކާއާއި އައިރާވެސް ހީވަނީ އައިލީންއާއި އެއް އުމުރެއްގެ ދެކުދިން ހެންނެވެ. އެދެކުދިން އުޅުނު ގޮތް ފެނި ޔާޒް ގާތަށް ހިނިއައެވެ. “ކަލޭނޭ ސާބަސް. ތި ދެމީހުން އަދި އައިލީންއަށް ވުރެއްވެސް ކުޑަދޯ!” އައިލީންއާ އެއްކޮށް އެދެކުދިން ކުޅެން ތިބިތަން ޔާޒް ވީޑިއޯ ކުރިއެވެ.
ޔާޒް ގޮސް އައިލީންއަށް ގޮވާލުމުން ދުވެލައިފައި ގޮސް ޔާޒް އަތުތެރެއަށް ވަނެވެ.
އަލައިކާއަށް މުހިންމު ފޯނެއް އައުމުން އަލައިކާ ވަނީ ކޮޓަރިއަށެވެ. އައިރާވެސް ބިންމަތިން ތެދުވެގެން އައިލީން އުރައިގެން ހުރި ޔާޒް ގާތަށް ގޮސް ހުއްޓިލިއެވެ. އައިލީން އެކުއްޖާގެ ތުއްތު ބަހުރުވައިން ވާހަކަ ދައްކަމުން ދިޔައެވެ. އައިރާ ގޮސް ޔާޒް ގާތަށް ހުއްޓުމާއެކު އައިރާގެ ޝޯލްއަށް ދަމައިގަތެވެ. އައިލީން ކުއްލިއަކަށް އެހެން ހެދުމުން އައިރާވެސް ޔާޒްވެސް ދިޔައީ ސިއްސައިގެންނެވެ. “ކޮކީ ހޯހޯ ކަމެއް” އައިރާއާއި އައިލީން ދުރުކޮށްލަމުން ޔާޒް ބުނެލިއެވެ. އައިލީން ތުންކޮޅު ދަމާލަމުން އައިރާއަށް ބަލާލައިފައި އައިރާ ގާތަށް ދާން އަތް ދިއްކުރިއެވެ. އައިރާ އަތް އުފުލާލުމާއެކު އައިލީން އައިރާ އަތުތެރެއަށް ވެއްޓިގަތެވެ. ޔާޒް ލައިގެން ހުރި ގަމީހުގެ ގޮށުގައި އައިލީން ލައްވާފައި ހުރި ލޭސްފޮތީގެ ހެދުމުގެ އެއްބައި އަޅައިގަނެފައި އޮތުމުން އައިލީންގެ ހެދުން ހަލާކުވެދާނެތީ ޔާޒް އައިރާ ގައިގައި ހިފެހެއްޓިއެވެ.
އައިރާ އައިލީން އުރައިގެން ހުރިއިރު ޔާޒް ހުރީ އައިލީންއާއި އައިރާގައިގައި ހިފަހައްޓައިގެންނެވެ. އެދެމީހުންގެ ދެމެދުގައި އައިލީން ހުރިއިރު އެކުއްޖާ ހުރީ ހިނިތުންވެލައިގެންނެވެ. އައިރާއާއި ޔާޒް ދެމީހުންނަށް ގެއްލިފައި ތިބިއިރު އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނެތް ފަދައެވެ.

“އެހެމް އެހެމް” ދެ މީހުންނަށް ވެސް ހަމަހޭވެރިކަން ވީ ފަހަތުން އަލައިކާ ކަރު ކެހުނު އަޑު އިވުމުންނެވެ. އައިރާއަށް ލަދުން އިސްޖަހާލެވުނުއިރު ޔާޒް އޭނާ ގަމީހު ގޮށުގައި އެޅިފައި ހުރި އައިލީންގެ ހެދުން ހަލާކުނުވާނެހެން ނައްޓައިލައިފައި ދުރަށް ޖެހުނެވެ.

އިވާން ގެއަށް ގޮސް ދަބަސް ތެރެ ބެލިއިރު އޭނާގެ ވޮލެޓެއް ނެތެވެ. ހާސްވެގެން ގޮސް އިވާން ދަބަސް ތެރޭގައި ހުރި ހުރިހާ އެއްޗެއް މޭޒު މައްޗަށް ވަރައިލައިފައި ދެތިން ފަހަރު ދަބަަސް ތެރެ ބެލިއެވެ. ދަބަސް މަގު މައްޗަށް ވެއްޓުނު އިރު އޭގެ ޒިބު ހުޅުވިފައި ހުރިކަން ހަނދާން ވުމާއެކު އިވާންގެ މޫނު މައްޗަށް މާޔޫސްކަން ވެރިވިއެވެ.

ގެއަށް އައި އިރު ދާހިއްލައިފައި ހުރުމުން ނަވާރް ފެންވަރާ ތާޒާވެލިއެވެ. ފެންވަރައިގެން އައިސް ޑްރެސިން ޓޭބަލް ކުރިމަތީ އޭނާ ހުއްޓިލީ ބޮލުގައި ތެޔޮ ލާށެވެ. ތެޔޮ ފުލި ނަގަން ވެގެން މޭޒު މައްޗަށް ނަޒަރު ހުއްޓިލި ވަގުތު މަގުމަތުން ފެނުނު ވޮލެޓް އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާއަކީ އާންމު ގޮތެއްގައި މީހުންގެ އެއްޗިހިގައި އަތްލާ ކުއްޖެއްވެސް ނޫނެވެ. އެވަގުތު އެ ވޮލެޓް ހުޅުވަން އޭނާގެ ހިތަށް އެރީ ކީއްވެކަމެއް ނޭންގުނެވެ. ތެޔޮ ފުޅު މޭޒު މަތީ ބަހައްޓައިފައި ނަވާރް އެ ވޮލެޓް ނަގައި ހުޅުވާލިއެވެ.
ފައިސާއަށް އޭގެ ތެރޭގައި އޮތީ ފަސްސަތޭކަ ރުފިޔާގެ ދެނޫޓެވެ. ދެން އޮތީ ބޮނޑިބެ ރޫ ޖެހިފައި އޮތް ކުޑަ ފޮޓޯ ގަނޑެކެވެ. ޒުވާން ދެމީހުން ތިބިއިރު އަންހެން މީހާ އަތުގައި ކުޑަ ކުއްޖެއް އޮތެވެ. ނަވާރް އެފޮޓޯ ގަނޑު ނަގާ އެއަށް ބަލާލިއެވެ. އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އެލޯބި ލޯބި ތުއްތު ކުއްޖާގެ މައިންބަފައިންގެ މޫނު މަތިން ފެނުނު އުފާވެރިކަން ފެނިފައެވެ. ނަވާރް އެ ފޮޓޯ ގަނޑު ވޮލެޓް ތެރެއަށް ލައިފައި އޭގައި އައިޑީކާޑު ނޫނީ ލައިސެންސް ކާޑު އޮތްތޯ ބަލާލިއެވެ. އޭރަށް އެބޭބެ ހޯދަން ފަސޭހަވާނެތީއެވެ. ވޮލެޓް ކުޑަކޮށް ހާވާލިތަނުން ނަވާރްއަށް އައިޑީކާޑް ފެނުނެވެ. އޭތި ނަގައިފައި އޭގައި އޮތް ނަން ބަލާލުމާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވަޢުދު (ފަންސަތިރީސްވަނަ ބައި)

Next

ލޯބިވަން ޔާރާއޭ 15

Next
December 11, 2019

ލޯބިވަން ޔާރާއޭ 15

Previews
December 9, 2019

ވަޢުދު (ފަންސަތިރީސްވަނަ ބައި)

10 Comments!

  1. Kiyara says:
    December 9, 2019 at 4:57 pm

    Salam hurihaa kudhin. Miadhuge bai ehen hurihaa bai thakah vure kuruvaane. Ekamahtakaa hurihaa kiuntheringe kibain varah bodah maafah edhen. Mi dhe dhuvahu alhugandu varah balive ulhumun vaahaka dhigu koh nuliyebuny. Kurin liyefa in hisaabu mi up kury miadhu up kohdheynamey bunefa inyma. Hurihaa kudhinnah ves understand vaane kamah ummedhu kuran. Next part up kureveyne dhuvaheh sydhaa bunaakah neynge. Alhugandu bali rangalhu vihaa avahakah next part up kohdheynan.

  2. Anonymous says:
    December 9, 2019 at 5:37 pm

    Avahah up kolladheythi and get well soon kiyaa

  3. Raner says:
    December 9, 2019 at 7:16 pm

    Shafakallah kiyara??? we understand…this part is awesome as other parts….. Thankolheh avahah alyas aa alaika gulhuvaba dhwww… curiously waiting……navaar finally got her father ??

  4. Noor says:
    December 9, 2019 at 7:33 pm

    Get well soon dear ?? n waiting for next part

  5. ®@@ñ! says:
    December 9, 2019 at 7:35 pm

    V reethi mi lart vxx……. Shakillah kiyara

  6. Kairaa says:
    December 9, 2019 at 10:16 pm

    Varah reethi mi part vx…..whn nxt….waiting….ly kiyaa

  7. Shehe says:
    December 9, 2019 at 10:21 pm

    Mi bai vx v reethi MA sha Allah ??❤?curiously waiting for the next part ❤??nd Shafaakillaah SIS ???

  8. Naaya says:
    December 10, 2019 at 10:43 am

    Dhn anna episode dhigu koh dheythi.. Get well soon kiyaa ?

  9. Aisher❤️❤️❤️ says:
    December 10, 2019 at 7:45 pm

    Varah reethi mi part vx.. Whn next… Waiting..

  10. Nan neygey kujjeh ? says:
    December 13, 2019 at 7:18 pm

    Get well soon Darla…varah reethi mi part vx…..waiting ?for?next?part?….

Comments are closed.

Next Episodeރާސްތާ2 ސައްވީސް ވަނަ ބައި←


All Right Reserved!