ރާސްތާ2 ސޯޅަވަނަބައި
“އަޅުގަނޑު ބޭނުން މެރީ ކުރަން!” ޔާޒްގެ ބޭނުން އެނގުމާއެކު ނަވްޔާ އަދި މާއިޒްއަށްވެސް ދެލޯ ބޮޑުކޮށްލެވުނެވެ. ޔާޒް ކުދިންނާ ރަށްޓެހިވާ މިންވަރު އެދެމީހުންނަށް އޮޅިފައެއް ނެތެވެ. ކުއްލިއަކަށް ހުރެފައި ކައިވެނި ކުރަން ބޭނުމޭ ބުނުމުން ދެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ.
މާއިޒްއާ ނަވްޔާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެދެމީހުން އަދިވެސް ތިބީ ހައިރާންކަން މަތީއެވެ. ނަވްޔާގެ ދެލޯ ބޮޑުވެފައި ހުރިއިރު އަނގަވެސް ހުރީ ހުޅުވިފައެވެ. މާއިޒްވެސް ހުރީ ހަމަ އެހެންނެވެ.
ޔާޒް އިސްޖަހައިގެން ހުރިއިރު ތުންފަތް ހަފަމުން ދިޔައެވެ. މަންމައާއި ބައްޕަގެ ޖަވާބަކަށް އޭނާ ދިޔައީ އިންތިޒާރު ކުރަމުންނެވެ. ހިތް ބާރަށް ތެޅެމުން ދިޔައިރު މުޅި މީހާ ވަނީ އެއްކޮށް ފިނިވެފައެވެ. މާއިޒްއާއި ނަވްޔާ ސުވާލެއްވެސް ކޮށްނުލާ އޭނާއަށް ބަލަން ތިބި ގޮތުން ޔާޒް ފުން ނޭވައެއް ދޫކޮށްލިއެވެ. ދެލޯ މަރާލާފައި ފުން ނޭވައެއް ދޫކޮށްލިއެވެ. “ކުއްޖެއް ދެކެ ވަރަށް ބޮޑަށް ލޯބި ވެވިއްޖެ. ކޮންއިރަކު ކިހިނެއްކަމެއް ނޭންގެ. ހޭލާ ހުންނައިރުގަޔާ ނިދީގަވެސް ފެންނަނީ އެކުއްޖާ. އެ ރީތި ސޫރަ ނުފެނިއްޖެނަމަ ލޮލަށް ނިދިވެސް ނާދޭ. ހިތަށް ހަމަޖެހުމެއް ނުލިބޭ. އެކުއްޖާ ފެންނަ ކޮންމެ ފަހަރަކު ނޭންގޭ އިހްސާސްތަކެއް ކުރެވޭ. އެކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބޭކަށް ހިތެއް ނޭދޭ. އެކުއްޖާއަށް އަނިޔާއެއް ލިބިދާނެތީ ބިރުގަނޭ. އަބަދުގެ އަބަދަށް އެ އަންހެން ކުއްޖާއަށް ހިމާޔަތް ދޭން ބޭނުން. ދުވަހެއްގެ ކޮޅުންވެސް ގެއްލުމެއް ލިބޭކަން ނޭދެން!” އެއް ދިމާއަކަށް ބަލަހައްޓައިގެން ޔާޒް ހުރިއިރު އޭނާ ހުރީ އެއް މިޔައަކަށް ހީލައިގެންނެވެ. އޭނާގެ ލޮލުގައި ތަފާތު ވިދުމެއް ހުއްޓެވެ. ޔާޒްގެ މޫނު މަތިންވެސް އެ އަންހެން ކުއްޖާދެކެ ލޯބިވާ ވަރާއި އެކުއްޖާއަށް ހިމާޔަށް ދޭން ބޭނުންވާ ވަރު މާއިޒްއާއި ނަވްޔާއަށް ފެންނަމުން ދިޔައެވެ. “އައި ރިއަލީ ލަވް ހާރ” މާއިޒްއާއި ނަވްޔާ ގަބޫލު ނުކުރާހެން ހީވުމާއެކު އަސަރާއެކު ޔާޒް ބުންޏެވެ.އެ ދެލޮލުގައިވި ވިދުމާއި މޫނު މަތިން ފެންނަމުން ދިޔަ އަސަރުތަކުން ޔާޒް އެބުނަނީ ތެދުކަން މާއިޒްއާއި ނަވްޔާއަށް އެނގުނެވެ. “ގަބޫލު ކޮށްފީމޭ. މީހަކާ އިނުމަކީ އެހާ ފަސޭހައިން ކުރެވޭ ކަމެއް ނޫން. ހަޔާތަށް ބައެއްގެ އަންހެން ދަރިއަކު ގެންނައިރު އެކުއްޖާ ބަލާނެހާ ފެންވަރު ހުންނަން ޖެހޭނެ. ޔާޒްގެ ލޮލުން ބައްޕައަށް ފެނިއްޖެ އެކުއްޖާދެކެ ދަރިފުޅު ލޯބިވާ ވަރު. އެހެންވީމަ މިއަދުން ފެށިގެން މަސައްކަތް ކުރޭ އެކުއްޖާ ގެންގުޅެވޭ ފެންވަރުގެ މީހަކަށް ވެވޭތޯ. ބައްޕަ ނުބުނާނަން ބޮޑު އޮފީހަކަށް ގޮސް ވަޒީފާ އަދާކުރާށެކޭ. އެކަމަކު އަމިއްލަ ދިރިއުޅުމެއް ފަށާއިރު އާމްދަނީ އަކީ ވަރަށް މުހިންމު އެއްޗެއް. ވަޒީފާއަކަށް ނުދިއަސް އަމިއްލަ މަސައްކަތެއް ފަށައިގެން ވިއަސް މީހަކާ އިނދެގެން އުޅެވޭވަރަށް އާމްދަނީ ހޯދަން ވާނެ. އެކުއްޖާ ބެލުމުގެ ފެންވަރު ހުންނަންވާނެ. ޒިންމާދާރު މީހަކަށް ވެގެން އާއިލާއެއް ބިނާ ކުރެވޭނީ.” މާއިޒްގެ ވާހަކަތައް ކަނުލައި އަޑު އަހަން ހުރި ޔާޒް އެވާހަކައާއި އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. ހިތުގެ އެންމެ ފުން މިނުން އެކަނައްތައް ގަބޫލު ނުކުރި ނަމަވެސް އެ ވަގުތައް އޮތް އެންމެ ރަނގަޅު ގޮތަކީ މާއިޒްއާއި އެއްބަސް ވުމެެވެ.
“އަދިވެސް އެކުއްޖާއަކީ ކާކު ކަމެއް ނުބުނަމެއްނު؟” ޔާޒް ގެ ‘އެކުއްޖާ’އަކީ ކޮން ކުއްޖެއްކަން އެނގުނު ނަވަމެސް ޔާޒްގެ ދުލުން އެކުއްޖާގެ ނަން އަޑުއަހާލަން ބޭނުންވީއެވެ. ޔާޒް އިސްޖަހައިގެން ހުރެ އެކުއްޖާގެ ނަން ބުނެލިއެވެ. އެއާއެކު ހީވީ އެތަނުގައި ކުޑަ ބޮމެއް ގޮއްވާލިހެންނެވެ.
****
އަލްޔަސްއާއި ޔޫސުފްގެ އެކުވެރިކަން ބަދަހިވަމުން ދިޔައެވެ. ޕްރެކްޓިސް ތަކުގައިވެސް ދެކުޅުންތެރިންގެ ކޮމްބިނޭޝަން ފެންނަމުން ދިޔައެވެ. އެކަކު އަނެކަކަށް ކުރަމުން ދިޔަ އިތުބާރުވެސް ބޮޑުވަމުން ދިޔައެވެ. ކޯޗުވެސް އެކަން ފާހަގަ ކުރިއެވެ.
ޕްރެކްޓިސް ނިންމާފައި ފެންވަރައިގެން ޔޫސުފް އެނދުގައި އޮތީ ވަރުބަލި ވެފައި ހުރުމުންނެވެ. އާރާޝްއަށް ގުޅައިގެން އޭނާގެ މަންމައާއި ކޮއްކޮއާ ވާހަކަ ދައްކާފައި ޔޫސުފް އޮތީ ފޭސްބުކް ހާވަންށެވެ. ޖެހިގެން އޮތް އެނދުގައި އަލްޔަސް ވެސް ފޯނު ހިފައިގެން އޮތެވެ. އޭނާ އޮތީ ފުޓުބޯޅަ މެޗެއް ބަލާށެވެ. ފުޓުބޯޅާއިގެ ރަސްގެފާނުގެ ގޮތުގައި ގިނަބަޔަކު އަދި އަދަށްދަންވެސް ގަބޫލު ކުރާ ލިއެނޮލްސް މެސީ ކުޅެމުން ދިޔަ މެޗެކެވެ. މެސީ ކުޅުމުގައި ގެންގުޅޭ ވައްޓަފާޅިއާ އުކުޅުތައް އަލްޔަސް ބަލަމުން ދިޔައެވެ. މެސީ ކުޅުމުގައި ގެންގުޅޭ އުސްލޫބަކީ އަލްޔަސްއަށް ވަރަށް ކަމުދާ އުސްލޫބެކެވެ. ލިއޯ މެސީގެ ދަރިފުޅު މަޓެއޯ މެސީގެ ކުޅުންވެސް ހުންނަނީ ހަމަ އެގޮތަށެވެ. މަޓެއޯގެ ކުޅުން ބަލާ ފޫހިނުވާނެއެވެ. ދެ މެޗު ބަލާފައި ފޫހިވެގެން އަލްޔަސް ފޯނު ބޭއްވިއެވެ. އޭރުވެސް ޔޫސުފް ފޯނާ ކުޅެން އޮތެވެ. އަލްޔަސް ފޯނު އެނދުމަތީ ބާއްވާފައި އެނދުގައި އިށީންދެލިއެވެ. އޭނާގެ ހިތް އެދި ގޮވަމުން ދިޔައީ ޔޫސުފްއް އަލައިކާގެ ސުވާލުތަށް ކުރަމަށެވެ. ޔޫސުފް މެދުވެރިކޮށް އަލައިކާ ދަސް ކުރުމަށެވެ. އަލައިކާއާ ޒެވިޔަން އަލުން ގުޅުނުކަން އެނގުނީންސުރެ އެހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.
އިރުކޮޅެއް ކުރިން އަލައިކާ ވައިބާއިން ފޮނުވި ފޮޓޮއަށް ގެއްލިފައި ޔޫސުފްއަށް އޮވެވުނެވެ. މެޗު ބަލަން ގޮއްސައި އައިރާ އަލައިކާ ޔާޒް އަދި ނަވާރް އެކުގައި ނަގާފައި އިން ސެލްފީއެކެވެ. ރަތްކުލައިގެ ޝޯލްތެރެއިން ނަވާރް ފެންނަމުން ދިޔައީ ހޫރުޕަރީއެއް ހެންނެވެ. ހިނިތުންވެލައިގެން ހުރުމުން އެރީތިކަން އިތުރުކޮށްދެއެވެ. ނަވާރް ގާތު ހުއްޓިލައިގެން ހެވިފައި ހުރި ޔާޒްއަށް ބަލާފައި ޔޫސުފް ދެފަރާތަށް ބޯ ހޫރާލިއެވެ. ޔާޒް ނަވާރްދެކެ ގަޔާވާކަން އެނގި ހުރެ ނަވާރްއާ މެދު އެފަދަ ނަޒަރަކުން ދެކޭކަށް ޔޫސުފް ބޭނުމެއް ނޫނެވެ. ނަމަވެސް އޭނާގެ ބަސްނާހާ ހިތް ދުވަހަކަށް ވުރެ ދުވަހެއް ނަވާރްއަށް ލެނބެމުން ދިޔައެވެ. ފޮޓޮއަށް އިތުރަށް ބެލިދާނެތީވެ ފޯނު ލޮކްކޮށްފައި އެނދުމައްޗަށް ހޫރާލިއެވެ.
“އާރ ޔޫ ސިންގަލް؟” ދައްކާނެ ވާހަކައެއް ނޭންގުމާއެކު އަަަލްޔަސް ޔޫސުފް ގާތު އެހިއެވެ. އަލްޔަސްއަށް ބަލާލުމަށްފަހު ޔޫސުފް ބޯޖަހާލިއެވެ. އޭނާގެ ސިކުނޑީގައި ނަވާރްގެ ސޫރަ ކުރެހެމުން ދިޔައެވެ. އެއާއެކު ޔޫސުފްއަށް ހިނިތުންވެވުނެވެ. “ސްޕެޝަލް ކުއްޖެއް އެބަހުރި؟” ޔޫސުފް މޫނަށް ބަލަން ހުރި އަލްޔަސްއަށް ޔޫސުފްގެ ހިނިތުންވުމުގެ ފަހަތުގައިވި އަސްލަކީ އަންހެން ކުއްޖެއްކަން އެނގުނެވެ. “އެބަހުރި އެކަމަކު އަހަންނަށް އެކުއްޖާ ލިބޭކަށެއް ނެތް” ހިތި ހިނިތުންވުމަކާއެކު ޔޫސުފް ބުނެލިއެވެ. އަލްޔަސްގެ ތުންފަތް މައްޗަށްވެސް ހިތި ހިނިތުންވުމެއް ވެރިވިއެވެ. “ލުކްސް ލައިމް ވީ ބޯތް އާރ އޮން ދި ސޭމް ބޯޓް” އަލްޔަސް އެނދުން ތެދުވެފައި ގޮަސް ޔޫސުފް ގާތު އިށީންނަމުން ޔޫސުފްގެ ކޮނޑަށް އަތް ވައްޓާލިއެވެ. “ތާނިޔާ ދޯ؟” ޔޫސުފްގެ ސުވާލަން ޖަވާބު ދިނުމެއް ނެތި އަލްޔަސް ހީލިއެވެ. އަލްޔަސްއަށް ހިތާހިތުން އެސުވާލު ކުރެވުނެވެ. އެއާއެކު އޭނާގެ ހިތާއި ސިކުނޑިވެސް އެއީ ތާނިޔާ ނޫންކަމަށް އެއްބަސްވިއެވެ.
****
ނަވްޔާއާއި މާއިޒް ތިބީ އެދެމީހުންގެ ކޮޓަރީގައެވެ. މާއިޒް ވިސްނުމެއްގައި ހުރެ ދެކޮޅަށް ހިނގަމުން ދިޔައިރު ވިސްނުމަކަށް ގެއްލިފައި އެނދުމަަތީ އިށީންދެލައިގެން ނަވްޔާ އިނެވެ. އެދެމީހުންވެސް ވިސްނަމުން ދިޔައީ ޔާޒްއާ މެދުގައެވެ. ޔާޒް ލޯބިވި އަންހެން ކުއްޖާއަކީ ފަހަރެއްގައިވެސް އެއީ ކަމަކަށް އެދެމީހުންނަށް ގަބޫލެއް ނުކުރެވުނެވެ. “މާދަން ރޭ އޮންނަ މެޗު ނިންމާފަ މިކަމައިގެން އުޅޭނީ. ކުޑަ ހެލްޕެއްވާން އެބަޖެހޭ އެކޮޅަށް ދާން” އަތުގައި އޮތް ގަޑިއަށް ބަލާލުމަށްފަހު މާއިޒް ބުންޏެވެ.
މާއިޒް ދާއިމީ ގޮތެއްގައި ފުޓުބޯޅަ އިދާރާގައި މަސައްކަތް ނުކުރި ނަމަވެސް ބައެއް ފަހަރު ކޯޗުގެ އެދުމަށް ގައުމީ ޓީމަށް އެހީވެދެއެވެ. ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ޒުވާން ކުޅުންތެރިންނަށް ހިއްވަރުލައިދެއެވެ. ގައުމީ ޓީމަށް ކުޅެ ގައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިންމުކަން އެކުދިންނަށް ކިޔާދެއެވެ. އާރާޝް ފަދައިން މާއިޒްއަކީވެސް ކުޅުންތެރިން ބަލައިގަންނަ ‘ލެޖެންޑް’އެކެވެ.
އިންޑިއާ އާފި ރާއްޖެ ކުޅޭ މެޗަކީ ސާފް ސަރަހައްދުގެ އެލްކްލެސިކޯ މެޗެވެ. ރާއްޖެއާ އިންޑިއާ އާ ދެމެދު އޮންނަ ވާދަވެރިކަން ވަނީ އިހުނަށް ވުރެ ބޮޑުވެފައެވެ. އިންޑިއާގެ މައްޗަށް ރާއްޖެ އެތައް ފަހަރަކު ކުރި ހޯދަމުން އައިސް ދާދި ފަހަކުން އަނެއްކާވެސް އިންޑިއާ އަންނަނީ ކުރި ހޯދަމުންނެވެ. އާރާޝްމެން ރިޓައާރ ކުރި ފަހުން ކުޅުނު މެޗުތަކުގައި ދިވެހި ޓީމަށް އިންޑިއާ ބަލިކުރެވޭ ގޮތެއް ނުވެއެވެ. އެންމެ ފަހުން ކުޅުނު އޭޝިއަން ކަޕްގައިވެެސް އިންޑިއާ އަތުން ބަލިވެ ރާއްޖެވަނީ ގަދަ ސޯޅައިން ކަޓާފައެވެ. ރާއްޖޭ އަމިއްލަ ދަނޑުގައި ކުރިއަށް އޮތް އެލްކްލެސިކޯ މެޗު ކާމިޔާބު ކުރުމަށްޓަކައި ކޯޗާއި ކުޅުންތެރިންގެ އިތިރުން ސަޕޯޓަރުންވެސް މަސައްކަތް ކުރަމުން ދިޔައެވެ. ސަޕޯޓަރުން މަގުތައް މަތީގައި ފޯރި ނަގަމުން ދިޔައިރު މީޑިއާ ތަކުންވެސް މެޗާ ބެހޭ ގޮތުން ތަފާތު މަޢުލޫމާތުތައް ގެނެސްދެމުން ދިޔައެވެ.
އަލައިކާވެސް މުޅި ދުވަހު އެއްކޮށް އުޅުނީ އޮފީހަގުއެވެ. މެޗާ ބެހޭ ގޮތުން ގެނެސްދިން ޓީވީ ޝޯވ ހުށަހަޅައިދޭންށެވެ. އަލައިކާއަށް ގެއަށް ދެވުނު އިރު އިރުވެސް އޮއްސިއްޖެއެވެ. ގޭ އެންމެން ތައްޔާރުވަމުން ދިޔައީ ދަނޑަށް ދާށެވެ.
***
ދެޓީމުގެ ކުޅުންތެރިން ދަނޑަށް ނުކުތްއިރު ސަޕޯޓަރުންގެ އަޑު ގުގުމާފައި ހުއްޓެވެ. ފުރަތަމަ އެގާރާގައި ޔޫސުފް އަދި އަލްޔަސްވެސް ކޯޗުވަނީ ހިމަނާފައެވެ. ދިވެހި ސަޕޯޓަރުންނާ ކޯޗިން ސްޓާފްގެ އިތުބާރުވެސް އެދެކުޅުންތެރިންނަށް އޮތެވެ.
ނަވްޔާ އިރު އިރުކޮޅާ ޔާޒްއަށް ބަލާލައެވެ. އަލައިކާއާ ނަވާރް އަދި އައޮރާ ގާތު ޔާޒް އިން އިރު އެމޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. އެ ހިނިތުންވުމުގެ ފަހަތުގައިވި ސަބަބު އެނގުމުން ނަވްޔާވެސް ހީލިއެވެ.
ނަވާރްއަށް ހީވަމުން ދިޔައީ ދަނޑުމަތީގައި ހުރި ޔޫސުފްގެ ލޯ އަމާޒުވެފައި ހުރީ އޭނާއަށް ހެންނެވެ. ހަމަ އެކަނި އެހެން ހީވިކަމަށްޓަކައިވެސް އިސްއުފުލާ ބަލާލަންވެސް ނަވާރްއަށް ނުކެރުނެވެ.
ގައުމީ ސަލާން ކިޔަންފެށުމާއެކު ހުރިހާ ކުޅުންތެރިންވެސް އަޑުން އަޑުނަގާ ގައުމީ ސަލާން ކިޔަމުން ދިޔައެވެ. ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރާގައި ކުޅޭ މެޗުން މޮޅުވުމަށް ޔޫސުފް އަދި އަލްޔަސްވެސް ތިބީ ފެން ބޮވައިގަނެފައެވެ. ގައުމީ ސަލާން ކިޔަމުން ދިޔަ ގަޑީ ޔޫސުފް ހަނދާން ކުރަމުން ދިޔައީ އާރާޝް ދިން ނަސޭހަތްތަކެވެ.
މެޗު ފެށުމަށްޓަކައި އިންޑިއާގެ ދެކުޅުންތެރިން ބޯޅަ ކައިރީ ހުއްޓިލައިގެން ތިއްބެވެ. ރެފްރީ ކަށިގަނޑު ފުމެލުމާއެކު އިންޑިއާ ކުޅުންތެރިޔާ ބޯޅަ ކޮށްޓިއެވެ.
މެޗުގެ ފުރަތަމަ ދިހަ މިނެޓްގައި ދެޓީމުން ކުރެ އެއްޓީމަކަށްވެސް ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވެއެވެ. ޔޫސުފްއާ އަލްޔަސްއަށް ވެސް ރަނގަޅު ބޯޅަ ތަކެއް ނުލިބެއެވެ.
މެޗުގެ ވިހި ވަނަ މިނެޓުގައި ރާއްޖޭގެ ކީޕަރު ކުރިއަށް ފޮނުވާލި ބޯޅަ ލިބުނީ ސީދާ ޒެވިޔަންއަށެވެ. ޒެވިޔަން ގާތު ދެ ޑިފެންޑަރުން ތިބިއިރު ކުރީގައި ހުސްކޮށް ޔޫސުފް އޮތެވެ. ޔޫސުފް ޒެވިޔަންއަށް ގޮވަމުން ދިޔައީ އޭނާއަށް ބޯޅަ ދިނުމަށެވެ. އެއަޑުނަހާ ޒެވިޔަން ބެލީ އޭނާ އަމިއްލައަށް ލަނޑު ޖެހޭތޯއެވެ. އަމިއްލައަށް ބޯޅަ ކޮށްޓަން ހަދައިގެން ޒެވިޔަން އަތުން ބޯޅަ ގެއްލުނެވެ.
ޒެވިޔަން އޭނާއަށް ބޯޅަ ނުދީ، ބޯޅަ ގެއްލުވާލުމުން ޔޫސުފް ރުޅިގަދަވިއެވެ. ކަރުބުޑުން ހަޅޭއްލަވައިގަނެފައި ފައިން ބިންމަތީ ޖަހާލިއެވެ.
ޒެވިޔަން އަތުން ހޯދި ބޯޅައިން އިންޑިއާ ކުޅުންތެރިން ލަނޑުޖެހިއެވެ. އެއާއެކު ޔޫސުފްގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. ޔޫސުފް ޒެވިޔަންއާ ދިމާއަށް ދާން ހެދުމުން އަލްޔަސް އޭނާ ހުއްޓުވިއެވެ. ޔޫސުފް ރުޅިވެރި ނަޒަރެއް ޒެވިަޔަންއަށް ދީފައި އަލުން ކުޅުމުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރިއެވެ.
ޔާޒްއަށް ހަޅޭއްލަވައިގަނެވުނީ ފައިގެ ފަލަ މަސްގަނޑަށް އެރުތަދުންނެވެ. ޒެވިޔަން ޔޫސުފްއަށް ބޯޅަ ނުދިނުމުން އައި ރުޅީގައި އަލައިކާ ގޮށް މުށުން ޔާޒް ފައިގެ ފަލަމަސްގަނޑުގައި ޖެހީއެވެ. ތަދުވީ ވަރުން ޔާޒްގެ ލޮލުން ފެންވެސް އައެވެ. ޔާޒް ފަޔަށް އެރި ތަދު ނުފިލާ އުޅެނިކޮށް އިންޑިއާ ލަނޑުޖެހުމުން އަނެއްކާވެސް ޔާޒް ފައިފަލަ މަސްގަނޑުގައި ބާރަށް ޖެހިއެވެ. ތަދުވީ ވަރުން އަނގައިން އަޑުވެސް ނުނިކުތެވެ. “އައި އޭމް ގޮންނާ ކިލް ޔޫ ޒެވިޔަން!!!!!؟” ދަތްތަކަށް ބާރުލާފައި ޒެވިޔަން ނަމުގެ ކޮންމެ އަކުރަށް ދަމާލަމުން އަލައިކާ ބުނެލިއެވެ. އަލައިކާގެ މޫނު ރަތްވެގެން ގޮސް ހީވަނީ ޓޮމާޓޯއެއް ހެންނެވެ. ރުޅިން މުޅި ކުއްޖާ ތުރުތުރު އަޅަމުން ދިޔައެވެ. “އާހް އަލައިކާ. ތަދުވެއްޖޭ. އެހެން ކިޔާފަ މަގޭ ގައިގަ ތި އަޅުވާލީ!” ފަލަ މަސްގަނޑު މަތީގައި އަތް އަޅައިގެން އިނދެ ޔާޒް ބުނެލިއެވެ. އަލައިކާއަށް އެއަޑު އިވުނުހެނެއް ހިއްޔެނުވެއެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައީ އެކެއް ސުމެއްގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެންނެވެ. ޔޫސުފް ރުޅިމޫނު ހަދާފައި ދަނޑުން ފައިބައިގެން ދިޔައެވެ. އޭނާ ޒެވިަޔންދެކެ އެވަނީ އިންތިހާއަށް ރުޅި އައިސްފައެވެ. އަލްޔަސް ވެސް ހުރީ ޒެވިޔަން ދެކެ ހިތްހަމަ ނުޖެހިފައެވެ.
ހާފް ޓައިމްގައި މާއިޒް ޗޭންޖިން ރޫމަށް ގޮސް ޔޫސުފްއަށް ވަކިން ނަސޭހަތް ދިނެވެ. މެޗު ތެރޭގައި ރުޅި ހަދާފައި ހުންނަަން ވެއްޖެނަމަ ރަނގަޮަށް ނުކުޅެވޭނެ ކަމަށް ބުންޏެވެ.
ދެވަނަ ހާފްގެ ކުޅުން ފެށީ ދިވެހި ޓީމުންނެވެ. ފަހަތުގައި ބޯޅަ ހިފަހައްޓައިގެން ރާއްޖެއިން ކައުންޓާރ އެޓޭކް އުފެއްދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ދެވަނަ ހާފް ބަލަން ޔާޒް އިނީ ނަވްޔާއާއި މާނީއާ ދެމެދުގައެވެ. ދުވަހެއްގެ ކޮޅުންވެސް މެޗެއް ބަލާކަށް އަލައިކާ ގާތަކު އޭނާއަށް ނީންނާނެއެވެ. އަލައިކާގެ ދެފަރާތުގައި ތިބި އައިރާއާއި ނަވާރްއަށް ޔާޒް ހަމްދަރުދީވިއެވެ. އެދެކުދިންނަށް ހަދާނީ ކިހިނެއް ކަމެއްވެސް ނޭންގެއެވެ.
މެދުތެރެއިން އިންޑިއާ ކުޅުންތެރިއެއް އަތުން ބޯޅަ އަތުލައިގެން އަލްޔަސް ކުރިއަށް ދިޔައެވެ. އިންޑިއާގެ ދެ ކުޅުންތެރިން އޭނާ ވައްޓާލަން އުޅުމުގެ ތެރޭގައި ވެއްޓުނެވެ. ކުރިމަތިން ހުރަސް އެޅު ކުޅުންތެރިޔާވެސް ނައްޓާފައި ހުސްކޮށް ހުރެ އަލްޔަަސް ޕެނަލްޓީ އޭރިއާއަށް ވަނެވެ. ކީޕަރު ކައިރިން ރީއްޗަށް ނައްޓާފައި ގޮސް ހުސްކޮށް އޮތް ގޯލް ތެރެއަށް ބޯޅަ ވައްދާލައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
އަލައިކާ ގާތުން ދުރަށް ގޮސްގެން ސަލާމަތް ވެވުނު ކަމަށް ޔާޒްއަށް ހީކުރެވުނީ މުޅިން ނުބައިކޮށެވެ. އަލްޔަސް ލަނޑުޖެހުމާއެކު އަތުގައި ހުރި ބާރެއް ލާފައި މާނީ އޭނާގެ އަތުގައި ޖެހިއެވެ. ޔާޒްއަށް މަންމާއޭ ކިޔާ ނަވްޔާ އަތުގައި ހިފެހެއްޓުނެވެ. ނަވްޔާގެ ދެލޯ ކަރުނުން ފުރުނީ ލޯބިވާ ދަރިފުޅު މަންމާއޭ ކިޔާ ގޮވާފައި އަތުގައި ހިފުމުންނެވެ. ކުރެވުނު ކަންތައް ރޭކާލުމާއެކު ޔާޒް ވަގުތުން ނަވްޔާ އަތުން ދޫކޮށްފައި މާނީ ޖެހިތަނުގައި އަނެއް އަތުން ފިރުމަންފެށިއެވެ. އޭރު މުޅި ދަނޑުވެސް ހީވަނީ ވައްޓާލަފާނެހެންނެވެ. “ޔާޒް ވަރަށް ބޮޑަށް ސޮރީ އެކްސައިޓްވި ވަރުން ޖެހުނީ. ވަރަށް ތަދުވިތަ!” ޔާޒް ގައިގައި ޖެހުނުކަން އެނގުމުން މާނީ ދެރަވިއެވެ. ޔޫސުފް ލިބުނު ފަހުން މެޗުބަލާގަޑީ މީހުން ގައިގައި ތެޅުން އޭނާ ވަނީ ވަރަށް މަސައްކަތުން ހުއްޓާލާފައެވެ. ޔޫސުފް ކުޑައިރު އެކުއްޖާ ގޮވައިގެން މެޗެއް ބަލަންނާ މާނީ އިންނަނީ ދެއަތް އައްސައިގެންނެވެ. މިރޭފޯރި އަރާފައި ހުރި ފޯރިން ޔާޒްގައިގައި ޖެހުނީއެވެ.
އެއް ލަނޑުޖެހުމާއެކު ރާއްޖޭ ކުޅުންތެރިން މެޗުން މޮޅުވާން އިތުރަށް ބޭނުންވިއެވެ. ފަހުގެ ތާރީޚެއްގައި އިންޑިއާ އަތުން މޮޅުނުވެވި އޮތުން ނިމުމަކަށް ގެންނަށް ކަށިން ހިއްވަރު ނެރެގެން ކުޅެން ފެށިއެވެ. ހަމަޖެހިލައިގެން މެދު ތެރޭ ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ނަތީޖާއަކަށްވީ ޔޫސުފްއާ އަލްޔަސް ހުއްޓުވަން އިންޑިއާއިން ގިނަ ފައުލްތަކެއް ކުރަން ފެށުމެވެ. އިންޑިއާގެ ޑިފެންސްލައިންއަށް ބުރަވެ ކުޅުންތެރިން ރުޅިގަދަވާން ފެށިއެވެ. ރާއްޖޭގެ ސާދަ ނަންބަރަށް ކުޅޭ ކުޅުންތެރިޔާ އެއް އަރިމަތީގައި ހުރެފައި ޕެނަލްޓީ އޭރިއާ ރޮނގުމަތީ ކަހަލަ ގޮތަކަށް ހުރި ޔޫސުފްއަށް ބޯޅަ ދިނެވެ. ޔޫސުފް ބޯޅަ ކޮންޓްރޯލް ކޮށްފައި ގޯލަށް ޖަހަން ބެލިއިރު ގޯލް ބްލޮކްވާ ގޮތަށް ދެޑިފެންޑަރުން ތިއްބެވެ. އަނެއް ފަޅީގައި ހުސްކޮށް ޒެވިޔަން އޮތެވެ. ޔޫސުފް ގޯލަށް ބަލާލުމަށްފަހު ފުން ނޭވައެއް ދޫކޮށްފައި ގޯލާ ދިމާއަށް ބޯޅަ ޖަހާ ކަމަށް ހަދާފައި ޒެވިޔަންއަށް ބޯޅަ ދިނެވެ. ޒެވިޔަންގެ ވައަތުފަޔަށް ބޯޅަ އެރުމާއެކު ބާރަށް ބޯޅަ ގޯލަށް ފޮނުވާލިއެވެ. ކީޕަރު އަތް ދަށުން ލާފައި ގޮސް ގޯލްތެރެއަށް ބޯޅަ ވަނެވެ. އެއާއެކު ސަޕޯޓަރުންގެ އަޑު މުޅި ދަނޑުގައި ގުގުމާލިއެވެ.
އަލްޔަސް ޒެވިޔަންއާއެކު އުފާފާޅުކޮށްފައި ޔޫސުފް ގާތު ހުއްޓިލިއެވެ. “އައި އޭމް ރިއާލީ ޕްެރައުޑް އޮފް ޔޫ!” ޔޫސުފްގެ އިސްތަށިގަނޑު ހާވާލާފައި އަލްޔަސް ބުންޏެވެ. ޔޫސުފް ހިނިތުންވެލުމާއެކު ޔޫސުފްގެ ކޮނޑުގައި ޖަހާލާފައި އަލްޔަސް އޭނާގެ މަގާމަށް ދިޔައެވެ.
މެޗު ނިމެން ދެތިން މިނެޓަށްވެފައި ހުއްޓާ ކީޕަރު މަތަކޮށްފައި ކުރިއަށް ފޮނުވާލި ބޯޅަ ބައިސްކަލް ކިކަކުން ޔޫސުފް ގޯލުގެ ތެރެއަށް ވައްދާލިއެވެ. ޔޫސުފްގެ އެ މޮޅު ގޯލުން ދެޓީމުގެ ކުޅުންތެރިންނާ ސަޕޯޓަރުން ބަސްހުއްޓުނެވެ. އިންޑިއާ ކުޅުންތެރިން އަނގަ ލައްޕަން ނޭންގިފައި އެތައް އިރެއްވަންދެން ތިއްބެވެ. ކީޕާރުވެސް އަނގަ ހުޅުވައިގެން އެއް ފަހަރު ޔޫސުފްއަަށް އަނެއް ފަހަރު ބޯޅައަށް ބަލާލިއެވެ.
ހިމޭން ކަމުގެ ވަގުތު ކޮޅަކަށް ފަހު މުޅި ދަނޑުގައި އެއް އަޑަކަކުން ގުގުމަމުން ދިޔައީ ޔޫސުފްގެ ނަމެވެ. ޔޫސުފް ޖަހާދިނީ ދުނިޔޭގެ ފެންވަރުގެ ލަނޑެކެވެ. ހުރިހާ ކުޅުންތެރިން އެއް ފަހަރާ ގޮސް ޔޫސުފް ގަޔަށް އަރައިގަތެވެ.
ރެފްރީ ކަށިގަނޑު ފުމުމާއެކު ހުުރިހާ ކުޅުންތެރިން ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. ދުވަސްތަކަކަށް ފަހު އަނެއްކާވެސް އިންޑިއާ އަތުން މޮޅެއް ހޯދުމިން ކުޅުންތެރިންނާ ސަޕޯޓަރުންނަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. މެޗު ނިންމާފައި އިންޑިއާ ކުޅުންތެރިން ޔޫސުފް ގާތު ވަކިވަކިން އޭނާގެ ގޯލު މޮޅުވާހަކަ ބުންޏެވެ. އިންޑިއާ ކޯޗުވެސް ޔޫސުފް ގާތަށް ގޮސް ގޯލުގެ އިތުރަށް ޔޫސުފްގެ މޮޅު ކުޅުމަށް ތައުރީފު ކުރިއެވެ. އިންޑިއާ ކުޅުންތެރިން ޔޫސުފްއަށް ‘އާރާޝް ޖޭއާރް’ ގެ ނަންދިނެވެ. ކޯޗާއި ކުޅުންތެރިން ޔޫސުފްއަށް މުޚާތަބު ކުރީ ‘އާރާޝް ޖޭއަރް’ގެ ނަމުންނެވެ.
މެޗު ނިމުމުން ނީންދެވިގެން އަލައިކާ ދަނޑަށް އެރިއެވެ. ކާޑު އޮތުމުން ވަންނާކަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ. އެންމެ ފުރަތަމަ ވެސް އަލައިކާ ދިޔަ ގޮތަށް ޒެވިޔަންގެ އަތުގައި ވިކައިގަތެވެ. “އަލް އައުޗް!” އަލައިކާ ވިކައިގަތްލެއް ބާރުކަމުން ޒެވިޔަންގެ އަތް ރަތްވިއެވެ. އަލައިކާ މޫނަށް ހަދައިގެން ހުރި ގޮތުން ޒެވިޔަންއަށް ހެވުނެވެ.
އިންޑިއާ ކުޅުންތެރިޔަކާ ސަލާން ކޮށްފައި އެނބުރުނު އަލްޔަސްއަށް އަލައިކާ ޒެވިޔަން ގައިގައި ވިކައިގަތް ތަން ފެނުނެވެ. އަލައިކާގެ މޫނު ހުރިގޮތް ފެމުން އަލްޔަސްއަށް ވެސް ހެވުނެވެ. “ޕިސް ޕިސް. އަލް ޒެވިޔަން އަލްއާ މެރީ ކޮށްގެން ހުރެފަ އެކަލަ މިސްޓޭކެއް ހަދާފިއްޔާ ކާނުލިއަސް ވާ ރަނގަޅު” އަލްޔަސް ގާތަށް އައިސް ހުއްޓިލި ޔޫސުފް ދެފަރާތަށް ބޯ ހޫރުވާލަމުން ހެވިފައި ހުރެ ބުންޏެވެ. “އަލް ވިކައިގަންނާނެކަން އެނގުނު ނަމަ މަވެސް އެހެން ހެދީމުސް” ހުވަފެނީ ގޮތަކަށް އަލައިކާއަށް ގެއްލިފައި ހުރެ އަލްޔަސް ބުންޏެވެ. ބުނެވުނީ ކިހާވަރެއްގެ އެއްޗެއްކަންވެސް އަލްޔަސްއަކަށް ރޭކައެއް ނުލައެވެ. ޔޫސުފް ހިނިގަނޑެއް ޖަހާލަން އުޅެފައި އަލްޔަސް ބުނީ ކީކޭކަން ސާފުވުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އަލްޔަސް ބުނި ލިބެން ނެތް ލޯބިވާ ކުއްޖަކީ ތާނިޔާ ނޫންކަން ޔޫސުފްއަށް ރޭކާލީއެވަގުތުއެވެ. “ޔޫ އާރ އިން ލަވް ވިތް އަލް” ކިރިޔާ އަލްޔަސްއަށް އަޑުއިވޭ ވަރަށް ލަސް ލަހުން ޔޫސުފްއަށް ބުނެވުނެވެ. ގައިގައި ކަށްޓެއް ޖެހިހެން ހީވުމާއެކު އަލްޔަސްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. މީހަކު ވައްކަން ކުރަނިކޮށް ފަޅާއެެރުމުން މޫނަށް އަރާ ކުލަވަރުތައް އަލްޔަސްގެ މޫނަށް އެރިއެވެ. ޔޫސުފްއަށް ބަލާލަމުން ޔޫސުފްގެ ވާހަކަ ދޮގުކުރަން ބޯ ހޫރުވާލިއެވެ. “ބްރޯ ދޮގު ނުހަދާ މަށަށް އެނގިއްޖެ އަލް..” ޔޫސުފް މާ ބާރަށް ވާހަކަ ދައްކަން ފެށުމުން އަލްޔަސް ޔޫސުފްގެ އަނގަ މަތީގައި އަތް އެޅިއެވެ. “ޝްޝްްޝް. އެކައްޗެކޭ ވެސް ނުކިޔާތި ފަހުން ކިޔާދޭނަށް” ޔޫސުފްގެ އަނގަ ބަންދު ކުރަން އެންމެ ފަސޭހަގޮތަށް އަލްޔަސް އެކަން ކުރިއެވެ.
“ހިނގާބަ އަލް ކައިރިއަށް މި ޕާސް އޮތީމަ އަހަރުންނަށް ވެސް ފަސޭހަ ވާނެ ދާން” ނަވާރް އަތަށް ދަމަމުން އައިރާ ވެސް ދަނޑަށް އެރިއެވެ. ނަވާރް ނުދާން ދެކޮޅު ހެދި ނަމަވެސް އައިރާ ގަދަކަމުން ނަވާރް ގެންދިޔައީއެވެ.
އައިރާއާ އެއްކޮށް އައި ނަވާރް ފެނި ޔޫސުފްގެ ތުންފަތް މައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. އަލްޔަސް ގޮވައިގެން އެމީހުން ތިބި ތަނަށް ޔޫސުފް ދިޔައެވެ.
ޔޫސުފް އަންނަން ފެށުމާއެކު ނަވާރްގެ ހިތް އަވަސްވާން ފެށިއެވެ. ނަވާރް މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަންށެވެ.
“އަލްޔަސް ޒެވިޔަން. މީޓް މައި ލަވްލީ ގާލްފްރެންޑް ނަވާރް” ނަވާރް ގާތު ހުއްޓިލަމުން ޔޫސުފް ބުނުމާއެކު ސިހިފައި ނަވާރްއަށް ދުރަށް ޖެހެވުުނެވެ. އޭރު އޭނާގެ ދެލޯ ބޮޑުވެފައި ހުރިއިރު މޫނު ހުރީ އެއްކޮށް ރަތްވެފައެވެ. އަލައިކާ އާއި އައިރާ އެކަކު އަނެކަކަށް ބަލާލިއެވެ. ދެކުދިންވެސް ތިބީ ހައިރާންވެފައެވެ.
“ހަހަހަ. ލުކް އެޓް ޔުއަރ ފޭސް. ހީވަނީ ބިރެއް ފެނިގެން އުޅޭހެން އެހެން ކުއްޖެއްނަމަ އުފަލުން ގަބޫލު ކުރީސް. އެކަމު މީންދަ މޮޔަ ކުއްޖާ ބިރުން ފިލަނީ. އެއީ އަސްލު މަ ބިޓެއް ނޫން އިނގޭ. އައި އޭމް ސިންގަލް” ނަވާރްއަށް ވީގޮތް ފެނުމާއެކު ޔޫސުފްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނަވާރް އިތުރަށް ރުޅި އަރުވާލުމަށްޓަކައި ޔޫސުފް ނަވާރްއަށް އެއް ލޯ މަރާލުމާއެކު ރުޅިއައިސްގެން ނަވާރް އޭނާއަަށް ކަޅިއަޅާލިއެވެ.
ނަވާރް ބޭނުންވީ އެންމެންނަށް ބޭޒާރުވުމުގެ ކުރިން ދުވެ ފިލާށެވެ. އަލްޔަމެންނަށް އޭނާ ތައާރަފުކޮށް ދިން ގޮތުން މޭފަޅާފައި ހިތް ނުނިކުތީ ކިރިޔާއެވެ.
ނަވާރް ރުޅި އަރުވަން ބުނި ކަމުގައި ވިއަސް އެއީ ޔޫސުފްގެ ހިތް އެދޭ ގޮތެވެ. އޭނާގެ ލޯބިވެރިޔާއަށް ނަވާރް ހަދާށެވެ. އެތައް އަންހެން ކުއްޖެއް އޭނާގެ އިޝާރާތަށް ތިއްބާ އޭނާ އެންމެ ބޭނުންވެފައި އެވަނީ ލިބެން ނެތް ކުއްޖާއެވެ. ކައިރީގަ އެހެނަސް ދުރުގައިވާ ކުއްޖާދެކެއެވެ. ހިތަށް ތަދުވިނަމަވެސް ހިނިތުންވެލައިގެން ހުންނަނީއެވެ. ދުވަހަކު ހިތްދަތި ނުވާވަރަށް އޭނާ ހިތްދަތިވަމުން ދިޔައެވެ. ޔާޒް އައިސް ނަވާރް ގާތު ހުއްޓުމާއެކު ލޮލުން ދިލަ ނަގައިގަތެވެ. އެދެކުދިންނަށް ބަލަން ހިތަށް ކެއް ނުވުމުން ދަނީ ކަމަށް ބުނެފައި ދިޔައެވެ.
ޔޫސުފް ދިއުމުން އަލައިކާވެސް ޒެވިޔަން ގާތު ދަނީ ކަމަށް ބުންޏެވެ. އަލްޔަސްއާ ވާހަކަ ދައްކަން ހިތް ގޮވަމުން ދިޔައިރުވެސް އަލައިކާ އިސްއުފުލާ އަލްޔަސްއާ ދިމާއަށް ބަލާވެސް ނުލައެވެ. ހިތް މަތީ ގާގަނޑެއް ބާއްވާފައި އަލައިކާ އަލްޔަސްއަށް އަޅާލުމެއް ނެތި އެތަނުން ދާން ހިނގައިގަތެވެ.
އަލައިކާ ފަހަތުން ހިނގައިގަތް އައިރާއަށް ހުއްޓެވުނީ އޭނާ އަތުގައި މީހަކު މީހަކު ހިފެހެއްޓުމުންނެވެ. އައިރާ އެނބުރިފައި ބަލާލިއިރު އޭނާ އަތުގައި ހިފައިގެން ހުރީ ޔާޒްއެވެ. ޔާޒް އެގޮތަށް އޭނާ އަތުގައި ހިފައިގެން ހުރުމުން އައިރާއަށް ވަށައިގެން ބަލާލެވުނެވެ. އޭރު ކޮންމެސް ވަރަކަށް މީހުންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ހުއްޓެވެ. “ޔާޒް އަތުން ދޫކޮށްބަލަ މީހުން އެބަ ބަލައޭ!” ޔާޒް އަތުން އަތް ނައްޓަން މަަަސައްކަތް ކުރަމުން އައިރާ ބުންޏެވެ. ޔާޒްދެން ކުރިކަމަކުން އައިރާގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. އޭނާގެ އަތުގައި ހިފައިގެން ހުރި ގޮތަށް ހުރެ އެއް ކަކޫ މައްޗަށް ތިރިވިއެވެ. “އައިރާ އަހުސަމް. ވިލް ޔޫ މެރީ މީ؟”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.






Woww……❤️❤️❤️???❤️❤️❤️ Haadha furihama ey kiya….. Speechless…. Kn irakun tha next part …. V avahah up kolla dhehchey….
Thanks raani. In Sha Allah Friday ga. Kiyara hama try mi kurany vyhaa ves avahah up kureveytho. Enme lasvegn ves Friday ga up kohdheynan In Sha Allah♥️
Salam my dear readers. Here is 16th episode of rastha2. miadhu hendhunu ge vaguthehga mi bai genasdheyn varah try kurin. National team match ge kurin. Ekam ves eyrah vaairah up nukohdhevunu. Ekamah takaa hurihaa kudhinge kibain ves maafah edhen. Kiyara mi gasthukurany enme madhuvegen konme Friday adhi monday ehga ves episode eh genesdheyn. Liyevey varakun ehen dhuvas thakuga ves up kuran. Kinme week eh ga 3 noony 4 days ga up nukurevunas konme monday adhi friday ga vaahaka gemasdheyn. Hurihaabkudhinnahvss egoii kamu dhaane kamah mi balany. Ly all ♥️♥️
Wooww ?????? whn is next part siss ❤️❤️???? curiously waiting for it ???? omg…omg.. .maazin men kairy yaaz eh bunyy airaa vahaka dhoo… Meekko heekuryy nawaar vaahaka kamah????? ohh salhi❤️❤️❤️❤️????luv yeahhhh ❤️???
Thanksss meekkomee. Ywwah. In Sha Allah next part enme lasvegen friday ga. Ly2
next part miadh up kohllahchehy….miadh ge part vrh habeys
Thanksss boy. Next part miadhuga ves liyevihjeyaa up kohdheynan In Sha Allah.
airaa yaaz aa marry kuran ehbass vaane thr anehkaa?????????btw mi part hama habbu…….vvvv reethi mi part vx…..and waiting for the nxt part…..whn nxt…..luv u kiyaa
Thanksss dear. Ihannane next part up kohffa mihaaru. Hingaa dhw vaane goii balama♥️ly2
Your stories are awesome?
Love this part and all of your great work ?
Keep it up ?
You are really talented dear kiyara?
Thanksss drax. Varah ufaavey positive comments libeythyve readers ge faraathun.
Omg…Omg kiyaa…yaaz marry kuran beynun vany Airaa aa dhww…i thought navaar aaa kamah….anyway vrh salhi mi part…waiting for nxt part….pls thankolheh avahah ip koh dhecheyy kiyaa…….luv u♥️♥️♥️♥️♥️♥️…..whn nxt part!!
Thanksss dear. yweah yaaz eulheny airaa aa marry kuran beynum vegen..mihaaru ihnane next part up kohllafa ly2♥️
Varah???? Varah??varah reethi???????? maa sha Allah????.curiously waiting ???for ???the ???next ???part??.lysm sis❤❤❤❤
Thanksss dear. Next part up vefa ihnnany mihaaru ly2♥️
this ep is a big suprise … i love this ep … keep it up …. haadha reechey mi vaahaka ❤
Thank u imkko♥️