ރާސްތާ2 ސައްވީސް ވަނަ ބައި
ވޮލެޓް ކުޑަކޮށް ހާވާލިތަނުން ނަވާރްއަށް އައިޑީކާޑް ފެނުނެވެ. އޭތި ނަގައިފައި އޭގައި އޮތް ނަން ބަލާލުމާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
***
ނަވާރް ދެތިން ފަހަރު އޭގައި އިން ނަން ކިޔާލިއެވެ. އޭނާގެ ދެލޯ ފެންކަޅިވާން މަދު ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ކަރުނައިގެ ތެރެއިންވެސް އޭނާއަށް ހިނިތުންވެވުނެވެ. ނަމަވެސް އޭގެ ދެވަަނަ ސިކުންތުގައި އޭނާގެ ހިނިތުންވުން ފިލައިގެން ދިޔައީ އެއް ނަން ކިޔާ ބައިވަރު މީހުން އުޅޭކަން ހަނދާންވުމުންނެވެ. ފަހަރުގައި މިއީ ވެސް އިވާން ކިޔާ އެހެން މީހަކަށްވެސް ވެދާނައެވެ. ނަވާރް އެވަގުތު ދީނާއާއި އެވާހަކަ ހިއްސާ ކުރަން ބޭނުންވިއެވެ. ނަމަވެސް އެގަޑީ ދީނާ ގޭގައި ނެތުމުން އެކަން ކުރެވޭނެ ގޮތެއް ނެތެވެ. ދެން އޭނާ ކަންތައް ކުރީ އޭނާއަަށް ފެންނަ އެންމެ ރަނގަޅު ގޮތަށެވެ. ވޮލެޓް ތެރޭގައި އޮތް ފޮޓޯގަނޑާއި އައިޑީ ކާޑު ހިފައިގެން ނަވާރް މާނީ މެން ބަޔަށް ދިޔައެވެ.
ޔޫސުފްއާއި އަޝްވާއާއި ހީވަނީ ބޮޑު ތަކުރުފާނު ވާހަކައިގައި ތިބި ހެންނެވެ. އެންމެ ހިނދު ކޮޅަކަށް ވެސް އަނގަ ހުއްޓާނުލައެވެ. މާނީވެސް ސޯފާގައި އިށީންދެލައިގެން އިނެވެ. އަޝްވާއާއި ޔޫސުފް ކިޔާ އެއްޗިހިން އޭނާ ގާތަށް ހިނިއަންނަމުން ދިޔައެވެ.
ދޮރުގައި ޓަކި ޖެހި އަޑު އިވުމުން އަޝްވާއާއި ވާހަކަ ދައްކަން ހުރެފައިވެސް ޔޫސުފް ގޮސް ދޮރު ހުޅުވިއެވެ. ދޮރު ކުރިމަތީ އިން ނަވާރް ފެނި ޔޫސުފް ހިތުގެ އެންމެ ފުން ނާރަށްވެސް އަސަރު ކުރިއެވެ. ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު ނަވާރް އަތުން ކަރުނަ ފުހެލައެވެ. ނޭފަތް ރަތްވެފައި ހުރިއިރު މަޑު ގިސްލުމެއް އަޑުގައި ހުއްޓެވެ. ޔޫސުފް ފެނުމުން ހިނިތުންވެފައި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެހެނަސް ގިސްލެވޭ ވަރުން ނަވާރްއަށް އެކަން ކާމިޔާބެއް ނުވިއެވެ.
ސުވާލު ކުރިއަސް ނަވާރް ހުރީ ޖަވާބު ދެވޭނެ ފަދަ ހާލަތެއްގައި ނޫންކަން އެނގި ޔޫސުފް ނަވާރް އަތުގައި ހިފައި އެތެރެއަށް ވެއްދިއެވެ. މާނީއަށް ގޮވާލައިފައި ލޮލުގެ އިޝާރާތުން ނަވާރް ދައްކާލިއެވެ.
ނަވާރް ހުރި ގޮތް ފެނުމާއެކު މާނީއަށް ކޮޅަށް ތެދުވެވުނެވެ. އެކުއްޖާ ފުޅު ހުރި ގޮތުންވެސް އެއިނީ ވަރަށް ހިތުގައި ޖެހިފައިކަން މާނީއަށް އެނގުނެވެ. އަޝްވާއަށް އެއީ ކޮން ކުއްޖެއްކަން ނޭންގުނު ކަމުގައި ވިއަސް އެކުއްޖާ ހުރި ގޮތް ފެނި ވަރަށް އަސަރު ކުރިއެވެ.
ހަލުވި ހިނގުމެއްގައި މާނީ ގޮސް ނަވާރް ގައިގައި ބައްދާލިއެވެ. މާނީގެ އޯގާތެރިކަން އިހްސާސްވުމާއެކު ނަވާރް މާ ބޮޑަށް ހިތުގައި ޖެހި އިތުރަށް ރޮވުނެވެ.
ނަވާރް ރޯތަން ބަލަން ހިތަށް ކުޅަދާނަ ނުވުމާއެކު ޔޫސުފްއަށް ދެލޯމަރާލެވުނެވެ. މޭގައި އަތް އަޅާލުމާއެކު މަޑު އާހެއްގެ އަޑު އޭނާގެ އަނގައިން ނުކުތެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް ނަވާރް ރޯތަން ބަލަން ހުންނަން ވެއްޖެ ނަމަ އޭނާގެ ހިތަށް ކެއްނުވާނެކަން އެނގޭތީވެ ޔޫސުފް ނުކުމެގެން އިޝްމާމެން ބަޔަށް ދިޔައެވެ.
މާނީ ނަވާރް ގެންގޮސް ސޯފާގައި ބައިންދާފައި ފެންފޮދެއް ދިނެވެ. ނަވާރް ހިތްފުރެން ދެން ރުއިކަން ޔަގީން ކޮށްފައި ވީ ގޮތް އޮޅުންފިލުވިއެވެ. އަޝްވާވެެސް ވާނުވާ ނޭންގިފައި ހުއްޓެވެ.
ނަވާރް އަނގައިން ބުނަން މަސައްކަތް ކުރާ ކޮންމެ ފަަހަރަކު ރޮވެން ފަށައެވެ. ދުލުން އެންމެ ލަފްޒެއް ބޭރުކުރުންވެސް ވަނީ އުނދަގޫ ކަމަކަށެވެ. އެންމެ ފަހުން ނަވާރް އަތުގައި އޮތް ފޮތޯގަނޑު މާނީ އަތަށް ދިނެވެ.
ނަވާރް ދިން ފޮޓޯ މާނީ ބަލާލިއެވެ. އެ ފޮޓޯ ގަނޑުގައި އެވާ ޒުވާން ފިރިހެނަކީ އިވާންއެވެ. ހައިރާންވެފައި މާނީއަށް ނަވާރްއަށް ބަލައިލެވުނީ ހިތުގައި ބައިވަރު ސުވާލު އުފެދުމުންނެވެ. އެހެނެއް ކަމަކު އެއްވެސް ސުވާލެއް ނުކުރީ އެއްވެސް ސުވާލަކަށް ނަވާރްއަށް ޖަވާބު ނުދެވޭނެކަން އެނގޭތީއެވެ. މާނީ ފޮޓޯ ގަނޑު ސޯފާ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބާއްވާފައި ނަވާރް ގާތު އިށީނެވެ. މާނީ އެއްޗެކޭ ނުބުނު މަޑުކޮށްލީ ނަވާރް ވާހަކަ ދައްކަން އުޅޭހެން ހީވުމުންނެވެ. “ދައްތާ…އެއީ….އެއީ…” ނަވާރްއަަށް ފުރިހަމަ ނުކުރެވެނީސް މާނީ ބޯޖަހާލިއެވެ. “އެ ފޮޓޯގަ އެއީ އިވާން” ނަވާރްއަށް ހިނިތުންވެފައި ވެސް ރޮވުނެވެ. ބައްޕަ ގައިގައި ޖެހިފައި ދިޔައިރުވެސް އެއީ އޭނާގެ އުފަން ބައްޕަ ވަކި ކުރަން ނޭންގުމުން ނަވާރްއަށް އަމިއްލަ ނަފްސަަށް މަލާމަތް ކުރެވުނެވެ.
“ނަވާރް ކޮންތާކުން މި ފޮޓޯ ހޯދީ؟” ނަވާރް ހަމައަކަށް އެޅުމުން މާނީ އެހިއެވެ. ނަވާރް އެންމެ އަކުރެއްވެެސް ވައްޓާނުލައި މާނީއަށް ކިޔައިދިނެވެ. “އިންޝާﷲ ނަވާރްގެ މައިންބަފައިން ގާތަށް ވަރަށް އަވަހަށް ދެވޭނެ.” ނަވާރްއަށް ހިތްވަރު ދިނުމުގެ ގޮތުން މާނީ ބުންޏެވެ.
އައިރާއާއި އަލައިކާ އަދި ޔާޒް އައިލީންއާއި ވެގެން އުލުނުއިރު ސޯފާގައި އޮށޯވެލައިގެން ޔޫސުފް އޮތެވެ. ނަވާރް ރުއިތަން ފެނުމުން އޭނާ އެ އޮންނަނީ މުޅިން ސަކަރާތްވެފައެވެ. ނަވާރް ރުއި ސަބަބެއް އެނގެން އޭނާގެ ހިތް އެދި ގޮވަމުން ދިޔައެވެ.
ކުޑަ ކުޑަ އަތަކުން އޭނާގެ މޫނުގައި ފިރުމާލި ކަމުގެ އިހްސާސްވުމާއެކު ޔޫސުފް ދެލޯ ހުޅުވާލިއެވެ. މައުސޫމް ގޮތަކަށް އޭނާއަށް ބަލަން ހުރި އައިލީން ފެނުމުން ބޭއިޚްތިޔާރުގައި ޔޫސުފްއަށް ހިނިތުންވެވުނެވެ. ޔޫސުފް ސޯފާގައި އޮތް ގޮތަށް އޮވެ އައިލީން އުރާލައިފައި އޭނާގެ ބަނޑުމަތީގައި ބޭންދިއެވެ.
ނަވާރް ދިއުމުން މާނީ ކުޑަ ގޮތަކަށް ވެގެން އުޅޭ ގޮތް އަޝްވާއަށް ކިޔައިދިނެވެ. ނަވާރްއާއި މެދު އަޝްވާގެ ހިތްވެސް ހަމްދަރުދީން ފުރުނެވެ. މާނީ ލަސްނުކޮށް އާރާޝްއަށްވެސް ޚަބަރު ދިނެވެ.
ނަވާރް އަތުގައި އޮތް ފޮޓޯ ގަނޑަށް ބަލަހައްޓައިގެން ނަވާރް އިން އިރު ގިސްލެވެމުން ދިޔައެވެ. އޭނާގެ މަންމަ ނުހަނު ލޯބިން އޭނާއަށް ބަލައިގެން ހުރިއިރު ބައްޕަގެ ލޮލުންވެސް ފެންނަމުން ދިޔައީ ލޮތްބެވެ. އެހެނަސް އޭނާ ބޮޑުވެގެން އައީ އެ ލޯބި ނުލިބިއެވެ. އެއީ ކީއްވެކަން އެނގެން އޭނާ ނުހަނު ބޭނުމެވެ. ހިލޭ ބައެއްގެ އަަތް މައްޗަށް އޭނާގެ މައިންބަފައިން އޭނާ ދޫކޮށްލީ ކީއްވެހެއްޔެވެ. އޭނާ އުފުލަން ޖެހުނު ހިތާމާއާއީ ތަކުލީފުތައް ކުރިން އެނގޭ ނަމަ އެހެން ހެދީސް ހެއްޔެވެ.
ނަވާރް ރޯން އޮއްވައި ގޭގެ ބެލް ޖެހި އަޑު އިވުމުން މޫނު ފުހެލައިފައި ގޮސް ދޮރު ހުޅުވިއެވެ. ދީނާމެން ކަމަށް ހީކުރުމުން އޭނާ ދޮރު ހުޅުވައިފައި ބެލުމެއް ނެތި އަނެއް ފަރާތަށް އެނބުރުނެވެ. “ދޮރު ހުޅުވާފަ ކާކުތޯވެސް ބަލާނުލާ ދަނީތަ؟” ނަވާރް ސިހިގެން ދިޔައީ އޭނާގެ އަތުގައި ހިފައި ޔޫސުފްއާ ވީ ދިމާއަށް ޔޫސުފް ނަވާރް އަނބުރާލުމުންނެވެ.
ނަވާރްގެ ދޮން މޫނު އެކީ ވަނީ ރަތްވެފައެވެ. ކޯތާފަތުގައި ކަރުނަ ހިކިފައި ހުއްޓެވެ. ދިގު އެސްފިޔަތައް ތެތެވެ. ތުންފަތް ހިކިގެން ގޮސް ފަޅައިގެން ގޮއްސައި ހުއްޓެވެ. ނަވާރްގެ މޫނު ފެނުމުން ޔޫސުފްގެ ހިތަށް ހީވީ ހަންޖަރެއް ހަރާލިހެންނެވެ. “ނަވާރް” ޔޫސުފް ވައި އަޑުން ނަވާރްއަށް ގޮވާލިއެވެ. ނަވާރް އިސްޖަހާލުމައެކު ޔޫސުފް ނަވާރްފެ ދަތްދޮޅީގައި ހިފައި އިސްއުފުލާލިއެވެ. ނަވާރް ދެލޯ މަރާ ބާރުކޮށްގެން ހުރިއިރު ދެލޯ ފޫއަޅުވައިފައި ކަރުނަ ފައިބަމުން ދިޔައެވެ. ޔޫސުފް ލޮތްބާއެކު ނަވާރްގެ ކަރުނަތައް ފުހެދިނެވެ. “ޝްޝްޝް” ނަވާރްގެ ހިތްހަމަޖައްސައިދޭން ބުނާނެ އެއްޗެއް ޔޫސުފްގެ ދުލަކަށް ނަޔެވެ.
އިވާން ފެނޭތޯ އަހުސަމްއާއީ އާރާޝް މުޅި މާލޭގައި ދުއްވިއެވެ. ނަމަވެސް އިވާންގެ ހިލަން ވެސް ނުވިއެވެ. ދެމީހުންވެސް ދުއްވަ ދުއްވައިފައި ރޭގަނޑު އެގާރަ ޖެހުމުން ގެއަށް ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.






Mi part ves reethi masha allah ?ekam thankolheh kuru kanneyge Btw when next?
Wowoooo.next part ge inthixaaruga
Thanks kiyaaa
waiting for the next part inge sis. 🙂 v miss sis mathin. v reethi mi baives. Maasha Allah. Love you sis <3 <3 <3
Varah reethi mi part vx……nxt part thankolheh avahah up kohla dhehchey sis…..curiously waiting for it…..ly kiya
އަސްލު ‘ސައްވީސް’ އެއް ނޫން ކިޔާނީ
ރަނގަޅު ގޮތަކީ ‘ސައުވީސް’
Mi part vx v reethi ??Nxt part thankolheh dhigu kohllahchey ingey sis ??curiously waiting for the next part ???Whn Nxt part ???
Umm its has been so many days since the last upload, I have been waiting curiously , when will the next part be uploaded?
Aneh part avh genas dhyy mihaaru maa gina dhuvax vehjje☹️?