Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ 2 ނަވާވިސް ވަނަބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
January 20, 2020 6 Mins Read
9 Comments

“ހެލޯ އަލް. ބޭނުން މީޓްކޮށްލަން. މާދަން ރޭ އެއިޓްއަށް ރަސްފަންނަށް. އިންތިޒާރުކުރާނަން އަލް އަންނާނެ ކަމަށް އުއްމީދު ކުރަން!” އަލައިކާގެ ބުނާނެ އެއްޗަކަށް ބެލުމެއް ނެތި އަލްޔަސް ބުނާނެ އެއްޗެއް ބުނެފައި ފޯނު ކަނޑާލިއެވެ. އަލައިކާގެ އަޑު އަހާލަން ކިތަންމެ ބޭނުންވި ނަމަވެސް އަލައިކާ ބުނާ އެއްޗަކުން ހިތަށް ތަދުވެދާނެތީ އަލްޔަސް ފޯނު ކަނޑާލީއެވެ.
އަލްޔަސް ފޯނު ކަނޑާލުމުންވެސް ކަންފަތުގައި ފޯނު ޖައްސައިގެން އަލައިކާއަށް ހުރެވުނެވެ. އަލްޔަސްގެ އަޑު އިވުމުންވެސް އެ ހިތަށް ހަމަޖެމެއް ލިބުނެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު ފޯނު ކަންފަތާއި ދުރުކޮށްލިއެވެ. އޭނާ އަލްޔަސް އާއި ބައްދަލު ކުރަން ދާނެއެވެ. އަދި ލޯބިވާ ވަރު ވެސް ހާމަކުރާނެއެވެ. އެކަންތައް ވާނެ ގޮތް ސިފަވުމާއެކު އަލައިކާ މޫނަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. ކޯތާފަތް އެކީ ޖަންބުކުލަ އަރައިގެން ދިޔައެވެ.

ޔޫސުފް ވިސްނަމުން ދިޔައީ އޭނާގެ ހިތުގެ ހާލަތު ނަވާރްއަށް ބުނެދޭނެ ގޮތަކާ މެދުގައެވެ. އަނެއްކޮޅުން ނަވާރް ވެސް އެފަދައިން އޭނާއާ މެދު ދެކޭ ކަމެއް ޔޫސުފްއަކަށް ނޭންގެއެވެ. އޭނާ ނަމަވެސް ނަވާރް ލޯބި ނުވާ ނަމަ އެލޯތްބަށް އިންކާރު ކުރާނެއެވެ. އެހެންވެއްޖެ ނަމަ އޭނާގެ ހިތް ޔަގީނުންވެސް ހަލާކު ވާނެއެވެ. ދުވަހެއްގެ ކޮޅުންވެސް އޭނާއަށް ނަވާރްދެކެ ލޯބިވެވިދާނެ ކަމަކަށް ޔޫސުފް ހިއެއް ނުކުރެއެވެ. އޭނާ ފެނުމުން އޭނާއަށް ސަމާލުކަން ނުދިން ފުރަތަމަ އަންހެން ކުއްޖާއަކީ ނަވާރްއެވެ. އޭނާދެކެ ޖެހިލުންނުވާ ޔޫސުފް ފެނުމުން އޭނާގެ ސަމާލުކަން ހޯދަން މަސައްކަތް ނުކުރި ފުރަތަމަ ކުއްޖާއަކީވެސް ނަވާރްއެވެ. އެހެން އަންހެން ކުދިންނާއި ޚިލާފަށް ނަވާރް ބެލީ އޭނާއާއި ދުރުވެވޭތޯއެވެ. ފުރަތަމަ ދުވަހުން ފެށިގެން އެ އަންހެން ކުއްޖާއަށް އޭނާގެ އެއްވެސް ސަމާލުކަމެއް ނުދޭން އަމިއްލަ ނަފްސަށް ޔޫސުފް ވައުދުވިއެވެ. ނަމަވެސް މިއަދު އޭނާ އެހެރީ އެއަންހެން ކުއްޖާގެ ލޯބި ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ.

ހެނދުނުން ސުރެ އަލައިކާ އަލަމާރީގައި ހުރި ހުރިހައި ހެދުމެއް ނަގައި އެނދު މައްޗަށް އަޅައިގެން އުޅުނެވެ. އަލަމާރިއަށް ލައި ފޮރުވައިގެން ގެންގުޅެމުން ދިޔަ ފައިވާންތަކާއި މޭކަޕްސެޓްތައް ވެސް ނެގިއެވެ. އަލައިކާ ގުޅައިގެން ހެނދުނު ހެނދުނާ އައިރާވެސް އައެވެ. ކޮޓަރީ ދޮރު ހުޅުވާފައި އެތެރެއަށް ވަން އައިރާގެ ދެލޯ ބޮޑުވީ އެނދުމަތީ ހުރި ހެނދުންތަކާ މޭކަޕް ސާމާންތައް ފެނިފައެވެ. އައިރާ އެއްޗެކޭ ބުނަން އަނގަ ހުޅުވިތަނުން އަލައިކާ އެއް ނޭވައިން ވީ ގޮތް ކިޔައިދިނެވެ. “އޯ މައި ގޯޑް އަލް. އައި އޭމް ސޯ ހެޕީ ފޯރ ޔޫ!” އައިރާ ދުވެލައިފައި އައިސް އަލައިކާ ގައިގައި ބައްދާލިއެވެ. “އައި އޭމް ހެޕީ ޓޫ އައިރާ. އަޅެ މިތަނުން ލާނެ ހެދުމެއް ޗޫޒްކޮށްދީބަ. އައި ވޯންޓް ޓު ލުކް ޕާރފެކްޓް” ހުވަފެނީ ގޮތަކަށް އަލައިކާ ބުންޏެވެ. އައިރާ އައިސް އެނދުމަތީގައި ހުރި ހެދުންތައް ނަގައި ފަހަރަކު ހެދުމެއް އަލައިކާ ގައިގައި ޖައްސަން ފެށިއެވެ.

“ބަޑީ އައި ނޯ ދިސް އިޒް ވިއާރޑް ފޯރ ޔޫ. އެމަކުވެސް މަ ވަރަށް ބޭނުން ކައެގެ ހެލްޕް.” އަލްޔަސް ޒެވިޔަންއަށް އޭނާ އާއި އަލައިކާގެ ވާހަކަ ކިޔައިދިނެވެ. އަލައިކާ އޭނާ ދޫކޮށްލީ އަލްޔަސްއަށް ކަން އެނގުމާއެކު ޒެވިޔަންއަށް ކުޑަވަރެއްގެ ޝޮކެއް ޖެހުނެވެ. އަލައިކާ ލޯބިވީ އަލްޔަސްދެކެ ކަމަކަށް މިވީހާ ދުވަހު ޒެވިޔަން ހިތަށް ވެސް ނާރައެވެ.
ޒެވިޔަންގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ބަލަން އިން ޔޫސުފްއަށް ހެވެމުން ދިޔައެވެ. ޒެވިޔަންގެ މޫނަށް އެރި ކުލަވަރުން ޔޫސުފްއަށް ހިނިގަނޑު ހިފެހެއްޓުނީ ކިރިޔާއެވެ. އަނގައިގައި ހުރި ކޮފީތައް ވެސް ބުރައިގެން ނުދިޔައީ ކިރިޔާއެވެ. އަނެއްކޮޅުން އަލްޔަސް އެކޭ ދުނިޔޭގައި ހުރި އެންމެ ސީރިއަސް މީހާއެކޭ އެއް ގޮތެވެ. އޭނާއަށް ހިނިގަނޑު މައިތިރިކުރެވޭކަން ނަސީބެކޭ ޔޫސުފް ހިތަށް އެރިއެވެ.

ކެފޭއިން ނުކުމެ ސައިކަލު ދުއްވަމުން ދިޔައިރުވެސް ޒެވިޔަންއަށް ވިސްނެމުން ދިޔައީ އަލްޔަސްއާއި އަލައިކާއާއި މެދުގައެވެ. މަގުމައްޗަށްވެސް ސަމާލުކަން ދިނުން އޭނާއަށް ވީ އުނދަގޫ ކަމަކަށެވެ. އަލްޔަސް އޭނާ ހިތުގެ ހަމަޖެހުން އެވަނީ ނަގާލާފައެވެ. ހިތުގައި ހަސަދައިގެ ހުޅުކޮޅު ރޯވާން އުޅޭހެން ހީވާން ފެށިއެވެ. ޒެވިޔަންގެ ދެލޯ ގޮށްޖެހި ނިތައް ރޫ ގިނަވިއެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ. ސައިކާލުގެ ހުންގާނުގައި ހިފައި ސްޕީޑް ބާރުކޮށްލިއެވެ. ރުޅި އައިސްފައި ހުރިލެއް ބޮޑު ކަމުން މަގު ހުރަސްކުރި އަންހެން ކުއްޖާއެއް އޭނާއަކަށް ކުރިއަކުންނެއް ނުފެނުނެވެ. އޭނާއަށް ހަމަހޭވެރިކަންވީ ނުހަނު ގާތުން އަންހެން ކުއްޖަކު ހަޅޭއްލަވައިގަތް އަޑަށެވެ. އޭރު މޫނުގައި ދެއަތް އަޅައިގެން ކަފިހި ހުރަސްމަތީގައި އެކުއްޖާ ހުއްޓެވެ. އެކުއްޖާ ގައިގައި ސައިކަލުން ޖެހުނަ ނުދިނުމަށް ޒެވިޔަން ސައިކަލު އާނބުރާލާފައި ބުރަކު ޖެއްސިއެވެ. ސައިކަލާއެކު ޒެވިޔަން މަގުމައްޗަށް ވެއްޓުނެވެ.

އިވުނު ބާރު އަޑުފައްގަނޑާއެކު ބިރުންހުރެ ނަމަވެސް ދީނާ ލޯ ހުޅުވާލިއެވެ. މުޅި ކުއްޖާ ބިރުން ތުރުތުރު އަޅައެވެ. އޭނާ ކުރިމައްޗަށް ކަހަލަ ގޮތަށް ސައިކަލެއް ވެއްޓިފައި އޮތެވެ. ސައިކަލު ދަށުގައި ބަންޑުން ޒުވާން ފިރިހިނަކު އޮތެވެ. މުޅި ސަރަހައްދަށް މީހުން އެއްވެފައި އޮތެވެ. އެ ޒުވާނާއަށް ބޮޑުގެއްލުމެއް ނުލިބޭތޯ ހިތާހިތުން ދީނާ ދުޢާ ކުރިއެވެ. މަގު މަތީ ތިބި މީހުންވެސް އޭނާއަށް އެހީވުމުގެ ބަދަލުގައި ތިބި ގޮތަށް ތިބީއެވެ. ބިރުން ހުރިނަމަވެސް އަމިއްލަ ނަފްސު ހަމަކަށް އަޅުވަމުން ދީނާ ތިރިވެލިއެވެ. “ހެލޯ އެކްސްކިއުޒް މީ” އެ ޒުވާނާގެ ހޭހުރިތޯ ބަލަން ދީނާ ގޮވާލިއެވެ. އެއާއެކު ޒުވާނާގެ ކަރުތެރެއިން އަޑެއް ނިކުތެވެ.
ވެއްޓި ޖެހުނު ގޮތުން ޒެވިޔަންއަށް އޮތީ ގުޑިވެސް ނުލެވިފައެވެ. ނަސީބަކުން މާބޮޑު އާނިޔާއެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ގައިމައްޗަށް ސައިކަލު ވެއްޓިފައި އޮތުމުން ގުޑިވެސް ނުލެވިފައި އޮތެވެ. އޭނާއާ ނުހަނު ގާތުން އަންހެން ކުއްޖެއްގެ އަޑު އިވުމުން ވާހަކަ ދައްކަން ޒެވިޔަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ކަރުތެރެއިން ހަމައެކަނި ނުކުތީ އަޑެކެވެ.
ދީނާ މަގުމަތީގައި އެއްވެފައި ތިބި މީހުންނަށް ނަޒަރެއް ދިނެވެ. އެ ޒުވާނާއަށް އެހީވާށޭ ބުނާފަދަ ގޮތަކަށެވެ. ނަމަވެސް އެކަކުވެސް އެ ޒުވާނާއަށް އެހީވާކަށް ނައެވެ.
ދީނާ ޒެވިޔަން ގައިމަތިން ބަރު ސައިކަލު ނަގައިދިނެވެ. ޒެވިޔަން އުނދަގޫ ގޮތަކަށް ފުރޮޅިލިއެވެ. އޭނާގެ މޫނު ފެނުމާއެކު އެއްވެފައި ތިބި އެންމެންނަށް ކަހަލާ ގޮތަކަށް ކާކުކަން އެނގިގެން އޭނާއާ ދިމާއަށް އަންނަން ފެށިއެވެ. ބައެއް މީހުން އެމީހުންގެ ފޯނުތަކުގެ ކެމެރާ އޭނާއަށް އަމާޒު ކުރަން ފެށިއެވެ.
“ޒެވިޔަން؟” ދީނާއަށް އެއީ ޒެވިޔަންކަން އެނގުމާއެކު ނޭންގޭ ބާރު މިނެއްގައި ހިތް ތެޅެން ފެށިއެވެ. އިޚްތިޔާރަކާ ނުލައި ޒެވިޔަން ގާތު ކަކޫ މައްޗަށް އިށީންދެނެވެ. “އޯކޭތަ އެއްވެސް ތަނަކަށް ތަދުވޭތަ؟” ޒެވިޔަންގެ ކޮނޑުގައި ހިފަހައްޓައި ވަރަށް ބަލައިގެން ޒެވިޔަން ތެދުވަން ދީނާ އެހީތެރިވެދިނެވެ. “ދީނާ ދޯ؟ އަލްގެ ފްރެންޑް. އައި އޭމް ފައިން އަނެއްހެން މީ ބޮޑު އަނިޔާއެއް ނުވޭ ތޭންކްސް ފޯރ ދި ހެލްޕް” ދީނާގެ އެހީއާއެކު ޒެވިޔަން ތެދުވިއެވެ. ފަޔަށް ތަދުވެފައި ހުރުމާއެކު އޭނާއަށް ހިނގުނީ ކޮރުޖަހައިގެންނެވެ. ކޮރު ޖަހަމުން ގޮސް ސައިކަލު ސްޓާރޓު ކުރެވޭތޯ ބެލިއެވެ. ނަސީބަކުން ސައިކަލަށް ގެއްލުމެއް ލިބިފައިކައި ނެތެވެ.
މަގުކޮޅަށް ޒެވިޔަން ގެއްލެންދެން ބަލަހައްޓައިގެން ދިނާއަށް ހުރެވުނެވެ.

އަލްޔަސް އާއި އަލައިކާ ބައްދަލު ކުރަން ދާއިރު ނަވާރް ގެންދިއުމަށް ޔޫސުފް ބުންޏެވެ. އައިރާ އަދި އަލައިކާ ގާތު އޭނާ ނަވާރް ދެކެ ލޯބިވާ ވާހަކަ ޔޫސުފް ބުންޏެވެ. ކޮންމެ ގޮތަކަށް ކަންތަން ވާނެ ނަމަވެސް މިރޭ އޭނާ ނަވާރްއަށް ހިތުގެ ހާލުބުނެދޭނެ ކަމަށް އެދެކުދިން ގާތު ޔޫސުފް ބުންޏެވެ. ކޮއްކޮއަށް ޓަކައި އަލައިކާ އަދި އައިރާވެސް އުފާކުރިއެވެ. އިރާދަކުރެއްވިއްޔާ ޔޫސުފްއަށް ކާމިޔާބު ވާނެ ކަމަށްވެސް ބުންޏެވެ.

ހެނދުނުންސުރެ އަލައިކާ އުޅޭގޮތް ބަލަމުން އިޝްމާ ދިޔައެވެ. ރޭގަނޑު ޚާއްސާ ތާކަށް ދާން ތައްޔާރުވާކަން އަލައިކާ އުޅެމުން ދިޔަ ގޮތުން އިޝްމާއަށް އެނގުނެވެ. ނުފިލާ ހިނިތުންވުމެއް އެ މޫނު މަތިން އިޝްމާއަށް ފެންނަމުން ދިޔައެވެ. ހަމަ ހުރެލައިފައި ރަކިކޮށް ހިނިތުންވެލައިފާނެއެވެ. އެ ހިނިތުންވުމާއެކު މުޅި ކޯތާފަތަށް ޖަންބު ކުލަ އަރައިގެން ދެއެވެ.

އަނެއްކޮޅުން ޔޫސުފް އުޅެމުން ދިޔަ ގޮތް މާނީވެސް ބަލަމުން ދިޔައެވެ. ޚިޔާލީ ދުނިޔެއަށް އިރު އިރު ކޮޅަކާ ގެއްލިފައި ހުންނަތަން ފެނެއެވެ. އަންހެން ކުދިންގެ ހިތްތައް ކަތިލާ ފަދަ ހިނިތުންވުމެއް އެ މޫނު މަތީގައި ވިއެވެ. ރޭގަނޑުން ވަރަށް ޚާއްސަ ތަނަކަށް ދާން އެބައޮތް ކަމަށް މާނީ ގާތު ޔޫސުފް ބުންޏެވެ. މަންމަ ވަރަށް އުފާވާނެ ކަހަލަ ކަމެއް ކުރަން ކަމަށްވެސް ބުންޏެވެ. ދާތަނާ ގަޑިވެސް ޔޫސުފް މާނީ ގާތު ބުންޏެވެ. އަދި އެރޭ ލާނެ އަންނައުނެއް ޚިޔާރުކޮށް ދިނުމަށްވެސް އެދުނެވެ.

އަލައިކާވެސް އެރޭ ރަސްފަންނަށް ޚާއްސަކަމަކު ދާން އުޅޭކަން އިޝްމާ ގާތު ބުންޏެވެ. ނަމަވެސް މާ ބޮޑު ތަފްސީލެއް ނުދެއެވެ. އިޝްމާ މާނީއަށް ގުޅައިފައި ޔޫސުފް ކޮބައިތޯ އެހެމުން މިރޭ ރަސްފަންނަށް ޚާއްސަކަމަކު ދާން ތައްޔަރުވުމުގައި އުޅުނީ ކަމަށް ބުނުމުން އިޝްމާއަށް ހީލެވުނެވެ. އަލައިކާވެސް ދާ ވާހަކަ އިޝްމާ މާނީ ގާތު ބުންޏެވެ. ދެމީހުންނަށް އިތުރަށް އޮޅުން އެރިއެވެ. މާނީއާއި އިޝްމާ އޮޅުންގަނޑެއްގެ ތެރެއިން ހުވަފެންތައް ދެކެވެން ފެށުނެވެ. އެކުދިން އިތުރަށް އުފާކޮށްދޭން ބޭނުންވުމުން ނުބައި ނިންމުމެއް އިޝްމާ އަދި މާނީއަށް ވެސް ނިންމުނެވެ.

އަލްޔަސް ގެއަށް އައިސް ފޭސްބުކް ހުޅުވާލިއިރު ޒެވިޔަން އެކްސިޑެންޓް ވެގެން އުޅޭ ޚަބަރު ލިޔެފައި އޮތެވެ. ވަގުތުން ޒެވިޔަންއަށް ގުޅައު ހާލުބެލިއެވެ. ޒެވިޔަން އޭރު ދިޔަ ގޮތަށް ޓީމުގެ ޑަކްޓަރަށް ދެއްކީއެވެ. ފަޔަށް އަނިޔާވެފައި ހުރުމުން ދެތިން ހަފްތާއަށް ކުޅުމައި ދުރަން ދާން ޖެހޭކަން ދެރަވެފައި ޑަކުޓަރު ހާމަކުރިއެވެ. ޒެވިޔަން އެކަމާ މާބޮޑަށް ދެރަނުވީ ނަފްސާނީ ގޮތުންވެސް ކުޅުމަށް އޭނާ ރަނގަޅު ނޫންކަން އެނގޭތީއެވެ. އަނިޔާއިން ރަނގަޅުވެ ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އަންނަން އަޒުމު ކަނޑައެޅިއެވެ.

“ޑޫޑް އައި މީން އެންމެ ރެއަކު އޭ ޒެވިޔަންއަށް އަހަރެން ފެނުނީވެސް އެކަމަކުވެސް އޭނަ އަހަރެން ހަނދާން އެބަހުއްޓޭ! ފެންނައިރަށް ބުނެފި ތިއީ ދީނާ ދޯއޭ!” ދީނާ ގެއަށް ދިޔަ ގޮތަށް އެންމެ ފުރަތަމަވެސް ދިމާވި ހާދިސާ ނަވާރްއަށް ކިޔައިދިނެވެ. ނަވާރް ހޭންފެށި ގޮތަށް ހުއްޓާލީ ދީނާ އަތުގެ ހަމަލާއެއް ދިނުމުންނެވެ. “ސަމް ވަން އިޒް އިން ލަވް!” “ކޮންމެހެން އަހަންނާ ދިމާ ކުރާނެ ކަމެއް ނެތް. ކޮބާތާ ޔޫސުފް؟” ދީނާވެސް ވަކި ނަވާރްއަށް ވުރެ ދެރަ ނުވާން ވެގެން މަޢުލޫ ބަދަލުކޮށްލިއެވެ. ޔޫސުފްގެ ނަން ބުނިއިރަށް ވެސް ނަވާރް އެކީ ރަތްވިއެވެ.

ހަތް ގަޑި ބައިވި އިރު އަލައިކާ އިނީ ތައްޔާރުވެގެންނެވެ. ކަކުލާ ހަމައަށް އަންނަ ރަތް ކުލައިގެ ހެދުކާއެކު ކަޅު ސްކިނީއަކާ ކަޅު ޝޯލެއް އަޅައިގެންނެވެ. މޫނުގައި ލުއި މޭކަޕެއް ކޮށްފައި ހުރުމުން އަލައިކާގެ ރީތިކަން އިތުރަށް ފުރިހަމަ ވެގެން ދިޔައެވެ. ލޯގަނޑު ކުރިމަތީ ހުއްޓިލައިގެން އެންމެ ފަހު ފަހަރަށް އަމިއްލަ ނަފްސަށް ބަލާލިއެވެ.

އޮލަ ވާހަކައިގައި ތިބި މާނީއާއި އާރާޝްގެ ސަމާލުކަން ކޮޓަރިން ނުކުތް ޔޫސުފްއަށް ހުއްޓުނެވެ. ވަރަށް ޚާއްސަތަން ތަނަށް ދާން ނޫނީ ގަމީސް ނުލައި ޔޫސުފް ކަޅު ގަމީހަކާ އެކު ކަޅު ސްކިނީއެއް ލައިފައި ހުުރުމުންނެވެ. އިސްތަށިގަނޑުވެސް އާ ގޮތަކަށް ސްޓައިލް ކޮށްފައި ހުއްޓެވެ. އަތުގައި އެންމެ އާ ގަޑިއެއް އޮތެވެ. ގަމީހުގެ އަތުކުރި އުޅަބޮއްޓާ ހަމައަށް އޮޅާފައި ހުރިއިރު ގަމީހުގެ ކަރުގޮށް ހުރީ އަޅުވާފައެވެ. ޔޫސުފް ޖަހައިގެން ހުރި ސެންޓުގެ ވަސް މުޅި ސިޓިން ރޫމްގައި ހިފިއެވެ.
މާނީއަށް ހީވީ އާރާޝް ޅައިރު ފެނުނު ހެންނެވެ. ޔޫސުފްއާއި އާރާޝް އެހާވެސް ވައްތަރެވެ. ހިނިތުންވެލައިގެން ހުރި އިރުވެސް ހީވަނީ އާރާޝް ހެންނެވެ.
“އަޅެ ޔޫސުފް ހަޑިކަމުންތަ މާ ފާޑަކަށް ތިބަލަނީ؟” އާރާޝް އާއި މާނީ ބަލަން ތިބިގޮތުން ދެރަވިކަމަށް ޔޫސުފް ހެދުނެވެ. “ނޯ ވޭ މައި ބިއުޓިފުލް ބޯއި. މަންމައަށް ޔަގީން މިރޭ މީޓް ކުރަން ދާ އަންހެން ކުއްޖާ ފުރަތަމަ ފެނިލުމުންވެސް ދަރިފުޅަށް އާއެކޭ ބުނާނެކަން” ޔޫސުފް ދެލޯ ބޮޑުކޮށްލަމުން މާނީއަށް ބަލާލިއެވެ. “ޔޫސުފް ތީ ހަމަ އާރާޝް ގޮތަށް ނުވިސްނޭ ކުއްޖެކޭ ދޯ. ދަރިފުޅު ނުބުންޏަސް މަންމައަށް އެނގެއޭ ތިދަނީ އަންހެން ކުއްޖަކާ މީޓް ކުރަން ކަންވެސް. އެއީ ކޮން ކުއްޖެކަންވެސް އެނގޭ” ޔޫސުފް ބޮލުގައި ފިރުމާލާފައި މާނީ ބުންޏެވެ. މަންމައަށް އިނގުމުން ޔޫސުފްގެ ހިތަށް އުފާވެރިކަން ލިބި ހިނިތުންވުން ފުން ވެގެން ދިޔައެވެ. “ލަވް ޔޫ މަމް އެންޑް ވިޝް މީ ލަކް!” މާނީ ގައިގައި ކުޑަކޮށް ބައްދާލާފައި ޔޫސުފް ދުވެފައި ދިޔައެވެ.

ނަވާރްއާއި އެއްކޮށް ރަސްފަންނު އެތެރެއަށް ވަން އަލައިކާގެ ފިޔަވަޅުތައް ހުއްޓުނީ ގަހެއްގައި ލެގިލައިގެން ހުރި އަލްޔަސް ފެނިފައެވެ. ހުދު ކުލައިގެ ޓީޝާޓްއާއި އޭގެ މަތިން ލައިފައި ހުރި ކަނޑުނޫ ކުލައިގެ ލެދާރ ޖެކެޓާއި ކަޅު ކުލައިގެ ޖިންސް އަލްޔަސްއާއި ވަރަށް ގުޅެއެވެ. ޖިންސްގެ ޖީބަށް ދެއަތް ޖަހައިގެން ހުރި ގޮތުން ހީވަނީ މޮޑެލްއެއް ހެންނެވެ. ކަޅިޖަހައިލަން ވެސް ހަނދާން ނެތިފައި އަލައިކާއަށް ހުރެވުނެވެ. “އެހެމް އެހެމް” އަލައިކާއަށް ހަމަ ބިމަށް އާދެވުނީ ނަވާރް ކަރުކެހިލަމުން އޭނާގެ އަތުގައި ކޮށްޓާލުމުންނެވެ. “އާމް ސޮރީ. މިތާ މަޑުކޮށްލާ އިނގޭ އައި ވިލް ބީ ބެކް ސޫން” ނަވާރް ބޯޖަހާލުމާއެކު އޭނާއާއެކު އެރޭ އެތަނަށް އައި ކަމަށްޓަކައި ޝުކުރު އަދާކޮށްފައި އަލައިކާ ކުރިއަށް ހިނގައިގަތެވެ.

އަލައިކާ އަލްޔަސް ގާތަށް ދާ މަންޒަރު ބަލަން ހެވިފައި އިނދެ ނަވާރް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. މީހެއް ގައިގައި ޖެހުނުކަން އިހްސާސްވުމާއެކު ނަވާރް ފަހަތަށް އެނބުރި މާފަށް އެދެން އަވަސްވެ ގަތެވެ. ނަމަވެސް ކުރިމަތިން ފެނުނު ސޫރައިން ދެލޯ ބޮޑުވެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ.
ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ވާނަން އުމުރަށް – 40 – ފަހުބައި

Next

ނޭދެން ވަކިވާކަށް (2)

Next
January 21, 2020

ނޭދެން ވަކިވާކަށް (2)

Previews
January 19, 2020

ވާނަން އުމުރަށް – 40 – ފަހުބައި

9 Comments!

  1. Kiyara says:
    January 20, 2020 at 10:39 pm

    Salam all here is the 29th part of rastha2. Once again i am sry fr the late update. Next part Wednesday ga In Sha Allah

  2. Noor says:
    January 21, 2020 at 12:14 am

    My beautiful boy nukiyaane dho beautiful vaanee girls boy’s vaanee Henson??

  3. Maayaa says:
    January 21, 2020 at 12:18 am

    Kiyaaa.. varah dhigu inthizaarakah fahu vaahaka kiyaalan libijje.. varah reethi mi vaahaka vx thi gendhaa goiyb keep it up and dhn in bai thankolheh dhigu kohladhehche ingeyy.. ???

  4. Liyaa says:
    January 21, 2020 at 10:52 am

    Wow salhi ingeyy

  5. Shaan says:
    January 21, 2020 at 10:53 am

    Wow salhi ingeyy. ?❤️♥️??

  6. Nash says:
    January 23, 2020 at 8:48 am

    When next part

  7. hmm says:
    January 23, 2020 at 8:01 pm

    mi week ge wednesdayyy naadhey tha adhi? sry bunyma v thi dhn ?

  8. Xoy says:
    January 24, 2020 at 12:24 pm

    Mee friday.. Wednesday eh naadhey dho adhives.. Vaahaka up nukurevenya ves angaalaa nama dho..kameh vegen ulhenyaa ves kiyuntherinnah angaalaa nama dho.. Mi vaahakaike inthizaaruga kithah baeh thibeykan engen vaane.. Mihaaru heevaa kahala mi vaahakaike liyun theriyaa mi vaahaka liyan foohi vee hen ves.. Dhuvas kolhakun mi vaahaka ekkoh stop vedhaane hen heevanee.. Ehaa lahun up kuranee and ehaa kuru adhi bai thah ves

  9. Mehh says:
    January 25, 2020 at 8:12 am

    Atleast vakidhuvahaku up kuraanamey nubunaa namavx dhww…like bunevudhaane dhw liyevunu emme avahakasheyyg…eyrun kiyuntherinnah ingeyne dhehthoa adhi nuliyevigen Kan up nukuryyy…ekm mihaaru vaki date eh bunefa up nukuryma dhn v Hadi dhw…ginamyyhun foohivx vaane….I’m sorry to say this butt hope you understand….ohh haa baeh kiyuntherin v hadikoh ehchehi kiyaa dhw up nukuryyma…so all readers maybe she’s in problem or something….think before you speak

Comments are closed.


All Right Reserved!