ރާސްތާ2 (31)
އަލްޔަސްއަށް ވިސްނެމުން ދިޔައީ އޭނާގެ ގުޅުން އަކްމަލްއަށް އިނގުމުން އަކްމަލް ކަންތައް ކުރާނެ ގޮތަކާމެދުގައެވެ. އަލައިކާ އެވާހަކަ މަންމަމެންނާ ހިއްސާކޮށްފައި ގުޅާނަން ކަމުގައި ބުންޏެވެ. ނަމަވެސް ބާރަ ޖެހިއިރުވެސް އަލައިކާގެ ޚަބަރެއް ނުވިއެވެ. ވަރުބަލިވެފައި ހުރުމުން އަލްޔަސްއަށް ވެސް ލަސްތަކެއް ނުވެ ނިދުނީއެވެ.
ޕްރެކްޓިސްއަށް ދާން ތައްޔާރުވި އަލްޔަސްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އަކްމަލްއާއި ކުރިމަތި ލާނެ ގޮތެއް އޭނާއަކަށް ނޭންގެއެވެ. ރޭގައި އަދި ފަތިހުވެސް އަލައިކާގެ ޚަބަރެއް ނުވުމުން ނުތަނަވަސްކަން އިތުރުވިއެވެ. އޭނާ ދެފަހަރު އަލައިކާއަށް ގުޅައިގެން ފޯނެއް ނުނެގިއެވެ.
އަތުގައި އޮތް ރިންގްވަމުން ދިޔަ ފޯނަށް ބަލަހައްޓައިގެން އަލައިކާ އިނެވެ. ދެފަހަރަށް ރިންގްވެފައި ކެނޑުނުއިރުވެސް ޖަވާބުދޭކަށް ޚިޔާލެއް ނުކުރިއެވެ. ބައްޕަ އަދި މަންމަ އަލްޔަސްއާއި މެދު ހިތްހަމަ ނުޖެހެއޭ ބުނާނެހާ ހިތްވަރެއް އޭނާ ގަޔަކު ނެތެވެ. ދެވަނަ ފަހަރަށް ފޯނު ކެނޑުމުން އަލައިކާ ފޯނު ނިއްވާލައިފައި އެނދުމައްޗަށް އެއްލާލިއެވެ.
ޔޫސުފް ޕްރެކްޓިސްއަށް ދާން ތައްޔާރުވެގެން ނުކުތުމުން މާނީ އަދި އާރާޝްވެސް ހައިރާންވިއެވެ. ރޭގައި ފެނުނު އެއްވެސް ކުލަވަރެއް ޔޫސުފްގެ މޫނު މައްޗަކުން ނުފެނެއެވެ. ރޭގައި ކަމެއް ވީ ހެންވެސް ހީނުވެއެވެ. “ބައްޕަ ލައިދެން ދަންތަ؟” ޔޫސުފް އެކަނި ފޮނުވަން ހިތް ނޭދުމުން އާރާޝް އެހިއެވެ. ޔޫސުފް ބޯޖަހާލުމުން އާރާޝްވެސް ޔޫސުފް ފަހަތުން ނިކުތެވެ.
ދަނޑަށް ގޮއްސައި ވަންނަން ނުކެރިގެން އެތައް އިރަކު އަލްޔަސް ބޭރުގައި މަޑު ކުރިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ދެތިން ފަހަރު ފުންކޮށް ނޭވައި ލިއެވެ. ހަމައަކަށް އެޅުނުކަން ޔަގީން ވުމުން ހަމަޖެހޭގޮތް ދައްކަމުން އަލްޔަސް އެތެރެއަށް ވަނެވެ.
އެތެރެއަށް ވަދެގެން އަންނަ އަލްޔަސް ފެނުމުން އަކްމަލްއަށް އެތެރެއެތެރެއިން ހެވުނެވެ. ރޭގައި އޭނާއަށް އަލައިކާ ގާތު އެކައްޗެއްވެސް ނުބުނެވުމުން ދެކުދިންވެސް ތިބޭނީ ކަންބޮޑުވެފައިކަން އެނގުނެވެ. ދެކުދިން ތަޅުވާލާނީއޭ ހިތައި އަކްމަލް މޫނު މަތިން އެއްވެސް އަސަރެއް ނުދައްކައި ހުއްޓެވެ.
ްއަކްމަލް ފެނުމުން އަލްޔަސް ދުރުބަލައިލާ ގޮތުން ހީވަނީ ފުރޭތައެއް ފެނިގެން މޫނު އަނބުރާލާހެންނެވެ. ހުރިހާ ކުޅުންތެރިންނަށްވެސް އަލްޔަސް ބިރުގަނެފައި ހުރިކަން ފާހަގަވިއެވެ.
ޔޫސުފް ގޮވައިގެން ގޮސް އާރާޝް ވެސް އެތެރެއަށް ވަނެވެ. އޭނާ ފެނުމުން ހުރިހާ ކުޅުންތެރިންވެސް އިހްތިރާމް އަދާކުރިއެވެ. އާރާޝް އަތުގެ އިޝާރާތުން އަކްމަލް ގާތު ތަންކޮޅެއް ދުރަށް ޖެހިލަން އެދުނެވެ.
“އަލްކޮ އޯކޭތަ؟” ކުޅުންތެރިންނާ ފުދޭވަރަކަށް ދުރަށް އާދެވުމުން އާރާޝް އަހާލިއެވެ. “އާނ ކިހިނެއްވީ؟ އޭ ބްރޯ ކައޭ އޭރުވެސް ބުނީ ރަނގަޅަށޭ އަލްކޮއާ ޔޫސުފްއާގެ ނެތް އެކަހަލަ ކަމެއް. އަލްކޮ އާއި އަލްޔަސްއާ. އަހަރުންނަށް ނުބައިކޮށް މާނަ ނެގުނީ” އަކްމަލް ހަމަޖެހިލައިފައި ހުރެ ބުންޏެވެ. އާރާޝް އެހެންހޭ ބުނެފައި ރޭގައި ޔޫސުފް ކަންތައް ކުރި ގޮތް ކިޔައިދިނެވެ. އަދި މިއަދު ޕްރެކްޓިހުގައި އޭނާއަށް ރަނގަޅަށް ނުކުޅެވިދާނެ ކަމުގައިވެސް ބުންޏެވެ. “ދެން އަލްކޮ ނޫނިއްޔާ ކޮން ކުއްޖެއް ބާ؟” އާރާޝް އަމިއްލަ ހިތައި އެ ސުވާލު ކޮށްލިއެވެ. އަކްމަލް ގާތު ޔޫސުފްއަށް ބަލައިލަން ބުންޏެވެ.
ޕްރެކްޓިސްގަޑީ ޔޫސުފް އޭނާގެ ސިކުނޑިއަށް ބޭކާރު ހުރިހާ ކަމެއް ނެރެލިއެވެ. އޭނާގެ ހުރިހާ އަމާޒެއް ހުރީ ކުޅުމަށެވެ. އެހެން ހުރިހާ ކުޅުންތެރިންނަށް ވުރެ ޔޫސުފްގެ މަސައްކަތް ރަނގަަޅެވެ. ރޭގައި ޔޫސުފްއާއި ނަވާރްއާ ދެމެދު ކަންތައް ހިނގައި ދިޔަ ގޮތް ނޭންގި ހުރި އަލްޔަސް ހީކުރީ ޔޫސުފް މޮޅަށް ކުޅެމުން އެދަނީ މާބޮޑަށް އުފާވެފައި ހުރުމުން ކަމަށެވެ. އަކްމަލްދެކެ ގަނެފައި ހުރި ބިރެއްގެ ސަބަބުން އަލްޔަސްއަށް މާ ރަނަގަޅަށް ކުޅެވޭ ގޮތެއް ނުވެއެވެ. އޭނާގެ ވިސްނުން ހުރީ އެހެން ކަންތަކާ މެދުގައެވެ.
އަލައިކާ އާއި އައިރާ ތިބީ އައިރާ ކޮޓަރީގައެވެ. އައިރާގެ އެނދުގައި އޮށޯވެގެން އެނބުރޭ ފަންކާއަަށް ބަލަން އަލައިކާ އޮތެވެ. “ބައްޕަ ނޭންގެ އަލްޔަސް ޓީމުން ބޭރުކޮށް ނުލާނެ ކަމެއްވެސް” ކަންބޮޑުވެފައި އަލައިކާ ބުނުމުން އައިރާއަށް ބާރު ބާރަށް ހެވުނެވެ. އަލައިކާ ތުންދަމާލަމުން ދެން އަސްލުވެސްއޭ ބުނެލިއެވެ. “ސާބަސް އިނގޭ އަލްކޮއަށް. އަކްމަލްބޭބެ އެހެނެއް ނުހަދާނެ. ރޭގަ އެއްޗެކޭ އެނުބުނީ ކުޑަވަރެއްގެ ޝޮކެއް ޖެހުނީމަ ނޫނީ ވެދާނެ އަލްކޮއާއި އަލްޔަސް ތަޅުވަން ކަމަަށް” އައިރާ ބެލީ އަލައިކާގެ ނުތަނަވަސްކަން ފިލުވަދެވޭތޯއެވެ. ގޯސްކޮށް ނުވިސްނުމަށް އެތައް ފަހަރަ އަލައިކާއަށް ނަސޭހަތްތެރިވިއެވެ. “ތިއެއް ނޫނޭ ޔޫސުފްއާ ނަވާގެ ކަންތައް ކިހިނެއް؟” ޔޫސުފްގެ ޚަބަރެއް އަދި ނުވާތީ އައިރާ އަހާލިއެވެ. “އޯ މޭން. އައި ޓޯޓަލީ ފޮގޮޓް އެބައުޓް ދެމް. ނޭންގެ ދެމީހުން ކުރެ އެކަކުގެވެސް ޚަބަރެއް ނުވޭ. އައި ހޯޕް އެވްރީތިން ވެންޓް ވެލް” ގެއަށް އައިސްވެސް ޔޫސުފްގެ ޚަބަރެއް ބަލާލަން އަލައިކާ ހަނދާންނެތުނެވެ.
“އެކަމަކު ދެން އެއީ އަލް ނޫންވެއްޖެޔާ ކޮން ކުއްޖެއް؟ އަނެއްކާ ޔޫސުފް…” މާނީ އާއި އިޝްމާ އަދި ނަވްޔާ ތިބީ ޓެރަހުގައެވެ. ތިން ތަށި ކޮފީއާއި ހެދިކާ ތަށްޓެއް ހިފައިގެން އެމީހުން ތިބީ ޓެރަހުގައި ހުރި މޭޒުދޮށުގައެވެ. “ނުންނޫ ޔޫސުފްއަށް އެހިތާމަ ލިބުނީ އަލްކޮގެ ފަރާތުންކަމަށް ވާނަމަ މާފަށް އެދެން” “ނޫން ދޮންތާ. ޔޫ ޑޯންޓް ހޭވް ޓު އެޕޮލޮޖައިޒް. އެއީ އަލްކޮގެ ފޯލްޓެއް ނޫން އެހެންނޫނަސް މަށަށް ހީވަނީ އާރާޝް ބުނީ ރަނގަޅަށް ހެން އެކުއްޖަކީ އަލްއެއް ނޫންކަންނޭންގެ” މާނީގެ ވާހަކައަށް ނަވްޔާ އަދި އިޝްމާ ވެސް އެއްބަސްވިއެވެ. އެކުދިން ކުޑައިރުއްސުރެ އެކުގައި އުޅުނު ގޮތް ވަނީ ފެނިފައެވެ. ޔާޒްއާއި އައިރާ އޮތް ގުޅުމާއި އަލައިކާ އަދި ޔޫސުފްގެ ގުޅުން ތަފާތެވެ. އަދި ޔާޒްއާއީ އަލައިކާ އޮތް ގުޅުމާއި ޔޫސުފްއާއި އައިރާގެ އޮންނަ ގުޅުންވެސް ތަފާތެވެ. ފެށުނީންސުރެ އަނެއް ތިން ކުދިން ޔޫސުފް ދެކެމުން އައީ ކޮއްކޮއެެއް ގޮތަށެވެ. ޔާޒް އަދި އައިރާ އަލައިކާއާ މެދުވެސް ދެކުނީ އެފަދައިންނެވެ. އަލައިކާ އަދި ޔޫސުފްވެސް އައިރާއާއީ ޔާޒް ދެކެމުން އައި ބޭބެއާއި ދައްތާއި ގޮތަށެވެ. އެހެނަސް ޔާޒް އަދި އައިރާ އެގޮތަށް ނުދެކެވެއެވެ. ކުޑައިރުއްސުރެ ދެމީހުން އުޅެމުން ދިޔައީ ގާތް އެކުވެރިންހެންނެވެ.
ސިޓިން ރޫމް ސޯފާގައި ޚިޔާލަކަށް ގެއްލިފައި ނަވާރް އިނެވެ. ރޭގައި ޔޫސުފްގެ އަމަލުތައް ބަދަލުވެގެން ދިޔަ ގޮތް ނަވާރްއަށް ފެނުނެވެ. “ނަވާރް ޑޯންޓް ފޯލް ފޯރ ދި ޓްރެޕް. އެއީ ހަމަ އެކަހަލަ ފިރިހެނުންގެ ގޮތް. އެއުޅެނީ ދެރަވާ ކަމަށް ހެދިގެން ނަވާރްގެ ހިތް ކަފަކޮޅެއްހާ މަޑުވޭތޯ ބަލަން. ނޫނީ އެކަލަ މީހަކާއެކު ނަވާރް ނޫޅޭނަމޭ ބުނީމަ އެއީ ދޮގެއްކަން ސާބިތުކޮށްދޭން. ޔޫސުފްމެން ކަހަލަ މީހުންނަށް ލޮތްބަކީ ކޯޗެއްކަމެއް ނޭންގޭނެ. ސްޓޭ އަވޭ ފްރޮމް ހިމް ނަވާރް. އެހެންނޫނިއްޔާ ހިތް ހަލާކުވެ ދުނިޔޭން މޮޔަވާން ޖެހިދާނެ” ނަވާރް އޭނާގެ އަމިއްލަ ހިތަށް ވިސްނައިދިނީ ޔޫސުފްއާއި ދުރުން އުޅުމަށެވެ. ޔޫސުފް ކަހަލަ ކުދިންނަށް ހަގީގީ ލޮތްބަކި ކޮބައި ކަމެއް ނޭންގޭނެ ކަމަށް ނަވާރްއަށް ހީކުރެވުނެވެ.
ޕްރެކްޓިސް ނިންމާފައި އަލްޔަސް ނިކުންނަށް އުޅެނިކޮށް އަކްމަލް ގޮވާލިއެވެ. އަލްޔަސްގެ ހިތް މޭފަޅައިފައި ނުނިކުތީ ކިރިޔާއެވެ. އަތްތުރުތުރު އަޅައި އޮށް ދާހިއްލަން ފެށިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން އަލްޔަސް އަކްމަލްއާއި ކުރިމަތިލިއެވެ. އަލްޔަސްއަށް ހީވަމުން ދިޔައީ އަކްމަލް ނުރުހިފައި ހުރިހެންނެވެ. އަކްމަލްގެ މޫނުން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. “އަލްކޮދެކެ ވަރަށް ލޯބިވޭތަ؟” އަލްޔަސްއަށް އިސްއުފުލައި އަކްމަލްއަށް ބަލާކަށެއް ނުކެރުނެވެ. އެއަށްވުރެ އޭނާ ހުރީ ލަދުންނެވެ. ނަމަވެސް އަލައިކާދެކެ ވާ ލޮތްބެއްގެ ސަބަބުން އަކްމަލްއާއި ކުރިމަތިލާން ބޭނުންވިއެވެ. އުމުރަށް އަލައިކާ އޭނާގެ މީހަކަށް ހަދަން ބޭނުމިއްޔާ އަކްމަލްއާއި ކުރިމަތިލާން ޖެހޭނެކަން އަލްޔަސް ދަނެއެވެ. އެހާ ފިނޑިވެގެން އެކަން ކާމިޔާބެއް ނުވާނެއެވެ. އަކްމަލް ކުރި ސުވާލަށް އަލްޔަސް ޖަވާބުދިނެވެ. “ވަރަށް ލޯބިވޭ. އަލައިކާއާ އެކީގަ ލައިފެއް ފަށަން ވަރަށް ބޭނުން. އަސްލު ކެރިއާރގަ ލިބޭ ހުރިހާ ކާމިޔާބީއެއް ހޯދަން ބޭނުމީ އަލައިކާއާ އެކީގަ. އެކަމު އެއީ ކޯޗްެގެ އެއްވެސް މައްސަލައެއް ނެތިއްޔާ. ކޯޗުގެ ކެރިއާރއަށް އޭގެން އަސަރު ނުކުރަންނާމުން. ކޯޗު ނުގަބޫލިއްޔާ އަލައިކާއާ އަޅުގަނޑު ދުރުވާނަން” އެންމެ ފަހު ޖުމްލަ ބުނިއިރު އަލްޔަސް އަޑުގައި ރިހުން އެކުލެވިގެން ވިއެވެ. އަލައިކާދެކެ ލޯބިވާ ވާހަކަ ބުނިއިރު އެދެލޮލުން ތެދުވެރިކަން ނޫން އެއްޗެއް އަކްމަލްއަކަށް ނުފެނުނެވެ.
އަލްޔަސް ނުވެސް ވިސްނާ ހުއްޓާ އަކްމަލް އޭނާ ގައިގައި ބައްދާލިއެވެ. “ކެރިއާރއަށް ވުރެ ބޮޑަށް މުހިންމީ އަލްކޮގެ ހެޕިނެސް. އަލްޔަސް އަލްކޮއާ އެކީ ރީތި ގޮތުގަ އުޅެން ބޭނުމިއްޔާ ކޯޗުގެ އެއްވެސް މައްސަލައެއް ނެތް. އިނގޭތަ ކޯޗަށް އެންމެ ފުރަތަމަ އަލްޔަސްގެ ކުޅުން ދެއްކީވެސް އަލްކޮ. ޓީމަށް އަލްޔަސް ގެންނަން ރިކޮމެންޑްވެސް ކުރީ އަލްކޮ. އައި އޯލްވޭޒް ފެލްޓް ޔު ވާރ ސްޕެޝަލް. އެންޑް އަދި އެހަށް އަލްކޮ ގާތު ނުބުނައްޗޭ ބައްޕަ އޯކޭ ވިކަން. އެންޑް ކޮންގްރަޖުލޭޝަންސް ސަން” އަލްޔަސްއަށް ލިބުނު އުފާވެރިކަން ބަޔާން ކުރަންވެސް ނޭންގުނެވެ. އޭނާއާއި އަލައިކާގެ ގުޅުމަށް އަކްމަލް ގަބޫލުކަން އެނގުމާއެކު ބޭނުންވީ އެވަގުތުން ވަގުތަށް އަލައިކާއާއި ކައިވެނި ކުރާށެވެ.
އަލްޔަސް ފަދަ ޒުވާނެއް އަލައިކާގެ ހަޔާތަށް އައުމުން އަކްމަލް އުފާވިއެވެ. އަލައިކާއަށް ދެރަގޮތެއް އަލްޔަސް ނުހަދާނެކަމުގެ ޔަގީންކަން އަކްމަލްއަށް އޮތެވެ.
އަލްޔަސް ނިކުންނަން ދެން ޔޫސުފް ބޭރުގައި މަޑުކޮށްގެން ހުއްޓެވެ. އާރާޝްވެސް ކާރު ޕާކުކޮށްފައި ކާރު ކައިރީގައި މަޑުކޮށްލައިގެން އިނެވެ. އަލްޔަސް އައުމުން އަކްމަލް ބުނީ ކީކޭތޯ ޔޫސުފް އެހިއެވެ. ރަކިވެހުރެވެސް އަލްޔަސް ޔޫސުފްއަށް ކިޔައިދިނެވެ. ޔޫސުފް އޭނާގެ ހިތާމަތިން ހަނދާން ނައްތާލާފައި އެކުވެރިޔާގެ އުފަލުގައި ބައިވެރިވިއެވެ. ދައްތަގެ ހަޔާތަށް އަލްޔަސް ފަދަ ހަރުދަނާ ޒުވާނެއް އައުމުން އެކަމާ އުފާވިއެވެ.
ޔޫސުފްގެ ހަރަކާތްތަކަށް ބަލަން ހުރި އާރާޝްއަށް ޔޫސުފް ލޯބިވާ އަންހެން ކުއްޖަކީ އަލައިކާ ނޫންކަން ޔަގީންވިއެވެ. އަތުގައި އޮތް ފޯނު ޖީބަށް ލައިފައި އެތެރެއަށް ވަންނަން އާރާޝް ހިނގައިގަތެވެ.
ޔޫސުފް އެއްވެސް ކަމެއް ނުދައްކާ އެހެން ދުވަސްތަކަށް ވުރެ ރަނގަޅަށް ޕްރެކްޓިސްގައި މަސައްކަތް ކުރިކަމަށް އަކްމަލް ބުންޏެވެ. ޔޫސުފްއަށް ކަމެއްވެފައި ހުރިހެންވެސް ހީނުވާކަމަށް ބުންޏެވެ. އާރާޝް ބޯޖަހައިލައިފައި އެންމެ ރަނގަޅޭ ބުނެފައި ނިކުތެވެ.
އަލްޔަސް ނަވާރްގެ ވާހަކަ އެހުމުން ޔޫސުފް މޫނުގެ ކުލަވަރު ބަދަލުވި ގޮތުން ކަންކަން ގޯސްކަން އަލްޔަސްއަށް އިނގުނެވެ. ޔޫސުފް އަނގައިންވެސް ނުބުނެ އިސްޖަހައިގެން އިނެވެ. އަލްޔަސް އިތުރަށް ސުވާލު ކުރަން އުޅެނިކޮށް އާރާޝް އައުމުން ނުކުރެވުނީއެވެ. އާރާޝް އައުމާއެކު ދަނީކަމަށް ބުނެފައި ޔޫސުފް ހިނގައިގަތެވެ.
އައިރާގެ ދެލޯ ކަރުނައިން ފުރެމުން ދިޔައެވެ. އުފަލުގެ ކަރުނައެވެ. އޭނާގެ ކުރިމަތީގައި ހުރި ކައިވެނީގެ ހެނދުން ފެނިފައެވެ. ހުދުކުލައިގެ ބޮޑު އެހެދުން ވަނީ ވަރަށް ވެސް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. އައިރާ ބޭނުންވީ އެވަގުތު އެހެދުން ލާށެވެ. އައިރާ ދެފަރާތުގައި ތިބި އިސްރާ އަދި ނަވްޔާވެސް ތިބީ ހެވިފައެވެ. އަމިއްލަ އަތުން ތައްޔާރު ކުރި ހެދުން އައިރާއަށް ކަމުދިޔައިމައެވެ. އައިރާ ނަވްޔާ އަދި އިސްރާ ގައިގައި އެއްފަހަރާ ބައްދައިގަތެވެ. އަދި ޝުކުރުއަދާކުރިއެވެ.
އިޝްމާ އަދި މާނީއާ އެއްކޮށް އެތަނަށް އައި އަލައިކާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. “ވާއު. އަޅޭ އަލްކޮ ވެޑިންއަށް ވެސް މިކަހަލަ ހެދުމެއް ހަދައިދެއްޗޭ!” އަލައިކާ ދިޔަ ގޮތަށް ގޮސް ހެދުމުގެ ފަސްބައިގައި ހިފައި އަތަށް ނެގިއެވެ. އަލައިކާ އުޅެމުން ދިޔަ ގޮތުން އެންމެން ގާތަށް ވެސް ހިނިއައެވެ.
އެއް ހަފްތާ ފަހުން އޮންނަ ކައިވެންނަށް އެންމެންވެސް ފުރިހަމައަށް ތައްޔާރުވަމުން ގެންދިޔައެވެ. ބޭރުގައުމުތަކުގައި އުޅޭ އަހުސަމް އަދި މާއިޒްގެ އެކުވެރި ކުޅުންތެރިން ރާއްޖެ އަންނަމުން ދިޔައެވެ. ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން އެކައިވެންނަށް އަންނަމުން ދިޔައެވެ. އައިރާއާއި ޔާޒްގެ ކައިވެނީގެ ޚަބަރު ނޫހުގައި އަލައިކާ ލިޔުނެވެ. އަހުސަމް އަދި މާއިޒްގެ ސަޕޯޓަރުން އެ ލިޔުން މުޅި ސޯޝަލް މީޑިއާގައި ޝެއާރކޮށް އެދެކުދިންނަށް މަރުހަބާކިއެވެ.
ނުނިމޭ
7 Comments!
Comments are closed.
Salam all. Once again i am sry fr the late update. In Sha Allah next part vyhaaves avahakah genesdheveytho try kuraanan. And its going to be a special episode. Aira and yaaz ge wedding ohnnany. I wud like to thank all the readers fr ur support and sweet words. It means a lot to me. ♥️
Wowwww…varah reethi mi part vx….nd me first dhw…..whn nxt waiting….
omg its so good!! but im so scared for when Aira finds out Yaaz doesnt love her ? I really thought that he did and theyre so cute together it was easy to believe
Omg…. Woww ??? sis mi part vest varah Varah Reethi?????? ahvahah up kohla dhythu ingyyy ?????? waiting 4 the nxt part?????????luv yeahhhh ❤️❤️❤️❤️❤️❤️❤️??????❤️❤️
Varah???varah???varah? varah???varah???reethi? maa sha Allah.???waiting?for the??next???part.??❤❤
p
Whn next part kiyaa??