Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 (30)

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
January 25, 2020 5 Mins Read
8 Comments

އަލައިކާ އަލްޔަސް ގާތަށް ދާ މަންޒަރު ބަލަން ހެވިފައި އިނދެ ނަވާރް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. މީހެއް ގައިގައި ޖެހުނުކަން އިހްސާސްވުމާއެކު ނަވާރް ފަހަތަށް އެނބުރި މާފަށް އެދެން އަވަސްވެ ގަތެވެ. ނަމަވެސް ކުރިމަތިން ފެނުނު ސޫރައިން ދެލޯ ބޮޑުވެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ.
އޭނާ ކުރިމަތީ މަލާމާތުގެ ހިނިތުންވުމެއް ވެރިކޮށްގެން އެހުރީ ރަށުގައި އުޅުނުއިރުވެސް އެމީހެއްގެ ފަރާތުން އެތައް އުނދަގޫތަކާއި ކުރިމަތިވި ޒުނާމްއެވެ. ޒުނާމްގެ މޫނުމަތީގައިވި މަކަރުވެރި ހިނިތުންވުން ފެނި މުޅި ކުއްޖާ ބިރުން ރޫރޫ އަޅައިގަަތެވެ. “ހެލޯ ނަވާރް!” ޒުނާމް ވާހަކަ ދެއްކީ ނުރައްކާތެރި ރާގަކަށެވެ. ޒުނާމްގެ ކިބައިން ސަލާމަތްވާން ހަދާނެ ގޮތެއް ނަވާރްގެ ސިކުނޑިއަކަށް ނައެވެ. ކުއްލިއަކަށް އެހާ ދުވަސްކޮށްފައި ދިމާ ކުރުމުން ކުޑަވަރެއްގެ ޝޮކެއް ޖެހުނީއެވެ.

ދެތަށި އައިސް ކްރީމް އަތަށް ލައިގެން އައި ޔޫސުފްއަށް ޒުނާމްއާއި ނަވާރް ފެނުނެވެ. ބިރުން ތުރުތުރު އަޅައި ހުރި ނަވާރް ފެނުމުން ޔޫސުފްގެ ލޭކެކިގަތެވެ. ފައިގައި ހުރި ބާރެއް ލައިފައި ގޮސް އެމީހުންނާ އަރާ ހަމަކޮށްފައި ނަވާރްއަށް ގޮވާލިއެވެ. “ހެއި ބޭބް ހޫ އިޒް ދިސް؟” މީހާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ހަމަޖެހިލައިފައި ޔޫސުފް ބުނެލިއެވެ. އެއާއެކު ޒުނާމްގެ އިތުރަށް ނަވާރްއަށް ވެސް ސިހުން ލިބިގެން ދިޔައެވެ. “ތިއީ ބޯޅަ ކުޅެން އުޅޭ ސޮރުދޯ؟ ޔޫސުފް. އޯވް ނަވާ ނުބުނޭތަ އަހަރެންގެ ވާހަކަ ކުރިންނެއް. ހައި ޔޫސުފް އަހަންނަކީ ޒުނާމް ނަވާރްގެ އެކްސް” ޒުނާމް ސަލާމަށް ޔޫސުފްއަށް އަތްދިއްކޮށްލިއެވެ. “އޯވ އެހެންދޯ. އުމް ޔެޕް މަށަކީ ޔޫސުފް އެންޑް ނަވާރްގެ މިހާރުގެ ބޯއިފްރެންޑް!” ނަވާރް އުނަގަނޑުގައި ހިފަހައްޓައި އޭނާ ގަޔާ ގާތް ކޮށްލަމުން ޔޫސުފް ބުންޏެވެ.
ނަވާރްއަށް ހީވީ މުޅި ހަށިގަނޑުގައި ކަރަންޓު ޖެއްސިހެންނެވެ. ގައިގެ ލޯލިތަށް ކޮޅަށްޖެހި މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިތް އަވަސްވެ އަތައި ފައި ފިނިވާން ފެށިއެވެ.
ޒުނާމްގެ މޫނު މައްޗަށް ނުރުހުމުގެ ކުލަވަރު އަރައިގެން ދިޔައެވެ. ޔޫސުފްއާ ދިމާއަށް ބަލާލިގޮތުން ދެލޮލުން ޔޫސުފް ފިއްސާލަފާނެހެން ހީވިއެވެ. ޔޫސުފް މޫނުމައްޗަށް އިތުރު އަސަރެއް ނުގެނަސް ހިނިތުންވެގެން ހުރިއެވެ. “މައި ބޭޑް. އިޓްސް ގުޑް ޓު ސީ ޔޫ ނަވާރް!” އިތުރަށް ހަދަންވީ ގޮތެއް ނޭންގުމުން ޒުނާމް ބެލީ އެތަނުން އަވަހަށް ދެވޭތޯއެވެ.
ޒުނާމް ދިއުމާއެކު ނަވާރް ވަގުތުން ދުރަށް ޖެހުނެވެ. ހީވީ ބިރެއް ފެނިގެން އުޅުނުހެންނެވެ. މޭމަތިގައި އަތް އަޅައިގެން ހުރެ ފަހަތަށް އެނބުރިފައި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އެ އަމަލުން ޔޫސުފްގެ ހިތަށް ތަދުވި ނަމަވެސް އެކަމެއް ނުދައްކައެވެ. “އައިސް ކްރީމް؟” ނަވާރް އަތަށް އައިސް ކްރީމް ތަށި ދިއްކޮށްލަމުން ޔޫސުފް އެހިއެވެ.
ނަވާރްގެ ހިތަށް އެތައް އެއްޗެއް އަރައި ފައިބަމުން ދިޔައެވެ. ޔޫސުފް ފަހަކަށް އައިސް އުޅޭ ގޮތުން އޭނާގެ ހިތް ނުތަނަވަސްވަނީއެވެ. ޔޫސުފްއާއި ކިތަންމެ ގަޔާވި ނަމަވެެސް އޭނާއަށް ޔޫސުފްއާއި މެދު ރަނގަޅަކަށް ނުވިސްނެއެވެ. ނަވާރްއަށް ހީވަމުން ދިޔައީ ޔޫސުފް އެއުޅެނީ އޭނާގެ ލިސްޓަށް ނަން އިތުރު ކުރަން ނަވާރް އެ ޖާދޫގައި ޖައްސަން ހެންނެވެ.
އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ނަވާރް ޔޫސުފްއާއި ކުރިމަތިލިއެވެ. އޭނާއަކީ އެހެން އަންހެން ކުދިން ފަދައިން ރީތި ފިރިހެނަކު ފެންނައިރަށް އެމީހެއް ފަހަތުން މޮޔަވާ މީހެން ނޫންކަން ޔޫސުފްއަށް އަންގަން ބޭނުންވިއެވެ. ދެބުމަ ގާތްކޮށްގެން ރުޅުވެރި ނަޒަރަކުން ޔޫސުފްއަށް ބަލާލިއެވެ. މޫނު މައްޗަށް ރުޅިވެރި ކަން ވެރިކޮަށްގެން ހުރި ނަމަވެސް އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. މޭ ފަޅައިލައިފައި ނުކުމެ ދާނެހެންވެސް ހީވިއެވެ.
“ލުކް މިސްޓާރ. ހީނުކުރާތި އަހަރެން ތި ދައްކާ ޖާދޫގަ ޖެހިދާނެކަމަށް. އެހެން އަންހެން ކުދިން ހެއްލުނަސް މަށެއް ނުހެއްލޭނެ. އެހެންވީމަ ތި ގޮތަށް ކަންތައް ކުރުމުގެ ބޭނުމެއް ނެތް!” ނަވާރްގެ ކޮންމެ ޖުމްލައެއް ތީރު ތަކެއް ފަދައިން ޔޫސުފްގެ ހިތަށް ހެރުނެވެ. ބުނާނެ އެއްޗެއް ނޭންގިފައި ބަލަހައްޓައިގެން ހުރެވުނެވެ.
ޔޫސުފް އަނގައިން ނުބުނެ އޭނާއަށް ބަލަން ހުރި ގޮތުން ނަވާރް ހިތުގައި ޖެހުނެވެ. އެ މޫނު މަތިން ހިތާމައިގެ ކުލަވަރު ފެންނަމުން ދިޔައެވެ. ޔޫސުފްއަށް އޭނާގެ ހިތް ލެނބިފައި ވިއަސް އެހިތް ހަލާކުކޮށް ލުމުގެ ފުރުސަތެއް ޔޫސުފްއަކަށް ނުދޭނެއެވެ. މިވީ ދުވަސްތަކުގައި ޔޫސުފްގެ ގޮތް އޭނާއަށް ވަނީ ދަސްވެފައެވެ. އަންހެން ކުދިންނާ ރަށްޓެހިވެފައި އެކުދިންނާ ވަކިވުމަކީ ކުރަން ޖެހޭ ކަމެއްހެން ޔޫސުފް ކުރާ ކަމެކެވެ. ފުރަތަމަ ދިމާވި ދުވަހު ވެސް ޔޫސުފް އޭނާއާ ‘ފްލާރޓް’ކޮށް ހިތް އަތުލެވޭތޯ އުޅުނެވެ. ނަވާރްއަށް ހީވީ ޔޫސުފް އެއުޅެނީ ކޮންމެ ގޮތަކުން ނަމަވެސް އޭނާއާ ރަށްޓެހިވީމޭ ބުނަން ވެގެން އެކަން ކުރަންހެންނެވެ. އޭނާގެ ނާޒުކު ހިތަށް ބޭނުންހާ ގޮތެއް ހެދިއަކަ ނުދޭނެއެވެ. ޔޫސުފްއާއި ގަޔާވި ނަމަވެެސް ޔޫސުފްގެ ދަޅައަށް އޭނާއަށް ނުހެއްލޭނެއެވެ.
ޔޫސުފް ކުއްލިއަކަށް ހުރެފައި ބާރުބާރަށް ހޭންފެށުމުން ނަވާރް އިތުރަށް ރުޅިއަންނަ ގޮތްވިއެވެ. “ހަހަހަ. މިހިރަ މޮޔަ ކުއްޖާދޯ. އެ ސޮރު ނަވާރްއަށް އުނދަގޫ ކުރީމަ ސަލާމަތް ކުރަން އެހެން ބުނީ. ޕިސް ޕިސް. ދެން މަ މިތަނަށް އައީ އަލްޔަސްއާ އެކީ. އަލޫކާ ބުނި ނަވާރްވެސް އަންނާނޭ އެހެންވެ އެދެމީހުން މާ ފޮޅުވާ ގަޑީ އައިސްކްރީމް ބޯންކަމަށް މި ގެނައީ. އަމިއްލައަށް ހީކޮށްފިއެއްނު އަދި މަ ފްލާޓް ކުރަނީ ކަމަށް ސާބަސް އިނގޭ. އަންހެން ކުދިން ތިބޭނީ ހަމަ ކަމެއް ނުފެނިފަ” ހިތަށް ތަދުވި ނަމަވެސް އެކަން ނުދައްކާ ޔޫސުފް ހޭންފެށިއެވެ.
ރުޅިވެރިކަން ނަވާރްގެ މޫނު މަތިން ފިލައި މުޅި ކުއްޖާ ލަދުން ހަލާކުވާވަރުވިއެވެ. ޔޫސުފް އޭނާއާއި ގަޔާވާން ހިތް އެދިފައިވާ ވަރުން ނުބައިކޮށް ހީކުރެވުމުން ނަވާރް ލަދުގަނެ ރަކިވިއެވެ. ތުންފަތް ފަޅައިގެން ދާނެހާ ބާރަށް ދަތްއެޅުނެވެ.

ދޮންވެލިގަނޑު މަތީ ރާޅު ބީއްސާ ހިސާބުގައި އަލައިކާއާއި އަލްޔަސް އިށީންދެގެން ތިއްބެވެ. ދެ ޒުވާނުންގެ ނަޒަރުވެސް ހުއްޓިފައިވަނީ ސާދާ ވިލޭރޭގެ ފުރިހަމަ ހަނދަށެވެ. “އަލް ފުރަތަމަ ފެނުނު ދުވަހުވެސް ހިތަށް އެނގުން ވެގެން ދިޔަ. އަލްއާއެކު ގިނަވަގުތު އުޅެމުން ދިޔަ ވަރަކަށް މި ހިތް އިޚްތިޔާރަކާ ނުލާ އަލްއަށް ލެނބެމުން ދިޔަ. ތާނިޔާގެ ލޯބިވެރިޔާގެ ގޮތުގައި ހުރި ނަމަވެސް މުޅި ދުވަސްވެސް ހޭދަވަމުން ދިޔައީ އަލްގެ ހަނދާންތަކުގަ. ތާނިޔާއާ އެއްކޮށް ލަވަކި ދުވަހުވެސް އަހަންނަށް އެތަނުން ފެނުނީ އަލް. އެ ލަވަ އަހަރެން ކިޔައިދިނީ އަލްއަށް. އެ ލަވައިގައިކީ ކޮންމެ ބަހަކީ އަހަަރެންގެ ހިތުގައި އަލްއަށް ވީ އިހްސާސްތައް. މީގެ ކުރިން ދުވަހަކުވެސް އަހަންނަށް ކުރެވުނު އިހްސާސެއް ނޫން އެއިކީ. އައި ލަވް ޔޫ އަލައިކާ އައި ލަވް ޔޫ!” ހިތުގައި ހުރި ހުރިހާ އިހްސާސްތަކެއް އަލްޔަސް ބޭރުކުރިއެވެ. އަލައިކާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލިގން ދިޔައެވެ. އަލްޔަސް ދެއަތުގެ ހިމާޔަށް ލިބުމާއެކު އަލައިކާއަށް ދެލޯ މަރާލެވުނެވެ. “އައި ލަވް ޔޫ ޓޫ. އެންްޑް އައި އޭމް ސޮރި ފޯރ ހާރޓިން ޔޫ!” އަލައިކާ އެތައް ފަހަރަކު ލޯބިވާ ވާހަކަ ބުނެފައި މާފަށް އެދުނެވެ.

އެނބުރި ގެއަށް އައިއިރު އަލައިކާގެ މޫނު މަތީގައި ނުފިލާ ހިނިތުންވުމެެއްވިއެވެ. އެތައް ދުވަހަކަށްފަހު އުފާވެރިކަން އިހްސާސް ކުރެވެމުން ދިޔަހެން ހީވިއެވެ. ގެއަށް ވަން ިރު އެކަކުވެސް ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްފައި އަލައިކާ ކޮޓަރިއަށް ވަނެވެ.

ޔޫސުފް ގެއަށް ވަންއިރު މާނި ސިޓިންރޫމްގައި އިނެވެ. މާނީ ބަލާލުމާއެކު ހިނިތުންވެލައިފައި ޔޫސުފް ކޮޓަރިއަށް ގޮސްވަނެވެ.
ލޮލުން ކަރުނަ އަންނަކަން ޔޫސުފްއަށް ރޭކައިލީ އޭނާ ބޯއަޅައިގެން އޮތް ބާލިސް ތެމެމުން ދިޔައިމައެވެ. ކިތަންމެ ހިތްވަރުކޮށްގެން ހުރިނަމަހީވެސް އޭނާއަށް ރޮވިއްޖެއެވެ. ނަވާރްގެ ސަަބަބުން އެ ހިތަށް ފުން ޒަޚަމުތަކެއް ލިބިއްޖެއެވެ. އެހެނަސް އޭނާ ނަވާރް ގޯހެއް ނުކުރާނެއެވެ. ނަވާރް އޭނާއާއި މެދު އެގޮތަށް ފުރުސަތު ދިނީ ޚުދު އޭނާ އަމިއްލައަށެވެ. މިވީހާ ދުވަހު އޭނާ އުޅުނީ ވިސްނުމެއް ނެތި އެއް ކުއްޖަކާ ރަށްޓެހިވެފައި ރުޅިވެފައި އަނެއް ދުވަހު އެހެން ކުއްޖަކާ ރަށްޓެހިވެގެންނެވެ. އެތައް ކުދިންނެއްގެ ހިތް ހަލާކުކޮށްފައެވެ. ހަގީގީ ލޮތްބޭ ކިޔާ އެއްޗެއް އޮންނަކަމަށްވެސް ހިތަށް ނާރައެވެ. ލޯބި ކިޔާ އިހްސާސެއް އޮންނަކަން ނުވެސް ދަނެއެވެ. މެއަށް ބާރު ކުރަން ފެށުމުން ޔޫސުފްއަށް މެއާ ދިމާލު އަތް އަޅާލެވުނެވެ. އަމިއްލަ ނަފްސު ކުއްވެރި ކުރެވެމުން ދިޔައެވެ. އޭނާގެ ސަބަބުން ނަވާރްގެ ހިތްހަލާކުވާން ނަވާރްވެސް ނޭދެނެކަން ޔޫސުފްއަށް ވިސްނުނެވެ. އަމިއްލަ ނަފްސުދެކެ އާދެވުނު ރުޅިއަކުން ޔޫސުފްއަށް ހަޅޭއްލަވައިގަނެވުނެވެ. އެނދުމަތީގައި ހުރި ހުރިހާ އެއްޗެއް ނަގައި ބިންމައްޗަށް އުކާލިއެވެ. އެއަށްފަހު ބިންމައްޗަށް ތިރިވެ ދެކަކުލުގައި ބޯއަޅައިގެން އޮތެވެ. ލޮލުން ކަރުނަ އަންނަމުން ދިޔައިރު މުޅި މޫނު އެކީ އޮތީ ރަތްވެފައެވެ. އެއްވެސް ތަރުތީބެއް ނެތި އިސްތަށިގަނޑުވެސް އޮތީ ހޭވިފައެވެ. ލައިގެން އިން ގަމީހުގެ މަތީ ދެގޮށް ވަނީ ނެއްޓިފައެވެ.

ޔޫސުފްގެ ކޮޓަރިން ބާރު އަޑުފައްގަނޑެއް އިވުމުން މާނީ ސިއްސައިގެން ދިޔައެވެ. ޔޫސުފްއަށް ކަމެއްވީ ކަމަށް ހީކޮށް މާނީއަށް ދުއްވައިގަނެވުނެވެ. ދޮރުގައި ދެތިން ފަހަރު ޓަކި ދިނުމުންވެސް ޔޫސުފްގެ ޚަބަރެއް ނުވިއެވެ. މާނީ ކަންބޮޑުވެފައި ހުރެ ޔޫސުފްގެ ނަމުން ދެތިން ފަހަރު ގޮވަން ވެސް ގޮވިއެވެ. އެވަގުތު އާރާޝް ގެއަށް އައުމާއެކު އާރާޝް އަތުގައި އޮތް ޔޫސުފް ކޮޓަރީގެ ތަޅުދަނޑިން ދޮރުހުޅުވިއެވެ.
ކޮޓަރީގެ ބޮކިތައް ނިއްވައިފައި ހުރުމުން އޮތީ އަނދިރިކޮަށެވެ. މާނީ ޔޫސުފްއަށް ގޮވާލުމުންވެސް ޔޫސުފްގެ ޚަބަރެއް ނުވިއެވެ. އާރާޝް ބޮކި ދިއްލުމާއެކު ކޮޓަރިތެރެ އޮތްގޮތް ފެނި މާނީއާއި އާރާޝްއަށް ލިބުނީ ހައިރާންކަމެވެ. އެއިކީ ކުރިން ދުވަހަކުވެސް ޔޫސުފް އަމަލު ކުރި ގޮތެއް ނޫނެވެ. އެނދުކައިރީ އިން ޔޫސުފް ފެނި މާނީގެ ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. މާނީގެ ލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ. އާރާޝްވެސް ޔޫސުފް ހުރި ގޮތް ފެނި ހިތްދަތިވިއެވެ.
މާނީ ގޮސް ޔޫސުފް ގާތު އިށީންނުމާއެކު މާނީ ގައިގައި ޔޫސުފް އޮޅުލައިގަތެވެ. އެންމެ ތުއްތު އިރު ފަދައިންނެވެ. ޔޫސުފްގެ އިސްތަށިގަނޑުގައި ފިރުމާލައިފައި ވީގޮތް މާނީ އޮޅުންފިލުވިއެވެ. “ޝީ ޑަސަންޓް ލަވް މީ މަމް” ޔޫސުފް ހަމައެކަނި ކިޔަމުން ދިޔައީ އެހެންނެވެ. މާނީ ބަލާލީ އާރާޝްއަށެވެ. އާރާޝް ބޯޖަހައިލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާ ގޮތަށެވެ. މާނީވެސް ބޯޖަހައިލައިފައި ޔޫސުފްގެ ނިއްކުރީގައި ބޮސްދިނެވެ.

އަލައިކާ އެއްޗިހި ބަދަލުކޮށްގެން އިޝްމާމެން ކޮޓަރިއަށް ދިޔައެވެ. އެހެންނާ ނުފެންނަ އުފާވެރި ކަމެއް އަލައިކާގެ މޫނު މަތިން ފެންނަމުން ދިޔަކަން އިޝްމާ އަދި އަކްމަލްއަށްވެސް ފާހަގަވިއެވެ. އެދެމީހުންވެސް ތިބީ އެކަމާ އުފަލުންނެވެ.
އަލައިކާ އައިސް އެނދުގައި އިށީނުމުން ކިހިނެއްވީތޯ އަކްމަލް އެހިއެވެ. އަތުގެ އިނގިލިތަކާ ކުޅެމުން އަލައިކާ ތުންފަތުގައި ދަތް އަޅާލިއެވެ. ދެލޯ މަރާބާރުކޮށްލަމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. “މަންމާ ބައްޕާ. އަލްކޮ މިއުޅެނީ އަލްޔަސްއާ ރަށްޓެހިވެގެން” އިޝްމާ އަދި އަކްމަލްއަށް ބަލާލެވުނީ އެކަކު އަނެކަކަށެވެ. ދެމީހުންނަށްވެސް ހައިރާންކަން ލިބުނީ އުއްމީދު ކުރި ފަރާތް ނޫން އެހެން ފަރާތެއްގެ ނަން އިވުމުންނެވެ. “އަލްޔަސްއޭ؟” އަކްމަލްއަށް ނޫން ގޮތަކަށް އެހެން އެހުނީ އޭނާ އުއްމީދުކޮށްގެން ހުރީ އަލައިކާ ޔޫސުފްއޭ ބުނާނެކަމަށްވީތީއެވެ.
މަންމައާއި ބައްޕަ ތިބި ގޮތުން އަލައިކާއަށް ހީވީ އެމީހުންނަށް އަލްޔަސް ކަމު ނުދަނީހެންނެވެ. ބައްޕަގެ މޫނުގައިވި ކުލަވަރު ތަރުޖަމާ ކުރާކަށް އަލައިކާ އަކަށް ނޭންގުނެވެ. އަލައިކާގެ ހިތްބިރުގަނެ ހާސްވާންފެށިއެވެ. އިޝްމާވެސް އޭނާއަށް ހިނިތުންވެލީ ގަދަކަމުންނެވެ. އިތުރަށް އެތަނުގައި މަޑުކުރަން ނުކެރުމުން ދަނީ ކަމަށް ބުނެފައި އަލައިކާ ނުކުތެވެ. އޭރު އޭނާގެ ލޮލުގައި ކަރުނަތައް ބޮނޑިވަމުން ދިޔައެވެ.

އަލްޔަސްއަށް ވިސްނެމުން ދިޔައީ އޭނާގެ ގުޅުން އަކްމަލްއަށް އިނގުމުން އަކްމަލް ކަންތައް ކުރާނެ ގޮތަކާމެދުގައެވެ. އަލައިކާ އެވާހަކަ މަންމަމެންނާ ހިއްސާކޮށްފައި ގުޅާނަން ކަމުގައި ބުންޏެވެ. ނަމަވެސް ބާރަ ޖެހިއިރުވެސް އަލައިކާގެ ޚަބަރެއް ނުވިއެވެ. ވަރުބަލިވެފައި ހުރުމުން އަލްޔަސްއަށް ވެސް ލަސްތަކެއް ނުވެ ނިދުނީއެވެ.
ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ހާދަހާ ލޯބިވޭ (ޓްރެއިލަރ)

Next

ހީވޭ ހިތް ބުނާހެން 1

Next
January 28, 2020

ހީވޭ ހިތް ބުނާހެން 1

Previews
January 25, 2020

ހާދަހާ ލޯބިވޭ (ޓްރެއިލަރ)

8 Comments!

  1. Kiyara says:
    January 25, 2020 at 1:55 pm

    Hurihaa kiyuntheringe kibainves varah bodah maafah edhen buni dhuvahah vure maa bodah ves lahun up kurevunyma. Edhuvahu up kuran varah masakkai kurin ekam ves kandhimaa kuri gothun miadhuge kurin up kureveyne gotheh nuvi. Kuriah huri baithah avahah adhi dhigukoh geneveytho varah masakkai kuraanan. Ekam dhen oii bai genesdheveyne vaki dhuvaheh bunaakah neynge. Once again i am really fr the delay and making u all wait. ??

  2. Nutss says:
    January 25, 2020 at 3:33 pm

    It’s ok..? next part tha kolheh avahah up kohdhehchey??

  3. Aathu says:
    January 25, 2020 at 8:31 pm

    Vahaka varah salhi. Ekan thankolheh kury konme dhuvahaku up kohlaafa Inna varu

  4. Saadhu Angle says:
    January 25, 2020 at 10:29 pm

    V v reethi ❤?❤??❤

  5. imkko says:
    January 27, 2020 at 12:37 pm

    wow!! varah salhi….finally alyas♥️alaika♥️♥️♥️…..next part kon irakun…..avhah up kohdhechey….will wait♥️♥️♥️♥️♥️gtg

  6. As says:
    January 27, 2020 at 5:37 pm

    When is next part

  7. Mi says:
    January 27, 2020 at 9:39 pm

    Konirakun vaahaka updated vanee

  8. Foohi says:
    January 28, 2020 at 11:59 am

    Esfiya haadha kadayey dhw mihaaru vaahakagadeh up nukohleve weekeh vegen dhaa iruvex..kuryge nunimey vaahakathah kobaa baa????

Comments are closed.


All Right Reserved!