” ބުނާ ކޮންމެ ކަމެއްވެސް ކޮށްދޭ ގޮތައްތަ ތިހުންނަނީ؟” ޝިފާވެސް ވަކި ދަށެއް ނޫންތާއެވެ. ” ނޫނޭ. ހުރިހާ ކަމެއް އަދި ނުކޮށްދެވޭނެ. އެހިސާބަކަށް ތަނަވަސްކަމެއް އަދިނެތް. ދެން ސަކަރާތް ނުޖަހާ ބުނެބަލަ. ކިހިނެއްތަ ވީ ޝިފާ ތިގުޅާލީ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ. ” ދެން ނުކެރޭނެ ބުނާކަށް.” ޝިފާ ތުއި އަޑަކުންބުނެލިއެވެ. ” ބުނަން ނުކެރެންޏާ ދެން ނުބުނާނީ. ނޫނީ ދެން ފޯން ބާއްވާނީ؟” އަހަރެން މޯޅި އަކަށް ދެމިލަމުން ބުނީމެވެ. ” އަސްލުވެސް […]
” މާދަމާ 10 ޖަހާއިރަށް އައި.ޖީ.އެމް ހޮސްޕިޓަލަށްދާތި. އަހަރެން ފަތިސް ފަތިހާ ތެދުވެ ޢާޒިމްއަށް ހިތުގެ ބަލީގެ ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓެއް ހައްދަދޭނަން. އެތާ ރެސެޕްޝަންގަ އިންނާނީ އަހަރެންގެ ދައްތަ. އަދި ޢާޒިމް މަރުވެގެން މިވާހަކަ ރީއްޗެއް ނުވާނެ.” ޝުދޫއަކީ ދިމާކުރަންވެސް އެއްވަނައެވެ. ” ހިތުގެ ބަލީގެ ޑޮކްޓަރަކަށް ދެއްކިޔަސް މިހިތުގެ ރިހުމަށް ލުޔެއް ނުލިބޭނެ. މިކަމަށް ހަމައެކަނި އެހީތެރިވެވޭނީ ޝުދޫއަށް. ދެން އަހަންނަށް އާނއެކޭ ބުނަންވީނު. އިންސާނެއްގެ ހިތަށް ތިހާ ވަރަށް އަނިޔާކުރާކަށް ނުވާނެ.” އަހަރެން ބުނީމެވެ. […]
އަހަންނަށް ހޭލެވުނީ ކުއްލިއަކަށް ވާރޭ ވެހެން ފެށުމުންނެވެ. އޭރު ގަޑިން ހަވީރު ހަތަރު ގަޑި ބައިވަނީއެވެ. ދެން ކަންނެތް ގޮތަކަށް އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ކުޑަ ދޮރު ހުޅުވާލީމެވެ. އޭރުވެސް ހަމަ ވާރޭ ވެހެނީއެވެ. އަހަރެން ކުޑަ ދޮރުން ބޭރު ބަލާލީމެވެ. ވާރެއިން ސަލާމަތްވާންވެގެން މީހުން މަސައްކަތް ކުރަމުން ދަނީއެވެ. އެއްބަޔަކު ތިބީ އަސްކަނި ދަށުގައެވެ. އަނެއް ބަޔަކު ކުޑަ ނަގައިގެން ވާރެއިން ސަލާމަތްވާން މަސައްކަތް ކުރަމުން ގެންދަނީއެވެ. ދެން ކުއްލިއަކަށް އަހަންނަށް ފެނުނީ ދުއްވާފައި […]
ލެވޭ ކޮންމެ ނޭވާޔަކާއިއެކު އެނަން ކިޔޭނެއެވެ. އަޅާ ކޮންމެ ފިޔަވަޅަކާއިއެކު، އޭނާގެ ހަނދާންތައް އާވާނެއެވެ. ޙަޔާތަށް އިރުއަރާ ކޮންމެ ދުވަހަކު އެނަން ކިޔާލެވޭނެއެވެ. އެއީ އޭނާއެވެ. ޙަޔާތުގެ ދަތުރުގައި އަހަންނަށް ވިސްނައިދިން މީހާއެވެ. މަގުދައްކައިދިން މީހާއެވެ. މާޔޫސްވެގެންގޮސް ގޮތް ހުސްވުމަކީ އެއްވެސް މީހަކަށް އޮތްގޮތް ނޫންކަން އަހަންނަށް ވިސްނައިދިން މީހާއެވެ. އަމިއްލަޔަށް މަރުވުމަކީ މާމޮޅު ކަމެއްނޫންކަން ހާމަކޮށްދިން މީހާއެވެ. ދިރިއުޅުމުގެ މައިދާނުގައި ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެކަން ޤަބޫލުކުރި މީހާއެވެ. ކުށެއް ކުރެވުމުން، އެކުށަށް ތަޢުބާވުމަށް އަހަންނަށް […]
ރައްޓެހިންނާއިއެކު ކޮފީއަށް ދިއުމަކީ އަހަރެންގެ އާދައެކެވެ. ފިލުވާލަން މަސައްކަތްކުރި ނަމަވެސް، އަހަންނަށް ނުފިލުވުނު އާދައަކީ ކޮފީ ބުއިމެވެ. މިއަދުވެސް މިޖެހުނީ ކޮފީއަކަށް ދާށެވެ. ނުގޮސްފިއްޔާ ދެން ދިމާވާނީ އެހެން ކަމެކެވެ. ކޮންމެ ގޮތެއް ވިޔަސް ރައްޓެހިން ދޫކުރެވޭކަށް ނެތެވެ. ދިރިއުޅުމުގައި އަހަންނަށް މިހުރި ހިސާބަށް އާދެވުމުގައި އެމީހުންގެ ހިއްސާވެސް ވަކި ކުޑައެއް ނޫނެވެ. މިއަދާއި ހަމައަށް އައިއިރު ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެމީހުން ދީފައިވާ އެއްބާރުލުމަށް ދުވަހަކުވެސް ޝުކުރު އަދާކުރެވޭނެހެއްޔެވެ؟ ދުވަހަކުވެސް ނުކުރެވޭނެކަން ނޭނގެއެވެ. ދިރިއުޅުމުގައި ރައްޓެހިންނަކީ […]
ކޮފީ ބުއިމަށްޓަކައި އަހަރެން ވަނީ ސްކިޕީ އަށެވެ. ގޮސް މޭޒުގައި ޖައްސާލީމެވެ. އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ ކުޑަ ތަންކޮޅެއް ދުރުގައިވާ މޭޒެއްގައި ހުރި މީހަކަށެވެ. އޭނާ އަހަންނަށް ބަލާލިއެވެ. ދެން ލުއި ހިނިތުންވުމެއް މޫނު މައްޗަށް ގެނުވިއެވެ. އަހަންނަށް އެއީ ކާކުކަން އިނގުނީ ދެނެވެ. އެއީ ޒަމާންވި ރައްޓެއްސެކެވެ. ފަހުދެވެ. މީގެ ފަސް އަހަރު ކުރިން ފެނުނު އިރުވެސް ފަހުދު ހުރީ ހަމަ އެހެންނެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި މާބޮޑު ތަފާތެއް އޭނާއަށް އައިހެނެއް ހީއެއް […]
އަހަރެން މިވާހަކަ ދައްކާނީ ކިހިނެއް ހެއްޔެވެ؟ ބުނާނީ ކާކުގެ ގާތުގައި ހެއްޔެވެ؟ ލަފަޔަކަށް އެދޭނީވެސް ކޮން ފަރާތަކުން ހެއްޔެވެ؟ އޭރުން ބަދުނާމު ވާނީ ހަމައެކަނި އަހަންނެއް ނޫނެވެ. މުޅި ޢާއިލާއަށްވެސް ހުތުރު ނަން ލިބޭނެއެވެ. ނުވިތާކަށް އަހަރެންގެ ދިރިއުޅުން ބަރުބާދުވުންވެސް ވަރަށް ގާތް ވާނެއެވެ. އަނެއްކޮޅުން މިކަމުގެ ސަބަބުންވެސް މިލިބެނީ ވަކި ކުޑަ ވޭނެއްވެސްނޫނެވެ. މައްސަލައަކީ ބޮޑު މައްސަލައެކެވެ. ޙައްލު ހޯދަންވެސް މަޖުބޫރެވެ. ބައެއް ފަހަރު ހިތަށް އަރައެވެ. މީހުންގެ މޫނު މަތީގައި އެމީހައަކީ ކޮންކަހަލަ މީހެއްކަން […]
ޒަރީރު ދިޔައީ ނޫސްތައް ހާވަމުންނެވެ. ޒަރީރު ބަލަމުން ގެންދިޔައީ ނޫހުގައި ޖަހާފައިވާ ހުސް ވަޒީފާތަކަށެވެ. ޒަރީރު އަށް ކަމުދާ ކަހަލަ އެއްވެސް ވަޒީފާއެއް ނެތެވެ. އެހެނެއްނޫނެވެ. ޒަރީރުގެ ސެޓްފިކެޓްގައި އެ ފެންވަރު ނެތީއެވެ. ރަނގަޅީ އެހެން ބުނިއްޔާއެވެ. ޒަރީރު ވެސް ޖީ.ސީ އޯ.ލެވެލް ހެދިއެވެ. ނަމަކަށް ހެދީޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމަށް ހެކިދެނީ ޒަރީރު ހޯދި ސެޓްފިކެޓެވެ. ޒަރީރު ހެދީވެސް އެންމެ ތިން މާއްދާއެވެ. ފާސްވީ އެއް ނޫނެވެ. ހަފޮޅުން އެތެރެވީ ހަމަ ކިރިޔާއެވެ. އާފަތިސް […]
ދިރިއުޅުމުގައި ޙާޞިލްކުރަން ބޭނުންވަނީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟ މީހަކު އަހަންނާއި ސުވާލުކޮށްފާނެއެވެ. އަހަރެން ބުނާނީ ހަމަ އެހެންނެވެ. ދިރިއުޅުމުގައި އަހަންނަށް ކާމިޔާބެއް ނުލިބުނެވެ. ހިތްހަމަޖެހުމެއް ނުލިބުނެވެ. ދާން ބޭނުންވި މަންޒިލަކަށް ނުދެވުނެވެ. ތެދެކެވެ. އަހަރެންވެސް އަޑުއަހަމެވެ. އެއް ދޮރު ބަންދުވިއްޔާ އަނެއް ދޮރު ހުޅުވޭނެ ވާހަކައެވެ. އެއް ގޮތެއް ނެތިއްޔާ އަނެއް ގޮތެއް އޮންނާނެކަމެވެ. އެކަމަކު އެބުނާ ދޮރެއް އަހަންނަކަށް ނުފެނުނެވެ. ކީއްވެގެން ހެއްޔެވެ؟ ވިސްނުން ހަނިކަމުން ހެއްޔެވެ؟ އަހަރެން ހުރީ ޑިއުޓީ ޕޮއިންޓްގައެވެ. އަހަންނަށް ފެނެއެވެ. […]