” އޭނ. ދެ އަހަރުވަނިއްޔޭ.!” އަހަންނަށް ލިބުނު ކުއްލި ސިހުމުގައި ބުނެވުނީ އެހެންނެވެ. ” އާނ. ދެއަހަރު މިވަނީ.. ޝުދޫ އަހަންނަށް ވަރަށް ރަނގަޅު.. ޝުދޫ އަހަރެންދެކެ ވާނެ ކޮއްކޮއެއްދެކެ ވާލޯބި. މިވެސް ޝުދޫ މެލޭޝިޔާއިން ގެނެސްދިން ވާހަކަ ފޮތެއް.. ބޭބެމެންނަކަށް ނޭނގެދޯ ރަނގަޅު ރައްޓެހިން ހޯދާކަށް. އެހެންތާ ވާނީ އޮންލައިނުން ފުރަތަމަވެސް ދިމާވީމަ ހުށަހަޅާނީ ލޯބި. ނޭނގޭނެ މިވާހަކަ ދެއްކެނީ ކިހާވަރެއްގެ މީހަކާއި ކަންވެސް.” ސުހާ އޭނާގެ ވާހަކަ ފޮތް އަހަންނަށް ދައްކާލަމުން ވަރަށް […]
ސިއްސައިގެން ގޮސް ބަލާލެވުނީ މޫނަށެވެ. ވަރަށް އަޅައިގަންނަ ގޮތެއް ހުއްޓެވެ. ކަޅި ޖަހާނުލާ އަހަރެން ބަލަހައްޓައިގެން ހުރީމެވެ. ބޮޑު ދެލޮލެވެ. ތޫނުފިލި ކަޅިރަވައެކެވެ. ލުއި ހިނިތުންވުމެކެވެ. ފަންކަމަށް ދެއްކިޔަސް، ލޯބި ބުޅި ގޮތެއް ހުންނަ އިސްތަށި ކޮޅެކެވެ. އެއަރޕޯރޓްގެ ޗެކިން ހޯލުގައި، އެހުރިހާ މީހުންގެ ތެރޭގައި އަހަރެން ހުރި އިރުވެސް، އަހަރެންގެ ކަޅި ސީދާ އަމާޒުވެފައި ހުރީ އޭނާއަށެވެ. މޫނުމަތިން ގެވެހިގޮތެއް ފެންނަން ހުރި އެ އަންހެންކުއްޖާ އަކީ އަހަންނަށް މިހާތަނަށް ފެނުނު އެންމެ ފުރިހަމަ […]
” ހާދަ ރީތި ކުދިން ކޮޅެކޭދޯ އެދިޔައީ.” ގޮނޑީގައި އިށީނުމަށްފަހު ފުރަތަމަވެސް އިމާން ބުނީ އެހެންނެވެ. ” ރީތި މީހުން އުޅޭ ޤައުމެކޭ މީ. މައްސަލައަކީ ރީތިކަމާ އެއްވަރަށް އަޚްލާޤް ނުހުންނާތީ.” އަހަރެން މަޑުމަޑުން ބުނީމެވެ. ވޭޓަރު އައުމުން އަހަރެމެން ކެއުމަށް އޯޑަރު ދިނީ ދެނެވެ. ” ދެން ތިކަމާ ނުވިސްނާ. ހިނގާ އަވަހަށް ކައިގެން އޮފީހަށްދާން.” އިމާން ބުނެލިއެވެ. ” އިނގޭތަ އެކުދިންގެ ތެރޭގަ އިނީ ޝުދޫވެސް.” އަހަރެން ކުޑަކޮށް ހީނލަމުން ބުނީމެވެ. ” ދެން […]
” ކޮން އެއްޗެއް؟ މަށަށް ވެސް ދައްކަންވީނު؟” ނާއީ އަވަސް އަވަހަށް ބުނެލިއެވެ. ” ހަމަ އަސްލުވެސް ދައްކަން ވީތަ؟” އަހަރެން ސަމާސާ ރާގެއްގައި ބުނީމެވެ. ” ދެއްކީމަދޯ ފެންނާނީ؟” ނާއީ ކުރުކޮށް ބުނެލިއެވެ. ” ފަހުންދޯ.” އަަހަރެން ބުނީމެވެ. ” ފަހުން ހެޔޮ ނުދެއްކިޔަސް. ދެން މަޑުން ހުރޭ. ވާހަކަ ކިޔަނީ.” ނާއީ އަކީ ވާހަކަ ކިޔުމަށް މަރުދޭކުއްޖެކެވެ. ” ތިހާ ވަރަށް ވާހަކަ ކިޔާކަށް ނުވާނެ. މީހާ މޮޔަވެދާނެ.” މަޑުން ހުންނާކަށް އަހަރެން ބޭނުމެއްނޫނެވެ. […]
” އެއީ ވަރަށް ދިގު ވާހަކައެއް. ދިމާވުމުން ކިޔައިދޭނަން. ދެން ތެދުވެގެން އޮފީހަށްދޭ. މިހާރު ނުވައެއް ޖަހަން ކައިރިވަނީ.” ޝިފާ ފޯން ބޭއްވީ އެހެން ބުނުމަށްފަހުގައެވެ. ފާޚާނާއިން ފެންވަރައިގެން ނިކުތްއިރު އިމާން ގުޅަނީއެވެ. އަހަރެން އޮފީހަށް އައުން ލަސްވެގެންކަން ޔަޤީނެވެ. އަންހެނުންގެ ކަންތައްތައް ކިތަންމެ މައްޗަސް، އިމާން ގަޑިއަށް އޮފީހަށް އަންނާނެއެވެ. އެގޮތުން އެއީ ނަންބަރ ވަންއެވެ. އެހާވެސް ބަރާބަރުވާނެއެވެ. އަނގަޔާއި އެއްވަރަށް އޭނާގެ އަތްފައިވެސް ޙަރަކާތްކުރާނެއެވެ. އެއީ ފިރިހެން ދަރިއެވެ. ” ލަސްވީދޯ.” އަހަރެން […]
ޢުމުރުން އެންމެ ތޭރަ އަހަރުގައި އިންސާނެއްގެ ހިތުގައި ދައުރުވާނީ ކޮންކަހަލަ އިޙްޞާޞެއް ހެއްޔެވެ؟ އެއީ ކޮންކަހަލަ ޢުމުރެއް ހެއްޔެވެ؟ މީހުން ބުނާގޮތުން ނަމަ އެއީ އެންމެ ނާޒުކު އެއް ޢުމުރެވެ. ކުޑަ ކުއްޖެއްގެ ޢުމުރު ފަހަޅަނާ ގޮސް ބޮޑު މީހަކަށް ބަދަލުވުމުގެ މަރުޙަލާގެ ފެށުން އަންނަނީ މިހިސާބުން ކަން ނޭނގެއެވެ. ދުނިޔެއަށް ލޯހުޅުވަން ފަށަނީ ނުވަތަ ފެށެނީ މިހިސާބުންނެވެ. ދިރިއުޅުމުގެ ޙަޤީޤީ މާނައަކީ ކޮބައިކަން ދަސްކުރުމަށް އަޅާ ފުރަތަމަ ރޮނގު އަޅަން ފަށަނީ މިހިސާބުންނެވެ. ތެދެކެވެ. ތަފާތު […]
” ނޫނޭ. އިވޭ އަޑުތަކުންނާއި ފެންނަ މަންޒަރާއި ދޭތެރޭ މިވިސްނަނީ؟” އަހަރެން ބުނީމެވެ. ” ތިކަމާއި ނުވިސްނާނެ މީހަކު ނުހުންނާނެ. އެކަމަކު، މައްސަލައަކީ މާޒީއަކީ އިޢާދަ ވާނެ އެއްޗެއްނޫންދޯ.” ޝިފާ މަޑުމަޑުން އެހެން ބުނުމުން އަހަންނަށް ނެގުނީ އެހެން މާނައެކެވެ. ” ތީ ހަމަ ތެދެއް. އެކަމަކު، ދިރިއުޅުމުގައި ފިޔަވަޅު އަޅާއިރު، އަނދަވަޅެއްގެ މަތީގައި ފިޔަވަޅު އެޅޭކަން އިނގެނީ ކިތައް އިންސާނުންނައްބާ؟” އަހަރެން ބުނީމެވެ. ” އޭ ހާސްނުވޭ. ނަތިސް އިސް އޭސް އިޓް ސީޒް. […]
” ތިނޫން މަލެއް މިޤައުމުން އަހަންނަށް ދައްކަބަލަ. ކޮބާތަ ޝުދޫގެ ޙަޤީޤަތަކީ. އިނގޭތަ ޢާޒިމްއަށް ޝުދޫއެއީ ކާކުކަން؟ ކިހިނެއް އުޅޭ ކުއްޖެއްކަން؟ ތިބުނާ މައުޞޫމް، ފަސްބައިގައި ކިލަނބުކަމެއްނެތް އަންހެން ކުއްޖަކު މިރާއްޖޭން ލިބޭނެބާ؟ ހަމަގައިމުވެސް އަހަންނަކަށް ނުވި އެކަމެއް. އިޖުތިމާޢީ ފޭރާން ބަލިކަށިވެ، ޙަޔާތްކެނޑެމުންދާ ތަނެއްގައި ބޮޑުވާނެތަ ޢިއްފަތްތެރި އަންހެންކުދިން. ނޫނޭ. ދެއިނގިން ގުނާލެވޭހާ މަދުވާނެ އެކުދިން. އެކަމު، އެކުދިންނާއި ފަސޭހަކޮށް ދިމާވާނެބާ؟ މީހިތާމަ ހުރިކަމެއް!” އިމާން ބުނީ ވަރަށް ބޮޑު ތެދެކެވެ. ” ތީ ވަރަށް […]
ދޯނި ފާލަމާއި ކައިރިކޮށްލުމާއެކު އަހަރެން ދުއްވައިގަތީމެވެ. މަޑުމަޑުން ދުވަމުން ގޮސް އަހަރެން ހުއްޓުނީ އަތިރިމަތީގައި ހުރި ގަހެއްގެ ކައިރީގައެވެ. ދެން ދެފަރާތަށް ބަލާހޯދާލީމެވެ. އެއްވެސް މީހަކު ނުފެނުނެވެ. އަހަރެންގެ އިންތިޒާރުގައި އެއްވެސް މީހަކު ނެތެވެ. އަހަރެން ހީކުރީ އަހަރެންގެ އިންތިޒާރުގައި ނުހާ އިންނާނެކަމަށެވެ. އެކަމަކު ހީކުރި ގޮތަށް ކަންތައް ނުވުމުން އަހަރެން ދެރަވެސްވިއެވެ. ތެދެކެވެ. މާލެއާއި ޚިލާފަށް ރަށްފުށުގެ މާހައުލަކީ ހިތްގައިމު މާހައުލެކެވެ. އިރުއޮއްސެން ގާތްވަމުން ދިޔަވަރަކަށް މާހައުލުގެ ރީތިކަން ދިޔައީ އިތުރުވަމުންނެވެ. ރަތްވިލާތަކުން މުޅި އުދަރެސް […]