“ތޭންކްސް. ގުޑް ނައިޓް.” އަހަރެންގެ ކޮލަށް ދޮނެއް ދެމުން ޝާނާ ހިނގައިގަތީ އަހަންނަށް އަނގައިން ބުނާނެ އެއްވެސް ފުރުޞަތެއް ނުދީއެވެ. އަހަރެން އިރުކޮޅަކު ސައިކަލު މަތީގައި މަޑުކޮށްލީމެވެ. ކުޑަކޮށް ވިސްނާލީމެވެ. އަނެއްކާ ވާން މިއުޅެނީ ކޮން ކަމެއް ހެެއްޔެވެ؟ ޝާނާ ކުއްލިއަކަށް އެއްވެސް ވާހަކައެއް ނުދައްކާ ގެއަށް ވަދެގެން އެދިޔައީ ހިތްހަމަ ނުޖެހިގެން ބާވައެވެ؟ ޝުދޫ ގުޅިކަން އެނގިގެން ޝާނާ ހިތްހަމަ ނުޖެހުނީ ހެއްޔެވެ؟ ޝާނާއަށް ޝުދޫ އަކީ ކާކުކަން އެނގެނީހެއްޔެވެ؟ ނޫނީ ޝުދޫއަށް ޝާނާއަކީ […]
” ކީއްތިކުރީ! އެގުޅަނީ ޝުދޫއޭ.” އަހަރެން ހިތްހަމަ ނުޖެހުމުގެ ރާގަކަށް ބުނީމެވެ. ” ކޮންޝުދޫއެއް!! އެއްވެސް ޝުދޫއެއް ނޯންނާނެ.!!؟” އެހެން ބުނިގޮތަށް ޝާނާ އަހަރެންގެ ފޯން ނިވާލިއެވެ. ” ތިހެން ހަދާކަށް ނުވާނެ. އޭނަ ކިހާ ދެރަވާނެ ތިހެން ހެދީމާ. މީހުންނަށް ހެޔޮކޮށް ހިތާ އިޙްޞާންތެރިވާން ޖެހޭނެދޯ.” އަހަރެން ފޯން ހުޅުވަމުން ބުނީމެވެ. ” ރަނގަޅު. އެކަމަކު ތިކަމަށްވެސް ހުދޫދެއް އޮންނަން ޖެހޭނެދޯ.” ޝާނާވެސް ބުނީ ދޮގެއް ނޫނެވެ. ފޯނު ހުޅުވިތަނާހެން ޝުދޫ ގުޅަން ފެށިއެވެ. އަހަރެން […]
” އެވާހަކަޔަކީ..” އަހަރެންގެ ބޭނުމަކީ ނީނާ ޝައުޤްވެރިކުރުވުމެވެ. ” ދެން ބުނެބަލަ.” ނީނާ ބޭނުންވީ އަހަރެން ބުނަނީ ކީކޭތޯ އަޑު އަނހާށެވެ. ” އެވާހަކަޔަކީ އަހަރެންގެ ހިތުގައި ނީނާއަށް ލޯބި އުފެދިއްޖެ. އަހަރެންނަށް ނޭނގިނަމަވެސް، ނީނާދެކެ ލޯބި ވެވިއްޖެ. ނިނާ ލޯބިވޭތަ އަހަރެން ދެކެ؟” ނީނާގެ ލޮލަށް ބަލަހައްޓައިގެން ހުރި އަހަރެން ބުނީމެވެ. ” ތިކަމާއި އަހަރެން ބުނާނީ ދެން ކީކޭ؟ ކުއްލިއަކަށް ޖަވާބެއް ނުދެވޭނެ. އަހަންނަށް ވަގުތު ކޮޅެއް ބޭނުންވާނެ.” އިސްދަށަށް ޖަހާލަމުން ނީނާ […]
” އެހެން ވިއްޔާ.. އަޑު އަނހާ.. އަހަންނަކީ އަޙްޞަން ހީކުރާ ކަހަލަ ކުއްޖެއްނޫން.. އަހަރެންގެ މޫނުމަތިން ރީތިކަމާއި އުޖާލާކަން އިންތިހާޔަށް ފެނުނަސް……….” ނީނާއަށް ޖުމްލަ ފުރިހަމަޔެއްނުކުރެވުނެވެ. ނީނާއަށް ގިސްލާ ރޮވެންފެށުނީ އެހިސާބުންނެވެ. ” އެހާ އަވަހަށް މާޔޫސްވާކަށް ނުވާނެ. ދިރިއުޅުމުގައި ކޮންމެ އިންސާނަކަށްވެސް ފުރުޞަތެއް އޮންނާނެ. އެފުރުޞަތުގެ ބޭނުން އަދިވެސް ނުހާއަށް ހިފިދާނެ.” ހިތްވަރު ދިނުމުގެ ގޮތުން އަހަރެން ބުނީމެވެ. ނީނާ ޖަވާބެއް ނުދިނެވެ. މަޑުމަޑުން ގިސްލަމުން ދިޔައެވެ. މޫދަށް ބަލަހައްޓައިގެން ނީނާ ގިސްލަމުން ދިޔަ […]
” އާނ ހަނދާންވެއްޖެ… އެކަމު ބުނަންތަ ވާހަކައެއް؟ ދެބަހުން ވާހަކަ ނުދައްކާ ދިވެހިން ވާހަކަ ދެއްކިއްޔާ ރަނގަޅީ؟” އަހަރެން ބުނީމެވެ. ” އޯކޭ. އެކަމު ޕްރޮމިސްކުރޭ މިރޭ ދިމާކުރާނެކަމަށް…. ޕްލީޒް.. ޕްލީޒް.. ޕްލީޒް..” ޝާނާ އާދޭސްކުރަންފެށިއެވެ. ” ޕްރޮމިސްއެއް ނުކުރެވޭނެ.” އަހަރެން ގިނަ ވާހަކަދައްކާކަށް ބޭނުމެއްނޫނެވެ. ” ވަރަށް މުހިއްމުވީމަ ޢާޒިމްއާއި ބައްދަލުކުރަން މިބުނީ. ޕްރޮމިސް ނުކުރިޔަސް ދެންބުނެބަލަ މިރޭ ބައްދަލުކޮށްލާނަމޭ. ޕްލީޒް.” ޝާނާ ތުއި އަޑަކުން ބޮޑާ ހާކާންފެށިއެވެ. ” އޯކޭ. ބަލާނަން.” އަހަރެން […]
” އެހެން މީހަކާއި ހަވާލު ނުކުރާތި! ސީދާ ނާއީ އަތަށް ދޭނީ!” އަހަރެން ބުނީމެވެ. ” މައްސަލައެއްނޯންނާނެ.” މަހުފޫޒާ ހެމުން ބުނެލިއެވެ. ” ވަރަށް ރަނގަޅު.” އަހަރެން ބުނީމެވެ. ” ދީފަ ކީކޭ ބުނަންވީ؟ ނާއީ ނުހިފައިފިއްޔާޔޯ؟” މަހުފޫޒާ ކުރީ ރަނގަޅު ސުވާލެކެވެ. ” ބުނޭ ނާބިލް ދިން އެއްޗެކޭ. ދެން ނުހިފައިފިއްޔާ މަހުފޫޒާ ކާލާނީ. އެވެސް ގޮތެއްނުދޯ.” އަަހަރެން އެހެން ބުނުމުން މަހުފޫޒާ ހިނިގަނޑެއް ޖަހާލިއެވެ. އަހަރެން މަޑުމަޑުން ގެއަށްދާން ނިކުތީ ދެނެވެ. އަހަރެން ނިކުންނަން […]
” މައްސަލައެއް ނޯންނާނެ. އެކަމަކު، އޭރުން ޑަބަލް ޕިއްޒާ. އޯކޭތަ؟” އަދުހަމް ލާނެތް ރާގަކަށް ބުނެލިއެވެ. ” މައްސަލައެއްނެތް.” ޕިއްޒާ ދީގެން ނަމަވެސް، މަންމައާއި ހަމައަށް އެކަން ދިއުމަށް އަހަރެން ބޭނުމެއްނޫނެވެ. ކައިނިމިގެން އަހަރެން ވަނީ ކޮޓަރިއަށެވެ. ” އޭ. ކޮން ދުވަހަކުންތަ އޮފީހަށް ނިކުންނަނީ؟ ޗުއްޓީ ހަމަނުވަނީތަ އަދިވެސް؟” ނަޖާ އަހަންނަށް ގުޅީ އެވަގުތު ގައެވެ. ” މީހުންނަށް ގުޅާލާއިރު ސަލާމް ގޮވާލުމެއްވެސް ނޯވޭތަ؟” އަހަރެން ބުނީމެވެ. ” އޭ. ހަނދާން ނެތުނީ؟” ނަޖާ އަވަސް […]
” މިބުނީ ދިރިއުޅުމަކީވެސް އެކަހަލަ ކަމެކޭ. އެއްދުވަހު ކަންތައްތައްދާގޮތަށް އަނެއްދުވަހު ނުގޮސްދާނެޔޭ. އެކަމު، ކެރިގެން ކުރިމަތިލައިފިއްޔާ ކާމިޔާބު ވުމަކީ އެކަށީގެންވާ ކަމެކޭ.” އަހަރެން މަޑުމަޑުން ބުނީމެވެ. ” ތިކަން އޮންނަނީ ތިހެން. އެކަމަކު ދިރިއުޅުމުގެ މާޒީގައި ދިމާވެފައިވާ ބައެއް ކަންތައްތަކުގެ ސަބަބުން ތިބުނާ ހިތްވަރު ހުރިހާ މީހުނެގެ ހުރޭބާ؟” ޝިފާ ކޮށްލީ ބޮޑު ސުވާލެކެވެ. ” ކީއްވެބާ ތިހެން ތިބުނީ؟ އަނެއްކާ ޝިފާގެ މާޒީގައި ލައްތަކެއް ޖެހިފަވަނީބާ؟” އަހަރެން މަޑުމަޑުން ބުނީމެވެ. ” ނޫނޭ. ތިހެނެއްވެސް ނޫން. […]
އޭނާ އަހަންނަށް ބަލާލިއެވެ. ހިނިތުންވެލިއެވެ. އެ މޫނު މަތީގައި އުފާވެރިކަމެއްނެތެވެ. ދިރުމެއް ނެތެވެ. ހިތަށް އެރިއެވެ. ކީއްވެގެން ހެއްޔެވެ؟ އެހެންވެދާނެ ހެއްޔެވެ؟ ފެންނަ ފެނުމަށް އެއީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. ނަމެއް އަހަންނަކަށް ނޭނގެއެވެ. ހިތުގައި ސުވާލު މާރކެއްޖެހުނީ އަހަންނަށް ބަލާފައި ހިނިތުން ވެލިގޮތުންނެވެ. އަހަންނަށް ދެން ބަލާލެވުނީ ގަޑިއަށެވެ. އޭރު ރޭގަނޑު ދެގަޑި ބައިވަނީއެވެ. އަހަރެން ހުރީ އާރޓިފިޝަލް ބީޗްގެ ގޮނޑިއެއްގައި އިށީނދެގެންނެވެ. އޭނާ އިނީ އަހަރެން އިށީނދެގެން އިން ގޮޑިއާއި މާ ދުރުނޫން […]