” މިހާރު އެބައާދޭ.” އިމާން ބުނެލިއެވެ. ” ހާދަ ވަރަކަށް އެމޭޒަށް ތިބަލަނީ؟ އަނެއްކާ ދަންނަ ބަޔަކު ތިބީތަ؟” އިމާން އަނހާލިއެވެ. ” ދަންނަ ބަޔަކު ތިބީއެއްނޫން. ދަންނަހެން ހީވާ އަޑެއް އިވޭތީ މިބަލަނީ.” އަހަރެން މަޑުމަޑުން އިމާންއާއި ދިމާލަށް ބަލާލަމުން ބުނީމެވެ. “އެހެންތަ؟ އެހެން ދަންނަ ކިތައްމެ އަޑެއްއިވޭނެ. އެހުރިހާ އަޑަކަށް ސަމާލުކަން ދޭކަށް ނުވާނެ. އެހެން އުޅެން ހަދައިގެން ގޯސް އަޑެއް އިވިގެން މީހާ ހަލާކުވެސް ވެދާނެ. މިހާރުވެސް ކުޑަކޮށް ތިދަނީ ހަލާކުވަމުން. ޝުދޫއަކާއި […]
” ތީ ޝުދޫތަ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ. ” އޭ.ކީކޭ؟” އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ” މީ ޢާޒިމް. އަހަރެން މިއެހީ ތީ ޝުދޫހޭ؟” އަހަރެން ދެވަނަ ފަހަރަށް އޭނާއަށް ބަލާލަމުން އަނހާލީމެވެ. ” އޯ. ސޮރީ އަހަންނަކީޝުދޫއެއްނޫން. އެކަމަކު، އަހަރެންގެ ކޮއްކޮއަކަށް އެނަން ކިޔާނެ. އަހަންނަށް ކިޔަނީ ޝާނާ.” ލުއި ހިނިތުންވުމަކާއިއެކު، އޭނާ ބުނެލިއެވެ. ” އެހެންވިއްޔާ މިގެންގޮސް ޝުދޫއަށް ދެވިދާނެތަ؟” ފިނިފެންމާ ބޮޑު ޝާނާއަށް ދިއްކޮށްލަމުން ސުވާލުކޮށްލީމެވެ. ” ނޫނޭ. އަހަންނަކަށް ނުކެރޭނެ. […]
އަހަރެން ސާނާއާއި ކައިވެނި ކުރީ ވަރަށް ލޯބިންނެވެ. ދިރިއުޅުމުގެ ހުރިހާ އުފާތަކެއް ޙާޞިލްކުރުމަށެވެ. ދާންބޭނުންވާ މަންޒިލަށް އޮމާން އަމާންކަމާއިއެކު، ދެވޭނެކަމުގެ އުންމީދުގައެވެ. ރައްޓެހިވެގެން ތިން އަހަރު އުޅުމަށްފަހުގައެވެ. ވީއިރު، އަހަންނަށް ސާނާ ވަރަށް ރަނގަޅަށް ވަނީ ދަސްވެފައެވެ. އެހެންވެ، އަހަރެމެންގެ މެދުގައި މައްސަލަޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ނޫން ހެއްޔެވެ؟ ކައިވެންޏަށް ދެއަހަރުވިއިރު، އަހަރެމެންނަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. ދެފަރާތުގެ ޢާއިލާގެ ލޯބި ލިބިގެން ދަރިފުޅު ބޮޑުވަމުން ދިޔައެވެ. ވަރަށް އުފާކުރީމެވެ. ދިރިއުޅުމުގައި ސާނާ ފަދަ އަންހެނަކާއި […]
” ހަމަ ބާއްވަންވީތަ ފޯން؟” ޔަޤީންކޮށްލުމުގެ ގޮތުން ޝުދޫ އަނހާލިއެވެ. ” އާނ. މިބު ނީ ފޯން ބާއްވާށޭ. އަސްލު ދިވެހި ބަހުން މިބުނީވެސް. ޝުދޫގެ ކަންފަތުގަ ހަމަ އަސްލުވެސް މައްސަލަ ހުރޭދޯ މިހާރު.” އަހަރެން ބުނީމެވެ. ” ވަރަށް ދެރަވެއްޖެ ޢާޒިމް ތިހެން ބުނުމުން. އަހަރެން މިގުޅަނީ ޢާޒިމްއަށް ވަރަށް އުފާވެރި ޚަބަރެއް ދޭންވެގެން.” ޝުދޫ ހެމުން ބުނެލިއެވެ. ” ބޭނުމެއްނޫން ޝުދޫދޭ އުފާވެރި ޚަބަރެއް އަޑުއަނހާކަށް! ތިއުފާވެރި ޚަބަރުތައް އަޑުއަނހާ މިހާރު އަހަރެންގެ ހިތް […]
ނޯޓް: މިވާހަކައަކީ 2011 ވަނަ އަހަރު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް 4 ގައި ތަޢުލީމް ޙާޞިލްކުރި އަޙްމަދު އަބާން ޢަޒުމް އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކައެއްގެ ތަރުޖަމާއެވެ. ހަނދާނާއި ތާރީޚަށްޓަކައި މިވާހަކަ މިސައިޓްގައި ޝާޢިއުކޮށްލީމެވެ “ ” ކަލޭމެންނަށް ހަމަ ނުފެނުނީތަ އަހަރެން ނޫން މީހަކު މިތަނަށް ގެންނަން؟ އަހަރެން ފަޤީރުވީމަ އަހަރެންގެ ޝަރީޢަތް ތި ކުރަނީ. މީކޮންކަހަލަ އިންސާފެއް.!!!” ބަކުރުބޭ ރުޅިން ހުރެ ބުނެލިއެވެ. ” ޝަރީޢަތުގެ މައިދާނުގަ ބޭކާރު ވާހަކަ ނުދައްކާ. ދެންވެސް މަޑުން ހުރެވޭތޯބަލާ. […]
” ހަލޯ. ކިހިނެއްތަ ޙާލު؟” އަހަރެންގެ ކަންފަތުގައި ޖެހުނީ އަހަރެން ދަންނަ އަޑެއްނޫނެވެ. ” ތީ ކޮން ކުއްޖެއްބާ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ. ” ހާދަ ހަނދާން ބައްޔޭދޯ. މީޝިފާ. ރޭގަ ކޮފީއިން ދިމާވިއެއްނުދޯ.” ޝިފާ އެހެން ބުނުމުން އަހަންނަށް ލިބުނީ ޙައިރާންކަމެކެވެ. ” އެހެންތަ؟ ކީއްކުރާށޯ ތި ގުޅާލީ؟” އަހަރެން އަނހާލީމެވެ. ” ދެން ހަމަ ވާހަކަ ދައްކާލަން މިގުޅާލީ. އަނެއްކާ ޢާޒިމްއަށް ގުޅައިގެން ނުވޭތަ؟” ޝިފާ މަޑުމަޑުން ބުނެލިއެވެ. ” ނޫނޭ. ހަމަ ގުޅަންވީ. […]
އަހަރެން ސައިކަލަށް އަރާ ސްޓާޓްކޮށްލަނިކޮށް ފޯނަށް މިސްކޯލެއް އައެވެ. ބަލާލިއިރު، ގުޅާފައި އިނީ ޝުދޫއެވެ. ” ހާދަ ނުވަގުތެއްގަ ތިގުޅީ؟” އަހަރެން އަވަހަށް ގުޅުމަށްފަހު އަނހާލީމެވެ. ” ދެން ހަމަ އުދަނގޫ ކޮށްލާހިތުން މިގުޅީ؟” ޝުދޫ ހިނިގަނޑެއް ޖަހާލިއެވެ. ” އަދިވެސް އަހަންނަށް އުދަނގޫކުރަނީދޯ. މިހިތުގަ ހާދަ އެބަރިހޭ؟” އަހަރެން ބުނީމެވެ. ” ތިހެން ރިހޭ ހުރިހާ ހިތެއްގެ ރިހުން އަހަންނަކަށް ނުފިލުވޭނެ. އޭ ދެން ބާއި. މިހާރު މާލެދާން ހަތްދުވަހަށްވަނީ. ޔިއްޕީ. ޔިއްޕީ. މާލެދެވެނީ..” ޝުދޫ […]
ނޯޓް: މިވާހަކައަކީ 2011 ވަނަ އަހަރު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް 4 ގައި ތަޢުލީމް ޙާޞިލްކުރި އަޙްމަދު އަބާން ޢަޒުމް އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކައެއްގެ ތަރުޖަމާއެވެ. ހަނދާނާއި ތާރީޚަށްޓަކައި މިވާހަކަ މިސައިޓްގައި ޝާޢިއުކޮށްލީމެވެ ” މިރޭވެސް ދަނީތަ ބައްޕަ މަހަށް؟ ” ރިހާންގެ ބައްޕަ މަސް ބާނަންދާ ސާމާނުތައް ހިފައިގެން ގެއިން ނިކުންނަން ދިމާކުރުމުން ރިހާން ބުނެލިއެވެ. ” ކީއްތަވީ؟ މަސްބާނަން އޮވޭތަ ވަކި ރެއެއް؟” ރިހާންގެ ބައްޕަ ބަކުރު ބުނެލިއެވެ. ” ތިހެން އުޅެނިކޮށް ބައްޕައަށް […]
” ހަމަ އަސްލުވެސް އަހަންނަށް ޝުދޫ ދެކެ ވަރަށް ލޯބި ވެވިއްޖެ. ނުފެނުނަސް، ބައްދަލުނުވިޔަސް، އަހަންނަށް ބައެއް ފަހަރު ހީވަނީ ޝުދޫއާއިއެކު އުޅެވޭހެން.” އަހަރެން އަސަރާއިއެކު ބުނީމެވެ. ” ލޯތްބަކީ މިދުނިޔޭގައި އަހަރެން ދުވަހަކުވެސް ޤަބޫލުކުރާނެ އެއްޗެއްނޫން.” ޝުދޫ އާދައިގެ ގޮތަކަށް ބުނެލިއެވެ. ” ތިހެން ބުނަން ހެޔޮވެސް ނުވާނެ. ކޮންމެވެސް އެއް ދުވަހަކުން ޝުދޫގެ ހިތުގައި މީހަކަށް ލޯބި އުފެދުމުން، އަހަރެން މިބުނާ ބަސް ހިތަށް އަރާނެ. އޭރު އޮންނަނީ ވަގުތުފާއިތުވެފަ.” އަހަރެން ޝުދޫއަށް ވިސްނައިދޭން […]