ނޯޓް: މީ ވާހަކައެއް ނޫނެވެ. ކަލާ ހިތާމަކުރާ ކަމުގައިވާނަމަ އަހަންނަށް ގުޅާ ލައްޗެވެ. އަހަންނަށް ކަލާގެ ހިތް އުފާ ކޮށް ނުދެވިދާނެއެވެ. އެކަމަކު، އަހަރެން ކަލާ އާއިއެކު ހިތާމަކޮށް ރޮއި ހަދާނަމެވެ. ކަލާ މިދުނިޔެމަތިން ފޫހިވެ، ފިލަން ދުވާކަމުގައިވާނަމަ އަހަންނަށް ގުޅާލައްޗެވެ. އަހަރެން ކަލާއަށް ހުރަސްއަޅާ ހުއްޓުވާކަށް ނޫޅޭނަމެވެ. އެކަމަކު، ކަލާގެ ފަހަތުން ފިލަން ދުވޭތޯ ބަލާނަމެވެ. ކަލާ ހަނުހުންނަން ބޭނުންކަމުގައިވާނަމަ އަހަންނަށް ގުޅާލައްޗެވެ. އަހަރެން ކަލާއާއި ވާހަކަ ދައްކާކަށް ނޫޅޭނަމެވެ. އެކަމަކު، ކަލާއާއިއެކު މަޑުމަޑުން ހަނުހުންނާނަމެވެ. […]
ނޯޓް: މީ ވާހަކައެއް ނޫނެވެ. ކަޅި ޖަހާ ނުލާ އަހަރެން ބަލަހައްޓައިގެން ހުރީމެވެ. އެމޫނަށެވެ. ލޯބި ލޯބި މޫނެކެވެ. ލުއި ހިނިތުން ވުމެކެވެ. މަސްތީ ބެލުމެކެވެ. ބަލާ ފޫހިވުމެއް ނެތެވެ. އެހާވެސް ފުރިހަމައެވެ. ލަފެއް ލަކުނެއްނެތެވެ. ހިތަށް އެރިއެވެ. ރީތިކަމަކީ ހާދަހާ ވާ ފުރިހަކަމެއް ތާއެވެ. ބަސްހުއްޓުނެވެ. ފަން ފަށުވި އިސްތަށި ގަނޑެކެވެ. އޮފްއަރާއިރު ބަލާލަން ފުރިހަމައެވެ. ލޮލުގެ ކަޅިރަވަ ތޫނެވެ. އުޖާލާވެފައި ހިތްގައިމެވެ. ފާޑެއް ނުކިޔޭނެއެވެ. މަޑުމަޑު ފިޔާތޮށި ކުލައިގެ ތުނިތުނި ނާޒުކު ތުންފަތެކެވެ. ބީހެއްހިތްވާނެއެވެ. […]
ޢާއިލާއެއްގެ ދިރިއުޅުން ހަމަޖެހޭ އުފާވެރިގޮތެއްގައި ވޭތު ކުރެވޭނީ، އެޢާއިލާގެ އިސްކޮށް ތިބި މީހުންނަކީ ނުފޫޒުން އެއްކިބާވެގެންވާ މިނިވަން ވިސްނުމެއްގެ މަތީގައި ދިރިއުޅުން ވޭތުކުރާ ބަޔަކަށް ވެގެންނެވެ. މިތާނގައި ޢާއިލާއެއްކަމަށް ސިފަ މިކުރަނީ ދެމަފިރިންނާއި ދަރިންގެ މައްޗަށެވެ. މިދެންނެވި ޢާއިލާގެ ދިރިއުޅުން ހަމަޖެހޭގޮތެއްގައި ވޭތުކޮށް، ބާއްޖަވެރި ޙަޔާތަކަށް މަގުފަހިކުރެވޭނީ، ދެމަފިން، އެކަކު އަނެކެއްގެ މައްޗަށް ނުފޫޒު ނުފޯރުވާ، ގުޅިގެން އެއް ރޫޙެއްގައި ދިރިއުޅުން ވޭތުކޮށްގެންނެވެ. ނަމަވެސް، އަޅުގަނޑުމެންގެ މިމުޖުތަމަޢުގައި ޢާއިލާތައް ސިފަކުރެވިގެންދަނީ މިދެންނެވިގޮތާއި މުޅިން ޚިލާފަށެވެ. މިމުޖުތަމަޢުގައި ގިނައިން […]
މީހާ މީހަކަށް ވަނީ އިސްކޮޅުން ކުރުވެ، ގޮތްދާ ހިތްލާ، އަޑަށް ބާރުލާ ވާހަކަ ދައްކައިގެނެއްނޫނެވެ. ނުވަތަ، އަޑުއޮތްތަނަކަށް ހަޅޭއްލާ ހިތަށް އަރާ އެއްޗެއް ދެން ތިބި މީހުންނާއި ދިމާލަށް ބުނުމަކުންވެސް ނޫނެވެ. ނުވަތަ ތިމާ ބުނާއެއްޗެއްގެ މާނަ އެހެން މީހަކު ޝަރަޙަކޮށްދިނުމަކުންވެސް ނޫނެވެ. އަދި، ގަދަ ބާރުން މުޢާމަލާތްކޮށް، ދެން ތިބި މީހުންގެ ހިތްތައް ބިރުވެރިކަމުން ފުރާލާ، ތިމާ ބޭނުންވާ ކަމެއް އެވެނި ގޮތަކަށް ނުވަތަ މިވެނި ގޮތަކަށް ނަމަވެސް، ޙާޞިލްކުރާނެކަމަށް ބުނެ، އިންޒާރު ދީގެނެއްވެސް ނުމެ […]
ދުލުން ބަހެއް ބުނާއިރު، މިބުނެވެނީ ކީކޭކަން ހަންދާންކުރާށެވެ! ފެންވަރައި ނިމިގެން ނަހުމާ އައިސް ޑްރެސިންގ ޓޭބަލްގެ ކުރިމައްޗަށް ހުއްޓިލިއެވެ. އޭރު ނަހުމާ އިނީ ނަހުމާ އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެނެވެ. ދެން މަޑުމަޑުން ލޯގަނޑުން މޫނު ބަލާލިއެވެ. އެއަށްފަހު އިސްތަށިގަނޑުން ފެން ހިއްކާލިއެވެ. ބޯއޮމާންކޮށްލިއެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ނަހުމާ ހާލާކީއެވެ. މޫނު އޮމާން ކޮށްލިއެވެ. ދެން މަޑުމަޑުން ލޯގަނޑުން މޫނުބަލާލިއެވެ. ނަހުމާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މޭކަޕްކޮށްލުމުން ނަހުމާގެ ރީތިކަން […]
އަހަރެން ސިގިރޭޓެއް ނުބޮމެވެ. ކޮފީއެއް ނުބޮމެވެ. ރައްޓެހިންނާއިއެކު ހީ ސަމާސާ ކުރުމެއް މިހާރަކު ނެތެވެ. ހުރިހާ ކަމެއް ބަދަލުވީ ކުއްލިއަކަށެވެ. ހީވެސް ނުކުރާހާ އަވަހަށެވެ. ދުރުން މަންޒަރު ބަލަން ހުންނަ މީހާވެސް ކޮސްވާނެއެވެ. އަހަންނަށް ކުއްލި މި ބޮޑު ބަދަލު އައީ ކީއްވެހޭ ސުވާލުވެސް ކުރާނެއެވެ. މާޒީގައި އަހަންނަކީ ރަނގަޅަށް އުޅެނު މީހެއް ނޫނެވެ. އަހަންނަށްވުރެ ގިނައިން ދުވާލަކު ސިނގިރޭޓް ކޮފީ ބުއި އުޅުނު އިންސާނަކު ވާނެހެނެއް ހީއެއް ނުވެއެވެ. ނަމާދު ގަޑިއެއް އެހެން ގަޑިއެއް ނުބަލާ، […]
ޖެހެމުން ދިޔަ ފިނިވައިން އަހަރެންގެ ހިތާއި ހަށިގަނޑަށް ތަޞައްލީ ހޯދަމުން ދިޔައީމެވެ. މަޑުމަޑުން ނިދެންފެށުނު ކަހަލައެވެ. އަނެއްކާވެސް ފޯން ރިންގްވާން ފެށިއެވެ. ފޯނަކަށް ފަހު ފޯނެއް އަންނަމުން މެސެޖެއްގެ ފުލުގައި މެސެޖެއް އަންނަމުން ދިޔައެވެ. ކަހާތަން ހިރުވާވެސް ނުލާ އަހަރެން މައްޗަށް ބަލައިގެން އޮތީމެވެ. އެއްފައިން އުނދޯލި ހެއްލަމުން ދިޔައިރު ޖެހެމުން ދިޔަ ނަލަވައިން ހުރިހާ ކަމެއް އަހަރެންގެ ހިތުން ފިލައިގެން ދިޔަކަހަލައެވެ. އަހަރެންގެ ހިތް އުފަލުން ފުރުނުކަހަލައެވެ. މީ އަހަރެން އުޅެން ބޭނުންވާ ގޮތެވެ. އެކަނި […]
އަހަރެން ކުއްލިއަކަށް ގެއިން ނިކުމެގެން ދުއްވައިގަތީމެވެ. ވަކި ދާނެ ތަނެއް ނޭނގި ދުވަމުން ދުވަމުން އަހަރެންދިޔައި ޚުދު ކޮންތާކަށްކަމެެއްވެސް އަހަންނަކަށް ނޭނެގެއެވެ. އެންމެ ފަހުން އަހަރެން ވަރުބަލި ވެއްޖެއެވެ. ވަރުބަލިކަން ފިލުވާލުމަށްޓަކައި އަހަރެން ދުވުން ހުއްޓީލީމެވެ. ދެން މަޑުމަޑުން ހިނގަން ފެށީމެވެ. އޭރު އަހަންނަށް އާދެވިފައިވާ ހުރީ ރަށުގެ އެންމެ ބޯ ޖަންގަލީ ހިސާބަށެވެ. މަޑުމަޑުން ހިނގަމުން ގޮސް ޖަންގަލީގެ ގަސްތަކުގެ ތެރެއަށް އަހަރެން ވަނީމެވެ. ވަގުތަކީ ހަވީރުވަމުން ދިޔަ ވަގުތު ކަމުން ޖަންގަލީގެ ތެރެއިން ފެންނަނީ […]