Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 22

Aishasha Level 310 Stories100 Login
November 25, 2019 5 Mins Read
1 Comment

އަނާނީ ކޮލެޖުން ގެއަށް އައިސް ވަން ތަނާ ފޯނު ކޯލެއް އައެވެ. ކާކުގެ ނަންބަރެއްކަން އެނގުމުން ނުނަގަން ހުރެފައި ވެސް ނެގީ ވީ ގޮތެއް ބަލައިލާށެވެ. ފޯނު ނެގުމާއެކީ މާ ގިނަ ވާހަކަތަކެއް ނުދައްކާ އީވާ ބުނެލީ ޔާނިއުގެ ހަޤީޤަތް އެނގެން ބޭނުން ނަމަ އެރޭ 9 ޖަހާ އިރު ރެސްޓޯރެންޓަކަށް އައުމަށެވެ. އަނާނީއަށް ޖަވާބެއް ވެސް ނުދެވި އުޅެނިކޮށް އީވާ ފޯނު ކަނޑައިލިއެވެ. ދެން ގުޅާފައި ނުދެވޭނެ ވާހަކަ ބުނަން އުޅެފައި ވެސް އަނާނީގެ ހިތް އެކަމަށް ދެކޮޅު ހެދިއެވެ. އެހެންކަމުން ބުނެލީ އެގަޑިއަށް އެތަނަށް ދާނެ ކަމުގައެވެ.

ޔާނިއުގެ ހަޤީޤަތަކީ އަނާނީ އެންމެ ކުރިންސުރެ ވެސް ހޯދަން ބޭނުންވެގެން ކެތްތެރިކަން ކޮޅުންލައިފައިވާ އެއްޗެކެވެ. އެހެންކަމުން މިއަދު މި ލިބުނީ ރަނުގެ ފުރުސަތެކެވެ. ޔާނިއުއާމެދު އެއްވެސް އިހުސާސެއް ނުބޭއްވުމަށާއި، ޔާނިއުގެ ނަން ވެސް ހަނދާނުން ފޮހެލަން ހިތަށް ވިސްނައިދީދީ ވަރުބަލިވި އިރުވެސް އެކަމެއް ނުވިއެވެ. އީވާގެ ދަޢުވަތަށް އިޖާބަ ދެވުނީ ވެސް ހިތުގެ ކަނެއްގައި ޔާނިއު އަދިވެސް ފޮރުވިފައި ވީތީއެވެ. އެހެން ނޫންނަމަ މިއަދު ޔާނިއު އަކީ އަނާނީއަށް އެއްވެސް މީހެއް ނޫނެވެ. އޭނާގެ ހަޤީޤަތް އެނގުން ވެސް މުހިއްމެއް ނުވީހެވެ.

ރައްޓެއްސަކާއެކީ ބޭރަށް ދާ ވާހަކަ ލޫކަސް ކައިރީ ބުނެފައި، އަނާނީ ހިނގާފައި އެކަނިމާއެކަނި ދިޔައީ އީވާ ބުނެފަ އޮތްހެން ރަސްފަންނަށެވެ. އެތާ ހުންނަ ގްލޯރިއާ ޖީންސް އަށް އެރި އިރު އަނާނީ ހުރީ ލޮޑުވެފައެވެ. ހީކުރި ވަރަށްވުރެ މީހުން ގިނަ ވިޔަސް، އެކަނި އިން އީވާ ވަރަށް ފަސޭހައިން ލޮލުގައި އަޅައިގަތެވެ. އަނާނީ ހިނގައިގަތީ އީވާ އިން މޭޒަށެވެ.

“ހެއި އަނާނީ.” އަނާނީ އިށީނުމުން އީވާ އާދައިގެ ގޮތަކަށް ގޮވައިލިއެވެ. “ކޯއްޗެއް ގެންނާނީ؟”

“ހޮޓް ޗޮކްލެޓެއް އޯކޭ ވާނެ.” އަނާނީ ޖަވާބު ދިނެވެ. އެއާއެކު އިވާ ތެދުވެގެން ދިޔައީ އޯޑަރު ދޭށެވެ.

އީވާ އެނބުރި އައިސް ވާހަކަ ފެށިއެވެ. “ޔާން އަކީ ވަރަށް ނައިސް މީހެއް. މީހުންނަށް ހެސްކިޔާފަ ނައިސް ވާނެ. މަށަށް ވަރަށް ބަލާ ވަރަށް ކްލޯޒް ފްރެންޑެއް. އެކަމަކު..” އީވާ ވާހަކަ މެދުކަނޑާލާފައި އަނާނީގެ މޫނަށް ބަލައިލި އިރު އަނާނީ އިނީ ކަނުލައި އަޑުއަހާށެވެ. “އަނާނީއަށް އިނގޭ ދޯ އެއީ ބޭޑް ބޯއީ ޓައިޕް ކަން. އެ ގޯޅިއަށް ގޮއްސަ ހުރިއްޔާ އިނގޭނެ.”

އަނާނީ މަޑުމަޑުން ބޯ ޖަހައިލިއެވެ. “އެންޑް މައި ފްރެންޑް އޯލްސޯ ޓޯލްޑް މީ. ތަންކޮޅެއް ކުރިން. އޭނައަށް ޔާން އިނގޭ ކޮންމެވެސް ވަރަކަށް. ޔާން ކަޒިންއެއްގެ ފަރާތުން.” އަނާނީ ބުނީ ރީޝާގެ ވާހަކައެވެ.

“ޔެސް. ޔާން އަކީ ޕާޓޭއެކޭ ބުނެވިދާނެ. މޫނުމަތިން އެ ފާޑު ނުޖެހިޔަސް އުޅުން ހުންނާނީ އެކަހަލަ ގޮތަކަށް. ދަންވަރު ހޭލާ ހުރެ ރައްޓެހިންނާއެކީ އެތާ ތިބެގެން ގަންނަ ގަނޑެއް ގަންނާނީ. މަގޭ ފްރެންޑަކަށް ވިޔަސް މަ އަނާނީއަށް ދޮގެއް ހަދާކަށް ނެތިން. ޔާން ހަފްތާއަކު ހައެއްކަ ޕްރޮސްޓިޓިއުން ގެނެސްގެން އުޅޭނެ. ދެން އިނގޭނު. އެކަމަކު އެއްޗެހި ބޮއެ އެހެން ވަރަށް ނޫޅޭނެ. އެތާ އެހެން މީހުން އުޅުނަސް. އެތާ ގިނަ ވާނީ 24 ގަޑި އިރު ހަމައިގަ ނުހުންނަ މީހުން. ބަޓް ޔާން ވަރަށް މަދުން އެމީހުންނާ ޖޮއިން ކުރާނީ. ލައިކް ތާސްޑޭ ނައިޓްސްގަ. އެވެސް ބައެއް ހަފްތާ ތަކުގަ. ދެން ސްޕެޝަލް އޮކޭޝަންސްގަ.” އީވާ ޔާނިއުގެ ވާހަކަ ކިޔައިދެމުން ގެންދިޔައީ އެހެން މޭޒުތަކުގައި ތިބި މީހުންނަށް ނީވޭނެ ވަރަށެވެ. އަނާނީ އިނީ ވަރަށް ޝައުގުވެރި ވެފައެވެ. “އެއަށްވުރެ ބޮޑަށް ޔާންގެ އެހެން ސައިޑެއް އޮވޭ. ހީ އިޒް އަ.. ޑްރަގް ޑީލަރ.. އޭނަގެ މުޅި ފެމެލީއަށް އިނގޭ ބޮޑު ސިއްރެއް އެއީ. އެއްވެސް މީހެއް އިނގޭ ކަމަކަށް ނުހަދާނެ. އެއަށްވުރެ ގިނައިން ޔާން މަނީ މޭކް ކުރޭ. ދެން އެމީހުންނައްތާ ފައިދާވެސް ވާނީ ދޯ. ޔާން އިޒް އެޑިކްޓެޑް ޓު ދެޓް ބިޒްނަސް.” ޔާނިއު އެހައި ތަނަވަސް ދިރިއުޅުމެއް އުޅޭ ސަބަބު އަނާނީއަށް އެނގުނު ފުރަތަމަ ފަހަރަކީ މިއެވެ. ނަމަވެސް އޭނާ މާ ބޮޑަކަށް ހައިރާނެއް ނުވެއެވެ. މާ ކުރިން ވެސް އޭނާ ހުރީ އެކަހަލަ ކަމަކަށް ޝައްކު ކޮށްގެންނެވެ.

“އެކަމަކު ކީއްވެ؟” އަނާނީ އޮޅުންފިލުވަން ބޭނުންވީ ޔާނިއު އެކަމުން ދުރުވާން ބޭނުން ނުވާ ސަބަބެވެ.

“އީޒީ މަނީ. ލަގްޜޫރިއަސް ލައިފް. ދެން ތީގެ ސީދާ ޖަވާބެއް މަށަކަށް އަސްލު ނޭނގޭ. އެކަމަކު އެންމެންވެސް ބޭނުންވާނީ މުއްސަނދި ވާން ދޯ. ޔާން ވެސް ހަމަ އެހެން ތާ ވާނީ. އިނގޭތަ ޔާން ދޭތެރެއަކުން ގެންދާނެ ޖަލަށް ވެސް. އެކަމަކު އަނެއްކާވެސް ބޮޑު ލާރިގަނޑެއް ދިނީމަ ދޫކޮށްލާނެ. އެކަހަލަ ގޮތަކަށް ދާނީ. މި ފަހުން އަނާނީއަށް ޔާންގެ ހަބަރެއް ނުވެގެން އުޅުނީ ވެސް އެހެންވެ. ހީ ވޯޒް އިން ޖެއިލް..” އީވާ ކިޔައިދިނެވެ.

“އަސްލުތަ…” އަނާނީ ކުޑަކޮށް ހައިރާންވިއެވެ. އަދި ދެރަވެސް ވިއެވެ. “އަޅެ ޔާން ދެން އެކަން ހުއްޓައެއް ނުލާނެތަ ހަމަ؟ އީވާގެ ތިހާ ކްލޯޒް ފްރެންޑެއް ވިއްޔާ ވިސްނައިދޭން ވާނެ އެންނު. ނަސޭހަތް ދީބަ.”

އީވާ މަޑު ހިނިގަނޑެއް ޖަހައިލިއެވެ. “ކިތައް ދުވަހު ކިތައް ގޮތަށް ވިސްނައިދޭން އުޅުނިން. އެކަމަކު މަ ދެކެ ރުޅި އަންނާނީ ނަސޭހަތެއް ދިނަސް. ހުރެދާނެ މަ އެވޮއިޑް ކޮށްގެން ވެސް މާ ގިނައިން ނަސޭހަތް ދޭތީ. އެހެންވެ ފަހުން ފަހުން އަޅައެއް ނުލަން. މިހެން ބުނާ އިރު މަށަކީ މާ ރަނގަޅަށް އުޅޭ މީހެއް ނޫން އިނގޭ! މަ ވެސް ބައެއްފަހަރު.. އެމީހުންނާ ޖޮއިން ވެލަައިގެން ޕާޓީ ޕިލް އެއް އެއްޗެއް ނަގާލަން.. ބަޓް އައި އޭމް ޓްރައިންގް ޓު ސްޓޮޕް ޓޫ.” އީވާ އޭނާގެ އަމިއްލަ ހަޤީޤަތް ވެސް ހާމަކޮށްލީ އަނާނީ އަނދިރީގައި ނުބެހެއްޓުމަށެވެ. “އެކަމަކުވެވސް ޔާން އެ އުޅޭ ގޮތް މަށަށް ކަމަކު ނުދޭ. އޭނަގެ ބިޒްނަސް މިހާރު ވަރަށް ފުޅާ ވާނެ. ހީ އިޒް ސަމްވަޓް އަ މިލިއަނާ. އެކަމަކު ކިހިނެއް އިނގޭނީ ބޮޑު ހުކުމެއް އަންނާނެ ދުވަހެއް. ކޮންމެ ފަހަރަކު ސަލާމަތެއް ވެސް ނުވާނެ ދޯ. ދެޓްސް ވަޓް އައި އޭމް އަފްރައިޑް އޮފް.”

“އައި ވޯންޓް ޓު ޓޯކް ޓު ހިމް. އަހަރެން ބޭނުން ވިސްނައިދޭން.” އަނާނީ ބުންޏެވެ.

“އަނާނީ ވަރަށް ލޯބިވޭ ދޯ؟” އީވާ ކުއްލިއަކަށް ކޮށްލި ސުވާލަކުން އަނާނިގެ ހިތް ތެޅިގަތެވެ. ހާސްވެ ދާހިއްލަން ފެށީ އޭގެ ޖަވާބު ދޭނެ ގޮތެއް ނޭނގޭތީއެވެ.

“އައި ހޭވް ފީލިންގްސް ފޯ ހިމް. ހީ އިޒް މައި ފަސްޓް ކްރަޝް.. ފަސްޓް އެވްރީތިންގ.. ދެން މިއީ ލޯބި ކަމެއް ނޭނގޭ ބުނާކަށް..” އަނާނީ އޮޅުވާލުމެއް ނެތި ކިޔައިދިނެވެ.

“އިނގޭތަ. ޔާން އަކީ އަންހެން ކުދިން މާ ސީރިއަސްކޮށް ނަގާ މީހެއް ނޫން. އަސްލު ވީ ގޮތަކީ.. ޔާން އަލަށް ކުއްޖަކާ ރައްޓެހިވީ މީގެ ތިން ވަރަކަށް އަހަރު ކުރިން. އޭރު ޔާން އެހާ ރިޗް އެއް ނުވާނެ ހަމަ ނޯމަލް ލައިފެއްގަ އުޅޭނީ. ދެން އެކުއްޖާއާ ވަރަށް ސީރިއަސް ރިލޭޝަންޝިޕެއްގަ އުޅެނިކޮށް އެކުއްޖާ ޔާން އަށް ޗީޓު ކުރީ. އެއީ އަދި ޔާން އެކުއްޖާ ޔާންގެ ފެމެލީ އެންމެންނާ މީޓް ކުރުވާ ވަރަށް ސީރިއަސްވި ފަހުން ހަމަ. ދެން ކިހާ ކަޑަ ވާނެ ދޯ. އެހެންވެ  އެކުއްޖާއާ ރުޅިވެފަ އޭގެ ފަހުން ޔާން ޗޭންޖު ވީ ޕްލޭބޯއީ އަކަށް. އޭނަ އަންހެން ކުދިން ގެންގުޅޭނީ އަމިއްލަ ބޭނުން ފުއްދައިލަން. ދުވަހަކު ވެސް ދެން އަންހެން ކުއްޖެއް ސީރިއަސް ކޮށް ނުނަގާނަމޭ ބުނީ. އެހާ ވެސް ވައި ވެފަ އޭނަ ހުރީ ސާރާ ކަންތައް ކުރި ގޮތުން.” އީވާ ކިޔައިދެމުން ދިޔައީ ޔާނިއުގެ ލޯބީގެ ހަޔާތުގެ ވާހަކައެވެ.

“ސާރާއޭ؟” އަނާނީއަށް އަހައިލެވުނެވެ. ނަމަވެސް އެއް ނަމެއް ކިޔާ އެތައް ބައިވަރު އަންހެން ކުދިން އުޅޭނެކަން ވިސްނުމުން އެކަމަށް ސަމާލު ކަމެއް ނުދިނެވެ.

“ސާރާ މަށާ ވެސް ފްރެންޑް ވާނެ ޔާންގެ ފަރާތުން. އެކަމަކު ހަމައެކަނި ހައި ބައި ޓައިޕް ފްރެންޑެއް އެއީ. އަބަދުވެސް ފޮނި ކަމެއް ހުރޭ އޭނަގެ. ތެދަށް ބުނަންޏާ އައި ސޯ ދެޓް ކަމިންގ. އިނގޭ އެއީ އެހާ ލޯޔަލް ކުއްޖެއް ނޫންކަން. ނަސީބެއް ޔާން ރުޅިވި ކަން. މިހާރު މަ ފެނުނަސް އަނެއް ފަރާތަށް މޫނު އަނބުރައިލާނީ.” އީވާ ހޭންފެށިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަނާނީއާ ކުޑަކޮށް ކައިރިވެލާފައި ވާހަކަ ފެށިއެވެ. “އެކަމަކު އިނގޭތަ.. ޔާން އަނާނީއާ ދިމާވި ފަހުން ވަރަށް ޗޭންޖުވި ކަން މަށަށް ފާހަގަވި. އަދި އަނާނީ ގެންގުޅުނީ އެހެން އަންހެން ކުދިން ގެންގުޅޭ ގޮތާ ތަފާތުކޮށް. އަނާނީއަށް ވަރަށް ކެއާ ކުރި. އަދި އަނާނީ ޕްރެގް ވާހަކަ ޔާން ކައިރީ ބުނި ދުވަހު، ވާހަކައެއް ތެރެއިން ބުނި އެބަ ހިޔާލު ކުރަމޭ އެ ކަންތައް ދޫކޮށްލަން. އެ ބިޒްނަސް. އެކަމަކު ފަހުން އަނާނީ ލޫކަސްއާ މެރީ ކުރި ވާހަކަ ބުނީމަ ހުރީ ވަރަށް މޫޑު ކަޓާފަ. އައި ސޯ ސަމް ކަނެކްޝަން ދެއާ. މަށަށް ހީވޭ އޭނަ އަނާނީއާ ދޭތެރޭ ވިސްނާހެން. ގޯޅި އެންމެންވެސް އެ ވާހަކަ ދެއްކި. ޔާން އެއްބަހެއް ނުވި، ބަޓް އައި ތިންކް ހީ ހޭޒް ފީލިިންގްސް ފޯ ޔޫ ޓޫ. އެކަމަކު އޭނަ ބުނެފަ އޮތީ ދުވަހަކު ވެސް އަންހެން ކުއްޖެއް ދެކެ ލޯތްބެއް ނުވާނަމޯ. އަނެއްކާ އެއީ ވަރަށް ގޮތުގަ ހިފަހައްޓާ މީހެއް. އެހެންވެ ގަދަ ބަހެއް ބުނެވިފަ އޮތީމަ އެއްބަސް ނުވާން ކަންނޭނގެ އެ ހުންނަނީ..” އީވާ އޭނާ ދެކޭ ގޮތް ކިޔައިދިނެވެ.

އީވާގެ ވާހަކަ ތަކުން އަނާނީއަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ނަމަވެސް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ވެސް ހިތަށް ވެރިވިއެވެ. ޔާނިއު އޭނާއާ ދޭތެރޭ އެހާ ގާތް ގޮތެއް ބެހެއްޓި އިރު، އެއީ އެހެން އަންހެން ކުދިންނާ ބާއްވާ ގުޅުމަށްވުރެ ހާއްސަ ގުޅުމެއް ކަން ކުރިން އެނގިފައި ނެތީ ޔާނިއުގެ މާ ބޮޑު މަޢުލޫމާތެއް އޭރު ނެތީމައެވެ. ނަމަވެސް އަންހެން ކުދިން ގޮވައިގެން އަމިއްލަ ގެއަށް ނުދާ ވާހަކަ ޔާނިއު ބުނި އިރު، އަނާނީ އެގެއަށް ދެފަހަރެއްގެ މަތިން ގެންދިޔަ ކަން ހަނދާންވިއެވެ. އެއީ ވެސް އަނާނީ އާ ދޭތެރޭ ކޮންމެވެސް އިހުސާސެއް ހުންނާތީ ނޫން ހެއްޔެވެ. އަނާނީގެ އުއްމީދު އާވީ އީވާގެ ވާހަކަތައް އަޑު އިވިފައެވެ. އަނާނީ އުޅެފި ނަމަ، ޔާނިއުގެ ލޯބި ހޯދައި، އޭނާއަށް މަގު ދައްކައިދީގެން އެ ނުބައި އަމަލުތަކުން ދުރު ކުރެވޭނެއެވެ. ޔާނިއުއާ އެކީ ޙަޔާތެއް ވެސް ފެއްޓޭނެއެވެ. ބޭނުން ވަނީ ކުޑަ ހިތްވަރެކެވެ.

“އަހަރެން ބޭނުން ޔާން އެ ކަމުން ސަލާމަތް ކުރަން. ޔާން އަކީ ރަނގަޅު މީހަކަށް ހަދަން..” އަނާނީ ހާމަ ކޮށްލިއެވެ. “އެކަމަކު..” ކުއްލިއަކަށް އަނާނީ ހުވަފެނީ ދުނިޔެއިން ނުކުމެވުނީ އޭނާގެ އަމިއްލަ ހާލަތު ހަނދާނަށް އައުމުންނެވެ. “އައި އޭމް އޯލްރެޑީ މެރިޑް. ޔާން ދެކެ ލޯބި ވިޔަސް އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް މިހާރު. ލޫކަސްއާ ވަރި ވެގެން ނޫން ގޮތަކަށް ޔާން ކައިރިއަށް ދާކަށް ބޭނުމެއް ނޫން.” އަނާނީ މާޔޫސްވެ އިސް ޖަހައިލިއެވެ. އޭނާއަށް ކުރެވިފައި އޮތް މޮޔަ ކަމަކުން، އޭނާ އެންމެ ލޯބިވި މީހާ ނުލިބޭ ގޮތް ވީ އެވެ. އަނެއްކާވެސް އިންތިޒާރު ކުރަން ޖެހުނީއެވެ.

އަނާނީ ގެއަށް ލައިދޭން ދިޔަ އިރު އީވާ ދެއްކީ އަނާނީ ލޫކަސްއާ ވަކިވެގެން ޔާނިއު ކައިރިއަށް ދާ ވާހަކައެވެ. ވިހައި ގަދަ ވެގެން އަވަހަށް ލޫކަސްގެ ކިބައިން ވަރިއަށް އެދެން އީވާ ޚިޔާލު ދިނެވެ. ނަމަވެސް އަނާނީ އިނީ އެހެން ވިސްނުމެއްގައެވެ. އީވާ އެ ވާހަކަތައް ކިޔައިދިނަސް ޔާނިއު އަނާނީ ދެކެ މިހާރު ފޫހި ނުވެ ހުރެދާނެ ހެއްޔެވެ. އެހާ ދުވަސް ވީ އިރު ވެސް އަނާނީ ޔާނިއުގެ ޚަބަރެއް ނުބަލައެވެ. ރަނގަޅަށް ވިއްޔާ ޔާނިއު މިހާރު އަނާނީގެ މަތިން ހަނދާން ނެތިދާނެއެވެ. ފިރިހެނުންނަށް އިތުބާރު ކުރަން ދައްޗެވެ. އެއީ މޫސުން ބަދަލު ވާ ހެން ހިތް ބަދަލުވާ ބައެކެވެ. އަނާނީ މިއަދު ޖެހޭނީ ޖަޒުބާތުތައް އެއްފަރާތް ކޮށްފައި އަމިއްލަ މުސްތަޤުބަލަށް ވިސްނާށެވެ.

ނިދަން އަރައިފައި ވެސް އަނާނީ އެކަމާ ވަރަށް ވިސްނިއެވެ. އީވާގެ ވާހަކަތައް ފަރުވާތެރި ކަމާއެކު ސިކުނޑީގައި ނިއުޅުވަމުން ދިޔަ ވަރަކަށް ޔާނިއު ދެކޭ ހިތް ވާން ފެށިއެވެ. ނަމަވެސް އަނާނީގެ ހާލަތު އޮތް ގޮތުން، މިއަދު ޖެހޭނީ ހިތުގެ މައްޗަށް ބާރު ފޯރުވައިގެން ކެތްތެރިކަން އިސްކުރާށެވެ. މި ޚިޔާލު ތަކުގައި އޮވެފައި ޔާނިއުގެ ނަންބަރު ފޯނުން އަންބްލޮކު ކޮށްލިއެވެ. ޔާނިއު އިސްވެ ގުޅައިފި ނަމަ އޭނާ މިހުރީ ވާހަކަ ދައްކަން ތައްޔާރަށެވެ. ކުރިން އޮތް ރުޅިވެރި ކަމެއް މިއަދު ގައިމު ވެސް ނެތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ފުން އިހުސާސެކޭ 21

Next

ފުން އިހުސާސެކޭ 23

Next
November 25, 2019

ފުން އިހުސާސެކޭ 23

Previews
November 25, 2019

ފުން އިހުސާސެކޭ 21

One Comment

  1. Yan says:
    November 28, 2019 at 4:37 pm

    Nice ,?

Comments are closed.

Next Episodeފުން އިހުސާސެކޭ 23←


All Right Reserved!