ފުން އިހުސާސެކޭ 18
ޖެހިގެން އައި ދުވަހު ލޫކަސް ފައިސަލްއަށް ވައިބާއިން ގުޅީ އަނާނީ ވެސް އިންދައެވެ. ލަންކާގެ ގެ ކިހިނެއް ހޭ ކިޔާފައި ލޫކަސް ފެށި ވާހަކަ ކުއްލިއަކަށް މިސްރާބު ބަދަލުވެ، އަނާނީއާ ކައިވެނި ކުރަން ބޭނުން ކަމަށް ބުންޏެވެ. ފައިސަލްއަށް ލިބުނު ހައިރާންކަން، އޭނާގެ އަޑަށް އައި ބަދަލުން އެނގުނެވެ. އޭނާ ފުރަތަމަ ހީކުރީ ސަމާސާއެއް ކަމަށެވެ. އެހެންވެ ޤަބޫލު ނުކުރަން އުޅެފައި ވެސް ލޫކަސް މާ ސީރިއަސް ކޮށް އެ ވާހަކަ ދައްކަން ފެށުމުން ޤަބޫލު ކުރަން މަޖުބޫރުވިއެވެ. ފައިސަލް ވަރަށް ބައިވަރު ސުވާލު ކުރަން ފެށިއެވެ. ލޫކަސް ވަކިން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެހިސާބުން ދެއްކި އެއްވެސް ވާހަކައެއް އަނާނީއަކަށް ނޭނގެއެވެ. އަނާނީ އިނީ ނޭވާ ހިފަހައްޓާލައިގެނެވެ. އޭނާ ބޭޒާރު ވެދާނެ ކަހަލަ ގޮތަކަށް ލޫކަސްގެ ވާހަކަ ހުރެއްޖިއްޔާ ހާދަހާ ދެރައެވެ. ބޮޑަށް ވިސްނެނީ ލިއުޝާ ދެކޭނެ ގޮތަކާއި މެދުގައެވެ.
“އެވްރީތިންގް އިޒް ގުޑް!” ފަނަރަ ވަރަކަށް މިނިޓު ފަހުން ލޫކަސް ނުކުތެވެ. އޭނާގެ މޫނުމަތީގައި ވަނީ ހަމަޖެހުމެވެ. “ދޮންބެ ދައްތަ މިއަދު ހަވީރު ހާއިރު ގުޅާނަމޯ އަނާނީއާ ޓޯކް ކޮށްލަން. ނައު އިޓްސް ޔޯ ޓާރން. އަނާނީގެ ދޮންބެއަށް ގުޅައިގެން ވާހަކަ ދައްކާ.”
“އެކަމަކު… ކިހިނެއް؟” ފައިސަލްމެން އެއްބަސް ކުރުވަން ލޫކަސް ދެއްކީ ކޮން ވާހަކައެއް ކަން އަނާނީ ހުރީ އެނގެން ބޭނުން ވެފައެވެ.
“ތީ ދެން އަނާނީ ވިސްނަންވީ ކަމެއް ނޫނެއްނު. ނޯ ވަން އިޒް މޭޑް. އެންމެެން ވެސް ތިބީ ޗިލް ކޮށް. ކައިވެނި ކުރެވެންޏާ އެ ނިމުނީނު ދެން.” ލޫކަސް ހިނިތުންވެލިއެވެ. “ގުޅަންވީނު ރަށު ކޮޅަށް؟” އޭނާ ފޯނު ދިއްކޮށްލިއެވެ.
އަނާނީ ދޮންބެއަށް ގުޅަން ވަނީ ކޮޓަރިއަށެވެ. ފޯނު ނެގުމާއި އެއްކޮށް ވަރަށް ބޮޑު ވާހަކައެއް ދައްކަން އެބޮތް ކަމުގައި ބުނެލިއެވެ. އަލީ ހުރީ އަޑު އަހާށެވެ.
“ދޮންބޭ. އަހަރެން ބޭނުން މީހަކާ އިންނަން.” ހިތްވަރު ކޮށްފައި އަނާނީ ބުންޏެވެ.
“ކީކޭ؟ މީހަކާ އިނދެވޭނީ 18 އަހަރު ވީމައެއްނު ނާނީ!” އަލީ ޖަހައިލީ ހިނިގަނޑެކެވެ.
“އަހަންނަށް 18 ވެއްޖެ. ދޮންބެ ވަލީ ދޭނަން ދޯ.” އަނާނީ އިނގިލީގައި ދަތް އަޅައިލިއެވެ.
“ނާނި ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟” އަލީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ކޮއްކޮ މިހާ ބޮޑު ވާހަކަ ދައްކަން ފެށީ ކޮން އިރަކު ހެއްޔެވެ.
“އާނ..” އަނާނީ ޖަވާބު ދިނެވެ.
“އެކަމަކު މީހަކާ އިންނަންޏާ މީހަކު ހޯދަން ޖެހޭނެ އެއްނު ފުރަތަމަ ކަމަކަށް!” އަލީ އަނެއްކާވެސް ހޭން ފެށިއެވެ. އަނާނީ އެ ދައްކާ ވާހަކަ ޤަބޫލު ކުރާކަށް އެ ސިކުނޑި އެއްބަހެއް ނުވިއެވެ.
“މީހަކު އެބަހުރި. ލޫކަސް.. ދޮންބެއަށް އިނގޭ ދޯ.” އަނާނީ ބުންޏެވެ.
އަނާނީ އެ ދައްކަނީ ހަޤީޤީ ވާހަކައެއް ކަން އަލީއަށް ވިސްނައިދޭން އޭނާ ވަރަށް ގިނަ ވާހަކަ ދައްކަން ޖެހުނެވެ. ދޮގު ހަދާފައި ލޫކަސް ދެކެ ލޯބިވާ ކަމަށް ވެސް ބުނަން ޖެހުނެވެ. އަދި، އެއް ގެއެއްގައި ދެ ޖިންސުގެ ހިލޭ ދެ ޒުވާނުން ތިބުމަށްވުރެ ކައިވެނި ކުރުން މާ ރަނގަޅު ވާނެ ނޫންހޭ ބުނީ ލޫކަސް ބުނެދީފައި އޮތް ގޮތަށެވެ. މި ހުރިހާ ވާހަކައެއް އަޑު އަހައިފައި އަލީ އެންމެފަހުން އެއްބަސްވިއެވެ. ނަމަވެސް މާ ބޮޑު އުފާވެރި ކަމެއް އެ އަޑުގައި ނެތްކަން އަނާނީއަށް ފާހަގަވިއެވެ. ވާނީ ވެސް އެހެންތާއެވެ. އަލީ އަނާނީ ދަންނަނީ އޭނާގެ ކޮއްކޮގެ ގޮތުގައެވެ. އަބަދުވެސް ދެކެމުން އައީ އަނާނީ އަކީ ކުޑަކުއްޖެއް ކަމުގައެވެ. އޭނާއަށް 18 އަހަރު ފުރުން ކަމެއްވެސް އަލީ މީގެ ކުރިން ނުދެނަހުއްޓެވެ. އެހެންކަމުން، މިއަދު ކުއްލިއަކަށް ގުޅާފައި މީހަކާ އިންނަން އުޅޭ ވާހަކަ ބުނުމުން އަލީއަށް އެކަން “ހަޖަމް” ކުރަން އުނދަގޫވިއެވެ.
އަނާނީ ބޭރަށް ނުކުމެފައި އޭނާގެ ދޮންބެ ވަލީ ދޭން އެއްބަސް ވެއްޖެ ކަމަށް ބުނެލި އިރު އެ މޫނުމަތީގައި އެއްވެސް ޝުޢޫރެއް ފެންނާކަށް ނެތެވެ. އަނެއް ކޮޅުން ލޫކަސް ހުރީ ވަރަށް އުފާވެފައެވެ. ދުވެފައި އައިސް އަނާނީގެ ގައިގައި ކުޑަކޮށް ބައްދާލުމުން އަނާނީ ދުރަށް ޖެހުނެވެ. އަދި އޭނާ މި ކައިވެނި ކުރަން މި އުޅެނީ ޙާލަތު މަޖުބޫރު ކުރުމުން ކަމަށާއި، އެހެން ގޮތަކަށް ނުދެކުމަށް ހަނދާން ކޮށްދިނެވެ. އެހެނަސް ލޫކަސް އެފަދަ ބޮޑު ކަމެއްގައި އަނާނީއަށް އެހީވެދޭތީ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމުގައި ބުނެލިއެވެ. އެދުވަހުގެ ހަވީރު ލިއުޝާ އަނާނީއަށް ގުޅާފައި މަރުހަބާ ކިޔެވެ. އަދި އެމީހުން ނެތީސް ކައިވެނި ކުރަން އުޅޭތީ ދެރަވާ ކަމުގައި ބުންޏެވެ. އެމީހުން ތިބި ނަމަ ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެވުނީސް ނޫންހޭ ބުނުމުން އަނާނީ ބުނީ ޕާޓީއެއް ބާއްވަން އަނާނީ ބޭނުން ނުވާ ވާހަކައެވެ. އޭނާ ބޭނުންވަނީ ވީހާވެސް އާދައިގެ ގޮތަކަށް މިކަންތައް ނިންމާލަން ކަމުގައި ބުންޏެވެ. އެހެނީ ކޯޓުގައި ކައިވެނި ކުރުމެވެ.
އަލީގެ ދެމަފިރިން މާލެ ދާން ހެދި ދަތުރު އަވަސް ކުރީ، އަނާނީއާއި ލޫކަސްއާ ދިމާވެގެން ކައިވެނީގެ ވާހަކަ ދައްކަން އަލީ ބޭނުންވުމުންނެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަށް އެ ދެމީހުންނާ ބައްދަލު ކުރާށެވެ. އެ ނިންމުމަކީ ދެމީހުން ރަނގަޅަށް ވިސްނައިގެން ނިންމި ނިންމުމެއްކަން ޔަޤީން ކުރަން އޭނާ ބޭނުންވިއެވެ. ހަމަ އެއާއެކު ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ކޮއްކޮ އިންނަން މިއުޅޭ މީހާގެ ފަތިފުށް ބެލުމަކީ އޭނާގެ ވާޖިބެއް ނޫންހެއްޔެވެ. އަނެއްކޮޅުން އަނާނީއާއި ލޫކަސް ތިބީ އަލީމެން މާލެ އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އަވަހަށް ކައިވެނި ކުރެވޭނީ އޭރުންނެވެ.
ޢަލީމެން ބަލައި މާލޭ ބަނދަރަށް ދިޔައީ ލޫކަސްއެވެ. ލޫކަސް ފެނުމާ އެއްކޮށް ޢަލީ ގަދަކަމުން ހީނލިއެވެ. ލޫކަސް ހުރީ މާ ކުރިންސުރެ ހިތްހެޔޮ ހިނިތުންވުމެއް ދީގެންނެވެ. ޢަލީ ސުވާލު ކޮށްލީ އަނާނީ ފެންނަން ނެތުމުންނެވެ. ޖަވާބުގައި ލޫކަސް ބުނީ އަނާނީ ވީ ކޮލެޖަށް ގޮސްފައި ކަމަށެވެ. ޢަލީގެ ދެމަފިރިންނަށް ކާރެއް ހޯދަދީފައި، ޑްރައިވަރަށް ދާންވީ މަންޒިލް ކިޔައިދީ، ކާރު ކުލި ދައްކާފައި ލޫކަސް ގެއާ ދިމާއަށް ދިޔައީ އޭނާގެ ކާރުގައެވެ.
“ވަރަށް ހިތްހެޔޮ ކުއްޖެއްނު އެއީ. ކޮންކަމަކާ އަލީ ތި ކަންބޮޑުވަނީ ދެން؟ މަށަކަށް ހަމަ ނުވިސްނުނު.” ކާރުގައި އިނދެފައި މަލީހާ ފެށިއެވެ.
“މަލް އަކަށް ނޭނގޭނެ މި މާލޭ މީހުންގެ ގޮތެއް. އެހެން ހިތްހެޔޮ ކަމަށް ހެދިގެން ތިއްބަސް އަޑިއަޑިން ވަރަށް ބޮޑާ ކިބުރެވެރި ވާނެ. މި ބުނީ ކޮންމެހެން މި ލޫކަސްގެ ވާހަކައެއް ނޫން. އެކަމަކު އޭނަވެސް އެއީ މާލޭގަ ގެދޮރު ހުންނަ މާލޭ މީހެއް. އެހެންވީމަ ހައްތާވެސް..” ޢަލީ ކިޔަދިނެވެ.
މަލީހާ ޕިސްޕިސް އަޅުވައިލިއެވެ. “ގައިމު އަލީގެ ލިއުދައްތަވެސް އިނދެގެން އެއުޅެނީ މާލޭ މީހަކާ. ފައިސަލްބެ. އޭނަ ކިހާ ރަނގަޅު އަހަރެމެންނާ ދޭތެރޭ. އަނާނީއަށްވެސް އެހާ ރަހުމު ކުރޭ. އެއީ ލޫކަސްގެ އެއްބަނޑު އެއްބަފާ ބޭބެ. ދެން ވަކި ލޫކަސް ކީއްވެ ގޯސް ވާންވީ؟”
“އާނ.. ތިއީވެސް ދޮގެއް ނޫން..” ޢަލީ ވިސްނައިލިއެވެ.
ގެއަށް އާދެވުމުން ލޫކަސް ޢަލީމެންނަަށް އެމީހުން ތިބޭނެ ކޮޓަރި ދައްކައިދިނެވެ. މިފަހަރު ޢަލީ ހުރީ ހަޤީޤީ ހިނިތުންވުމެއް ދައްކައިގެނެވެ. އިރުކޮޅެއްފަހުން ލޫކަސް ބޭރަށް ގޮސްފައި އައީ އަނާނީ ގޮވައިގެނެވެ. އަނާނީއަށް އޭނާގެ ދޮންބެ ފެނުމުން އުފަލުން ގޮސް ދޮންބޭއޭ ކިޔާފައި ގޮވައިލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ޙާލަތު ހަނދާންވެފައި ލަދުވެތި ކަމުގެ އިޙުސާސް ކުރެވުނެވެ. އަނާނީ ވަގުތުން އިސްޖަހައިލިއެވެ.
“އަނާނީ މިއީ އަހަރެން ވަރަށް ލޯބިވާ ކުއްޖެއް. އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮ. މިހާރު މަންމަވެސް ދުނިޔޭގަ ނެތީމަ އަހަރެންގެ ޒިންމާ ކުރިއަށްވުރެ ބޮޑު ވެއްޖެ ކަމަށް ދެކެނީ. އަނާނީއަށް ދެރަ ގޮތެއް ވާކަން ނޭދެވޭނެ.” ޢަލީ ވާހަކަ ފެށީ އަނާނީއާއި ލޫކަސް ސޯފާތަކުގައި އިށީނުމުންނެވެ. ޢަލީގެ ކައިރީގައި މަލީހާ އިނެވެ.
“އަނާނީއަށް ދެރަގޮތެއް ވާކަށް އަހަރެން ވެސް ނޭދެން.” ލޫކަސް އަނާނީގެ މޫނަށް ބަލައިލަމުން ބުންޏެވެ.
“ހީކުރަން ތިއީ ތެދެއް ކަމަށް. ދެން ލޫކަސް އަކީ ގޯސް މީހެކޭ ނުބުނަން، އެކަމަކު އަނާނީއާ ދޭތެރޭ ވިސްނޭތީ ހަމަ.. އަދި އެހެން ނޫނަސް ތިއީ ވަރަށް ޅަ ދެކުދިން. ތިކަހަލަ ކަމެއް ނިންމަން ވާނީ ވަރަށް ވިސްނައިގެން އިނގޭ.” އަލީ ނަސޭހަތްދިނެވެ.
ޢަލީ ވަރަށް ދިގުކޮށް ވާހަކަ ދައްކާފައި އެންމެފަހުން ވަލީ ދޭނަމޭ ބުނެލުމުން އަނާނީއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. އެމީހުން ކޮޓަރިއަށް ވަނުމުން ލޫކަސް ކައިރީ ވަރަށް އަވަހަށް ކައިވެނީގެ ކަންތަކާ އުޅެދިނުމަށް ބުނެލިއެވެ. ލޫކަސް ބުނީ މާދަމާ ގޮސް ފޯމެއް ނަގާނެ ކަމުގައެވެ.
އަނާނީއާ ލޫކަސްގެ ކައިވެނި ތާވަލް ކުރެވުނީ އޮތީ އޭގެ 2 ހަފްތާ ފަހުންނެވެ. އެ ދުވަހު ކައިވެނީގެ މަޖިލީހަށް ދިއުމަށް އަނާނީ ޒީނަތްތެރި ކޮށްދިނީ މަލީހާއެވެ. އެހެނަސް އަނާނީގެ މޫނުމަތިން މާ ބޮޑު އުފާވެރި ކަމެއް ފެންނާކަށް ނެތެވެ. މިކަމާ މަލީހާ ސުވާލު އުފެއްދިއެވެ. އަނާނީ ބުނީ ކުޑަކޮށް ހާސްވެފައި ހުރި ވާހަކައެވެ. އަދި މިކަހަލަ ދުވަހެއްގައި ގާތުގައި މަންމަ ނެތުމުން ދެރަވަނީ ކަމުގައި ބުންޏެވެ. އެއީ ހަމަ ހަޤީޤަތުގައިވެސް ތެދެކެވެ. އަނާނީ އޭނާގެ މަންމަ މަތިން ވަރަށް ބޮޑަށް ހަނދާންވިއެވެ. މި ކައިވެންޏަކީ ހިތުން ރުހުމުން ކުރާ ކައިވެންޏަކަށް ނުވިޔަސް، ކައިވެންޏަކީ އަންހެން ކުއްޖެއްގެ ހަޔާތުގައި އަންނާނެ އެންމެ ބޮޑު އެއް ކަންތަކެވެ.
ކޯޓަށް ދާން ވެގެން އަނާނީ ޓެކްސީއަށް އެރީ މަލީހާއާ އެއްކޮށެވެ. ލިޔެކިޔުންތައް ހިފައިގެން ލޫކަސްއާ ޢަލީ އަންނަން ހަމަޖެހިފައި އޮތީ ސައިކަލުގައެވެ. ކޯޓުގެ ދޮރުމަތީ މަޑުކޮށްލި އިރު އަނާނީގެ ހިތުގައި ބަރެއް ބާއްވާފައި އޮތް ކަހަލައެވެ. އުފާވެރި ކަމުގެ އެއްވެސް ކުލަވަރެއް އެ މޫނުމަތީގައި ފެންނާކަށް ނެތެވެ. ވިޔަސް ވަނީ މާޔޫސް ކަމެވެ. ފުން ހިތާމައެވެ. އެހެނަސް އަނާނީ ހުރީ އެ އިހުސާސްތައް ފޮރުވަން ވެގެން ގަދަކަމުން ހިނިތުންވެލައިގެންނެވެ.
ލޫކަސްމެން އަންނަން ވަގުތު ނަގާތީ މަލީހާ ދިޔައީ ކައިރީ ފިހާރަޔަކަށް ފެންފުޅިއެއް ގަންނާށެވެ. އަނާނީ ކައިރީ ލޫކަސްގެ ފޯނަށް ގުޅާށޭ ބުނެފައި މަލީހާ ދިޔުމުން އަނާނީ ދަބަސްތެރެ ހާވަން ފެށިއެވެ. އެވަގުތު ކޮންމެވެސް މީހަކު އައިސް އަނާނީގެ ކުރިމަތީގައި ހުއްޓުނު ހެން ހީވެގެން އިސްއިފުލައި ބަލައިލި އިރު ހުރީ ހީވެސް ނުކުރާ މީހެކެވެ. އީވާއެވެ.
“އަނާނީ. ހާދަ ރީތި ވެލައިގެން؟ ވަޓްސް އަޕް؟” އީވާ އާދައިގެ ގޮތަކަށް އަހައިލިއެވެ.
އަނާނީ ހުރީ ދެލޯ ބޮޑު ކޮށްލައިގެން، ބުނަންވީ އެއްޗެއް ވެސް ނޭނގިފައެވެ. އޭނާ ބުނަން ބޭނުން ބައިވަރު އެއްޗެހި އެބަހުއްޓެވެ. ނަމަވެސް ދުލުގައި ތަޅެއް ލެވިފައި ވާ ކަހަލައެވެ. އީވާ އަނާނީގެ ގައިގައި ހިފައި ކުޑަކޮށް ތަޅުވައިލިއެވެ. އެއާއެކު އަނާނީއަށް ފުރަތަމަވެސް އަހައިލެވުނީ ޔާނިއު ކޮބައިތޯއެވެ.
“އިޓްސް އަ ލޯންގް ސްޓޯރީ.. އެންޑް ޔާން ބޭނުމެއް ނުވޭ އަނާނީއަށް އަންގާކަށް.” އީވާ ބޯ ކަހައިލިއެވެ. “އެކަމަކު އޭނަ އެބައުޅޭ މާލޭގަ މިހާރު. ގުޅާލަންވީނު، ދިމާވާނެ.”
“ކީއްވެ؟؟ އިނގޭތަ އަހަރެން ޔާން ހޯދަން ކުރި މަސައްކަތް މި ހުރިހާ ދުވަހު؟ ހަމަ ހުރެފަ ޔާން އަހަންނަށް ގެއްލުނީ. ދިޔަ ތަނެއްވެސް ނޭނގެ. އެންޑް އައި އޭމް..” އަނާނީގެ އެސްފިޔަތަކުގެ ފުރަގަހުގައި ފޮރުވިގެން ހުރި ކަރުނަތަށް ކޯތާފަތް މައްޗަށް ފައިބައިގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. އަނާނީ އަވަސް އަވަހަށް ލޯ ފޮހެލި އިރު މޭކަޕް ހަޑިވިއެވެ. “އައި އޭމް ޕްރެގް. ޔާންގެ ބޭބީ އަކަށް.. އަހަރެން ޔާންގެ އެހީއަށް އެހާ ބޭނުންވެފަ ހުއްޓާ ހަބަރެއް ނުވި. އަހަރެން ހާސްވެގެން ކުރާނެ ކަމެއް ނޭނގިގެން އުޅުން ގޮތް އެއްވެސް މީހަކަށް ނޭނގޭނެ!” އަނާނީ އޭނާގެ ހާލަތު ބަޔާންކޮށް ޝަކުވާ ކުރިއެވެ. ނަމަވެސް އޭރު ދުރުން މަލީހާ އަންނަ ތަން ފެނިފައި ހުއްޓައިލިއެވެ.
“ވަޓް؟” އީވާ ހައިރާންވި އިރު، އަނާނީގެ ހާލަތާމެދު ދެރަވެސް ވިއެވެ. އަނާނީ މަޑުމަޑުން ބުނީ އެ ވާހަކަ އިތުރަށް މިގަޑީގައި ނުދެއްކުމަށެވެ. އެވަގުތު މަލީހާ އަރައި ހަމަކުރިއެވެ. “މިއީ ނާނިގެ ފްރެންޑެއްތަ؟ ކައިވެނި ކުރާތަނަށް އިންވައިޓް ކޮށްގެން ތަ ތި ގެނައިީ؟” މަލީހާ އީވާގެ މޫނަށް ބަލާލާފައި ހިނިތުންވެލިއެވެ.
“ކައިވެނި؟؟” އީވާ އަނާނީގެ މޫނަށް ބަލައިލީ ސުވާލު މާކެއްގައެވެ. އަނާނީ މަޑުމަޑުން ބޯ ޖަހައިލިއެވެ. އަދި އީވާ ކާކާހޭ އަހަން އުޅެނިކޮށް، ލޫކަސްއާއި ޢަލީ ސައިކަލުގައި އައިސް މަޑުކޮށްލިއެވެ. އީވާ ސިއްރުން އިޝާރާތުން ލޫކަސް ދައްކައިލުމުން އަނާނީ އަނެއްކާވެސް ބޯ ޖަހައިލިއެވެ. އެއާއެކު އީވާގެ އަނގަ ހުޅުވުނެވެ. އޭރު މަލީހާ ޢަލީމެން ލަސްވީ ކީއްވެހޭ ކިޔާފައި ސުވާލު ކުރަން ފަށައިފިއެވެ. އީވާ އެތަނުން ދިޔައީ ހައިރާނުން ފުރިގެންނެވެ.
ޔާނިއުއާ މިހާރު ދިމާވާނެ ކަމަށް އީވާ ބުނުމުން އަނާނީ ކުއްލިއަކަށް ލޫކަސްއާ ކައިވެނި ކުރުމުގެ ޚިޔާލު ބަދަލުވިއެވެ. ކައިވެންޏަށް ދެކޮޅު ހަދަން ހިތް ގޮވަން ފެށިއެވެ. މިހާރު ޔާނިއު އޭނާއަށް އެހީތެރިވެދޭނެ ނޫން ހެއްޔެވެ. އޭރުން މި ބޭކާރު ކައިވެނި ކުރުމުގެ ބޭނުމެއް ނެތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.



me first dho. vvvv. nice story
Vvv reethi
Haadha beykaaru khiyaaluthah anaanee thikuranee. Avahah lookass aai kaiveni kohbala.
Mihaaru egen preg vaahaka ves bunee moya kuhjeh
I think yaaniu rehab ahh dhiyaee
Feel sad for you like,more readers used to comment and read this story before 🙁
But why did you take a break?
Did something happen to you?
Also story habeysss.. Anaanee moyavrgen noolhen v ingey dhen. :((.. Amilla ah faleehaih vaane gotheh neyngigen tha e ulheny ??♂️??♂️??♂️??♂️
she loves yaan.. ehenvyma ulheveyne dhw moyakoves.. love makes you go crazy.. i want yaan and anaany to marry each other ?
mi vaahaka dhen upvany kon dhuvahakun.. ma esfiya vaahala kiyany nimifa huri stories recommended by friends… noonyky masheh nukiyan.. dhen aneh sharuthaky avahah update kirun.. e sharuthu furihama veytho balalany
Thygen evves sharutheh hama nuve mi vaahaka thikiyany adhi up veytho balabalaafa up nuvegen varu thikurany Y???
Ma mi vaahaka eh nueh kiyan adhi.. e sharuthu furihama veytho balanynun mi kiyan.. Dhen nuves kiyanan.. Avahakah update eh nuvey
Aishasha when are u going to up the next part
Aishashaa next part up kohla bala I am curious for next part
I think yaan dhiyaii rehab ah e thanun salaamaih v ma yaan annaane anaany kairiah