ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. އަހަރެންގެ ހަނދާން ހުންނަން ފެށިއިރުވެސް އަހަރެންގެ ބައްޕަ މިދުނިޔެއަކު ނެތެވެ. މަންމަ އަހަރެންނަށް ކިޔައިދިން ގޮތުންނަމަ ބައްޕަ މިދުނިޔެއާއި ވަކިވީ އަހަރެންގެ އުމުރުން އެންމެ ދޮޅު އަހަރުގައި އަހަރެމެންގެ ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއްގައި އަހަރެންނާއި މަންމަ ސަލާމަތްކުރުމުގެ ތެރޭގައެވެ. ބައްޕަގެ ކުއްލި ވަކިވެދިޔުމާއެކު އަހަރެންނާއި މަންމަ މުޅިން އެކަނިވި ކަމުގައި މަންމަ ބުނެދިނެވެ. މަންމަގެ އާއިލާގައި އެކަކުވެސް ނެތެވެ. ބައްޕަގެ އާއިލާ މީހުން ތިބި ނަމަވެސް މަންމައާއި ބައްޕަ ކައިވެނިކުރީ އާއިލާގެ ނުޤަބޫލުގައިކަމުން […]
އިބާއަކީ ރީތި ކުއްޖެކެވެ. އޭނާގެ ރީތިކަމުގެ ސަބަބުން އެތައް ފިރިހެންކުއްޖެއްގެ އަމާޒުފަތްގަނޑަކަށް ވެފައިވާ މަޝްހޫރު ކުއްޖެކެވެ. ލިބިފައިވާ ރީތިކަމެއްގެ ސަބަބުން އޭނާގެ ކިބައިގައި އިންތިހާއަށް ބޮޑާކަމާއި ކިބުރުވެރިކަންވެއެވެ. މުއްސަނދި އާއިލާއެއްގެ ކުއްޖެއްކަމުން އޭނާ ދިރިއުޅެމުންދަނީ ގަނޑުވަރެއްފަދަ ގެއެއްގައި ރަސްދަރިކަނބަލެއް ފަދައިންނެވެ. ފެޝަނަށް ލޯބިކުރާ ޒަމާނީ ކުއްޖެކެވެ. އިބާއަކީ ސްކޫލްގެ ގްރޭޑް ދިހައެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ކުއްޖެކެވެ. ކިޔެވުމަށް އަރާހުރި ކުއްޖެއް ނަމަވެސް އޭނާގެ ކުލާހުގައި ކިޔަވަމުންދާ ސުހާއާއިމެދު އޭނާގެ ހިތުގައި ހަސަދަވެރިކަންވެއެވެ. އޭނާއަށްވުރެ ސުހާ ކިޔެވުމަށް މޮޅުވީތީއެވެ. […]
މާތް ﷲ އިންސާނުން ޚަލްޤުކުރެއްވީ ވަރަށް މާތް މަޤުސަދެއްގައެވެ. ނަމަވެސް އެކަން ދަންނަނީ ކިތައް މީހުންބާވައެވެ. ސަކަރާތާއި މަޖަލަކީ ދިރިއުޅުމުގެ މަޤުސަދު ކަމުގައި ހީކުރާ މީހުން ވަރަށްވެސް ގިނައެވެ. ކޮންމެ މީހަކުވެސް ފަޚުރުވެރިވެލާފައި ތިމަންނައަކީ މުސްލިމެކޭ ބުނާއިރު މުސްލިމުން އުޅެންޖެހޭ ގޮތަށް އުޅެވެނީ ކިތައް މީހުންނަށްބާވައެވެ. ދިރިއުޅުމުގެ ޙަޤީޤީ މަޤުސަދާއިމެދު ގިނަ މީހުންނަށް ވިސްނެނީ އުމުރުގެ ބޮޑު ބައެއް ބޭކާރުގޮތުގައި ހޭދަކޮށްލެވޭ ފަހުންނެވެ. އަހަރެންނަކީ އޭގެ ތެރެއިން އެކަކީމެވެ. އަހަރެންގެ އުމުރުން ތޭރަ އަހަރުގައި މަންމަ ނިޔާވިއެވެ. […]
“ބަލާއެއްނު.. ހަމަ ބޭރަށް ދާން ނުކުންނައިރަށް ތި ލެކްޗަރުފަތި އަމުނައިގަންނަންވޭތަ؟ މަ އުޅޭނީ މަ ބޭނުން ގޮތަކަށް.. މިކަމަކާ އެކަކަށްވެސް ނުބެހެވޭނެ.. ކޮންފަދަ ބަލާވެރިކަމެއްތަ މީ؟ މަގޭ ހިތަށް އަރާ މަށަށް މި ބަލާވެރިކަމުން ސަލާމަތްވެވޭނީ ކޮން ދުވަހަކުންބާއޭ؟” ނީތާ ހަޅޭއްލަވައިގަތީ އޭނާގެ މަންމައާއި ދިމާއަށެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ބަސްމަގު ހުރިގޮތުން ނަޖުމާގެ ލޮލުން ކަރުނަ އޮހިގަތެވެ. “އަދި ހަމަ އެއްޗެކޭ ބުނާއިރަށް ހޭރެން ފަށާނެ.. މަގޭ ހިތަށް އަރާ ކާކަށް ދައްކަންބާއޭ ކަމެއް ވާއިރަށް […]
ނޯޓް: މިއީ ޙަޤީޤީ ޙާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ނިޝާއަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ހިތްހެޔޮ ކުއްޖެކެވެ. އުމުރުން ދިހަ އަހަރު ވީއްސުރެ އޭނާއަށް އުފަލަކީ ނެތް އެއްޗެއް ފަދައެވެ. ހިތާމައަކަށްފަހު ހިތާމައެއް އޭނާއާއި ބައްދަލުކުރަމުން ދިޔައިރު އޭނާ ކެތްތެރިކަމާއެކު އެ ހުރިހާ ހިތާމަތަކެއް ބަރުދާސްތުކުރިއެވެ. ހަމައެކަނި ނުކުޅެދޭ ޙާލުގައި ބަލި އެނދުގައި އޮތް އޭނާގެ މަންމައަށްޓަކައެވެ. ނިޝާގެ ހަނދާން ހުންނަން ފެށިއިރުވެސް އޭނާގެ ބައްޕައެއް ނުހުރެއެވެ. ރަށުތެރޭގައި ދެކެވޭ ވާހަކަތައް އޭނާއަށްވެސް އަޑުއިވެއެވެ. އޭނާއަކީ […]
ތަނަވަސް ބޮޑު ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރިއިރު އިމްނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. މައިންބަފައިން ގަދަވެ ސަލާމަތުން ދުނިޔޭގައި ތިބި ނަމަވެސް އޭނާ ވަނީ ބިކަވެފައެވެ. ކުރެވުނު އެންމެ ކުށަކާއި ހެދި އޭނާއަށް ލިބެމުންދިޔަ މައިންބަފައިންގެ އިންތިހާއީ ލޯބިން އޭނާ ވަނީ މަޙުރޫމުވެފައެވެ. ކުޑަމިނުން އޭނާގެ އަމިއްލަ ގެއިންވެސް އޭނާއަށް ޖާގައެއް ނުލިބުނެވެ. އޭނާ ޙާލުގައި ޖެހި ރަށުތެރެއަށް ގިނަވި ދުވަހު އޭނާއަށް އެހީތެރިވެދިނީ އޭނާ އެމީހަކަށް އެންމެ ނަފުރަތުކުރި ހޫދުއެވެ. އޭރު […]
ދަރިންނަކީ މާތް ﷲ އިންސާނުންނަށް ދެއްވާ އެންމެ މަތިވެރި އެއް ނިޢުމަތެވެ. އެންމެ ބޮޑު އެއް އަމާނާތެވެ. އެ އަމާނާތަށް ރައްކާތެރިވެއްޖެނަމަ އުފަލުގެ ކޮޅެއް ނެތެވެ. ޚިޔާނާތްތެރި ވެވިއްޖެނަމަ ހިތާމައިގެވެސް ކޮޅެއްނެތެވެ. ދަރިންނަކީ ކިހާ މުހިންމު ބައެއްކަން ޙަޤީޤީ ނަޒަރަކުން ވިސްނަނީ ކިތައް މައިންބަފައިންބާވައެވެ. މައިންބަފައިން ދަރިންދެކެ އިންތިހާއަށް ލޯބިވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މަދު ބަޔަކު ފިޔަވައެވެ. ނަމަވެސް މައިންބަފައިންގެ ސަބަބުން ހަލާކުވެގެން ދަނީ ކިތައް ދަރީންގެ ދިރިއުޅުންބާވައެވެ. މިކަމާއިމެދު ވިސްނަނީ ކިތައް މައިންބަފައިންބާވައެވެ. ފަންސަވީސް […]
އާލިފްގެ އުމުރުން ފަންސަވީސް އަހަރު ވީއިރުވެސް އޭނާ ހުރީ ހުސްހަށިބަޔަށެވެ. އިންނާނެ ކުދިން ނުވަނީކީ ނޫނެވެ. އޭނާ ގަޔާވާފަދަ ކުއްޖަކާ ދިމާނުވަނީއެވެ. އޭނާގެ މަންމަ، ސާދުނާގެ އަބަދުގެވެސް ޝަކުވާއަކީ މަންމައަށް ފަސޭހަކޮށްދީ އަޅާލާނެ ޅީދަރިއަކު ނުލިބުމެވެ. އާލިފް މަންމައާއި ދޭތެރޭ ނުވިސްނާ ވާހަކައެކެވެ. އެވާހަކަތައް ތަކުރާރުކޮށް އަޑުއަހަންވުމުން އާލިފްގެ ބޮލުގައި ރިއްސައެވެ. މަންމަގެ އަނެއް ޝަކުވާއަކީ އޭނާ ވަޒީފާއަކަށް ނުދިޔުމެވެ. މަޖަލާއި ސަކަރާތުގައި އުމުރު ބޭކާރުކޮށްލާތީއެވެ. އާލިފް ހޭލައިގެން ނުކުތްއިރު މެންދުރު ބާރަ ޖަހަނީއެވެ. އޭރު ސާދުނާ […]
ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ދުވަހަކީ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ބަންދަށްފަހު ދެވަނަ ޓާމުގެ ކިޔަވަން ފެށުނު ދުވަހެވެ. ކުއްލިއަކަށް ކުލާސް ދޮރުމައްޗަށް މީހަކު މަޑުކޮށްލުމުން އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ބަލާލެވުނެވެ. ސްކޫލު ޔުނީފޯމުގައި ހުރި އަންހެންކުއްޖާއަކީ މީގެ ކުރިން ސްކޫލުން ފެނިފައިވާ ކުއްޖެއްހެންވެސް ހީނުވެއެވެ. ނަމަވެސް އެއީ ހަމަ ސްކޫލުގައި ރަން ވަނަތައް ހާސިލުކުރަމުން ހަރަކާތްތެރިކޮށް އުޅުނު ކުއްޖާއެވެ. ހައިރާންކަމާއެކު އެކުއްޖާއަށް ބަލަން އަހަރެންނަށް […]