“ކާކުތަ މި ދަންވަރު ތާކުންތާކު ނުޖެހޭ ދޮގު ޚަބަރުތަކަކައިގެން މެސެޖްކޮށް އެ ގުޅައިގަތީ؟ ކުރާނެ ކަންތައް ހުސްވީތަ ދޭތެރެ ޖައްސަން އެ އެނބުރިގަތީ.. މުޅި ރޭ ޚަރާބުކޮށްލައިފި..” ޔޫޝައު އިނީ ރުޅިއައިސްފައެވެ. އޭނާއަށް ދެން އެރޭ ނުނިދޭނެތީއެވެ. އޭނާއަކީ ނިދާފައި ހޭލެވިއްޖެނަމަ ދެން ނިދޭ މީހެއް ނޫނެވެ. ދަންވަރުގެ އެވަގުތުގައި ހޭލެވުމުން އައިކާގެ ހާލު ބަލާލައި ހުރިހާ ކަމެއްވެސް ރަނގަޅުތޯ ބަލާލަން ޔޫޝައު ބޭނުންވިއެވެ. އޭނާ މިދުވަސްކޮޅު ނިދާ އުޅެނީ އައިކާގެ ކޮޓަރީގައިކަމަށް ވިޔަސް ލަމްހާ ކުޑަކޮށް […]
“ކޮބައިތަ މައްސަލައަކީ؟ ކައިވެނި ހަލާލުވާނެއޭ.. އެއީ ދެން އާއިލާއަށް ލައްވާ ނުލައްވާ ހިސާބެއްނު.. އަޅެ ސީރިއަސްކޮށް މިކަމާ ދޭތެރޭ ވިސްނަބަލަ..” ޒިޔާން ބެލީ މާޒްއަށް ވިސްނައިދެވޭތޯއެވެ. “ނޫން.. އަހަރެން އޭނައާ ދޭތެރޭ ތިކަހަލަ އެއްވެސް ގޮތަކަށް ނުދެކެން.. އެކަހަލަ ގޮތަކަށް އޭނައާ ދޭތެރޭ ވިސްނާކަށް ބޭނުމެއްވެސް ނޫން.. އަހަރެން ރަނގަޅު ކުއްޖަކު ހޯދަފާނަން..” “ސީރިއަސް އެއްޗެއްތަ؟” ޒިޔާން ޔަޤީން ނުވެފައި އަހާލުމުން ޒިޔާން ބޯޖަހާލިއެވެ. ********** ހާޖަރާގެ މަރު ސާބިތު ކުރެވި ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ދިޔައިރު […]
“އައިކާ ކިޔަވަން ހުރި ގެއިން.. އެއީ އަހަރެންގެ ގެ..” އައްޒާމް ބުނެލިއެވެ. “އާނ.. އެގެއިން ދޯ.. ކޮބާ އައިކާއާ ބައްދަލުވިތަ؟” ޔޫޝައު އެހެން އަހާލުމުން އައްޒާމް ބޯޖަހާލިއެވެ. އެވަގުތަކީ އައިކާ ކޮޓަރިން ނުކުތް ވަގުތެވެ. ޔޫޝައުއާ އެހާ ގާތްކޮށް އައްޒާމް ވާހަކަދައްކަން އިންތަން ފެނުމުން އޭނާގެ މެޔަށް ނުބައި ގޮތެއްވެގެން ދިޔައެވެ. ޔޫޝައުމެންނަށް ނުފެންނަނީސް އޭނާ އަވަސްއަވަހަށް ކޮޓަރިއަށް ވަނެވެ. އަދި ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ހެދުމެއްލައި ބުރުގާ އަޅާލައިގެން ނުކުތެވެ. “އިކާ! މިހުރީ އައްޒާމް.. […]
އެރޭގެ ވަގުތެވެ. އައްޒާމް ލަމްހާމެ ްގެއަށް ދިޔައީ ރޭގަޑު ނުވައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. ގޭގެ ބެލް އަޅާލި އަޑަށް ޓީވީއަށް ގެއްލިފައި އިން އައިކާއަށް ސިހިފައި ދޮރަށް ބަލާލެވުނެވެ. “އައިކާ! ދޮރު ހުޅުވަބަލަ.. އަހަރެން މިދަނީ..” ލަމްހާ އެހެން ބުނެލުމުން އައިކާ ބުރުގާ އަޅާލައިގެން ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ސިހުމެއް ލިބުނީ ކުރިމަތީގައި ހުރި އައްޒާމް ފެނުމުންނެވެ. އައްޒާމްއަށްވެސްވީ ހަމަ އައިކާއަށް ވީފަދަ ގޮތެކެވެ. އެދެމީހުން ބަހެއްވެސް ނުބުނެ އެކަކު އަނެކަކަށް ބަލަހައްޓައިގެން […]
“އެއީ އޭނައަކަށް މިހާރު އަހަރެމެންނާ ވާހަކަދައްކާނެ ވަގުތެއްނުވޭ.. އަހަރެމެންނަކީ ރައްޓެހިންކަން އޭނަ ހަނދާން ނެތިއްޖެ.. އޭނަ އޭނަގެ ދުނިޔޭގަ އުފަލުގަ އުޅެން ދޫކޮށްލާ.. އަހަރެމެން އަހަރެމެންގެ ހާލައިގެން އުޅުނީމަ ނިމުނީ.. އެހެންވީމަ މާޒް ގާތުވެސް މިބުނީ އޭނަ އަންނާނެކަމަށް ތިހެން ޚިޔާލީފޮލާ ނުކައްކާ އޭނަގެ މަތިން ހަނދާން ނައްތާލާށޭ..” ލީން އެހެން ބުނެލުމުން މާޒްގެ ހިތަށް ވަރަށް ތަދުވިއެވެ. އައިކާ ހަމަ އެހާވަރަށް ބަދަލުވީ ހެއްޔެވެ؟ އޭނާގެ މަތިން ހަނދާން ނައްތާލިޔަސް އޭނާގެ ހިޔަނި ފަދައިން އުޅުނު […]
ކޮޓަރިއަށް ވަދެވުމާއެކު ދެން ވާނެގޮތް ހިތަށް އެރުމުން އައިކާގެ އަތްފައި ފިނިވިއެވެ. ކޮންމެ އަންހެންކުއްޖަކަށްވެސް އާ ކައިވެނީގެ ރޭ މިފަދަ އިހުސާސްތަކެއް ކުރެވޭބާއޭ އޭނާގެ ހިތަށްއެރިއެވެ. ނޫންނަމަ މީ އޭނާގެ ފިނޑިކަމުން ވާ ގޮތްތަކެއްބާއޭ އޭނާގެ ހިތަށްއެރިއެވެ. ހާސްކަން ފޮރުވުމަށްޓަކައި އޭނާ ގޮސް އެނދުގައި އިށީނދެ ދެފައި ނަގާ މެޔާ ކައިރިކޮށްލައިގެން އިނެވެ. އެވަގުތު ދޮރު ހުޅުވާލާފައި ޔޫޝައު އެތެރެއަށްވަދެ ދޮރު ތަޅުލުމުން އޭނާއަށް ދެފައި ވަކިން ބޮޑަށް މެޔާ ގާތްކޮށްލެވުނެވެ. އައިކާގެ ހާލަތު ވިސްނި ޔޫޝައު […]
“ދެރަނުވޭ.. އިރާދަކުރެއްވިއްޔާ ފަހުން ވާން އޮތްގޮތް މާ ރަނގަޅުވާނެ..” ލީން މާޒްއަށް ހިތްވަރުދިނެވެ. އެވަގުތަކީ ޒިޔާން އައިސް އެމީހުން ގާތަށް މަޑުކޮށްލި ވަގުތެވެ. މާޒްއާ ތިންމީހުން ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ލީން ޒިޔާންއާއެކު ދިއުމުން މާޒްވެސް އެއްގަމަށް ހިނގައިގަތެވެ. އޭނާ ވިސްނުމެއްގައި ހިނގަމުން ގޮސް މަޖީދީމަގުން ގޮސް ގޯޅިއަކަށް އެޅި ވަގުތު އެގޯޅިން ނުކުތް ޒުވާން އަންހެންކުއްޖެއްގެ ގައިގައި ލައިގަތެވެ. މާޒްގެ ގައިގައި ޖެހުމާއެކު އެ އަންހެންކުއްޖާ އަރިއަޅާލިއެވެ. މާޒް ހުޝިޔާރުކަމާއެކު އެކުއްޖާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. […]
ދަންވަރުގެ ވަގުތެވެ. އައިކާއަށް ނިދެމުން ގޮސް ރަނގަޅަށް ނިދި ހަރުވި ވަގުތު މަޑުމަޑުން ކޮޓަރި ދޮރު ހުޅުވުނެވެ. ކުއްލިއަކަށް އައްޒާމް ކޮޓަރިތެރެއަށް ދެމިގަނެފިއެވެ. އަރާމުކޮށް ނިދާލާފައި އޮތް އައިކާގެ ގާތުގައި އައްޒާމް ހުއްޓުނެވެ. އާދައިގެ މަތިން އައިކާ އޮތީ އޭނާ ނިދަންލާ ތުނި ހެދުން ލައިގެންނެވެ. ފަލަ މަސްގަނޑާއި ހަމައަށް އަންނަ ކުރު ނައިޓީގައި އައިކާ ފެނުމުން އައްޒާމްގެ ހިއްސުތަކުގައި ހުޅު ރޯވިއެވެ. ކުރެވެން މި އުޅެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭހާ ބޮޑަށް އޭނާ ވަނީ ބަދަލު […]
ހަތަރު ގަޑި ބައިވީއިރު ޔޫޝައު ހުރީ އައިކާ ބަލާ އައިހެވެ. އައިކާ ބޭރަށް ނުކުތް ވަގުތަކީ އައްޒާމް އައިސް ގެއަށް ވަންނަން ދިމާކުރި ވަގުތެވެ. އޭނާ އައިކާއަށް ބަލާލިއިރު އައިކާގެ ނަޒަރު ހުއްޓިފައި ހުރީ މަގުގެ އަނެއް ފަޅީގައި ސައިކަލުގައި މަޑުކޮށްލައިގެން އިން ޔޫޝައުއަށެވެ. އައިކާ ގޮސް ޔޫޝައުގެ ސައިކަލު ފަހަތަށް އަރަމުން ގޭ ދޮރާއި ދިމާއަށް ބަލާލީ އައްޒާމް ހުރެދާނެކަމަކަށް ނޫނެވެ. ނަމަވެސް އައްޒާމް އޭނާއަށް ބަލަން ހުރިތަން ފެނުމުން އޭނާގެ މޫނަށް ނުރުހުމުގެ އަސަރު […]