އުދަރެސް ބައްދާލާފައިވަނީ ކަޅު ވިލާތަކުންނެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތިކިތައް ކޯޓު އިމާރާތުގެ ބޮޑު ބިއްލޫރިގަނޑުގައި ޖެހެމުންދިޔަ އަޑު އިވެމުންދިޔައީ، ހިމޭންވެފައިވާ އެ ކޮޓަރީގެ ތެރޭގައި ވަރަށް ބާރަށެވެ. ޤާނޫނީ ވަކީލު ޝާޔާ ވަޙީދު އިނީ އޭނާގެ މޭޒުދޮށުގައި ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ ކުރިމަތީގައި އޮތީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ލިޔުންތެރިޔާ އަޙްމަދު އަމްރުގެ މައްސަލައެވެ. އޭނާގެ އަންހެނުން ރިޝްފާ މަރާލިކަމުގެ ތުހުމަތު އޮތީ އަމްރުގެ ބޮލުގައި އެޅިފައެވެ. އަމްރުއަކީ މިހާރު ރާއްޖޭގައި ހުރި […]
އެއްދުވަހަކު މަޖީދީ މަގުގައި ހުރި ފިހާރައަކުން ރާހިލް ނުކުތް ވަގުތު ދުވާރު މަތިން ދުއްވާފައި އައި ފުރޮޅުލީ ގޮނޑިއެއްގައި ލައިގަތެވެ. މާފަށް އެދެމުން ބަލައިލި ވަގުތު އޭނާއަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. ފުރޮޅުލީ ގޮނޑީގައި އެއިނީ ދެވަނަ މީހެއް ނޫނެވެ. އެއީ ކުރީގައި ނުފޫޒާއި ބާރުގެ ސަބަބުން ބޮޑާކަމާއި ކިބުރުވެރިކަން އިންތިހާއަށް ގޮސްފައިވާ ވިޔަފާރިވެރިޔާ ރާޝިދެވެ. އޭނާގެ ގާތުގައި ހުރީ އެމީހެއްދެކެ އޭނާ އިންތިހާއަށް ލޯބިވި ޖަޒްލާއެވެ. ޖަޒްލާގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މޫނުމަތިން […]
ގިނަ ކިޔުންތެރިންގެ އެދުމުގެ މަތިން އަޅުގަނޑު ލިޔެފައިވާ މުޅި އައު ސިލްސިލާ ދިގު ވާހަކައެއް ގެނެސްދޭން ނިންމައިފީމެވެ. އޭޕްރިލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވާހަކަ ޕަބްލިޝް ކުރެވެމުން ދާނެއެވެ. އިންޝާ ﷲ!! އަޅުގަނޑުގެ އެހެން ވާހަކަތަކަށް ލިބުނުފަދަ ތަރުޙީބެއް މި ވާހަކައަށްވެސް ލިބޭނެކަމަށް އުންމީދުކުރަމެވެ. އަދި އެންމެހާ ކިޔުންތެރިންގެ ޚިޔާލުވެސް ބޭނުންވާކަން ފާހަގަކޮށް ކުރީގެ ވާހަކަތަކަށް ޚިޔާލުތައް ދީ ފާޑުކީ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. “މެހެކް” ސާންޑީގެ މުޅިން އައު ސިލްސިލާ […]
އިރުއޮއްސެމުންދިޔަ ހިތްގައިމު ވަގުތެވެ. މާލޭގެ އިރުމަތީ ފަރާތު ތޮށިގަނޑުމަތީގައި ރާޅުޖަހާ އަޑަށް ކަންފަތްދީގެން އިން ރާހިލްގެ ހިތުގައިވަނީ ބަޔާންކުރަންދަތި އުދާސްތަކެކެވެ. އުދަރެހުން ފެންނަން އޮތް ރަންދަޅަތައް މަޑުމަޑުން އަނދިރިކަމަށް ބަދަލުވަމުން ދިޔައިރު، އޭނާގެ ޙަޔާތަށްވެސް އެފަދަ އަނދިރިކަމެއް ވެރިވަމުންދާކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ރާހިލްއަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ މަސައްކަތްތެރި ޒުވާނެކެވެ. އޭނާގެ ޙަޔާތުގެ ހުރިހާވެސް އުންމީދަކީ ޖަޒްލާއެވެ. ޖަޒްލާއަކީ މާލޭގެ މުއްސަނދި، ނުފޫޒުގަދަ އާއިލާއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އެ ދެމީހުންގެ ލޯތްބަށް ފަސް […]
ޒަމާނީ ފެންވަރަށް ހަދާފައިވާ އަހަރެންގެ ކޮޓަރީގެ ހަތަރު ފާރުން އެތެރޭގައި އެއްވެސް ދިރުމެއް ނުވެއެވެ. އާއިލާއިން ބާކީވެ، ޙަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާއިރު، އަހަރެންގެ މާޒީއާއި ދޭތެރޭ ވިސްނާލުމުން އަހަރެންގެ ހިތުގައި ހާދަ ރިހެއެވެ. އަހަރެންނަށް މިހެން ދިމާވާން މި ޖެހުނީ ކީއްވެބާއޭ އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ ނަމަކީ އިމްނާއެވެ. އުމުރުން 30 އަހަރުގެ އަންހެނަކީމެވެ. ދެކުދިންގެ މަޔަކީމެވެ. ފިރިޔަކު ނެތެވެ. ބައްޕަ ވަނީ އެނބުރި އައުމެއް ނެތް ދުނިޔޭގައެވެ. ހުރީ ހަމައެކަނި މަންމައެވެ. ދުވަސްތަކެއް […]
“އައްދޭ.. ދެކުދިން ހާދަ ފަތިހަކާ ހޭލައިގެން.. މަންމަ ހީކުރީ މިއަދު ދެކުދިން ލޮލަށް ފެންނަވަރު ވާނީވެސް މެންދުރުވާންވާއިރު ކަމަށް..” ސީމާގެ އަޑުގައިވާ މަލާމާތް ލައިލާއަށް ނަގައިގަނެވުނެވެ. ލައިލާ އަވަސްއަވަސްކޮށްލައިގެން ތެދުވަން އުޅުމާއެކު ނާފިޒު ލައިލާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ލޮލުން އިޝާރާތްކޮށްލީ މަޑުކުރާށޭ ބުނާފަދަ ގޮތަކަށެވެ. އެޔާއެކު ލައިލާ އިށީނެވެ. “އެނޫނަސް އަހަރެމެން ކޮންމެހެން ކުރަންޖެހޭ ކަންކަން އެބަހުރި.. މެންދަރު ވަންދެން ނިދަން އޮތީމަ އެ ފާފަ ބޮލުގައި އަޅަނީ ކާކު؟” ނާފިޒު އެހެން ބުނެލުމުން ސީމާގެ […]
ލައިލާއަކީ މުއްސަނދި އާއިލާއެއްގައި ހުރި ހަމައެކަނި ދަރިއެވެ. އޭނާގެ އުމުރުން އަށް އަހަރުގައި އޭނާގެ މަންމަ ވަނީ ނިޔާވެފައެވެ. އޭނާގެ މަންމަ ނިޔާވުމާއެކު އޭނާއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. އެ ހިތާމައިގައި އޭނާ އިންނަތަން ދެކެން އޭނާގެ ބައްޕަ ޒާހިރަކަށް ކެތެއް ނުވިއެވެ. މަންމަގެ ލޯތްބަށް އެދި ފެންބޮވައިގެންފައިވާ ލައިލާއަށް މައެއްގެ ލޯބި ހޯދައިދިނުމަށްޓަކައި ޒާހިރު އިތުރު ކައިވެންޏެއް ކުރިއެވެ. ސީމާއާއި އިނދެގެން ގެއަށް ގެނައުމާއެކު ސީމާގެ ފަރާތުން ލައިލާއަށް އިންތިހާއަށް ލޯބި ދިނެވެ. މައެއްގެ […]
ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. ރަފާގެ ހަނދާން ހުންނަން ފެށިއިރުވެސް އޭނާގެ ބައްޕައެއް ނުހުރެއެވެ. އުޅެ ބޮޑުވީ މަންމަގެ ގާތުގައެވެ. ޚުދު ބައްޕަގެ ނަންވެސް ރަފާއަކަށް ނޭނގެއެވެ. އޭނާއަށް ނަން ދިންއިރު ބައްޕަގެ ނަން ނުދިނީވެސް އޭނާއަށް ބައްޕަ އޮޅުންފިލައިފާނެތީ ކަންނޭނގެޔޭ އޭނާގެ ހިތަށް އަރައެވެ. އޭނާ މަންމައާއި ބައްޕައާއި ބެހޭގޮތުން ސުވާލުކޮށްފިނަމަ މަންމަގެ ޙާލު ބޮޑުވެއެވެ. ރޮވެއެވެ. ރުޅި އާދެއެވެ. އެހެންކަމުން ރަފާއަށް މަޖުބޫރުވެފައިވަނީ ބައްޕަ ހޯދަން ކިތަންމެ […]
* ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މެންދަމުގެ ވަގުތެވެ. ޖަހާލި ބާރު ގުގުރިއާއިއެކު ސިހިފައި އަހަރެންނަށް ހޭލެވުނެވެ. އެ އަޑާއި އެކުވެގެން ކަހަލަ ގޮތަކަށް ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ދެލޯ އުނގުޅާލަމުން އަވަސްއަވަހަށް ޖެހިގެން ހުރި ކުޑަ އެނދަށް އަހަރެން ބަލާލީމެވެ. ތިން އަހަރަށްދާ އެ ކުޑަކުއްޖާ ގެނެސް އަހަރެންގެ މޭގެތެރޭ ބޮނޑިކޮށްލީމެވެ. އެ ކުޑަކުޑަ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އޭރުވެސް އެކުއްޖާގެ ރުއިމުގެ އަޑު މަޑުމަޑުން އިވިއިވި ހުއްޓެވެ. “ދޫނީ.. އަވަހަށް ހުއްޓާލާ.. ޑެޑީ […]