ހެނދުނު ހެނދުނާ ކިރު ސަޔާއި އަލްސަފާ ފާރޮށި ޖަހައިގެން ކައިގެން ނުކުމެ އަހަރެން އޮތީ އަހަރެންގެ ކޮޓަރީގައި އަރާމުކޮށްލާށެވެ. އެހެން އޮތްއިރު އަހަރެންގެ ހިތަށް އެތައް އެއްޗެއް އަރަމުން ދިޔައެވެ. މިދުވަސްކޮޅަކީ ރަށުތެރެއަށް ކުޑަކުދިން ނެރުން މަނާކޮށްފައިވާ ދުވަސްވަރެކެވެ. ސަބަބަކަށް ވަނީ ސަންތިމަރިޔަނބު އަރާތީޔޯލައެވެ. ޚުދު އަހަރެންނަށްވެސް މަންމަ އޮންނަނީ ބޭރަށް ނުކުތުން މަނާކޮށްފައެވެ. އަހަރެންނަށް އަށާރަ އަހަރު ނުފުރޭތީއެވެ. އަހަރެން މިފަދަ ޚިޔާލުތަކެއްގައި އޮއްވާ ކުއްލިއަކަށް ހަނދާންވީ މަންމަ އަހަރެން ކުޑައިރު ނިންދަވަން ވަދެފައި ކިޔައިދޭ […]
އަޅުގަނޑު މިހާރު ލިޔަން ފަށަން ގަސްތުކުރާ ވާހަކައިގައި ބޭނުންކުރާނެ ނަންތަކެއް ކަނޑައެޅުމުގެ ފުރުސަތު އެންމެހާ ކިޔުންތެރިންނަށް ހުޅުވާލަމެވެ. މިވާހަކައަކީ ގިނަ އަދަދެއްގެ ބައިވެރިން އުޅޭ ވާހަކައަކަށް ވާތީ އަންހެން އަދި ފިރިހެން ގިނަ ނަންތަކެއް އަޅުގަނޑު ބޭނުންވެއެވެ. ނަންތައް ފޮނުވާއިރު އެ އަންހެން ބައިވެރިއަކާއި ގުޅޭނެ ފިރިހެން ބައިވެރިއެއްގެ ނަންވެސް ފޮނުވާލުމަކީ ނަންތައް ހޮވުމުގައި އަޅުގަނޑަށް ވަރަށް ފަސޭހަވެގެންދާނެ ކަމެކެވެ. މި ހިނގާ އޭޕްރީލް މަހުގެ ވިހިވަނަ ދުވަހުގެ ރޭ ސުންގަޑި ސުންމިނެޓާއި ހަމައަށް ވާހަކައަށް ނަން ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ވީހާވެސް ގިނަ، ރީތި ނަންތަކެއް ކިޔުންތެރިންގެ ފަރާތުން އަޅުގަނޑުގެ އާ ވާހަކައިގައި ބޭނުންކުރަން ލިބޭނެކަމަށް އުއްމީދުކުރަމެވެ. * ނަންތައް މި ޕޯސްޓްގެ ކޮމެންޓް ބަޔަށް ފޮނުއްވާ.. ނުވަތަ އަޅުގަނޑުގެ ފޭސްބުކް ޕޭޖް https://www.facebook.com/SaandyStories/ އަށް އިންބޮކްސް ކުރައްވާ.. – ސާންޑީ –
ނީލާ އޭނާގެ އަލަތު ލޯބިވެރިޔާ ނިޝާމްއާ ކައިވެނީގެ ގޮތުން ގުޅުނީ އުމުރުން އެންމެ އަށާރަ އަހަރުގައެވެ. އާއިލާގެ ނުޤަބޫލުގައި ނީލާ އެ ކައިވެނި ކުރީ ނިޝާމްދެކެ ވެވިފައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަދި ނިޝާމްއާއެކު ބޭއްވުނު އެކަހެރި ބައްދަލުވުންތަކުގައި ކުރެވުނު ފާފައިގެ މަތިއެޅުމަށްޓަކައިވެސްމެއެވެ. ނިޝާމްވެސް ނީލާއާއި ކައިވެނި ކުރީ އޭނާ އެދޭފަދަ ސިފަތަކެއް ނީލާގެ ކިބައިގައި ހުރީމައެވެ. އިންސާނިއްޔަތުކަން ހުރީމައެވެ. ނޫންނަމަ މަލުގެ ފޮނިކޮޅު ބޯލެވުމުން އެފަދަ ގިނަ ފިރިހެނުން މަލަށް ފުރަގަސްދޭނީއެވެ. ކައިވެންޏަށް ތިންމަސްވީއިރު ނީލާ އިނީ […]
***** 29ވަނަ ބައިގެ ތެރެއިން ***** “ކޮފީއެއް ހަދާލަދީބަލަ.. އަހަރެން އެބަ ދަން..” ޔޫޝައު އަންނަ ވާހަކަ ބުނުމުން ނާޒް ހައިރާންވިއެވެ. އޭނާއަށް ޔޫޝައުއާ ދިމާ ބަލާލެވުނުއިރު ޔޫޝައުވެސް އިނީ އޭނާއާ ދިމާ ބަލަން ހިނިތުންވެލައިގެންނެވެ. އޭނާ ބަލާލުމާއެކު އެއްލޯ މަރާލިއެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވި ނަމަވެސް ހުރިހާ ކަމެއް އެ ހިނގަނީ އޭނާ ހޭލާ ހުއްޓާ އޭނާގެ ލޮލު ކުރިމަތީގައެވެ. ވީއިރު ދެކޮޅު ހެދޭނެ ޖާގައެއް ނެތެވެ. ނާޒް ހިނިތުންވެލަމުން ތުއި ގޮތަކަށް ކޮފީ ހަދަން ދިއުމުން ޔޫޝައު […]
“ކޮފީއެއް ހަދާލަދީބަލަ.. އަހަރެން އެބަ ދަން..” ޔޫޝައު އަންނަ ވާހަކަ ބުނުމުން ނާޒް ހައިރާންވިއެވެ. އޭނާއަށް ޔޫޝައުއާ ދިމާ ބަލާލެވުނުއިރު ޔޫޝައުވެސް އިނީ އޭނާއާ ދިމާ ބަލަން ހިނިތުންވެލައިގެންނެވެ. އޭނާ ބަލާލުމާއެކު އެއްލޯ މަރާލިއެވެ. އޭނާއަށް ޤަބޫލުކުރަން ދަތިިވި ނަމަވެސް ހުރިހާ ކަމެއް އެ ހިނގަނީ އޭނާ ހޭލާ ހުއްޓާ އޭނާގެ ލޮލު ކުރިމަތީގައެވެ. ވީއިރު ދެކޮޅު ހެދޭނެ ޖާގައެއް ނެތެވެ. ނާޒް ހިނިތުންވެލަމުން ތުއި ގޮތަކަށް ކޮފީ ހަދަން ދިއުމުން ޔޫޝައު މޫނު ކުނިކޮށްލިއެވެ. ފޫހިވެފައި […]
“ކީއްވެތަ ކޮންމެ މީހަކަށް އަހަރެން މި ގޯސްވަނީ؟ އަހަރެންނަށް އެހެން މީހަކު ދެރައެއް ދިނަސް ގޯސް މިވަނީ އަހަރެން.. ކީއްވެތަ؟ ކީއްވެތަ؟” “އެކަކަށް ދެރައެއް ދީފަ އަނެކަކަށް އުފަލަކު ނޫޅެވޭނެ.. އެތަން ތި ފެންނަނީ..” އެވަގުތު ކޮޓަރިއަށް ވަދެގެން އައި ލީން ބުނެލިއެވެ. އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވެއެވެ. “ލީން!؟” “ވަރަށް ހައިރާންވެއްޖެ ދޯ އަހަރެން އައިމަ.. އަހަރެން ހުރީ ނާންނަންވެގެން.. އެއީ ރައްޓެހިން އެއީ ރައްޓެހިން ކަމުގަ ނުދެކޭ މީހުން ކައިރިއަށް ޒިޔާރަތްކުރުމަކީ އަހަރެން […]
“ތިހާ މާތް މީހަކު ހިލޭ އަންހެނެއް ގައިގަ އަތެއް ނުލާނެ.. އަދި އެވެސް މީހެއްގެ އަނތްބެއް ގައިގަ..” އައިކާ ރުޅިވެރިކަމާއެކު ބުނެލިއެވެ. “ކާކުގެ އަނތްބެއް؟ އައިކާގެ އެއްވެސް ފިރިއަކު ނުހުންނާނެ..” އެވަގުތު ގެއަށް ވަންނަން އައި ނާޒިމްއާއި ސަނާއަށް މާޒް ބުނި އެއްޗެއް ކިތަންމެ ރަނގަޅަކަށްވެސް އަޑުއިވުނެވެ. އެތެރެއަށް ވަންނަން އުޅެފައިވެސް އެދެމީހުން ބޭރުގައި މަޑުކޮށްލީ މާޒްއާއި އައިކާ ދައްކާ ވާހަކައެއް އަޑުއެހުމުގެ ބޭނުމުގައެވެ. “އަހަރެންގެ ފިރިމީހާއަކީ ޔޫޝައު.. އެވަރު މާޒްއަށް ނޭނގުނީތީ އަހަރެން ލަދުގަނޭ..” އައިކާ […]
“ގެނޭ އަހަރެން ތި ގެޔާ ހަމައަށް ގެންގޮސްދޭނަން..” މާޒްގެ އަޑަށް އައިކާ ބަލާލިއެވެ. މާޒްގެ މޫނުމަތީގައިވާ ހިނިތުންވުން ފެނުމުން އައިކާގެ އެތެރެހަށީގައި ރޯވެގަތެވެ. “މަރުޙަބާ!” ރުޅިވެރިކަމާއެކު މާޒްއާ ދިމާއަށް އެހެން ބުނެލަމުން އައިކާ އަނެއްކާވެސް ފޮށި ހިފައިގެން ހިނގައިގަތެވެ. މާޒް ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި އައިކާ ދިޔަ ދިމާއަށް ބަލަން ހުއްޓެވެ. އައިކާ އޭނާއާ ދިމާއަށް އެހެން ބުނަންވީ ސަބަބެއް އޭނާއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. އައިކާ މަގުގެ އެކި ހިސާބަށް މަޑުކުރަމުން ގެއާ ހަމައަށް ދެވުނުއިރު […]
“ވަރަށް ހަނދާންވާނެ..” ލަމްހާ އައިކާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. “އަހަރެންވެސް..” އައިކާ އެހެން ބުނެލިއިރު އޭނާގެ ދެލޮލުން ކަރުނަތައް އޮހިގެންފިއެވެ. ލަމްހާ ވަރަށް އޯގާތެރިކަމާއެކު އައިކާގެ ދެލޯ ފޮހެލައިދިނުމަށްފަހު އޭނާގެ އަތަށް ގަނޑުކޮޅެއް ލައިދިނެވެ. އެއީ އޭނާ ދާންވީ އެޑްރެސް ލިޔެފައިވާ ގަނޑުކޮޅެވެ. ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތްކުރަމުން އައިކާ ފޮށި ހިފައިގެން ނުކުންނަމުން ޔޫޝައުއަށް ބަލާލިއެވެ. އޭރު ޔޫޝައުވެސް އިނީ އައިކާއާއި ދިމާ ބަލާށެވެ. ނަމަވެސް އައިކާ ބަލާލުމާއެކު އޭނާ ދުރަށް މޫނު އަނބުރާލިއެވެ. އެވަގުތު […]