Skip to content
އެސްފިޔަ

ހުވަފެން (2)

“އޭތް! އިހަށް މަޑުކޮށްބަލަ!” ހުޒާމް ތަންކޮޅެއް ބާރަށް ބުންޏެވެ. އެކުއްޖާއަށް ހުޒާމްގެ އަޑު ނީވުނީ ކަންނޭނގެއެވެ. އަޅާވެސްނުލާ ދިޔަގޮތަށް ދިޔައީއެވެ. ހުޒާމްގެ ބޮލުގައި ގަދައަށް ރިއްސަން ފެށިއެވެ. އެއަންހެންކުއްޖާ ބުނި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެއީ ކާކުބާވައެވެ. ނުވެސް ދަންނަ އަންހެންކުއްޖެކެވެ. ނަމަވެސް އޭނާގެ ހުވަފެނަކީ މުއްސަންޖަކަށް ވުންކަންވެސް އެކުއްޖާއަށް އެނގިއްޖެއެވެ.

ހުޒާމް ބޭނުންވީ އެއަންހެންކުއްޖާއާ ބައްދަލުކުރާށެވެ. އެއީ ކާކުކަން އެނގިގެން ނޫނީ ދެން އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ބޮލަކުން ރިހުމެއް ނުފިލާނެއެވެ. އޭނާ އެއަންހެންކުއްޖާގެ ޚަބަރެއްވޭތޯ ދެތިންރޭ ވަރަށް ދަންވަންދެން ހޭލާ ހުއްޓެވެ. ބެލްކަންޏަށް ގޮސްވެސް އެތައްއިރަކު ހުއްޓެވެ. އެކުއްޖާ ހުންނަ ކޮޓަރި ދިއްލާފައި ހުރިނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.

ހަފްތާއެއް ފަހެވެ. މެންދަމު ބާރަގަޑި ބައިވަނީއެވެ. ހުޒާމް އިނީ ލެޕްޓޮޕް ހިފައިގެން ބެލްކަނީގައި އޮފީހުގެ މަސައްކަތެއް ކުރާށެވެ.

“ސަރއާ ބައްދަލުކުރަން އަންހެންކުއްޖަކު އައިސް އެބަހުރި. އަޅުގަނޑު ބުނިން މިގަޑީ…” އިމްރާން ޖެހިލުންވެފައި ބުނަންފެށި ޖުމްލަ ހުޒާމް މެދުކަނޑާލިއެވެ.

“އޭނަ އެތެރެއަށް ވައްދާ!” އިމްރާން ހައިރާންކަމާއެކު ހުޒާމަށް ބަލާލާފައި ގޮސް އެކުއްޖާ އެތެރެއަށް ވެއްދިއެވެ. އެކުއްޖާ އައިގޮތަށް ހުއްދަވެސް ނުހޯދާ ހުޒާމްގެ ގާތުގައި ހުރި ގޮނޑީގައި އިށީނެވެ. ހުޒާމް އެކުއްޖާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެކުއްޖާ ލަދުން އިސްޖަހާލިއެވެ. ހުޒާމްއަށް ކުރެވުނު ކަންތައް ރޭކާލުމުން އަވަސްއަވަހަށް “ސޮރީ”އޭ ބުނެލިއެވެ. އެކުއްޖާ ހީކުރާނީވެސް ކީކޭ ހެއްޔެވެ؟ އޭނާއާއި ދޭތެރޭ ހިތް ގޯސްވާނެކަން ގައިމެވެ.

“ކުރިންރޭ އަހަރެން ގޮވީމަ ކީއްވެ މަޑުނުކުރީ؟ އަޑު ނީވުނީތަ؟” ހުޒާމް އެހެން އަހާލުމުން އެކުއްޖާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.

“ދެން ކީއްވެ؟” ހުޒާމް ހައިރާންވިއެވެ.

“ބިރުގަތީ. އަހަރެން އެރޭވެސް އައީ ފިލައިގެން. މިރޭވެސް… އެތަނަށް ވަދެވުމަށްފަހު އެތަނުން ބޭރަށް ނުކުތުން މަނާވާނެ.” އެކުއްޖާ ބުނެލިއެވެ.

“ކުރިންރޭ ތިކުއްޖާ ދިޔަފަހުން އަހަރެންނަކަށް ހަމަޖެހުމެއް ނުލިބުނު. ބޮލަކުން ރިހުމެއް ނުފިލި. ތިއީ ކޮންކުއްޖެއްބާއޭ ހިތަށްއަރަނީ. އަހަރެންގެ ކަންތައްތައް ވަރަށް އެނގޭހެން ހީވަނީ.” މިރޭ ކޮންމެ ގޮތެއް ހަދާފައިވެސް ހުޒާމް އެއަންހެންކުއްޖާގެ ހަޤީޤަތް ހޯދާނެއެވެ. އެއަންހެންކުއްޖާއަށް މިރޭ އެގެއިން ދެވޭނީ އޭނާއަށް އެއީ ކާކުކަން ބުނެދީފައެވެ.

ހުޒާމް އެހެން ބުނުމުން އެއަންހެންކުއްޖާ ގާތަށް ވަރަށް ހިނިއައެވެ. އެކުއްޖާ ހިނިގަނޑު ހިންދާލަން ކުރި މަސައްކަތްވީ ބޭކާރެވެ. ހުޒާމް އިނީ ހައިރާންކަމާއެކު ބަލާށެވެ. އެކުއްޖާ އިރުކޮޅެއްފަހުން ގަދަކަމުން ހިނިގަނޑު މައިތިރިކުރިއެވެ.

“ސާބަސް! މަށަށް ނޭނގި ދެން ކާކަށް އެނގޭނީ؟” އެކުއްޖާގެ ވާހަކައިން ހުޒާމްގެ ހައިރާންކަންވީ އިތުރެވެ. އެކުއްޖާއަށް އޭނާގެ ކަންތައްތައް އެހާ ރަނގަޅަށް އެނގެންވީ ކީއްވެ ހެއްޔެވެ؟ އޭނާއަކީ ރައްޓެހިން ތިބޭ މީހެއްވެސް ނޫނެވެ. އޭނާގެ ތިބީ އެންމެ ދެރައްޓެހިންނެވެ. އެއީ ރިޒްނާއާއި ރޫނާއެވެ. އޭނާގެ ހުރިހާ ސިއްރަކާއި ހުރިހާ ކަމެއް އެނގޭނެ ހަމައެކަނި ދެމީހުންނަކީ އެއީއެވެ. ރޫނާ ވަނީ މީގެ ވިއްސަކަށް އަހަރު ކުރިން ކަނޑުވެގެން ނިޔާވެފައެވެ. ރިޒްނާ ވީ ގާތްގަނޑަކަށް ބާރަ ވަރަކަށް އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެހެންވީއިރު މިއީ ކާކު ހެއްޔެވެ؟

“އެއީ ކީއްވެހޭ؟” ހުޒާމްގެ އަޑު ތަންކޮޅެއް ބާރުވިއެވެ.

“ނޭނގެންވީ ސަބަބެއްވެސް ނެތް.” އެކުއްޖާ އެހެން ބުނެފައި މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު ނަގާ ކަންފަތް ކައިރިއަށް ލައްވާލިއެވެ. އެވަގުތު ހުޒާމްގެ ލޮލުގައި އަޅައިގަތީ އެކުއްޖާގެ އަތުގެ ނުފުށުގައި އިން ބޮޑު ކަޅުތިލައެވެ. ހުޒާމް ކުއްލިއަކަށް އެކުއްޖާގެ އަތުގައި ހިފެހެއްޓިއެވެ. އަދި އެއަތަށް ވަރަށް ފުންކޮށް ބަލާލިއެވެ. މިހާރު އޭނާއަށް އެއީ ކާކުކަމާމެދު ޝައްކުވެއްޖެއެވެ. އޭނާ އަވަސް ހަރަކާތަކާއިއެކު އެކުއްޖާގެ ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލެވިފައިވާ އިސްތަށިގަނޑު އެއްފަރާތްކޮށްލީ ކީކޭ ހިތަށް އަރައިގެންކަމެއް ނޭނގެއެވެ. އެވަގުތު އެކުއްޖާގެ ކަނދުރާގައި އިން ކަޅުތިލަ ފެނުމުން އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.

“ރިޒޫ ދޯ؟” ހުޒާމް އެހެން ބުނެލުމުން އެއަންހެންކުއްޖާ ބޯޖަހާލިއެވެ. ހުޒާމްއަށް އެއަންހެންކުއްޖާ ގައިގައި ބައްދާލެވުނެވެ. އެތައް ދުވަހަކަށްފަހު ދެއެކުވެރިން ބައްދަލުވުމުން ބަޔާންކުރަންދަތި ޝުއޫރުތަކެއް ދެހިތުގައިވެސް އުތުރި އަރައިގަތެވެ. ދެމީހުންގެ ލޮލުންވެސް އުފާވެރިކަމުގެ ކަރުނަ އޮހިގަތީ އެއްވެސް އިޒްނައަކާނުލައެވެ.

“ރިޒޫ! މިއޮއް ހުރިހާ ދުވަހު ކޮންތާކު އުޅުނީ؟ ރިޒޫ ގެއްލުނު ވާހަކަ އަހަރެން އަޑުއެހީ ވަރަށް ހިތްދަތިކަމާއެކު.” ހުޒާމް ދެލޯ ފޮހެލަމުން އަހާލިއެވެ.

“އަހަރެން އުޅުނީ އެގޭގައި. އެގެއަށް ވަނީއްސުރެ ނުނިކުމެވިފައި.” ރިޒްނާ ބުނެލިއެވެ.

“ހުޒާމް ކޮންތާކު އުޅުނީ؟ އަހަރެންވެސް ހުޒާމްއާއި ރޫނާ މަރުގެ ވާހަކަ އަޑުއެހީ ވަރަށް ހިތްދަތިކަމާއެކު. ޤަބޫލެއްވެސް ނުކުރެވުނު. އެކަމަކު ފަނަރަ އަހަރު ވީމަ އަހަރެންވެސް އެވާހަކަ ޤަބޫލުކުރިން. އެކަމަކު އޭގެ ދުވަސްކޮޅެއްފަހުން އަހަރެންނަށް އަޑުއިވުނީ ހުޒާމް މާލޭގެ ބޮޑު މުއްސަންޖަކަށްވީ ވާހަކަ.” ރިޒްނާ އޮޅުންފިލުވައިދިނެވެ.

“އަހަރެން ދޯ؟ އަހަރެންގެ ވާހަކަ ނުދައްކާ. އަހަރެންވެސް ގަދަވެ ސަލާމަތުން އެބަހުރިން.” ހުޒާމް ބުނެލިއެވެ.

“އަހަރެން ދެން ދަނީ. އެމީހުންނަށް އަހަރެން ނެތްކަން އެނގިއްޖެއްޔާ ވަރަށް ގޯސްވާނެ.” ރިޒްނާ ދާން ހިނގައިގަތުމުން ހުޒާމް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“ނޫން ރިޒޫ. ރިޒޫ ދެން އެތަނަށް ދާނެ ކަމެއް ނެތް. ރިޒޫ ހުންނަން ޖެހޭނީ މިގޭގައި. އަހަރެންގެ ކައިރީގައި.” ހުޒާމް ވަގުތުން ދެކޮޅު ހެދިއެވެ. އޭނާ ދެން ރިޒްނާ އެނބުރި އެގެއަށް ދާކަށް ބޭނުމެއް ނުވެއެވެ.

“ޒާމް! ޕްލީޒް ޓްރައި ޓު އަންޑަސްޓޭންޑް. އަހަރެން ގޭގައި ނެތްކަން އެނގޭއިރަށް އެމީހުން އަހަރެން ހޯދަން ނުކުންނާނެ. ފެނިއްޖެއްޔާ ކޮންމެފަދަ ގޮތެއްވެސް ހަދައިފާނެ. ޒާމްއާ އެއްކޮށް ފެނިއްޖެއްޔާ އަދި މާ ގޯސްވާނެ.” ރިޒްނާ ބެލީ ހުޒާމްއަށް ވިސްނައިދެވޭތޯއެވެ. އޭނާ ހުރީ ހާސްވެގެން ގޮސް ހަދާނެ ގޮތެއް ނޭނގިފައެވެ.

“ރިޒޫ! ހަމަޖެހިބަލަ! އެމީހުންނަކަށް އެއްކަމެއްވެސް ނުކުރެވޭނެ.” ހުޒާމް ބުނެލިއެވެ.

“ނޫން ޒާމް. އެއީ ވަރަށް ނުރައްކާ ބައެއް. މާނައަކީ އެއީ އާދައިގެ ބައެއް ނޫނޭ. ދުނިޔޭގެ ބޮޑެތި މަހުޖަނުންގެ ތެރެއިން މީހެއް.” އެހެން ބުނެފައި ރިޒްނާ ހުޒާމްގެ އަތް ފޮޅުވާލުމަށްފަހު ދުވެފައި އެގެއިން ނުކުތެވެ.

ރިޒްނާއަށް ހުޒާމްގެ ގޭ ބޮޑު ގޭޓުން ނުކުތުމުގެ ކުރިން އޭނާ ދިރިއުޅޭ ބޮޑު އިމާރާތުގެ ގޭޓަށް ބަލާލިއެވެ. އޭނާގެ ނަސީބުވެސް ގަދައީއެވެ. ގޭޓު ކައިރީ ފޯރިމަރަން ތިބި ދެ ގާޑުން ތިބީ ނިދާ މަރުވެފައެވެ. އޭނާ އަވަސްއަވަހަށް ގޮސް ގޭގެ ފަސްފޫޓަށް ރާނާފައިވާ ފާރުމަތިން އެތެރެ ބަލާލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ވަގެއް ފަދައިން އެއްވެސް އަޑެއް ނީވޭނެހެން މަޑުމަޑުން ފާރުމަތިން ގޯތިތެރެއަށް ފުންމާލިއެވެ. ހަމަޖެހުމުގެ ނޭވާއެއް ލަމުން އޭނާ ލުއި އެހެނަސް އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގޭތެރެއަށް ވަނެވެ.

ގޭތެރެއަށް ވަނުމާއިއެކު ރިޒްނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އޭނާގެ ކޮޓަރި ހުރީ ދިއްލާފައެވެ. ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އޭނާ ހުޒާމްގެ ގެއަށް ކޮޓަރި ނިއްވާލާފައި ތަޅުލިކަން އޭނާ ހަމަ ރަނގަޅަށްވެސް ހަނދާން އެބަހުއްޓެވެ. ޔަޤީނެވެ. ޝަމްސު އައީއެވެ. މިރޭ އޭނާގެ ދުވަސް ދާނެއޭ ރިޒްނާގެ ހިތަށްއެރިއެވެ. އޭނާ މިރޭ ހުޒާމްގެ ގެޔަށް ދިޔައީވެސް ޝަމްސު އެނބުރި ނާންނާނެކަން އެނގޭތީއެވެ. ޝަމްސު އޭނާގެ އެހެން އަނބިންގެ ގާތުގައި ހޭދަކުރާ އެއްވެސް ރެޔަކު އޭނާގެ ގާތަކަށް ނާންނާނެއެވެ. ނަމަވެސް މިރޭ ކަންތައް މިވީ މުޅިން އެހެން ގޮތަކަށެވެ.

މަޑުމަޑުން ރިޒްނާ ދިޔައީ ބަދިގެއަށެވެ. އޭނާ އެރޭ އިރާކޮޅު ކޮޓަރިން ބޯފެން ހުސްވެގެން ފެންއަޅާ ޖަގު ހުރީ ބަދިގެއަށް ގެނެވިފައެވެ. އޭނާ އަވަސްއަވަހަށް ޖަގަށް ފެން އަޅައިގެން ނޭވާ ހަމައަކަށް އަޅުވާލަމުން ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭނާ ގޮސް ކޮޓަރިއަށް ވަތްއިރު އެބޮޑު ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާގައި އޮށޯވެލައިގެން ޝަމްސު އޮތެވެ. އޭނާގެ ތުނބުގައި ސުއްޓާއެއް ޖަހާލާފައިވާއިރު ސޯފާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ރާ ފުޅިއެއް ހުއްޓެވެ. މޭޒުމަތީގައި ދެތަށި ހުރިއިރު އެއް ތަށްޓަށް ހުރީ ރާ އަޅާފައެވެ.

ރިޒްނާ ފެނުމާއިއެކު ސޯފާގައި ހަމަޖެހިލައިގެން އޮތް ޝަމްސު ފުންމައިގެން ތެދުވިއެވެ. ރިޒްނާގެ ހިތަށް ބިރުވެރިކަން ވަތްނަމަވެސް އެކަން ފޮރުވަމުން ފެންޖަގު ހިފައިގެން ގޮސް މޭޒުމަތީގައި ބެހެއްޓިއެވެ.

“ކޮންތާކުން ތިއައީ؟” ޝަމްސުގެ އަޑު ބާރެވެ. އޭނާ މަޑުމަޑުން ރިޒްނާއާ ގާތްވަމުން ދިޔައެވެ. އިސާހިތަކު އޭނާ ހުރީ ރިޒްނާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. އެވަގުތު ޝަމްސު އެތެރެއަށް ދަމާލި ސުއްޓާގެ ދުންތައް ބުރުވާލީ ރިޒްނާގެ މޫނަށެވެ. އެއާއިއެކު އޭނާ ކޮށިއެރިއެވެ.

“ބަދިގެއިން.” ކެއްސުންވަރު މަތަކުރަމުން ރިޒްނާ މަޑުމަޑުން ބުނެލިއެވެ.

“ދޮގު ނުހަދާ. ކޮންތާކުންހޭ ތިއައީ؟” ޝަމްސު ކުއްލިއަކަށް ހިފީ ރިޒްނާގެ އިސްތަށިގަނޑުގައެވެ. އިސާހިތަކު އޭނާގެ އަތަށް އޮޅާލައިފިއެވެ.

“އައްދޯއި. އަހަރެން ދިޔައީ ފެން ހުސްވެގެން ބަދިގެއަށް ފެން ބަލައޭ.” ވީ ތަދެއްގެ ބޮޑުކަމުން ރިޒްނާއަށް ރޮއިގަނެވުނެވެ. އެވަރުންވެސް ޝަމްސު އޭނާ ދެއްކި ވާހަކަ ޤަބޫލެއް ނުކުރިއެވެ.

“އޭގެ ކުރިން ދިޔައީ ކޮންތާކަށް؟” ޝަމްސުގެ ބަރު އަޑުން އެހެން އަހާލީ ރިޒްނާގެ އަނގައިގައި ހިފާ ފިއްތާލަމުންނެވެ.

“އަހަރެން ނުދަމޭ ގެއިން ބޭރަކަށް. އަހަރެން އިނީ އުނދޯލި ގޭގައޭ.” ރިޒްނާ އެހެން ބުނުމާއެކު ޝަމްސު އޭނާގެ އިސްތަށިގަނޑުން ދޫކޮށްލާފައި ގޮސް ދޮރު ތަޅުލިއެވެ. އަދި ކުޑަދޮރުތައްވެސް ލެއްޕިއެވެ. ވާން މިއުޅެނީ ކިހިނެއްކަން ދެނެގަންނާކަށް ރިޒްނާއަކަށް އުނދަގުލެއް ނުވިއެވެ.

“ނޫން. ހެޔޮނުވާނެ. މިރޭ ތިހެން ނުހަދާ. އަހަރެން މިއިނީ ޕީރިއަޑް ވެފައޭ.” ރިޒްނާ ރޮއިގަންނަމުން ދޮގުހެދިއެވެ. އެއާއިއެކު ޝަމްސުގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ރިޒްނާއަށް އެކަން ފާހަގަ ކުރެވުނެވެ. އޭނާގެ މަޤުސަދު ހާސިލްވީހެން އޭނާއަށް ހީވިއެވެ. ޝަމްސު ހިނގައިގަތީ ސޯފާއާއި ދިމާއަށެވެ. ސޯފާގައި ހަމަޖެހިލާފައި ރާތަށި ނަގާ އެއްފަހަރުން ދަމާލިއެވެ. އެއާއިއެކު ގަދަ އަޑުން ހަޅޭއްލަވައިގަތެވެ. ހަމަޖެހުމުގެ ނޭވައެއްލީ ރިޒްނާއަށް ސިހުމެއް ލިބުނެވެ. ބަލަބަލާ ހުއްޓާ ޝަމްސު ދެވަނަ ތަށި ރާ ބޮއިލާފައިވެސް ހަމަ އެފަދައިން ހަޅޭއްލަވައިގަތެވެ. މިރޭ ޝަމްސުގެ އަތްދަށުނުވެ ސަލާމަތް ނުވެވޭނެކަން އެނގުމުން ރިޒްނާ ދިމާކުރީ ކޮޓަރިން ނުކުންނާށެވެ. ނަމަވެސް ހަމަ ތަޅުގައި ހިފާލުމާއެކު ޝަމްސު އޭނާގެ އަތުގައި ހިފާ ދަމައިގަތެވެ. ސޯފާ ހުރީ ދޮރު ކައިރީގައިކަމުން ރިޒްނާއަށް ސަލާމަތްވާނެ ފުރުސަތު ނުލިބުނީއެވެ.

“ކަލޭ ހީކުރީ ތިހެން ދޮގު ހަދާފަ ސަލާމަތް ވެވިދާނެ ކަމަށްތަ؟” ޝަމްސު އެހެން ބުނެފައި ރިޒްނާ ދަމާފައި ގެންގޮސް އެނދުމައްޗަށް ވައްޓާލިއެވެ.

“ނޫން. މިރެއަކު ނޫން.” ރިޒްނާ އާދޭސްކުރިއެވެ.

“ބުނަން. އަހަރެން އަދި ކަލޭ ވަރިއެއް ނުކުރަމޭ. އެހެންވީމަ ކަލޭ ޖެހޭނީ އަހަރެން ބުނާ ވަގުތަކު އަހަރެން ބުނާ ކަމެއް ކޮށްދޭން. އަހަރެންނަށް އެނގޭ ކަލޭ ތިއިނީ ތާހިރުކޮށްކަން. އަހަރެން ބުނާ ގޮތް ނުހަދަންޏާ ޖެހޭނީ އަނިޔާވެސް ކުރަން. އެނގިއްޖެތަ؟” ޝަމްސުގެ އަނގައިގައި ވާތްގެއް ނެތެވެ. އޭނާ ކީ ގިނަ އެއްޗެހި ރަނގަޅަކަށް ސާފެއްވެސް ނުވިއެވެ. ޝަމްސު ރިޒްނާގެ ގައިމައްޗަށް ޖެހިގަތީ ވަލު ޖަނަވާރެއް ފަދައިންނެވެ. އޭނާ ޝަމްސުގެ ކިބައިން ސަލާމަތްވާން ހެދި ހުރިހާ ދޮގެއް ފެނަށްވީއެވެ. ގަދަހަދަން އުޅެފިނަމަ އިތުރު އަނިޔާތަކެއް ލިބޭނެކަން އެނގޭތީ އޭނާ އޮތީ ހަރަކާތެއްވެސް ގެންނަން ނުކެރިފައެވެ. އޭރު އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހެމުންދިޔައެވެ.

**********

ހުޒާމް ރާއްޖެތެރެއަށް ދިޔައީ މާލޭގެ ހަލަބޮލި މާހައުލުން ކުޑަކޮށް އެއްފަރާތްވެލައި ސިކުނޑިއަށް ހަމަޖެހުމެއް ހޯދައިދެވޭތޯއެވެ. އަޒީމްއަކީ އޭނާގެ ކުރީގެ ވަރަށް ގާތް ރައްޓެއްސެކެވެ. އެހެންކަމުން އޭނާ ދިޔައީ އަޒީމްގެ ރަށް ކަމަށްވާ ރ. މީދޫއަށެވެ. އޭނާއާއި އަޒީމް ދިމާވީ މީގެ ފަސް ވަރަކަށް އަހަރު ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއްގައެވެ. ހުޒާމްގެ ކާރުން ޖެހި ހިނގި އެ އެކްސިޑެންޓްގައި އަޒީމްއަށް މާބޮޑު އަނިޔާތަކެއް ނުލިބުނަސް އޭނާގެ އެއްފައި ބިންދައިގެން ދިޔައެވެ. އޭނާ ރަނގަޅުވަންދެން ހުރިހާ ޚަރަދެއް ބަލަހައްޓައިދިނީ ހުޒާމްއެވެ. އޭގެ ފަހުން އެދެމީހުންނަކީ ދެރައްޓެހިންނެވެ. އަޒީމްއާއެކީ ވަރަށް ގިނައިރު ކޮފީގައި އިނދެފައި ހުޒާމް ދިޔައީ ކުޑަކޮށް އަރާމުކޮށްލާށެވެ. އޭނާ ގޮސް ގެއަށް ވަތްތަނާ ޖެހިގެންހުރި ގެއިން އިވުނު އަޑަކުން އޭނާއަށް ހުއްޓެވުނެވެ.

“މީ ހާދަ ގޮތެއްވެސް ނެތް އަންހެނެކޭ. އަހަރެމެން މުޅި ރަށަށް ބަދުނާމުކޮށްފިޔޭ. ލަދުން ބޭރަށް ނުކުންނަން ކެރޭވަރެއް ނޫނޭ އެންމެން އެވާހަކަ ދައްކާވަރުން.” ރުޅިއައިސްފައި ތަންކޮޅެއް ހަރުވަރުގެ އަންހެނަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ.

“މަންމާ! ކިހިނެއްތަ ވެގެން ތިއުޅެނީ؟” ގޭތެރެއިން ނުކުތް އެހެން އަންހެނަކު އަހާލިއެވެ. އެއަޑުން އެއީ ޒުވާން އަންހެނެއްކަން އެނގެއެވެ.

“ކަމެއްވާ ނުވޭ. މީނދަ އަންހެނާ ހިތާނުވާ ގޮތަކަށް މިރަށަކަށް ބީރައްޓެއްސަކު ނާރައޭ. މީދެން ކޮންފަދަ ކަމެއްތަ؟” ކުރިން ވާހަކަދެއްކި ހަރުވަރުގެ އަންހެންމީހާ ހީވަނީ ރުޅިއައިސްގެން ފަޅަފަޅައިގެން ހިނގައިދާނެހެންނެވެ.

“އާނ. އެހެންތާ ވާނީވެސް. މާރީތި ސިފައެއް ލިބިގެން އުޅޭ އަންހެނެއް ވިއްޔަ.” ދެންހުރި އަންހެންމީހާ މަލާމާތުގެ ރާގެއްގައި ބުނެލި އަޑު އިވުނެވެ.

“ނޫން ދައްތާ. އަހަރެން އެއްވެސް މީހަކާ ގުޅުމެއް ނުބާއްވަން.” ރޮވިފައި އަންހެންކުއްޖަކު ބުނެލި އަޑު އިވުނެވެ.

“ގުޅުމެއް ނެތޭ. އެހެންތަ؟ އެހެންވިއްޔާ މުޅި ރަށުގަ ކާޅު ގޮވާހެން އެގޮވަނީ ކީކޭ؟” ހަރުވަރުގެ އަންހެންމީހާ ހަޅޭއްލަވައިގަތެވެ.

“އަނހަ ޒުލޭޚާ. ކީއްވެތަ މާ އަޑު ގަދަކޮށްލައިގެން ތިއުޅެނީ؟” އެގެ ހުރަސްކުރި އަންހެނަކު އަހާލިއެވެ.

“ބުނަން ޚަދީޖާ. މަށަށް މިއޮތީ ވާ އަންހެނެއް ބަލަން ޖެހިފައި. މުޅި ރަށުގަ މީނާގެ ވާހަކަ.” ޒުލޭޚާ ހަޅޭއްލަވައިގަތެވެ.

“މީހަކު ވާހަކައެއް ދައްކާލާހާއިރަށް ހަޤީޤަތް ނުބަލާ ތިޔަހެން އުޅޭކަށް ނުވާނެ. އެ ވެދާނެއެއްނު ތިމަންޖެއާ އަޅައިގަނެގެން އުޅޭ ސޮރެއް ކަމަށްވެސް. ތިމަންޖެ އެއްބަސްނުވީމަ ދެއްކި ވާހަކައަކަށްވެސް ވެދާނެ.” ޚަދީޖާ ވިސްނައިދެވޭތޯ ބެލިއެވެ.

“ބުނަން ޚަދީޖާ. ކަލޭވެސް އައިސް އަދި މަގޭ ރުޅިގަނޑު ގަދަކުރާކަށް އުޅޭނެކަމެއް ނެތް. މީނަ ވަކި ސަހަލުވާނެތަ؟ އަމާވެސް އުޅުނީ އެވައްތަރަށް ވިއްޔަ. ބަފަޔަކީވެސް ކާކުކަމެއް ނޭނގެ. އަލަ ގަހަކުން ކެޔޮ ނިރެއް ފަޅާނެތަ؟” ޒުލޭޚާ ހުއްޓުމެއްނެތި އެއްޗެހި ކިޔަމުން ދިޔައެވެ.

“ޒުލޭޚާ ދެން ތިހާ ރުޅި އަންނަންޏާ ތިކުއްޖާއާ ހަވާލުވީ ކީއްކުރަން؟ ތިކަހަލަ ނިކަމެތި ކުދިންނަށް ތިހެން ހަދާކަށް ނުވާނެއޭ. މާތް ﷲ ނުރުއްސަވާނެ. އެހެންނޫނަސް ޒުލޭޚާއެއްނު މިއޮއް ހުރިހާ ދުވަސް ވަންދެން ތިކުއްޖާ ތި ބެލީ. ކޮންމެވެސް ވަރެއްގެ ކުލުނަކާއި އިތުބާރެއްވެސް އޮންނަންވާނެ ކަންނޭނގެ.” ޚަދީޖާ ބެލީ ޒުލޭޚާއަށް ވިސްނައިދެވޭތޯއެވެ.

“ބަލަ މިއީކީ ޚަދީޖާއަކާ ބެހޭކަމެއް ނޫނޭ.” ޒުލޭޚާ ހަޅޭއްލަވައިގަތެވެ.

“ރަނގަޅު ވާހަކައެއް. ތީ އަހަރެންނަކާ ބެހޭކަމެއް ނޫން. އެކަމަކު އިންސާނިއްޔަތަށްޓަކައި އަހަރެން މިހެން މިބުނީ ޒުލޭޚާއަކީ ރައްޓެއްސެއްކަމަށް ދެކޭތީ. ދެން އަޅާނުލާ. މިވަގުތު ތިހުރީ ވާހަކަ ދެއްކޭ ވަރަށްވުރެ މާމަތީގަ. ދެން ދަނީ.” ޚަދީޖާ އެހެން ބުނެފައި ހިނގައިގަތީއެވެ.

“ދެން ދިޔައިމަ ނިމުނީއެއްނު.” ޒުލޭޚާ ބުނެލިއެވެ. އެއަޑުގައިވީ ނުރުހުމެވެ.

“ވަދޭ އެތެރެއަށް. މީގެ ފަހުން ގެއިން ބޭރަށް އެންމެ ފިޔަވަޅެއް އެޅިޔަސް ނިމުނީ. ދެފައި ކަށިމަތި ބިންދާލާނަން.” ޒުލޭޚާ އަކުރުތަކަށް ބާރުލަމުން ބުނެލިއެވެ. އިތުރަށް މަޑުނުކޮށް ހުޒާމް އެތެރެއަށް ވަނީއެވެ. ދެންމެގައި އެއިވުނު ވާހަކަތަކުން އޭނާގެ ބޮލަށް އުނދަގޫވިއެވެ.

ހަވީރުގެ ވަގުތެވެ. ޖެހެމުންދާ ހިތްފަސޭހަ ވައިރޯޅިތަކުން ހިތްތަކަށް ހަމަޖެހުން ގެނުވައެވެ. ހުޒާމްވެސް ދިޔައީ އެވައިރޯޅިތަކުން ހިތްއުފާ ކުރަމުންނެވެ. އޭނާ އިނީ އަތިރިމަތީގައި އޮތް ރުއް ބުޑެއްގައި ޖައްސާލައިގެންނެވެ. ކުއްލިއަކަށް އޭނާގެ ފޯނު ރިންގުވާން ފެށުމުން ފޯނު ނަގާ ބަލާލިއިރު ގުޅަނީ އަޒީމްއެވެ.

“ކޮންތާކު ތިއުޅެނީ؟ ހާދަ ވަރަކަށް ހޯދައިފީމޭ. މިހާ އަވަހަށް ކަންތައްގަނޑެއް ހިންގަން ފެށީ ދޯ؟” ހުޒާމް ފޯނު ނެގުމާއިއެކު އަޒީމް ސަމާސާ ރާގެއްގައި ބުނެލިއެވެ. އަޒީމް އެހެން ބުނެލި ގޮތުން ހުޒާމް ގާތަށް ވަރަށް ހިނިއައެވެ.

“ސާބަހޭ! މަމިހުރީ އަތިރިމަތީގައި. ވަރަށް އަރާމު ވައި ޖެހެޔޭ. ވަރަށް ސަޅި.” ހުޒާމް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މިއަދު މެންދުރު ވީ އެއްވެސް ކަމެއް މިހާރު އޭނާގެ ހަނދާނުގައި ހުރިހެނެއް ހިއެއްނުވެއެވެ.

“އަދި ސަޅިވީހީ ބިޓެއް ގޮވައިގެން ގޮސް އުޅޭނަމަ. އޭރުންނެއްނު…”

“ކަލެއަށް ތިނޫން ވާހަކައެއް ނުދެއްކޭތަ އަޅެ؟ ދެއަނބިން ތިބިއިރުވެސް ހިތެއް ނުފުރޭ ދޯ؟” ހުޒާމް ބުނެލިއެވެ.

“ސާބަހޭ! މަގޭ ވާހަކައެއް ނޫނޭ މިދައްކަނީ. ހުޒާމްގެ ވާހަކައޭ. ދެން މައްސަލައެއް ނެތް. މަ އެބަ ދަން. ތިތާ މަޑުކުރާތި.” ހުޒާމް ހިތްހަމަނުޖެހުނުހެން ހީވެގެން އަޒީމް އަވަސްއަވަހަށް ވާހަކަ ބަދަލުކޮށްލިއެވެ.

“ހޫމް. އަވަސްކުރާތި. ދެން މާދަމާއަކު ނޫން އަންނާނީކީ. މާ ލަސްވެއްޖެއްޔާ މަ ދާނަން ގެއަށް.” އެހެން ބުނެފައި ހުޒާމް ފޯނު ބޭއްވިއެވެ. އިރުކޮޅަކު އެހެން އިނދެފައި ހުޒާމް ތެދުވިއެވެ.

ފޯނާއި ކުޅެމުން ހިނގަމުން ކުރިއަށް ގޮސްގޮސް ހުރެފައި އިސްއުފުލާލެވުނު ވަގުތު އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ފެނުނު ސޫރައެއްގެ ސަބަބުންނެވެ. އާގަމަވެފައި ހުޒާމަށް ހުރެވުނީ އަޖައިބެއްފަދަ އެރީތި ސޫރައަށް ބަލާށެވެ. “ސުބްޙާނަﷲ”އޭ އޭނާއަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. މިއީ ދުނިޔެމަތީގެ ކަމެއްބާވައޭ އޭނާގެ ހިތަށްއެރިއެވެ. ކަޅުކުލަ ގަދަ، ފަން، ދިގު އިސްތަށިގަނޑުގެ ތެރެއިން އެ ދޮންމޫނު ފެންނައިރު ސާދަވިލޭރޭގެ ފުރިހަމަ ހަނދުފަދައެވެ. އެހާވެސް އެމޫނުމަތި ސާފުވެފައި އައްޔެވެ. އެއޮމާން މޫނުގައި ކޫރުމެއްވެސް ނުވެއެވެ. ބޯ އެސްފިޔަތަކުގެ ނިވަލުގައިވާ އަޅިފެހި ކުލައިގެ ދެލޮލުން ހަތަރުކަޅި ހަމަކޮށްލި ކޮންމެ ފިރިހެނެއްގެ ހިތް ވިރުވާލައެވެ.

އެއީ އެއަންހެންކުއްޖާއަށްވެސް ހުޒާމް ހުރި ދިމާއަށް ބަލާލެވުނު ވަގުތެވެ. އެކުއްޖާއަށްވެސްވީ ހަމަ ހުޒާމަށް ވީވަރެވެ. ހުޒާމަށް ވީގޮތް ފެނިފައި އޭނާ ހައިރާނެއް ނުވެއެވެ. މިއީ އޭނާއަށް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ފުރަތަމަ ފަހަރަށް އޭނާ ފެންނަ ކޮންމެ ފިރިހެނަކަށްވެސް ވަނީ އެފަދަ ގޮތެކެވެ. ހުޒާމަށްވެސް އެވީ ހަމަ އެހެންނެވެ.

**********

“ފުރަތަމަ ނަޒަރުން ތިލޯތްބަށް ބޭނުންވެވިއްޖޭ

މަސްތުން ފުރުނޭ ހިތާމޭ އަސަރުގާ

ކުރިން ނުވާ ގޮތެއް މީ ތެދެއް ހުވާ

މަ ވެއްޖެޔޭ ދީވާނާ ތިލޯބީގާ”

**********

ހުޒާމަށް ހޭވެރިކަމެއްވީ ކުޑައިރުކޮޅެއް ފަހުންނެވެ. އޭނާގެ ބަސްނާހާ ހިތުގެ މައްޗަށް ބާރު ފޯރުވަމުން ދުރަށް އެނބުރުނެވެ. އޭނާއަކީ އެއްގޮތަކަށްވެސް އެއަންހެންކުއްޖާއާއި އެކަށީގެންވާ މީހެއް ނޫންކަމަށް ހިތަށް ވިސްނައިދޭން މަސައްކަތް ކުރަނީއެވެ. އެކުއްޖާގެ އުމުރުން އަދި ވާނީ ފަންސަވީހަކަށް އަހަރެވެ. ވިޔަސް ވާނީ އެއަށްވުރެ ހަގެވެ. އަނެއްކޮޅުން އޭނާގެ އުމުރުން ސާޅީސް އަހަރު ވެއްޖެއެވެ. އުމުރުގައި ފަނަރަ ވަރަކަށް އަހަރުގެ ތަފާތު ހުންނާނެއެވެ. އޭނާއާއި އަޅާ ބަލާއިރު އެހާ ޅައުމުރުގެ ކުއްޖަކާއި ދޭތެރޭ އެފަދަ ނަޒަރަކުން ދެކިގެން ނުވާނެއެވެ. އޭނާ އަވަސްއަވަހަށް ގެޔާއި ދިމާއަށް މިސްރާބުޖެހިއެވެ. ގެޔަށް ދިޔަ މަގުމަތިން އަޒީމްއާއި ދިމާވިއެވެ.

“އަދި ކިރިޔާ ދޯ ތި އާދެވެނީ؟ އަޒީމް ނައިސް ލަސްވެގެން ގެއަށްދާން މަމިދަނީ.” ހުޒާމް ބުނެލިއެވެ.

“އާނ. ހަމަ އަންނަންވެގެން ހެލިގަތްތަނާ ބޮގަކަށް ދާން ޖެހުނީއޭ. އެހެންވެގެން މި ލަސްވީ.” އަޒީމް ހީގަންނަމުން ބުނެލިއެވެ.

“އަޒީމްއަކަށް ދުވަހަކުވެސް ތިނޫން ވަރެއް ނުވާނެ.” ދެކޮޅަށް ބޯހޫރާލަމުން ހުޒާމްވެސް ބުނެލީ ހީގަންނަމުންނެވެ.

“އެއީ މަކުރާ ކަމެއްތަ؟ ހުޒާމްވެސް ކުރާނެ ކަމެއް އެއީ.” އަޒީމް ހުރީ ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

“ހޫނ. ދެން މައްސަލައެއް ނެތޭ. މިދެން ކޮން ވާހަކައެއްތަ؟” ހުޒާމް އެހެން ބުނުމާއެކީ އަޒީމް ހީގަތެވެ.

“ހިނގާބަލަ އަދި އަތިރިމައްޗަށް ގޮސްލަން. މަވެސް ބޭނުމޭ ހިތްފަސޭހަ ވައިކޮޅެއް ހޯދާލަން.” އަޒީމް އެހެން ބުނެލުމުން ހުޒާމްގެ ހިތް ތެޅިލީ ދެންމެގައި ފެނުނު ޖާދުވީ އަންހެންކުއްޖާގެ މަތިން ހަނދާންވެފައެވެ.

“އުހުނ. ދެން މިއަދަކު ނޫން. އެހެން ފަހަރަކުން.” ހުޒާމް އަވަސްއަވަހަށް ބުނެލިއެވެ.

“ދެން ހިނގާބަލަ.” އަޒީމް ހުޒާމްގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް އަތިރިމައްޗާއި ދިމާއަށް ހިނގައިގަތެވެ. ހުޒާމްވެސް ފަހަކުން ދެކޮޅެއް ނުހަދައެވެ. އޭނާގެ ހިތް އެދެމުން ދިޔައީ އަދިވެސް އެއްފަހަރު އެ ޖާދުވީ ޕަރީގެ ސޫރަ ދެކިލުމަށެވެ.

އަތިރިމައްޗަށް ފޭބުމާއެކު ފިނިފިނި ރޯޅިތައް ގައިގައި ބީހެން ފެށިއެވެ. އެ ފިނިފިނި ރޯޅިތަކުން ހުޒާމްގެ ހިތަށް ލިބުނު ތަސައްލީ ބަޔާނެއް ނުކުރެވޭނެއެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ ކުޑަ އިރުކޮޅެއް ކުރިން ފެނުނު އަންހެންކުއްޖާއެވެ.

“ކޮން އެއްޗެއްތަ މާވަރަކަށް ތިހޯދަނީ؟ މާ ސަޅި ބިޓެއް ފެނުނީތަ؟” ހުޒާމް މާވަރަކަށް ފަރާތްފަރާތަށް ބަލަމުންދާތީ އަޒީމް އަހާލިއެވެ.

“އާނ. ނޫން. އެއްވެސް އެއްޗެއް ނޫން. މިދެން ހަމަ މިތަން ސަޅިކަމުން ބަލާލަނީ. އަހަރެމެން މިއުޅޭ ކޮންކްރީޓް ޖަންގައްޔަކުން މިކަހަލަ ހިތްފަސޭހަ ޤުދުރަތީ މަންޒަރުތަކެއް ނުފެނޭވިއްޔަ. އެހެންވެ ހަމަ ބަލާލަނީ.” ހުޒާމް ބުނެލިއެވެ.

“އެހެންދޯ؟ އެކަމު ހާދަ ހީނުވެޔޭ.” އަޒީމް އެހެން ބުނެލުމުން ހުޒާމް ފާޑަކަށް ބަލާލިއެވެ.

“ނޫނެކޭ. ކަލޭ ދުވަހަކުވެސް އިސްލާހެއް ނުވާނެ.” އަޒީމްގެ ކޮނޑުގައި ގުއްޓެއް އަޅުވާލަމުން ހުޒާމް ބުންޏެވެ. އަޒީމް ހަމައެކަނި ހިނިގަނޑަކުން ފުއްދާލީއެވެ.

މެންދަމުގެ ވަގުތެވެ. ހުޒާމް އޮތީ ލޮލަށް ނިދީގެ އަސަރު ވެރިނުވާތީއެވެ. އެހެން ރޭރޭ އޭނާއަށް ނުނިދިފައި އޮންނަނީ މާޒީގެ ހަނދާންތައް އުނދަގޫކުރާވަރުންނެވެ. އެހެނަސް މިރޭ އޭނާގެ ޚިޔާލުތައް ގުޅިފައިވަނީ މިއަދު ހަވީރު ފެނުނު އަންހެންކުއްޖާއާއެވެ. މީގެ ކުރިން ދުވަހަކުވެސް އަންހެންކުއްޖަކު ފެނިގެން އޭނާއަކަށް އެފަދަ ގޮތެއް ނުވެއެވެ. ނަމަވެސް މިއަދު އެފެނުނު ކުއްޖާގެ ސަބަބުން އޭނާގެ ހިތަށް ލޮޅުމެއް އަރައިފިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (50)

  1. Shy beaty

    Vvv reethi….when next prt???

  2. Azuna

    Nice

  3. shiu

    Mi yashfa ge vaahaka eh..miothee badhalu kohlaafa…

    1. Kiyaa Meehaa
      shiu

      Mihaaru heekuri gothaa thafaathu veema hajam nuvegen ulheyhen heevany.. maves thibunaa Eeram vaahaka keen… mihaaru mulhin thafaathukoh midhany

  4. Poor me..

    I didnt read this story but its totally yashfa miss type… Mibunee miss like vanee juvaan anhen kudhinna thankolheh haru varu meehunge love story liyan.. Aee miss n missge hux gevex age difference thankolheh bodyma.. So i think this is really eeram story.. But mi story up kuranee miss aa gulhun huri meehehtha.. Miss ah ingeytha aneiyka mithanuga mi story up vakann. Mi story mee book ehge sifaiga vikkan nikundhuvafa oiy ehcheh… Ahen meehunge story eh thigothah genes dhinumuge kurin kirun therinahvex angalan v ehnu keehve kan mi story theena thi up kuranee.. Readers is waiting for an answer from u..

    1. yalvish
      Poor me..

      Aan v beynun answer eh..dw poor me…

    2. Aishaa
      Poor me..

      Saabas! 2 umurehge meehunge love story gennanyaa jeheytha Yashfa ah angan.. noony mammanehge love story gennanyaa Nahula ah angan.. thidhen v hevvaa kameh.. nikan ihah Saandy mivaahaka ninmandhen madukohbala.. vaahaka nimuniyyaa copy vejjeyyaa report kuraany

  5. Suzeyn

    Nice. Maves keen thibuni Eeram vaahaka. Feshi iru heevi miothy hama evaahakaey. Ekam 2 vana bai miothy mulhin thafaathukoh. Ehen veema bunany foiy nuhulhuvaa eyga oiy ehcheh neyngeyneyey. Keep it up Saandy

  6. Kiyaa Meehaa

    Wow! It’s great Saandy…

    1. sannu
      Kiyaa Meehaa

      yeah… great..

  7. dreem....

    saandy saandy…. thedhehtha mikudhin mikiyaneeeee? mee kopy ahtha?????????????? javaaabudhybala saandy…….. ayrun dhoa engeyneee……..

  8. Anonymous

    keehvetha saandy abadhuves mees meehunge masakkaiy copy kurany..kuree faharu hindi film anjaam copykuree…mihaaru konmves ehen echcheh…vejje ehnu dhen amilla echcheh liyan…noonee mikan nuvaaney kiyaafa huttaalan…v foohive mees meehunge vaahaka copykohfa, meehun copye a kiyan fesheema change kuranya…enme foohiva vaththaruge liyuntherin mee

    1. sunshine
      Anonymous

      Knme meehakyves thafaathu meeheh.. hama vedhaane ehnu thi bunaa eeram akaa ihthfaagun vahtharu v kamah ves… fothuge bandeyri gandu balaafa eyge ethereyga liyefa oii ehcheh alhe ingeyne thr.?? Neygeyne.. ehennu….

  9. afzal

    MEE COPY SEASON EHEN V MA SANDY VES COPY KURUN OK EH NU

    1. fahuree
      afzal

      kae thee moyaehtha ….. amillayah vaahaka liyan dhasskohba….. copy kureema libeyne faidha eh neii….saandy vess copy eh nukureyey branchaa….

  10. Hawwa

    ?????

  11. Sujy

    Furathama part ga ahaa bodakah hiyeh nuvey yashfa miss ge story hn neh but dhevana baa Hama eeram aaa ehkoh Hama same bodu copy eh Mii..Nd v hithah araa mi story ge writer kyve baa ey ehchekey nubunan..??

  12. Baby girl

    Saandy Are you married? or Single?? please do reply..

  13. Baby girl

    Saandy tell me your age?

  14. Baby girl

    Mi Ryn ves ulheny saandy aa hedhi.. saandy firihenakah v ma e story ah eyna ah commnt kurevey. Ehn writers ae girls v dhw.. saandy aky magey meeheh.. stay away from him

  15. Coco

    Some one tell me where that eeram story is n the link too I want to read this

    1. Baby girl
      Coco

      bookshop in libeyni.. Online koh neendhey

  16. Saandy

    ސޮރީހުރިހާ ކުދިން ކޮމެންޓްތަކަށް ރިޕްލައި ނުކުރެވޭތީ… މިދުވަސްކޮޅު ހަމަ ބިޒީކަމުން ވަގުތު ނުވަނީ… މިވާހަކަ މިއިނީ އެއްކޮށް ލިޔެ ޝެޑިއުލްކޮށް ނިމިފަ… ލިޔެފަ އޮތްގޮތަށް އެއްވެސް އުނި އިތުރެއް ނުގެނެސް މިއޮތީ
    ކޮޕީއޭ ބުނާ ކުދިންނަށް ބުނެލަން އޮތީ ވާހަކަ ނިމެންދެން އިހަށް މަޑުކޮށްލާށޭ… އޭރުން އެނގޭނެޔޭ ތިބުނާ ވާހަކަޔާ އޮތީ ކިހާ ގުޅުމެއްކަން
    ބޭބީ ގާރލް ގާތު ބުނެލަން ބޭނުމީ ސާންޑީގެ ތިކަހަލަ ޕާސަނަލް ވާހަކަ މިގޮތަށް ހިއްސާކޮށް ނޫޅޭ ވާހަކަ
    ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ކުދިންނަށްވެސް… އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ސޮރީ ކޮމެންޓްތަކަށް ރިޕްލައި ނުކުރެވޭތީ… މިސް ޔޫ އޯލް

    1. Baby girl
      Saandy

      I miss you too saandy.. Dhen kihineitha paersonal vaahaka hihsaa kurany???

    2. Baby girl
      Saandy

      Saandy your story is so beautiful.. Meehaku ehchekey kiyas alhaa nulaa kuriyah dhahchey.. baeh meehun maa avahah judge kohlanee.. ekam saandyge ebahuri e gaabilkan.. mihaaru esfiyaige thibi liyuntherinnahvureves molhu veveyne haa fenvaru ebahuri.. Ekam my advice is dont commnt on ryn’s stories. It hurts..and she is crazy abt you. Just remeber i am always with you.. My love for you will never chnge

    3. sama
      Saandy

      dhen copy viyyaa bunaanee copy ey dhw… Yashfage vaahaka copy kureema varah foohi…. eii mihaaruge varah enme molhu eh story writer…

  17. baby boy

    Baby girl are u made.. sandy ehme comnt kuranee shine ge story ah
    Y dont u tell him to stop that. ???? e vx grl eh

    1. Baby doll
      baby boy

      Yr dhw baby boy and baby girl don’t mess with sandy ingey

  18. aysh

    wow…this is amazing…i love this stry…hama asluves vrh vrh rythi…n saandy ehn myhun kiyaa ehchessah eha bodah alhaa nulaa mi vaahaka continue kurahchey plx….n stry ga dhn vaane gotheh neyngeyne dhw…n hama vedhaane dhw eeram aa vahtharuvun eii hama coincidence akavves…so i think mi stry nimendhen wait koggen thibiyya maa rangalhu vaanehen…n saandy next part avahah up kohdhehchey…can’t wait…

  19. Hawwa

    Next part??

  20. Hawwa

    Avhah strys up kohba

  21. sannu

    vvvv salhi… next part vexx reethi vaane kamah heekuran..

  22. xeyboo

    salhi…<3

    1. nuha
      xeyboo

      mee dhen meehun kiyaahihvaavaruge vaahakaeh vess nuuneh nun……. liuntheriyaa ge neiikanneyge vaahaka liumuge ehvesskahala hunareh…..cheeeeeee

  23. sannu

    v reethi vaahakaeh….. next part varah avahah genesdheyne kamah unmeedhu kuran…….

    1. Saandy
      sannu

      ThanQ Sannu… Mee nimifa oiy vaahakaeh mihaaru 🙂

  24. kanteyy

    v reethi vaahakaeh….. next part varah avahah genesdheyne kamah unmeedhu kuran…….

  25. moosa

    v reethi vaahakeh mee…… liuntheriyaa ah v shukuruverivan reethi vaahaka gensdheythee

  26. moosa vaheedh

    v reethi vaahakeh mee…… liuntheriyaa ah v shukuruverivan reethi vaahaka gensdheythee

  27. kantey

    wowwwwww…… i love this story

    1. suha
      kantey

      kantey mavess eba inthizaaru kuran nxt part ah….. btw v reethi vaahakeh mee…..

    2. Saandy
      kantey

      ThanQ Kantey & Suha… Mee nimifa oiy vaahakaeh

  28. nihadh

    haadha reechey mivaahaka……..

  29. nuha

    mee dhen meehun kiyaahihvaavaruge vaahakaeh vess nuuneh nun……. liuntheriyaa ge neiikanneyge vaahaka liumuge ehvesskahala hunareh…..cheeeeeee

  30. takiya

    ma life aa v gulhunhuri vaahakeh…… liuntheriyaaage mauloomaathuge hazaanaa v muhsadhi…… v ufaavehje konmeakass

  31. fiureen

    v hinhama jehey mi vaahaka kiyaaleema ….. v salhi vaahakaeh…..

    1. Saandy
      fiureen

      ThanQ Fiureen 🙂

  32. fiureen

    v reethi … hama habeyss

  33. guii kaalhu

    ahcheeeeeeeeee

  34. Saandy

    ThanQ All for ur support… I really appreciate 🙂

Comments are closed.