“އެންމެން އައިސް އެބަތިބި. ރޭޝަމް ނައިސްގެން ނުފެށިފަ މިތިބީ.” ދިމްނާ ބުނެލިއެވެ. ރޭޝަމްއާއި ދިމްނާ، ރޭގަނޑު އޮފީސް ކުދިންތައް ނެރެގެން އޮފީސް ތައްޔާރުކުރަމުން ދިޔައީ އެމީހުންގެ އޮފީހުގެ ވެރިޔާ ބަދަލުވެ، މާދަމާއިން ފެށިގެން އާ ވެރިއެއް އޮފީހާއި ހަވާލުވާތީ މަރުޙަބާ ކިޔުމަށެވެ. ***** “ވާއު! ރޭޝަމް! އަހަރެން ހިފަހައްޓާ. އަހަރެން މިއޮއް ވެއްޓެނީ.” ލާރާ އައިސް ރޭޝަމްގެ އަތުގައި ހިފާލަމުން ރޭޝަމްގެ ކޮނޑުގައި ބޯ ޖައްސާލިއެވެ. “ލާރާ! ތިވަރު ވަންޏާ އެމްބިއުލެންސަށް ގުޅަންވީނު.” އެތަނުން އަންހެންކުއްޖަކު ބުނެލިއެވެ. […]
“ހޫމް. ހަމަ މިހާރު.” ހުޒާމް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ހައިރާންވެފައި ހުރެ ސާރާ ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. އަދި ހުޒާމްއާއެކު ސިޓިންގރޫމަށް ނުކުތެވެ. “ނިޔާޒްބޭ!” ހުޒާމް ސޯފާގައި އިން ނިޔާޒަށް ގޮވާލިއެވެ. އޭނާ އެނބުރި ބަލާލުމާއެކު ސާރާ ފެނިފައި އޭނާއަށް ކޮޅަށް ތެދުވެވުނެވެ. މިހުރިހާ ދުވަހު ސާރާ މިހުރީ ހުޒާމްގެ ބެލުމުގެ ދަށުގައިތާއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާއަށް އޭނާގެ ދަރިފުޅު މި ފެނުނީ ހާދަ ދުވަހެއް ފަހުންނެވެ. ފެނުނުއިރު އެދަރިފުޅު އެހުރީ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟ […]
ރަސްފަންނަށް ދެވުނުއިރު ނުވައެއް ޖަހަން ފަސް މިނެޓް ހުއްޓެވެ. އޭރު މަމްދޫހު އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ސާރާއާއި ހުޒާމް ފެނުމާއެކު މަމްދޫހު އެމީހުންނާ ދިމާއަށް އަންނަން ފެށިއެވެ. ސާރާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައީ ވާންއުޅޭ ގޮތެއް ނޭނގޭތީއެވެ. މަމްދޫހު އައިސް ހުއްޓުނީ ސާރާގެ ކުރިމަތީގައެވެ. “ވަރަށް އުފާވެއްޖެ ސާރާ އައީމަ. އަހަރެން ހިއެއްނުކުރަން އަންނާނެ ކަމަކަށްވެސް.” މަމްދޫހު ބުނެލިއެވެ. “އަހަރެންނަކީ ވަޢުދެއް ވެފަ އެކަން އުވާލާ މީހެއްނޫން. ދެން ބުނެބަލަ. ކީއްކުރަން މިތަނަށް އަންނަން ބުނީ؟” […]
“ޒާމް! ރިޒޫއާ ދިމާއަށް އެއްޗެހި ނުކިޔައްޗޭ.” ސާރާ ކާރުގައި އިނދެފައި ބުނެލުމުން ހުޒާމް “ހޫމް”އެކޭ ބުނެލިއެވެ. މާދިގު ދަތުރަކާނުލާ ގެއަށް އާދެވިއްޖެއެވެ. އެ ބޮޑު ގޯތިތެރެއިން ކުރިއަށް ގޮސްގޮސް ހުރެފައި ސާރާ ހުއްޓުނެވެ. ހުޒާމްއަށް ސާރާގެ ހާލަތު ދެނެގަނެވިގެން އެއަތަށް ފިތާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ބުނަމުންނެވެ. ދެމީހުން އެކުގައި ގޮސް ދޮރުގެ ބެލް އަޅާލިއެވެ. ސާރާ ނޭވާ ހިފަހައްޓާލީ އެއީ ރިޒްނާއަށް ވެދާނެތީއެވެ. ދެފަހަރަކު ބެލް އަޅާލުމާއެކު ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލީ ޝަރީފާއެވެ. “އަނހަ […]
ގަޑިން ރޭގަނޑު ދިހަގަޑި ބައިވަނީއެވެ. ސްޓާރ ޕްލަސްއިން ދައްކަމުން ދިޔަ “ދިލް ބޯލޭ އޮބެރޯއި” ނަމަކަށް ކިޔާ ހިންދީ ޑްރާމާ ސީރީޒަށް ހުރިހާ ޝައުޤުވެރިކަމެއް ދޫކޮށްލައިގެން އިންއިރު ރިޒްނާގެ ހަނދާނުގައި އެހެން އެއްވެސް ކަމެއް ހުރިހެނެއް ހިއެއްނުވެއެވެ. އާއިލާއެއްގެ ކިބައިން ބަދަލު ހިފަން އެހެން އާއިލާއަކުން ކުރަމުންދާ މަސައްކަތް ދައްކުވައިދޭ މި ސީރީޒަށް އޭނާގެ ހިތް ދޫވީ ގެނެސްދީފައިވާ ގޮތް ޝައުޤުވެރިކަމުންނެވެ. އެންމެ ހިތް ތެޅިގަތް ހިސާބުން އެރޭގެ ބައި ނިމުމުން ފޫހިކަމާއެކު ޗެނަލް ބަދަލުކުރަމުން ގެންދިޔައެވެ. […]
ހުޒާމް އިނީ ރިޒްނާގެ އިންތިޒާރުގައެވެ. މިހާރު އެހެރަ ބާރަ ޖަހާ ބޮޑުވީއެވެ. މީހުން ބޭރަށް ދާގޮތްވެސް އޮވެއެވެ. އެކަމަކު އެކަމުގައިވެސް ކޮންމެވެސް ސުމާރެއް އޮންނަންވާނެއެވެ. ހަވީރު ގެއިން ބޭރަށް ދާމީހާ މެންދަމުން އަލިވާ ފަހުން ގެއަށް އައުމަކީ ވިޔާދާ ގޮތެއް ނޫނެވެ. މަލެއްގެ ވިއްޔާ ވަހެއް ހުންނަ ފަދައިން މީހެއްގެ ވިއްޔާ ގޮތެއްވެސް ހުންނަންވާނެއެވެ. އޭނާ ހިތާހިތުން ރިޒްނާއާ ދިމާއަށް އެއްޗެހި ކިޔަމުން ދިޔައެވެ. އޭނާ އިނީ ރިޒްނާދެކެ ދުވަހަކުވެސް ރުޅި ނާންނަވަރަށް ރުޅި އައިސްފައެވެ. އޭނާ […]
“މަންމައަށްވެސް ވަރަށް ވިސްނޭ ސާރާއާ ދޭތެރޭ. އޭނަ ކުއްލިއަކަށް ގެއިން ނުކުމެގެން ދިއުމާއި ދިޔަ ތަނެއް ނުބުނުމާ މިކަހަލަ ކަންތައްތަކުން މަންމައަށް ހީވަނީ ކޮންމެވެސް ގޯހެއް އެބަ އުޅޭހެން.” ޝަރީފާ އެހެން ބުނެލުމުން ހުޒާމް ބަލާލީ ހައިރާންކަމާއެކުގައެވެ. “ދިޔަ ތަނެއް ނުބުނެޔޭ!!؟ އެކަމް މަންމަ ބުނީމެއްނު އޭނަ ދިޔައީ ރަށަށޭ.” ހުޒާމް އެހެން ބުނެލުމުން ޝަރީފާ ބޯޖަހާލިއެވެ. “އާނ. މަންމަ ތިހެން ބުނިން. އެކަމަކު އެއީ މަންމަ ބޭނުންވެގެނެއް ނޫން.” ޝަރީފާ ބުނެލިއެވެ. “ދެން ކީއްވެ؟ ކާކު […]
ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުން ސިހިފައި އޭނާއަށް ޚިޔާލުން ބޭރަށް ނުކުމެވުނެވެ. ޚިޔާލުގެ އެންމެ ފޮނި ހިސާބުން ފޯނެއް އައުމުން ފޫހިވެފައިހުރެ ރިޒްނާ ފޯނަށް ބަލާލިއެވެ. އެވަގުތު ސްކްރީނުން ފެންނަން އޮތް ނަންބަރު ފެނުމުން އޭނާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. “ހެލޯ! ރިޒްނާތަ؟ މީ ހޮސްޕިޓަލުންނޭ. ހުޒާމް ހޭއަރައިފި.” ރިޒްނާ ފޯނު ނެގުމާއެކު އެކޮޅުން ބުނެލިއެވެ. އެޔާއެކު ރިޒްނާއަށް ވީގޮތްވެސް ނޭނގުނެވެ. އުފަލުން ގޮސް އޭނާ ހީވަނީ މޮޔަވެދާނެހެންނެވެ. “ޝަރީއްތާ! ޝަރީއްތާ!” ރިޒްނާ ދުވަމުން ކަހަލަ ގޮތަކަށް ކޮޓަރިން […]
ޖެހިގެން އައި ދުވަހު ޝަރީފާއަށް ޝައްކެއްވެސް ނުވާނެހެން ސާރާ ފުރުމުގެ ކަންތައް ރިޒްނާ ހަމަޖެއްސިއެވެ. ޝަރީފާ މެންދުރުފަހު ދޭއްގެ ޚަބަރު ބަލަން އިންދާ ސާރާ ކޮޓަރިން ނުކުތެވެ. ސާރާ ހިފައިގެން ހުރި ފޮށި ފެނިފައި ޝަރީފާއަށް ކޮޅަށް ތެދުވެވުނެވެ. “ދައްތާ! އަހަރެން ދަނީ. ހިތްހެޔޮކުރާތި!” ސާރާ އޭނާގެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން ބުނެލިއެވެ. އޭނާ އެގެއިން ދާކަށް ބޭނުމެއް ނޫނެވެ. މިއަދު އޭނާ އެގެއިން އެދަނީ އިތުރު ގޮތެއް ނެތުމުންނެވެ. އަމިއްލަ ފުރާނައަށްވުރެވެސް ލޯބިވާ ހުޒާމްގެ […]