Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުޑަކުދިންގެ

އެކްސިޑެންޓް

Aayaa
Aayaa Level 410 Stories100 Login100 Comments
July 30, 2022 2 Mins Read
0 Comments

ހިތްފަސޭހަ ހަވީރެކެވެ. އާދައިގެ ވަރަކަށް ވައި ޖެހެމުން ދެއެވެ. ހަވީރުގެ އެ ހިތްފަސޭހަ މާހައުލުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އެކި އުމުރުފުރައިގެ މީހުން ބޭރަށް ނިކުމެ އުޅެއެވެ. ޒައިދު އާއި އޭނާގެ ރަޙުމަތްތެރި ކުދިންކޮޅުވެސް ހަވީރުގެ އެވަގުތުގައި މަގުމަތީގައި ފުޓުބޯޅަ ކުޅުމަށް ބޭރަށް ނުކުތެވެ. މަގުމަތީގައި ނުކުޅުމަށް ޒައިދުގެ މަންމަ ނަޞޭޙަތްތެރިވި ނަމަވެސް އެއަޑު އަހާކަށް ޒައިދު ބޭނުމެއް ނުވެއެވެ. މަންމަ އާއި ސިއްރުންވެސް ބޭރަށް ނުކުމެ ޒައިދު މަގުތައް މަތީގައި ކުޅެން އުޅެއެވެ.

ދެބަޔަށް ކުދިންތައް ބަހާލުމަށްފަހު ޒައިދު އާއި އޭނާގެ އެކުވެރިން ފުޓުބޯޅަ ކުޅެން ފެށިއެވެ. ނުހަނު ފޯރީގައި ކުޅެމުން ދިޔަ އެ މެޗުގައި ޒައިދު ތިން ލަނޑު ޖެހިއެވެ. ހަތަރުވަނަ ލަނޑެއް ޖެހުމަށް ޒައިދު ވަރަށް ބާރަށް ގޯލާ ދިމާއަށް ދަނިކޮށް އެމަގަށް ޕިކަޕެއް އަޅާލިއެވެ. ޒައިދުއަށް ދުވެވުންލެއް ބާރުކަމުން އެހާ އަވަހަކަށް ހުއްޓައިނުލެވުނެވެ. އަދި ޕިކަޕު ދުއްވަން އިން މީހާ ހާސްވުމުގެ ސަބަބުން އެމީހާއަށް، ޕިކަޕު ހުއްޓާލަންވެސް އުނދަގޫ ވިއެވެ. އެއްވެސް ހަރަކާތެއް ގެންނަން ނޭނގިފައި ހުއްޓާ ޕިކަޕުގައި ޖެހި ޒައިދު ވިއްސައިގެން ދިޔައެވެ.

މަންޒަރު ފެނުނު ބައެއް މީހުންނާއި ޕިކަޕު ދުއްވަން އިން މީހާވެސް ނުހަނު އަވަހަށް ޒައިދު ގާތަށް ދިޔައެވެ. އޭރު ޒައިދުގެ ހެޔެއް ނެތެވެ. އެއްބަޔަކު ޒައިދު ރަށުގެ ސިއްޙީ މަރުކަޒަށް ގެންދަން އަވަސްވީ އިރު އަނެއް ބަޔަކު ޒައިދުގެ މަންމަމެންނަށް ޙަބަރުދޭން އަވަސް ވެގަތެވެ.

ނުހަނު އަވަހަށް ރަށުތެރޭގައި ޒައިދު އެކްސިޑެންޓުވީ ހަބަރު ފެތުރުނެވެ. ހަބަރު ލިބިގެން ޒައިދުގެ މަންމަވެސް އަވަހަށް ރަށުގެ ސިއްޙީ މަރުކަޒަށް ދިޔައެވެ. އޭރު ޑޮކްޓަރުންނާއި ނަރުހުން ޒައިދުގެ ވަށައިގެން ހަރަކާތްތެރިވަމުން ދެއެވެ. ޒައިދުގެ ގާތުގައި އެވަގުތު މަޑުނުކުރެވޭތީ ޒައިދުގެ މަންމަ ބޭރުގައި ގޮނޑިއެއްގައި އިށީނދެ އިނެވެ. އެވަގުތު ޑޮކްޓަރުން ނުހަނު ހާސްވެފައި އުޅޭތަން ފެނި ޒައިދުގެ މަންމަވެސް ހާސްވިއެވެ.

ޒައިދުގެ މަންމަ ހާސްވެފައި އިންދާ ޑޮކްޓަރުން ނިކުމެ މިހާރު ހުރިހާ ކަމެއް ރަނގަޅު ކަމަށް ބުންޏެވެ. ފުރަތަމަވެސް ޒައިދުގެ މަންމައަށް ﷲއަށް ޙަމްދުކުރެވުނެވެ. ހުއްދަ ލިބުމާއެކު ޒައިދުގެ މަންމަ ދުވެފައިގޮސް ޒައިދުއޮތް ކޮޓަރިއަށް ވަނެވެ. އޭރު ޒައިދުއަށް އޮތީ ނިދިފައެވެ. ޒައިދުގެ މަންމަ ގޮނޑީގައި އިށީނދެ އިންތާ މާގިނަ އިރެއްނުވެ ޒައިދުއަށް ހޭލެވުނެވެ.

“މަންމާ.. ޒައިދު މިއޮތީ ކޮންތާކުތަ؟ ކިހިނެއްތަ ޒައިދުއަށް މިތަނަށް އާދެވުނީ.. މަންމާ. ޒައިދުގެ ފަޔަށް ވަރަށް ތަދުވޭ އެބަ.” ދެކޮޅަށް ބަލައިލަމުން ޒައިދު ބުނެލިއެވެ.

“ދަރިފުޅާ. ދަރިފުޅު ތިއޮތީ މަރުކަޒުގަ. ދަރިފުޅު ޕިކަޕެއްގައި ޖެހި އެކްސިޑެންޓު ވެގެން ދަރިފުޅުގެ ފައި ތިއޮތީ ބިންދައިގެން ގޮސްފަ.” ޒައިދުގެ މަންމަ އިސްދަށަށް ޖަހާލަމުން ބުނެލިއެވެ.

“މަންމާ.. މިހެންވެ ދޯ މަންމަ ބުނަނީ މަގުމަތީ ކުޅެން ނުވާނެކަން. ދުއްވާ އެއްޗެއްގައި ޖެހި ޒައިދުގެ ތަނަކަށް ތަދުވެދާނެތީ ދޯ..” ދެރަވެފައި ޒައިދު ބުނެލިއެވެ.

“އާނ ދަރިފުޅާ.. މިއަދު ދަރިފުޅަށް ތިހެން ވީމަ މަންމަ ވަރަށް ދެރަވެއްޖެ.. ދެން މަގުމަތީގައި ކުޅެން ނޫޅެއްޗޭ..” ޒައިދުގެ މަންމަ ޒައިދުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

އެވަގުތަކީ ޒައިދުގެ ބައްޕަވެސް އެ ވޯޑަށް ވަތް ވަގުތެވެ. ރަށާ ފުދޭވަރަކަށް ދުރު ރަށެއްގައި ވަޒީފާ އަދާކުރަން އުޅުނު ނަމަވެސް ޒައިދުގެ ބައްޕައަށް ޚަބަރު ލިބުމާއެކު އަވަހަށް ޒައިދުގެ ގާތަށް އައީއެވެ. ޒައިދުގެ ބައްޕަވެސް ޒައިދުގެ ގާތަށް އައިސް ނަޞޭޙަތްދިނެވެ.

ކުޑަ އިރުކޮޅެއް ފަހުން ޑޮކްޓަރަކު އައިސް ޒައިދު ބެއްލެވުމަށް ފަހު ގެއަށް ދިއުމުގެ ހުއްދަ ދިނެވެ. ބަރާބަރު ގަޑިން ގަޑިއަށް ބޭސް ކެއުމަށާ ފަޔަށް ފަރުވާތެރިވުމަށް އެދުނެވެ. އަދި ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމުން ހަލާކުވެފައި ހުރި ތަންތަން އަވަހަށް ފަސޭހަވާނެކަމަށްވެސް ބުންޏެވެ.

އެދުވަހު ގެއަށް ދިޔައިރު ދެން ދުވަހަކުވެސް މަގުމަތީގައި ނުކުޅޭން ޒައިދު އަޒުމު ކަނޑައެޅިއެވެ. ކޮންމެ ފަހަރަކު އަނިޔާއެއް ނުލިބުނަސް އަނިޔާއެއް ލިބުމަކީ ދުރުގައިވާކަމެއް ނޫންކަން އެނގުނެވެ.

-ނިމުނީ

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 10

Next

ޑައިރީ (ހަތަރުވަނަ ބައި)

Next
July 30, 2022

ޑައިރީ (ހަތަރުވަނަ ބައި)

Previews
July 27, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 10



All Right Reserved!